Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 34

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 12, 2020 7 Mins Read
31 Comments

“ޒައިނާ ޕްލީޒް… އަހަންނަށް މާފު ކުރޭ… އައިމް ސޮރީ… އައިމް ސޮރީ… ޕްލީޒް…” ޒައިނާ ކައިރިއަށް ތިރި ވަމުން އިޔާދު އަނެއްކާވެސް މާފަށް އެދުނެވެ.

“އަހަންނަށް ކޮން މާފެއް ކުރެވޭނީ؟ ކުރި ކުށުގެ ނަތީޖާވެސް އެ ފޮހެވުނީ. އަދާ މަރުވީ… ދެން ކޮން މާފެއް؟ އިޔާދު މާފަށް އެދެންޏާ އަދާގެ ކިބައިން މާފަށް އެދޭ، އަދާގެ މާފު ލިބުނު ދުވަހަކުން އަހަރެން ކައިރިން މާފަށް އެދެން އާދޭ. އޭގެ ކުރިން އަހަރެންގެ ކުރިމައްޗަށް އައިސްގެން ނުވާނެ” ޒައިނާ މަޑުމަޑުން ބުންޏެވެ.

“ޒައިނާ… ޕްލީޒް…” އިޔާދުގެ ލޮލުން ކަރުނަ އައީ އަދާގެ ކިބައިން މާފަށް އެދެން ޖެހޭ ކަން ހިތަށް ވިސްނުމުންނެވެ. ކުރި ކުށަށް މާފު ނުލިބި އިޔާދުއަށް ހަމަޖެހުމެއް ނެތްކަން ވިސްނުމުންނެވެ.

އަސަދު އައިސް އިޔާދު ކައިރީ އިށީނެވެ.

“އިޔާ، ދެން ހިނގާ ދާން” އިޔާދުގެ އަތުގައި ހިފާ ކޮޅަށް ނަގަމުން އަސަދު ކޮއްކޮއަށް ބުންޏެވެ.

އަސަދުގެ އެހީގައި އިޔާދު ތެދުވެ ނިކުންނަން ދިޔައެވެ. ނަމަވެސް ނިކުތުމުގެ ކުރިން އިޔާދު އެނބުރި ޒައިނާއަށް ބަލާލިއެވެ.

އަދާގެ ފައިގައި އަތް ޖައްސާލައިގެން، ނަޝީލާގެ ކޮނޑުގައި ބޯ ޖައްސައިގެން ހުރެ ޒައިނާ ރޮމުން ދިޔަ މަންޒަރު ފެނުމުން އިޔާދުގެ މެއަށް ބާރު ވެގެން ދިޔައެވެ. އެއީ އިޔާދުގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ މަންޒަރެކެވެ.

އަދާގެ ޖަނާޒާގެ ހުރިހާ ކަމެއް ނިންމާލުމަށް ފަހު އެންމެން ގެޔަށް ގޮސް އެކި ތަންތަނުގައި ތިބީއެވެ. ޒައިނާ ވަނީ ކޮޓަރިއަށެވެ. ޒައިނާގެ ފަހަތުން ދާން ބޭނުން ވި ނަމަވެސް ދަރިފުޅުގެ ރުއިން އިތުރަށް ބަލާނެ ހިތްވަރު ނެތިގެން ނަޝީލާ ވަސީމް ކައިރީ އިށީނެވެ.

އިރުކޮޅަކު އެންމެން ކައިރީ ސިޓިންގްރޫމްގައި އިނދެފައި ނިހާން މައްޗަށް އެރުމުން ދައުހާވެސް ނިހާންގެ ފަހަތުން ދިޔައެވެ.

“ނިހާން…” މޫނުގައި އަތް އަޅައިގެން އެނދުގައި އިން ނިހާން ކައިރީ ދައުހާ އިށީނެވެ.

“ކޮބާ ނަންނަ؟” ލޮލުން އައިސްފައި ހުރި ކަރުނާ ފޮހެލަމުން ނިހާން އެހިއެވެ.

“ކޮޓަރިއަށް ވަނީ” ދައުހާ ޖަވާބު ދިނެވެ.

ނިހާން އިތުރު އެއްޗެއް ނުބުނެ ދައުހާ ގައިގައި ބައްދާލިއެވެ.

“ޔޫ އޯކޭ؟” ނިހާން ދޫކޮށްލުމުން ދައުހާ އަހާލިއެވެ.

ނިހާން ބޯ ޖަހާލިއެވެ. ދައުހާ ނިހާންގެ މޫނުގައި ހިފާލަމުން ނިހާންގެ ތުންފަތުގައި ބޮސް ދިނެވެ.

“ނިހާން ވާނެ ހިތްވަރު ކުރަން. އެންމެންވެސް ދެރަ ވެފަ ތިބީ. ކޮންމެސް އެކަކު ޖެހޭނެ އެހެން މީހުންނަށް ވުރެ ހިތްވަރު ގަދަ ވާން، އެ މީހުންނަށް އެހީ ވެވޭނީ އޭރުން. ދެރަ ވިޔަސް ނިހާން ޓްރައި ކުރައްޗޭ” ދައުހާގެ ބަސްތަކާ އެކު އަނެއްކާވެސް ނިހާންގެ ލޮލުން އައި ކަރުނާ ދައުހާ ފޮހެދިނީ ލޯބިންނެވެ.

ނިހާން ބޯ ޖަހާލުމުން އަނެއްކާވެސް ނިހާންއަށް ހަދިޔާއެއް ދިނުމަށް ފަހު ދައުހާ ކޮޓަރިން ނިކުތެވެ.

ޒައިނާ ކައިރިއަށް ދިޔުމުގެ ބަދަލުގައި އެ ވަގުތު ބަދިގެއަށް ވަނީ، ހެނދުނުން ފެށިގެން އެކަކުވެސް އެއްޗެއް ނުކައި ތިބުމުންނެވެ. އެ ވަގުތު އަމީރާ ގުޅުމުން ދައުހާ އަވަހަށް ފޯނަށް ޖަވާބު ދިނެވެ.

“ދަރިފުޅު، ކޮބާ އެންމެން؟” އަމީރާ އެހިއެވެ.

“އެބަތިބި. މަންމާ، އަހަރެން ފަހުން ގުޅާލަންތަ؟ އެކަކުވެސް މިއަދު އެކައްޗެއްވެސް ނުކައި އެ ތިބީ، އެހެންވެ އެއްޗެއް ހަދާލަން ބަދިގެއަށް ހަމަ މި ވަނީ” ދައުހާ ބުންޏެވެ.

“މަންމަ އައި ގޮތަށް ތި ކަމާ މި އުޅުނީ، އެހެންވެ މި ގުޅީވެސް. ކާ އެއްޗެހި ހިފައިގެން މި ދަނީ ތި ގެޔަށް. ހީވަނީ ނާދިޔާވެސް މިހާރު ދާނެ ހެން” އެ ވަގުތުގައި އަމީރާގެ ފަރާތުން އެ މީހުންނަށް ވެދެވެން އޮތް އެހީއެއް ވާން އަމީރާ ހުރީ ތައްޔާރަށެވެ.

“މަންމަ ހާދަ ރަނގަޅޭ. ތެންކިޔު މަންމާ. މި ދަނީ ދެން މޭޒުމަތި ތައްޔާރު ކޮށްލަން” އެ ފަދަ ވަގުތެއްގައި މަންމަގެ ފަރާތުން ލިބުނު އެހީއަށް ޓަކާ ދައުހާ މަންމައަށް ޝުކުރު އަދާކުރިއެވެ.

އަމީރާއާ ފާއިޒް އެއްޗެހި ހިފައިގެން އައިތާ ގިނަ އިރެއް ނުވެ ނާދިޔާއާ ނާޝިދުއާ އަޒްމަންވެސް އައެވެ. ދައުހާއާ ޒިދުނާ ކާން ތައްޔާރު ކުރުމުން އެންމެންވެސް އައިސް ކޮންމެވެސް ވަރަކަށް ކެވޭތޯ ބެލިއެވެ.

ޒައިނާއަށް ކާ އެއްޗެހި ހިފައިގެން ޒިދުނާ ދިޔުމުން ޒައިނާ ކެއުމަށް ދެކޮޅު ހެދިއެވެ. ޒިދުނާ އާދޭސް ކޮށްގެންވެސް ޒައިނާ އެއްގޮތަކަށްވެސް އެއްޗެއް ކާކަށް ގަބޫލެއް ނުވިއެވެ.

ކާ އެއްޗެއްސާ އެކު ތަބަށް ހިފައިގެން ޒިދުނާ ނިކުތުމުން ނަޝީލާ ޒައިނާގެ ކޮޓަރިއަށް ވަނެވެ.

“ދަރިފުޅާ، އެއްޗެއް ކައިގެން އޮންނަން ވާނީ. ތެދުވޭ ޖޫސް ފޮދެއް ނަމަވެސް ބޯލަން. ހިތްވަރު ކުރަން ވާނެއެއްނު؟” ޒައިނާގެ ބުރަކަށީގައި ފިރުމާލާފައި ނަޝީލާގެ ފަހަތުން އައި ދައުހާ ދިއްކޮށްލި ޖޫސްތަށި ޒައިނާއާ ކައިރި ކޮށްލަމުން ނަޝީލާ ބުންޏެވެ.

ޒައިނާ ޖޫށްތަށި ދުރަށް ޖައްސާލަމުން ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

“އެހެން ނަހަދާ ދަރިފުޅާ، ކުޑަ އެތިކޮޅެއް ނަމަވެސް ބޯލެވޭތޯ ބަލާ” އަމިއްލަ އަތުން ޒައިނާއަށް ޖޫސްފޮދެއް ދެވޭތޯ ބަލަމުން ނަޝީލާ ބުންޏެވެ.

“މަންމާ… އަހަރެން ބުނީމެއްނު އަހަރެން ބޭނުމީ އަދާ މަރުވާށޭ…؟ އެ ކުއްޖާ އަހަރެންގެ ބަނޑުގަ އޮއްވާ އަހަރެން އެހެން ބުނީމެއްނު…؟ އެހެންވެ މިއަދު އަދާ މަރުވީ. އަހަރެން އެހެން ބުނީމަ… އޭރު އަހަރެން އަބަދުވެސް ހިތަށް އަރާ އެހެން، އަހަރެން މަރުވާނެ ނަމައޭ، ނޫނިއްޔާ ބަނޑުގަ އޮތް ކުއްޖާ މަރުވާނެ ނަމައޭ… އަހަރެން އެހެން ހިތަށް އެރީމަ ކަންނޭނގެ މިހެން މިވީ…” އެ ވަގުތު ހުއްޓާލައިގެން އިން ނަމަވެސް، އެ ހުރިހާ އިރު ހިތަށް އަރަމުން ދިޔަ އެއްޗެހި ދުލާ ހަމައަށް ގެނެވުމާއެކު ޒައިނާއަށް އަނެއްކާވެސް ރޮވުނެވެ.

“ތިހެން ހިތަށް އަރުވާކަށް ނުވާނެ ދަރިފުޅާ. ދުނިޔޭގަ އުޅޭ އިރު ކަންތައްތަކާ ދިމާ ވާނެ. އެކަމަކު ހިތްވަރާ އެކު ކޮންމެ ކަމަކާވެސް ކުރިމަތި ލާންވާނެ. އެއްވެސް މީހަކު އަބަދަކު ދުނިޔެއަކު ނުހުންނާނެ. އެކި މީހުންގެ އުމުރު ވާނީ އެކި ވަރު. ދުނިޔެއަށް އަންނަ އިރު އެ މީހެއްގެ އުމުރު ކަނޑައެޅި ނިމިފަ އޮންނާނީ. އަހަރުމެންގެ އަދާގެ އުމުރު ހަމަވީމަ އެ ކުއްޖާ އަހަރުމެންނާ ވަކިވީ. ޒައިނާ އޭރު އެހެން ބުނެގެނެއް ނޫން. އޭރު ކަންތައް ދިމާ ވި ގޮތުން، ޒައިނާ ހުރި ހާލަތުން އެހެން ބުނެވުނަސް ފަހުން އެހެން ހިތަކަށް ނާރައެއްނު؟ ދަރިފުޅު އަދާ ދެކެ ލޯބި ވީމެއްނު؟ އެއްވެސް މަންމައަކު ނެދޭނެ ދަރިއަކަށް ދެރަ ގޮތެއް ވާކަށް، މަންމައަށް އެނގޭ ނަންނަގެ ހިތަށް ފަހުން އެކަހަލަ އެއްޗެއް ނުވެސް އަރާކަން. އެއަށް ވުރެ މާ ބޮޑަށް ދަރިފުޅު އަދާ ދެކެ ލޯބި ވީ. ދަރިފުޅާ، ކެތްތެރި ވާން ވާނެ. އިރާދަ ކުރެއްވިއްޔާ މިއަށް ވުރެ މާ ރަނގަޅު ތަނަކަށް ދެން އަދާ ދާން އޮތީ” ޒައިނާ ދެއްކި ވާހަކައިން ރޮވިފައި އިނދެ ޒައިނާގެ ގައިގައި ފިރުމަމުން ނަޝީލާ ނަސޭޙަތް ދިނެވެ.

“އާނ މަންމާ… އަހަރެން ވަރަށް ލޯބިވޭ އަދާ ދެކެ. އަހަންނަށް ލިބުނު ފިލާވަޅެއް އެއީ. އެއީ އަހަރެންގެ ނަސީބު. އަދާ ލިބުނީމަ އަހަރެން ހުވާ ކުރިން ދެން ދުވަހަކުވެސް ގޯސް ކަމެއް ނުކުރަން، މަންމަމެން ބުނާ ބަސް އަހަން. ރަނގަޅު ދަރިއަކަށް ނުވެވުނު ހެން އަހަންނަށް ރަނގަޅު މަންމައަކަށްވެސް ނުވެވުނު. އަހަރެން މީ ރަނގަޅު މަންމައަކަށް ވީ ނަމަ އަހަރެންގެ ދަރިފުޅު އެ ގޮތަށް އަހަންނާ ވަތްކެއް ނުވީހެއްނު މަންމާ؟ ބުނެބަލަ، އަހަންނަށް އެހެން ކުއްޖަކު ލިބުނަސް ވާނީ މިހެންތަ؟ ނޫން… ނޫން… އަހަރެންނަކީ ރަނގަޅު މީހެއް ނޫން. މަންމާ. އަޒްމަން ކައިރީ ބުނޭ އަހަންނަކީ ރަނގަޅު މީހެއް ނޫނޭ، އަހަންނަކީ ރަނގަޅު މަންމައެއްވެސް ނޫނޭ ބުނޭ. އަޒްމަން ކައިރީ ބުނޭ އަހަންނާ ނީންނާށޭ.

މަންމާ، ކީއްވެތަ އަހަންނަށް މިހެން ވީ؟ އަހަރެން އަދާ ދެކެ ވަރަށް ލޯބިވޭ، ވަރަށް ލޯބިވޭ. މަންމާ، އަހަންނަކަށ ްއަދާއާ ނުލައެއް ނޫޅެވޭނެ… މަންމާ…” ވާހަކަ ދައްކަމުން ގޮސް ޒައިނާއަށް ނޭވާ ލާން އުނދަގޫ ވިއެވެ. ކަރުގައި އަތް ޖައްސާލަމުން ޒައިނާ ނޭވާ ލާން މަސައްކަތް ކުރަމުން ދިޔަތަން ފެނި ނަޝީލާއަށް ބާރަށް ހަޅޭ ލަވައިގަނެވުނެވެ.

“އަޒްމަން…!” ދޮރުމަތީ ހުރި ދައުހާ ބާރަށް ގޮވާލިއެވެ.

އެ އަޑަށް އަޒްމަން އައިސް ކޮޓަރިއަށް ވަނެވެ.

“ޒައި… ޒައި…” ޒައިނާ އެނދުގައި ބާއްވާފައި އަޒްމަން ގޮވާލިއެވެ. ނަމަވެސް ޒައިނާ ނޭވާ ނުލެވިގެން ތެޅިފޮޅެން ފެށިއެވެ.

ކޮޓަރި ތެރެއަށް އެންމެން ޖަމާވެފައި އޮތުމުން އެ ވަގުތު އަޒްމަން އެދުނީ އެންމެން ބޭރަށް ނިކުތުމަށެވެ. ހަމަ އެކަނި ނަޝީލާ މަޑުކުރުމަށް ބުނެފައި އަޒްމަން ޒައިނާއަށް ފަރުވާ ދޭން ފެށީ، ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދާން ނިންމައިގެންނެވެ.

ފަނަރަ ވަރަކަށް މިނަޓް ފަހުން އަޒްމަންގެ މަސައްކަތުން ޒައިނާ ހަމައަކަށް އެޅުނެވެ. ނަޝީލާ އަޒްމަންއަށް ޝުކުރު އަދާކުރީ ރޮމުންނެވެ.

އަޒްމަން އެދުނީ ކޮންމެވެސް އެއްޗެއް ބޯލައިގެން ޒައިނާ އަރާމުކޮށްލުމަށެވެ. ދައުހާ އަނެއްކާވެސް ޖޫސްތައްޓެއް ހިފައިގެން ވަނުމުން ދެ އެކުވެރިންނަށް ވަގުތު ދެމުން ނަޝީލާއާ އަޒްމަން ބޭރަށް ނިކުތެވެ.

“ފެން ވަރާލައިގެން ޖައްސާލަން ވީނު؟” ޒައިނާ ޖޫސްތަށި ބޯލުމުން ހުސްތަށީގައި ހިފާފައި ދައުހާ ބުންޏެވެ.

ޒައިނާ ފެންވަރައިގެން ނިކުންނަން ދެން ދައުހާ އެ ކޮޓަރީގައި އިނެވެ. އަޒްމަން ގެޔަށް ދިޔުމުގެ ކުރިން ޒައިނާގެ ކޮޓަރިއަށް ވަނުމުން ދެމީހުންނަށް އެކަނި ވެލާނެ ވަގުތުކޮޅެއް ދެމުން ދައުހާ ނިކުތެވެ.

“މަންމަ ބުނި ޒައި ބުންޏޭ އަހަރެން ކައރީ ބުނާށޭ ޒައިއާ މެރީ ނުކުރާށޭ، ތެދެއްތަ؟” އަޒްމަން އަހާލިއެވެ.

ޒައިނާ ބޯ ޖަހާލިއެވެ.

“ކީއްވެ؟” އަޒްމަން އެހިއެވެ.

ޒައިނާ ޖަވާބެއް ނުދީ އޮތެވެ.

“ޒައިއަށް ދިމާވި ކަންތަކަށް ފަހު އަހަރެން ހީކުރީ ތީ ވަރަށް ހިތްވަރު ގަދަ ކުއްޖަކަށް ވާނެ ކަމަށް. އެހާ އަވަހަށް ކަންތައްތަކާ މާޔޫސް ވާކަށް ނުވާނެއެއްނު؟” އަޒްމަން ބުންޏެވެ.

ދެންވެސް ޒައިނާ އެއްޗެއް ނުބުނެ އޮތީއެވެ.

“ޒައި ދެރަވާނެ ކަން އެނގޭ. އަހަރެންވެސް ދެރަވޭ. އެކަމަކު ޒައިގެ ހިތަށް މި ވަގުތު ވާނެ ގޮތެއް އަންދާޒާ ކޮށްލަންވެސް އަހަންނަކަށް ނޭނގޭނެ. ތީ އަދާގެ މަންމަ، އެންމެ ދެރަ ވާނީ ޒައިކަން އެނގޭ. އެކަމަކު އެންމެ ހިތްވަރު ކުރަން ޖެހޭނީވެސް ޒައިއެއްނު؟ ޒައި ބޭނުން ވާނެތަ ޒައިގެ މަންމަ ތިހެން އުޅެން؟ ޒައިގެ މަންމަވެސް ދެރަވޭ، އެކަމަކު ހިތްވަރު އެ ކުރަނީ ޒައިއަށް ޓަކާ. ބަދަލުގަ ޒައިވެސް ޖެހޭނެއެއްނު މަންމައަށް ހިތްވަރު ދޭން؟

އެނގޭ ހިތަށް ތަދުވަމުން ދާ އިރު މޫނުމަތިން ހިނިތުންވުން ދެއްކުމަކީ ވަރަށް އުނދަގޫ ކަމެއް ކަން. އެކަމަކު ޒައިގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނަހާ ދުވަހަކު މި ގޭ އެކަކުވެސް ހީނުލާނެ. އެ އެންމެން، ކުޑަކުޑަ ނީލަމްވެސް ހުންނަނީ ރޮވިފަ، އެ ކުއްޖާއަށް ނުވެސް އެނގޭ ވެގެން އުޅޭ ގޮތެއްވެސް. އެކަމަކުވެސް އެންމެން ދެރަވެފަ ތިބޭތީ އޭނަވެސް ދެރަވެފަ އިންނަނީ.

ޒައި ބުނެބަލަ، ޓަރައި ކުރާނަންތަ؟” ޒައިނާގެ އަތުގައި ހިފާލައިގެން އިނދެ އަޒްމަން ދައްކަމުން ދިޔަ ވާހަކަ ޒައިނާ އަޑުއެހިއެވެ.

އަޒްމަން އެ ބުނަނީ ތެދެކެވެ. މަންމައަށް ޓަކާ، ކުޑަކުޑަ ނީލަމްއަށް ޓަކާ، އަދި ގޭ އެންމެންނަށް ޓަކާ ޒައިނާ ހިތްވަރު ކުރަން ޖެހެއެވެ. އެ އެންމެންވެސް ޒައިނާއަށް ޓަކާ ހިތްވަރު ކުރާ ފަދއިންނެވެ.

ޒައިނާ ބޯ ޖަހާލިއެވެ.

“ގުޑް ގަރލް! ދެން ބުނެބަލަ، މެރީ ކުރަން ބޭނުން ނުވަނީތަ؟” އަޒްމަން އަހާލިއެވެ. ޒައިނާގެ ހިތުގައި ވާ އެއްޗެއް ސާފުކޮށް އެނގެން ބޭނުން ވާތީއެވެ.

“ނޫން… އޭރު ވިސްނުނީކީ ރަނގަޅަކަށް ނޫން. އަޒްމަންއާ މެރީ ކުރަން ބޭނުން، އެކަމަކު… އަޒްމަންއަށް އަދި ދުވަސްކޮޅަކު މަޑުކޮށްލެވޭނެތަ؟” ފަސްޖެހިފައިވެސް ޒައިނާ އަހާލިއެވެ.

“ޒައިއަށް ޓަކާ މުޅި އުމުރަށްވެސް މަޑު ކުރަން ތައްޔާރަށް މިހިރީ. އަހަރެން ވަރަށް ލޯބިވޭ ޒައި ދެކެ. އަބަދުވެސް ހަނދާން ކުރައްޗޭ އިނގޭ” އަޒްމަން ޒައިނާގެ އަތްތިލައަށް ބޮސްދިނެވެ.

ޒައިނާ ބޯ ޖަހާލިއެވެ.

“ދެރަވިޔަސް ހިތްވަރު ކުރަން ވާނެ އިނގޭ. ޒައި ބޭނުން ވަގުތަކު އަހަންނަށް ގުޅޭނެ. އިހަށް ދެން ދަނީ” އަޒްމަން ތެދުވިއެވެ.

 

ގޭ އެންމެންނާ އަޒްމަންގެ އެހީގައި، ދުވަސްތަކާ އެކު ޒައިނާ ހަމައަކަށް އެޅެމުން ދިޔައެވެ. ވަކި މުއްދަތެއް ނެތި ޒައިނާއާ އަޒްމަންގެ ކައިވެނި ފަސް ކުރެވުނީ އެ ވާހަކަ ދެކެވިގެންނެއް ނޫނެވެ. ކުރިން އޮތީ ކައިވެންޏަށް ފަހު ހަތަރު ހަފްތާ ފަހުން އަޒްމަން ކިޔަވަން ދާން ހަމަޖެހިފައެވެ. ނަމަވެސް ދިމާވި ހާދިސާއަށް ފަހު ކައިވެނި ލަސް ކުރެވުމާއެކު، ފުރަން ޖެހޭ ދުވަހުގެ އިތުރުން ދެ ހަފްތާ އަޒްމަން މާލޭގައި މަޑު ކުރީ ޒައިނާއަށް ޓަކައެވެ. ނަމަވެސް ދެން އިތުރަށް މަޑު ކުރެވެން ނެތުމުން އަޒްމަން ދަތުރަށް ތައްޔާރު ވީ ދާ ހިތަކުން ނޫނެވެ.

ފުރަން ޖެހޭ ވާހަކަ ޒައިނާ ގާތު އަޒްމަން ބުނީ އޭގެ ހަތަރު ދުވަސް ކުރިންނެވެ.

“ޒައި، އަހަރެން ދާން ޖެހޭ ކަން އެނގޭ ދޯ؟” ޒައިނާ ކައިރީ އިނދެފައި އަޒްމަން އެހިއެވެ.

“ކޮން އިރަކުން؟” ބޯ ޖަހާލަމުން ޒައިނާ އަހާލީ އެ ކަން ގަބޫލު ކުރަމުންނެވެ.

“ހަތަރު ދުވަސް ފަހުން” އަޒްމަން ޖަވާބު ދިނެވެ.

ޒައިނާ އަޒްމަންގެ އަތުގައި ހިފާލިއެވެ. ވަކިވާން ބޭނުން ނުވި ނަމަވެސް ދުވަސްކޮޅަކަށް ނަމަވެސް ވަކި ވާން ޖެހޭތީ ދެރަވެފައި އިނދެއެވެ.

“އަޒްމަން… މެރީ ކުރަން އާދެވޭނީ ކޮން އިރަކުން؟” ޒައިނާ އަހާލިއެވެ. ޒައިނާ ބޭނުން ވަނީ އަޒްމަންއަށް އެންމެ އަވަހަށް ލިބޭ ޗުއްޓީއެއްގައި މާލެއަށް އައިސް ކައިވެނި ކުރާށެވެ.

“ޒައި ބުނާ ދުވަހަކުން އަހަރެން ރެޑީ” ހީލަމުން އަޒްމަން ޖަވާބު ދިނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުން ވާތީއެވެ.

“އަޒްމަންއަށް ދެން ޗުއްޓީއެއް ލިބުނީމަ އައިއްސަ މެރީ ކުރާނީ ދޯ؟ އަހަންނާ ހެދި އޭރުވެސް ނުކުރެވި ލަސް ވީ” ޒައިނާ ބުންޏެވެ.

“ނޫން، ޒައި އާ ހެދިއެއް ނޫން. އެކަހަލަ ކަމެއް ދިމާ ވެގެން އުޅޭ އިރު ކައިވެނި ނުކުރެވި ލަސް ވެގެން އުޅޭހާ ސެލްފިޝް މީހެއް ނޫން އަހަންނަކީ. ޒައިއަށް ޓައިމް ދީގެން އަހަރެން ހުރީ. މިއަދު ޒައި އަމިއްލައަށް އެ ވާހަކަ ބުނީމަ އޭގެ މާނައަކީ މިހާރު ޒައި ރެޑީއޭ ދޯ؟” ޒައިނާ ހިތްހަމަ ޖައްސައިދެމުން އަޒްމަން އަހާލިއެވެ.

“އަހަރެން ރެޑީ” ޒައިނާ އެދެނީ ކައިވެނި ކުރުން ކަން ހާމަ ކުރިއެވެ.

“އެހެން ވީމަ މިހާރު ދެން އޮތް ގޮތަކީ އަހަރެން ގޮއްސަ އެންމެ އަވަހަށް ލިބޭ ބްރޭކްގަ އައިއްސަ މެރީ ކުރާނީ، އޭރުން ޒައިއަށް އަހަންނާ އެކީ ދެވޭނެއެއްނު؟ އާރާވެސް މިހާރު އެބަ ކިޔާ މިކޮޅުންނެއް ނޫނޭ ދެން ކިޔަވާނީ. ސޯ އާރާގެ ކިޔެވުން ފެށެން ވާ އިރަށް އޭނަވެސް ދާނެ، އޭރުން ޒައި އެކޮޅުގަ ފޫއްސެއްވެސް ނުވާނެއެއްނު؟ އަދި ޒައިއަށްވެސް ދުވަސްކޮޅަކުން ކިޔެވުން ފެށުނީމަ ދެން ފޫހި ވާނެ ވަގުތެއްވެސް ނުވާނެ. އެ ގޮތް އޯކޭތަ؟” އަޒްމަން އެދެނީ ކޮންމެ ކަމެއްވެސް ޒައިނާ ބޭނުން ވާ ގޮތަށް ކޮށްދިނުމެވެ.

“އޯކޭ” ޒައިނާއަށްވެސް އެ ގޮތް ކަމުދިޔައެވެ.

“އެހެންވިއްޔާ ބައްޕަ ކައިރީ ބުނާނަން އަހަރެން އަންނަން ވާ އިރަށް ޒައިގެ ބައްޕައާ ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ނިންމަން، އިނގޭ. ހެޕީތަ؟” އަޒްމަން އަހާލިއެވެ.

ޒައިނާ ބޯ ޖަހާލިއެވެ.

ތިން ދުވަސް ފަހެވެ. ކުރިންވެސް އަޒްމަންއާ އެކު އެ ގެޔަށް ދިޔަ ނަމަވެސް އަޒްމަންގެ ކޮޓަރިއަށް ޒައިނާ ފުރަތަމަ ވަން ދުވަހަކީ އެއީއެވެ. އަޒްމަން ފުރަން އެއަރޕޯޓަށް ދާން ދެ ގަޑި އިރަށް ވެފައި ވީ އިރު، އެ ދުވަހު ޒައިނާ އެ ގެޔަށް ދިޔައީ އަޒްމަން އެދިގެންނެވެ. ވަކި ވުމުގެ ކުރިން އަޒްމަންއާ އެކު ވަގުތުކޮޅެއް ހޭދަ ކޮށްލަން ޒައިނާވެސް ބޭނުން ވިއެވެ.

ކޮޓަރިއަށް ވަނުމާއެކު ޒައިނާއަށް ފުރަތަމަވެސް ފާހަގަ ކުރެވުނީ އަޒްމަންގެ އެނދުގެ ހެޑްބޯޑް މަތީ ހުރި އަދާގެ ފޮޓޯއެވެ. މަޑުމަޑުން ގޮސް ޒައިނާ އެ ފްރޭމް ނަގާ ބަލާލިއެވެ. އެއީ އަދާ ގޮވައިގެން އެ ގެޔަށް އައި ފުރަތަމަ ދުވަހު އަޒްމަން ނެގި ފޮޓޯއެކެވެ. ލޯ މަރާލަމުން ޒައިނާ ފްރޭމް މޭގައި ޖައްސާލި އިރު އެ ލޮލުން ކަރުނަ އާދެއެވެ.

“ޒައި…” ފަހަތުން އަޒްމަންގެ އަޑު އިވުމުން ޒައިނާ އެނބުރިފައި އަޒްމަންގެ މޭގައި ބޯ ޖައްސާލިއެވެ.

“އައި މިސް ހަރ އަޒްމަން… އައި މިސް ހަރ ސޯ މަޗް…” ރުއިމުގެ ތެރެއިން ޒައިނާ ބުންޏެވެ.

“އައި ނޯ… އައި މިސް ހަރ ޓޫ…” ޒައިނާ ގައިގައި ބައްދާލަމުން އެހެން ބުނި އިރު އަޒްމަންގެ ލޯވެސް ފެންކަޅި ވެގެން ދިޔައީ އަދާގެ ހަނދާނުން އެ ހިތަށްވެސް ތަދުވެލުމުންނެވެ.

ޒައިނާގެ އަތުގައި ހިފައިގެން އަޒްމަން އެނދުގައި އިށީނެވެ.

“ޔޫ އޯކޭ؟” ޒައިނާ ދެ އަތުން މޫނު ފޮހެލުމުން އަޒްމަން އަހާލިއެވެ.

ހީލަމުން ޒައިނާ ބޯ ޖަހާލިއެވެ.

“ސޯ… މި ވަގުތަށް މީ ގުޑް ބާއި ދޯ؟” އަޒްމަން އަހާލިއެވެ.

“ނޫން، އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ދިމާ ވާނެ. އެހެން ވީމަ ގުޑްބާއި ކިޔާކަށް ބޭނުމެއް ނޫން” އެއީ ވަކިވުމެއް ކަމަށް ގަބޫލު ކުރާކަށް ޒައިނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.

“ދެން ކީކޭ ބުނަންވީ؟” ހީލަމުން އަޒްމަން އަހާލިއެވެ.

“އެއްވެސް އެއްޗެއް ބުނާނެ ކަމެއް ނެތް. ޖަސްޓް ކަމް ބެކް ޓު މީ ސޫން…” އަޒްމަންގެ މޫނުގައި އަތް ޖައްސާލަމުން ޒައިނާ އެދުނެވެ.

އަޒްމަން ބޯ ޖަހާލިއެވެ.

“އަޒްމަން… އަހަންނަށް ނުގެއްލެއްޗޭ… އަހަންނާ ވަކި ނުވައްޗޭ…” އަޒްމަންގެ މޭގައި ބޯ ޖައްސާލަމުން ދެ އަތުން އަޒްމަން ގައިގައި ބައްދާލާފައި ޒައިނާ ބުންޏެވެ.

“ނެވަރ! އިރާދަ ކުރެއްވިއްޔާ އަހަރެން ދުވަހަކުވެސް ޒައިއަކާ ވަތްކެއް ނުވާނަން. އެއަށް ވުރެ މާ ބޮޑަށް ލޯބިވޭ” ޒައިނާގެ ނިތްކުރިއަށް ބޮސްދެމުން އަޒްމަން ވަޢުދުވިއެވެ.

އިރުކޮޅަކު ދެ މީހުން ވާހަކަ ދައްކަން ތިބެފައި އެއަރޕޯޓަށް ދާން ނިކުންނަ ގަޑި ޖެހުމުން ޒައިނާ ތެދުވިއެވެ.

“މިހެން ތިއްބާ މާ ލަސްވެދާނެ. ހިނގާ” ޒައިނާ ދޮރު ހުޅުވާލާފައި ނިކުންނަން އުޅުނެވެ.

ނަމަވެސް އަޒްމަން ޒައިނާ ހުއްޓުވާފައި ދެ އަތުން ޒައިނާގެ މޫނުގައި ހިފާލަމުން އެ ތުންފަތުގައި ބޮސްދިނެވެ. އަޒްމަން ދުރަށް ޖެހިލުމުން ދެން ކައިރިވެލީ ޒައިނާއެވެ.

“ތެންކް ޔޫ… އަހަރެންގެ ލައިފްއަށް އައިސްދިނީތީ…” ޒައިނާ ބުންޏެވެ.

“އައި ލަވް ޔޫ…” އަޒްމަން ޖަވާބުގައި ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މަޢާފް – ސައްބީސްވަނަ ބައި

Next

ހިތުގެ ކޮންމެ ވިންދެއްގައި – 11 –

Next
April 12, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 11 –

Previews
April 12, 2020

މަޢާފް – ސައްބީސްވަނަ ބައި

31 Comments!

  1. Mar Sha Marsha says:
    April 12, 2020 at 3:43 pm

    Hi hurihaa kudhin, here’s part 34, like akaa comment eh dhehchey, story mi nimeny, 35 aky last part, Insha Allah e part genesdheynan Tuesday ga. Stay safe hurihaa kudhin! ❤️❤️???

  2. Riyaa says:
    April 12, 2020 at 7:21 pm

    Haadha avahakah ninman thi ulheny. Why?

    1. Mar Sha Marsha says:
      April 13, 2020 at 6:43 pm

      ? Konme kamakah nimun anna hen mi vaahaka ahves nimun annan vaane ehnu, that’s why ??

  3. Kairaa says:
    April 12, 2020 at 7:44 pm

    Varah varah reethi mi part vx……alhey mioh reethi story vx nimeny dhw????….waiting for the nxt part…..

    1. Mar Sha Marsha says:
      April 13, 2020 at 6:43 pm

      Thank u dear, aan nimeny ??

  4. Aish says:
    April 12, 2020 at 8:05 pm

    Alhey haadha avahakah nimeny….sad. but hama ehvvana story Mee. Shanaaz men ge vaahakaeh genes dhehchey last part ga???

    1. Mar Sha Marsha says:
      April 13, 2020 at 6:45 pm

      Thank u, yes, Shanaaz n Asadh ge bai genesdheynan ingey

  5. Yumi says:
    April 12, 2020 at 8:12 pm

    Mikahla reethi story eh v avaha genesdhechey ingey miee v reethi story eh❤❤ comment nukuriah story kiyan new part thakah v inthizaaruves kuran

    1. Mar Sha Marsha says:
      April 13, 2020 at 6:47 pm

      Thank u, already new story ehge masahkaiy start koffin, but genesdheveyne dhuvaheh bunaakah adhi neynge, Insha Allah soon ??

  6. Liyaa says:
    April 12, 2020 at 8:14 pm

    Aah v daravaja mashaa allah ?

    1. Mar Sha Marsha says:
      April 13, 2020 at 6:47 pm

      Thank u ??

  7. Fai says:
    April 12, 2020 at 8:16 pm

    Dhen Hama meethi ves nimeny dhw mi….. konirakun baa anehkaaves Marsha ge story eh kiyaalan libeyny??? you are the best vaahaka liyun theriyaa ever ?? love you

    1. Mar Sha Marsha says:
      April 13, 2020 at 6:48 pm

      Thank u so much Fai, InshaAllah soon ???

  8. Mix says:
    April 12, 2020 at 10:41 pm

    Vvvvv nice … Yah Aish buni gothah shanaa and Asadh ge vaahaka eh genes dheh Chey❤️❤️❤️❤️❤️❤️ mihaathanah dhevanayah kiyunu emme salhi vaahaka kan faahaga kollan beynun

    1. Mar Sha Marsha says:
      April 19, 2020 at 2:15 am

      Thank u mix, koba 1st aky? ??

  9. Meekkomee says:
    April 13, 2020 at 12:39 am

    Woww ?? Masha Allah ?? siss …. Story varah Varah salhi ???? curiously waiting for the next part ??? varah deravyy adhaa ah ehn v ma???luv yeahhhh ❤️❤️❤️ stay home ❤️ be safe ❤️❤️❤️ don’t forget to wash your hands ???? ttyl ✌️✌️

    1. Mar Sha Marsha says:
      April 13, 2020 at 6:50 pm

      Thank u dear, u too ingey, me too sad for Adhaa ?

  10. AAL says:
    April 13, 2020 at 8:35 am

    ❤❤❤❤❤❤❤❤

    1. Mar Sha Marsha says:
      April 13, 2020 at 6:50 pm

      Thank u aal, ❤️

  11. aisha says:
    April 13, 2020 at 10:05 am

    vv reethi??????

    1. Mar Sha Marsha says:
      April 13, 2020 at 6:50 pm

      Thank u Aisha ??

  12. Khadheeja says:
    April 13, 2020 at 4:32 pm

    Nice part v interested this story withing for the next part

    1. Mar Sha Marsha says:
      April 13, 2020 at 6:53 pm

      Thank u khadeeja ??

  13. Khajja says:
    April 13, 2020 at 4:36 pm

    Nice part v interested this story ???

    1. Mar Sha Marsha says:
      April 13, 2020 at 6:53 pm

      Thank u Khajja ?

  14. Riyaa says:
    April 13, 2020 at 10:31 pm

    Waiting waiting. By the way take care marsha and this is only the story I have just crazy.

    1. Mar Sha Marsha says:
      April 14, 2020 at 9:59 pm

      Thank u dear

  15. Yaal says:
    April 14, 2020 at 7:33 pm

    Alhey…..kon iraku next part up kohla dheveynee………..can’t wait to read next part……☹☹☹☹☹☹☹☹☹

  16. Anonymous says:
    April 14, 2020 at 8:37 pm

    Where is the last part? When are you going to upload the last part its tuesday ey???????

  17. Nam says:
    April 14, 2020 at 9:15 pm

    Haadha lahey………..

  18. Mar Sha Marsha says:
    April 14, 2020 at 10:00 pm

    Yaal, anonymous and Nam, mihaaru upload koffin

Comments are closed.

Next Episodeހީވޭ ހިތް ބުނާހެން 35 (ފަހުބައި)←


All Right Reserved!