Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 6

darkangel Level 210 Stories
February 10, 2015 4 Mins Read
11 Comments

“ރާއިން” ރާއިން ހޯދަމުން އައި ސަލްމާ ޓެރަސް ދޮރުމަތީ ހުރެފައި ގޮވާލިއެވެ. ރާއިން އާއި ޔާނާ  ސިއްސައިގެން ގޮސް ދުރައްޖެހެވުނެވެ. ކުރިމަތީ ހުރި ސަލްމާފެނި ދެމީހުން ހާސްވިއެވެ.

ޔާނާއަށް ހާސްވެފައިހުރެ ރާއިންއަށް ގޮވާލެވުނެވެ. ދެމީހުންގެ ހިތުގައިވެސް ވީ އެއްސުވާލެކެވެ. ސަލްމާއަށް އެމީހުން ދެއްކިވާހަކަ އަޑުއިވުނުބާއެވެ. އަޑުއިވުނުނަމަ ދެން ކަންތައްވާނީ ކިހިނެތްހެއްޔެވެ.

“ރާއިން ބައްޕަ އެބަ ގޮވާ” މިހެން ބުނެލުމަށްފަހު ރާއިންއާށާއި ޔާނާއަށް ހީލުމަށްފަހު ސަލްމާ ޓެރަސްއިން ފައިބަންދިޔައެވެ. ރާއިންއާއި ޔާނާއަށް ހިފަހައްޓައިލައިގެން ހުރި ނޭވާބޭރުކޮށްލެވުނީދެވެ. ރާއިން މޫނުގައި އަތްއަޅާލުމަށްފަހު ރެއިލިންގައި ގޮށްމުށުން ޖެހިއެވެ. ހިތުގައިވި އުދާސްގަނޑު ބޭރުކޮށްލުމަށެވެ. ޔާނާވެސް ހިތްހަމަޖެހުމުގެ ނޭވާއަކަށްފަހު ރާއިންއާއި ވާހަކަ ދައްކަންފެށިއެވެ. އެމީހުންދެއްކި އެއްވެސްވާހަކައެއް ސަލްމާއަށް ނީވުމުން އެހިތުގައިވި ބިރު ފިލައިފިއެވެ.

ޖެހިގެންއައިދުވަހު ހެނދުނު ޒާޔާ ހުންގަދަކަމުން ސަލްމާ އޭނަ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ވަރުދެރަކަމުންނާއި ހުންގަދަކަމުން ޒާޔާ އެޑްމިޓް ކުރިއެވެ. ހެނދުނު އޮފީހަށްނުކުތުމުން ރާއިންއަށް މިކަމެއް ނޭގެއެވެ. އަދި އޭނައާއި އެއްކޮން އޮފީހަށްދިޔަ ޔާސިރުވެސް އޭނަގާތުގައި އެވާހަކަ ނުބުނެއެވެ. ޒަކުވާން އަދިވެސް އެއްކޮން ރަނގަޅުނުވާތީ ޝާން އޮފީހަކަށް ނުނިކުމެއެވެ. މިކަމުގެ ސަބަބުން ޔާސިރުގެ މަސައްކަތްވަނީ ދެގުނަވެފައެވެ. އޮފީހުގެ މަސައްކަތް ބުރަކަމުންނާއި އަދި ރާއިން އޮފީހަށް ނުކުންނަ ފުރަތަމަ ދުވަސްކަމުން އޭނައަށް އެހެން ކަންތައްތަކަށްދެވޭ ސަމާލުކަން ކުޑަވީއެވެ.

ރާއިން އޮފީހަށް ނުކުތް ފުރަތަމަ ދުވަސްކަމުން އެދުވަހު އެންމެ ފުރަތަމަ ކަމަކަށް ޔާސިރު ނިންމީ އޭނައަށް އޮފީހުގެ އެކި ބްރާންޗް ތަކުން ކުރާ މަސައްކަތްތައް އަންގައިދިނުމެވެ. އަބްދުﷲފެށި ވިޔަފާރި އޭނަގެ ދަރިންވަނީ ފުޅާކޮށް އިތުރަށް ކުރިއަރުވާފައެވެ. އެކަމުގައި އެންމެ އިސްރޯލެއް އަދާކޮށްފައިވަނީ ޔާސިރެވެ. މިހާރު އަބްދުﷲ ރިޓަޔާރގައި ހުރިކަމުގައިވިޔަސް އަދިވެސް އެކިއެކި ކަންކަމުގައި އޭނަގެ ހިޔާލާއި މަޝްވަރާ ހޯދައެވެ. ޔާސިރުދެން އިސްކަމެއްދިނީ އޮފީހުގައި ސްޓާފް މީޓިންގއެއް ބާއްވައި ރާއިން އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ތައާރަފް ކޮށްދިނުމަށެވެ.

“ޑޭޑް، އެމް ސޮރީ” ރާއިން އޭނަގެ ބައްޕަގެ ކެބިންގައި އިނދެގެން ވާހަކައިގެ ތެރެއިން ބުންޏެވެ. ޔާސިރު ހައިރާންވެފައި އެއީ ކޮންކަމަކަށްތޯ ސުވާލުކުރިއެވެ. ކިޔަވާ ނިމުމަށްފަހުގައިވެސް މަސައްކަތާދުރުގައި ބައްޕައަށް އެއްވެސް އެހީތެރިކަމެއް ނުދޭތީ އެކަމަށްކަމަށް ރާއިން ބުނީ އިސްޖަހައިގެން އިނދެއެވެ. ޔާސިރު ހީލާފައި އެއީ އެއްވެސް ކަމެއް ނޫންކަމުގައި ބުނެލިއެވެ. އަދި އޭނަ ބޭނުންވީ ރާއިންއަށް އަމިއްލައަށް ފެނިގެން ރާއިންގެ ޒިންމާތައް އުފުލަންކަމުގައި ބުންޏެވެ.

ރާއިންއަށް ޒާޔާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާކަން އެނގުނީ ހަވީރު އޮފީހުން ގެއަށް އައުމުން ޔާނާ ބުނުމުންނެވެ. ރާއިން ޒާޔާގެ ހާލު އޮޅުންފިލުވީ ޔާނާގެ ފަރާތުންނެވެ. އަދިވެސް ބޭހުގެ ގަޑިހަމަވާއިރު ހުންވަރަށް ގަދަކޮށްލާކަމަށާއި އަދި ޒާޔާ ދޫކޮށްލާނީ ދެދުވަސް ނޫނީ ތިންދުވަސްވަރު ފަހުންކަމަށް ޔާނާ ރާއިންގާތުބުންޏެވެ.

“އަހަރެން ބޭނުން ޒާގާތަށްދާން” ރާއިން ޔާނާގާތު ބުނެލިއެވެ.

“އެކަމް ކިހިނެތް ރާއިން ދާނީ، އާ އެބެއްގޮތެއް، އަހަރެންގޮވައިގެން ދާންވީނުން” ޔާނާ ހިޔާލެއްދިނެވެ. ރާއިންއަށްވެސް އެއީ ރަނގަޅު ގޮތެއްކަމަށް ވިސްނުނެވެ. ހަމަގައިމުވެސް އޭރުން ސުވާލު ކުރާނެ މީހަކު ނުހުންނާނެއޭ އޭނަގެ ހިތްބުންޏެވެ.

ރާއިންއާއި ޔާނާ ހޮސްޕިޓަލްއަށް ދިޔައީ 7 ޖަހަން އުޅެނިކޮށެވެ. ޔާނާގާތުގައި އޭރު ތިބީ ޔާސިރުގެ ދެމަފިރިންނެވެ. އަދި މެންދުރުފަހު ޔަޝާރުއާއި އެއްކޮން އައި ނޫރާވެސް އެތާގައި މަޑުކޮށްގެން އިނެވެ. ޒާޔާ ބާއްވާފައިއޮތް ރޫމްއަށް އެއްކޮން ވަދެގެން އައި ޔާނާއާއި ރާއިން ފެނިފައި ސަލްމާގެ މޫނު އުޖާލާވިއެވެ. އެދެކުދިން އެއްކޮން ފެންނައިރު ކިހާގުޅޭ ޖޯޑެއްހޭ އޭނާގެ ހިތްބުނެލިއެވެ. އޭނާގެ ހިތުން ރާއިންގެ ހޮވުމަކީ އެންމެފުރިހަމަ ހޮވުންކަމުގައި ގަބޫލުކުރިއެވެ.

“ދަރިފުޅުމެން ކީއްކުރަން ތިއައީ” ސަލްމާ ތެދުވެގެން ރާއިންމެން ކައިރިއަށް އައިސް މަޑުމަޑުން ބުނެލިއެވެ. ޒާޔާއަށް އެވަގުތު އޮތީ ނިދިފައިކަމުން ކަންނޭގެއެވެ.

“ޔާނާ ޒާ ގާތަށް ވިޒިޓް ކޮށްލަންބޭނުންވީމަ،” ރާއިންގެ ޖަވާބު އިވިފައި ސަލްމާ ވަކިން އުފާވިއެވެ. ޔާނާއަކީ ރަނގަޅު އަހުލާގެއް ލިބިނގެންވާ ކުއްޖެއްކަން އޭނަގެ ހިތްބުނުމުންނެވެ. ޔާނާ ސަލްމާއަށް ހީލާފައި ޔާނާގެ ހާލު ސަލްމާކުރެން އަހާލިއެވެ.

“މަމްމެން ދާންވީނުން ގެއަށް ރެސްޓް ކޮށްލަން، އަދި ދަންވަރުވެސް ތިބެންޖެހޭނީ މަމްމެން އަކަންނުން، ނޫރާވެސް މެންދުރު އައިގޮތައް އަދިވެސް އެއުޅެނީ ނުގޮސް، މިހާރު އަޅުގަނޑުމެން މަޑުކުރާނަން، ދޮންބެދައްތަވެސް އަންނަން އުޅުނު، އެކަމް ޒަކޫ އަންނަން ހިއްޕަވާލީމަ ދެން ނައީ” ޔާސިރުއަށްވެސް އެއީ އެންމެ ރަނގަޅުގޮތްކަމުގައި ވިސްނުނެވެ. އަދި ސަލްމާގާތުގައި އެވާހަކަ ބުނެލިއެވެ. ސަލްމާ ދަމުންދިޔައީ އެއްވެސް ކަމެއްބޭނުންވެއްޖެނަމަ ގުޅުމަށް ބުނެފައެވެ. އަދި ޒާޔާހޭލުމުން ޖޫސްތައްޓެއް ދިނުމަށާއި އޯއާރ އެސް ފެންފުޅިން ފެންފޮދެއް ދިނުމަށް ޔާނާ ގާތުގައި ބުންޏެވެ.

ހީކުރި ވަރަށްވުރެ ފަސޭހައިން ބޭނުންވިކަންތައް ވުމުން ރާއިންއަށް ހަމަޖެހިލެވުނެވެ. ޒާޔާއާދިމާއަށް ރަނގަޅަށް ބަލާލެވުނީވެސް ދެނެވެ. ހުންގަދަކަމުން ބޮލަށް ފެންއަޅަން ބުރުގާ ނެގިގޮތަށް އޮތީ އެގޮތަށް ނިދިފައެވެ. އެތަށްދުވަހަކަށްފަހު އެފަންދިގު އިސްތަށިގަނޑު ފެނުމުން ކުރީގެ ހަނދާންތައް އާވިއެވެ. ރާއިން ޒާޔާގެ އެނދާއި ކައިރިއަށް ދިޔައެވެ. ޒާޔާގެ މޫނުވަނީ މިލާފައެވެ. ރާއިން ދެރަވިއެވެ. ޒާޔާގެ ބޮލުގައި މަޑުމަޑުން ރާއިން ފިރުމާލިއެވެ. އަދިގުދުވެލާފައި ޒާޔާގެ ނިތްކުރީގައި ބޮސްދެވުނީ އޭނަގެ އިހްތިޔާރަކު ނޫނެވެ. އެމޫނަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން ހުއްޓެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީއިނުމަށްފަހު ޒާޔާގެ އަތުގައި ހިފާލިއެވެ. އަދި އެނދުގައި ބޯއަޅާލިއެވެ.

“ބޭބީ ޕްލީޒް އޯކޭވެބަ، އައި ކޭންޓް ސީޔޫ ލައިކް ދިސް، ޕްލީޒް” އެނދުގައި ބޯއަޅާލައިގެން އޮވެ ރާއިން މަޑުމަޑުން ކިޔަމުންދިޔައެވެ.

ރާއިންއާއި ދިމާއަށް އިރުކޮޅެއްވަންދެން ބަލަންހުރުމަށްފަހު ރާއިން ގާތަށް އައެވެ.

“ޝީއިޒް ޕްރިޓީ ލައިކް ޔޫސެއިޑް” ރާއިންގެ ކޮނޑުގައި އަތްލުމަށްފަހު ޔާނާ މަޑުމަޑުން ބުނެލިއެވެ.

“ޔާ، ޝީއިޒް” ބޯއުފުލާލުމަށްފަހު ޒާޔާގެ ކޮލުގައި އަތުގެ ނުފުށުން އިނގިލިތަކުން ފިރުމާލަމުން ރާއިން ބުނެލިއެވެ. އައިބެއްނެތް ރީތި ވަށް މޫނެކެވެ. ހިމަ ބުމައެކެވެ. ކަޅުކަންގަދަ ބޯ އެސްފިޔަތަކެކެވެ. ތުންފަތްކައިރީގައި ކަނާތްފަރާތު މަތީގައި އިން ކަޅުތިލަ އެމޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

“ރާއިން ޔޫނޯ ޔޫ ހޭވް ޓްބީ ބްރޭވް، ތިގޮތަށް އުޅެގެން އެހެންމީހަކަށް އެނގޭކަށް އެއީ ރާއިން ބޭނުންވާ ގޮތެއްނޫންކަންނޭގެ” ޔާނާ ރާއިންއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ.

“މަންމާ އަޅުގަނޑަށް ހީވަނީ ޔާނާއަކީ ވަރަށް ރަނގަޅު ކުއްޖެންހެން” ކާމޭޒު ކައިރީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން އިނދެގެން ޔަޝާރު ބަލްގިސް ގާތުގައި ބުނެލިއެވެ. އަދި ސަލްމާއަށް ފުޅާހިނިތުންވުމަކާއި އެކު ބަލާލިއެވެ. އެންމެންގެ ވާހަކަވެސް ހުރީ ޔަޝާރުގެ ވާހަކައަށް ތާއީދުކުރާގޮތަށެވެ. ސަލްމާވެސް އޭނައަށް ރާއިންގެ ހޮވުން ވަރަށް ކަމުދާކަމަށް ބުނެލީ އުފާވެފައި އިނދެގެނެވެ. ބަލްގިސް އަދި އަބްދުﷲ، ޔާސިރުމެންނަށް ހިޔާލު ދިނީ ރާއިންގެ ގާތުގައި ކައިވެނީގެ ވާހަކަ ދެއްކުމަށެވެ. ރައްޓެހިވެގެން ގިނަދުވަސްތަކެއްގައި ނޫޅުމަށެވެ. ސަލްމާއަށްވެސް އެހިޔާލުކަމުދިޔައެވެ. އަދި ޔާސިރުއާއި ދިމާއަށް ބަލާލީ އޭނަގެ އެއެދުން ފުއްދަދޭށޭ ބުނާފަދައަކުންނެވެ. ދެން ދެކެވުނީ ރާއިންއާއި ޔާނާގެ ކައިވެނީގެ ވާހަކައެވެ. ނަމަވެސް ޔާސިރު އެވާހަކަ ރާއިންގާތުގައި ދެއްކުމުގެ ކުރިން އެއްވެސް މީހަކު އެމީހުންގާތުގައި އެވާހަކަ ނުދެއްކުމަށް ބަލްގިސް ބުނެލިއެވެ. އެންމެންވެސް ތިބީ ދުވަސްތަކަކަށްފަހު އާއިލާގެ ތެރޭގައި ކައިވެންޏެއް ކުރެވެން އުޅޭތީ އެކަމާ އެކްސައިޓްވެފައެވެ. ނަމަވެސް އެއިން އެކަކަށްވެސް ނޭގެނީ އެއީ އެމީހުންގެ ލޮލުގައި އަޅުވާފައިވާ ފަރުދާއެއްކަމެވެ. ހަގީގަތެއް ނޫންކަމެވެ.

އެރޭގެ ދިހައެއްޖަހާ އެހާކަންހާއިރެވެ. ނިދިފައި އޮތް ޒާޔާއަށް ހޭލެވުނީ އެހާއިރުއެވެ. ނަމަވެސް ފެނުނު މަންޒަރުން އެދެލޯ ނުހުޅެވުނު ނަމައޭ އޭނަގެ ހިތަށް އެރިއެވެ. ރާއިންއާއި ޔާނާ ތިބީ ޒާޔާބާއްވާފައިވާ ކޮޓަރީގައި ހުރި ސޯފާގައި އިށީއިދެލައިގެންނެވެ. ފޯނުން ކޮންމެވެސް އެއްޗެއް ބަލަނީއެވެ. ދެމީހުންތިބީ އެކަކު އަނެކަކުގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބު ކައިރީގައެވެ. ޒާޔާ ހޭލާ އޮތްކަން ރާއިންމެންނަށް އެނގުނީ އޭގެ ކުޑައިރުކޮޅެއްފަހުންނެވެ. ރާއިން ޔާނާއާއި ކުޑަކޮށް ދުރައްޖެހިލިއެވެ. އަދިއޭނަގެ ނަޒަރު ފޯނަށް ހުއްޓާލިއެވެ. ޔާނާ ތެދުވެގެންގޮސް ޔާނާގާތުގައި ހުއްޓިލިއެވެ. އަދި މިހާރު ކިހިނެތްތޯ ސުވާލު ކޮށްލިއެވެ. އަދިވެސް ބޮލުގައި ރިހުންނުފިލާކަމަށް ޒާޔާ މަޑުމަޑުން ބުނެލިއެވެ. ޒާޔާގެ އަޑުގައިވެސް ވަނީ ކޮންމެވެސް ވަރަކަށް އަރުދަފުސް ހިފާފައެވެ.

ރާއިންގެ މަންމަ ސަލްމާ ބުނި ގޮތަށް ޔާނާ އެތާގައި ހުރި ޕެކެޓުން ޖޫސްތައްޓެއް އަޅާފައި ޒާޔާއަށް ދިނެވެ. އަދި އޯއާރ އެސް ފެން ފުޅިން ބައިތަށި ދިނެވެ. ނަމަވެސް ޒާޔާއަށް ބޮވުނީ ޖޫސްތަށިން އެއްބައެވެ. ފާހާނައަށް ދިއުމަށްވެސް ޔާނާ އޭނައަށް އެހީތެރިވިއެވެ. މިއިން ކޮންމެކަމަކުން ޒާޔާ ދެރަވަމުންދިޔައެވެ. ހިތުގައިވި ޝަކުވާތައްދިޔައީ އިހުނަށްވުރެވެސް ގިނަވަމުންނެވެ. ވިސްނުނީ ގޯސްކޮށެވެ. ރާއިން އޭނަ އިތުރަށް ދެރަކުރަން ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައެވެ. އެހިތައް އިތުރަށް ތަދުކުރަން ކުރާ ކަމެއްގެ ގޮތުގައެވެ. މިކަހަލަ ހިޔާލުތަކުން އެދެލޮލަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް އޭނަ ރޯކަށެއް ބޭނުމެއް ނުވެއެވެ. އަދި އެތާގައި ރާއިން ހުރުމަކަށްވެސް ނޭދެއެވެ. ނަމަވެސް އޭނައަށް ވަކި ކުރެވޭނީ ކީތްހެއްޔެވެ. ޓިޝޫކޮޅަކުން ލޯ ފޮހެލުމަށްފަހު ފާހާނައިން ނުކުތެވެ. އަދި އެނދުގައި އޮށޯވެލިއެވެ. ޔާނާ އޭނައަށް ހުރިހާކަމަކަށް އެހީތެރިވެދޭތީ އުދަގޫވަމުން ދިޔަނަމަވެސް ޝުކުރު އަދާކުރިއެވެ. އަދި ސަލްމާ އަންނަނީ ކިހާއިރަކުތޯ ސުވާލުކުރިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަންނާނެކަމަށް ބުނުމުން ޒާޔާއަށް ހިތްހަމަޖެހުމުގެ ނޭވައެއްލެވުނެވެ. އެހާގިނައިރު އެގޮތަށް ރާއިންގެ ކުރިމަތީ އޮންނަން ނުޖެހުމުންނެވެ.

ރާއިން ބޭރަށް ނުކުތުމަށްފަހު ސަލްމާއަށް ގުޅާލިއެވެ. އަދި ޒާޔާގެ ހާލު އޮޅުންފިލުވަދީ އާދެވޭނީ ކިހާއިރަކުތޯ ސުވާލުކުރިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަންނަވާހަކަ ބުނުމުން ރާއިން އެންމެ ރަނގަޅޭ ބުނެލިއެވެ. އެއީ އޭނަވެސް ބޭނުންވާގޮތް ކަމަށް ވާތީއެވެ. އެގޮތަށް ގިނައިރު ޒާޔާއަށް ފެންނަންވެއްޖެނަމަ ޒާޔާ ދެރަވާނެކަން އޭނައަށް ވިސްނޭތީއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ސަލްމާއާއި ޔާސިރު ހޮސްޕިޓަލަށް އައެވެ. އެމީހުންއައި އިރު ނަރުސްކުއްޖެއް ޔާނާގެ ޓެމްޕަރޭޗަރ ޗެކްކޮށްލުމަށްފަހު ބޭސްދޭން އުޅެއެވެ. ޒާޔާއަށް ބޭސްދިނުމަށްފަހު ނަރުސްކުއްޖާ ދަމުންދިޔައީ ކުޑައިރުކޮޅެއްފަހުން ޑޮކްޓަރ އައިސް ޗެކްކޮށްލާނެކަމަށް ބުނެފައެވެ.

ސަލްމާ ޔާނާއަށް ޝުކުރުއަދާކުރިއެވެ. ޔާނާ ހީލާފައި އެއީ އެއްވެސް ކަމެއްނޫންކަމުގައި ބުނެލިއެވެ. ޒާޔާއަށް ދެންވެސް ވިސްނުނީ ގޯސްކޮށެވެ. ރާއިންގެ މަގުސަދަކީ ސަލްމާގެ ކުރިމަތީގައި ޔާނާ މާތްކުރުންކަމުގައި އޭނައަށް ވިސްނުނެވެ. އެއީވެސް ބައެއްފަހަރު ވާގޮތެކެވެ. މާބޮޑަށް ޑިޕްރެސްވުމުން ކަންކަމާއި ދޭތެރޭ ވިސްނޭނީ އެންމެ އެކަށީގެންވާ ގޮތަކަށްނޫނެވެ. ރާއިންއާއި ޔާނާ ގެއަށްދިއުމަށް ހިނގައިގަތެވެ. އެދެމީހުން ޒާޔާގެ ލޯކުރިމަތިން ދިއުމުންވެސް ޒާޔާގެ ހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ.

ޑޮކްޓަރު އައިސް ޒާޔާ ޗެކްކޮށްލުމަށްފަހު ބުނީ ހުން ދަށައްގޮސްފައިވާކަމަށެވެ. އަދި އިތުރަށް ގޯސްނުވާނަމަ ހެނދުނު ގެއަށް ދޫކޮށްލާނެކަމަށެވެ. ޒާޔާއަށް ހަމަޖެހުމެއްލިބުނެވެ. ރާއިންއަށް އޭނަކުރިމައްޗައް އައިސް ޔާނާގޮވައިގެން އުޅޭނެ ފުރުސަތެއް ދެންނުލިބޭނެއޭ ހިތާއެވެ.

“ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

ހިތި މާޒ
Previous

ހިތި މާޒ

Next

ހިތި ހަނދާން

Next
February 11, 2015

ހިތި ހަނދާން

Previews
February 10, 2015

ހިތި މާޒ

ހިތި މާޒ

11 Comments!

  1. athoo. says:
    February 10, 2015 at 6:03 pm

    reethi maasha allah.

  2. darkangle says:
    February 10, 2015 at 6:06 pm

    thankx athoo, well sorry guys last two days bxy koh ulhunyma up nukohdhevuny, insha Allah thursdayga up kohdheveythw v try kuraanan. thank you for reading my story 🙂

  3. author says:
    February 10, 2015 at 7:45 pm

    Reethi story yeh.. but part 6 dhw miyee 5 jahaafa ineema adhi nukiyan mi huree, aslu five kiyaafa ineema but pic change vefaa ineema mi balaalee. Waitin for da next part..

  4. faai says:
    February 10, 2015 at 7:56 pm

    Just wow… Kykey bunaany dhw… V interesting… 🙂

  5. darkangle says:
    February 10, 2015 at 8:14 pm

    thnks author i made a mistake writing the no, nw i have corrected it. thnks faai for reading my story

  6. pwincex says:
    February 10, 2015 at 10:49 pm

    Wow nice story waitin for da next part nd keep it up Darkangel…… 😉

  7. tink says:
    February 11, 2015 at 1:12 am

    Meehunge nanthah liyumuga mistake hedhifa hurikan faahaga kohlan beynun…. misaalakah zaayaa ay liyan yaanaa ay liyefa… Overall koh vaahaka okay 🙂

  8. Naash says:
    February 11, 2015 at 9:23 am

    vaahaka vvvv reethi…avahah up kohdhehchey dhn in part…meehunge nanthah olhifa hunnaathee kudakoh undhaguvey….

  9. saf says:
    February 11, 2015 at 9:44 am
  10. luv says:
    February 11, 2015 at 10:14 am

    varah reethi vAhaka

  11. yaal says:
    February 11, 2015 at 10:42 am

    varah reethi dhen avahah zaayaa r raain gulhuvaba

Comments are closed.

Next Episodeއިންތިޒާރު 7←


All Right Reserved!