Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީން

Dhontha Level 1
April 3, 2020 5 Mins Read
4 Comments

ފުރަތަމަ ބައި

ޒީން

ކިހިނެއްތަ؟ ރޭ ރަނގަޅަށް ނިދާލެވުނުތަަ؟’ ޒީން ހިނިތުންވެ ހުރެ، 65 އަހަރުގެ ހުވަފަތްވެފައިވާ ނަބީލާ އާއި ސުވާލު ކޮށްލިއެވެ.ނަބީލާ އަކީ އާންމު ކޮށްވެސް ބޮލުގައި ރިއްސަަައި ، ރޭގަނޑަށް ނިދަން އުނދަގޫވާ މީހެއް ކަމުން ، ޒީން އަށް އޭނާއާއިިމެދު ފިކުރު ކޮށްލެވުނީއެވެ.

ނަބީލާ އަކީ ހުޅުމާލޭގައި  ކުޑަ  ކޮފީ ޝޮޕް އެއް ހިންގާ ފަރާތެކެވެ. އެތަނަކީީ ޒީން އޭނާގެ އާއިލާގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި މަސައްކަތް ކުރާތަނެވެ. ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުން ފެށިގެން ހުކުރުދުވަހުގެ ހެނދުނު 8.00ން ރޭގަނޑު 8.00ށް، ޒީީންް  ކޭޝިއަރެއްގެ ގޮތުގައި އެތާ މަސައްކަތް  ކުރެއެވެ.

އެތަނުގައި މުވައްޒަފުން މަދުވުމުން އާންމުކޮށް ގިނަ ކަންތައް ކޮށްހަދަނީ ޒީންއެވެ. .ކޮފީ ތައްޔާރު ކުރުމާއި،ވެއިޓްރެސް ކަން އަދި މަސައްކަތް ނިންމާފައި ގެއަށް ދިޔުމުގެ ކުރިން ތަން ފޮޅާ ސާފު ކޮޮށްވެސް ހަދައެވެ. ޒީން އަށް ޝަކުވާ ކުރެވެން ނެތީއެވެ. ނަބީލާ އޭނާއަށް ރަނގަޅު މުސާރައެއް ދޭތީއެވެ. މާބައިވަރު ރުފިޔާތަކެއް ނޫންނަމަވެސް ޒީންއާއި އޭނާގެ އާއިލާ މީހުންނަށް  ކޮންމެ ދުވަހަކު  ކައިލާ، ގޭގެ ބިލުތައް ދައްކައިލެވޭވަރު ވެއެވެ.

‘އޭ, އާނ. ރޭގަ  ކެއި ބޭހަކުން ރަނގަޅަށް ނިދާލެވުން’ ނަބީލާ ހީލިއެވެ.

‘ކީކޭ ޑޮކްޓަރ ބުނީ؟’  ޒީން އޭނާގެ ދަބަސް  ކަބަޑަށްލަމުން އަހާލިއެވެ. އަދި ބޮޮލުގެ އިސްތަށިތައް ރީތި ކޮށްލައި، އައިނުގެ ލޯ ކޮޅު ސާފު ކޮށްްްްްްލަން އައިނު ނެގިއެވެ.

‘އެއީ މައިގްރެއިން. އެހާ ސީރިއަސް އެއް ނޫން.’

ޒީން ހިތްހަމަޖެހުނެވެ. އޭނާ އެތައްފަހަރަކު ނަބީލާ ކައިރީ  ޑޮކްޓަރަށް ދައްކަން ބުނުމުންވެސް މިފަހަރުނޫނީ އަޅާނުލައެވެ.

‘ނިހާމްގެ އަންހެނުން ރޭގަ ވިހައިފި’

‘އަސްލުތަ؟ ވަރަށް އުފާވެއްޖެ. 5 އަހަރު އެ މީހުން ދަރިޔަކު ހޯދަން ކުރި މަސައްކަތް  ކާމިޔާބުވީީީީމަ.އަންހެން ކުއްޖެއް ދޯ ލިބުނީ؟’ ޒީން ވަރަށް  އުފާވިއެވެ.

‘އާނ!  ތިޔެއްނޫނޭ, އޭނާއަށް މިއަދު ނާދެވޭނެ. އޭނަގެ މަސައްކަތްވެސް  ކޮށްލަދޭތި.’

ޒީންގެ މަސައްކަތާއި ނިހާމް ގެ މަސައްކަތްވެސް މި ކުރާންޖެހުނީ ޒީންއަށެވެ.

‘މައްސަލައެއްނެތް. އަހަރެން  ކޮށްލަދޭނަން.’ ލައިގެން ހުރި ކުދި މާތަކެއްޖެހި، މުށި  ކުލައިގެ ހެދުން ޒީން އަތުން ރީތި  ކޮށްލިއެވެ. އެއީ ޒީން އެންމެ ލާހިތްވާ ހެދުމެވެ. ޒީންގެ މާމަގެ ހެދުމެ ކެވެ.ޒީން ގިނައިން ލައި ހަދަނީ ޒީންގެ މާމަ ދީފަހުރި ހެދުމެވެ.

 

އެއިރު ގަޑިން 8.00 ޖަހަނީއެވެ. ކޮފީ ޝޮޕް ހުޅުވާ ގަޑި  ކައިރިވަނީއެވެ. ޒީން އާއިއެކުު މަސައްކަތް ކުރަން އުޅޭ ލިލީ އާއި ޝިޔާމް އަދިވެސް ނާދެއެވެ.

ވަރަށް ފަހުން ޒީންއަށް އެނގުނު ގޮތުގައި އެއީ ދެ ލޯބިވެރިންނެވެ.

ލިލީ އަކީ ވެއިޓްރެސްއެވެ. އޯޑަރު ނަގައި  ކާއެއްޗެހި މޭޒުމައްޗަށް ގެންދާާާާާާާާާާާާނީ އޭނައެވެ. މޭޒުމައްޗާއި ތަޅުންގނޑުު އަދި ފާޙަނާ ސާފު ކުރަނީ ޝިޔާމްއެވެ.

އެމީހުންނަށް ތިބެވުނީ ދޮރު ނުލައްޕައެވެ.

‘އޭއި. ނަބީލާ ކައިރީ މި ވާހަކަ ނުބުނާތި. ބުނެފިނަމަ ތަންތަން ބިންދައިލާނަން.’ ޒީންގެ އަތް އަނބުރާލައި ޝިޔާމް ބިރު ދައްކާލިއެވެ. ތަދުވިވަރުންް ޒީންގެ ލޮލުން  ކަރުނަ އެއް ވެއްޓުނެވެ.

‘ނުބުނާނަން. ހަމަ ހުވާ. ނުބުނާނަން. ދޫ ކޮށްލަބަ.’ ޝިޔާމް ޒީންގެ އަތުން ދޫ ކޮށްލިއެވެ.

‘ރަނގަޅު. ހަނދާންބހައްޓާތިި.’ އޭނާ ރުޅީގެ ނަޒަރަ ކުން ޒީން އަށް ބެލިިިިިިއެވެ.

‘މިހިރަ ހަޑި މީހެއް. ދެން ދޭ މިތަނުން.ކަލޭގެ ބޭނުމެއް ނެތް މިތާކު.’ ލިލީ ހެމުން ހުރެ ޒީން ފާޙަނައިން ބޭރަށް  ކޮށްޕާލިއެވެ.

އެމީހުން އަބަދުވެސް ޒީންއަށް ނަން ހަދައި މަލާމަތް ކޮށް ޖެއްސުންކޮށް ހަދައެވެ. ޒީންވެސް އަޅައެއް ނުލައެވެ. އެ ކަމަށް ހޭނިއްޖެއެވެ. ވަޒީފާވެސް މުހިއްމުވީމައެވެ. ނަބީލާވެސް ރަނގަޅުވީމައެވެ.

‘ޒީން، އަހަރެން މިއިނީ ބަދިގޭގަ. ކަމެއް ބޭނުންވީމަ ގޮވާލައްޗެ.’ ނަބީލާ ބަދިގެއަށް ވަނެވެ.

‘އެންމެ ރަނގަޅު.’ ކަޅުކުލައިގެ އޭޕްރޯން އެއް އަޅައި ޒީން އޭނާގެ ފުރަތަމަ ކަސްޓަމަރގެ ހިދުމަތުގައިި ތައްޔާރުވެލިއެވެ.ކައުންޓަރުގައިހުރި ކޮމްޕިއުޓަރާއި ކޮފީ މެޝިން ހުޅުވާލިއެވެ.

ކޮފީ ތައްޔާރުކުރަން ޒީން ދަސްކުރީ ނިހާމް ކައިރިންނެވެ. އޭނާ އެ ކޮފީޝޮޕްގައި މަސައްކަތްކުރާތާ އަހަރެއްވެދާނެއެވެ.ކޮފީީ އާރޓް ހަދާގޮތާއި ރަހަމީރު އެސްޕްރެސޯ އެއް ގިރާލާނެ ގޮތްތައް ޒީންއަށް ދަސްކޮށްދިނީ ނިހާމްއެެެެވެ. ކޮފީ ގިރުމުގައި ނިހާމް ގެންގުޅުނު ހުރިހާ އުކުޅުތަކެއްވެސް ވަރަށް ކައިރިން ބަލައި ޒީންވަނީ ދަސްކޮށްފައެވެ.

ފުރަތަމަ ކަސްޓަމަރ އެތެރެއަށްވަނީ ޒީީީީން ކައުންޓަރ ސާފުކުރަން ހުއްޓައެވެ.ކަޅުކުލައިގެ ގަމީހެއްލައި އަވިއައިނު އަޅާފައިހުރި ދެ ފިރިހެނުންނެވެ. އެ ދެ މީހުން ފެނިފައި ޒީންއަށް ސިފަވީ އިނގިރޭސިި ފިލްމެއްކަމަށްވާ ‘މެން އިން ބްލެކް’އެވެ.

ދިގުކޮށްހުރި ފިރިހެނާއި ދިމާއަށް ޒީން ބަލައިލިއެވެ. ދެންހުރި މީހާއަށްވުރެ އޭނާ ޒުވާނެވެ.ދޮރުކައިރީހުރެ އޭނާ ކޮފީޝޮޕްތެރެއަށް ނަޒަރު ހިންގާލިއެވެ.ދިގު، ރީތި ފިރިހެން ހަށިގަނޑެކެވެ.

ޒީން އަށް ހުުުުުުުުުުުުުުއްޓުންއެރި ކަހަލައެވެ.އެ ފިރިހެންް މީހާގެ ސިފައިން ޒީންއަށް އުނދަގުލެއްވިއެވެ. ދަންނަ ގޮތެއް ހުރީއެވެ.

އޭނާ އަކީ ފިލްމީ ތަރިއެއްބާއެވެ.ނޫނީ މޮޑެލްއެއްބާއެވެ.ޔަގީނުންވެސް އެއީ ކުޅިވަރާއި ކަސްރަތުގައި އުޅޭ މީހެއްކަން އެ ހަށިގަނޑުން އެނގެއެވެ.

އޭނާގެ އަވިި އައިނުން އޭނާގެ ލޯ ވަނީ ފޮރުވިފައެވެ. އޭނާގެ ލޯ އަމާޒުވެފައިވަނީ ކޮން އެއްޗަކަށްކަމެއް ނޭނގެއެވެ.ޒީންއަށް ޔަގީންވާގޮތުގައި އޭނާގެ ބެލުންހުރީ ޒީންއަކަށްނޫނެވެ.ބަލާބެލުމަށް އެއީ ވަރުގަދަ ބޮޑު މުއްސަންޖެއްހެން ހީވެއެވެ.

ކައިރީގައި ހުރި ފިރިހެން މީހާ ކައިރީ އޭނާ ވާހަކައެއް ބުންޏެވެ. އެއަށްފަހު އެތަނުގެ، މެދުގައި ހުރި މޭޒު ކައިރީ އެ ދެމީހުން އިށީނެވެ.

އޯޑަރު ލިޔާ ފޮތާއި ގަލަމެއްް ހިިފައިގެން ޒީން އެމީހުން ކައިރިއަށް ދިޔުމަށް އަވަސްވެގަތެވެ.

‘ބާއްޖަވެރި ހެނދުނަކަށް އެދެން. ބޭނުންވެލައްވަނީ ކޮންް އެއްޗެއްތޯ؟’ ޒީން ހީލިއެވެ. އަދި ފޮތުގައި ‘C1’ ލިޔެލިއެވެ. ކަސްޓަމަރގެ ނަމްބަރ އޯޑަރ ސްލިޕްގައި ލިޔާ ގޮތެވެ.

‘ބާއްޖަވެރި ހެނދުނަކަށް އެދެން.އެސްޕްރެސޯޯޯ އަކާއި، ކެފޭ ލާޓޭއެއް ލިބިދާނެތަ؟’ އުމުރުން ދޮށީ މީހާ އައިނު ނަގަމުން ޒީންއާއި ދިމާއަށް ހީލިއެވެ.

އޯޑަރު ލިޔުނުއިރު ޒީންގެ އަތް ތުރުތުރު އަޅައެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އެ ޒުވާނާގެ އެ ހުރި ދަންނަ ސިފައިގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެ ޒުވާނާ ފެނި ޒީން ހާސްވެ ކަންބޮޑުވާއިރު، އެޒުވާނާއަށް ޒީން ހުރިކަން އިހްސާސްވެސް ނުވާކަހަލައެވެ.އޭނާ ހުރީ ފޯނުން ވާހަކަ ދައްކާާާާާާށެވެ.ޒީން އެ އަޑު ކަނުލާ އެހިއެވެ. ބަރު ފިރިހެން އަޑެކެވެ.

‘އިތުރު އެއްޗެއް؟’ ޒީން އެ ދެ މީހުންގެ މޫނަށް ބަލައިލިއެވެ.

‘ނޫން.’އެ ޒުވާނާއާއި އެކު އިން މީހާ ބޯ ހޫރާލިއެވެ.

ފަސް މިނެޓް ތެރޭގައި އެ މީހުންނަށް ކޮފީ ތައްޔާރުކޮށް ގެނަސްދިނެވެ. ޒީންއަށް އަނެއްކާވެސް އެ ޒުވާނާއާއި ދިމާލަށް ބަލައިލެވުނެެވެ. ފެނިފައި ހުރި މީހަކާއި ވައްތަރުވީމައެވެ.އޭނާގެ އައިނުު ނަގާނެ ވަގުތަކަށް ޒީން ދިޔައީ އިންތިޒާރު ކުރަމުންނެވެ. އެ ލޯ ބަލާލުމަށްޓަކައެވެ. އޭޭޭޭނާ ކުރިން ފެނިިިިިިިިފައިވާ ތަނެއް ހަނދާންވޭތޯއެވެ. އޭނާ ކޮފީ ޖޯޑުން އެތިކޮޅެއް ބޮއިލިއެވެ. އެސްޕްރެސޯ އަކީ އޭނާގެ ކޮފީ ޖޯޑެވެ.

ކަސްޓަމަރުން އަންނަން ފެށިއެވެ.އެންމެންގެ އޯޑަރުތައް ނަގައި ކޮފީ ތައްޔާރުކުރުމުގައި ޒީން އުޅުނެވެ. ޝޮޕްގެެެެ މެދުގައި ތިބި ދެ މީހުންނަަަަށް ޒީން އިރުކޮޅަކާއި ބަލާލައެވެ. އެ ދެ މީހުންނަށް ނުބަލައި، ޒީންގެ މަސައްކަތަށް ސަމާލުކަން ދެެެެެވޭތޯ ޒީން މަސައްކަތް ކުރިއެވެ.

އިރުކޮޅެއްފަހުން ދެ އަންހެން ކުދިން އެމޭޭޭޒު ކައިރިއަށް ދިޔައެވެ.އެ މީހުންނާއި ދިމާއަށް ބަލަމުން ހެމުންނެވެ. ޒުވާން ފިރިހެންް މީހާ އެ ދެ އަންހެނުންނަށް ބަލާލާފައި ބުނި އެއްޗަކުން އެ މީހުންގެ މޫނުގެ ކުލަ ބަދަލުވިއެވެ.އެމީހުން ދަށުކޮށްލުމުގެ ގޮތުން، އެ މީހުންނަށް ދެރަ ބަހެއް ބުނެލީކަން ޒީންއަށް ޔަގީންްްްްވިއެވެ.އެ މީހުން ވަގުތުން ޝޮޕްއިން ނިކުތީއެވެ. އޭނާ އަކީ ރުޅިގަދަ މީހެކެވެ.

އެ ޒުވާނާާ ބިލުގެ ވާހަކަވެސް އަހާނުލާ ދިޔައެވެ. ޒީން އެ މޭޒު ކައިރިއަށް ދިޔައިރު އެސްޕްރެސޯ ކޮފީ ޖޯޑު ދަށުގައި އެއްހާހުގެ ނޫޓެއް އޮތެވެ. ޒީން ހައިރާންވިއެވެ. ކޮފީ ޖޯޑެއްގެ ބަދަލު ބޮޑު ޓިޕްސްއަކުން ލިބުނީމައެވެ.

ޝިޔާމް އާއި ލިލީ އަށް އެ ދުވަހު މަސައްކަތަށް ނިކުމެވެން ނެތްކަމަށް އަންގާފައިވަތީ ކޮފީޝޮޕް ގައި އުޅެންޖެހުނީ ޒީން އާއި ނަބީލާ އެކަންޏެވެ. ނަބީލާ ކޭޝިއަރަކަށް ހުރެ ބާކީ މަސައްކަތްތައް ޒީން ކުރިއެވެ.
ގެއަށް ދިޔުމުގެ ކުރިން މޮޕުލައި ފާހަނަ ސާފުކުރީވެސް ޒީންއެވެ.
ޒީން ގެއަށްދާން ނިކުތެވެ. ގަޑިން އޭރު 8.30 ވެއްޖެއެވެ. ޒީންގެ އައިލާ އުޅޭ އެއް ކޮޓަރީގެ ކުޑަ އެޕާންމެންޓަށް ދިޔުމަށް އޭނާ ބަހަށް އެރިއެވެ. ބަހުގައި އިށީންދެ އޭނާ ބަސްސްޓޮޕް ކައިރިން ގަނެގެންގެނަ ބާރގާ ކާންފެށިއެވެ. ކައިނިމި ގެއަށް ދެވެންދެން ހަމަޖެހިލިއެވެ.

‘މަންމާ. މިއަދު ވަރަށް ބޮޑު ޓިޕްސް އެއް ލިބުން. މުއްސަނދި ދެ މީހަކު ކޮފީގެ ބަދަލުގަ 1000 ރުފިޔާ ދިން.’

‘ކީކޭ؟ އެންމެ ދެ ޖޯޑު ކޮފީ އަށް 1000؟ ތިއީ ބައިވަރު.’ ޒީންގެ މަންމަ ފަރީޝާ ޒީންއާާާއި ދިމާއަށް ލޯ ކުޑަކޮށްލައި ބަލާލިއެވެ.

‘އާނ މަންމާ. ނަބީލާ ކައިރީވެސް އަހަރެން ބުނީމޭ. އެކަމަކުވެސް އޭނާ އެ އެއްކޮށް އަހަރެންނަށް ދިނީ.’

‘އޭނަ ހާދަ ރަނގަޅޭ.’

“އޭނަ ވަރަށް ރަނގަޅު. އެކަހަލަ ވެރިއެއް ލިބުން އެއީ އަހަރެންގެ ނަސީބު.’ ޒީން އޭނާގެ ބޮލުގެ އަސްލު އިސްތަށިގަނޑު ފޮރުވަން އަޅާފައިވާ ‘ވިގް’ ނެގިއެވެ. އޭނާގެ އެ ރީތި ރަތް ކުލައިގެ އިސްތަށިގަނޑު އޮނަގަނޑުން ތިރިއަށް ހުރެއެވެ. ފުނައަކުން އޭނާގެ އިސްތަށިގަނޑު އޮމާންކޮށްލިއެވެ.

‘ހަނާ ކޮއްކޮ ކިހިނެއް؟” ޒީން އޭނާގެ އަވަށްޓެރިއެއްގެ ދަރިފުޅު ވާހަކަ އަހާލިއެވެ. ޒީންގެ މަންމަ އެ އަވަށްޓެރިޔާގެ ދަރިން ބަލަން އުޅޭތާ އަހަރެއް ވެދާނެއެވެ.

‘އަދިވެސް ވަރަށް ލޯބި. ކުރިއަށްވުރެ މިހާރު ހަށިގަނޑުވެސް ރީތިވެލާފި. މިހާރު ދެން ހިޔެއްނުވޭ އުރައި ގެންގުޅެ ހަދަން ފަސޭހަވާނެހެން.’

‘މަންމަ ދެން ތި މަސައްކަތް ކުރުން ހުއްޓާލަބަލަ. އަހަރެން ބޭނުމެއް ނުވޭ މަންމަ މަސައްކަތް ކުރަން. ސިއްހަތަށްވެސް ވިސްނަންވާނެ. އަހަރެން މިއުޅެނީ ވަޒީފާއެއްގަ. އަހަރެން އިތުރުގަޑީގަ މަސައްކަތް ކޮށގެންވެސް ރުފިޔާ ހޯދާނަން.’

‘ދަރިފުޅު މިހާރުވެސް ވަރަށް ބުރަކޮށް ތި މަސައްކަތް ކުރަނީ. މަންމަ އަށް މައާފު ކުރޭ. މަންމަ ނޭދެން ދަރިފުޅަށް އުނދަގުލަކށްވާކަށް.’

‘މަންމާ. ތިހެން ނުބުނޭ. އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ. އަހަރެން ބައްޕައަށް ވައުދުވިން މަންމަ އާއި ޒޫނާ ބަލަން.’ ފެންކަޅިވެފައިވާ ޒީން މަންމަގެ ގައިގައި ބައްދާލިއެވެ.

ޒީންގެ ބައްޕަ މަރުވީ މީގެ ދެ އަހަރު ކުރިން ފުއްޕާމެއަށް ޖެހުނު ކެންސަރުންނެވެ. އޭރު ޒީންއަށް އަށާރަ އަހަރެވެ. ބައްޕަ މަރުވުމުގެ އެއް އަހަރު ކުރިއަކީ ޒީން އާއި އޭނާގެ އާއިލާ އަށް ވަރަށް ދަތިވި ދުވަސްކޮޅެކެވެ. ބައްޕަގެ ފުރާނަސަލާމަތް ކުރުމަށް އެ އާއިލާއިން ބޮޑު ހަނގުރާމައެއް ކުރިއެވެ. އަތުގައި ރައްކާކޮށްފައި ހުރި ފައިސާ ކޮޅާއި ، އަމިއްލަ ގެވެސް ދޫކޮށްލީ އަގުބޮޑު ބޭސްފަރުވާ އަށެވެ. ޒީންގެ ބައްޕައަކީ ހެޔޮ މީހެކެވެ.

‘ކިހިނެއްވީ؟’ ޒޫނާ ކޮޓަރިން ނިކުތެވެ. އޭނާ ހުރީހާސްވެފައެވެ. ޒީންއާއި އޭނާގެ މަންމަ ބައްދާލާއިގެން ހުރީމައެވެ. ކަމެއް ގޯސްވީހެން އޭނާއަށް ހީވީއެވެ.

‘ކަމެއް ނުވޭ.މަންމަ ގައިގަ ބައްދާލާ ހިތްވީ. ބައްޕަ މަތިން ހަނދާންވީ .’ ފަނަރަ އަހަރުގެ ކޮއްކޮއަށް ބަލައި ޒީން ހީލިއެވެ. ޒީންގެ ނަރު އަޅުފައިވާ ދަތްތައް ދައްކާލަމުންނެވެ.

‘އެހެންތަ؟ އަހަރެން ހީކުރީ ކަމެއް ގޯސްވި ކަމަށް … އެބައޮތް ހަބަރެއް.’

‘ކޮން ހަބަރެއް؟’

‘އަހަރެން އިރުކޮޅެއް ކުރިން ޖައިޝަމް އާއި ޗެޓް ކުރިން.’

‘ޖައިޝަމް؟’

‘އާނ. ތި ދޮންތިގެ ހަމައެކަނި ލޯބިވެރިޔާ.’

‘ކީކޭ؟’

‘އޭނަ ބުނީ ދޮންތިގެ ފޭސްބުކް އައިޑީ ދޭށޭ. އަހަރެން ބުނީ ދޮންތި މިހާރު ބޭނުމެއް ނުކުރެޔޭ ފޭސްބުކްއެއް. ދެން ބުނީ ފޯނު ނަމްބާރ ދޭށޭ.’

‘ދެން ދިނިންތަ؟’

‘ނޫން. ދޮންތި ބުނެފައެއްނު އޮނަނަނީ އެކަކަށްވެސް ނުދެން.’

‘ރަނގަޅު’

‘އެކަމަކު އޭނަ އޭނަގެ ނަމްބާރ ދިން. ބުނީ ދޮންތި ކައިރީ ބުނާށޭ ގުޅާށޭ. އިންތިޒާރު ކުރާނަމޭ.’

ޒީން އާއި ޖައިޝަމް ބައްދަލުނުވާތާ ދެ އަހަރު ވެދާނެއެވެ. ޒީން އެއްވެސް ވަރަކަށް އޭނާއާއި ވާހަކަ ނުދައްކައެވެ.

‘ނޫން. އަހަރެން މިއީ އޭނަ ދަންނަ އަންހެންކުއްޖާއެއް ނޫން. މުޅިން ތަފާތު.މުޅިން ތަފާތު.ކުރީގެ ޒީން މަރުވެއްޖެ.’ޒީން އަމިއްލަ ނަފްސަށް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhontha

Level 1

Other Articles

Previous

އިމްތިހާން

Next

އިންތިހާ އައް ލޯބިވޭ

Next
April 3, 2020

އިންތިހާ އައް ލޯބިވޭ

Previews
April 3, 2020

އިމްތިހާން

4 Comments!

  1. Yanaa says:
    April 3, 2020 at 2:44 am

    Dhonthii ge new story ah first comment kuree Yanaa dhw??Yeyy..Btw mi part ves varah varah reethi ingey dhonthii maa sha Allah.❤❤❤❤❤❤❤❤❤❤
    waiting waiting for the next part??????❤❤❤❤❤❤❤

    1. Anonymous says:
      April 4, 2020 at 7:37 pm

      Thank you Yanaa. ❤

  2. Anonymous says:
    April 4, 2020 at 12:17 am

    Mi story v reethi.. When is the next prt..

    1. Anonymous says:
      April 4, 2020 at 7:39 pm

      Thank you ❤ I’ll upload the 2nd part on friday

Comments are closed.

Next Episodeޒީން←


All Right Reserved!