Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތާރާ -4

Aminath rau Level 110 Stories
April 18, 2020 3 Mins Read
7 Comments

އެއްޗެއް ކައިގެންތަ ތިއުޅެނީ…” ނިހާ އާ އަރާ ހަމަވަމުން ތާރާ ސުވާލު ކުރީ ޖެހިލުންވެހުރެއެވެ.
ނިހާ ބަލައިލީ ތާރާއާ ދިމާއަށްށެވެ. ދެލޯ ތަންމިނަށް ހުޅުވައިގެންނެވެ. ތާރާ ޖެހިލުންވިއެވެ. ކޮއްކޮގެ ރުޅިވެރިކަމާއެކު ލަވާ ހަޅޭކުގެ އަޑު އިވޭކަށް އޭނާ ބޭނުމެއް ނުވިއެވެ.
ނަމަވެސް އެ ލޮލުގައި ނަފުރަތުގެ އަލިފާނެއް ނެތެވެ. ރުޅިވެރި ކަމާއި ރަހުމު ކުޑަ ގޮތް ގަނޑެއްވެސް ނެތެވެ. އޭގެ ބަދަލުގައި ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އެހީތެރިކަމަށް ބޭނުން ވެފައިވާ މިންވަރެވެ. ނިހާ އެގޮތަށް އިނުމަށްފަހު އިސްދަށަށް ޖަހައިލިއެވެ. އެއްވެސް ޖަވާބެއް ނުދީއެވެ. ތާރާވެސް މާގިނައިރު މަޑު ކުރުމެއް ނެތި އެތަނުން ދާން ހިނގައިގަތެވެ. އެއްވެސް ޖަވާބެއް ނުލިބުނީމައި އިތުރަށް ކޮއްކޮ ކުރިމާތީގައި ހުންނަން ޖެހިލުން ވީއެވެ.
”ތާރާ…. ހާދަ ލޯތްބޭ…” ތާރާގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން ފައިސަލު އެހެން ބުނީ ފައިސަލުގެ ކޮޓަރީހުރެއެވެ. ފައިސަލު ތާރާއާ ގާތަށް ޖެހިލިއެވެ. ވަރަށްވެސް ގާތަށްށެވެ. ދެމީހުންގެ ނޭވައިގެ ހޫނުކަން އިހުސާސް ކުރެވެމުން ދިޔައެވެ. ތަފާތު އިހުސާސެކެވެ. މަޑު މަޑުން ދެމޫނު ކައިރިވަމުން ދިޔައެވެ. ދެމީހުންގެ ލޮލުންވެސް ފެންނަމުން ދިޔައީ އެކަކު އަނެކަކުގެ ލޯތްބަށް ފެންބޮވައިގަނެފައިވާ މަންޒަރެވެ. ކައިރިވަމުން ކައިރިވަމުންގޮސް ފައިސަލު އޭނާގެ ތުންފަތުން ތާރާގެ ތުންފަތުގައި ބޮސްދިނެވެ. ވަރަށްވެސް ލޯބިންނެވެ. ދެ ޖިސްމުގައި ރޯވަމުން ދިޔައީ ޖިންސީ އެދުންވެރި ކަމުގެ އަލިފާނެވެ. ދެމީހުންތިބީ ތަތްވެފައެވެ. ޔަގީނެވެ. ވައިރޯޅިއަކަށްވެސް އެދޭތެރެއިން ހުރަހެއް ނުކުރެވޭނެއެވެ.
ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ދިނެވެ. ފައިސަލަށް ގޮވަމުންނެވެ. އަޑުގައި ވަނީ ރުޅިވެރި ކަމެވެ. ފައިސަލު ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރި މަންމަ ފެނުމުން ފައިސަލުގެ ހިތަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ.
“މަންމަ…ހހާދަ އަވަހަކަށް… ނުވެސް ބުނެލައި ތިއައީ.. އަނެއްކާ ކިހިނެއްވީ..؟” ފައިސަލަށް ރަނގަޅަށް ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ. ހިތް ވަނީ މާބޮޑަށް ނުތަނަވަސް ވެފައެވެ. ބިރު ގަނެފައެވެ.
“ތީއެއްނު ތި ގަންނަ ގަނޑަކީ… އަހަރެން ރަށުގައި ނެތް ވަގުތުގަ… އަހަރެންގެ ދަރިފުޅު ވާ ވައްދާލާން ވެގެން ދޯ ތިއުޅެނީ…”ރުންކުރު ގޮތަކަށް ފަހީމާ އެހެން ބުނީ ކޮޓަރިތެރޭ ހުރި ތާރާއަށް ބަލަހައްޓައިގެން ހުރެއެވެ.
ތާރާގެ ގައިން ގޮށްދާ ހިއްލަން ފެށީ އެވަގުތުގައެވެ. ބިރުން ތުރުތުރު އަޅާހެންވެސް ހީވިއެވެ. އަރުތެރެ ވަނީ ބެދިފައެވެ. ބުނާނެ އެއްޗެއް ނުވިސްނުނެވެ. ދެލޯ ފެންކަޅިވެއްޖެއެވެ. ދެއަތް ދެއަތަށް މޮޑެ މޮޑެ ހުރުން ނޫން ކަމެއް ނުކުރެވުނެވެ. ފަހީމާއަށް އެހާ ބޮޑެތި ބަދަލު ތަކެއް އައިސް ހުރުމުން ތާރާވެސް ހުރީ ހައިރާންވެފައެވެ.
“ކަލޭތީ ހާދަ ގޮތެއް ފޮތެއްވެސް ނެތް މީހެކޭ ދޯ… އަހަރެން ކަލޭއާ މާ ގާތްކޮށް ވާހަކަ ދައްކާލާ އުޅުނީމަ އޭގެ މާނައަކީ އަހަރެންގެ ދަރިއާ ކަލެއާ ދެވަން ބޭނުމީއެއްނޫން… މީހާގެ ފެންވަރު އޮޅުނީތަ.. އަހަރެންގެ ދަރިފުޅާ އެކަށީގެންވާ މީހެއްނޫން ތީ ކީއެއް… ފުރަތަމަ ކަމަކަށް ތިމާގެ ލޯގަނޑު ކުރިމައްޗަށް ހުއްޓި ތިމާގެ ސިފަ ދެކިބަލަ…” ފަހީމާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. މަންމަ ކުރިމަތީގައި ފައިސަލު ހަމަ ހުރީއްޔެވެ. އަނގަ ތަޅުލެވިފައިވާ މީހެއްހެންނެވެ. އަތް ބަންދުވެފައިވާ މީހެއް ހެންނެވެ. ތާރާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ހިތުގައި ޖެހުނުލެއް ބޮޑު ކަމުންނެވެ.
ކުއްލިއަކަށް ތާރާއަށް ހޭލެވުނެވެ. މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ނޭވާ ވަނީ އަވަސް ވެފައެވެ. ހިތްތެޅެމުން ދިޔައީ އޭގެ އެންމެ ބާރު މިނުގައެވެ. މޭ ފަޅާފައި ހިތް ނުކުމެދާނެހެން ވެސް ހީވިއެވެ. ތެދުވެ އެނދުގައި އިށީންދެ ފެންފޮދެއް ބޮއިލީ ހަމަޖެހެވޭތޯ ބަލާންށެވެ.
ފެނުނީ ހުވަފެނެއް ކަމުގައި ވީނަމަވެސް ތާރާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެންނުވާންވީ ސަބަބެއް ވެސް ނެތެވެ. ކިތަންމެ ރަނގަޅު މީހެއްވެސް ތިމާއާދޭތެރޭ ގޯސްކޮށް ވިސްނައިފާނެއެވެ. މިޒަމާނުގައި އެއްވެސް މީހަކަށް އިތުބާރު ކުރާކަށްވެސް ނުވާނެއެވެ. ތާރާގެ ހިތް ނުތަނަވަސް ވެފައިވަނީ އޭގެ އިންތިހާއަށްށެވެ. ހުވަފެނުން ފެނުނު ކަންތައްތަކަކީ ވުން ގާތް ކަމަކަށް ވާތީއެވެ.
ފަތިހަށް ހާ ގޮވާލި އަޑު އިވުނެވެ. އޭރުވެސް ތާރާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ހިތައް ލިބިފައިވާ ނުތަނަވަސް ކަމުގެ ބޮޑުކަމުންނެވެ.
އިލޮށިފަތި ނަގައި އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ތާރާ އިލޮށިފަތި އަޅަންފެށީ ގޯތި މާބޮޑަށް ހަޑިވެފައިވާތީއެވެ. އެކިހިޔާލު ތަކުގައި އިނދެ ތާރާ ދިޔައީ އޭނާގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދިޔައެވެ. ގޯތިތެރެ ކުނިކަހާ ނިންމާލުމަށްފަހު ދެން ދިޔައީ ފަހީމާމެންގެ ދޮށަށްށެވެ. އެގޭގައި މީހުން ނޫޅޭތީ އެގެ އޮންނާނީ ހަޑިވެފައިކަން އިނގޭތީއެވެ.
މަޑު ހިނގުމެއްގައި ތާރާ ދިޔައެވެ. މަގުމަތިން އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން ގިނަ މީހުންނަށް އަދި އިރު ނާރަނީއެވެ. ތާރާ އިސް އުފުލާބަލައިލީ ސައިކަލެއްގެ އަޑު އިވުމުންނެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ބާރު އިސްޕީޑުގައި ދުއްވާފައި އައި ސައިކަލުގެ އިސްޕީޑު ދައްކޮށްލީ ތާރާއާ އަރާ ހަމަވުމުންނެވެ. އެއީ މިހާދެވެ. މަކަރުވެރި ނަޒަރަކުން ތާރާއާ ދިމާއަށް ބަލަމުންގެންދިޔައެވެ. ނުވާކަމަށް ހަދައި ތާރާ އޭނާގެ ހިނގުން އަވަސް ކޮށްލީއެވެ. މިހާދު ބަލައިލި ގޮތުން ތާރާގެ ހިތުގައި އުފެދުނީ ބިރުވެރި ކަމެކެވެ. ހީވަނީ ކަރުހިއްކުން ފިލުވާލަން ބޭނުނުން ވެފައިވާ ސިންގާއެއް ހެންނެވެ. މިހާދު އެވަރަށް އެބަލަނީ އޭނާގެ އެއްޗެއް ތާރާގެ އަތުގައި އޮތީމައޭ ވެސް ބައެއްފަހަރު ހީވެއެވެ.
ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ނިހާ އިށީނީ އެނދުގައެވެ. ބުނެދޭން ނޭންގޭ ގޮތްތަކެއް ވަނީއެވެ. ބޯއަނބުރައެވެ. މޭނުބައި ކޮށް ހޮޑުލަވައެވެ. ގައިގައި ވަރެއްވެސް ނުހުރެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެއްނޫން ހެއްޔެވެ؟
ކުރެވެމުންދިޔައީ ވަރަށްވެސް އެކަނިވެރި އިހުސާސެކެވެ. ކުރެވުނީ ވަރަށްބޮޑު ކުށެއްކަން ހުދު ނިހާވެސް ގަބޫލު ކުރެއެވެ. ކުރާނީ ކީއްހެއްޔެވެ. މިއީ ނިހާއަށް އުޅެވުނު ގޮތުގެ ހިތި ނަތީޖާއެވެ. ތިމާއަކީ ފާފަވެރިއެއް ކަމަށް ނިހާ ގަބޫލު ކުރިއެވެ. އަމިއްލަ ނަފުސު މަތިން ފޫހިވާން ފެށިއެވެ. ދިރިއުޅެން ބޭނުން ނުވީއެވެ. ހަގީގަތުގައި ދުނިޔޭގައި ހުންނާކަށްވެސް ނިހާ މިހާރު ބޭނުމެއް ނުވެއެވެ.
ފާހާނައިގެ ނުލެއްޕިހުރި ދޮރުން ނުހާގެ ލޮލުގައި އަޅައިގަތީ ބަހައްޓާފައި ހުރި ފާހާނަ ސާފު ކުރާ ފުޅިއެވެ. ހަށީ ނެތް ބާރުލައި ހިތްވަރާއެކު ތެދުވެގެން ގޮސް ފުޅި ނެގިއެވެ. އަމިއްލައަށް މަރުވުމުގެ ނުރައްކާތެރިކަން އެނގިހުރެ ނަމަވެސް ފުޅީގައި އަނގަޖެހީ އަމިއްލަ އިހުތިޔާރުގައެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aminath rau

Level 110 Stories

Crazy person?? who loves to write✍️? A student nurse ?‍⚕️?? Just 18 years old? A Thalassophile???

Other Articles

Previous

ވާށޭ މަށާ އެކީ-11

Next

އާރާ 2

Next
April 18, 2020

އާރާ 2

Previews
April 18, 2020

ވާށޭ މަށާ އެކީ-11

7 Comments!

  1. Yan♥️ says:
    April 18, 2020 at 5:23 am

    Varah reethi Masha Allah

    1. Aminath rau says:
      April 18, 2020 at 10:18 am

      Thank you Yan?❤️

  2. Hernu says:
    April 18, 2020 at 6:19 am

    Pls don’t kill her. She gotta live to see Thaara and Faisal living in a great life.

  3. Shy? says:
    April 18, 2020 at 9:36 am

    Varah reethi mi part ves ❤ Whn next?? Curiously waiting for next part ☺

    1. Aminath rau says:
      April 18, 2020 at 10:20 am

      Thank you shy?❤️ will upload as soon as they approve ☺️

  4. LAZY_QUEENY says:
    April 18, 2020 at 12:46 pm

    Vvvv reethi mi part vx.. Whn is next part… Curiously waiting for next part… ?????

    1. Aminath rau says:
      April 18, 2020 at 2:23 pm

      Thank you! Will be uploaded as soon as they approve ☺️

Comments are closed.

Next Episodeތާރާ-5←


All Right Reserved!