Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 4

darkangel Level 210 Stories
February 5, 2015 4 Mins Read
8 Comments

އިންތިޒާރު 4

ދޮރުންވަދެގެން އައި ޒުވާނާފެނުމުން އެންމެންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ނަމަވެސް އެއާއި ހިލާފާށް ޒާޔާއަށް އިސްޖަހާލެވުނެވެ. ދެއަތް ޖޯޑުކޮށްލެވުނީ އަތުގައި މަޑު ތުރުތުރުލުމެއް އެކުލެވިގެން ދިއުމުންނެވެ. އޭނާ ފިނިވާންފެށިއެވެ. އެދޮން ކޯތާފަތަށް މަޑު ރަތްކުލައެއް ވެރިވެގެން ދިޔައެވެ.

ޝާން ކުރިއަށް ޖެހިލާފައި އެޒުވާނާގައިގައި ކުޑަކޮށް ބައްދާލިއެވެ. އަދި ކޮނޑުގައި މަޑުމަޑުން ދެފަހަރަކު ޖަހާލިއެވެ.

” މަމް” ޝާން އާއި ދުރަށް ޖެހިލުމަށްފަހު އެތެރެއަށް ހިނގައިގަންނަމުން އެޒުވާނާ ބުނެލިއެވެ.

“ރާއިން، ދަރިފުޅު ބުނެވެސް ނުލާ” ސަލްމާ ރާއިންގެ ގާތަށް ޖެހިލާފައި އުފާވެފައި ހުރެ ބުންޏެވެ. ރާއިން އަކީ ސަލްމާއާއި ޔާސިރުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ރާއްޖެއިން ބޭރުގައި ކިޔަވަންހުރެފައި ރާއްޖެ އެއައީ ހަތަރު އަހަރު ފަހުންނެވެ. ކުއްލިއަކަށް ރާއްޖެ އަންނަން ބޭނުންނުވި ސަބަބެއް ސަލްމާއަކަށް ނުވިސްނުނެވެ. ކޮންމެފަހަރަކުވެސް ރާއިން މާލެ ނައުމުން ރާއިން ގާތަށް ދާންޖެހެނީ އެމީހުންނަށެވެ.

ރާއިން ސަލްމާގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ހިނިތުންވެލިއެވެ. މަމްއަށް ސަޕްރައިޒްއެއް ދޭހިތްވީ، އާފްޓަރ ލޯންގް ޓައިމް.” ހެވިފައި ހުރެ ރާއިން ވާހަކަ ދައްކަމުން ދިޔައެވެ. ސަލްމާ ރާއިންގެ މޫނުގައި ދެއަތުން ހިފައި އެތަނަވަސް ނިތްކުރީގައި ބޮސްދިނެވެ. އޭނާގެ ލޮލުން ކަރުނަ ނިރާލީ އެހިތަށް ވެރިވި އުފަލަކުންނެވެ.

“ޑޭޑް، މަމް ގާތުބުނޭ ރޮންޔާ ޖެހޭނީ އަނބުރާ ދާންށޭ” ރާއިން ގާތުގައި ހުރި ޔާސިރުއަށް ބަލާލަމުން ބުނެލިއެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ. އަބްދުﷲ ކުރިއަށް ޖެހިލާފައި ރާއިންގެ ގައިގައި ބައްދާލިއެވެ. ފަހުރުވެރިކަމާއި އެކުއެވެ. އޭނާގެ ކާފަ ދަރިންތަކުގެ ތެރެއިން އެންމެ ލޯބިވާ ދަރިއަކީ އެއީއެވެ. އެހެންމީހުންގެ ބަހުންނަމަ ކާފަގެ ރަންދަރިފުޅެވެ. އެންމެން ރާއިންއަށް މަރުހަބާ ކިޔިއެވެ.

“ވެލް، އައި ހޭވް ވަން މޯރ ސަޕްރައިޒް، އެކަމް ރޮންޏާ ނުވެސް ދެއްކޭނެ” ރާއިން އެހެންބުނުމުން ސަލްމާ ރާއިންގެ އަތުގައި މަޑުން ޖަހާލިއެވެ. ހެވިފައި ހުރެ އޯކޭއޭ ކިޔަމުން ރާއިން ހިނގައިގަތީ ގޭގެ ދޮރާއި ދިމާއަށެވެ.

“ސަޕްރައިޒްއޭ ކިޔާފަ ދަނީ ބޭރަށްތަ؟” ޝާން އެންމެފަހުން އަހާލިއެވެ. ނަމަވެސް ރާއިން ފަހަތަށް އެނބުރިލާފައި މަޑުކުރުމަށް ބުނީ ހެވިލާފައެވެ.  ރާއިން ދޮރުހުޅުވާލާފައި ބޭރަށް ނުކުތެވެ.

“ކަމް”

އާރ ޔޫ ޝުއަރ” އިވުނީ ރީތި އޮމާން އަޑެކެވެ.

“ދޭވިލް ލަވް ޔޫ، ނައު ސްމައިލް އެން ކަމް އިންސައިޑް” ރާއިން މަޑުމަޑުން ބުނެލިއެވެ. ރާއިންގެ އަތުގައި ހިފާލައިގެން އެތެރެއަށް ވަދެގެން އައި ޔާނާ ހުރީ އިސްޖަހާލައިގެންނެވެ. ޒާޔާގެ މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ވަށައިގެންވާ މާހައުލުގެ އަޑުވެސް ކަނޑައިގެންދިޔަކަހަލައެވެ. އޭނާގެ ހިތްވެސް ހީވީ ހުއްޓުނުހެނެވެ. އޭނާއަށް ބެލެނީ ރާއިންއާއި ޔާނާގެ ގުޅާލެވިފައިވާ އަތަށެވެ. ފެންނަމުން ދިޔަ މަނޒަރު ދިޔައީ ފުސްވަމުންނެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ލޮލުގައިވި ކަރުނަތައް ހިންދާލުމަށެވެ. އިސްޖެހައިފައިހުރެވުނީ ދެވަނަފަހަރަށް އިސްއުފުލާލާނެ ހިތްވަރެއް ނެތިފައެވެ.

“މިއީ އަހަރެންގެ މަންމަ، މަމް މިއީ ޔާނާ” ރާއިން ސަލްމާއަށް ޔާނާ ތައާރަފް ކޮށްދިނެވެ. ޔާނާ ސަލްމާއާ ސަލާމްކުރުމަށް އަތްދިކޮށްލިއެވެ. ސަލްމާ އޭނައަށް މަރުހަބާ ކިޔީ ހިތްހެޔޮކަމާއިއެކުއެވެ. ނޫކުލައިގެ ގަމީހަކާއި ހުދު ސްކިނީއެއް ލައިގެން ހުރިއިރު އިސްތަށިގަނޑުވަނީ ރީތި ހުޅިއެއްޖަހާ ހައްޔަރުކޮށްލެވިފައެވެ.

“ވެލްކަމް ހިއަރ ޔާނާ” ސަލްމާ ޔާނާގެ އަތުގައި ހިފައި ބުނެލިއެވެ. އަދި ރާއިންގެ މޫނަށް ބަލާލިއެވެ. ރާއިންގެ މުނަށް ވެރިވެފައިވާ ނުތަނަވަސްކަން ސަލްމާއަށް ފާހަގަކުރެވުނެވެ. އޭނައަށް ޔާނާއަކީ ރާއިން އާއި ކިހާގާތް ފަރާތެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އަދި އެދަރިފުޅުގެ ނުތަނަވަސްކަމަކީ ކޮބައިކަންވެސް ދެނެގަނެވުނެވެ. މިވީހާތަނަށް ރާއިން އަދި އެއްވެސް އަންހެން ކުއްޖެއްގެ ވާހަކައެއްވެސް ދައްކާފައެއް ނުވެއެވެ. އޭނަގެ މަންމަގެ ކުރިމައްޗަށް އަންހެން ކުއްޖަކު ގެންނާނީ އެއީ އޭނައަށް ވަރަށް ހާއްސަ ކުއްޖެއްވީމަކަން އެނގެއެވެ. އެހެންވުމުން ދަރިފުޅުގެ އެހަރަކާތް ސަލްމާއަށް ކިތަންމެ ރަނގަޅަކަށްވެސް ނަގައިގަނެވުނެވެ. ސަލްމާ ޔާނާގެ ކޮނޑުގައި ފިރުމާލުމަށްފަހު ހާލު އަހާލިއެވެ.

“މިއީދޯ ލަންޑަނުގައި އިތުރު އެއްއަހަރު ހުރިސަބަބަކީ” ޝާން ރާއިން އާއި ދިމާކޮށްލިއެވެ.

“އާންޓްގެ ރުހުން ހޯދަންތަ ތިއިންޓްރޯ ކޮށްދެނީ” އެއްޗެއް ނުބުނެ ހުރި ނޫރާއަށް ނުހުރެވިގެން އެންމެފަހުން ބުނެލިއެވެ.

“އަދި އެހެންނުބުނަމެންނު، މަމް ޝީއިޒް ގޮއިންޓް ސްޓޭ ހިއަރ ފޯރ އަ ވައިލް ، އޯކޭތަ؟” ރާއިން ޔާނާގެ އުނަގަނޑުގައި ފަހަތުން އަތް ޖައްސާލައިގެން ހުރެ ބުނެލިއެވެ.

“އޮފްކޯޒް، ޝީއިޒް ވެލްކަމް ހިޔަރ، ދޯ ދައްތާ،” ސަލްމާއަށްވުރެ ކުރިން ޔަޝްރާ ބުނެލިއެވެ. ބަލްގިސްވެސް ޔާނާއަށް ބަރުހަބާ ކިޔިއެވެ.

ރާއިން ޔާނާ ޒަކްވާން ބާއްވާފައިވާ ތަނާ ކައިރިއަށް ގެންދިޔައެވެ.

“މިއޮތީ މިގޭގެ ޕްރިންސް” ރާއިން ޔާނާއަށް ޝާން އަދި ސަނާގެ ދަރިފުޅު ޒަކްވާން ތައާރަފްކޮށްދިނެވެ. އަދި އޭނަވެސް ޒަކްވާން އާ ވާހަކަދައްކާލަން އިރުކޮޅަކު މަޑުކޮށްލިއެވެ. އެއަށްފަހު މައްޗަށް ދިއުމަށް ހިނގައިގަތެވެ. ނަމަވެސް އޭނަގެ ހިނގުމަށް ހުއްޓުމެއްއައީ އެންމެންނާއި ވަކިން ހުރި ޒާޔާއެވެ. މިހުރިހާއިރު އޭނައަށް ޒާޔާ ނުފެންނަކަހަލައެވެ. އެއީ އެތާގައި ހުރި މީހެއް ކަމެއްވެސް އޭނައަށް ނޭގޭކަހަލައެވެ. އެލޮލުގައިވީ ކަރުނައާއި ޝަކުވާއެވެ. ޒާޔާ އިސްޖަހާލިއެވެ. ރަޔާންގެ ހިތަށް އަސަރުކުރުވިއެވެ. އެކަރުނަތަކުންނެވެ. އަދި އެމައުސޫމް ރީތިކަމުންނެވެ. ބުރުގާ އަޅާފައިހުރުމުން މިހާރު މާބޮޑަށް އަންހެންވަންތަކަމަށް ދައްކައެވެ. ކުރިއަށްވުރެ މިހާރު އަދި ވަކިން ރީތިހެން ހީވެއެވެ. ގަދަނޫކުލައިގެ ދިގު މެކްސީގައި ހުރިއިރު އެހެދުން އޭނަޔާ ނުލާއިހިކު ގުޅެއެވެ. މަޑު ނޫކުލައިގެ ޝޯވްލްގެ ތެރެއިން އެދޮން ވަށް މޫނު ފެންނައިރު ނުހަނު މައުސޫމެވެ.

“އަހަންނަށް އެންމެ ރީތީ އަހަރެންގެ މަންމަ ގޮތަށް ބުރުގާ އަޅާފައިތިބޭ ކުދިން” ރާއިންގެ ހަނދާނަށް އައީ މީގެ އަހަރުތަކެއްކުރިން ބުނެފައިވާ ޖުމްލައެކެވެ. ރާއިންއަށް ހިންދިރުވާލެވުނެވެ. މާބޮޑު މޭކަޕަކާއި ނުލާވެސް އެރީތިކަމަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ނުގުޅެނީ އެލޮލުގައިވާ ކަރުނަތަކެވެ. އެލޮލުގައިވި ކަރުނަތައް ލޯބިން ފޮހެލަދޭން ރާއިން ބޭނުންވިއެވެ. ޒާޔާއާއި ދިމާއަށް ފިޔަވަޅެއް ކުރިއަށް އަޅަން ގަސްތުކުރިނަމަވެސް ރާއިން ހުއްޓުނެވެ. އަދި އެމަންޒަރު ފެނުނުކަމަށް ނުހަދާ ކުރިއަށް ހިނގައިގަތެވެ.

ޒާޔާ ކަރުނަތައް ހިފަހައްޓައިލައިގެން ހުއްޓެވެ. އަދި ހިނިތުންވެލާފައި ނޫރާމެންގެގާތަށް ހިނގައިގަތެވެ.

***************************************************************

ކިޔާފައިވާ ގަޑިއަށް މެހެމާނުންތައް އަންނަންފެށިއެވެ. އަދި ޕާރޓީ ކުރިއަށް ފެށިގެން ހިނގައްޖެއެވެ. ކެއުމުގެ ބުރުތައް ކުރިއަށްދެއެވެ. ބަލްގިސް އާއި ޔަޝްރާ އަދި ނާޔާ ޒަކްވާންގާތު މަޑުކޮށްލައިގެން ތިއްބެވެ. ދެންތިބި މިހުން އުޅެނީ މެހެމާނުން ގަތުގައެވެ. ސަނާ އަދި ނޫރާ ޔާނާއަށް އާއިލާގެ މެންބަރުން ތައާރަފްކޮށްދެމުން ދިޔައެވެ.

“ދޮންބެދައްތާ، ޒަކޫ އެބަގޮވާ” ސަނާމެންގާތަށް އައިސްފައި ޒާޔާ ބުނެލިއެވެ.

“އޯވ، އަދި ޒާޔާވެސް ތައާރަފް ނުކޮށްދެވޭ ދޯ، މި އީ ޒާޔާ އެކަމް އެންމެންވެސް ލޯބިން ކިޔާނީ ޒާ” ސަނާ ޒާޔާގެ އަތުގައި ހިފަހައްޓާލައިގެންހުރެ ޔާނާއަށް ޒާޔާ ތައާރަފްކޮށްދިނެވެ. އަދި ޒަކްވާން ގާތަށް ދާން ހިނގައިގަތެވެ.

ރާއިންގެ ކޮއްކޮއެއްތަ” ޔާނާ ސުވާލު ކޮށްލިއެވެ. “ނޫން، ބަޓް ޝީއިޒް ލައިކް ފެމެލީ، ދޮންބެދައްތައޭ ބުނީމަދޯ ތިހެންތިހީވީ” ނޫރާ އަވަހަށްބުނެލިއެވެ. ޒާޔާއެމީހުންނަށް ހިލާފައި ސަނާފަހަތުން ދާން ހިނގައިގަތެވެ. ޔާނާއަށް ބަލާލެވުނީ ކައިރީގައި ހުރި ނޫރާއަށެވެ.

“އަހަންނަށް ގޯސް އެއްޗެކޭބުނެވުނީތަ” ޔާނާ ނޫރާ ގާތުގައި އަހާލިއެވެ”

“ނޫން، އަސްލު ޒާޔާއަކީ ރަޔާންބެގެ ބައްޕަގެ ކްލޯޒް ފްރެންޑެއްގެ ދަރިއެއް، ވަރަށްކުޑައިރު ޒާގެ މަންމަ މަރުވީ، އެއަށްފަހު ޒާ ބަލަމުން އައީ އޭނަގެ ބައްޕަ، ސުނާމީގައި ޒާގެ ބައްޕަވެސް މަރުވީ، އޭރު ޒާއަށް 10 އަހަރު، ޒާގެ މަންމައަކީ އެރަށުގެ މީހެއްނޫން، ޒާގެ މަންމައާއި ބައްޕަ މެރީކުރީ ދެފަރާތުގެ އާއިލާގެވެސް ނުގަބޫލުގަ، ޒާގެ ބައްޕަ ފެމެލީގެވެސް އަދި މަންމަ ފެމެލީގެވެސް އެއްވެސް މީހަކު ބޭނުމެއްނުވި ޒާ ބަލާކަށެއް، ފެމެލީ އެންޑް ޗައިލްޑް ކެއަރ އިން ނިންމީ ޒާ ކުޑަކުދިންގެ ހިޔާއަށްލާން، ބަޓް އަންކަލް އެގޮތް ބޭނުންނުވީ، އެހެންވެ މިގެއަށްގެނައީ، އެއަށްފަހު އަންކަލް އެން އާންޓް ޒާބަލަނީ.”

ނޫރާ ޒާޔާއަކީ ކާކުކަން ޔާނާއަށް ކިޔައިދިނެވެ.

“އެމް ހެޕީ ޒާޔާއަށް މިކަހަލަ ފެމެލީއަކުން ޖާގަ ލިބުނީމަ” ޔާނާ ހިތްހެޔޮކަމާއިއެކު ނޫރާގާތުގައި ބުންޏެވެ.

ގާރޑަންއޭރިއާގެ އެއްފަރާތުގައި ބޮޑުބެރުޝޯވް ކުރިއަށް ދާންފެށިއެވެ. މީހުންތައް ފޯރިނަގަން ފެށިއެވެ. ސާންގެ އެކުވެރިންތަކަކާއި އާއިލާގެ ކުދިންތަކެއް ބޮޑުބެރުޓީމުގެ ނަށާ މީހުންނާއި ބައިވެރިވިއެވެ. އެންމެން އެއްވަރަށް އަތްޖަހާ ސަޕޯރޓްދެމުން ދިޔައެވެ. ނޫރާއަށް މަޑުން ހުރެވެނީކީނޫނެވެ. ނަމަވެސް މަންމަ ޔަޝްރާ ރުޅިއަތުވެދާނެތީ މީހުންގަނޑުގެ ތެރޭގައި ހުރެގެން ތަރުހީބުދެމުން ދިޔައެވެ. އެންމެންގެ މޫނުމަތިން މަޖަލާ ފޯރި ފެންންމުން ދިޔަކަމުގައިވިޔަސް ޒާޔާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ ކުލަވަރެވެ. ޒާޔާއަށްބެލެނީ ނަށަންތިބި މީހުންތަކުގެ ތެރެއިން ރާއިންއަށެވެ. ރާއިންއަށްވެސް ކުޑައިރުކޮޅެއްފަހުން އޭނައާދިމާއަށް ބަލަންހުރި ޒާޔާފެނުނެވެ. އޭނަގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އަދި ޒާޔާއާއި ދިމާއަށް ކުރިއަށް ހިނގައިގަތެވެ. ޒާޔާގެ ހިތް ތެޅެންފެށިއެވެ. ރާއިން ހަމަ ހަގީގަތުގައިވެސް އެއަންނަނީ އޭނަގާތަށްބާއޭ ހިތަށް އެރިއެވެ. ވަށައިގެންވާ މާހައުލުގައިވެސް ތިބީ ހަމައެކަނި އެދެމީހުންހެން ޒާޔާއަށް އިހުސާސްވިއެވެ. ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ.

“ނުނިމޭ”

=ކިޔުންތެރިން މިވާހަކައާއި ދޭތެރޭ ދެކޭގޮތް ކޮމެންޓް ކުރުން އެދެން=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

އެ ފުރޭތަ (ދެވަނަބައި)

Next

މިޙަޔާތާ ދުރުނުވޭ (ފަހުބައި)

Next
February 7, 2015

މިޙަޔާތާ ދުރުނުވޭ (ފަހުބައި)

Previews
February 4, 2015

އެ ފުރޭތަ (ދެވަނަބައި)

8 Comments!

  1. Ishy says:
    February 5, 2015 at 10:04 pm

    Vrh rythi… ekm dhigukoh genesdhyba plx

  2. sha says:
    February 5, 2015 at 10:22 pm

    wow… its so beautiful… keep up the gud effort.. 🙂 avahah next part up kohdhehchey

  3. nash says:
    February 5, 2015 at 11:26 pm

    nxt part dhigukoh genesdhecheyy…..btw story varah salhi…kyp it up….:p

  4. xeethu says:
    February 5, 2015 at 11:42 pm

    Varah reethi mi vaahaka feshun… Waiting for next part..

  5. އެލީނާ says:
    February 6, 2015 at 8:47 am

    ހާދަކުރުކޮށް ކޮންމެ ދުވަހަކު ތިގެނެސް ދެނީކުޑަކުޑަ ތަންފުކެއް އެހެންވެ ވަރަށް ފޫހި ވާހަކަ ވަރަށް ރީތި ވާނެހެން ހީވަނީ

  6. nanna says:
    February 6, 2015 at 11:51 am

    Vaahaka varah reethi.. keep it up.. dhen faharakun thankolheh dhigukoh genes dheyne kamah heekuran..

  7. zee says:
    February 6, 2015 at 2:07 pm

    asluves heevanee varah reethi vaanehen

  8. faai says:
    February 6, 2015 at 6:50 pm

    Interesting…. 🙂 hope to see the next part soon…

Comments are closed.

Next Episodeއިންތިޒާރު 5←


All Right Reserved!