Skip to content
އެސްފިޔަ

ތީ އޭ އުފަލަކީ…(2)

އަހަރެން ގޮސް ފްލައިޓއަށް އަރާ އަހަރެންގެ ސީޓުގައި އިށީންދެލީމެވެ.. އިރުކޮޅެއްނުވެ ނިއަލް އަރާ އަހަރެންނާ ދިމާލަށް ބަލާފައި އެއްލޯމަރާލިއެވެ.. އަހަރެން ވަގުތުން އަނެއްފަރާތަށް މޫނު އަނބުރާލީމެވެ.. އިރުކޮޅެއްނުވެ ނިއަލް އައިސް އަހަރެން ކާރީ އިން ސީޓުގައި އިށިންނިއެވެ.. “ޕިސް ޕިސް މިތަން ނޫން އެހެން ތަނެއް ނުލިބުނީތަ އިށިންނަން.. އެހެން ސީޓަކަށް ދޭ” އަހަރެން މަޑުމަޑުން ނަމަވެސް ހަރުކަށިކޮއް ބުނެލީމެވެ.. ނިއަލް އަހަރެންނަށް ޓިކެޓް ކަރުދާސް ކޮޅުގައި އިން ސީޓްނަންބަރު ދައްކާލާފައި ދެ ކޮނޑުއަރުވާލިއެވެ.. ރުޅިއަރައިގެން ގޮސް އަހަރެންގެ ދެ އަތްތުރުތުރު އަޅަން ފެށިއެވެ.. ނިއަލްގެ ތުންފަތްމައްޗަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ….

މީ އަހަރެން ފްލައިޓްގަ ދަތުރުކުރާ ފުރަތަމަ ފަހަރެވެ.. އެލާމް އަޅާ ކޮންމެ ފަހަރަކު އަހަރެންގެ ދެލޯ ބޮޑުވެއެވެ.. ފްލައިޓް ނައްޓާލަން އުޅުމުން އަހަރެންގެ ދެއަތް ތުރުތުރު އަޅަންފެށިއެވެ.. ލޯމަރައިގެން ހުރެ އަނގަޔަށް އައިހާ ހެޔޮއެއްޗިސް ކިޔަން ފެށީމެވެ.. އަހަރެންގެ ކޮންމެ ހަރަކާތެއް ފަރުވާތެރިކަމާއެކު ނިއަލް ބަލަން އިން ކަމެއް އަހަރެންނަކަށް ރޭކާވެސް ނުލައެވެ.. އަހަރެންނަށް ބާރަށް ހަޅޭލަވައިގަނެވުނީ ނިއަލް އަހަރެންގެ އަތުގައި ހިފުމުންނެވެ.. ގިނަމީހުންގެ ސަމާލުކަން އަހަރެންނަށް ހުއްޓުމުން އިސްޖަހާލީމެވެ.. އަހަރެން އަވަހަށް ނިއަލްގެ އަތުން އަތް ދަމައިގަތީމެވެ.. އޭރުވެސް އަތް ދިޔައީ ހަމަ ތުރުތުރު ލަމުންނެވެ.. “ފްލައިޓްގަ ދަތުރުކުރާ ފުރަތަމަ ފަހަރުތަ؟؟” ނިއަލް މަޑުން ނުހުރެވިގެން އަހާލިއެވެ.. އަހަރެން ހޫން އޭ ބުނެލީމެވެ.. ނިއަލް އިތުރު އެއްޗެކޭ ނުބުނެއެވެ.. އިވެމުންދިޔަ ބާރު އަޑުފައްގަނޑުގެ ސަބަބުން އަހަރެންގެ ކަންފަތަށް އުނދަގޫވާން ފެށިއެވެ.. ދެއަތުން ކަންފަތްފޮރުވާލީމެވެ.. ނިއަލް މަޑުމަޑުން އަހަރެންގެ މޫނާ ކާރިވަމުން ދިޔައެވެ.. އަހަރެން ނިއަލްގެ ކޮލުގައި ހިފާ ބާރަށް ފިއްތާލީމެވެ.. އެވަރުންވެސް ނިއަލް ދުރަށް ދާކަށް ނުޅެއެވެ.. ނިއަލްގެ މުށިކުލައިގެ ލޮލުން އަހަރެންނާ ދިމާލަށް ބަލަން ހުއްޓެވެ.. އަދި އަހަރެންގެ ކަންފަތުގެ ތެރެއަށް މަޑުމަޑު އެއްޗެއް ލިއެވެ.. އަހަރެން ނިއަލްގެ ކޮލުން ދޫކޮއްލީމެވެ.. ނަމަވެސް އޭރު އަހަރެންގެ ކޯ ލޭ ކޮޅެއްހާ ރަތެވެ… ފުރަތަމަ ފަހަރަށް ނިއަލްގެ ލޯ ރީތިކަން ފާހަގަ ކުރެވުނެވެ.. “އައްދޯއި.. އަދި ރާރާ ކަންފަތަށް އެ ޖަހާދިނީމަ އަހަރެންގެ ކޯ ދުވަސް ތިދުއްވާލީ” ނިއަލް އަހަރެންނާ ދިމާލަށް ބަލަމުން ބުނެލިއެވެ.. “އެހެނެންނު ވާނީ ކާކުތަ ބުނީ އަހަރެންގެ މޫނާ ކާރިވާށޭ.. ހީވަނީ އަހަރެންނާ ކި.. ނޫޅެން ބުނާކަށް”.. އަހަރެން ތުން އަނބުރާލީމެވެ.. “ކިސް އެއް ދޭށޭތަ ތިބުނީ؟؟ އަސްލު ކިސް އެއް ނުދިނީމަ ދެރަވީދޯ” ނިއަލް އެއްބުމަ ހިއްލާފައި ލާނެއް ފާޑަކަށް ބުނެލިއެވެ… “އަހަރެން އެބަ އުޅޭތަ މޮޔަވެގެން.. އަހަރެންގާ އަތް ޖައްސާލިއަސް..” އަހަރެން ބުނަން އުޅުނު ޖުމްލަ ނުނިމެނީސް.. ނިއަލް އަހަރެންގެ ކޮލަށް ބޮސް ދިނެވެ.. އަހަރެންގެ ކޯ ކުރިއަށްވުރެ ރަތްވިއެވެ.. އަހަރެން އެރީ ރުޅީގައި ނިއަލްގެ ކޮލުގައި ޖަހަން އުޅެނިކޮށް ނިއަލް ހެދިގޮތަކުން އަހަރެންގެ ބޯ ޖެހުނީ ނިއަލްގެ މޭމަތީގައެވެ.. “ހަގެއް ދޭށޭ ބުނިނަމަ އަހަރެން ދޭނަންވިއްޔަ.. ތިހެން ނެހެދިޔަސް”.. ނިއަލް ހެމުން ހެމުން ބުނެލިއެވެ.. އަހަރެންރުޅިއައިސްގެން ހަލާކުވާވަރުވިއެވެ.. އަހަރެން މޫނު އަނެއްފަރާތަށް އަނބުރާލީމެވެ.. އަދި ކުޑަދޮރުން ފުސްގަނޑުތައް ބަލަން އިނީމެވެ.. ވަރަށް ވެސް ރީއްޗެވެ.. ކޮންމެސް އެއްޗެއް އަހަރެންގެ ކޮނޑަށް ވެއްޓުނު ހެން ހީވިއެވެ.. ބަލާލިއިރު ނިއަލް ނިދިގެން ގޮސް ވެއްޓުނީއެވެ.. ނިދީތެރޭގައި ނިއަލް އަހަރެންގެ އަތުގައި ހިފިއެވެ… ދުލެއްނުކުރިއެވެ.. އަހަރެން މާބާރަށް ދަމައިގަނެފިއްޔާ ނިއަލް ހޭލާނެއޭ އަހަރެންގެ ހިތަށް އިރިއެވެ.. އޭރުން އަހަރެންނަށް މާ އުނދަގޫ ބޮޑުވާނެއެވެ.. ނިއަލްގެ މޫނަށް އަހަރެން ބަލާލީމެވެ… ކަޅުކަންގަދަ ބުމައެކެވެ.. ވިދުންގަދަ ލޮލެކެވެ.. އަހަރެންނަށް އިހުތިޔާރަކާ ނުލާ ހިނިތުންވެވުނެވެ… ނަމަވެސް ދެވަނަ ސިކުންތުގާ މިކުރެވެނީ ކީއްބާއޭ ހިތަށް އެރިއެވެ.. ނިއަލް ހޭލަން އުޅޭހެން ހީވުމުން އަހަރެން ނިދާކަމަށް ހެދީމެވެ…. ނިއަލްއަށް އަހަރެން ނިދާފަ އޮތްތަން ފެނުމުން އަހަރެންގެ ބޯ ގެނެސް ނިއަލްގެ ކޮނޑުމަތީގައި ބޭއްވިއެވެ.. އަދި އަހަރެންގެ ނިތަށް ބޮސްދިނެވެ.. އަހަރެން ކުޑަކުޑަކޮއް ލޯހުޅުވާލީމެވެ.. ނިއަލްއަށް ފެނިދާނެތީ އަނެއްކާވެސް މެރީމެވެ.. ނިއަލް އަހަރެން ދެކޮލަށް ވެސް ބޮސްދިނެވެ.. ނޭފަތުކޮޅަށް ވެސް ބޮސްދިނެވެ.. ތުންފަތަށް ބޮސްދޭން ވެގެން އުޅުމުން އަހަރެން އަވަހަށް ލޯ ހުޅުވާފައި ދުރަށް ޖެހުނީމެވެ..”ރާރާ.. އެއްވެސް މީހެއް ބުނިތަ ރާރާ އަށް އެކްޓް ކުރާކަށް ނޭނގެއޭ؟ ވަރަށް ކެއްގަދަ އިނގޭ.. އަހަރެންނަށް އިނގެޔޭ ރާރާ ފޭކްޖައްސައިގެން ކަން އޮތީ އަހަ އަހަ”.. ނިއަލް ހެމުން ބުނެލިއެވެ.. “އަހަރެންގެ މޮޔަކަމުން ނިތުގައި ޖަހާލެވުނެވެ.. ފްލައިޓް ޖެއްސުމުން ލޯންޗެއްގައި އަހަރެމެން ރިސޯޓަށް ދިޔައީމެވެ.. ލޯޗުން ފައިބައިގެން ފާލަމުން ހިނގަމުން ދިޔައީމެވެ… ކުއްލިއަކަށް ނިއަލް އަހަރެންގެ އުނަގަނޑުގައި ހިފިއެވެ.. އަހަރެން ނިއަލްގެ ފަޔަށް ފައިން އެރީމެވެ.. “ރާރާ ލުކް އެތާ އެހެރީ ޗާލީ.. ސޯ ވީ ހޭވްޓު އެކްޓް ލައިކް އަ ޗަޕަލް”.. ނިއަލް އަހަރެންނާކާރިވެލާފައި ބުނެލިއެވެ.. އެހެން ބުނެފައި އަހަރެންގެ ކޮލަށް ބޮސް ދިނެވެ.. “އަހަރެންނަށް ހީވަނީ ޗާލީ ހުރީމަ އެކަމުގަ ފައިދާހެން ތިނަގަނީ”.. އަހަރެން ކޯ ފުހެލަމުން ބުނެލީމެވެ.. އަހަރެމެން ގޮސް ޗާލީއާ ސަލާން ކޮއްލީމެވެ.. “ހާދަ ލޯބި ކަޕަލް އެކޭ ދޯ.. ވަރަށް ގުޅޭ ތިދެމީހުން..” ޗާލީ އަހަރެެމެން ދެމީހުނަށް ބަލާލާފައި ބުނެލިއެވެ.. “ސޯ ތިދެމީހުން މެރީކޮއްފިންދޯ؟؟ މީ ޕާޓީ”.. ނިއަލް އަވަހަށް އާއެކޭ ބުނެލިއެވެ.. “އަހަރެން އިންނާނެ ތިދެމީހުނަށް ރޫމްއެއް ބުކް ކޮއްފަ.. އަހަރެންގެ ރޫމާޖެހިގެން އިންނަ ރޫމް.. އެހެންވީމަ ފަސޭފަ ވާނެއެންނުދޯ..އިޓް ހޭޒްދަ ބެސްޓް ވިއު”…ޗާލީ ހީލަމުން ބުނެލިއެވެ.. “އެއް ރޫމް؟؟؟”..އަހަރެން ބުނެލީމެވެ.. “ރާރާ ވީ އާ މެރިޑް .. އެހެންވީމަ ދެމީހުނަކަށް ދެރޫމް އެއް ބެނުމެއް ނުވާނެއެންނު”.. ފުރުސަތުގެ ބޭނުން ހިފާ ނިއަލް އަވަހަށް ބުނެލިއެވެ.. “ތިހެން އުޅެއްޏާ ޗާލީ އަށް ޝައްކުވެދާނެ މީ ފޭކް ބްރައިޑް އެންޑް ގްރޫމް ކަމަށް ހީ އިޒް އޭން އެކްސްޕާޓްއޭ.. ރާރާ ބޭނުންތަ ރާރާގެ ބެސްޓީގެ ވެޑިންޕާޓީ ފްލޮޕްވަން؟؟؟” ނިއަލް ސީރެސްވެލާފައި ބުނެލިއެވެ.. ހޮޓެލް އަށް ވަދެގެން ގޮސް އަހަރެމެން ދެމީހުންނަށް ބުކް ކޮއްފައިވާ ރޫމް އަށް ވަދެލީމެވެ.. އެއީ ރޫމްއެއް ނޫނެވެ.. ކުޑަ ކުޑަ ގެއެކޭ ބުންޏަސް ދޮގަކަށް ނުވަނެއެވެ.. ވަރަށް ވެސް ހިއްގައިމެވެ.. ބޮޑުޕޫލެއް ވެސް އިނދެއެވެ.. “އަހަރެންނަށް އެނދު”..ނިއަލް އާ ދިމާލަށް ބަލާލަމުން އަހަރެން ބުނެލީމެވެ.. “އޯކޭ އޯކޭ”.. އަހަރެންގެ ފޮށި އެނދުމަތީގައި ބަހައްޓާފައި އަންޕެކް ކުރަން ފެށީމެވެ.. އޭރު ނިއަލް ވެސް ދަބަހުން އެއްޗިސް ނަގަނީއެވެ.. ފޮއްޓުގެ އެންމެ މަތީގައި އޮތް ތުވާލި ނަގާފައި ކޮނޑުގައި އަޅުވަން އަހަރެން ދިޔައީމެވެ.. ނިއަލް ބާރުބާރަށް ހޭ އަޑު އިވުމުން އަހަރެން އަވަހަށް ގޮސް ކޮޓަރިއަށް ވަނީމެވެ.. އޭރު ނިއަލް އަހަރެންގެ ފޮށިތެރެ ހާވަނީއެވެ.. “ރާރާ އަހަރެންނާއެކީ ސުހާގްރާތް ހަދަން ދޯ އެހެންވީމަ ތިއައީ.. ހާދަހާ ތައްޔާރުވެލާފައޭ ދޯ އަހަ އަހަ”.. ނިއަލް އަދިވެސް އަޑުން  އަޑުނަގާ ހެނީއެވެ.. އަހަރެން ގޮސް ފޮށިބަލާލީމެވެ.. ކަމަކު ދާކަށް ނެތެވެ.. ސައްހަ އެންމެ ހެދުމެއްވެސް ނެތެވެ.. އޭގައި ހުރި އެއްޗިސް ކިޔުމަށް ވުރެ ނުކިޔުން ކަންނޭގެ ރަނގަޅުވާނީ.. “ނޫން.. އަހަރެންގެ ފޮށި ޕެކް ކުރީ ޖުނާ އާ މާޝާ އާ” އަހަރެން އަވަހަށް ބުނެލީމެވެ.. އެމީހުން ދިއުމުގެ ކުރިން ފޮށިނުހުޅުވާށޭ ބުނީ ކީއްވެގެން ކަން އަހަރެންނަށް އެނގުނެވެ..

“އޭ އަހަރެން މިދަނީ ފުރަތަމަ ފެން ވަރަން ކޮޓަރިން ނިކުމޭ”.. އަހަރެން އެހެން ބުނެފަ ތުވާލި ހިފައިގެން އައިރު ނިއަލް ހުރީ ހަމައެކަނި ތުވާލެކޮޅެއް އަނދެގެނެވެ.. އެކަސްރަތީ ހަށިގަނޑު ފެނުމުން އަހަރެންނަށް ހިންދިރުވާލެވުނެވެ.. “ޔުއާ ޓޫ ލޭޓް ބޭބީ”.. ނިއަލް ގޮސް ފާހަނައަށް ވަނެއެވެ.. އަހަރެން ދެފަރާތައް ބޯ އަނބުރާލީމެވެ.. ކުއްލިއަކަށް ނިއަލްގެ ފޯނު ރިންގުވާން ފެށިއެވެ.. ޗާލީ އޭ އިނުުމުން އަހަރެން އަވަހަށް ފޯނު ނެގީމެވެ.. “މައްސަލައެއް ދިމާވެގެން މިއުޅެނީ” ޗާލީ ބުނެލިއެވެ.. ކީއްވީތޯ އަހަރެން އެހީމެވެ.. “ތިދެމީހުންގެ ކައިވެނީގެ ސެޓްފިކެޓް ބެނުންވެގެން މިއުޅެނީ”.. އަހަރެން ފާޑަކަށް ބިރުގަތެވެ.. ނަމަވެސް އަޑުން އެކަން ނުދެއކޭތޯ ބެލީމެވެ.. “އަޅޭ އައި އިރަކު ނުގެނެން.. ސެޓްފިކެޓްއެއް”…”ކޮންމެސް ގޮތަކުން ސެޓްފިކޭޓް.. ގެނެބަ” އަހަރެން އާއެކޭ ބުނެފަ އަވަހަށް ފޯން ބޭއްވީމެވެ.. އަހަރެން ހާސްވާން ފެށިއެވެ.. އެތަށް އިރެއް ވީ އިރުވެސް ނިއަލް ފާހަނައަކުން ނުނިކުތެވެ.. އަހަރެން ގޮސް ފާހަނާ ދޮރުގާ ޓަކި ޖަހަން އުޅުނު ވަގުތު ނިއަލް ދޮރުހުޅުވާލިއެވެ.. އަހަރެން ކައްސާލައިގެން ގޮސް ނިއަލް ފައިބުޑަށް ވެއްޓުނީ ނިއަލް އުނަގަނޑުގައި އޮތް ތުވާއްޔާއެކުގައެވެ.. އަހަރެންނާ ނިއަލް އާ ދެމީހުނަށް އެއްފަހަރާ ހަޅޭލަވައިގަނެވުނެވެ.. އަހަރެން ލޯ މަތީގައި އަތް އަޅައިގެން ބޭރަށް ދުއްވާގަތީމެވެ.. އަހަރެން ގޮސް ޕޫލް ކާރީ ހުރި ގޮނޑީގައި އިށީނދެލީމެވެ.. އިރުކޮޅެއްފަހުން ނިއަލް އައެވެ.. “ދެން ފެނުނު އެއްޗެއް ނުފެންނަ ކަމަކަށް ނުވާނެ ދޯ” ނިއަލް ދުރުބަލާލަމުން ބުނެލިއެވެ.. ވަގުތުން އަހަރެންގެ ކޯ ރަތްވިއެވެ.. “ވަގަށް އަހަރެން ފެން ވަރާތަން ބަލަނީ ކީއްކުރަން ރާރާ ބުނިނަމަ ދެމީހުން އެއްކޮށް ފެން ވަރަށް ދާން ހިނގާށޭ.. އޭރުން އަހަރެން އުފަލުން ވެސް ދާންމޭ”…”އަޅޭ ނިއަލް ނުބައި ބޭހެއް ކައިގެންތަ ތިއުޅެނީ.. ނޫނީ ބޯހަމަނުޖެހެނީތަ؟؟. އަހަރެންނެއް ނުބަލަމޭ..”.. ސީރެސް ވެލާފައި އަހަރެން ޗާލީ ދެއްކި ވާހަކަ ނިއަލް ކާރީ ބުނީމެވެ..ސުއްބޫސް.. ޖުނާ އަށް ގުޅަމާ”.. އަހަރެންް ޖުނާ އަށް ގުޅީމެވެ.. “ޖޫޖޫ!!”…”ޔެސް ދޫނިގަނޑާ.. ކޮބާ ކިހިނެއްތަ އަހަރެމެންގެ ފޮށި ޕެކްކުރުންގަނޑު؟”…ޖުނާ ބުނި އެއްޗަކުން އަހަރެންނަށް ހިނިއައެވެ.. “ވަރަށްވެސް”.. ޗާލީ ބުނި ވާހަކަ ޖުނާ ކާރީ އަހަރެމެން ބުނީމެވެ.. ޖުނާ އެމީހުންގެ ސެޓްފިކެޓް ފޮނުވާނަމޭ ބުނުމުން އަހަރެންނަށް ހަމަ ޖެހުމުގެ ނޭވާއެއްލެވުނެވެ.. އަހަރެން ހުރީ ވަރަށް ވެސް ބޮޑަށް ދަތުރު ވަރުބަލި ވެފައެވެ.. އަހަރެން ގޮސް އެނދުގައި އޮށޯތީމެވެ..ނިއަލްވެސް އަހަރެން ކާރީ އޮށޯތެވެ.. އަހަރެން ތެދުވަން އުޅުމުން އަހަރެން އެނދަށް ވައްޓާލާފައި ނިއަލް އަހަރެންގަ ގައިމައްޗަށް އެރިއެވެ.. “ކީއްތި ކުރަނީ ނިއަލް؟؟” އަހަރެން ނުރުހުން ވެފައި ބުނެލީމެވެ.. “ކޮބާ މައްސަލައަކީ ޔުއާ މައި ވައިފް”.. ނިއަލް ބުނެލިއެވެ..” އޯ ބަޓް އައިއޭމް ޔުއާ ފޭކްވައިފް” އަހަރެން ހިނިތުންވެލާފައި ނިއަލްގެ ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފީމެވެ..”އައްދޯއި.. ދޫކޮއްބަލަ ބޭބީ”.. “ބޭބީ އޭ؟؟” އަހަރެން ނިއަލްގެ އިސްތަށިގަނޑަށް ބާރުކޮއްލީމެވެ.. “ދޫކޮއްބަލަ އައިޝަތު ލާރާ ހަކީމް”..ހެމުން ހެމުން އަހަރެން ނިއަލްގެ އިސްތަށިގަނޑުން ދޫކޮއްލީމެވެ.. “އައި ލައިކް ޓު ޓޭކް ރިވެންޖް”..އެއްލޯ މަރާލަމުން އަހަރެން ބޭރަށް ނިކުތީމެވެ… އަހަރެން ޕޫލް އަށް ދެފައި ލައިގެން ފޯނާކުޅެން އިނީމެވެ.. ކުއްލިއަކަށް މީރުކާއެއްޗެއްގެ ވަސް އަހަރެންގެ ނޭފަތުގައި ޖެހުނެވެ… ފްރެންޗް ފްރައިސް ތެއްލާވަހެވެ.. އަހަރެން ބަދިގެއަށް ވަންއިރު ކަމަކުދާކަށް ނެތެވެ… ނިއަލް މިއިނީ ބޮޑު ފްރެންޗް ފްރައިސް ތައްޓެއްކާށެވެ..”ނިއަލް ބޭބީ….”.. އަހަރެން ދަތްޕިލް ފެންނަވަރަށް ހިނިތުންވެފައި ގޮވާލީމެވެ.. “ކޮން ބޭބީއެއް ކިޔާކަށް ނުލިބޭނެ ދާން އުޅޭ ޝޫޝޫ…” ނިއަލް ބުނެލިއެވެ… އެރީ ރުޅީގައި އަހަރެން  ފާހަނައަށް ވަދެފައި.. މޫނުދޮންނަ ތައްޓުކާރީ ހުރި ނިއަލްގެ ބުރުސް ނަގާފައި ފާހަނަތައްޓުގެ ތެރެއަށް ކޮއްޕާލާފައި އެހުރިތާ ބަހައްޓާފައި ފާހަނައިން ނިކުތީމެވެ.. ނިއަލް އެބުރުހުން ދަތްއުނގުޅާތަން ސިފަވާ ކޮންމެ ފަހަރަކު އަހަރެންގެ ހިނިގަނޑު ފަޅައިގެން ދެއެވެ.. އަހަރެން ބަދިގެއަށް ވަންއިރު ނިއަލް އަދިވެސް އިނީ ފްރެންޗް ފްރައިސް ކާށެވެ.. “ނިއަލް.. ޖޫސްތައްޓެއް ބޭނުންތަ؟؟..” އަހަރެން ނިއަލްގެ ކޮނޑުގައި ފިރުމާލަމުން ބުނެލީމެވެ.. “ޖިންނި މޮޔަވެފަތަ ތިހިރީ”.. ނިއަލް ދެލޯބޮޑުކޮއްލާފައި ބުނެލިއެވެ.. “އަދި އަހަރެން ރަނގަޅަށް ކަމެއް ކޮއްދެން އުނޅުނީމަ ތިހިރީ ކިޔާއެއްޗިސް ނޫޅެން ދެނެއް”.. އަހަރެން ރުޅި އަންނަ ކަމަށް ހަދާފައި ބަދިގެއިން ނިކުނަން ހިނގައިގަތީމެވެ.. ނިއަލް އަހަރެންގެ އަތުގައި ހިފައި ހުއްޓުވިއެވެ… އަހަރެންގެ ތުންފަތް މަތްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ..”ނޫނޭ އެއީ އެހެން ބުނި އެއްޗެއް ނޫނޭ.. ރާރާ ގެ އަތުން ގިރާ ޖޫސްތަށި ބޯހިތް ނުވާނީ ކާކުތަ؟؟”.. ނިއަލް އަހަރެންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.. އަަހަރެން ބަދިގެއަށް ވަދެ ޖޫސްތަށި ހަދަން ފެށީމެވެ… ހަކުރުގެ ބަދަލު 5 ސަމްސާ ލޮނާ.. އަސޭމިރުސް ކޮޅަކާ ރީނދޫ ކޮޅެއް އަޅައިގެން ގިރާލީމެވެ… “އަހަރެން އެހާ މޮޅެއް ނުވާނެ ޖޫސް ގިރާކަށް.. މީ އަހަރެން ގިރި ފުރަތަމަ ޖޫސް ތަށި..ވަރަށް ލޯބިން ގިރީވެސް.. ހުސްކުރައްޗޭ..” ނިއަލް އަތަށް ޖޫސްތަށި ދީފައި އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ.. ނިއަލް އަށް ފެލަން ވަންނާނީ ކޮންތާކަށް ތޯ އަހަރެން ވިސްނާލީމެވެ… އެއްޗިސް ބަދަލު ކޮއްގެން މަޑު މަޑުން ގޮސް ޕޫލަށް ފުންމާލީމެވެ.. ޕޫލާ ބަދިގެ ހުންނަނީ ވަރަށްވެސް ކައިރީގައެވެ.. ކުއްލިއަކަށް ނިއަލްް ހަޅޭލަވައިގަތް އަޑުއިވުނެވެ.. “ލާރާ!!!!!!!!!!!!!!!!!!!!”.. އަހަރެންނަށް ހިނިގަނޑު ކޮންޓްރޯލް ކުރެވުނީ ހަމަ ކިރިޔާއެވެ.. ނިއަލް އަހަރެން ހޯދަން ފެށުމުން ޕޫލް އަޑިއަށް ފީނާލީމެވެ……..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (31)

  1. Yan♥️

    Curiously waiting for the next part varah reethi Masha Allah

    1. lilly
      Yan♥️

      thank u yan

  2. Jungkook fan ??

    Nice and when is the next part?

    1. lilly
      Jungkook fan ??

      thankxx.. soooooon

  3. Ahu____________shan

    Woow ❤️❤️very very nice Lilly ???Mashaa allah waiting for a nxt part ????????

    1. lilly
      Ahu____________shan

      thank u soo much ahu

  4. Ahu____________shan

    ????❤️❤️????

  5. RASH

    waiting for the next part vvvvv vess reethi maasha allaah keep it up

    1. lilly
      RASH

      thank u soooo much rash❤❤❤❤❤

  6. Kairaa

    Haadha meeru joosthattekey laaraa e hadhaadhiny????…hehe…mi part vx hama varah varah reethi….can’t wait to read nxt part…whn nxt….waiting..

    1. lilly
      Kairaa

      ekahala juice thashi dhineema ennu loabi ithuru vaany ahaha.. btw thankxxxx kaii

  7. Ahu____________shan

    Dhwwww Lilly ahslu ekahala juice thashe ginain denvee hehe ??waiting next part ???❤️❤️

    1. lilly
      Ahu____________shan

      aan thihn kanneynge hadhanvyy??❤

  8. Shix

    V reethi mi prt.. Whn is next part.. Avahah up kohdhehchey…

    1. lilly
      Shix

      thnkxx shixx… yh will try my best to upload the next part as soooooooon as possible❤❤❤

  9. Faushaa

    Vrh vrh reethi mi part Masha Allah ?
    Whn is the nxt part? Avahah up kohdhehcheyy?

    1. lilly
      Faushaa

      thank u soooo muh fau.. next part vee haa vx avahah up kohdheveythoa balaanan❤❤❤❤❤

  10. ✨Shaanee

    v reethi mi part.. when is next part

    1. lilly
      ✨Shaanee

      thank u shaanee…❤❤❤

  11. Ahu____________shan

    I like to read this story so much❤️❤️❤️waiting Nxt part ❤️❤️?

  12. ?Ril?

    Masha Allah mi part ves varah furihama. Dhen oi part ves avahah up kohladheychey. ?????

    1. lilly
      ?Ril?

      thank u soo muh ril.. yup❤❤❤❤❤❤

  13. ain

    superb????

    1. lilly
      ain

      thnkxxx ain

  14. shix

    vvvv reethi mi part ….curiously waitting for next part….

  15. Unknown

    Lilly you ge umurun kithah aharun ?Adhi which grade mihen mi E heee vaahaka liyan molhukamun ??

  16. Fluffy

    Varah salhi Masha Allah … Whn next ?? Avahah up Koh dhehche … Can’t wait to see dhn vaane gotheh kiyaalan ….. Vr vr salhi ….. Curiously waiting igey

    1. lilly
      Fluffy

      thnk u soooooo much

  17. Ahu____________shan

    Lilly avahah upload kohdeeba nxt part can’t wait to see nxt part ?????

    1. lilly
      Ahu____________shan

      its already published…

  18. Saraa

    Woow

Comments are closed.