Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯ ފޮހެލާދޭށެ މަގޭ 5

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
April 29, 2020 5 Mins Read
10 Comments

ހަވީރުގެ ސައި އެންމެން އެކީގައި ބޮމުން ދިޔައިރު ‘ޕެރެޑައިސް’ ގެ ހަމަހިމޭން މާހައުލު ވަނީ ހަލަބޮލި ކޮށްލާފައިއެވެ. ޒާހިދާއާއި ނަތާޝާގެ އަޑު އެއް އަޑަކަށް އެތަނުގައި ހަރުލާފައި ހުރިއިރު އާކިފްއާ ޝާހިދުވެސް ދިޔައީ އެތައް ވާހަކައެއް ދައްކަމުންނެވެ. އެހަތަރު މީހުންނަށް ވެސް ނޭނގުނީ އެމީހުންގެ ދަރިންގެ ސިކުނޑީގައި އެވަގުތު އެބުރެމުން ދިޔަ ކަންތައް ގަނޑެވެ.

ޔުނާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އައިލީޝްގެ މޫނުން ވަކިނުކޮށްލައެވެ. ދީވާނާވެފައިވާ ޕަރުވާނާއެއްހެން އައިލީޝްގެ މޫނަށް ބަލަމުން ދިޔައީ ހިތާހިތުން ތައުރީފުވެސް ކުރަމުންނެވެ. މީގެ ކުރިއަކުން އޭނާއެއް ދުވަހަކުވެސް އެވަރުގެ ރީތި ކުއްޖެއް ނުދެކެއެވެ. ފުރަތަމަ ނަޒަރުންވެސް އެ ހިތް އައިލީޝްއަށް އޭނާ ދީފިއެވެ.

ޔޫހާގެ ހާލަކީތޯއެވެ. އޭނާގެ ކުރިމަތީގައި އިން ޒައިކްގެ މޫނަށް ކަޅި ޖަހައިވެސް ނުލައި ބަލަމުން ދިޔައީ މޮޔަވެފަައިވާ މީހެއް ފަދައިންނެވެ. އެ ހަރުދަނާ ހަށިގަނޑާއި ތޫނު ކަޅި ރަވައަށް ޔަގީނުންވެސް ޔޫހާގެ ހިތް ކިޔާފިއެވެ. ޒައިކްގެ ކޮންމެ ހަރަކާތަކަށް އޭނާ ގެނބެމުން ދިޔައިރު އެ ހިތުގައި ގޮވަމުން ދިޔައީ ޒައިކްގެ ނަމެވެ. ޒައިކްއަކީ ޔޫހާ އުންމީދު ކުރިފަދަ ކުއްޖެކެވެ. މޫނުމަތިން ހަރުދަނާ  ވައްތަރު ޖަހަމުން ދިޔައިރު އެހައިވެސް ހިތްގައިމެވެ. ޒައިކްގެ އަޑު އިވިފައި ޔޫހާގެ އަރުތެރޭގައި ހީވީ އަނގައަށް ލީ އެތިކޮޅުވެސް ތާށިވިހެންނެވެ. އެހައިވެސް ފިރިހެންވެފައި ހިތްގައިމެވެ.

މަޑުމަތިރި ކަމާއިއެކު ކަމުން ދިޔަ އައިލީޝްއަށް ބަލަން އިން ޒައިކް އިނީ ބޫނާނެ އެއްޗެއްވެސް ނޭނގިފައިއެވެ. ހިތާހިތުން އެ ހޫރުޕަރީ އެއްފަދަ އައިލީޝްއަށް ތައުރީފު ކުރަމުން ދިޔައިރު އައިލީޝް ފެނިފައި އެ ހިތުގައި އައު ވިންދެއް ޖަހައިލައިފިއެވެ. އައިލީޝްގެ ކޮންމެ ހަރަކާތެއް އެހިތުގައި ބިންވަޅުނެގެމުން ދިޔައީ ރަން ކުލައިންނެވެ. އައިލީޝްއަކީ އޭނާ މީން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ރީތި ސިފަތަކެއް ލިބިފައިވާ ފަތްމިންޏެކެވެ. ބަލައިލަން ނުހަނު ފުރިހަމައެވެ. އަޑުވެސް އެހައި ރީތިވެފައި ހިތްގައިމެވެ.

އައިލީޝްއަށް އިނީ އަތެއް ފައެއް ހަރަކާތްވެސް ކޮށްލަން ނުކެރިފައިއެވެ. ކުރިމަތީގައި އިން ދެމީހުން ހުއްޓާ ނުލައި ބަލަމުން ދިޔައިރު އައިލީޝް އިނީ ހިސާބަކަށް ފޫހިވެސް ވެފައިއެވެ. އިސް އުފުލައި ބަލައިލަންވެސް ނުކެރިފައިއެވެ. އައިލީޝްގެ ހިތް ނައިޝަމްއަށް ގޮވަމުން ދިޔައިރު އެހެން ފިރިހެނަކަށް އޭނާ ބަލައިލަންވެސް ބޭނުމެއް ނޫނެވެ. ނައިޝަމް ނުލިބޭނެކަން އެނގި ހުރެ ވެސް އައިލީޝްއަށް ނައިޝަމްދެކެ ހަގީގީ ލޯބި ވެވިއްޖެއެވެ. ކިތަންމެ ނިކަމެއްޗަކަސް ނައިޝަމްގެ ނަން ނޫން އެހެން ނަމެއް އައިލީޝްގެ ހިތަކު ނެތެވެ.

ވާހަކައިގައި ޖެހިފައިވާ ޒާހިދާ އިރުއިރުކޮޅާ ޒައިކްއާ ދިމާލަށް ބަލައިލައެވެ. މަކަރުވެރި ހިނިތުންވުމެއް އޭނާގެ ތުންފަތަށް އެރީ ޒައިކް އައިލީޝްއާ ދިމާލަށް ބަލަން އިނުމުންނެވެ. އެއީ އޭނާ އުންމީދު ކުރި ގޮތެވެ. ޒައިކްއާ އައިލީޝް ގުޅުވުމަކީ ޒާހިދާ ބޭނުންވާ ގޮތެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ އެކަން ކުރާނެއެވެ. ނަމަވެސް ޒާހިދާއަށް ނޭނގުނުކަމީ އޭނާގެ ދަރިފުޅުގެ ހިތް ޒައިކްއަށް ދިންކަމެވެ. އެކަމުގެ ސަބަބުން ގޭތެރޭގެ މަސްލަހަތު ނަގައިލާނެކަމެވެ.

***

”ޝަމްހާ. އާކިފް މިރޭ ފުރައި. ދެން އަހަރެމެން ގުޅަން ޖެހޭނީ އޭނާގެ އަންހެނުންގެ ނަންބަރަށް.” އިޝާމް އަނގައަށް ކޮށާލާފައި ހުރި ފޯއްކޮޅެއް ލިޔެވެ. ޅިޔަމުން ދިޔަ ކަށިކެޔޮ ތަށީގައި ބާއްވާލާފައި ޝަމްހާ އޭޏާގެ މޫނުގައި ހުރި ދާތައް ފުހެލީ ވަރުބަލިވެފައިވާ އަތަކުންނެވެ. ދުވަމުން ދިޔަ ފޮނި ވަހަށް މާބޫރުތައް އެއެއްޗެހީގެ އާއިލާ އާއިއެކު އައިސް ކަށިކެޔޮލުން ފޮނި ބޮމުން ދިޔައިރު އިރުއިރުކޮޅާ ޝަމްހާ އޭނާގެ އަތް ފޮޅުވާލައެވެ. މާބޫރުތައް ފައްސާލުމަށެވެ.

”އެހެންތަ. މިއަންނަ ހަފްތާގަ ދޯ ކޯސްތައް ފެށެނީ.” ޝަމްހާ އޭޏާ ކުރަމުންދިޔަ މަސައްކަތް ހުއްޓާލުމަށްފަހު އިންތަނުން ތެދުވެ ގޮސް ތަށި މޭޒުމަތީގައި ބައިންދާ ގޮށި ޖަހާލިއެވެ.

”ހޫމް. އާކިފް ބުނީ ތިޔަހެން. އަސްލު އާކިފް އަހަރެން އުންމީދު ކުރި ވަރަށް ވުރެ ރަނގަޅު. މިއަދު ގުޅާފަ ބުނި އަލިފުޅު އަތަށް ދީފަ ވަރަށް އެއްޗެހި އެބަ ފޮނުވަމޯ. ނައިޝަމްއަށްވެސް ގަމީސްކޮޅަކާ އެއްޗެހި ގަނެދީފީމޯ. ވަރަށް ހިތްހެޔޮ. އަހަރެން އުންމީދެއްވެސް ނުކުރަން އާކިފް އެހައި ހެޔޮވާނެކަމަކަށް.” ފޯއްތަބަށް މޭސުމަތީގައި ބައިންދާލުމަށްފަހު ޖޯލިފަތީގައި އިޝާމް އިށީންދެލިއެވެ. ކަޅުފޮއި އަނދިރި އެރޭގައި އުޑުގައި އެންމެ ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ހަނދުވެސް ވަނީ ފިލާފައިއެވެ. ބަލައިބެލުމަށް ހީވަނީ ވިއްސާރަ އޮއްސާލަން އުޅޭ ހެންނެވެ.

”ރަނގަޅު އެކުވެރިން ލިބޭނީ މަދު ފަހަރަކު. އާކިފް އިޝާމް މަތިން ހަނދާން ހުރިކަމީ ހަމަ ނަސީބެއް. އެހައި ހިތްހެޔޮ އެކުވެރިއެއް އަހަރެން މިވީހާ ދުވަހަކުވެސް ނުދެކެން.” އުޑަށް ނަޒަރު ހުއްޓާލައިގެން އޮވެ ޝަމްހާ އެހެން ބުނެލީ އެކަމަށް ޝުކުރުވެރިވާ ފަދައަކުންނެވެ.

”ހިނގާ އެތެރެއަށް ވަންނަން. ހީވަނީ ވިއްސާރަ އޮއްސާލަން އުޅޭހެން.” އިޝާމް ޖޯލިން ތެދުވެލަމުން އެހެން ބުނެލީ މާހައުލަށް އޭނާގެ ނަޒަރު އުކަމުންނެވެ. އިޝަމް އެހެން ބުނެފައި ސިކުންތެއްވެސް ނުވަނީސް ވައި ގަދަވާން ފަށައިވިއެވެ. އިސާހިތަކު ހީވީ ގޭގެ ފުރާޅުވެސް އެއްލައިލަ ދާނެ ހެންނެވެ. ވަޔާއެކު ގަސްގަހުގެ ފަތާއި ކުނިބުނި ގެންދަމުން ދިޔައިރު ވާރޭވެސް އޮއްސާލީ އެހައި ބޯކޮށެވެ.

***

އެނދުމަތީގައި އޮށޯވެލައިގެން އޮތް ނައިޝަމްއަށް ވިސްނެމުން ދިޔައީ އޭނާގެ މައިންބަފައިންނާ ދޭތެރޭއެވެ. އެރޭ މާބޮޑަށްވެސް އޭނާ އެދެމީހުން މަތިން ހަނދާންވަނީއެވެ. މާލެ އައި ފަހުން ދެދުވަސް ފާއިތުވެގެން ދިޔައިރު ނައިޝަމްއަށް ހީވީ އެއީ ދެގަރުނު ހެންނެވެ. އެހައިވެސް ލަހުން ދުވަސް ދާ އިރު އޭނާ ހިތްހަމަ ޖައްސައިލަން ދާނެ ތަނެއް ވެސް މާލެއަކު ނެތެވެ. އެނެއްކޮޅުން އޭނާއަށް ތަނަކަށް ދާކަށް ނުވެސް އިނގެއެވެ. އޭނާއަށް ހަމައެކަނި ދާން އިނގެނީ ކޮލެޖަށެވެ. އެއީވެސް އާކިފް ކިޔާ ދިނުމުންނެވެ. ފުން ވިސްނުމެއްގައި އޮތް ނައިޝަމް ސިއްސައިގެން ދިޔައީ އާކިފް އައިސް އޭނާގެ މޫނުމަތީގައި އަތްހާކާލުމުންނެވެ. އަދި ބުނެލިއެވެ. ” ބޭބެ މިއުޅެނީ މިހާރު ފުރަން ދާން. ކަމަކަށް ބޭނުންވެއްޖާ ދައްތަ ގާތު ނޫނީ އައިލީޝް ގާތު ބުނޭ. ޔޫހާވެސް ހުންނާނެ. ދެން މަންމަމެންނަށް ގުޅަން ބޭޏުންވިޔަސް ދައްތަ ގާތު ބުނޭ އިނގޭ. ރަނގަޅަށް ކިޔަވާތި. ބޭބެއަށް ދެން އާދެވޭނީ ހަމަސް ފަހުން.”

ނައިޝަމްއަށް އޮތްތަނުން ތެދުވެވުނީ އެހައި ގިނަ ދުވަހަށް އާކިފް ދާކަން އެންގުމުންނެވެ. އެބޮޑު ގޭގައި އާކިފް ނޫން އެހެން މީހަކު އޭނާއާ ރަނގަޅަށް ވާހަކަދައްކައި ނުލާކަން ހަނދާން ވުމުން ހިތަށް ތަދުވެގެން ދިޔަ ނަމަވެސް އެކަން ނުދެއްކޭތޯ އޭޏާ ދިޔައީ މަސައްކަތް ކުރަމުންނެވެ. އާކިފްގެ ފަހަތުން ނައިޝަމްވެސް ކޮޓަރިން ނުކުމެގެން ދިޔައީ އެންމެފަހުގެ ވަދާއީ ސަލާމް ކުރުމަށެވެ. ނަމަވެސް އިރުކޮޅަކަށް މަޑު ކުރަން ޖެހުނީ އާކިފް ގޮސް އައިލީޝް ކޮޓަރިއަށް ވުނުމުންނެވެ.

***

”ދަރިފުޅާ ރަނގަޅަށް ކިޔަވާތި. ހަމަސް ދުވަހަށް އަނެއްކާވެސް ބައްޕަ މިދަނީ. ވަރަށް ހަނދާން ވާނެ ދަރިފުޅު މަތިން.” އާކިފް އައިލީޝްގެ ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ.

”ހޫމް. ބައްޕާ. އަޅުގަނޑު އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން.” މިހެން ބުނެވުމާއިއެކު އައިލީޝްއަށް ފެށުނީ ރޯށެވެ. ވާގޮތް ނޭނގިފައި އާކިފް ހުއްޓާ ޒާހިދާ ގޮވާލިއަޑު އިވުނެވެ.

”އައްދެ. މިއަދު ކީއްވެ ރޮނީތި؟ އެހެންޏާ ދަރިފުޅު ތީ ބައްޕަ ދާތީ ރޯ ކުއްޖެއް ނޫނެއްނު. ދޯ. ދެން ހުއްޓާލަ އަވަހަށް. މިހާރު ބައްޕަ ދާ ގަޑީ ޖެހުނީ އެ.” އާކިފް އައިލީޝް ދުރުކޮށްލިއެވެ. އަދިވެސް އައިލީޝް ދިޔައީ ރޮމުންނެވެ. މޫނުމަތި އެއްކޮށް ރަތްވެފައި ވާއިރު ނޭފަތްވެސް ވަނީ ރަތްވެފައިއެވެ.

”ބައްޕާ އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ބުނަން އެބޮތް ބައްޕަ ގާތު. އިހަށް މަޑުކޮށްލަބަ.” ކޮޓަރިން ނުކުންނަން ތަޅުގައި ހިފައިލި އަތް އާކިފް ނައްޓުވައި އައިލީޝްއާ ދިމާލަށް އެބުރެލިއެވެ.

”ނެތް ބައްޕައަކަށް މަޑޫ ކުރެވޭކަށް. މަންމަ އެގޮވަނީ ލަސްވެގެން ކާރު އައީ ކަންނޭނގޭ. ދަރިފުޅު  ދެން ފަހުން ބައްޕަ ކައިރީ ތި ވާހަކަ ބުނެލާނީ.” އާކިފް މިހެން ބުނެފައި ކޮޓަރިން ނުކުމެގެން ދިޔައީ ފެންކަޅިވެފައިވާ ހާލުއެވެ. އައިލީޝް ރޯތަން ބަލަން އޭޏާއަށް ލާހިކު ކުޅަދާނައެއް ނޫނެވެ. އެއީ އޭޏާއަށް އެއްވެސް ވަރަކަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. އާކިފް ދިޔުމާއިއެކު އައިލީޝްއަށް ހުރިތަނަށް ތިރިވެވުނީ ކުރިއަށްއޮތް ދުވަސްތަކުގައި އޭޏާއަށް އުޅެން ޖެހިފައި ހުރި ގޮތް ހިތަށް ސިފަކޮށެލެވުމުންނެވެ. ހަމައެއާއިއެކު ކުއްލިއަކަށް އައިލީޝް އިންތަނުން ތެދުވެފައި އޭޏާގެ ނޭފަތުން ފައިބަމުން ދިޔަ ދަވަތަށް ފުހެލައި ބޭރަށް ނުކުންނަން ދުއްވާ ގަތެވެ.

***

އެތެެރެއަށް ވަދެގެން އައި މީހާ ފެނި މާޖިދުގެ ތުންފަތްމަތީގައި ކުޅެލީ އުފާވެރިކަމާއި މަކަރުވެރިކަން ހިމެނޭ  ހިނިތުންވުމެކެވެ. ދޮރު ހުޅުވާލާފައި ވަދެގެން އެއައީ ޒާހިދާ ނޫން ދެވަނަ މީހެއްނޫނެވެ. ޒާހިދާގެ މޫނުމަތިންވެސް ފެނިގެން ދިޔައީ މާޖިދުގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކެވެ. އާކިފް ދިޔުމާއިއެކު ދެމީޙުން ރާވައިގެން އެފަޅު އަނދިރިގެޔަށް ޒާހިދާ އެއައީ އޭނާގެ ރޭވުން މާޖިދުއަށް ކިޔައިދިނުމަށެވެ. ދެމީހުން އެކަނި އެތަނުގައި ހުރި ނަމަވެސް ޒާހިދާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ސިއްރު ސިއްރުންނެވެ. ޒާހިދާގެ ވާހަަކަ ނިމުމާއިއެކު ދެމީހުންވެސް ބާރު ހިނިގަނޑެއް ޖަހައިލިއެވެ.

”ހަނދާން ކުރާތި އިނގެ. މިކަން ބަސްޓް ވެއްޖާ ޒާހިދާވެސް ކުށްވެރިވާނެ. ޒާހިދާވެސް ޖަލުގަ އޮންނަން ޖެހޭނެ.” މާޖިދު ނުލަފާ ހިނިތުންވުމެއް މޫނަށް ވެރިކުރުވައި ޒާހިދާއާ ދިމާލަށް ބަލައިލިއެވެ. އެ ނަޒަރުން ޒާހިދާވެސް ހިސާބަކަށް ބިރުގަތެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެކަން ހަނދާނުން ނައްތާލައި އޭނާ ވާހަކަދައްކަން ފެށިއެވެ. އަނެއްކާވެސް ދެމީހުންގެ މޫނުމަތިން މަކަރުވެރި ކަން ފައުޅުވާން ފެށިއެވެ.

***

ރެސްޓޯރެންޓްގެ ކަންކަން ބަލަމުން ދިޔަ ޒައިކްގެ ސިކުނޑީގައި ވަނީ އެހެން ހިޔާލުތަކެކެވެ. އެހެން ކަންތައް ގަޑެކެވެ. އޭޏާއަށް އެންމެ ފަހަރަކުވެސް މަސައްކަތަށް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. އޭނާގެ ސިކުނޑީގައި އެބުރެމުން ދިޔައީ އައިލީޝްއެވެ. ލޯ ކުރިމަތިން ސިފަވަމުން ދިޔައީ އައިލީޝްގެ މޫނެވެ. ކަންފަތަށް އަޑު އިވެމުން ދިޔައީ އައިލީޝްގެ އަޑެވެ. ދީވާނާވެފައިވާ މީހެއް ފަދައިން އެއްތަނަކަށް ބަލަހައްޓައިގެން އެތައް އިރަކުވެސް ޒައިކް އިނެއެވެ. އައިލީޝް ހާސިލް ކުރުމުގެ ވިސްނުން އޭނާގެ ހިތުގައި އިންތިހާ ދަރަޖައަށް އުފެދިފައި ވާއިރު އޭނާގެ ހިތުގެ އެއްކަނުގައި ސުވާލުވެސް އުފެދެމުން ދިޔައެވެ. އައިލީޝް ހާސިލްވާނެ ބާއެވެ.

***

ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ދިޔައީ އައިލީޝްއަށް ވަރުބަލި އަދި އެހައިމެ ހިތާމަވެރި ދުވަސްތަކެއް ކުރިމަތި ކުރުވަމުންނެވެ. ލިބޭ އަނިޔާއަށާއި އަޑުއިވޭ ބަސްތަކަށް ކެތްކުރަމުން ދިޔައިރު ބައެއް ފަހަރު އޭނާގެ ހިތްވަރު އެލިގެން ދެއެވެ. އަޑު އިވޭ ބަސްތަކުން ހިތް ހުއްޓެން އުޅޭ ފަދަ އިހްސާސް ކުރެވިގެން ދެއެވެ.

ކޮންމެ ދުވަހަކު އެތައް ވަގުތެއް ނައިޝަމްގެ ކުރިމަތީގައި ރޯން ޖެހުމުން އައިލީޝްއަށް އޭޏާގެ އަމިއްލަ ނަފްސު ދެކެ ރުޅިއައި ދެވެން ފެށިއެވެ. ލަދުގަނެވެން ފެށިއެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ ޒާހިދާގެ އަނިޔާވެރި ވަކިތަކާއި އައިލީޝް ކުރިމަތި ލަމުން އެދަނީ ކެތްތެރިކަމާއިއެކު އަނގައިން ބަހެއް ބުނެނުލައެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިޔަސް އެކަން ފޮރުވައިގެން އޭނާ އެހުންނަނީ އެކަން އެހެން މީހަކަށް ނުދައްކަން ވެގެންނެވެ. ހާއްސަކޮށް ނައިޝަމްއަށެވެ.

”މަންމާ. ކީއްވެގެންތަ ތިއުޅެނީ؟” ޔޫހާއަށް ހިތްހަމަ ނުޖެހިފައި އެހެން ބުނެލެވުނީ އައިލީޝްއަށް ކުރަމުން ދިޔަ އަނިޔާތައް ފެނިފައި ކެތް ނުކުރެވިގެންނެވެ.

”މަ ތަ އަދިވެސް ކަމެއް ވެގެން މިއުޅެނީ. ބަލާބަލަ. މަ ރޭގަ ގަނެގެން ގެނައި ޖޯޑެކޭ. ފެންތައްޓެއް ގެންނާށޭ ބުނީމަ މަށާ ޖެއްސުމަށް ތަޅާލީ މި. މަ ކައިރީ މާ މާތް މީހަކަށްވެގެން އަދި މައާފު ކުރާށޭ ކިޔާނެ. ޔޫޙާ ވެސް ދޭ ކޮޓަރިއަށް. މީނަ އާ ވާހަކަ ދައްކައިގެން ނުވާނެ.” ޒާހިދާގެ ރުޅިގަޑު ދިޔައީ މައްޗަށެވެ. އަތް މުއްކެވިގެން ދިޔައިރު ދަތްޕިލާ ޖައްސާ ބާރުކޮށްލެވުނެވެ.

”މިބުނީނު ހަމަ މިހާރު ދާށޭ ކޮޓަރިއަށް.”

ޒާހިދާގެ އަމަލުތަކުން ޔޫހާގެ ހިތަށް ދިޔައީ އަސަރުކުރަމުންނެވެ. މަންމަގެ ފަރާތުން އެކަހަލަ ކަންތައްތައް ފެންނާކަށް އޭނާ ދުވަހަކުވެސް ބޭނުމެއް ނޫނެވެ. އަދި އައިލީޝްއަށް ދެރަގޮތެއް ވާތަން ދެކެން އޭނާއަށް އެއީ އެހައި ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ފަސޭހަ ނުވިޔަސް އޭނާއަށް މިހުރިހާ ކަމަކަށް ކެތް ކުރަން ޖެހިއްޖެވެ. މި މަންޒަރުތައް ބަލަން ޖެހިއްޖެއެވެ. އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ޔޫހާ އެތަނުން ނުކުމެގެން ދިޔައީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. ޔޫހާ ދިޔުމާއިއެކު ޒާހިދާއައިސް އައިލީޝްގެ ކުރިމައްޗަށް އެރިއެވެ. އޭޏާގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައިރު އައިލީޝްއާ ދިމާ ބަލައިލި ގޮތުންވެސް ހީވީ އަދާ އަޅިއަށް ހަދައިލަ ދާނެހެންނެވެ. ބަލާކަށް ނުހުރެ އައިލީޝްގެ އިސްތަށިގަނޑުގައި ހިފައި އަތުގައި ހުރި ބާރެއް ލާފައި ކޮއްޕާލީ އައިސްފައި ހުރި ރުޅިންނެވެ. ތިރިއަށް އެޅިފައި ހުރި ފެންތަކުގެ ސަބަބުން އައިލީޝްއަށް އޭނާގެ އަމިއްލަ ހަށިގަނޑު ނުހިފަހައްޓާލެވުމުގެ ސަބަބުން ކައްސައިލައިގެން ގޮސް އޭނާގެ ބޯ ޖެހުނީ މޭޒު ކަނުގައިއެވެ.

***

ދަންވަރުގެ ހަމަހިމޭން ވަގުތުގައި ނައިޝަމްއަށް ހޭލެވުނީ ކަރުހިތްކައި ގަނެގެންނެވެ. ކޮޓަރީގައި އިން ފެންޖަގު ހުސްވެފައި އިނުމުގެ ސަބަބުން ނައިޝަމް ކޮޓަރިން ބޭރަށް ނުކުމެގެން ދިޔައީ ޖަގަށް ފެން އެޅުމަށެވެ. ބަދިގެއަށް ވަނުމާއިއެކު ފެނުނުމަންޒަރުން ނައިޝަމްއަށް ހީވީ އޭޏާގެ މޭގަނޑު އަނގައަށް އައި ހެންނެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…[ 1 ]

Next

ޒީން

Next
April 29, 2020

ޒީން

Previews
April 29, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…[ 1 ]

10 Comments!

  1. Ram says:
    April 29, 2020 at 12:00 pm

    V reethi maasha Allah

    1. ?Nafu✨ says:
      April 30, 2020 at 6:59 pm

      thanks ram

  2. Kairaa says:
    April 29, 2020 at 12:13 pm

    Varah varah reethi…masha allah…waiting for the nxt part….

    1. ?Nafu✨ says:
      April 30, 2020 at 7:00 pm

      thanks kairaa..

  3. Jeon Jungkook says:
    April 29, 2020 at 9:35 pm

    Awesome……….speechless…….. V furihama…?????????keep it up sisooo…???????????u r different while writing… Creative ideas……??????u r my inspiration sis…..????lysm………Saranghae??????????????????????

    1. ?Nafu✨ says:
      April 30, 2020 at 7:01 pm

      aww.. thank u dear. unmeedhu kuran dear ge comment konme part akun fennaane kamah

  4. ?Friend says:
    April 29, 2020 at 10:23 pm

    Masha Allah? varah reethi? mi part vs btw? whn is next part ?curiously waiting? for nxt part?

    1. ?Nafu✨ says:
      April 30, 2020 at 7:02 pm

      thank u dear. insha allah mirey submit kohlaanan..

  5. Jeon Jungkook says:
    April 30, 2020 at 1:51 pm

    Can u pls upload fast…….can’t wait so long……… Cuz I’m really foohi Vega lockdown ge sababun!!!!

    1. ?Nafu✨ says:
      April 30, 2020 at 7:03 pm

      dear mirey nafu dhn oii bai submit kohlaanan. keep waiting..

Comments are closed.

Next Episodeލޯ ފޮހެލާދޭށެ މަގޭ 6←


All Right Reserved!