Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 11

idontcare Level 110 Stories
April 15, 2020 4 Mins Read
4 Comments

ވާނީވެސް އެހެންތާއެވެ. ރޭގައި މޭޒުމަތީގައި ބާއްވާފައި ދިޔަ ފައިލްތަކެއް ނެތެވެ. އުޝާމެންގެ ޓެބާއި ލެޕްޓޮޕް އޮތްތަނުގައި އޮތެވެ. އެއިން އެއްޗެއް ހުޅުވޭނީ އެއެއްޗެއް ގެންގުޅޭ މީހަކަށެވެ. އުޝާ އެއެންމެންގެ ޓެބާއި ލެޕްޓޮޕްތަކުގެ ސެކިއުރިޓީ އެހާވަރަށް ވަރުގަދަ ކުރިއެވެ. ނަމަވެސް އެހުރިހާ ފައިލްތަކުގެ އިތުރު ކޮޕީއެއް އެހެން އެއްވެސް ތާކު ނުހުންނާނެއެވެ. އެހެންވީމާ ގޭންގް މެމްބަރުންނާއި ބެހޭ އެއްވެސް މައުލޫމާތެއް އުޝާމެނަކަށް ނޭނގޭނެއެވެ.

“ކޮބާ އިޝާން؟” އުޝާއަށް ލިބިފައިވާ ހާސްކަމާއެކެ އޭނާއަށް އަހާލެވުނީ ހަރުކަށިކަމާއެކުއެވެ. “އޭނާއަށް ގޮވާގޮވާ ވަރުބަލިވެގެން މިހުއްޓާލީ ނުތެދުވީމަ. ބަލައިފިން އޭނާގެ ކަބަޑުތެރެއާއި ހުރިހާ ތަނެއްވެސް. ނެތް. ޔަނާލް އެއައީ ސްޓޯރ ރޫމްވެސް ބަލާފައި. އެތާކުވެސް ނެތް.” މިހުރާން ހާސްކަމާއެކު މޫނުގައި އަތް ހާކާލިއެވެ. “ދެންވެސް ދޭބަލަ އިޝާން ނަގަން. އޭނާ ފަހުން ބަލަން ފައިލްތައް ނަގާފާނެ.” އުޝާ މިހުރާން ކައިރީ ބުނުމުން އޭނާ ވަކި އެއްޗެއް ނުބުނެ ބޯޖަހާލާފައި އެމީހުން ނިދާ ކޮޓަރިއަށް ވަތެވެ.

މިހުރާން ދިޔުމުން އުޝާ އަވަސް އަވަހަށް އޭނާގެ ލެޕްޓޮޕް ނެގިއެވެ. އެއަށްފަހު އޭނާ ބެލީ އެމީހުންގެ އެޕާޓްމެންޓް ދޮރު ކައިރީގަޔާއި ސިޓިންގްރޫމްގައި ހުރި ކެމެރާގެ ފޫޓޭޖްތަކެވެ. ޔަނާލާއި ދެމީހުން ވެގެން ފޫޓޭޖްތައް ބަލަންފެށިއެވެ. އެރޭ ގަޑިން ބަރާބަރު އެގާރަ ގަޑި ފަންސާސް ފަހެއް ވީއިރު އެންމެންވެސް ނިދަން ވަތެވެ. އެހިސާބުން ފެށިގެން އޭނާ ފޫޓޭޖްތައް ކުޑަކޮށް ފާސްޓްފޯވާޑަށް ލުމަށްފަހު ވަރަށް ފަރުވާތެރިކަމާއެކު ބަލަން ތިއްބާ ދެމީހުން ސިއްސައިގެން ދިޔައީ މިހުރާންމެންގެ ކޮޓަރިން މީހަކު ވެއްޓުނު އަޑާއިއެކު ދެމީހުން ބާރަށް ހަޅޭއްލަވައިގަތް އަޑަށެވެ.

ޔަނާލް ގޮސް އެކޮޓަރީ ގައި ޓަކި ޖަހާލުމަށް ފަހު ކުޑަކޮށް ދޮރު ހުޅުވާލިއެވެ. އުޝާއާއި ދެމީހުން އެކޮޓަރިއަށް ބޯ ދިއްކޮށްލި އިރު އިޝާން ބިންމަތީގައި އޮތްއިރު އޭނާގެ ގައިމަތީގައި ގޮދަނޑި އޮތެވެ. އިޝާންގެ ހުސް އެނދު ކައިރީގައި މިހުރާން ރުޅި އައިސް ރަތްވެފައި ހުއްޓެވެ. އިޝާނަށް ގޮވާގޮވާ ނުތެދުވުމުން މިހުރާން ރުޅިގަދަވެގެން ގޮދަނޑިއާއެކު އިޝާން ބިންމައްޗަށް ވައްޓާލީއެވެ. އިޝާން ގައިގައި ފިރުމަމުން ގޮދަނޑި ދަށުން ނުކުމެ ކޮޅަށް ތެދުވެ މިހުރާނާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. “އަޅެފަހެ މަ ނިދިޔަ ދީބަލަ. އަދި ކިރިޔާ ހަތަރެކޭ އެޖެހީ.” އެއާއެކު މިހުރާން އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ. “މީހަކު އަޖައިބު އަންތަރީސް ވެދާނެ. ބަލަ މަ މިތާ ހުރެގެން ގޮވާތާ ކޮންއިރެއްތަ. މިހާރު ދެން ހޭލަންވެއްޖެ ދޯ. ބަލަ ސްޓޯރ ރޫމުން ރޭގަ ނެގި ފައިލްތައް ގެއްލިގެން މިއުޅެނީ. އަހަރެމެން އެންމެން އަވަދިނެތި މިއުޅެނީ އެ ފެނޭތޯ. އަދިވެސް މީނާ ގަދަ ނިދީގައި.” މިހުރާންގެ ވާހަކަ ނިމުން އިރަށް އިޝާން ބާރުބާރަށް ހިނގާލާފައި ސިޓިންގްރޫމަށް ނުކުތެވެ. އޭނާ ގޮސް ހުއްޓުނީ އުޝާ ހެދި ބޯޑް ކައިރިއަށެވެ. އެބޯޑުގެ ތިރީގައި ހުރި ކަބަޑުތެރޭގައި އޮތް ތިން ފައިލް ގޮސް މިހުރާންގެ މޫނު މައްޗަށް އެޖެހުމަށްފަހު ގޮދަނޑި ނަގާ އެނގަށް ލުމަށްފަހު އަނެއްކާވެސް ނިދަން އޮށޯވެއްޖެއެވެ.

“ސަހާދެއް މިބުނީ. ގައިމު އޭރު މައެހީމަ ކުޑަކޮށް ލޯހުޅުވާލާފައި އޮތީ. ގައިމު އޭރު ބުނެލިނަމަ މިހުރިހާ ސަކަރާތެއް ޖަހާކަށް ނުޖެހުނީހެއްނު.” މިހުރާން ޗުސްޗުސް ލައްވާލަމުން ފައިލުތައް ބަލާލިއެވެ. “ބޯޑަށް އިތުރުކޮށްލާފަ އެހުރީ އަހަރުންނަށް ފަހުން ލިބުން މައުލޫމާތުތައް.” ޔަނާލް ބޯޑު ދައްކާލަމުން ބުނެލިއެވެ. މިހުރާން ބޯޑަށް ބަލާލާފައި ކޮޓަރިއަށް ނިދަން ވަތެވެ.

ޔަނާލްވެސް ނިދަން ދިޔުމުން އުޝާ ވެސް ޔަނާލް ފަހަތުން ގޮސް ކޮޓަރިއަށް ވަދެ އޭނާގެ އެނދުގައި އޮށޯވެލިއެވެ. ނަމަވެސް އުޅެއުޅެވެސް ނުނިދުމުން ތެދުވެ ފަތިސް ނަމާދު ކޮށްލައިގެން ޔަނާލް ކައިރީ ނަމާދު ކުރަން ހަނދާން ކޮށްދިނުމަށްފަހު ކާގައަށް ނުކުމެ އޭނާގެ ލެޕްޓޮޕާއި ޓެބް ހިފައިގެން ކާމޭޒު ކައިރީ އިށީނދެލީ ކޮފީ ތައްޓެއް ގިރައިގެންނެވެ. ލެޕްޓޮޕުން އޭނާ ރޭގައި ކޮށްފައި ހުރި މަސައްކަތްތައް ހުޅުވާލިއެވެ. ކޮފީ ތަށިން އެތފޮދެއް ރަހަ ބަލާލުމަށްފަހު އޭނާ ބެލީ އޭނާ ހޯދި ފްލައިޓްގައި ދިޔަ އޭނާ ފާހަގަކުރި ފަސް މީހުންގެ ޕާސްޕޯޓެވެ. އޭނާ އެކި ގޮތަގޮތުން ބެލުމަށްފަހު އެތާނގައި ވަގު ޕާސްޕޯޓެއް ނެތްކަން އެންމެފަހުން ގަބޫލުކުރަން ޖެހުނެވެ. އެހެންކަމުން އޭނާ ދެން ބެލީ އެއިން މީހަކު އެއްވެސް އިރެއގައި ހައްޔަރު ކޮށފައި ވޭތޯއެވެ. ޕޮލިސް ޑާޓާބޭސްއިން އެއިން މީހެއްގެ ނަން އިންތޯ ބެލިއިރު ދެމީހެއް ކުރިން ހައްޔަރު ކުރެވުނު ކަމައް އިނެވެ. އެކަކީ 30 އަހަރުގެ މުހައްމަދު ކިޔާ ދިވެއްސެކެވެ. ދެން އިނީ ބިދޭސީ މީހެކެވެ. ދިވެހި މީހާ ދެފަހަރަކު ހައްޔަރު ކޮށްފައި ވެއެވެ. ފުރަތަމަ އޭނާ ހައްޔަރު ކޮށްފައިވަނީ މީގެ ސާދަ އަހަރު ކުރިން ވައްކަމުގެ ތުހުމަތުގައެވެ. ދިހަ މަސްދުވަސްވަންދެން ޖަލުގައި ހޭދަ ކުރުމަށްފަހު އޭނާ ދެވަނަ ފަހަރަށ ހައްޔަރު ކުރެވިފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރު ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރެވުނެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވެ އޭނާ ދޫކޮށްލީއެވެ. އޭނާ ހައްޔަރު ކުރެވިފައި ތާރީޙް އުޝާގެ ލޮލުގައި އަޅައިގަތް ވަގުތު އޭނާއަށް ދެލޯ ކުޑަކޮށްލެވުނެވެ. އެއަށްފަހު އޭނާ ގޮސް ނެގީ މިހުރާން ޖުރިން ކާމޭޒުމަތީ ބާއްވާފައި ދިޔަ ފައިލްތަކެވެ. އެފައިލްތައް ހާވަމުން ގޮސް އޭނާ ފައިލުން އެއް ގަނޑު ނެގިއެވެ. މުހައްމަދު ނަމަކަށް ކިޔާ 30 އަހަރުގެ އެމީހާގެ ޕްރޮފައިލެވެ. އޭނާ ގޭބަންދުން ދޫކޮށްލާފައިވަނީ ސާދަ އޮކްޓޮބަރ މަހުއެވެ. އެ ދުވަހާއި ޖެހިގެން އައީ އުޝާއަށް އޭނާގެ މައިންބަފައިން ދޫވި ދުވަހެވެ. ސީސީޓީވީ ފޫޓޭޖުން އެނގުނު ހުރިހާ މައުލޫމާތެއް އޭނާއާއި ގުޅެއެވެ. އުޝާ މިހުރިހާ ކަމެއް ބަލަމުން ދިޔަ ވަރަކަށް އޭނާގެ ނޭވާ ކުރުވަމުން ދިޔައެވެ. އޭނާއަށް ރޮވެމުން ދިޔަކަންވެސް އެނގުނީ އޭނާގެ މޫނުގައި އަތްޖައްސާލުމުން ތެތްކަން އިހުސާސްވުމުންނެވެ. އެ ގަނޑަށް ބަލަހައްޓައިގެން ހުއްޓުންއަރާފައި އޭނާއަށް އިދެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އޭނާ ސިހުނީ މީހަކު އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. ޔަނާލް ފެނުމާއެކު އުޝާއަށް އިތުރަށް ރޮވުނީއެވެ. ޔަނާލް އިނީ އުޝާ ހިތްފުރެންދެން ރޯލަން ވަގުތު ދީގެންނެވެ. އިރުކޮޅަކުން އުޝާ ހަމައަކަށް އެޅުމުން އުޝާ ލަސްނުކޮށް އުޝާއަށް ހޯދުނު ކަންތައް ކިޔާދިނެވެ. ޔަނާލް އުޝާއަށް ހިތްވަރުދިނެވެ. މިކަމުގައި ހިއްސާވާ އިތުރު ބަޔަކު ތިބި ކަމާއި އެމީހުން ހައްޔަރު ކުރަންޖެހޭނެކަން ބުނެލީ މަޑުމައިތިރި ކަމާއިއެކުއެވެ.

މާގިނައިރެއް ނުވެ އިޝާނާއި މިހުރާން ތެދުވެގެން އައުމުން އެމީހުނަށްވެސް ކިޔާދިނެވެ. މި ހޯދުނު އާހޯދުމުން އެންމެނަށްވެސް ލިބުނީ އާ ހިތްވަރެކެވެ. “މިއަދު ޖެހޭނެ ޖަލުގައި ތިބި ގޭންގް މެމްބަރުން ހައްޔަރު ކުރިއިރު އެމީހުންގެ އަތުން އަތުލައިގަނެވުނު އެއްޗިހި ބަލާ ދާން. އެކޮޅުން އެބޮތް މެސެޖް ކޮށްފަ ބަލާ އަންނާށޯ. އެކޮޅުން އެގެނެސްދޭނެ މީހަކު ނެތީމަ. އެ ހުރިހާ އެއްޗެއް ޖެހޭނެ ވަރަށް ރަނގަޅަށް ޗެކްކުރަން. އަހަރެން މިއަދު އެމީހުން ފަހުން ދިޔަ ތަންތަން ޓްރޭސް ކުރާނަން.” އުޝާ ބުނެލުމުން އެންމެންވެސް ބޯޖަހާލިއެވެ. “މިހާރު އަހަރުން ދެމީހުން މިދަނީ އިނގޭ އެސާމާނުތައް ބަލާ.” އިޝާން މިހުރާން ކޮޑަށް އަތްވައްޓާލަމުން އެހެން ބުނެލީ އޭނާގެ ކުރިމަތީގައި ހުރި ކޮފީތަށި އެއްނޭވާއިން ދަމާލަމުންނެވެ. އުޝާ ބޯޖަހާލަމުން އެދެމީހުން އޭޖެންސީގެ ‘ޔުނީފޯމް’ ލައިގެން ހިނގައިގަތުމުން އުޝާ ސީސީޓީވީ ފޫޓޭޖް ބަލަން ފެށިއެވެ.

އެދެމީހުން އެތަނަށް އައީ ސައިކަލެއްގައެވެ. އެމީހުން ފަހުން ދިޔައީވެސް ހަމަ އެ ސައިކަލުގައި އެމީހުން އައި މަގުންނެވެ. އުޝާ އެމަގުގައި ހުރި ދެތިން ފިހާރައެއްގައި ހުރި ސީސީޓީވީ ފޫޓޭޖްތައް ހޯދާލުމަށްފަހު އެބަލަން ހަވާލުކުރި ޔަނާލަށެވެ. “ކީއްވެ އަހަރެން އަތަށް ތިދިނީ؟” “އެމީހާ މިހާރު ހުރީ ސިންގަޕޯރގައި ކަމެއް އަހަރެމެންނަކަށް ނޭނގެއެއްނު. އެހެންވީމާ އޭނާ އެތަނުން އިތުރު ތާކަށް ދިޔަތޯވެސް ބަލަން އެބަޖެހެއެއްނު.” ޔަނާލް އަހާލުމުން އުޝާ ޖަވާބުދިނެވެ. އުޝާ ޔަނާލްގެ ލެޕްޓޮޕުން އޭނާގެ މަސައްކަތް ކުރަންފެށިއެވެ. ޔަނާލްވެސް ފަހަރަކު ތަނެއްގެ ފޫޓޭޖްތައް ބަލަމުންދިޔައެވެ. އެ ބަލަމުން ދިޔަވަރަކަށް އޭނާ ދިޔައި މާލޭގެ މެޕެއްގައި އެމީހުން ދިޔަ ތަންތަން ފާހަގަ ކުރަމުންނެވެ. އަދި އޭނާއަށް ފާހަގަ ކުރެވޭ ކަންކަން ނޯޓުކުރަމުންނެވެ.

ދެމީހުން މަސައްކަތުގައި ތިއްބާ ދޮންތަ އައިސް ވަތެވެ. “މިއަދު ސައިބޯން ނާންނާތީ މިއައީ ރޮށި ހިފާގެން. އިޝާނާއި މިހުރާންވެސް ދެންމެ ދިޔަތަން ފެނުން. ކަމަކު ބޭނުން ވެއްޖެއްޔާ ގުޅާލާ އިނގޭ. މިހާރު މިދަނީ ވަރަށް ލަސްވެގެން.” އޭނާއައިސް ކާއެއްޗެހިތައް މޭޒުމަތީގައ ބަހައްޓާފައި ދިޔައިރުވެސް އެއިން ކަމެއްގެ ހިލަމެއްވެސް ޔަނާލާއި އުޝާއަށް ވީހެނެއް ހިޔެއްނުވެއެވެ.

މެންދުރުވީއިރުވެސް ދެމީހުންގެ ތެރެއިން މީހަކު ނުތެދުވެއެވެ. ބަންގި ގޮވުމުން ނަމާދުކޮށްލާގެން އަނެއްކާވެސް މަސައްކަތްކުރަން ޖައްސާލިތަނާ މިހުރާނާއި އިޝާން އައެވެ. “ހާދަ އިރެއްވީ؟” ޔަނާލް އަހާލިއެވެ. “މިއައީ ބައެއް އެއްޗެހި ފޮރެންސިކް ބަޔާއި ހަވާލުކޮށްފައެވެ. ހުރިހާ ފޯނުތަކެއް ފާތިޙް ސާރ ބުނީ ޗެކްކޮށްދޭނަމޯ. ނިންމާފައި އުޝާ އެނެލައިސް ކުރަން ދިން ފޫޓޭޖާއެކު ދޭނެ. ދެން ބަލާބަ މިއޮއް ކަމެއް. އަހަރެމެން އެކޮޅަށް ދިޔައިރު ވާރިސްބެ ހުރި ވަރަށް ހާސްވެފަ ކޮންމެވެސް މީހަކާއި ފޯނުން ވާހަކަދައްކަން އޭނާގެ އޮފީހުގަ. އަހަރެމެން ވަގުވަގަށް އަޑުއަހަން ތިބީ އެތަނުގެ ކުޑަދޮރު ކައިރީގަ. މި އިޝާން ވީޑިއޯވެސް ކުރި. އަޑުއަހާބަ.” މިހުރާން އިޝާންގެ ފޯނު އަތުލާފަ ވީޑިއޯ ޕްލޭކޮށްލުމުން އުޝާއާއި ޔަނާލްވެސް ޝައުގުވެރިކަމާއެކު ބަލަން ފެށިއެވެ. ވާރިސް އޭނާގެ އޮފީހުގެ މޭޒުމަތީގައި އިށީނދެލާގެން ފޯނުން މީހަކާއި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފާޅުވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ނާމާން އަދިރި ހިޔަނި 1

Next

އާރާ

Next
April 15, 2020

އާރާ

Previews
April 15, 2020

ނާމާން އަދިރި ހިޔަނި 1

4 Comments!

  1. Yan♥️ says:
    April 16, 2020 at 5:34 am

    When is next part

    1. idontcare says:
      April 16, 2020 at 2:01 pm

      vhaaves avahkah next part nereveytho balaanan insha allah

  2. LAZY_QUEENY says:
    April 16, 2020 at 10:14 am

    Vvvv reethi mi part vx… Curiously waiting for next part…. Whn is next part… N very interesting…. ?????

    1. idontcare says:
      April 16, 2020 at 2:03 pm

      thanks maadhan next part post kuraanan insha alllah

Comments are closed.

Next Episodeސިއްރެއް 12←


All Right Reserved!