Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ކޮންމެ ވިންދެއްގައި – 6 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
March 16, 2020 2 Mins Read
25 Comments

“ޝަޓްއަޕް….ޖަސްޓް ޝަޓްއަޕް..” ކުއްލިއަކަށް ކޮޅަށްތެދުވަމުން މޭޒުމަތީގައި މުއްކެވިފައިވާ އަތުން ނިކަން ބާރަށް ޖަހާލަމުން ބުނެލިއިރު ޔުނާން ހުރީ އެ ނުރައްކާތެރި ރުޅީވެރިނަޒަރުން ޒޯހަންއާ ދިމާލަށް ބަލަހައްޓައިގެނެވެ. އެ ރީތި ދެލޮލުން އަލިފާންކަނި ބުރަމުންދާފަދައެވެ. ދެން ޔުނާން ކޮއްލިކަމަކުން އެންމެން ހައިރާންވިއެވެ. ޔައިޝް އާއި ޔާއިން ފިޔަވައެވެ.

ޒޯހަން އާ ހަތަރުކަޅި ހަމަކޮއްލައިގެން ހުރިއިރު އެ ރުޅިވެރިނަޒަރު ފެނި ޒޯހަން ވެސް އެސްފިޔަތައް ތިރިކޮއްލިއެވެ. ދެން ކުއްލިއަކަށް އެއްޗެއް ތެޅިގެންދިޔަ އަޑުފަށްގަނޑަކުން އެންމެން ހައިރާންވިއިރު ދެލޯބޮޑުވިއެވެ. ޔާއިޝް އާއި ޔާއިން ފިޔަވައެވެ. ކާކޮޓަރީ ރެކްމަތީ ބަހައްޓާފައިހުރި ބޮޑު ޓީވީ އާއި ޒީނަތްރެތިކުރުމަށް ބެހެއްޓިފައިވާ ވާސްތައް ބިމައްޖަހާލިއިރަށް ޔުނާންގެ ރުޅި ފިނިވީކަންނޭނގެއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ހިނގާދިޔަ މި ގަބޫލުނުކުރެވޭ މަންޒަރުފެނި ޔުނާންގެ ހުރި ކުޅަދާނަކަމާއި ހަލުހިކަމާއި އެ ބާރުފެނި ހައިރާންވެފައިތިބި އެންމެންގެ ލޮލުގެ ޝިކާރައަކަށް ޔުނާން ވީއިރު ޔުނާން ހުރީ ވަރަށް ހަމަޖެހިލައިގެން ކާކޮޓަރީ ދޮރުގެ ދާރައިގައި އަތް ވިއްދާލައިގެން ހިނިތުންވެލައިގެންނެވެ. ކުރެވުނުކަމަކުން ވަރަށް ހިތްހަމަޖެހިފައިހުރިފަދައެވެ.

“ޔުނާން..އިށީންދޭ…” ކާމޭޒުމަތީ ގޮނޑިއަށް އިށާރާތް ކުރަމުން ޔާއިން ބުނެލުމާއެކު ވަރަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލާފައި ޔުނާން އިށީންދެ ކާންފެށިއެވެ. އެކެއް އެއްވެސް އެއްޗެއް ނުބުނެއެވެ. ކުޑަ ގޮތެއް ހަދައިލައިގެން ޔުނާން ދިއުމުން މިޝެލިންވެސް އަވަސް ގޮތަކަށް ކައި ނިންމާލަމުން ހިނގައިގަތީ ކޮޓަރިއަށެވެ. މިޝެލިން ކޮޓަރިއަށް ވަތްއިރު ޔުނާންއޮތީ ކައުޗްގައި އޮށޯވެލައިގެން ފޯނުކުޅޭށެވެ.

“މިޝެލިން…” މިޝެލިންއަށް ގޮވާލަމުން ޔުނާން ކައިރިއަށް އަންނާށޭ ބުނެ އިށާރާތްކޮއްލުމުން މިޝެލިން ގޮސް ޔުނާން ކައިރީ މަޑުކޮއްލިއެވެ.

“އަން..” މިޝެލިން އަތަށް ފޯނުދެމުން ޔުނާން ބުންޏެވެ.

“މި ކީއްކުރަން؟..އަޅުގަނޑަކަށް ނޭނގެ މި ބޭނުންކުރާކަށް…” އަތުގައި އޮތް ފޯނަށް ބަލާލާފައި ޔުނާންއަށް ބަލާލާފައި މިޝެލިން ބުނެލީ ދެލޯ ބޮޑުކޮއްލާފައެވެ. މިޝެލިންގެ މި ހަރަކާތުން ޔުނާންއަށް ހީލެވުނެވެ.

“އެހެ..ކަމް ހިއަރ…ދަސްކޮއްދޭނަން..” ކައުޗް ގައި އިށީދެފައި ޔުނާން ބުނެލީ މިޝެލިން ކައިރީ އިށީންނަން ބުނެފައެވެ.

ހަތަރު ކަނުންވެސް ކަނު އަނދިރިކަން ފިޔަވާ އެހެން އެއްޗެއް ފެންނާކަށް ނެތެވެ. މުޅި އެ ކޮޓަރިއަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ކުއްލިއަކަށް ބެލްކަނި ދޮރުހުޅުވާލާފައި ޒުވާނަކު ކޮޓަރިއަށް ދެމިގަތެވެ. އެވަގުތު މުޅި ކޮޓަރިއަށް އިރުގެ ރަން ދޯދިތައް ފެތުރިގެން ދިޔަނަމަވެސް ބެލްކަނި ދޮރު ލައްޕާލާފައި ފޮތިގަނޑު ކެހިގެންދިޔުމުން މުޅި ކޮޓަރިއަށް އަނދިރިކަންވެރިވެއްޖެއެވެ. ކުއްލިއަކަށް ލައިޓު ދިއްލުނުއިރު އެ ކޮޓަރީގައިތި ދެ ޒުވާނުން ހުރީ އެކަކު އަނެކަކާ ކުރިމަތިލައިގެންނެވެ. ދެ ޒުވާނުންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ރުޅިވެރިކަމެވެ. ބަލާލާފައިވެސް މީހަކަށް އެއީ އެއްމާބަނޑު ދެބެއިންނޭ ބުނެވޭނެއެވެ. ދެ ޒުވާނުންގެ ވެސް ތަފާތަކީ ކަޅީގެ ކުލައެވެ.

“ކައިލް ކޮބާ އަހަރެން އޭރުވެސް ބުނީމެއްނު އެއީ އޭނަގެ ދަރިއޭ..މިހާރު ގަބޫލު ކުރެވިއްޖެތަ؟..” އީކަލް ކައިލްއާ ހަތަރުކަޅި ހަމަކޮއްލިއިރު އެ ދެލޮލުން ފެންނަންހުރީ ރުޅިވެރިކަމެވެ.

“ބަލާލާފައިވެސް ގަބޫލުކުރެވިއްޖެ..އޭނަ އޭނަގެ ދަރި ދޫކޮއްލާފަ އެތަނުގަ އެ އުޅެނީ ކީއްވެ؟..އަހަރެން ބެލިބެލުމަށް އޭނަ އެންމެ ފަހުން އައީ މީގެ ދެ ހަފްތާކުރިން…އަހަރެމެންގެ މަންމަ މަރާލާފަ ބޭނުންހާ ގޮތަކަށް އުޅެވޭނެކަމައްތަ އޭނަ ހީކުރަނީ..އޭނަ ކިތަންމެ ބާރުގަދަޔަސް އަހަރެމެންގެ ލަޝްކަރުންގެ އަދަދާ ބަލާފަ އެއީ އެކައްޗެއްވެސް ނޫން..” ކައިލް ފާރަށް އަތުގެ ހޫނު ހަމަލާއެއް އަރުވާލަމުން ބުނެލިއިރު އެ ދެލޯ ނޫކުލައިން ދިއްލިފައި ނިވިގެންދިޔައެވެ.

“އަހަރެމެންގެ ބާރުގެ ބޭނުން ކޮއްގެންވެސް ބަދަލުހިފާނަން..ބައްޕަ އަހަރެމެން ދުނިޔެއަށް ފޮނުވީވެސް އެހެންވެ..އެކަމު އަދި ފުރަތަމަ އެބަ އޭނައަށް އިންޒާރުދޭން ޖެހޭ އޭނަގެ ދަރިން ތިބީ ނުރައްކަލެއްގަކަން ބުނަން…..އޭގެ ކުރިން އެބަޖެހޭ އަދި އެއްކަމެއް އޮޅުންފިލުވަން…” އީކަލް ވިސްނުންތެރިކަމާއެކު ބައެއް ކަންކަން ރޭވިފައިވާގޮތް ކައިލްއަށް ބުނެދެމުންދިޔައެވެ.

“އަހަންނަށް އެނގޭ…އޭނައާ އޭނަގެ ފިރިމީހާ މި ހުރިހާކަމެއް ސިއްރުކޮއްފަ ހުރީ އޭނަގެ ދަރިންކައިރީ..އެމީހުންނަކަށްވެސް ނޭނގޭ އެމީހުންނަކީ ކޮން ބައެއްކަން….އެކަމް ނޭނގުނަސް ބާރު ބޭނުން ކުރެވޭނެ ބައެއްފަހަރު..ނޭނގެ އެކަމް އެމީހުންގެ އަދި އާދަޔާހިލާފު ކަމެއް ފާހަގަ ކުރެވިފަކާ ނެތް..” ކައިލް އޭނާ ހޯދި މައުލޫމާތުކޮޅު އީކަލްއަށް ކިޔާދިނެވެ.

“އެމީހުންގެ ބުރަކަށީގަ ދެ ލަފުހެން ހުންނަ އެއްޗެއް ނުހުރޭތަ؟…” ވިސްނަންހުރެފައި އީކަލް އަހާލީ ކައިލްއަށް ބަލާލަމުންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ހީވޭ ހިތް ބުނާހެން 21

Next

……ހަގީގީ ލޯބި؟؟؟؟؟؟ -5

Next
March 16, 2020

……ހަގީގީ ލޯބި؟؟؟؟؟؟ -5

Previews
March 15, 2020

ހީވޭ ހިތް ބުނާހެން 21

25 Comments!

  1. MinnSnaileu says:
    March 16, 2020 at 6:30 am

    Varah reethi sifakurun… Ma Sha Allah.. Very creative too… Keep it up Mal.. And pls don’t keep me waitin fr too long ?

    1. Malsa Moosa says:
      March 16, 2020 at 4:28 pm

      thankx MinnSnaileu..Ehe..yup..Insha Allah..ekuda update eh plan ah gennan vegen lasvi..dhn ehneh nuvaane insha allah..thankx

    2. Malsa Moosa says:
      March 16, 2020 at 4:42 pm

      hi guyx..hope u all will like this part..insha allah varah avahah next part up kolladhevytho try kuraanan..

      lve ya all

  2. magnumm says:
    March 16, 2020 at 9:15 am

    ❤varah interesting??whn nextu dhoonyy

    1. Malsa Moosa says:
      March 16, 2020 at 4:29 pm

      thankx bro..insha allah liyevunu emme avahakah..And kon iraku bro online vaanee?..varah vaeyy brother nethyma

    2. magnumm says:
      March 16, 2020 at 7:25 pm

      hehe assutheyyy…mallu maa vai vegen ulhenya ol vaakahnu mi jehuny?….insha allah varah avahah ol vaanan…much lovexx ‘malangandu’???

    3. Malsa Moosa says:
      March 16, 2020 at 7:40 pm

      Aha..adhi eba oii friend akah intro koh dhn vx..eyna vx bro ol nuvegen e ulheni..vai vaanu bro noolhennah..I’ll be waiting nge bro

  3. Just fun says:
    March 16, 2020 at 10:10 am

    Alhe koacheh tha hithuge komme vindhehga othee ?????????????

    1. Malsa Moosa says:
      March 16, 2020 at 4:30 pm

      Eheh..keep waiting..adhi onnaane..

  4. Kairaa says:
    March 16, 2020 at 11:13 am

    Varah reethi…..whn nxt…waiting

  5. malsamalkkomal says:
    March 16, 2020 at 4:30 pm

    thankx kai..insha allah liyevunu emme avahakah

  6. Yanaa says:
    March 16, 2020 at 6:22 pm

    Varah Varah reethi ❤❤❤❤❤
    maa sha Allah???????
    waiting waiting ??????
    ❤❤❤❤ly malkko❤❤❤❤❤

  7. malsamalkkomal says:
    March 16, 2020 at 7:36 pm

    thankx Yan..ly 2

  8. Just fun says:
    March 16, 2020 at 9:01 pm

    Okay ???????

    1. Malsa Moosa says:
      March 17, 2020 at 8:39 am

      ?♥

  9. Shina says:
    March 17, 2020 at 8:01 am

    Vaanan umurah enme fahubai nerevifa inee alhuganduge Birthday ga???????

  10. malsamalkkomal says:
    March 17, 2020 at 8:39 am

    Ohh 19th january dhw..Nd e vaahaka ige fahubai eii Shina ah haassakahllaafa nge..mal ge suprise eii..Ahah..happy birthday nge?♥♥..varah lahun dhw mi bunevuni..?

  11. Aashy says:
    March 17, 2020 at 3:47 pm

    V reethi….waiting for the next part…

  12. malsamalkkomal says:
    March 17, 2020 at 4:07 pm

    Thankx Aashy♥

  13. Dhonthy says:
    March 17, 2020 at 9:30 pm

    Ey asluves mee hama unique story eiy. Very beautiful. When next Malkko?? Can’t wait for the next part. Please upload soon. V kiyaa hiyvaa story eiy miee. Love you mal. ❤️❤️❤️???❤️?❤️?❤️?

  14. malsamalkkomal says:
    March 18, 2020 at 5:56 pm

    thankx dhonthy..insha allah varah avahah..thank u so much..it means lot to me..ly 2..miss ya

  15. Your Fan... says:
    March 19, 2020 at 5:39 pm

    Hey Mal…whn is next.. I’m waiting.. Luv ur stories.. Gud luck to u..

    1. malsamalkkomal says:
      March 27, 2020 at 5:33 pm

      up kohllafin. thank u soo much. tc

  16. ??Najoo?? says:
    March 23, 2020 at 4:03 am

    Mi biruveri Vaahaka eh tha, ?

  17. malsamalkkomal says:
    March 27, 2020 at 5:33 pm

    Heh.. neynge dhw. balamaa

Comments are closed.

Next Episodeހިތުގެ ކޮންމެ ވިންދެއްގައި – 7 –←


All Right Reserved!