ވާށޭ މަށާ އެކީ-8
ހަވީރުގެ ވަގުތެވެ. އެހެން ދުވަސްތަކޭ ވެސް އެއްފަދައިން މަރުކަޒުގެ ހުސްބިމުގައި ތަފާތު ކުޅިވަރުތައް ކުޅެވެމުން ދިޔައެވެ. ކައިލް އިނީ އެހެންޏާވެސް އޭނާ އާންމުކޮށް އިށީނދެ އިންނަ ބެންޗުގައެވެ.
ކުރިމައްޗަށް ބަލަހައްޓައިގެން އިން ކައިލްގެ ނަޒަރު ބަދަލުވީ މީހަކު އޭނާ ކައިރީ ބެންޗުގައި އިށީނުމުންނެވެ. އޭރު ރައިހާ އޭނާ އަބަދުވެސް ހަދިޔާ ކުރާ ރީތި ހިނިތުން ވުމާއެކު ބެންޗުގައި އިށީންނަނީއެވެ. ރައިހާގެ އުނގުގައި ބާއްވާލާފައި އޮތް ސްކެޗް ގަނޑު ކައިލް އާ ދިމާއަށް ދިއްކޮށްލިއެވެ.
” ކައިލް ކުރަހާ ހިތްވާ ވާހަކަ ބުނީމަ މިއައީ ކުރަހާ ގަނޑެއްވެސް ހިފައިގެން. މީގަ ބޭނުން އެއްޗެއް ކުރަހަންވީ ހަމަ” މިއޮތީ ފަންސޫރު. އަދި ފޮހޭ ރަބަރެއް ވެސް ގެނައިން. ކުރަހަން ކިތަންމެ މޮޅަސް އެހާ ގިނަދުވަަސް ކޮށްފަ ކުރުހަން ފެށީމަ ފަހަރެއްގަ ބޭނުން ޖެހިދާނެ. ރައިހާގެ އަޑުގައި ވަނީ ސަމާސާ ވެރިގޮތެވެ.
އެހުރިހާ އިރުވެސް ކައިލް އިނީ ފެންނަމުންދާ މަންޒަރު ޤަބޫލު ކުރަން ދަތިވެ ގަނޑުގަައިވެސް ހިފަން ނޭނގިފައެވެ. ކޮޓަރިން ނިކުންނަމުން އޭނާ ބޭނުންކަމެއް ކުރުމަށް އެހީވެދޭނެ ކަމަށް ރައިހާ ބުނިނަމަވެސް ހަޤީޤަތުގައި އެކަން ކޮށްދޭނެ ކަމަކަށް އޭނާ ހިޔެއްނުކުރެއެވެ. އެއްވެސް މީހަކަށް އިތުބާރު ކުރުމަކީ ކައިލްްއަށް ފަސޭހަ ކަމެއް ނޫނެވެ. ހަޔާތުގައި ދިމާވެފައިވާ ގިނަ މީހުންނަކީ ބުނާ ބަހާ ކުރާކަންތައް ދިމާވެފައިވާ ބަޔަކަށް ނުވުމުންނެވެ.
“ކުރިމަތިން ފެންނަ މަންޒަރު ކުރުހަން ވީނު.” ގަނޑުގައި ނުހިފަ ކައިލް އިނުމުން ރައިހާ ބުންޏެވެ.
“އަހަރެން މީހުންނެއް ނުކުރަހަން.” ހުސް ބިމުގައި ކުޅެން ތިބި މީހުންނަށް ބަލަން އިނދެ ކައިލް ބުންޏެވެ.
“އެއީ ކިހިނެއްވީ ވަކި މީހުން ނުކުރުހަނީ؟” ބެންޗުން ތެދުވެލަމުން ރައިހާ ސުވާލިކުރި އިރު އެއަޑުގައ ވަނީ ޝައުޤު ވެރިކަމެވެ. ކަން ކަން ހޯދާ ދެނެގަތުމަކީ އޭނާގެ ގައިގާ ހިފާފައި ހުންނަ ސިފައެވެ.
ކައިލްގެ ފަރާތުން ޖަވާބެއްނުލިބި ގިނައިރުވުމުން ރައިހާ ބަލާލިއެވެ. އޭރުވެސް ކުރި މައްޗަށް ނަޒަރު ހުއްޓާލައިގެން އެއިންގޮތަށް ކައިލް އިނެވެ. ރައިހާ ކުރި ސުވާލަށް ޖަވާބުދޭން އެއްވެސް ޝައުޤުވެރިކަމެއް ނެތްކަން ފެނެއެވެ.
ތުން އޫކޮށްލުމަށްފަހު ރައިހާވެސް އަނެއްކާ ބެންޗުގައި އިށީނެވެ. އޭނާ ވިސްނަމުން ދިޔައީ ދެން ކަންތައް ކުރާނެ ގޮތެކެވެ.
” އެބައޮތް އައިޑިއާ އެއް” އިށީނދެގެން އިންތާ މިނެޓެއް ނުވެ ކުއްލިޖަހާފައި ބެންޗުން ރައިހާ ތެދުވިއެވެ. އޭނާގެ އެ އަމަލުން ކައިލްވެސް ދިޔައީ ސިއްސައިގެންނެވެ. ދެލޯ އަޅާލަމުން ރައިހާ އަށް ބަލައިލީ ނުރައްކާތެރި ނަޒަރަކުންނެވެ.
“ސޮރީ” ވީގޮތް ނަގައިގަނެވުމުން ރައިހާ މަޢާފަށް އެދުނެވެ. “ހިނގާ އަހަންނާ އެކީ ބީޗަށް ދާން” ދެން ރައިހާ ބުނި ވާހަކައިން ކައިލް އަށް ލިބުނީ ޝޮކެކެވެ. ޤަބޫލު ނުކުރެވިފައި އިނދެ ރައިހާގެ މޫނަށް ބަލައިލެވުނެވެ.
*******
ރައިހާ އާއި އެކު މަރުކަޒުގެ ގޭޓާއި ހަމައަށް އައި ކައިލްގެ ފިޔަވަޅުތައް މަޑުޖެހުނެެވެ. ކުރިމަތިން ފެންނަން ހުރި ގެތަކަށް ނަޒަރު ހުއްޓާލައިގެން ހުރެވުނެެވެ. މިއީ މަރުކަޒަށް އައިފަހުން އޭނާ ބޭރަށް ނުކުންނަ ފުރަތަމަފަހަރެވެ. އެހެންކަމުން އޭނާގެ ހިތުގައި ނުތަނަވަސް ކަން އުފެދިފައިވެއެވެ.
ބޭރަށް ނުކުތުމެގެ ކުރިން އަދިވެސް އެއްފަހަރު އޭނާ ރައިހާ އަށް ބަލައިލިއެވެ. އޭރު ރައިހާ ހުރީ ގޭޓުން ބޭރުގައި ހުއްޓިލައިގެންނެވެ. ދެން ފެނުނީ ރައިހާ ބޯ ޖަހާލިތަނެވެ. ހީވަނީ އެތަނަށް އައުމަށް ކައިލް އަށް ހިތްވަރުދޭހެންނެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް ކައިލް ގޭޓުން ނިކުތެވެ.
މަޑު މަޑު މިއުޒިކެއް ފަދައިން އިވެމުން ދިޔަ ރާޅުގެެ އަޑާއި އެކުވެގެން ހޭޅިފަށުގައި ހުރި ގަސްތަކުގެ މަޑު ނާނާގެ އަޑު އިވި އިވި ހުއްޓެވެ. މަރުކަޒުގެ ކައިރީގައި އޮންނަ އަތިރިއަކީ މާކަ ގިނަބަޔަކު އައިސް ހަދާ ދިމާއެއް ނޫންކަމުން ތަނަށް ވެރިވެފައި ވަނީ ފަޅުކަމެވެ. ދުނިޔޭގެ ކޯޅުންތަކާއި ހިތާމަތަކުން އެކަހެރި ވެލަން ހިތްްގައިމު މާހަޢުލެކެވެ.
އަރައިގެން ހުރި ހީލްސް އަތަށް ނަގާލަމުން ރައިހާ ހިނގަމުން އައީ ކައިލް އަށް ވުރެ ތަންކޮޅެއް ކުރީގައި ހުރެގެންނެވެ. އެހިސާބަށް އާދެވެންދެންވެސް ކައިލްގެ ފަރާތުން ފެނުނީ ހަމަހިމޭންކަމެވެ .
“މިތަން ރަނގަޅުވާނެ ކަންނޭނގެ އިށީންނަން” ވަކި ހިސާބަކަށް ދެވުނުތަނާ ވެއްޓިފައި އޮތް ގަސްގަނޑެއް ފެނުމުން ރައިހާ ބުންޏެވެ.
އެތާ އިށީންނަމުން ކައިލްގެ އަތަށް ފަންސޫރާއި ކުރަހާ ގަނޑު ލައިދިނެވެ. އަދި ކޮންމެވެސް ވަރެއްގެ ދުރުމިނެއް ބަހައްޓަމުން ކައިރީގައި އިށީނދެލިއެވެ. ބަހެއް ބުނުމެއް ނެތި ކައިލް ކުރަހާތަން ބަލަން ރައިހާ އަށް އިނދެވުނީ އެމޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.
ގަނޑުގައި ކުރަހަމުން ދިޔައިރު ކައިލް ލޯހަނިކޮށްލާ ގޮތާއި އެ ކަޅުކަންގަދަ ބޮމަ ގޮށްޖަހާލާގޮތަށް ބަލަހައްޓައިގެން ފޫހިކަމެއް ނެތި ރައިހާ އަށް އިނދެވުނެވެ. ކައިލްގެ މަސައްކަތައް ކުޑަވެސް ބުރޫއެއް އަރާފާނެތީ އެއްވެސް ވާހަކައެއް ދައްކާކަށް ރައިހާ ގަސްތެއް ނުކުރިއެވެ. ހަވީރުގެ ބޮޑުބައެއް ދިޔައީ އެފަދަ ގޮތަކަށެވެ.
“ހިނގާ ދެން މިއަދަަށް ނިންމާލަން” އިރުއޮށްސެން އުޅޭ ކަމުގެ ދަޅަތައް އުދަރެހުން ފެންނަން ފެށުމުން ރައިހާ ބުންޏެވެ. ބޯޖަހާލަމުން ކައިލްވެސް ތެދުވިއެވެ.
” އަހަންނަކަށް ކުރެހުމެއް ދައްކައެއް ނުލާނަންތަ؟” ކުރެހުން ނުފެންނާނެހެން ގައިގާ ޖައްސާލައިގެން ކައިލް ހުރުމުން ރައިހާ އެއްސެވެ. ކުޑަ ފަސްޖެހުމަކާއެކުވެސް އެންމެ ފަހުން ރައިހާ އަށް އެކުރެހުން ކައިލް ދައްކާލިއެވެ.
ފަންސޫރުގެ ކުލަ ވަރަށް މަޑުކޮށް ކުރަހާފައިވާ އެކުރެހުމުގައި ފެންނަންހުރީ މޫދާއި ގަސްތަކެވެ. ކުރިމަތީގައި ފެންނަން ހުރި މަންޒަރާ އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް ކުރެހުން ނުނިމޭކަން ބަލިއިލުމުން އިނގެން ހުއްޓެވެ.
“މާޝާﷲ” ފުޅާ ހިނިތުންވުމަކަައެކު ކައިލް އަށް ރައިހާ ތަޢުރީފު ކޮަށްލިއެވެ. ހަޤީޤަތުގައި ވެސް އެހާ ރީއްޗަށް ކައިލް އަށް ކުރަހަން އިނގޭ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ.
ހުދު ދޮންވެލިގަނޑުގައި ހިނގަމުން ދިޔައިރު ދެފަސްބެދޭ ހިސާބުގައި ދޫލައެއްހެން ވެޔޮގަނޑެއް މާދުރަށްދާންދެން ފެތުރިފައި އޮތެވެ. ފަތަށްވުރެ ވެޔޮގަނޑުގައި އަޅާފައިވާ ގަދަ ފިޔާތޮށި ކުލައިގެ މާތައް ގިނަ ކަމަށް ދައްކައެވެ. އެތަން ފެނުމާއެކު ރައިހާއަށް މަޑަކުން ނުހުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް ދެތިން މާ ބިނދެލުމަށްފަހު ނޭފަތުގައި ޖައްސާލިއެވެ. ނަމަވެސް މަލުން އެއްވެސް ކަހަލަ ވަހެއް ނުދުވުމުން އަނގައަށް ގޮތެއް ހަދާލިއެވެ.
އެހުރިހާ ކަމެއް ބަލަން ހުރި ކައިލް ދެފަރާތަށް ބޯހޫރުވާލިއެވެ. ރައިހާ އެކޭ ކުޑަކުއްޖެކޭ ތަފާތެއްނެތޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
މާތަށް އަނބުރަމުން އަނބުރަމުން ހިނގަމުން ދިޔަ ރައިހާ ކުއްލިއަކަށް ހަނދާންވީ އޭނާއަށް ފުރަތަމަ ކައިލް ފެނުނު ދުވަހެވެ. އެރޭ ކޮޓަރީގެ ފާރުގައި ބޯތަޅަމުން ދިޔަ ގޮތް ހަނދާނަށް އައެވެ.
“ކައިލް އަށް އިނގޭތަ މިއީ ކިހާ މުހިއްމު ތަނެއްކަން؟” ބޮލުގެ ފުއްކިބައިގާ އަތް ޖައްސާލަމުން ރައިހާ ސުވާލުކުރިއެވެ.
ކައިލް ރައިހާ އަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ތި ދައްކާ ވާހަކައެއް ނުވިސްނެޔޭ ބުނާ ފަދައަކުންނެވެ.
“މިތާ ތެރޭގަ އޮންނަނީ އަހަރެމެންގެ ސިކުނޑި. ސިކުނޑިއާ ނުލާ އަހަރެމެންނަށް އެއްވެސް ކަމެއްނުކުރެވޭނެ. އެންމެކުޑަމިނުން އަހަރެމެންގެ ހިތްވެސް މަސައްކަތް ކުރަނީ ހަމަ ސިކުނޑީގެ ސަބަބުން. އެހެންވީމަ ބޮލަށް ގެއްލުންވާ އެއްވެސް ކަމެއް އަމިއްލައަށް ކުރާކަށް ނުވާނެ.” ރައިހާގެ ފަހަތުން އަންނަމުން ދިޔަ ކައިލް އަށް އަޑު އިވޭވަރަށް އޭނާ ވާހަކަތައް ދައްކަމުން ދިޔައެވެެ.
“ބައެއް މީހުން ބުނެއެންނު ދޯ ހިތުގެ ސަބަބުންނޭ ލޯބިވަނީ. އެއީ އަސްުލު ހުސް ދޮގު. އަހަރެމެންގެ ހުރިހާ އިޙްސާސްތަކާއި ހަނދާންތަކެއްވެސް ރައްކާ ކުރެވިފައިވަނީ ހަމަ ސިކުނޑީގަ.” ރަައިހާގެ ވާހަކަތައް ހުއްޓުމަކަށް ނައިސް ކުރިއަށް ދަމުން ދިޔައެވެ.
ނަމަވެސް ކައިލްގެ ފިޔަވަޅުތަކުގެ އަޑު ނީވުމުން ފަހަތް އެނބުރި ރައިހާ ބަލައިލިއެވެ. އޭރު އެހުރި ފިޔަވަޅުމަތީ އެހުރިގޮތަށް ކައިލް ހުއްޓެވެ. “ކިހިނެއްވީ؟ އަހަރެން ދެއްކި ވާހަކައާއި އެއްބަސް ނުވެވެނީތަ؟” ރައިހާ އެއްސެވެ.
” ލޯބިވަނީ ސިކުނޑިން ކަމަށްވަންޏާ ދެން ކީވެ މިތަނަށް ތަދުވަނީ؟” ހިތުގައި އަތް އަޅައިގެން ހުރެ ކަައިލް ބުންޏެވެ. ރައިހާ އަށް ބަސްހުއްޓިފައިހުރެ ކައިލް އާ ދިމާއަށް އެނބުރެވުނެވެ. އެސުވާލަށް ދޭނެ ޖަވާބެއް ޚުދު ރައިހާ އަކަށްވެސް ނުވިސްނުނެވެ. އޭރު ކައިލްގެ ދެލޮލުގައި ވީ ހިތްދަތިކަމާއި ޝަކުވާ ރައިހާ އަށް ސިއްރެއް ނުވިއެވެ.
ކައިލް އަށް ބަލަހައްޓައިގެން ހުރި ރައިހާގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. މިވަނީ ކިހިނެއްހެޔެވެ. ނޭވާ އަވަސްވެ މުޅި މީހާގައިން ހީބިހިނަގައިފިއެވެ. ހޭޅިފަށުން ޖެހެމުން ދިޔަ ވައިންވެސް އެހަށިގަނޑުގައި އުފެދެމުން ދިޔަ ހައިޖާނަކަށް ލުއިކަމެއް ނުލިބުނެވެ.
ކައިލް އޭނާގެ ކޮޓަރިއަށް ލުމަށްފަހު ރައިހާގެ ހިނގައިގަތީ އޭނާ އުޅޭ ހޮޓެލް އަށެވެ. ކޮޓަރިއަށް ވަދެވުމާއެކު ދޮރަށްލެނގިލަމުން މުށިތަންމަތީ ރައިހާ އިށީނެވެ . ކޯތާފަތް ތެމޭހެން ހީވުމުން އަތް ޖައްސާލިއިރު ލޮލުން ކަރުނަ ރޮނގަކަށް ނީރާލައިފިއެވެ. އަތުގައ ހޭކިފައި ހުރި ކަރުނަ ފެނުމުން ފާޑަކަށް ރައިހާ ބިރުގަނެއްޖެއެވެ. އަތް މުއްކަވާލުމަށްފަހު ގެނެސް މޭގައި ޖައްސާލީ ހިތުގެ ވިންދު ހައްތަހާ އަވަސް ވާހެން ހީވުމުންނެވެ. މީހާ ހަމައަކަށް އަޅުވާލުމަށް ރައިހާ އަވަސްވެގަތީ ފެންވަރާލާށެެވެ.
ފެންވަރައިގެން ނަމާދުކުރުމަށްފަހު ރައިހާ ފާތުމް އަށް ރޭގަނޑުގެ އޮފަކަށް އެދި މެސެޖު ކޮށްލިއެވެ. މިރޭ އިތުރު މަސައްކަތެއް ކުރާކަށް އޭނާގެ ނަފްސު ތަނެއް ނުދެއެވެ. ފާތުމްގެ ރުހުން ލިބުމުން ރައިހާ އެނދުގައި އޮށޯވެލިއެވެ.
އޭނާގެ މުޅި ސިކުނޑި ހިސޯރު ކޮށްފައިވަނީ ކައިލްގެ ވިސްނުންތަކުންނެވެ. މިހުރިހާ ދުވަހު އޭނާގެ ހިތުގައި ކައިލްގެ މައަޗަށް ވަނީ ހަމްދަރުދީކަމުގައި އޭނާ ޔަޤީންކުރިއެވެ. ނަމަވެސް މިހާރު އެހިތުގައި ތަފާތު ވިންދެން ޖަހަމުން ދާކަން ރައިހާ އަށް އިޙުސާސް ވެއެެެެެެެެެެެެެެެެެވެ. އެފަދަ ހުރިހާ ވިސްނުން ތަކަކާއި ދުރަށް ދާން އުޅުމުންވެސް އޭނާގެ ބަސްނާހާ ހިތް އެކަމަކަށް ތަނެއް ނުދިނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.







Gud morning readers. So the 8th part of the story is out too. This part is mostly about Raiha falling in love with kail. Hope u guys will like it. N feel free to tell me ur views. Have a safe day?❤
Very nice ?? when next
Just saw ur comment Aish. Happy to knw that u liked this part. Im working on the next part. In sha Allah will submit tomorrow. Hope u’ll wait. Thank u?❤
whn next
In sha Allah i will try to submit the next part by tomorrow. Thank u tweety?❤
maasha allah this part is soooo noicee…..
Thank u princess. So happy that u liked this part?❤
Mi story varah varah reethi plus varah interesting. Ma Sha Allah ❤❤❤❤❤❤❤❤❤ I really like this type of stories. Nd mi part vx hama awesome ???✨✨✨ nd Raiha nd Kail ge character ah varah like vey. Overall, hama varah reethi mi story mi dhaa goiyy. Keep it up ????? Tomorrow ga avahah up kollahche, can’t wait to read the next part
Thank you dear.. So happy to see ur comment. V ufaavejje story ehaa kamudhiyaeema. In sha Allah v avahah up kohla dheveythow balaanan. Hope u’ll wait. Once again thank u?❤
kn iraku up vaany
I have submitted the part tweety. But it’s not yet published. hopefully the admin will check it and soon and will be out. ?