Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 30

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 2, 2020 8 Mins Read
17 Comments

އަޒްމަންއާ އެކު ގޭ ދޮރުން ވަން އިރު ޒައިނާގެ ހިތުގެ ތެޅުން އަވަސް ވެފައިވިއެވެ. ބިރުގަނެފައި ހުރި ނަމަވެސް އެކަން ނުދައްކާ ވޭތޯ ޒައިނާ މަސައްކަތް ކުރިއެވެ. ގޭ ތެރެއަށް ވަދެވުމާއެކު އާރާ އައިސް ޒައިނާގެ އަތުގައި ހިފާލަމުން ކަންބޮޑު ނުވުމަށް ބުނެލީ ސިއްރުސިއްރުންނެވެ.

“މަންމާ، ބައްޕާ، މީ ޒައިނާ” ސިޓިންގްރޫމް ސޯފާގައި ތިބި ނާދިޔާއާ ނާޝިދުއަށް ޒައިނާ ތަޢާރަފް ކޮށްދިނީ އާރާއެވެ.

ނާދިޔާ ތެދު ވެގެން އައިސް ޒައިނާގެ އަތުގައި ހިފައިގެން ގެނެސް ނާދިޔާ ކައިރީ ބޭންދިއެވެ.

“ޒައިނާ ދެކިލާ ހިތުން މަންމަ އުޅޭތާ ކޮން ދުވަހެއް މިހާރު؟ މިހާ ރީތި ކުއްޖަކު މަންމަމެންނާ ހަމައަށް ނުގެނެސް އަޒްމަން އެހާ ލަސް ކޮށްފި ވިއްޔަ” ހީލަމުން ޒައިނާގެ އަތުގައި ފިރުމާލާފައި އަޒްމަންގެ މަންމަ ބުންޏެވެ.

“އާއިލާއަށް މަރުހަބާ އިނގޭ ދަރިފުޅާ. މިއަދުން ފެށިގެން އަޒްމަންއާ އަޔާންއާ އާރާއެކޭ އެއް ގޮތަށް ޒައިނާއަކީވެސް މިގޭ ކުއްޖެއް އިނގޭ” ޒައިނާއާ ދިމާއަށް ސަލާމަށް އަތް ދިއްކޮށްލަމުން އަޒްމަންގެ ބައްޕަ ބުންޏެވެ.

ބުނާނެ އެއްޗެއް ނުވިސްނިފައި އިން ޒައިނާ ނާޝިދުއާ ސަލާން ކޮށްލިއެވެ.

“ކީއްވެ ދަރިފުޅު ނުގެނެއީ؟ އަދާ ދޯ ކިޔަނީ؟” ނާދިޔާ އަހާލިއެވެ.

“ތަންކޮޅެއް ލަސްވެފަ ހުރީމަ… އަޒްމަންވެސް ނުބުނޭ އަދާ ގެންނާކަށް” ޒައިނާ ބުންޏެވެ.

“ދެން އަންނަ ދުވަހަކުން އަދާވެސް ގެންނަން ވާނެ. މިހާރުން ފެށިގެން ދިމާ ވީމައެއްނު އަދާވެސް މަންމަމެންނާ ރައްޓެހި ވާނީ، ދޯ ނާޝިދު؟” ނާދިޔާ ބޭނުން ވަނީ އަދާއާވެސް ވީހާވެސް އަވަހަކަށް ބައްދަލު ކުރާށެވެ.

“ޒައިއަށް އެނގޭތަ؟ މަންމަ މިއަދު އެ ހުންނަނީ ވަރަށް އުފަލުން ޒައިނާއާ ދިމާ ވާތީ. އަދި އަދާ އައިސްދާނެ ކަމަށް ޓޯއިސްވެސް ގަނެގެން އުޅެނީ، މަންމައާ ފްރެންޑް ނުވެދާނެތީ ބްރައިބް ކުރަން ވެގެން. މަންމަ ވަރަށް ލޯބި ވާނެ ކިޑްސް ދެކެ” އާރާ ކިޔާދިނެވެ.

“އަދާ ވަރަށް އަވަހަށް ފްރެންޑް ވާނެ، ދޯ ޒައި؟” އަޒްމަން ބުނެލިއެވެ.

ޒައިނާ ބޯ ޖަހާލިއެވެ.

“ސައި ބޯން ހިނގާ ދޯ! ކޮން އިރަކުން ދެން މަންމަމެންނާ ޒައިގެ ފެމިލީއާ ބައްދަލު ވާނީ؟ މަންމަ ބޭނުން ވަނީ ވީހާވެސް އަވަހަކަށް އަޒްމަންއާ ޒައިނާގެ ކައިވެނި ކުރުވަން. އެކަމަކު އޭގެ ކުރިން ދެ އާއިލާ ދިމާވެ އެކުވެރި ވާން ވާނެއެއްނު” ސައި ބޯން ތިބި އިރު ނާދިޔާ ވާހަކަ ދައްކަމުން ދިޔައެވެ. ނާޝިދުވެސް އެކި އެކި ސުވާލު ކުރިއެވެ.

ބަންގި ގޮވުމުން އަޒްމަންއާ ނާޝިދު މިސްކިތަށް ދިޔައެވެ. އާރާވެސް ނަމާދު ކުރަން ކޮޓަރިއަށް ދިޔުމުން ނާދިޔާއާ ޒައިނާ އެކަނި ވިއެވެ.

“ދެން ޒައިނާއާ ބެހޭ ގޮތުން އެކި އެކި ކަންތައް މަންމައަށް ކިޔާދީބަލަ” ނާދިޔާ އެދުނެވެ.

“އަޒްމަން މަންމަ ސުވާލު ކުރޭ، ވީ ވަރަކުން ޖަވާބު ދޭނަން” ހީލަމުން ޒައިނާ ބުންޏެވެ.

“ދެ ކުދިން ދިމާވީ ކިހިނެއް؟ އަޒްމަން ކައިވެންޏަށް އެހީ ކޮން އިރަކު؟ މަންމަ އެހިޔަސް އަޒްމަން ނުބުނާނެ. މިހާ ދުވަސް ވީ އިރު މަންމަމެން ކިޔާކިޔާވެސް މީހަކާ އިންނަ ކަހަލަ ވިސްނުމެއް ނުގެންގުޅޭ އޭނަ. އެކަމަކު ކުއްލިއަކަށް އައިސް މަންމަ ކައިރީ ބުނީ ކައިވެނި ކުރަން ބޭނުމޭ. އެހެން ވީމަ މަންމަ ސުވާލު ކުރާނެއެއްނު ދޯ؟” ސަމާސާ ގޮތަކަށް ނާދިޔާ އަހާލިއެވެ.

“އަޒްމަން ހުރިހާ އެއްޗެއް ކިޔައެއް ނުދޭތަ؟” އިސްޖަހާލަމުން ޒައިނާ އަހާލީ، އަޒްމަން އެއްވެސް ކަމެއް މަންމަމެންނަށް ސިއްރު ކޮށްފާނެ ކަމާމެދު ސުވާލު އުފެދުމުންނެވެ.

“ތި ބުނީ އަދާގެ ވާހަކަތަ؟” ނާދިޔާ ލަސްލަހުން އަހާލިއެވެ.

ޒައިނާ ބޯ ޖަހާލިއެވެ.

“ކިޔާދިން. އެކަމަކު އެއީ ޒައިނާއާ މެދު މަންމަމެންގެ ހިތް ނުސާފު ވާންވީ ކަމެއް ކަމަކަށް މަންމަ ނުދެކެން. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ، ނުބައި މަގަކުން ހިނގިދާނެ. ފުރަތަމަވެސް ޒައިނާ ހުރިހާ އެއްޗެއް އަޒްމަންއަށް ކިޔާދިން. އެކަމަކުވެސް އަޒްމަންގެ ހަޔާތަށް އޭނަ ގެންނަން ބޭނުން ވަނީ ހަމަ ޒައިނާ. މި ހުރިހާ ދުވަހު ހުރެފަ ކައިވެނި ކުރަން ބޭނުން ވެގެން އަޒްމަން ބުނާނީ ޒައިނާ ދެކެ ލޯބި ވާތީ. އެކަން މަންމައަށް ޔަގީން. އެހެން ވީމަ ޒައިނާގެ މާޒީގަ ކަންތައް ވެފަ އޮތް ގޮތް ބަލާކަށް މަންމަމެން ބޭނުމެއް ނޫން. އަލުން އެ ވާހަކަތައް ދައްކައިގެން ޒައިނާގެ ހިތަށް ތަދު ވުން ނޫން ކަމެއް ނުވާނެ. ނޫންތަ؟” ނާދިޔާ ވާހަކަ ދެއްކީ ޒައިނާގެ އަތްތިލައިގައި ހިފާލައިގެން އިނދެއެވެ.

“ހިއެއް ނުކުރަން ދެން ދުވަހަކުވެސް އެހެން މީހަކަށް އިތުބާރު ކުރެވިދާނެ ކަމަކަށް، އެކަމަކު އަޒްމަން… ފުރަތަމަ ނޫނެކޭ ބުނީމަވެސް އަޒްމަން ދުލެއް ނުކުރި. އަހަރެން ވިސްނަން ވަގުތު ދީގެން ހުރީ. ބުނީ އޭނަގެ ހިތެއް ދެން ބަދަލެއް ނުވާނެޔޭ. އަޒްމަންއާ ފުރަތަމަ ދިމާވީ ހޮސްޕިޓަލުން. ވިހޭ ފަހުން އަޒްމަން ގެޔަށް ދިޔައީ. އަހަންނަށް ވުރެ ކުރިން ގޭ އެންމެންގެ ރުހުން އަޒްމަން ހޯދީ. އެންމެ ފަހުން އަހަންނަށްވެސް ޖެހުނީ އާއެކޭ ބުނަން” ޒައިނާ ކިޔާދިނެވެ.

“ޒައި އަދާއާ މެދު ކަންބޮޑު ނުވައްޗޭ. އަޒްމަންއާ އިނދެގެން މި ގެޔަށް އައިސް އަދާއަށް ދެރަ ގޮތަކަށް ކަންތައް ވެދާނެ ކަމަށް ހީ ނުކުރައްޗޭ. އެއީ މަންމަގެ ފުރަތަމަ މާމަ ދަރިފުޅު. އެކަން ދުވަހަކުވެސް ބަދަލެއް ނުވާނެ” ނާދިޔާ ބުންޏެވެ.

ޒައިނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނާދިޔާއާ ދިމާއަށް ބަލަހައްޓައިގެން އިނދެފައި ޒައިނާ ބޯ ޖަހާލިއެވެ.

އަޒްމަން އައުމުން ޒައިނާ ނާދިޔާމެންގެ ފަރާތުން ދިޔުމުގެ ހުއްދައަށް އެދުނީ އިޝާ ނަމާދު ވަގުތު ވުމުގެ ކުރިން ގެޔަށް ދާން ބޭނުން ވެގެންނެވެ. އަދި އަދާ ގޮވައިގެން ވަރަށް އަވަހަށް އެ ގެޔަށް އައުމަށާ، ޒައިނާގެ މަންމަމެންނާ ވީހާވެސް އަވަހަކަށް ބައްދަލު ކޮށްދިނުމަށް ވަޢުދު ވަމުންނެވެ.

ދެ މީހުން ނުކުތުމުން ނާދިޔާ އައިސް ސައި ބުއި ތަށިތައް ނަގަން ފެށިއެވެ.

“އަހަންނަށް ވަރަށް ކަމުދޭ ޒައިނާ” ނާދިޔާ ބުންޏެވެ.

“އާނ، ރަނގަޅު ކުއްޖެއް ހެން ހީވަނީ. އެ އުމުރުގަ ގޯހެއް ހެދިދާނެ ދޯ؟” ނާޝިދުއަށްވެސް ޒައިނާ ކަމުދިޔައެވެ.

“ދެން އަޒްމަން ކައިރީ ބުނެގެން ކައިވެނީގެ ކަންތައް އަވަސް ކުރަން ވީ. އަޒްމަންއަށް ދެން ކިޔަވަން ދެވޭނީ ކައިވެނި ކޮށްގެން” ނާދިޔާ ބުންޏެވެ.

“އާނ، ތީ ރަނގަޅު ގޮތެއް” ނާޝިދު އެއްބަސްވިއެވެ.

“މިރޭ އަޒްމަން އަންނަ އިރަށް އެ ވާހަކަ ދައްކާނަން” ނާދިޔާ އައިސް ނާޝިދު ކައިރީ އިށީނެވެ.

އަދާއަށް ދޭން ގަން އެއްޗެހި ހުރި ކޮތަޅު ނާދިޔާއަށް ފެނުނީ އެ ވަގުތުއެވެ.

“އަދާއަށް ގަނެފަ ހުރި އެއްޗެހިކޮޅު ނުދެވި މިހިރީ. އަދި ނުދާނެ ކަންނޭނގެ. އެބަ އަންނަން” ނާދިޔާ ކޮތަޅު ހިފައިގެން ތެދުވިއެވެ.

“އަހަރެންގެ ފެމިލީ ރަނގަޅުތަ؟ ޔޫ ލައިކް ދެމް؟” ނިކުމެފައި އަޒްމަން އަހާލިއެވެ.

“ވަރަސް ސަޅި، ވަރަށް ލައިކް ވެއްޖެ” ފައިވާނުގެ މަޅިގަނޑު އަޅުވާލަމުން ޒައިނާ ޖަވާބު ދިނެވެ.

“އަހަރެން ދެކެ ލައިކާ ވާ ވަރަށް ވުރެވެސް ބޮޑަށްތަ؟” ޒައިނާގެ ދެ އަތުގައި ހިފާލަމުން އަޒްމަން ސަމާސާ ކޮށްލިއެވެ.

“ދެން ފެމިލީ އެހާ ރަނގަޅިއްޔާ އަޒްމަންގެ ހުރި ފޯލްޓްތައް ނުފެންނަ ކަމަށް ހަދާލަނިކޮށް އެޖަސްޓް ކޮށްލެވިދާނެ ހެން ހީވަނީ” ޒައިނާވެސް ހީލަމުން ކޮށްލީ ސަމާސާއެކެވެ.

“އެހެން ވިއްޔާ މިހާރުން ފެށިގެން އަހަރެންގެ ފަރާތުން ކަމުނުދާ ކަމެއް ފެންނަ ކޮންމެ ފަހަރަކު ލޯ މަރަން އާދަ ކުރޭ” ޒައިނާގެ އަތުން ދޫކޮށްލަމުން އަޒްމަން ކުއްލިއަކަށް ދެ އަތުން ޒައިނާގެ އުނަގަނޑުގައި ހިފާ ގެނެސް ގައިގައި ޖައްސާލިއެވެ.

“އަޒްމަން!” ދޮރާ ދިމާއަށް ބަލާލަމުން ޒައިނާއަށް ބުނެވުނެވެ.

“ކަމު ނުދަންޏާ ލޯ މަރާ” އަޒްމަން ކައިރިއަށް އައީ ހިންޏެވެ.

އެ ވަގުތު ގޭ ދޮރު ހުޅުވާލި އަޑު އިވުމާއެކު އަޒްމަން ޒައިނާ ގައިން ދޫކޮށްލާފައި ބަލާލިއެވެ.

“އަދާއަށް ގަތް އެއްޗެހި ނުދެވި ހުރީމަ މި ދޭން ވެގެން…” ކޮތަޅު ދިއްކޮށްލަމުން ނާދިޔާ ބުންޏެވެ.

“ޝުކުރިއްޔާ!” ކޮތަޅުގައި ހިފަމުން ޒައިނާ ބުންޏެވެ.

“މަންމާ، އަޒްމަންގެ މަންމަމެން ބޭނުމޯ މަންމަމެންނާ ވީހާވެސް އަވަހަކަށް މީޓް ކޮށްލަން” ގެޔަށް ވަން ގޮތަށް ސިޓިންގް ރޫމްގައި އަދާ ގޮވައިގެން އިން ނަޝީލާ ކައިރީ އިށީންނަމުން ޒައިނާ ބުންޏެވެ.

“ނަންނަ ކީކޭ ބުނީ؟” ނަޝީލާ އަހާލިއެވެ.

“އަހަރެން ބުނިން މަންމަ ކައިރީ ބުނާނަމޭ. މަންމައަށް ފެންނަ ދުވަހަކުން މި ގެޔަށް އެ މީހުން އައިސްދާނަމޭ ބުނި. ނޫނިއްޔާ މަންމަމެން އެ ގެޔަށް ދިޔަސް ހެވޭ ބުނީ” ޒައިނާ އަދާ އުރާލިއެވެ.

“އަޒްމަން، މަންމްމެންނަށް މާދަން ހަވީރު އަންނަން އުނދަގޫ ވާނެތަ؟” ނަޝީލާ އަޒްމަންއާ ސުވާލު ކޮށްލިއެވެ.

“ނޫނޭ. މަންމަ ހުރީ ހަމަ ރެޑީގަ” އަޒްމަން ބުންޏެވެ.

“އެހެން ވިއްޔާ އެ ވީއެއްނު. އަޒްމަން ސައި ބޮއެގެން ދޯ ދާނީ؟” ނަޝީލާ ބަދިގެއާ ދިމާއަށް ދިޔައެވެ.

“ނޫނޭ ޒައި މަންމާ. ދެންމެ ސައި ބުއީ” އަޒްމަން ދެކޮޅު ހެދިއެވެ.

އާރާ ގޮވައިގެން ބޭރަށް ދާން ޖެހޭތީ އިޝާ ނަމާދަށް ގޮވުމުން އަޒްމަން ދިޔައެވެ. ނަމާދު ކޮށްގެން ނިކުމެ ނީލަމްއަށް ކާން ދޭން ނަބާހާ އުޅުނު ވަގުތު ނަބާހާއާ ދައުހާ އެކިއެކި ސުވާލު ޒައިނާއާ ކުރަމުން ދިޔައީ އަޒްމަންގެ ގޭ މީހުންނާ ބެހޭ ގޮތުންނެވެ. އެ ވާހަކަތައް އަޑު އަހަން ނަޝީލާވެސް އިނެވެ. ނިހާންމެން މިސްކިތުން އައީ އެ މީހުން އެ ވާހަކައިގައި ތިއްބައެވެ.

ނިހާން ފެނުމުން ދައުހާ ބަލާލުމާއެކު ދެ މީހުންގެ މެދުގައި ބަދަލު ކުރެވުނު ހީލުން ފެނިފައި ނަވާޒް ނިހާންއާ ދިމާ ކުރަން ފެށިއެވެ. އެއްވެސް ޖަވާބެއް ނުދީ ނިހާން އައިސް ނަޝީލާ ކައިރީ އިށީނދެ އަދާ އުރާލަމުން އެ ކުއްޖާއާ ސަކަރާތް ޖަހަން ފެށިއެވެ. އެ މަންޒަރު ބަލަން ނަޝީލާ ހެވިފައި އިނެވެ. ފާއިތުވެ ދިޔަ ހަފްތާ ތެރޭގައި ނިހާންގެ މިޒާޖަށް ބަދަލެއް އައިސްފައި ވާކަން ނަޝީލާއަށް ވަނީ ފާހަގަ ކުރެވިފައެވެ. ކުރިޔާ ޚިލާފަށް ނިހާންގެ މޫނުމަތިން ހިތްހަމަ ޖެހުން ފެންނަން ފެށުމުން ނަޝީލާ އުފާވެއެވެ. ނިހާންގެ ޙަޔާތަށް އަންހެން ކުއްޖަކު އައީ ބާއޭ ހިތަށް އެރި ނަމަވެސް ނަޝީލާ އެ ސުވާލެއް އެކަކާވެސް ނުކުރެއެވެ. އެ ފަދަ ކަމެއް ވެއްޖެ ނަމަ ނިހާން އަމިއްލައަށް ބުނާނެ ކަން އެނގޭތީ ނަޝިލާ ސުވާލު ނުކޮށް ހުރީއެވެ.

“މާމާ، ދޮންބެ އަތުން އަދާކޮއްކޮ ނަގާބަލަ” ކާން އިން ނީލަމް ދުވެފައި އައިސް ނިހާން ކައިރީ ހުއްޓިފައި ބުނެލިއެވެ.

“އެއްކަލަ ނީލް ޖޭ ވީ ދޯ ދޮންބެ އަދާ އުރާލީމަ؟ ނީލް ތީ މިހާރު ދޮންބެ ކުއްޖެއް ނޫނޭ، ތީ މިހާރު ބައްޕަ ކުއްޖެކޭ. އަދާ މިހާރު ދޮންބެ ކުއްޖަކީ” ހިނި އައިސްފައި ނަވާޒް ނީލަމް އުރާލަން އުޅުނެވެ.

“ނޫން، އެއީ ނީލްގެ ދޮންބެ، ނީލް މީ ބައްޕަ ކުއްޖެއް ނޫން، ދޮންބެ ކުއްޖެއް” ނީލަމް ތުން ދަމާލަމުން ބޮޑާ ހާކާލިއެވެ.

“އާނ، ނީލްއަކީ އޭ ދޮންބެގެ ދަރިފޅު ދޯ ދޫނީ؟ އަދާ ކޮއްކޮ މީ ބައްޕަގެ” ނީލަމްގެ ވާހަކައާ އެކު ބާރަށް ހީގަނެފައި ނަވާޒް އަތަށް އަދާ ދީފައި ނިހާން ނީލަމް އުރާލިއެވެ.

ނިހާންއާ ދިމާއަށް ބަލަން އިން ނަޝީލާ އެ ވަގުތު ނިހާންގެ ބޮލުގައި ފިރުމާލިއެވެ. ނިހާން މަންމައާ ދިމާއަށް ބަލާލިއެވެ.

“މި ހަފްތާ ތެރޭ ދަރިފުޅު ހާދަ ބަދަލު ވެއްޖެޔޭ. ކުރިން އުޅުނު ހެން މަންމަމެންނަށް ފިލައިގެނެއް ނޫޅޭ ނިހާން މިހާރަކު. ކަމެއް ވީތަ؟” ނަޝީލާ އަހާލިއެވެ.

ނިހާން ޖަވާބެއް ނުދީ ނަވާޒްއާ ދިމާއަށް ބަލާލިއެވެ. ދައުހާއށް އިޝާރާތް ކޮށްލަމުން ނަވާޒް ބޯ ޖަހާލީ ދައުހާގެ ވާހަކަ ނަޝީލާ ގާތު ބުނުމަށް ހިތްވަރު ދިނުމަށެވެ. ނިހާން ޒައިނާއަށް ބަލާލުމުން ޒައިނާވެސް ހީލަމުން އަތުގެ ބޮޑުވާ އިނގިލި ހިއްލާލިއެވެ.

ދެން ނިހާން ބަލާލީ ނަޝީލާގެ ފަހަތުގައި ހުއްޓި ހުރި ދައުހާއަށެވެ. ދައުހާވެސް ބޯ ޖަހާލިއެވެ.

“މަންމަ އަޑު އަހަން ބޭނުން ވާ ކަހަލަ ހަބަރެއް މަންމައަށް ދޭން އެބަ އުޅެމޭ ބުނެފިއްޔާ މަންމަ އުފާވާނެތަ؟” ނިހާން އަހާލިއެވެ.

“އަޑު އަހަން ބޭނުން ވާ ކަހަލަ ހަބަރެކޭ؟ ނިހާން… ނިހާން މީހަކާ އިންނަން އުޅެނީތަ؟” ނަޝީލާއަށް އަވަސްއަވަހަށް އަހާލެވުނެވެ.

ނިހާން ބޯ ޖަހާލިއެވެ.

“އަސްލުވެސްތަ؟ ކާކު؟ ކޮން ކުއްޖެއް އެއީ؟” ވީ އުފަލުން ނަޝީލާ އެހިއެވެ.

“އެއީ… އެއީ ކޮންމެ ކުއްޖަކަސް މަންމަ ގަބޫލު ވާނަންތަ؟” ނަޝީލާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނިހާންވެސް ކުރީ ސުވާލެކެވެ.

“ނިހާން ކޮންމެ ކުއްޖަކު ދެއްކިޔަސް މަންމަ ގަބޫލު ވާނަން. ނިހާން ދިރިއުޅުމެއް ފެށުމަށް ވުރެ މަންމަ އުފާވާނެ އެހެން ކަމެއް ނޯންނާނެ. ބުނެބަލަ، ކޮން ކުއްޖެއްތަ؟” ބޯ ޖަހާލަމުން ނަޝީލާ ބުންޏެވެ.

ދެންވެސް ނިހާން ފަސްޖެހުނެވެ. އަނެއްކާވެސް ނަވާޒްއާ ދިމާއަށް ބަލާލެވުނީ އެހެންވެއެވެ. ނަވާޒް ބޯ ޖަހާލިއެވެ.

“އެއީ ކޮންމެ ކުއްޖަކަށް މަންމަ ހިތްހަމަ ޖެހޭނެތަ؟ ދެކޮޅަށް ހަމަ އެއްވެސް އެއްޗެއް ނުބުނާނަންތަ؟” ނިހާން ބޭނުން ވީ ނަޝީލާގެ ފަރާތުން އެއްވެސް ވަރެއްގެ ނުރުހުމެއް ނުވާނެކަން ޔަގީން ކުރާށެވެ.

“އެއީ… ނާޒްތަ؟ އެ ދެ މީހުން ވަރިވީތަ؟ އެހެންވެތަ ނިހާން ބުނަން ތިހާ ފަސް ޖެހެނީ؟” ނިހާން ޖެހިލުންވާ ސަބަބަކީ އެއީ ކަމުގައި ނަޝީލާއަށް ހީވިއެވެ.

“ނޫން މަންމާ… ނާޒްއެއް ނޫން” ދެ ފަރާތަށް ބޯ ހަލުވާލަމުން ނިހާން ބުންޏެވެ.

“ދެން ކާކު؟ މަންމައަށް ވަރަށް ހީވޭ މަންމަ ދަންނަ ކުއްޖެއްގެ ވާހަކަ ހެން ނިހާން ބުނަން ތި އުޅެނީ. ރަނގަޅަށްތަ މި ހީކުރެވުނީ؟” ނަޝީލާ އެހިއެވެ.

ނިހާން ބޯ ޖަހާލިއެވެ.

އެ ވަގުތު ނަޝީލާގެ ހިތަށް ދައުހާގެ ނަން އައީ ކީއްވެ ކަމެއް ނޭނގެއެވެ. ނިހާން ކައިވެނި ކުރަން އުޅޭ އަންހެން ކުއްޖަކީ ދައުހާއަށް ވާނެ ނަމައޭ ނަޝީލާ ހިތަށް އެރިއެވެ. އެއާއެކު އެ ދެ ކުދިންގެ އުމުރުގެ ތަފާތު ހުރި ވަރު އިރުކޮޅަކަށް ހިތަށް އައި ނަމަވެސް އެ ފަދަ ކަމަކީ ދައުހާއަށް މައްސަލައަކަށް ނުވާނެއޭ ނަޝީލާގެ ހިތް ބުންޏެވެ. އެ ޚިޔާލުތައް ހިތަށް ވަންނަން ފެށުމުން ނަޝީލާ ދެ ފަރާތަށް ބޯ ހަލުވާލީ އެހެން ނުވާނެ ކަމަށް ހިތަށް ވިސްނައިދެމުންނެވެ.

“މަންމަ ކައިރީ ބުނާނަންތަ؟ ނޫނީ ނިހާން ތި އުޅެނީ މަންމަ ތަޅުވަން ވެގެންތަ؟” ކުޑަކޮށް ހިނިއައިސްފައި އިނދެ ނަޝީލާ އަހާލިއެވެ.

“މަންމަ ހިތްހަމަ ނުޖެހިދާނެތީ ބުނަން ނުކެރިގެން ދޮންބެ އެ އުޅެނީ، ދޯ ދޮންބޭ؟” އެ ވަގުތު ޒައިނާ ބުނެލިއެވެ.

“ނަންނައަށް އެނގޭތަ؟” ނަޝީލާ އަހާލިއެވެ.

“ދޮންބެ ނުބުނޭ އަހަރެން ކައިރިއަކު” ދެ ފަރާތަށް ބޯ ހަލުވާލަމުން ޒައިނާ އަވަސް އަވަހަށް ބުންޏެވެ.

“ނަވާޒްއަށް އެނގޭ ދޯ؟” ނަޝީލާ ދެން އަހާލީ ނަވާޒް ކައިރީއެވެ. ނިހާންގެ ޙަޔާތުގައި ހިނގާ އެ ވަރުގެ ކަމެއް ނަވާޒްއަށް ނޭނގި ނުދާނެ ކަން ޔަގީން ވާތީއެވެ.

“އޮއްއޯ! ސޮރީ މަންމާ، މަންމަ ކައިރީ ބުނެވޭނީ ހަމަ ދޮންބެއަށް” ދެ އަތް މައްޗަށް ހިއްލާލަމުން ނަވާޒް ބުނެލިއެވެ.

“ނިހާން!” އަކުރުތަކަށް ދަމާލަމުން ނަޝީލާ ގޮވާލިއެވެ.

“ތިހިރީ މަންމަގެ ފަހަތުގަ” ލޯ މަރާލަމުން ނިހާން ބުނެލިއެވެ.

ނަޝީލާ އެނބުރި ބަލާލިއެވެ. ނަޝިލާ އިން ސޯފާގެ ފަހަތުގައި ދައުހާގެ ކޮނޑުގައި އަތް އަޅުވާލައިގެން ނަބާހާ ހިނި އައިސްފައި ހުރި އިރު ދައުހާ ހުރީ ލަދުން އިސް ޖެހިފައެވެ.

“ދައު… ދައުތަ؟” ގަބޫލު ނުކުރެވިގެން އެނބުރިފައި ނަޝީލާ ނިހާންއާ ސުވާލު ކޮށްލިއެވެ.

“އާނ، ދައު!” ޒައިނާއާ ނަވާޒްއާ ނަބާހާ އެއްފަހަރާ ބުނެލިއެވެ.

“ހަމަ ރަނގަޅަށްތަ؟” ހިތުގައި އޮތް ގޮތަށް ވުމުން އަދިވެސް ޔަގީން ނުވެފައި އިން ނަޝީލާއަށް އަނެއްކާވެސް އަހާލެވުނެވެ.

ނިހާން ބޯ ޖަހާލިއެވެ.

“ދައު… ދައު… އެންމެ ފަހުން މަންމަ ހިތް އެދުނު ގޮތަށް މިވީ. ދައު މަންމަގެ ކުއްޖަކަށް މިވީ… ނިހާން، މަންމަ ވަރަށް އުފާވެއްޖެ” ނިހާންގެ ބޮލުގައި ފިރުމާލާފައި ނަޝީލާ ތެދުވެގެން ގޮސް ދައުހާ ގައިގައި ބައްދާލިއެވެ. އެއާއެކު ކުރީގެ ހަނދާނެއް ނަޝީލާގެ ހިތުގައި އާވެލިއެވެ.

“އެ ދުވަހު ދައު ރުއީ… ނިހާން ކަމެއް ކޮށްގެންތަ؟” ނަޝީލާ ކުއްލިއަކަށް އަހާލިއެވެ.

ދައުހާ ޖަވާބެއް ނުދީ ބަލާލީ ނިހާންއަށެވެ. ދެ އަތުން ކަންފަތުގައި ހިފާލަމުން ނިހާން ހަމައެކަނި ތުންފަތުގެ ހަރަކާތުން ސޮރީއޭ ބުނެލިއެވެ.

“މަންމާ، ދައު ވަރަށް ލޯބިވޭ ދޮންބެ ދެކެ. އެކަމަކު މިއޮއް ހުރިހާ ދުވަހު މި ދޮންބެ އެކަން ގަބޫލު ނުކޮށް ދައު ރޮއްވީ. އެހެންވެޔޭ ފަހުން ދައު މި ގެޔަށް އައުން ހުއްޓާލީވެސް. އެކަމަކާ ހެދި ދޮންބެ އަބަދު މޫޑީ ވެގެން އުޅުނީ، އަހަރުމެންނަށް ފިލައިގެން އަބަދު އޮފީހުގަ އުޅެން ފެށީ. ދައު ދެކެ ލޯބި ވާ އިރުވެސް ދޮންބެ އުޅުނީ އެއްބަސް ނުވާން. ހާދަ ވަރަކަށް ދައު ރޮއްވާފައޭ އެންމެ ފަހުން އެއްބަސް އެވީ” އެ ވަގުތު ނަވާޒް ބުންޏެވެ.

“އެ ދުވަހު ދައު ނުހުއްޓުވި ނަމަ މަންމައަށް އެއްޗެހި ކިޔާ ހިތްބުރަ ކުރެވުނީހީ ހަމަ ނިހާންއަށް ދޯ؟ އެހެން ވެ ދޯ އެއްވެސް އެއްޗެއް ނުބުނާށޭ ދައު ބުނީ؟ ނިހާން، ތީ ކޮން ކަހަލަ މީހެއް؟ އެ ވަރަށް މި ކުއްޖާ ރޮއްވާކަށް ނުވާނެއެއްނު؟ މަންމަ ހީކުރީ ނިހާން އެހެން އުޅުނީ ކުރީގެ ކަންތަކާ ކަމަށް… ދެން އަޅާނުލާ، މިއަދު މަންމަ ވަރަށް އުފާ ވެއްޖެ” ނަޝީލާ ދައުހާގެ ނިތްކުރިއަށް ބޮސްދީފައި ގޮސް ކޮޓަރިއަށް ވަނީ ވަސީމްއާ އެ ވާހަކަ ހިއްސާ ކުރާށެވެ.

އެ ހަނދާން ވުމުން ނިހާން އިސް ޖަހާލިއެވެ. ނަވާޒް ނިހާންގެ ބުރަކަށީގައި ދެ ފަހަރަކު ޖަހާލިއެވެ.

“ބުނީމެއްނު މަންމަ ކޫލް ވާނެޔޭ؟ ދޮންބެ ހަމަ ކަމަކާ ނުލައޭ އެހާ ކަންބޮޑުވެގެން އުޅުނީ” ނަވާޒް ބުންޏެވެ.

އެރޭ ކައި ނިމިގެން ވަސީމްއާ ނަޝީލާ ކޮޓަރިއަށް ވަނުމުން ދައުހާއާ ޒައިނާ ޓީވީ ބަލަން ތިއްބާ އަޒްމަން އައުމުން، އެ ދެމެދުގައި ނީންނަން ވެގެން ދައުހާ ޒައިނާގެ ކޮޓަރިއަށް ވަނެވެ. ނިހާންއާ ނަވާޒް ބޭރަށް ގޮސްފައި އައި ގޮތަށް ނަވާޒް އަނެއްކާވެސް ނިކުތީ ނަބާހާ މަންމަ ގެޔަށް ގޮސްލަން ބޭނުން ވުމުންނެވެ. ދަމުން ދައުހާ ގާތު ނީލަމް ބަލާލުމަށް ނަބާހާ އެދުމުން ދައުހާ މައްޗަށް ދިޔައެވެ.

ނަބާހާމެންގެ ކޮޓަރީ ދޮރު ހުޅުވާލާފައި ބަލާލި އިރު ނީލަމް ގަދައަށް ނިދާފައި އޮތުމުން ދޮރު ކައިރި ކޮށްލާފައި ނިކުތް ދައުހާއަށް ނިހާން ގޮވާލިއެވެ.

“މަންމަމެން މާދަމާ އާދޭތަ؟” ނިހާންގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން ނިހާން އަހާލިއެވެ.

“އާނ، މާދަން ހެނދުނު އަހަރެން ޖެހޭނެ ގެޔަށް ދާން. މަންމަމެން އަންނަން ވާ އިރަށް ގޭތެރެ ސާފުކޮށްލާ ހަދަން ވާނެއެއްނު” ދައުހާ ބުންޏެވެ.

“ދެން ވަރަށް މިސް ވާނެ. މިހާ ފްރީކޮށް ދެން ދައު ނުވެސް ފެންނާނެ” ދައުހާގެ އަތުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ނިހާން ޝަކުވާ ކޮށްލިއެވެ.

ދައުހާ ނިހާންގެ މޭގައި ބޯ ޖައްސާލިއެވެ.

“މަންމަ ކައިރީ ބުނާނީ ކޮން އިރަކުން؟” ނިހާން އެހިއެވެ.

“މާދަމާ ބުނާނަން” ދައުހާ ޖަވާބު ދިނެވެ.

“ދައު… ޔަގީންތަ…؟” ނިހާން އަހާލިއެވެ.

ދައުހާ ދުރަށް ޖެހިލާ ނިހާންގެ މޫނަށް ބަލާލިއެވެ. އަދިވެސް ނިހާންގެ ހިތުގައި ވަނީ ދައުހާގެ އާއިލާއިން އެ ގުޅުމާ ނުގަބޫލު ވެދާނެ ކަމުގެ ބިރެވެ. ދައުހާ ކިތަންމެ ވަރަކަށް ބުނި ނަމަވެސް ނިހާންއަށް ގަބޫލު ކުރަން ދަތި ވަނީއެވެ.

“ކީއްވެތަ ނިހާންއަށް ގަބޫލު ކުރަން އެހާ އުނދަގޫ ވަނީ؟ މި ހުރިހާ ދުވަހު ނިހާން ހީކުރީމެއްނު ނަޝީއްތަމެންވެސް ގަބޫލު ނުވެދާނެއޭ؟ އެކަމަކު މި ގޭ އެކަކުވެސް އެކަހަލަ އެއްޗެއް ބުނިތަ؟ ނުބުނޭނު؟ އަހަރެންގެ ފެމިލީއިންވެސް އެ ގޮތަށޭ ވާނީ. ބަލަން ހުންނައްޗޭ” ދައުހާ ބުންޏެވެ.

“އަހަރެންގެ ފެމިލީއިން އަހަރެން ކުރާ ކަމަކަށް ސަޕޯޓް ދިނަސް ދައުގެ ފެމިލީއިން އެ ގޮތަށް ނުވެދާނެއެއްނު؟” ދެންވެސް  ނިހާންއަށް ވާހަކަ ދެއްކެނީ އެ ގޮތަށެވެ.

“ދެން އެހެން ވިއްޔާ ހުރޭ އަހަރެން މަންމަމެން ކައިރީ ބުނަން ދެން، އެހެން ގޮތަކަށް ނިހާންއަކަށް ގަބޫލެއް ނުކުރެވޭނެއެއްނު؟ މިހާރު ހިތަށް އަރާ އެރޭ މަންމައަށް ގުޅާފަ ބުނެވުނު ނަމައޭ. އެހެންނަމަ ނިހާންގެ ހިތުން ތި ބިރު ފިލައިފީހެއްނު؟” ދައުހާ ބޭނުން ވަނީ ވީހާވެސް އަވަހަކަށް އެ ޚަބަރު މަންމަމެންނަށް ދޭށެވެ.

“ދައު…” ނިހާން އަނެއްކާވެސް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ދައުހާ ކުރިއަށް ޖެހިލަމުން ނިހާންގެ ތުންފަތުގައި ބޮސްދިނުމާއެކު ނިހާންގެ ބަސް ހުއްޓުވިއެވެ.

“ކޮން އިރަކުން މެރީ ކުރާނީ؟” ދައުހާ އަހާލިއެވެ.

“ދައުގެ މަންމަމެން އައީމަ މި ވާހަކަ ދައްކާފަ އެ މީހުން އޯކޭ ވިއްޔާ ވީހާވެސް އަވަހަކަށް މެރީ ކުރާނީ” ނިހާން ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނުވާނަން ތަފާތެއް… 20

Next

ނުވާނަން ތަފާތެއް… 21

Next
April 2, 2020

ނުވާނަން ތަފާތެއް… 21

Previews
April 2, 2020

ނުވާނަން ތަފާތެއް… 20

17 Comments!

  1. Mar Sha Marsha says:
    April 2, 2020 at 12:24 pm

    Hi, here’s part 30, kiyaalaafa comment kollahchey. Next part on sunday, ??❤️❤️❤️

  2. Kairaa says:
    April 2, 2020 at 2:15 pm

    Varah varah reethi…..waiting for the nxt part….

    1. Mar Sha Marsha says:
      April 4, 2020 at 12:14 pm

      Thank u Kairaa

  3. shix says:
    April 2, 2020 at 3:24 pm

    dhn alhe dhau mom men gaboluvaanama

    1. Mar Sha Marsha says:
      April 4, 2020 at 12:15 pm

      Next part ga engeyne dhau mamma bunaa ehcheh, let’s c dho ?

  4. Imkko says:
    April 2, 2020 at 3:46 pm

    Maasha allah … mi baives v reethi … finally emmen happy vey eba … waiting for the next part … ly ❤❤❤❤❤

    1. Mar Sha Marsha says:
      April 4, 2020 at 12:16 pm

      Thank u imkko ?

  5. Jungkook fan ?? says:
    April 2, 2020 at 4:37 pm

    Dhau family ves Ok kuruvan chey please. And it was very nice.

    1. Mar Sha Marsha says:
      April 4, 2020 at 12:17 pm

      Thank u jungkook fan, vaa gotheh balamaa dho ??

    2. Musla says:
      April 5, 2020 at 2:54 pm

      Bts Jungkook get fan eh tha ?

  6. Shifoo.... says:
    April 2, 2020 at 6:04 pm

    Ehaa avahah stry nunimmahchey. By the way stry hama vrh reethi masha allah. Waiting for the next part

    1. Mar Sha Marsha says:
      April 4, 2020 at 12:18 pm

      Adhi hieh nuvey nimeynee henneh shifoo, thank u ???

  7. Vee says:
    April 2, 2020 at 8:34 pm

    Varah salhi ?❤?❤?

    1. Mar Sha Marsha says:
      April 4, 2020 at 12:19 pm

      Thank u Vee ?

  8. Khadheeja says:
    April 4, 2020 at 1:34 am

    Varah muhimmu vaahaka eh faahaga kohlaanan . Kaivenyge kurin thunfathah bosdhinun meygaj boa alhaalun fadha kanthahthakakee dheenuge tharahaige threin beyruvaa kameh. Eiy ziney eh , aanmugothehgai vaahaka thakugai migothah liyevifa hunna “rom” than than nakalu kohgen ulhey meehunves
    Eba ulhey.ehenveemaa writers varah balanjeheyne vaahaka liyaairu mi liyaa ehchehge sababun society ah kuraane asaru. Ummeedhu kuran mi kahala mistakes rangalhu kohlaane kamah. Btw story varah reethi maashaa allah. U r very talented.??

    1. Mar Sha Marsha says:
      April 4, 2020 at 12:23 pm

      Thank u khadeeja, ?? Faahaga kolli kanthah rangalhu kuran masahkaiy kuraanan,

  9. Aaaaaa says:
    April 5, 2020 at 11:10 am

    koba tha miadhu ge part

Comments are closed.

Next Episodeހީވޭ ހިތް ބުނާހެން 31←


All Right Reserved!