ޒީން
ދެވަނަ ބައި
‘މިއީ ލާރާ..’ ކަޅު ކުލައިގެ މިނީ ސްކާރޓަކާއި އަޅި ކުލައިގެ ކުރު ގަމީހެއް ލައިގެން ހުރި އަންހެންކުއްޖާ އެއް ލޯ މަރާލަމުން ހީލިއެވެ.
‘އަހަރެންނަކީ ސުހާ’ ދެން ހުރި އަންހެނކުއްޖާގެ ހުދު ދަތްތައް ފެންނަވަރަށް ހީލިއެވެ.
‘ހޫނ..؟’ އާހިލް ގެ ކައިރީގައި އިން ނިޒާރު އެ ދެކުދިން ބޭނުންވެގެން އުޅޭ ކަންތައް އޮޅުންފިލުވާލުމުގެ ގޮތުން ނިތް އަރުވާލިއެވެ.
‘…އެންމެ ރަނގަޅުތަ އަހަރެމެން މިތާ އިށީންދެލިޔަސް؟’
އެތަނުގައި ހުސް މޭޒެއް ހުރިތޯ ނިޒާރު ބަލާލިއެވެ. އަދި ކަރުކެހިލާފަ ހީލިއެވެ. ‘މިތާ ވަރަށް ބައިވަރު ހުސް މޭޒު އެބަހުރި’
އެ ދެ އަންހެން ކުދިން ހެމުން އާހިލް އަށް ބަލާލިއެވެ.
‘އަސްލު އަހަރެމެން ބޭނުންވީ ތައާރަފްވެލަން.’ އޮނަގަނޑުގައި އަތް ވިއްދާލާފަ ސުހާ ގުދުވެލިއެވެ.
‘އެންމެ ރަނގަޅު. އަހަރެންނަކީ ބޮންޑް… ޖޭމްސް ބޮންޑް’ ނިޒާރު ބުނެލިއެވެ.
އާހިލް އަށް މި އަޑު އިވި ހައިރާންވެ ހުރެ ނިޒާރު އާއި ދިމަ ބަލާލާ އެއް ބުމަ އަރުވާލިއެވެ. އާހިލް ހުރީ އޭރުވެސް ފޯނެއްގައެވެ. އޭނާގެ ސެކްރެޓަރީ އަށް މަސައްކަތް ކުރަންވީގޮތް އޮޅުންފިލުވައިދޭށެވެ.
އެ ދެ އަންހެންކުދިންވެސް ބުމަ އަރުވާލިއެވެ.
‘އޭނައަށް ކިޔަނީ ކޮން ނަމެއް؟’ އެއް އަންހެން ކުއްޖަކު އާހިލް އާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ.
‘ސްޓާރކް. ޓޯނީ ސްޓާރކް.’
އިނގިރޭސި ފިލްމެއްގައި އުޅޭ ‘އަޔަން މޭން’ ގެ ނަން ބުނާ އަޑުއިވި އާހިލް ކޮށި އެރިއެވެ.
‘ތިއީ ޖޯކެއްތަ؟ އެއީ އަޔަން މޭން އެއް ނޫން.’
‘އޫމްމް.. އަހަރެމެންނާ އެކީ ހިނގާލަން ދެވިދާނެތަ؟ ފިލްމެއް ބަލާލައި، ރެސްޓޯރެންޓަށް ގޮސްލާ..؟..’
‘އަހަރެމެން ވަރަށް ބިޒީ. ބައިވަރު ކަންތައް ކުރަން އެބަހުރި.އެކަހަލަ ކަންތަކަށް ވަގުތެއް ނެތް.’ ނިޒާރު އެ ދެކުދިންގެ އެދުމަށް އިންކާރުކޮށްލިއެވެ.
‘ހާދަ ފޫއްސޭ. އަހަރެންނަށް ހަމަ ޔަގީން ތީނަގެ ބޮސް އެއްބަސްވާނެ.’ ލާރާ ތަޅުންގަނޑުގައި ފައިން ޖަހާލިއެވެ.
އާހިލް ފޯނު ކަނޑާލާފައި އެ އަންހެންކުއްޖާ އާއި ދިމާލަށް އެނބުރެލިއެވެ.
‘އޯ.. ތިމާއަށް ނުވިސްނޭ ކަންތަކުގެ ވާހަކަ ދައްކާއިރު މާ ފޫހި. އަހަރެން ޔަގީންކަމާއެކު ބުނަން ތީނައަށް ކުރަން އެނގޭނީ އެންމެ ކަމެއް. ފިރިހެނުންނާއެކު ނިދުން. ދޯ؟..’
އެދެކުދިން އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ. އެ ދެ އަންހެން ކުދިން ދަށު ކޮށްލައި ދެރަކޮށްލުމުގެ ނިޔަތުގައި އާހިލް ބުނި އެއްޗެއްކަން އިހްސާސްވާން އެ ކުދިންނަށް ވަގުތު ކޮޅެއް ނެގިއެވެ. އެ ދެ އަންހެންކުދިން ކޮފީ ޝޮޕުން ނިކުމެގެން ދިޔައީެވެ.
ނިޒާރަކީ އާހިލްގެ ޑްރައިވަރެވެ. އަދި ބޮޑީ ގާރޑްއެވެ.
‘އޮފީހަށްތޯ؟’ ނިޒާރު އަހާލިއެވެ.
‘
‘ހޫނ.’ އާހިލް ކާރުގައި ހަމަޖެހިލިއެވެ.
އާހިލް އަށް އެ ކޮފީ ވަރަށް ކަމުދިޔައެވެ. މިހާތަނަށް އާހިލް އަށް ބޮވުނު އެންމެ މީރު އެސްޕްރެސޯއެވެ.
‘އަދި އަންނަންވާނެ މި ކޮފީ ޝޮޕް އަށް. މާދަމާ.’ ކޮފީ ޝޮޕްއަށް ބަލަމުން އާހިލް ބުނެލިއެވެ.
‘އެންމެ ރަނގަޅު’ ނިޒާރު ހީލިއެވެ. ނިޒާރަށްވެސް ކޮފީ ވަރަށް މީރުވިކަހަލައެވެ.
ނިޒާރުގެ އުމުރު އުޅޭނީ 40-30 ގެ މެދުތުރޭގައެވެ. އޭނާވަނީ ބޮޑީގާރޑް ޓްރެއިނިންގް ހަދާފައެވެ. އޭނާ އާއި އާހިލްއާއި ދެމެދު އޮންނަނީ ހަމައެކަނި ޑްރައިވަރ-ބޮޑީގާރޑް ގުޅުމެއްނޫނެވެ.
ނިޒާރުގެ އާއިލާ ވަރަށް ކުރީއްސުރެ އެ ގޭގައި މަސައްކަތްކުރެއެވެ. އާހިލް ކުޑައިރުވެސް ނިޒާރާއެކު އުޅެއެވެ. އޭރު ނިޒާރުވެސް އުުމުރުން ޅަ ވާނެއެވެ.
އާހިލް އާއި ނިޒާރު ވަރަށް ގުޅެއެވެ. އާހިލް ދެކެނީ އެއީ އާހިލްގެ ބޭބެއެއްގެ ގޮތުގައެވެ. އާހިލްގެ އެންމެ ގާތް ރަހުމަތްތެރިޔާ އީނާޝް ގެ އިތުރުން އާހިލްގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ ނިޒާރުއަށެވެ. އާހިލްގެ އާއިލާއަށްވުރެ ރަނގަޅަށެވެ.
އާހިލް ސްކޫލްގައި ގްރޭޑް 4ގައި ކިޔަވަން އުޅުންއިރު އާހިލް އަށް ކުދިން ‘ބުލީ’ ކޮށް މަލާމަތްކުރިކަން އެންމެ ފުރަތަމަ އެނގުނީވެސް ނިޒާރަށެވެ. އޭނާއާއި ކުދިން ދިމާކޮށް ހެދީ މުއްސަނދި އާއިލާއެއްގެ ކުއްޖަކަށްވީތީއެވެ. އޭރުގައި އޭނާވަރަށް ހިމަވެފައި ދިގުކޮށް ހުންނާތީވެސްމެއެވެ.
އާހިލް އޭރު ގޭގައި ރޯން އިންނަތަން ނިޒާރުއަށް ވަރަށް ގިނައިން ފެންނާނެއެވެ. އެއިރު އާހިލް ދެރަވެ އެކަމާއި ހިތާމަ ކުރާނެއެވެ. ސްކޫލަށް ދާހިތްކެނޑި އޭނާގެ އަމިއްލަ އާއިލާއާއި ދޭތެރޭ ހިތްހަމަ ނުޖެހެން ފެށިއެވެ. އެހާ މުއްސަނދި އާއިލާއެއްގެ ދަރިއަކަށްވީތީއެވެ.
ހޮނިހިރު ދުވަހެކެވެ. އާހިލްގެ މައިންބަފައިން އެއިރުވީ ރާއްޖެއިން ބޭރުގައެވެ.
ނިޒާރު އާހިލްއަށް ‘ބޮކްސިންގް’ ،ތަޅަން ދަސްކޮށްދިނެވެ. ފައިން ޖަހާނެ ގޮތާއި ، އަތުން ޖަހާނެ ގޮތާއި، އަމިއްލަ ނަފްސް ދިފާއު ކުރާނެ ގޮތެވެ.
މިކަންވީ އާހިލް ކުރާހިތްވި ކަމަކަށެވެ. އާހިލް އިތުރަށް ދަސްކުރަން ބޭނުްވިއެވެ. މިކަމުގެ ތެރެއިން އާހިލް ބަރުވެ، ހަށިގަނޑު ވަރުގަދަވިއެވެ. އޭގެ ފަހުން ކޮންމެ ޗުއްޓީއެއްގައި އާހިލްއާއި އޭނާގެ ރަހުމަތްތެރިޔާއަށް ނިޒާރު ‘ބޮކްސިންގް’ ދަސްކޮށްދެއެވެ.
އާހިލް އަށް ސްކޫލަށްދާން ހިތްވަރަކަށް ވިއެވެ.
ކްލާހުގެ ހުރިހާ ކުދިން ބަލިކޮށްލުމަކީ އުނދަގޫ ކަމެއް ނޫންކަން އާހިލްއަށް ވިސްނުނީއެވެ. ނަމަވެސް ބައެއް ކުދިން އެއިރުވެސް މަލާމަތްކޮށް ހަދައެވެ. އެއްވެސް ކުއްޖެއް އިސްވެ ނުޖަހަނީސް އާހިލްއަށް ދަސްވެފަ ހުރި އެއްވެސް ތެޅުމެއް ބޭނުން ނުކުރަން އާހިލްވަނީ ނިޒާރުއަށް ވައުދުވެފައެވެ.
އެއްދުވަހަކު އާހިލް އާއި މަލާމަތްކުރަމުން ކުއްޖަކު އާހިލް ގެ ގައިގައި ބާރަށް ޖެހިއެވެ. އާހިލް ރުޅި ގަދަވެ ،އެކުއްޖާގެ ގައިގައި ދެ ފަހަރަކު ޖަހާ، އެ ކުއްޖާ ވައްޓާލިއެވެ. އެކުއްޖާގެ އަނގަމަތި ފަޅައިގެންގޮސް ލޭ އަޔެވެ.
އެ ދުވަހުގެ ފަހުން އާހިލް އާއި ކުދިން މަލާމަތް ކުރުން ހުއްޓާލިއެެވެ. އާހިލް ރުޅިއައިސްދާނެތީ އެކިދިން ބިރު ގަނެއެވެ. އެ ދުވަހު ޕްރިންސިޕަލް އޮފީހަށް ގެންގޮސް މައްސަލަ ބެލުމުން އާހިލް އަށް ބްލީކުރާކަން އޭނާގެ މައިންބަފަންނަށް އެނގުނެވެ. އަދި އާހިލް އަށް ޕްރިންސިޕަލް ހަމްދަރުދީވެ މައާފު ދިނެވެ.
އާހިލް ބޮޑުވަމުން އައިއިރު ނިޒާރުގެ ފަރާތުން ވަރަށްގިނަ ކަންތައް ދަސްކުރިއެވެ. އޭނާއަށް ބޮޑީގާރޑް ޓްރެއިނިންގެ ތެރޭގައި ދަސްވެފައި ހުރި އެއްޗެހި، ބަޑި ހަތިޔާރުފަދަ ތަކެތި ބޭނުންކުރާނެގޮތްތައް އާހިލްއަށް ދަސްކޮށްދިނެވެ. ނިޒާރުވީ ހުރިހާ ކަމެއްގައި އާހިލް ގެ ބައިވެރިއަށެވެ.ގާތް އެކުވެރިއަކަށެވެ. ކާރާއި ސައިކަލު ރޭސްވެސް އެންމެ ބާރު ސްޕީޑުގައި އެމީހުން ޖައްސާއުޅުނެވެ.
ނަމަވެސް އާހިލްގެ އާއިލާ މީހުންނާއި އޭނާ ދަންނަ އެންމެންވެސް އޭނާ ދެކެނީ ތަފާތު މީހެއްގެ ގޮތަށެވެ.
މޮޅު،ވިސްނުންތޫނު،ވަރުގަދަ،ގާބިލް، ހަރުކަށި މީހެއްގެ ގޮތުގައެވެ. އެއްވެސް ގޮތަކަށް މަޖާކޮށް ހަދާ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއްގެ ގޮތުގައި ނުދެކެއެވެ.
ފެށުނީއްސުރެ އާހިލްގެ މައިންބަފައިން އާހިލް ތައްޔާރުކުރަމުން އައީ މޮޅު މީހަކަށް ހެދުމަށެވެ.އެއީ ކޮންމެވެސް ދުވަހަކުން އެ އާއިލާގެ ހުރިހާ ޒިންމާއެއް ނަގައި ވިޔަފާރީއާއި ހަވާލުވާން ހުރި ފަރާތަކީ އާހިލްކަމުގައި ވާތީއެވެ.
އާހިލްއަށް ބައެއް ގައުމުތަކުގައި ވާހަކަދައްކާއުޅޭ ބަސްތައްވެސްވަނީ ދަސްކޮށްދީފައެވެ.އިނގިރޭސި ބަހުގެ އިތުރުން ގްރީކް، ޕޯޗުގީޒް، ސްޕެނިޝް، ފްރެންޗް، ހިންދީ، ޗައިނީޒް އަދި ފިލިޕީނޯ ބަސް އިނގެއެވެ.
ދެ އަހަރު ކުރިން، އުމުރުން ބާވީސް އަހަރުގައި އާހިލް ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނިންމައި ގްރެޖުއޭޓް ވެފައެވެ. އެއިރުންފެށިގެން އޭނާ މަސައްކަތް ކުރަނީ އާއިލާގެ ވިޔަފާރީގެ ތެރޭގައެވެ.ދުނިޔޭގެ ބޮޑު ޝިޕިންގް ކޮމްޕެނީއެކެވެ. ‘އުގޭލް އިންޓަރނޭޝަނަލް ހޯލްޑިންގް ކޯރޕަރޭޝަން’ އެވެ.
މިހާރު އޭނާއަކީ އެތަނުގެ ވައިސް ޕްރެޒިޑެންޓް އެވެ. އޭނަގެ ދަށުން މަސައްކަތް ކުރަން ތިބޭ ބައެއް މުވައްޒަފުން ދެކޭ ގޮތުގައި އޭނާއަކީ ހަރުކަށި މީހެކެވެ. ކޮންމެ މަސައްކަތެއްވެސް ނިމިފަ ހުންނަންޖެހެނީ އެންމެ ފުރިހަމައަށެވެ.
މިއީ އެމީހުންނަށް ރަނގަޅަކަށް ހަދާފައި އޮންނަ ގަވާއިދެއް ކަމެއް އެ މީހުންނަށް ގަބޫލުނުކުރެވެނީއެވެ.
އެމީހުންގެ އެ ދުނިޔޭގައި ގިނައީ ވާދަވެރީންނެވެ. އެ ވިޔަފާރީ ދަށް ކޮށްލަން، ހުއްޓުވައިލަން ބަނޑުހައިވެފައި ތިބޭ އެތައް ބިޒްނަސްމެން އެއް އުޅެއެވެ.
އާހިލްގެ އަޒުމަކީ އެ ވިޔަފާރީ، އެ ބިޒްނަސް ހުއްޓުނަ ނުދިނުމެވެ. ދުނިޔޭގެ އެކި ހިސާބުގައި އެ މީހުންގެ އެތައް މުވައްޒަފަކު އެބަތިއްބެވެ. ވިޔަފާރީ ބަނގު ރޫޓު ވެއްޖެނަމަ އެ އެންމެންނާއި އެ މީހުންގެ އާއިލާ ހާލުގައި ޖެހިދާނެތީއެވެ…..
އާހިލްއަށް އޮފީހަށް އާދެވުމާއެކު ސެކިޔުރިޓީ ގާރޑުން ސަލާމް ގޮވާލިއެވެެ. އާހިލް އެ މީހުންނަށް ބަލާލުމަށްފަހު އާ އެކޭ ބުުނުމުގެ ގޮތުން ބޯ ތަޅުވާލިއެވެ. އޭނާ އޮފީހަށް ވަނެވެ. އޭނާއަށް ހާއްސަކުރެވިފައިވާ ލިފްޓް އަށް ދިޔުމަށެވެ.
އޮފީހުގައި ގިނަ އަދަދެއްގެ މުވައްޒަފުން އުޅެއެވެ. އެއްބަޔަކު އެއިރު އައިކަހަލައެވެ. އަނެއް ބަޔަކު ލިފްޓް ހުޅުވެންދެން އިންތިޒާރުގައެވެ. އާހިލް ވަނުމާއެކު އެންމެންގެ އަޑުމަޑުވެ މުޅިތަން ހަމަހިމޭންވިއެވެ. ގަޑީގެ ކަށި ހިނގާ އަޑު ނޫން އެހެން އަޑެއް ނީވޭވަރަށެވެ. އެންމެން ގަނޑުވެފައި ހުރިކަހަލައެވެ. ހާސްކަމާއި ބިރު ގަނެފައި ތިބިކަން އެ މީހުންގެ މޫނުމަތިން އެނގެއެވެ.
‘އައްސަލާމް އަލައިކުމް.’
‘އައްސަލާމް އަލަިކުމް އާހިލް ސަރ’
އެންމެން ސަލާމް ގޮވާލިއެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް ސަލާމް ބަލައިގަތްކަން އެންގުމުގެ ގޮތުން އާހިލް ހަމައެކަނި ބޯ ތަޅުވާލީއެވެ.
އާހިލް ލިފްޓް އިން ނިކުމެ އޭނާ އަށް ހާއްސަކުރެވިފައިވާ ބަޔަށް ދިޔައެވެ. ނިޒާރުވެސް އާހިލްގެ ފަހަތުން ދިޔައެވެ.
ކަޅު ކުލައިގެ ތިރިއަކާއި ރަތް ކުލައިގެ، ކަރު ބޮޑު، ކުރު ޓޮޕް ކޮޅެއް ލައިފައި ، ގަދަ ރަތް ކުލައެއް ތުންފަތުގައި ޖައްސައިގެން ހުރި އަންހެންކުއްޖެއް އާހިލްއާއި ދިމާއަށް ހީލިއެވެ.
‘އައްސަލާމްއަލަިކުމް އާހިލް ސަރ. އަޅުގަނޑަކީ ވިޝްކާ. އާހިލް ސަރގެ އާ ޕާރސަނަލް އެސިސްޓެންޓް.’ އެ އަންހެންކުއްޖާގެ ލޮލުގެ ދިގު އެސްފިޔަތައް ތަޅުވާލިއެވެ.
އާހިލް އެ އަންހެންކުއްޖާ އަށް ބަލާލުމަށްފަހު އިނގިލިގޮށްވާލިއެވެ. އަދި އަވަސްކޮށްލާފައި އެތެރެއަށް ވަނެވެ.
‘މިވަގުތުން ފެށިގެން ވިޝްކާ ތިހުރީ ވަޒީފާއިން ވަކިކުރެވިފައި.’ ނިޒާރު ބުނެލިއެވެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

Dear are you translating the story “the girl who he never see” from wattpad.. there isn’t a little change at all.. plx bring your own work without using others hard work
Ethedheh
Yes it is a translation, to those who haven’t read it or wants to read the dhivehi version. Sorry but not in a wrong way.. if you enjoy reading this _ i’ll continue. Or else i’ll stop. What do you say?
I’ll post my own story after finishing this..
Sis be original! ?
Alhe nuhuhtachey mi vaahaka kuriyah gendheba people who dont like the story can stop reading the story but there is people who still wanna read the story anyway im waiting for the next part ao excited