Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ފޮނި ފާރޮށި 9

afnaarj Level 2100 Login10 Stories100 Comments
May 9, 2020 6 Mins Read
21 Comments

“ނައިއަލް މުހައްމަދު ހަނީފް؟ އަނެއްކާ އެލް.ވީ.އީ ހަނީފްގެ ދަރިއެއްތަ ތީ؟” ޑައިރެކްޓަރަކު ކުއްލިއަކަށް ބުނި އެތިން ނައިއަލްއަށް ހިންދިރުވާލެވުނެވެ. ދެބުމަ އިތުރަށް ގާތްވެފައި، އެހެން ބުނި ޑައިރެކްޓަރާއި ދިމާލަށް އީމާ ބަލައިލިއެވެ.

“އެލް.ވީ.އީ ހަނީފްގެ ހުންނާނީ އެންމެ ދަރިއެއް. އެއީ އެ ކޮމްޕެނީގެ ވާންއުޅޭ ސީއީއޯގެ ނަމުގަ މަޝްހޫރު ކުއްޖެއް. ކުރިމަތީ ކާމިޔާބީގެ މަގު ތަނަވަސްވެފަ އޮއްވަ، ދޫކޮށްފަ ކީއްވެ މި ތަނަށް އަންނަންވީ؟” އަނެއް ޑައިރެކްޓަރު ޚިޔާލު ފާޅުކޮށްލިއެވެ.

****************************

“އަނެއްކާ… ތީ؟” އީމާ ނައިއަލްއަށް ބަލައިލިއެވެ. ނައިއަލް ބޯޖަހައިލީ ތި ހީވީ ހަމަ ރަނގަޅަށޭ ބުނުމަށެވެ. އީމާގެ އަނގަ އެއްފަހަރު ތަންމިނަށް ހުޅުވިފައި އަނެއް ފަހަރު ލެއްޕިފައި އަނެއްކާވެސް ހުޅުވިއްޖެއެވެ. މާޒީއަށް އެނބުރި ބަލައިލިއިރު ނައިއަލްގެ ބައްޕައަކީ ކާކުކަމެއް އޭނާއަށް ދުވަހަކުވެސް އެނގިފަކާއެއް ނެތެވެ. ރަށުގައި އުޅުންއިރު ނައިއަލް އުޅުނީ މަންމައާއިއެކު އެކަންޏެވެ.

“މުހައްމަދު ހަނީފްގެ ނަން މިއޮއްހާ ދުވަހު އިވިއިވި ބާވިއިރުވެސް އެއީ ނައިއަލްގެ ބައްޕައަށް ވެދާނެއޭ ދުވަހަކުވެސް ހީނުކުރަން.” އީމާ ހިތާހިތުން ކިޔައިލިއެވެ.

“އެއޮއް ވަރުގަދަ ކޮމްޕެނީގެ ސީއީއޯއަށް ވެވެން އޮއްވަ މިތަނަށް ތި އައީ ކީއްވެ؟” އަތް މޮޑެލަމޮޑެލާ އިން ނައިއަލްގާތު އީމާ އެއްސެވެ. ނަމަވެސް މި ބޮޑު އިއްތިފާގުގެ ސަބަބުން އީމާގެ ހިތުގައި ޝައުގުވެރިކަމެއް އުފެދުނެވެ.

ނައިއަލްގެ އެކްޓުގަނޑު ފެށުނެވެ. އިށީނދެގެން އިން ގޮނޑިއަށް ވެޑުވެގަތުމަށް ފަހު ބޯ ހާވާލިއެވެ. އީމާގެ އެއްބުމަ ނިއްކުރި މެދަށް ހިއްލުނެވެ.

“ވީ އެއްޗަކީ… ބައްޕަ ގެއިން ނެރެލީ… މަ ބުނީ ސީއީއޯއަށް ވާން އިންޓްރެސްޓެއް ނެތޭ، އެހެންވެ… ދެން ބޭކާރު ކަމެއް ދޯ. މަ އެއްވެސް އިރެއްގަ ޝައުގު ހުރި ކަމެއް ނޫން އެއީ. ކުރާ ހިތްވާ ކަމެއް ކުރީމަ މާ ރަނގަޅެއްނުދޯ.” ޖެހިލުންވެފައި ހުރި ނައިއަލް ދޯ އެއްލަމުން ދިޔައީ އީމާ އޭނާއާ އެއްބައިވޭތޯއެވެ. އެކަށީގެންވާ އުޒުރެކޭ ހިތް ބުނުމުން އީމާ ބޯ ޖަހާލިއެވެ. “ބައްޕަ ބުނާ އެއްޗެއް ކިޔެވިއްޖެ މިހާރު. ދެން ކުރާނެ މަސައްކަތް ހޯދާނީ އަމިއްލައަށް.” ނައިއަލްގެ ޖަވާބު ކަމުގޮސްގެން ޑައިރެކްޓަރުންނަށްވެސް ދެ މީހުން ދެ މީހުނަށް ބަލައިލެވުނެވެ.

“ތިހެންވީއިރު ބޮޑީގާރޑް ކަމަކީ ކުރާ ހިތްވާ ކަމެއްތަ؟ އެހެންވެ މި ޖޮބް ޗޫޒް ކުރީ؟” އީމާ އެއްސެވެ.

“މާރޝަލް އާރޓްސް ހެދީމަ ބޭނުންވީ އެ ހުނަރު ބޭނުންކުރެވޭކަހަލަ ޖޮބްއެއް. ޕޮލިސް ނޫނީ ސިފައިންގެއަށް ވަންނަންވެސް ހިތަށް އެރި އެކަމު މުސާރައަށް ބަލާފަ ޚިޔާލު ބަދަލުވީ. ދެން އެންމެ ރަނގަޅު، ކުރާހިތްވާ ކަމަކަށް އޮތީ މިކަމޭ ހިތާ ރަނގަޅު ޖޮބެއް ހޯދަނިކޮށް މިތަނުގެ މުސާރަ ރަނގަޅުކަމުން މިއައީ.” ނައިއަލްގެ ވާހަކަ ވަރަށް މޮޅެވެ. ‘ކުރާހިތްވާ’ އެ ބަހަށް ހާއްސަ ބާރެއް ލާފައި ކިޔައިލީ އެ ބަސް ވަކިން ފާހަގަކޮށްލުމަށެވެ.

ނައިއަލްގެ ޤާބިލިއްޔަތުކަމަށް އީމާ ހިތުގެ އަޑިން ތަޢުރީފްކުރިއެވެ. މީއީ އޭނާ އުންމީދުކުރަމުން އައި ބޮޑީގާރޑުގެ އަސްލޭ ހިތަށް އެރިއެވެ. ނަމަވެސް އޭނާއަށް ވިސްނާލަން މަޖުބޫރުވީ ނައިއަލްއަކީ ހަނީފުގެ ދަރިއަކަށް ވުމުންނެވެ. ހަތުރުގެ ދަރި މިތުރަކަށް ވުން އެކަށީގެންވޭބާއެވެ؟

“އެހެންވީމަ ވަޒީފާ ލިބޭނެތަ؟” ކެތްމަދުވެފައި އިނދެ ނައިއަލް އެއްސެވެ.

“އެހާ އަވަހަކަށް ނުނިންމޭނެއެންނު. ގޮތެއް ވިސްނާލާފަ ހޮވިއްޖެއްޔާ ގުޅާލާނަން. އެކްސްޓްރީމްލީ ހުނަރުވެރިވިޔަސް ރަނގަޅަށް ބައިސްކަލު ދުއްވަން ނޭނގޭ ކެންޑިޑޭޓެއް ހޮވުމުގެ ކުރިން ވިސްނާލަން ޖެހޭ ކަންތަށް ހުންނާނެއެއްނު ދޯ.” އީމާ ހިނިގަނޑެއް ޖަހާލިއެވެ. ޑައިރެކްޓަރުން ފާޑަކަށް އެކަކު އަނެކަކަށް ބަލައިލީ މީ ކޮންކަމެއްހޭ ބުނެލާހެންނެވެ.

“ދެން އޯކޭ ދިޔަޔަސް.” އީމާ ހުއްދަ ދިނެވެ.

ތުން ފިއްތާލަމުން ބޯ ޖަހާލާފައި ގޮނޑިން ތެދުވި ނައިއަލްގެ ދެލޯ ބޮޑުވީ ގޮނޑީގެ ފަޅައިގެން ގޮސްފައި އިން ތަންކޮޅެއްގައި ތާށިވި ފަޓުލޫނު، ތެދުވިގަޑީ ދެމުނު ގޮތަކުން ފަލަމަސްގަނޑާއި ހަމައަށް ތިރިވުމުންނެވެ. ފަޅި ސިކުންތެއްގެ އަވަސް ހަރަކާތަކުން އަންހެން ޑައިރެކްޓަރުގެ މޫނު ކުރިމައްޗަށް އީމާ ފައިލެއް ހުރަސްކޮށްލީ، ލޮލާއި އަނގަ ބޮޑުވެފައި ހުރެ ނައިއަލްގެ ތިރީކޮޅުން ނަޒަރު ކައްސާލުމެއްނެތިއެވެ. އެ ވަގުތު ނައިއަލްގެ މުޅި ސިކުނޑި ހަރަކާތްވެގަތީ އެ ފަޓުލޫނު މައްޗަށް ނަގައި، ޢިއްފަތްތެރިކަން ރައްކާތެރިކުރުމަށެވެ.

“މްމް… ބަނާނާ…” ފަޓުލޫނު މައްޗަށް އަރުވައިލި ނައިއަލްގެ ބޮކްސާރގައި ކުރުހާފައިވާ ދޮންކެޔޮތަކަށް އީމާ މަލާމާތްކޮށްލުމުން، ނައިއަލްގެ ދޮން މޫނު ރަތްވިއެވެ.

“ތި ސިކުނޑި ހަތްފެނުން ދޮންނަންވީނު، ހެޔޮނުވާނެ.” ލަދުގަތްކަން ފޮރުވަމުން ފަޓުލޫނުން އަތް ދޫކޮށްލަން ނުކެރިފައި ހުރި ގޮތަށް ނައިއަލް އެތަނުން ނުކުތެވެ.

ނައިއަލް ނިކުތް ފަހުން ފަަސް މިނެޓު ހުއްޓާނުލާ ހެމުންދިޔަ އީމާ އެތާ އިން އަންހެން ޑައިރެކްޓަރަށް ބަލައިލިއެވެ. ވާނުވާގަައި އިން ޑައިރެކްޓަރުގެ މޫނު ފެނިފައި އީމާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“ނަސީބެއްނު ނުފެނުނުކަން.” ތުން އަނބުރާލަމުން އީމާ އޭނާގެ އަވަސް ހަރަކާތަށް ފަޚުރުވެރިވިއެވެ. ފިރިހެން ޑައިރެކްޓަރު އިނީ އަނގަ ޗޭވި ގޮތަށް ލައްޕަން ނޭންގިފައެވެ.

“ހާދަ އޮޑޭ އޭނަ އެކަމު… ވަރަށް އޮފް ވެފަ ހުރި ވައްތަރު ޖަހަނީ މިއަދު. މަށަށް ޖެއްސުމެއް ކުރަން ނުކެރުނީ މި ގޮނޑީގަ އިނީމަކަންނެ ދޯ.” އަތުގައި ހުރި ގަނޑުތަކާއި އީމާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ހީވީ ނައިއަލް އޭނާއަށް ޖެއްސުމެއް ނުކުރީތީ މާޔޫސްވެފައި އިންހެނެވެ.

“އޯހ ނޯ. ބައްޕަ ގެއިން ނެރެލީމަ ކަޓާފަ ކަމަށްވެސް ވެދާނެ ދޯ.” އޭނާގެ ޚިޔާލު ބަދަލުވީ ހިނދުކޮޅެއްގެ ތެރޭގައެވެ. އަވަސްއަވަހަށް ފިކުރުބޮޑުވާ އީމާގެ ސިކުނޑި ވިސްނަމުންދިޔައީ ނައިއަލްއާއި ހަނީފާއި ދެމެދު އޮތް ގުޅުމާއި ދޭތެރޭގައެވެ. އެއީ ނައިއަލް ހަދައިލީ ބުހުތާން ދޮގުތަކެއް ކަމެއް އީމާ ނުދެނަހުއްޓެވެ. އޭނާގެ މަޤްޞަދާއިމެދު ފަހުމެއްވެސް ވެވިފަކާއެއް ނެތެވެ.

ލޯބިވާ ކަންނެޔޮލުގައި ބައްދައިގަނެގެން ތަޅުގަނޑުމަތީގައި ނިދާފައި އެއޮތީ ނައިއަލްއެވެ. އިންޓަވިއު ނިންމާފައި ތިންގަޑި ބައިގައި ގެއަށް އައިގޮތަށް ކޯޓު ފަޓުލޫނުގައި ތަންޑާވެފައެވެ. އިރުއޮއްސި ހަތެއް ޖެހިއިރުވެސް އޭނާއަށް ހިލަމެއް ނުވިއެވެ. ލަތީފާގެ އެދުމުގެ މަތިން އައިޝްވަރިޔާ ނައިއަލްގެ ކޮޓަރި ދޮރުގައި މަޑުމަޑުން ޓަކި ޖަހާލަމުން ހުޅުވާލިއެވެ. އޭސީގެ ފިނިކަން އޭނާގެ ހަންގަނޑުގައި ބީހީގަތީ ހީބިހި ނަގުވަމުންނެވެ.

“ގަނޑުވެފަ އޮންނާނީ މިހާރު…” ހިތާހިތުން ކިޔަމުން ނައިއަލްއާއި ދިމާލަށް އޭނާ ހިނގައިގަތެވެ. އަންހެނެއްކަމަކު ބިޔަ ހަށިގަނޑެއްގެ ވެރިއެއްކަމުން، ފިނިކަން ދެގުނައަށް ހިފާފައިވާ މާރބަލް ޓައިލްސްމަތިން ނައިއަލް އުފުއްލާލަމުން އެނދުގައި ބޭއްވުމަކީ މާ އުނދަގު ކަމަށް ނުވިއެވެ. ބިންމަތީގައި އޮތް ކަންނެޔޮ ނައިއަލްގެ އަތުތެރެއަށް އޭނާ ވަރަށް މަޑުމައިތިރިކަމާއެކު ލައިދިނީ ޗިމްޕާދެކެ ނައިއަލް ވާ ލޯބި އައިޝްވަރިޔާއަށްވުރެ ރަނގަޅަށް އިނގޭ އިތުރު މީހަކު ނުހުންނާނެތީއެވެ.

ގަދަ ނިދީގައި އޮތް ނައިއަލްގެ މައުސޫމުކަން ފާޅުވާ މޫނަށް އައިޝްވަރިޔާ ނަޒަރު ހިންގައިލީ މާޔޫސްވެފައެވެ. އަމިއްލަ އެދުން ފުރިހަމަ ކުރުމަށްޓަކައި ހަނީފް ނައިއަލްގެ ބޭނުންހިފަމުންދާކަށް އައިޝްވަރިޔާއަށް އެނގެއެވެ. އެ ވަގުތު އޭނާގެ ޚިޔާލަށް އައީ ހަވީރު ހިނގައިދިޔަ ކަންތަކެވެ.

“ބައްޕާ! ހަމަޖެހޭނެހެން ހީވަނީ ވަޒީފާ…” ސޯފާގައި ފޮތް ކިޔަން އިން ހަނީފް އައިނު ތިރިކޮށްލަމުން ގޭގެ ދޮރާށި ކުރިމަތީ ބޫޓު ބާލަން ހުރެގެން އަޑުގެ ނެތްތަނަށް ވާހަކަދެއްކި ނައިއަލްއަށް ބަލާލިއެވެ. “އެކަމަކު އޭނައަށް މަ މީ ބައްޕަގެ ދަރިއެއްކަން އިނގުނީމަ ޖެހުނު އެކްޓުގަނޑެއް ޖައްސަން. މަ ބުނީ ސީއީއޯއަށް ވާން ބޭނުން ނުވީމަ ބައްޕަ ގެއިން ނެރެލީމައޭ އެތަނަށް ދިޔައީ. މި ގޭގަ އުޅޭކަން އިނގިއްޖިއްޔާ ކަޑަވާނެއެންނު. ކިހިނެތް ހަދަންވީ؟”

“ހުންނާނެ ތަނެއް ދީ! ހުންނާނެ ތަނެއް ދީ!” އެހެން ބުނިއިރު ނައިއަލް ތަސްބީހައެއްހެން ހިތުގައި ތަކުރާރު ކުރަމުންދިޔައެވެ. ނަމަވެސް ދެ ނަސީބު އެއްފަހަރާ ލައިގަންނާނެ ކަމަށް ކުރެވުނު ނައިއަލްގެ އުންމީދު ފުރިހަމަވާ ގޮތެއް ނުވިއެވެ.

“އާނ، ތިކަމާ ހާސްނުވޭ. އެމްޕްލޯއިމެންޓް ބެނިފިޓްއެއް ގޮތުގަ ހުންނާނެ ތަނެއް ދޭނެ އެ އަންހެނާ. ބޮޑީގާރޑު ވީމަ ގެންގުޅޭނީ ވީހާވެސް ގާތުން. ހީވަނީ އޭނަ ގެއިންހެން ކޮޓަރިއެއް ދޭނީ.” ހަނީފް ފޮތަށް ބަލަހައްޓައިގެން އޮވެ ކިޔައިލިއެވެ.

“އޭނަގެ ގޭގައޭ؟!” ދޮރުކަނީގައި އަޅައިގަތްފައި ނައިއަލް ނުވެއްޓުނީ ކިރިޔާއެވެ. ހަނީފް ނައިއަލްއަށް ބަލައިލާފައި ބޯޖަހައިލާފައި އަނެއްކާވެސް ފޮތަށް ބަލައިލީ، ދެން ދާންއުޅޭށޭ މަ ފޮތްކިޔަނީއޭ ބުނާކަހަލަ ގޮތަކަށެވެ. ނަމަވެސް ބަދިގެފަރާތުގައި ހުރި ލަތީފާގެ ކަންފަތުގައި ދެބަފައިންގެ ވާހަކަ ޖެހުމުން، ލޯބިވާ ފޮތަށް ސަމާލުކަން ދިނުމުގެ ފުރުސަތު ހަނީފްގެ އަތުން ބީވެއްޖެއެވެ.

“ކާކުގެ ގޭގަ؟! އެ އަންހެނާ ގޭގަ؟!” ލަތީފާގެ އަޑު އިވުމާއިއެކު ހަނީފް ލޯ މަރައިލާފައި ފޮތް ލައްޕައިލީ ހަނގުރާމައަށް ތައްޔާރުވަމުންނެވެ. ފޮތް މޭޒުމަތީ ބާއްވާފައި، ދަރިފުޅާ މި އަންނަނީއޭ ބުނާ ފަދައަކުން އޭގައި ފިރުމައިލާފައި ލަތީފާއާއި ދިމާލަށް އެނބުރުނެވެ.

“ހަނީ… ލެޓްސް ހޭވް އަ ޓޯކް.” އަޑަށް ނެރެވުނުހާ ލޮއެއްބެއް ނެރެމުން ހަނީފް ގޮވައިލިއެވެ. ގޮސް ވަރަށް ނޭންގޭކަމަށް ހަދާފައި ލަތީފާ ކޮނޑުގައި އަތް ވަށައިލީ ގޮވައިގެން ކޮޓަރިއަށް ވަންނަންވެގެނެވެ. ނަމަވެސް ލަތީފާ އަތް ފޮޅައިލުމުން އެކަން ނާކާމިޔާބުވިއެވެ.

“މީ މިހާރު ކޮން ކަމެއް ޑޭޑީ؟ އެކްސްޕްލެއިން!” ލަތީފާ އަޑު ތުއިކޮށްލާފައި ބޮޑާހާކާ ރާގަކަށް އެއްސެވެ.

“ހަނީ، އައި ޓޯލްޑް ޔޫ ދަ ޕްލޭން.” ހަނީފް އެހެން ބުނެލާފައި އެތާ ހުރި އައިޝްވަރިޔާއަށް ބަލައިލީ އޭނާއަށް އެ ވާހަކަ އަޑުއިވެން ބޭނުން ނުވީތީއެވެ. އައިޝްވަރިޔާއަށް އެކަން ފާހަގަވެ ހޯލްވޭއަށް ނުކުތެވެ. ނަމަވެސް ފާރުގައި ތަތްގަނެގެން ހުރީ ވަގަށް އަޑުއަހަންށެވެ. ދެމަފިރިންގެ ކޯޅުންގަނޑަށް ޝައުގެއްނެތް ނައިއަލް ޗިމްޕާ ދެކޭހިތުން ކެތްމަދުވެފައި ހުރި ވަރުން އަވަހަށް ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ފާރާއި ހިތާ ފުރާނައިން ގުޅިފައި ހުރި އައިޝްވަރިޔާއާއި ނައިއަލްގެ ކަޅިހަމަވުމުން އައިޝްވަރިޔާ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލީ އެ ފާރާއި އޭނާ ވަކިނުކުރުމަށް އެދެމުންނެވެ. ބޯ ޖަހައިލާފައި ނައިއަލް ދިޔައީ އެކަމަށްވެސް ޝައުގެއް ދިނުމެއް ނެތިއެވެ.

“އާހް.. ހާދަ ހޫނޭ. އޭސީ އޭންޑް ޗިމްޕާ ވިލް ބީ ދަ ބެސްޓް ތިންގް ރައިޓް ނައު.” ކޮޓަރިއަށް ދިއުމަށްޓަކައި ސިޑީގެ ހަރުފަތްތައް ގިރާކުރަންފެށި ނައިއަލްގެ އިހްސާސްތައް އުތުރި އަރަންފެށިއެވެ.

“މި ޕްލޭން ފުރިހަމަ ވާނީ އެ ޖޮބަށް ފުރިހަމަ ސަމާލުކަން ދީގެނެއްނު. އޭނަ ގޭގައޭ ބުންޏަސް އެއީ ހާދަ ބޮޑު ގެއެކޭ. ހީވާނީ ހަމަ ދެ މީހުން ދެ އަވަށުގަ އުޅޭހެން. އަނެއްކާ ނައިއަލް އިނގެއެންނު ހަނީއަށް. ކޮންމެހެން ވާހަކަދައްކަން ޖެހިއްޖިއްޔާ ނޫނީ އެ އަންހެނާއަށް ބަލާވެސް ނުލާނެ.” ހަނީފް ލަތީފާ ހެއްދުމުގެ މަސައްކަތް ފެށިއެވެ.

“އެކަމަކު އެ އަންހެނާ މަގޭ ޕަމްޕްކިން ހައްދާލައިފިއްޔާޔޯ؟ މަޅީގަ ޖައްސައިފިއްޔާޔޯ؟” އެެހެން ވެދާނެއޭ ހިތަށްއެރުމުންވެސް ލަތީފާގެ ލޮލުން އަލިފާންކަނި ބުރާވަރުވިއެވެ.

“ނައިއަލްއެއް އެކަހަލަ ބޭކާރު މީހުންނާހެދިއެއް ނޫޅޭނެ. ނައިއަލް އިޚުތިޔާރުކުރާނީ މަންމަކަހަލަ އެލެގަންޓް، އިންޓަލިޖެންޓް، ބިއުޓިފުލް އަންހެނެއް. އެ އަންހެނާކަހަލަ ވަލު ޖަނަވާރެއް ނޫން.” ހަނީފް ވަރަށް ހުޝިޔާރުކަމާއިއެކު އެ ދޭތެރެއަށް ލަތީފާއަށް ނިސްބަތްކޮށްލި ދެތިން ތައުރީފުގެ ބަސް ވައްޓައިލިއެވެ. އެ ބަސްތައް އިވި ލަތީފާގެ ހިތް ޕުޑިންކޮޅަކަށް ވެއްޖެއެވެ.

“ހުއް. އަހަރެންކަހަލަ ދެވަނަ މީހަކު ނޫޅޭނެ. އެކަމަކު… ތީ ތެދެއް. މަގޭ ދަރިއެއް އެހާ އީޒީއެއް ނުވާނެ. ކުނިބުނި ތެރެއިން ހޯދާނީ ޖަވާހިރެއް.” ލަތީފާގެ ތުންފަތުގައި ހިނިތުންވުމެއް ފާޅުވުމުން ހަނީފްއަށް ކާމިޔާބީގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“ހަނީ ނޫން އެހެން ހުރިހާ އަންހެނުން އަހަންނަށް ފެންނަނީ ކުނިބުނީގެ ސިފައިގަ.” ހަނީފް ލަތީފާއާއި ކަޅިހަމަކޮށްލަމުން ލޯބިން ސަމާސާކޮށްލިއެވެ.

“އޮފްކޯޒް. އެހެން އަންހެނުން އެއީ ކުނިވިއްޔަ. ފެންނާނީ އަސްލު ސިފައިގައެއްނު.” ލަތީފާ ފޮނިވެލާފައި ބުންޏެވެ. “އެކަމަކު މިހާރަކަށް އައިސް އަަހަންނަށްވުރެ ގިނައިން ފޮތްކިޔަން ޓައިމް ސްޕެންޑް ކުރާހެން ހީވޭ ޑޭޑީ.” ލަތީފާ ތުންދަމައިލިއެވެ.

“ތީ ހީވާ ގޮތެއް.” ހަނީފް ލަތީފާގެ ނޭފަތު ކުރީގައި އިނގިލި ޖައްސައިލިއެވެ. މިހާރު ހީވީ ހަމަ ދެންމެ ވިހޭ ދަރިއަކާއި ވާހަކަދައްކާހެނެވެ. ފަކުރުން ގައިން ހީބިހި ނަގައިގަތުމުން ފާރާއި ވަކިވާން އައިޝްވަރިޔާއަށް ޖެހުނީ އެ ހިސާބުންނެވެ.

ބޮޑު ސޯފާގައި ދެފައި ވަށްކޮށްލައިގެން އިން އީމާގެ ސިކުނޑި މަސަތްކަތް ކުރަމުން ދިޔައީ އޭގައި އެކުލެވޭ އެންމެ ފުރިހަމަ އަދި ބާރުގަދަ ހަކަތައާއި އެކުގައެވެ.

“ނައިއަލް ރަނގަޅޭ އަސްލު… ހުރިހާ ގޮތަކުންވެސް.” ނިކަން ހެވިފާ އޭނާ ބުންޏެވެ. އަޑު އަހާނެ އިތުރު މީހަކު ނެތަސް އަމިއްލަ ނަފްސު އޭނާއަށް ފުދެއެވެ. “ފިޒިކަލީވެސް އެހާ ހުނަރުވެރި… މެންޓަލީ އިމެޗުއާރވިޔަސް މަގޭ އަނގަ މަތަކުރަން ކެރެންޏާ އެ ދެން ވަރަށް ބޮޑުވަރު. އެހެންނޫނަސް ބަލަ އެއީ ނައިއަލްއޭ! މަ ޓްރަސްޓްކުރި މީހެކޭ. އެހެންވީމާ…………” އީމާ އޭނާގެ ބަޔާން އިއްވަމުން ގެންދިޔައެވެ. “ނައިއަލް އިޒް ދަ ޕާރފެކްޓް ފިޓް! އެހެން އެންމެން ކުނި ޑަސްބިނަށް!” އީމާ ހަޅޭއްލަވައިގަތް އަޑު މުޅި ފެންޑާގައި ގުގުމިއެވެ. އެހެން ހުރިހާ ކެންޑިޑެޓުންގެ ގަނޑުންތަށް ބޮނޑިކޮށްލަމުން ނައިއަލްގެ ގަނޑު ހިފައިގެން އީމާ އެނބުރެން ފެށިއެވެ. މާ ކުރިންސުރެވެސް ހިތުތެރޭގައި ނިންމިފައި އޮތް ކަމެއް ނަމަވެސް އެ ހުރިހާ ސަބަބެއް ފާހަގަކޮށްފައި ނޫނީ ފަހު ނިންމުން ނިންމަން ވިޔަފާރިވެރިޔާގެ ރޫހު އެއްބަސް ނުވީއެވެ.

“މެޑްމް. ބޮޑީގާރޑް ކަމަށް ކެންޑިޑޭޓެއް ހޮއްވެވީތޯ؟ ހޮވުނު ކެންޑިޑޭޓަށް ގުޅަނީ ކޮން އިރަކުންތޯ؟” ރިންގުވަމުން ދިޔަ ފޯނު ކަންފަތުގައި ޖައްސާލުމާއެކު އޮފީސް މުއައްޒަފަކު އަހައިލިއެވެ.

“ޔާޔާޔާޔާޔާސްސްސްސްސްސްސްސްސް! ހޮވޭ މީހުންނަށް ގުޅާނަން މަ. ނުހޮވުނު މީހުންނަށް އަންގާލާ މާދަން. އަދިވެސް އޮފީހުގަތަ؟ ތިހާ ބުރަކޮށް މަސައްކަތް ނުކޮށް ދެން ދޭ ގެއަށް. ނުލާހިކު ވިއްސާރަ ރެއެއްނު. އޮފީހުުގަ ތިބި ހުރިހާ ކުދިންކޮޅު ކައިރި ބުނޭ ދެން ގެޔަށް ގޮއްސަ ހީފިލުވާލާށޭ! ބާއީ.” ތޫލި އަޑަކުން އީމާ ކިޔާނެ އެއްޗެއް ކިޔާ ނިންމާފައި ފޯނު ކަނޑާލިއެވެ.

“ބޮސް އަމަލުވެފަ ކަންނެ.” އީމާގެ އަޑުގައިވީ ފޯރީގެ ސަބަބުން އަނެއްކޮޅުގައި ހުރި ކުއްޖާއަށް ދެކޮނޑު އަރުވާލެވުނެވެ. މިވަރުގެ ބޮސްއަކަސް އީމާއަކީ މަސައްކަތުގައި ޤާބިލު، ނުހަނު ހިންގުންތެރި، ހީވާގި ވިޔަފާރިވެރިއެއްކަން ހުރިހާ މުއައްޒަފުންވެސް ދަނެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އީ.އެމް.އޭގެ ބޮޑުމިނާއި ކާމިޔާބީތަކެވެ. އަދި އެހެން ކުންފުނިތަކުން ދެމުންދާ ހަސަދައިގެ ނަޒަރުތަކެވެ.

އީމާ އޭނާގެ ފޯނުގެ ކޯލް ލޮގް ހާވަމުން ‘ބަނާނާ’ ގެ ނަމުގައި ސޭވްކޮށްފައި އިން ނަންބަރަށް ފިއްތާލިއިރު ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ.

ނައިއަލް އެސްފިޔަ ތަޅުވާލަމުން ދެލޯ ހުޅުވާލިއިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކަންބޮޑުވެފައި އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުރި އައިޝްވަރިޔާއެވެ.

“ލަޒާނިޔާ ޝީޓް ހުސްވީތަ؟ ޕޭން ކޭކްތަށް އެނދީމަ މަންމަ ބަވައިގަތީތަ؟” ނައިއަލްވެސް ނިކަން ހާސްވެފައި އޭނާގެ ސިކުނޑިއަށް އައި އަވަސް ސުވާލުކޮޅު ކޮށްލިއެވެ. އައިޝްވަރިޔާ ކުނި މޫނު ހަދާލިއެވެ.

“ޖޮބް ލިބިއްޖެޔާ އަސްލުވެސް މޫވް އައުޓް ކުރަނީތަ؟” އޭނާވެސް ކޮށްލީ ސުވާލެކެވެ. ވެގެން އުޅޭގޮތް ނައިއަލްއަށް ސާފުވީ ދެނެވެ.

“އާނ ދެން ދާކަށްނު ޖެހޭނީ. މި ކަންތަށްގަނޑު ނިންމާލެވިއްޖިއްޔާ ވަރަށް ލާރި އޮހޭނޭ.” ފޮނި ވެލާފައި ނައިއަލް ބުނެލިއެވެ.

“ހޫނ… ދެން މަ ކިހާ ފޫހިވާނެ ޖެއްސުންކުރާނެ މީހަކު ނެތިއްޔާ.” އައިޝްވަރިޔާ އޭނާގެ ކަންބޮޑުވުން ހާމަކޮށްލިއެވެ.

“މީ ދޯ މި ވެގެން އުޅޭ ގޮތަކީ… ހާސްނުވޭ. މަ އެޑްރެސް ފޮނުވާނަމޭ… ހަފްތާޔަކު އެއްފަހަރު ވާނެ ލަޒާނިޔާ ހިފައިގެން މަ ހުރިތާކަށް އަންނަން. ދެން މަވެސް މުސާރަ ލިބުނުހާ އަވަހަކަށް މަހަކު އެއްފަހަރު ވިޔަސް ދާނަން ކަލޭ ގޮވައިން ކާން ނިކަން ފެންވަރުގެ ތަނަކަށް. ޑީލް؟” ދުރުގައި ތިއްބަސް އަޚުވަންތަކަމުގެ ގުޅުން ދެމެހެއްޓުމަށް ނައިއަލް އެއްބަސްވުން ހަދައިލިއެވެ. އައިޝްވަރިޔާ ނިކަން ހެވިފައި ބޯ ހަލުވައިލިއެވެ.

“ކަންނެޔޮހެން ހުންނަނަމަތާ މަށާ އެކީ ގެންދެވޭނީވެސް ބޮޑު ފޮއްޓަށް ލައިގެން ދޯ!” އައިޝްވަރިޔާގެ ކޮނޑުގައި ޖަހާލަމުން ނައިއަލް މަލާމަތް ކޮށްލިއެވެ.

“މެޑަމް ބުނީ ކާން އަންނާށޯ…… މަ ބަދު ދުޢާ ކުރާނަން ތި ޖޮބެއް ނުލިބޭތޯ!” ކުދިކިޔަމުން އައިޝްވަރިޔާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނައިއަލް ބާރު ހިނިގަނޑެއް ޖަހާލިއެވެ. އޭނާގެ ހުނުމުގެ އަޑާ އެކުވީ ފޯނު ރިންގުވާން ފެށި އަޑެވެ.

“ޖައިނޯމަސް ބަފަލޯ.” އަނގަމަތީ އަތް އަޅައިލަމުން ނައިއަލް ކަންފަތުގައި ފޯނު ޖައްސައިލި ވަގުތު އޭނާގެ ދެލޯ ތަގުޅިވިއެވެ.

 

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

afnaarj

Level 2100 Login10 Stories100 Comments

We hope you like our first story ‘foni faaroshi’. This story is written by two writters. We welcome both positive and negetive opinions of readers.

Other Articles

Previous

ހުދާއްކޮ(1 ވަނަ ބައި)

Next

ވާލޯބި އެނގޭނަމަ…(2)

Next
May 9, 2020

ވާލޯބި އެނގޭނަމަ…(2)

Previews
May 9, 2020

ހުދާއްކޮ(1 ވަނަ ބައި)

21 Comments!

  1. afnaarj says:
    May 9, 2020 at 2:02 pm

    Hello everyone.! Hope u all r safe and doing good as ever ❤ and we hope this part helped ur day be better ? thank you so much for the support through comments views and likes. We appreciate the existence of every single one of u ?? have a gud day. !

  2. Ihoo says:
    May 9, 2020 at 2:51 pm

    Masha allah mi part vx v maja ?wen next part???

  3. No one says:
    May 9, 2020 at 3:41 pm

    V.v reethi mi part ves. Hama habeys

    1. afnaarj says:
      May 9, 2020 at 8:32 pm

      Thankewww vey muchhh no one ❤?

  4. Shy❤ says:
    May 9, 2020 at 3:42 pm

    Yay 1st dhw? varah reethi mi part ves and varah foohi vefa indhaa thi up kohleeves ekm mihaaru foohi filaafi mi part kiyaaleema ? thank u mikahala majaa reethi vaahaka genesdheythee☺ BTW whn next part? Curiously waiting LYSM?
    STAY HOME
    STAY SAFE ❤

    1. afnaarj says:
      May 9, 2020 at 8:36 pm

      Second dho hehe ? but let’s consider u and no one r first since its just a one minute difference. Must be wifi loading issues ?n thank you so much. There’s honestly nothing better then making someone’s day ❤❤ we appreciate it ? and it’s our honour to deliver this stry. Much love stay safe. Next part tmr or soon insha allah ?

  5. shaiiii says:
    May 9, 2020 at 5:06 pm

    archaaa mi part vv salhi….adhi specially eema ge goii gandu v habeys nd vrh majaaa……lysm afnaarj

    1. afnaarj says:
      May 9, 2020 at 8:39 pm

      ? glad to know u all love eema as much as naial ❤ thank you so much for the endless support shaii ? lym ?

  6. No one says:
    May 9, 2020 at 6:32 pm

    Reethi kamun 2vanafaharah mi kiyaalee.. varah varah reethi. Mee I ge favourite story mihaaru!! BTW whn is next part?? Curious vanee Hama !! N stay safe!! Luv ya!!

    1. afnaarj says:
      May 9, 2020 at 8:44 pm

      Is this the same no one as the one up there ? We hope so ? thanks alot again then. We r indeed speechless and greatful ❤we love u muchhhh ?stay safe

  7. Shaakko says:
    May 9, 2020 at 11:27 pm

    Aaah heehee halaaku?????????????????????
    Alhe fahe thi dhekudhin kihineh tha ehaa molhah vaahaka liyanee?
    Maasha Allah kosvejje bunaane ekahcheh ves hithakah nai mi bai hama varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah reethi ????????????
    Thidhekudhin haadha eyy molhee Maasha Allah ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????????????????????

    1. afnaarj says:
      May 9, 2020 at 11:58 pm

      OMGGGGGGGGG watta long comment shaakko ❤❤❤?we were out of words after seeing this . You just gave us enough motivation to finish the entire story in a day HAMA FLASH SPEED GA! Thank you so much for the sweet kind words. We can’t imagine success without u all ????? may the almighty bless u all’s selflessness and effort in supporting us ? thanks alot again ❤ hope u smile after seeing this reply as much as we did after reading ur comment ?

  8. Kairaa says:
    May 9, 2020 at 11:44 pm

    Wowwww….speeechlessss….varah varah varah reethi….mi vaahaka kiyaa kn me faharaku foohi filaa???….hama ehaa reethi….dhn neyge bunaane ehcheh vx…hehehe??..curiously waiting for the nxt part….lysssmmmm❤️❤️❤️❤️….be safe….

    1. afnaarj says:
      May 9, 2020 at 11:51 pm

      This is honestly so unexpected ?? and our gratitude to u all is unexplainable. Thank you so much. You just made our end of the day better then ever ❤we r speechless kairaa. Much love. Stay safe ?

  9. afnaarj says:
    May 10, 2020 at 12:02 am

    In Reply to ihoo’s pending comment. Thank you so so much like always ❤❤ ? we appreciate your support! We will submitt the 10th part in the afternoon insha allah ?

  10. magnumm says:
    May 10, 2020 at 12:44 am

    vaahaka kuriah gendhaa goiy hama best??Awwn I lav the chos kaheyo same as naial?haha.whn next guyss.
    Waiting ngey. Much lavssss❤?

    1. afnaarj says:
      May 10, 2020 at 5:15 am

      Thank you for the sweet and supportive words magnumm ❤? ur comment reminds us of the times we got to eat magnum whenever we wanted ??stay safe much love ?n keep loving naial

    2. magnumm says:
      May 10, 2020 at 3:05 pm

      އޯވްން.ތޭންކްސް ފޯ ދި ސްވީޓް ރިޕްލައި. ޔާ އައި މިސް މެގްނަމް އެންޑް
      މެގްނަމް ޕުޑިންގ ޓޫ.ހެހެ??

  11. Malsa Moosa (Lysh) says:
    May 10, 2020 at 2:07 am

    OMG. this is hama bestu, I love this story mihaaru. Mal ge fav stories thakuge thereyga emme emme kureega mi story mihaaru ineee. I just love this. dhn vaagotheh balaalan varah keh maduvehjje. When next guyx? waiting waiting. dhn nidhan araafa vx mi story mathin handhaanvegen hevynee kanneynge. Hehe 🙂 btw i just wanna say great work. keep it up! ibaaraai kurun varah fashuvi. nulaahiku majaa. hama obi nge. mihaaru mal varah ummeedhu kuran kurimaguga thi 2 writers ah kurierumah. keep going like this. waiting for the next part. #stay home , be safe afnaarj 🙂

  12. afnaarj says:
    May 10, 2020 at 3:57 pm

    In Reply to malsa moosa (lysh)’s pending comment.:❤ first of all we want to say we r very very huge fans of you. And there’s honestly no better feeling then a writer we take as an inspiration commenting on our story. We r more then thankful inspired and motivated. We’ll always take u as a huge inspiration ?? may your path in being a sweet and amaizin writer lead to achieve many many success. We love you and each one of your comments as much as all of ur stories. It means alot to us thank you soooooooooooo much ❤❤❤stay safe and it’s our pleasure to entertain you ?

  13. Imkko says:
    May 14, 2020 at 6:55 pm

    Maasha allah … mi abives hama best ????… haneef and lathifa ge bai kiyaa hee hee halaaku vejje .. it was so funny … u guys plz finish this story ingey … ehn noonee imkko ah lolufiya ves jahainuleveyne … all the best guysss ❤❤❤

Comments are closed.

Next Episodeފޮނި ފާރޮށި 10←


All Right Reserved!