ޒީން ހަވަނަ ބައި އާހިލް ރަނގަޅަށް ޒީން އަށް ބަލައިލިއެވެ. އެއްވެސް މޭކަޕަކާއި ނުލާވެސް ވަރަށް ރީތި މޫނެކެވެ. މުށި ކުލައިގެ ރީތި ދެ ލޮލެވެ. އެ ރީތި ފިޔާތޮށި ތުންފަތަށް އާހިލްއަށް ބަލައިލެެެެެވުނެވެ. އާހިލްއަށް ކުއްލިއަކަށް ފަހަތަށް ޖެހި ލެވުނެވެ. އާހިލް އަށް އެއީ ދަންނަ ކުއްޖެއްހެން ހީވިއެވެ. އެ ލޯ، އެ ތުންފަތް ، އެ މޫނު، މީގެ ކުރިންވެސް އާހިލްއަށް ފެނިފައިވާކަހަލަ އިހްސާސްއެއް ކުރެވުނެވެ. ‘ނޫން މިއީ އެ އަންހެންކުއްޖާއެއް ނޫން.ބަލާބެލުމަށް ދެ […]
ޒީން ފަސްވަނަ ބައި ކީކޭ؟ ނިޔާވީ އޭ؟’ ‘އާނ. އޭނާ ކާން ގެންގުޅޭ ބޭހަކުން ރޭގަ އޯވަޑޯޒްވީ.’ ޒީން މަސައްކަތަށް ދިޔުމަށް ގެއިން ނިކުންނަނިކޮށް ނިހާމް ގުޅިއެވެ. ޒީން ފިނިވިއެވެ. ހިތް ބާރަށް ތެޅެން ފެށިއެވެ. ‘ނޫން. ގަބޫލެއް ނުކުރެވޭ. އިއްޔަވެސް އޭނާ ރަނގަޅު. ޔަގީންތަ ހަމަ؟’ ނަބީލާ ނިޔާވިކަން ގަބޫލުކުރަން ޒީންއަށް އުނދަގޫވިއެވެ. ‘އާނ. އޭނަގެ ދަރިފުޅު،ރިޔާޒް ގުޅާފަ ބުނީ އެ ވާހަކަ.އެހެންވެ ދެ ހަފްތާއަށް ކޮފީ ޝޮޕް ބަންދުކުރަނީއޭ .’ ރިޔާޒް އަކީ ނަބީލާގެ […]
ޒީން ހަތަރުވަނަ ބައި ‘އޭ، ޒީން. ރޯމިއޯ އެނބުރި އައިއްސި. ތީނަ ލައްވާ ކޮފީ ތައްޔާރު ކުރާށޯ.’ ލިލީ އަޑު ގަދަ ކޮށްލިއެވެ. ސިއްސައިގެން ގޮސް ޒީން ގެ އަތުން ކިރު ފުޅި ވެއްޓުނެވެ. ‘ކޮން ރޯމިއޯ އެއް؟’ ‘މޮޑެލް އެއްގޮތަށް އެ ހުންނަ ފިރިހެން ކުއްޖާ.’ ‘ކޮން މޮޑެލްއެއް؟’ ސުވާލު އެއްކޮށް ނުނިމެނީސް ލިލީ ހިނގައްޖެއެވެ. ނަބީލާ އަށް ޕޭން ކޭކު ހެދުމަށް އެހީވެެދޭން ޒީން ހުރީ ބަދިދޭގައެވެ. ޒީން ބަދިގެއިން ބޭރަށްނުކުތެވެ. ހުރިހާ ކަސްޓަމަރެއްގެ […]
ޒީން ތިންވަނަބައި ‘މަޑުކޮށްބަލަ. އަޅެ، މަޑުކޮށްބަލަ.’ ޒީން ހަޅޭލަވަމުން ދުވަމުން ބަސް ސްޓޮޕްއާއި ދިމާޔަށް ދިޔައެވެ. ބަސް ދުއްވަންއިން ޑްރައިވަރަށް އަޑު ނީވުނީއެވެ. ބަހުގެ ދޮރު ލައްޕާލިއެވެ. ‘ނޫން.’ ނޭވާ އަވަސްވެފައިވާ ޒީން ހަޅޭލަވައިގަތެވެ. ބަސް ސްޓޮޕްއާއި ވަރަށް ކައިރިވެފައި ހުއްޓާ ބަސް ނައްޓާލައިފިއެވެ. ދެން އަންނަ ބަހަކަށް އަރަން އިތުރު ދިހަ މިނެޓް ނުވަތަ ފަނަރަ މިނެޓް މަޑުކުރަން ޖެހުނީއެވެ. ޒީން އަށް މިއަދު މަސައްކަތަށް ދެވޭނީ ގަޑި ޖެހިގެންނެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް […]
ދެވަނަ ބައި ‘މިއީ ލާރާ..’ ކަޅު ކުލައިގެ މިނީ ސްކާރޓަކާއި އަޅި ކުލައިގެ ކުރު ގަމީހެއް ލައިގެން ހުރި އަންހެންކުއްޖާ އެއް ލޯ މަރާލަމުން ހީލިއެވެ. ‘އަހަރެންނަކީ ސުހާ’ ދެން ހުރި އަންހެނކުއްޖާގެ ހުދު ދަތްތައް ފެންނަވަރަށް ހީލިއެވެ. ‘ހޫނ..؟’ އާހިލް ގެ ކައިރީގައި އިން ނިޒާރު އެ ދެކުދިން ބޭނުންވެގެން އުޅޭ ކަންތައް އޮޅުންފިލުވާލުމުގެ ގޮތުން ނިތް އަރުވާލިއެވެ. ‘…އެންމެ ރަނގަޅުތަ އަހަރެމެން މިތާ އިށީންދެލިޔަސް؟’ އެތަނުގައި ހުސް މޭޒެއް ހުރިތޯ ނިޒާރު ބަލާލިއެވެ. އަދި […]
ފުރަތަމަ ބައި ޒީން ކިހިނެއްތަ؟ ރޭ ރަނގަޅަށް ނިދާލެވުނުތަަ؟’ ޒީން ހިނިތުންވެ ހުރެ، 65 އަހަރުގެ ހުވަފަތްވެފައިވާ ނަބީލާ އާއި ސުވާލު ކޮށްލިއެވެ.ނަބީލާ އަކީ އާންމު ކޮށްވެސް ބޮލުގައި ރިއްސަަައި ، ރޭގަނޑަށް ނިދަން އުނދަގޫވާ މީހެއް ކަމުން ، ޒީން އަށް އޭނާއާއިިމެދު ފިކުރު ކޮށްލެވުނީއެވެ. ނަބީލާ އަކީ ހުޅުމާލޭގައި ކުޑަ ކޮފީ ޝޮޕް އެއް ހިންގާ ފަރާތެކެވެ. އެތަނަކީީ ޒީން އޭނާގެ އާއިލާގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި މަސައްކަތް ކުރާތަނެވެ. ކޮންމެ ހަފްތާއެއްގެ ހޯމަ […]