މަޑު ހިނގުމެއްގައި އިވްރާ އާއި ނަވާ ގޮސް ހުއްޓިލީ އާދައިގެ ގޮތަކަށް
ހަދައިފައި ހުރި ގެއެއްގެ ކުރިމައްޗަށްށެވެ. އޭރު އެގޭ ދޮރުމަތީގައި ގުދަށް
އޮވެގެން ކުނިކަހަން މެދު އުމުރުގެ އަންހެނެއް އޮތެވެ.”މަންމާ” އެ އަންހެން
މީހާ އާއި ދާދި ގާތުގައި ހުއްޓެމުން އިވްރާ ގޮވައިލިއެވެ. އެ އަޑަށް
ކުނިކަހަން އޮތް ނަސީފާ ތެދުވެ ހިންދެމިލިއެވެ. ކުރިމަތީގައި ހުއްޓިހުރި ޒުވާން އަންހެން
އަންހެން ދަރިފުޅަށް އޭނާ ބަލައިލީ ލޯބިން ފުރިގެން ވީ ނަޒަރަކުންނެވެ.
“ހުއްނާނެ ސައިހަދައިފައި..ދޭ ނަވާ އާއި ދެކުދިން ސައި ބޯން..” އިވްރާގެ
ބުރަކަށީގައި ފިރުމައިލަމުން ނަސީފާ ބުނެލިއެވެ. ކަރުނަވީ ލޮލަކުން އިވްރާ ދިޔަ
ދިމާލަށް އޭނާ އަށް އޭނާ އަށް ބަލާލެވުނީ މިއަދު ފުރަތަމަ ފަހަރަށް
އެދަރިފުޅާއި ވަކިވާ ކަމުގެ އިހުސާސް ކުރެވުމުންނެވެ.ސައި ބޮއިގެން އިވްރާ
ކޮޓަރި އަށް ދިޔައީ ފުރުމުގެ ކުރިން ތައްޔާރު ވެލުމަށްށެވެ.ގަޔަށްދޫ ކަޅު
އަބާޔާ އާއިއެކު ކަޅު ކުލައިގެ ޝޯލްއަކުން ބޯ ފޮރުވާލިއެވެ. ތުންފަތުގައި މަޑު
ލިޕް ގުލޮސް ހާކައިލުމަށް ފަހު އޭނާގަޔަށް ސެންޓު ބުރުވައިލި އިރު ކޮޓަރީގެ
ދޮރުހުޅުވައިލާ ނަވާ ވަންނަނީއެވެ.” ހިނގާ އަވަހަށް ލާންޗް އަންނަގަޑި ޖެހެނީ” އިވްރާ
އާއި ދާދި ގާތުގައި ހުއްޓިލަމުން ނަވާ ބުނެލިއެވެ.އަދި އިވްރާގެ ބޮލުންފެށިގެން
ފަޔާއި ހަމަޔަށް ބަލާލިއެވެ.”މާޝާ ﷲ” ނަވާގެ ދުލުން އެ ލަފުޒްތައް
ނުކުތީ ބޭއިހުތިޔާރުގައެވެ. އަތުގައި އޮތް ކަޅުކުލައިގެއަތް ދަބަހުން ނަވާގެ
ގައިގައި މަޑުމަޑުން އިވްރާ ޖަހައިލިއެވެ. ބަނދަރާއި ހަމަައަށް ދެވުމާއިއެކު އިވްރާ އޭނާގެ
މަންމަގެ ގައިގައި އޮޅުލައިގަތެވެ. ފުރަތަމަފަހަރަށް މަންމަ އާއި ބައްޕަ ދޫކޮއްލައިފައި
ދާންވުމުން އިވްރާ އަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. އިލްހާމް އިވްރާގެ
ބޮލުގައި ފިރުމާލުމަށްފަހު އެ ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނެވެ.”ބައްޕަ ދަރިފުޅަށް
ވަރަށް އިތުބާރުކުރަން..ދޮންދައްތަގެ ބަސް އަހައިގެން އުޅޭތި..ނަމަނަމަ ދޮންދައްތަ
ޖެހުން ކަހަލަ ކެއްސެއްގައި ދަރިފުޅު ނުޖެހޭތި ” އިލްހާމުގެ އަޑު ބެދުނީ ދޮށީ
ދަރިފުޅުގެ ހަނދާނަތައް އާވާން ފެށުމުންނެވެ. އިވްރާވެސް ފެންކަޅި ވެގެންދިޔަ އިރު މާޒީގައި
ދޮންތަ އާއި އެކު ހޭދަކުރި އުފާވެރި ދުވަސްތައް ލޮލުގެކުރިމަތީ ސިފަ ވެގަން ދިޔައީއެވެ.
އެދެކުދިން އެކަކު އަނެކަކު ދެކެވީ ލޯތްބެވެ.އަޅާލި އަޅާލުމެވެ. އެއަށްފަހު
ހިތްދަތި ގޮތަކަށް ދެމީހުން ވަކިވި ގޮތެވެ. ހިންދިރުވާލަމުން އިވްރާ ބޯޖަހާލީ އެކަމަށް
އެއްބަސްވުމުގެ ގޮތުންނެވެ. އެވަގުތު ކައިރީގައި ހުއްޓިހުރި ނަވާ އަތުގައި
އިޝާރާތުން ތަންފުކެއް ދުރުގައި ހުރި ރުކެއްގައި ލެގިލައިގެން ހުރި ޒުވާނަކު
ދައްކައިލި އެވެ،.އިވްރާގެ މޫނު ރަތްވެގެން ދިޔައިރު ނަފީސާ އާއި އިލްހާމްގެ
ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވިއެވެ.ނަވާ ބޯޖަހާލަމުން އެދިމާލަށް
ދާން އިވްރާ އަށް އިޝާރަތްކުރިއެވެ. މަޑު ހިނގުމެއްގައި އިވްރާ ކުރިއަށް
ހިނގައިގަތް އިރު އޭނަގެ އަތް ފައި ފިނިވަމުން ދިޔައެވެ. އެޒުވާނާ
އާއި ތިންފޫޓު ދުރުމިނެއްގައި އިވްރާ ހުއްޓިލަމުން އޭނާ އިސްއުފުލާ ބަލާލިއެވެ. އޭރު
ޒުވާނާވެސް ހުރީ ކަޅިޖަހާ ނުލާ އިވްރާއަށް ބަލަހައްޓައިގެންނެވެ. “ޔާން” އިވްރާ
ގޮވާލަމުން ހޭވެރިކަންވީ މީހެއް ފަދައިން ނިޔާން ދެފަރާތައް ބޯ ހަލުވާލަމުން
ހިނިތުންވެލިއެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ގަދަ އަޅިކުލައިގެ ސޯޓެއްގައި ނިޔާން
ހުރިއިރު ފެންނަ ފެނުމަށް އޭނާ ވަރަށް ރީއްޗެވެ. އިވްރާއާ ދިމާލަށް އެއް ފިޔަވަޅު
އަޅާލަމުން އޭނާ އިވްރާގެ އަތުގައި ހިފާލަމުން ވާހަކަ ދައްކަން ފެށިއެވެ. “އިވީ….
އިވީގެ ކޮންމެ ޑިޒިޝަން އަކަށް އަހަރެން ރެސްޕެކްޓް ކުރާނަން ، އިވީ އަހަރެންގެ
ހަޔާތައް އަންނަން ބޭނުންވަނީ އިވީގެ ކިޔެވުން ނިންމާފަ ކަމަށް ވަނީނަމަ އަހަރެން އިވީއަށް
އިންތިޒާރުކުރާނަން. “އައި ވިލް މިސް ޔޫ ޔާން “ސީދާ ނިޔާންގެ ދެލޮލަށް ބަލަމުން އިވްރާ
ވާހަކަ ދެއްކިއެވެ. ” އައި ވިލް މިސްޔު މޯ އެންޑް އައި ލަވް ޔޫ “ވައި އަޑަކުން ނިޔާން
ބުނެލިއެވެ. އަދި އެއަށް ފަހު އިވްރާގެ މޫނުގައި އެއް އަތުން ހިފަހައްޓާލަމުން އިވްރާގެ
ނިތްކުރިއަށް ލުއި ގޮތަކަށް ބޮސް ދިނެވެ. ނިޔާންގެ ތުންފަތުގެ ބީހުން އޭނާގެ ނިތްކުރި
އަށް އިހްސާސްވުމާއެކު އިވްރާ ދެލޯ މަރާލިއެވެ. “އެހެމް… ލަވް ބާޑްސް ދެން ރޮމޭންސް
ހުއްޓާލާފަ ދާންހިނގާ އެއޮތް އައީ ލޯންޗު” ނަވާ އައިސް ކުދި ކިޔާލިއެވެ. އިވްރާ
ބޯޖަހާލަމުން ހިނގައިގަތްއިރު ނިޔާންގެ ނަޒަރު ހުއްޓިފައިވަނީ އިވްރާ އާއި އޭނާގެ ޖޯޑު
ކުރެވިފައިވާ އަތްތިލަ އަށްށެވެ. އިވްރާގެ އަތް މަޑުމަޑުން އޭނާގެ އަތުން ދޫވެގެން
ދިޔުމާއެކު އޭނާ އަތް މުއްކަވާލިއެވެ. ނޭނގޭ ނުތަނަވަސް ކަމެއް އޭނާ ވަށާލީ
ކީއްވެ ކަމެއް ނޭންގުނެވެ. އޭނާގެ އަތުން އިވްރާ ބީވެގެން ގޮސްދާނެ ކަމުގެ
ބިރު ފުރަތަމަ ފަހަރަށް އޭނާއަށް އިހްސާސް ކުރެވުނެވެ. ބޯހޫރާލަމުން އިވްރާ އާއި
ދިމާލަށް ބަލައިލިއިރު އިވްރާ ހުރީ ލޯންޗު ކައިރީއެވެ. އެވަގުތު އިވްރާ
އޭނައަށް ސިއްރުން ހަނާ އަޅާލިއެވެ. ނިޔާންވެސް ހިނިތުންވެލަމުން
އިވްރާއަށް ހަނާ އަޅާލީ ހިތްމަތީގައި ގާގަޑެއް ބާއްވަމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Keevetho vahka ge ehbba nuffennany ???
Varah kiyaa hithun hury ekam mivy gothun kiyan foohi vehjje ?
Story ge ehbai nufeney… Why???
I have no idea about that dear . Ekam alun mi episode edit kohafai up kureveythoa mi balanee .
Thankx….. Curiously waiting… Avahah up kohdhehchey….. ?????
Yh insha allah ❤❤
Salaam dear readers. Here is the 3rd part of my story. Sorry for the late update. Hope you all like this too. Plxx highlight the mistakes so that I can improve my writing. Stay home stay safe and tc .❤❤
Nice story