Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިޙަޔާތާ ދުރުނުވޭ (10ވަނަބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
January 19, 2015 6 Mins Read
18 Comments

ކާރެއްގައި  މޫނުފޮރުވައިގެން އައި  ދެމީހަކު ލިމްޝާ އުފުއްލާލައިގެން ގެންގޮސް އެކާރަށް އެރުވިއެވެ. އެތަނުން އެކަކު ހުރީ ލިމްޝާގެ އަނގަމަތީގައި އަތް އަޅައިގެންކަމުން ލިމްޝާއަށް ހަޅޭވެސް ނުލެވުނެވެ. ލިމްޝާގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. އެދުވަހު އަވަސްއަވަހަށް ފިހާރައަށް ދާންޖެހޭތީ ނަޝާމް އުޅުނީ ކުއްޖެއްގެ ސައިކަލް ހޯދައިގެންނެވެ. ބަލަންނުހުރެ ނަޝާމް އަވަސްއަވަހަށް ސައިކަލަށްއަރާ އެކާރުގެ ފަހަތުން ދުއްވާލިއެވެ. އަވަސްކުރަން ހަދައިގެން އެހެންމީހަކަށް އަންގާލަންވެސް ހަނދާނެއް ނުވިއެވެ.

ބާރު ސްޕީޑްގައި ކާރު ކުރިޔަށް ދެއެވެ. ނަޝާމްވެސް އޭނާއަށް ވީ ވަރަކުން އެކާރާ އަރާ ހަމަކުރެވޭތޯ ބެލިއެވެ. ކާރުގޮސް މަޑުކޮށްލީ ހަދަން ފަށަފައިވާ އިމާރާތެއްގެ ކުރިމަތީގައެވެ. ނަޝާމަށް އެހިސާބަށް ދެވުނު އިރު އެދެމީހުން ލިމްޝާ އެއިމާރާތަށް ވައްދަނީއެވެ. ބަލަން ނުހުރެ ނަޝާމްވެސް ސައިކަލް ބެހެއްޓުމަށްފަހު އެއިމާރާތާ ދިމާއަށް ދުއްވައިގަތެވެ. ހަލުވި ކަމާއިއެކު އެއިމާރާތުގެ ސިޑިގިރާކޮށް މައްޗަށް އަރާލިއެވެ. އަދި ކޮޅުކޮޅަށް ބަލާލީ ލިމްޝާ ފެނޭތޯއެވެ. ނަމަވެސް ލިމްޝާގެ އެއްވެސް ހިލަމެއް އެތަނުން ފެންނާކަށް ނެތެވެ. ނަޝާމް ހާސްވާ ގޮތްވިއެވެ.

“މީހެކޭ… އަހަރެން ސަލާމަތްކުރޭ…” އެއިވުނީ ލިމްޝާގެ އަޑެވެ. އެއާއިއެކު ފިރިހެނަކު ހިނިގަނޑެއް ޖަހާލިއަޑު އިވިގެން ދިޔައެވެ. ނަޝާމް އަޑުއައި ދިމާ ފާހަގަ ކޮށްލިއެވެ. އަޑުއައީ މަތިންނެވެ. ނަޝާމް އަވަސްއަވަހަށް މައްޗަށް ދިޔުމަށްޓަކައި ދުވަމުންކަހަލަ ގޮތަކަށް ސިޑިން އެރިއެވެ. ސިޑިން އެރިގޮތަށް ނަޝާމަށް ހުއްޓުން އެރިއެވެ. ލިމްޝާއިނީ ދެއަތާއި ދެފައި އައްސާފައި ގޮނޑިއެއްގައި ބައިންދާފައެވެ. ލިމްޝާގެ ދެފަރާތުގައި އޭނާ ކިޑްނެޕްކުރި ދެމީހުން ތިއްބެވެ. އޭރުވެސް ދެމީހުންގެ މޫނުހުރީ ފޮތިގަނޑަކުން ނިވާކޮށްފައެވެ.

“ނަޝާމް..” ލިމްޝާއަށް ނަޝާމް ފެނުމުން ރޮއެގަންނަމުން ނަޝާމަށް ގޮވާލިއެވެ.

“ލިމް…” ލިމްޝާ ފެނުމުން ނަޝާމް އުޅުނީ ލިމްޝާއާއި ދިމާއަށް ހިނގައިގަންނާށެވެ. އެވަގުތު ލިމްޝާ ދެލޯ ބޮޑުކޮށްލަމުން ފަހަތް ބަލާލުމަށް އިޝާރާތުން ބުނެލިއެވެ. ނަޝާމަށް ރަނގަޅަށް ފަހަތް ބަލާނުލެވެނީސް އެހެން ދެމީހަކު އައިސް ނަޝާމްގެ ދެއަތުގައި ހިފައި ހައްޔަރުކޮށްލިއެވެ. އެދެމީހުންވެސް ތިބީ މޫނު ފޮރުވައިގެންނެވެ. ނަޝާމް ވަރަށް ގަދަ ދެއްކިއެވެ. ނަމަވެސް ނަޝާމްއެކޭ އެއްވަރުގެ ވަރުގަދަ ދެމީހުން ހިފަހައްޓާފައި ހުރިއިރު އޭނާއަށް ވަކި ގަދަ ވެވޭނެ ހެއްޔެވެ.؟ އެދެމީހުން ނަޝާމްގޮވައިގެން ގޮސް ލިމްޝާގެ ކުރިމަތީގައި ބެހެއްޓިއެވެ. އަދި ދެންތިބި ދެމީހުންގެ އެހީއާއިއެކު ނަޝާމްގެ ދެއަތާއި ދެފައި އައްސާލިއެވެ. ލިމްޝާ ރޮމުން އެހެން ނުހެދުމަށް ބުނަމުން ދިޔައެވެ. އެތަނުން އެކަކު ލިމްޝާގެ އަތުގައާއި ފައިގައި އައްސާފައި ހުރި ވާގަނޑު މޮހާލިއެވެ.

“އަހަރެމެންގެ އަސްލު ޝިކާރަ އަހަރެމެންނަށް ލިބިއްޖެ… އެކަމަށް މަގުފަހިވީ ކަލޭގެ ސަބަބުން… އެހެންވީމާ އެކަމުގެ ހަދިޔާއެއްގެ ގޮތުން އަހަރެމެން ކަލޭ ދޫކޮށްލައިފިން… އިތުރު އަނިޔާއެއް ނުލިބެނީސް އަވަހަށް މިތަނުން ދާންއުޅޭ…” އެމީހާ ސިޑިއާއި ދިމާއަށް އަތްދިއްކޮށްލަމުން އެތަނުން ދިޔުމަށް ލިމްޝާގެ ގާތު ބުންޏެވެ. ނަމަވެސް ލިމްޝާ އެހުރި ފިޔަވަޅުމަތީގައި ހުރީއެވެ. އެތަނުން ހިރިވެސް ނުލައެވެ.

“އަދިވެސް ހުރީތަ..؟؟ މިތަނުން ދާށޭ ބުނެފީމެއްނު…” ލިމްޝާ އެގޮތަށް ހުރުމުން އެތަނުން އެކަކު ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ނޫން…” ލިމްޝާއަށް މަޑުމަޑުން ބުނެލެވުނެވެ. އޭރު އޭނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ނަޝާމްގެ މޫނަށެވެ. ލިމްޝާ އެހެން ބުނުމުން ނަޝާމް ހައިރާންވެފައި ލިމްޝާގެ މޫނަށް ބަލާލިއެވެ.

“ލިމް މޮޔަވީތަ…؟؟ ފުރުސަތުގެ ބޭނުންކޮށް ދެންވެސް އަވަހަށް މިތަނުން ދޭބަލަ…” ހައިރާންވެފައި ހުރެ ނަޝާމް ބުނެލިއެވެ.

“އޭ އަންހެން ކުއްޖާޔާ… އަހަރެމެން އަތުން ބޮނޑިއެއް ބޯން ބޭނުންވަނީތަ..؟؟ އޭނ…” އެތަނުން އެކަކު ލިމްޝާއާއި ގާތްވެލަމުން ނުލަފާ ގޮތަކަށް ބުނެލިއެވެ. ލިމްޝާ ފަހަތަށް ޖެހިލިއެވެ.

“އޭނާގެ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާތި..!!” އައިރުޅީގައި ނަޝާމް ބުނެލިއެވެ. އޭނާއަށް ވެގެންވަންޏާ އެމީހާއަށް ދެއަތުގެ ބޭނުން ނުކުރެވޭވަރު ކޮށްލީހެވެ. ނަމަވެސް މިވަގުތު  އޭނާގެ ހަތަރެސްފައި އޮތީ ބަންދުވެފައެވެ. ރުޅިއައިސްގެން އެއްޗެހި ގޮވުން ފިޔަވައި އޭނާއަށް ވަކިކުރެވޭނީވެސް ކޮންކަމެއް ހެއްޔެވެ.؟

“ލިމް ޕްލީޒް… ދެންވެސް އަވަހަށް މިތަނުން ދޭބަލަ…” އާދޭހުގެ ރާގެއްގައި ނަޝާމް ބުނެލިއެވެ.

“ނުދާނަން… މިބުނީނު ނުދާނަމޭ… އަހަރެން ދާތަނުން ނަޝާމަށް ދެރަގޮތެއް ވެއްޖިއްޔާއޯ.. އަހަންނަކަށް އެހިތްދަތިކަމެއް ބަރުދާސްތެއް ނުކުރެވޭނެ… އަހަރެން ނަޝާމްދެކެ އެހާވެސް ލޯބިވޭ… ނަޝާމަށް ދެރަގޮތެއް ވެއްޖިއްޔާ އަހަންނަށް ނޭނގެ ވާނެގޮތެއްވެސް… ނޫން… ނަޝާމް އެކަނި ބަހައްޓާފައި އަހަންނެއް ނުދާނަން…” ލިމްޝާ ހުރީ އެހެންމީހަކު ބުނާއަޑު އަހާކަހަލަ ގޮތަކަށް ނޫނެވެ. އޭރުވެސް ހުއްޓުމެއް ނެތި އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.

ނަޝާމް ހުރީ ބުނާނެ އެއްޗެއް ނޭނގި ލިމްޝާއަށް ބަލަހައްޓައިގެންނެވެ. ލިމްޝާގެ ދުލުން އިވިގެން އެދިޔަ ބަސްތަކަކީ އެބަސްތަކެއް ލިމްޝާގެ ދުލުން އަޑުއެހުމަށް އޭނާގެ ހިތް އިންތިޒާރުކުރަމުން ދިޔަ ބަސްތަކެވެ. މިޔަދު އޭނާގެ އިންތިޒާރަށް ނިމުމެއް އައީއެވެ. އޭނާ ބޭނުންވީ ރޮއެރޮއެ ހުރި ލިމްޝާ ގެނެސް އޭނާގެ މޭގައި ލައްކޮށްލާ އެދެއަތުން ފޮރުވާލާށެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އޭނާ މިހުރީ ހަތަރެސްފައި ބަންދުވެފައެވެ. ކިތަންމެ ބޭނުންވިޔަސް ޖެހޭނީ ދުރުގައި ހުންނާށެވެ.

“އޯހް… ހާދަ ވަރުގަދަ ލޯތްބެކޭ ދޯ ތީ… އޫމް.. އަހަރެންގެ ހިތަށްވެސް ކުޑަކޮށް އަސަރުކޮށްލައިފި… އެހެންވީމަ އަހަރެން ކަލޭމެން ދެމީހުން ވާހަކަ ދައްކާލަން ޗާންސެއް ދޭނަން… ބަރާބަރު ދިހަ މިނެޓް… އެއަށްފަހު އަހަރެމެން ކަލޭ މިތަނުން ބޭރަށްލާނަން…” ލިމްޝާއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އެމީހާ ބުނެލިއެވެ. އަދި ނަޝާމްގެ ގާތަށް ގޮސް ނަޝާމްގެ އަތްމޮހާލުމަށްފަހު އެމީހުން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ.

ލިމްޝާ ލިބުނު ފުރުސަތުގައި ދުވެފައިގޮސް ނަޝާމްގެ ގައިގައި ބައްދާލިއެވެ. އަދި ނަޝާމްގެ މޭގައި މޫނު ޖައްސާލައިގެންހުރެ ގިސްލާފައި ރޮމުންދިޔައެވެ. ނަޝާމް ލިމްޝާގެ ބުރަކަށީގައި ފިރުމާލަމުން ނުރޯށޭ ބުނެލިއެވެ. އަދި މާތް ﷲ އިރާދަކުރެއްވިއްޔާ އޭނާއަށް ދެރަގޮތެއް ނުވާނެއޭ ބުނެ ލިމްޝާއަށް ހިތްވަރުލައިދިނެވެ. އޭރު އޭނާގެ ލޮލުންވެސް ކަރުނަތިއްކެއް ވެއްޓުނެވެ. ލިމްޝާގެ ލޯބި ލިބުނު ދުވަހު އޭނާއަށް ކުރިމަތިވެފައިވާ މުސީބާތާމެދު ނަޝާމް ހިތާމަކުރިއެވެ. ލިމްޝާގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލައިގެން ހުރެ ނަޝާމް ދެލޯމަރާލަމުން ހިންދިރުވާލިއެވެ.

އެވަގުތު އަތްތިލަބަޑީގެ އަޑަށް ސިހިފައި ނަޝާމްއާއި ލިމްޝާ އަޑުއައި ދިމާއަށް ބަލާލިއެވެ. އޭރު ލިމްޝާމެން ކިޑްނެޕްކުރި ހަތަރުމީހުންގެ ގާތުގައި ސުހާއާއި ޒަޔާން ހެވިފައި ތިބެގެން އަތްޖަހަނީއެވެ. ހައިރާންކަމާއިއެކު ވާނުވާ ނޭނގިތިބި ލިމްޝާއާއި ނަޝާމް އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ސުހާމެނަށް ބަލާލިއެވެ. އެވަގުތު އެތާ މޫނު ނިވާކޮށްގެން ހުރި އެކަކު އޭނާގެ މޫނުގައި އަޅާފައި އޮތް ފޮތިގަނޑު ނެގިއެވެ. އެއީ ރީހާންއެވެ.

“ރީހާން…” ރީހާން ފެނިފައި ނަޝާމްމެން އިތުރަށް ހައިރާންވެ ދެމީހުނަށް އެއްފަހަރާ އޭނާގެ ނަން ކިޔާލެވުނެވެ. އޭރު ދެންތިބި މީހުންވެސް މޫނުގައި އަޅާފައި އޮތް ފޮތިގަނޑު ނަގާފިއެވެ.

“މިހާރު ވަގުތު ހަމަވެއްޖެ… ކޮންގުރެޓްސް ބުރޯ…” ނަޝާމްގެ ފައިގައި އައްސާފައި އޮތް ވާގަނޑު މޮހާލަމުން ނަޝާމްގެ ކޮނޑުގައި ޖަހާލަމުން ހެވިފައިހުރެ ރީހާން ބުނެލިއެވެ. އަދި އޭނާގެ ބައިވެރިންނާއިއެކު އެތަނުން ނުކުމެގެން ދިޔައެވެ.

“ޒަޔާން ކިހިނެއްތަ މިވަނީ….؟؟؟ މީ ކޮން ކަންތައްގަނޑެއްތަ…؟؟؟” ވާނުވާ ނޭނގުމުން ނަޝާމް ޒަޔާންގެ ގާތުގައި އަހާލިއެވެ. ޒަޔާން ހީލަމުން އެމީހުންގެ ގާތަށް ދިޔައެވެ. ސުހާވެސް ދިޔައެވެ.

“މީ ތިބޭފުޅާއަށް ތިބޭފުޅާގެ ލޯބިވާ ލިމް ހޯދައިދޭން އަހަރެމެން ރޭވި ޕްލޭނެއް… ތިދެމީހުން އުޅޭގޮތް ބަލަން އަހަރެމެންނަށް ކެތްނުވީ… ސުހާ އަހަންނަށް ކިޔައިދިނީ ލިމްވެސް ނަޝާމްދެކެ ލޯބިވާ ވާހަކަ… އަހަރެމެން ދެމީހުން ވަރަށް ވިސްނާފަ އެންމެ ފަހުން އައި ޚިޔާލު މީ… އަހަރެމެންނަށް އެނގޭ ނަޝާމަށް ދެރަގޮތެއް ވެއްޖާ ލިމްއަށް ނުހުރެވޭނެކަން ދުރުގައެއް… ލޯބި ހާމަ ކުރާނެކަން… އެހެންވެ ރީހާންމެންނާ ގުޅިގެން އަހަރެމެން ރޭވި ޕްލޭންއެއް މީ…” ދެޖީބަށް އަތްޖަހާލައިގެން ހުރެ ޒަޔާން ކިޔައިދިނެވެ. ލިމްޝާއަށާއި ނަޝާމަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އަދި ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ހީލިއެވެ.

“ސުހާގަނޑާ… ހާދަ ގޯހޭ… ކިރިޔާއެއްނު ބިރުންގޮސް މޭގަނޑު އަތަށް ނައީ…” ސުހާގެ ކަންފަތުގައި ހިފާލަމުން ލިމްޝާ ބުނެލިއެވެ.

“އައްދޯއި… ޝުކުރު އަދާކުރުމުގެ ބަދަލުގައި އަދިވެސް އަހަންނަށް އަނިޔާ ކުރަނީތަ…؟؟” ލާނެއް ގޮތަކަށް ހީލަމުން ސުހާ ބުނެލިއެވެ. ސުހާ މިހެން ބުނުމުން އެންމެން ހޭންފެށިއެވެ.

ނަޝާމް ލިމްޝާގެ އަތުގައި ހިފައި ގެނެސް އޭނާގެ މޭގައި ލައްކޮށްލަމުން އޭނާގެ ބާރުގަދަ ދެއަތުން ލިމްޝާ ވަށާލިއެވެ.

“ބަޔަކު ބިރުދެއްކީމަ ދޯ ލޯބިހާމަކުރަންވެސް އެނގުނީ… ކީއްވެތަ ކުރިން ލޯބިވާކަމަށް އެއްބަސް ނުވީ…؟؟ ލިމް ބޭނުންވީ އަހަރެން ތަޅުވަންތަ…؟؟” ލިމްޝާ ދުރުކޮށްލަމުން އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓައިލައިގެން ހުރެ ނަޝާމް އަހާލިއެވެ. ލިމްޝާ ނޫނެކޭ ބުނެލިއެވެ.

“ތީ އަހަރެންގެ ހިތުގައިވެސް އުފެދުނު ސުވާލެއް… ލިމް އެހާ ލޯބިވާއިރުވެސް ލޯބިވާކަމަށް އެއްބަސްނުވީ ކީއްވެގެންބާއޭ… ސުހާވެސް ނުބުނި ލިމް އެގޮތަށް ކަންތައްކުރި ސަބަބެއް… އޭނަ ހަމައެކަނި ބުނީ ލިމްވެސް ނަޝާމްދެކެ ލޯބިވާ ވާހަކަ….” ޒަޔާންވެސް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ބޭރުކޮށްލިއެވެ. ލިމްޝާ ބަލާލީ ސުހާއަށެވެ. ހަގީގަތް ހާމަކުރުމަށް ސުހާ ބުނުމުން ލިމްޝާ އޭނާގެ ހަގީގަތް ނަޝާމްމެނަށް ކިޔައިދިނެވެ.

“އެއީ ވީ ގޮތަކީ.. އަހަންނަކީ ނަހަލާލު ކުއްޖެއްވީމަ ނަޝާމް އަހަރެން ގަބޫލު ނުކޮށްފާނެތީ ލޯބިވާކަމަށް އެއްބަސްވާން ނުކެރުނީ…” ހަގީގަތް ކިޔައިދީ ނިމުމުން ލިމްޝާ ބުނެލިއެވެ. އޭރު އޭނާ ހުރީ އިސްޖަހާލައިގެން އިނގިލިތަކާއި ކުޅޭށެވެ. ނަޝާމް ބުނާނެ އެއްޗެއް ނޭނގޭތީ ހާސްވެ ކަންބޮޑުވެފައެވެ.

“ހަގީގަތް ހާމަކޮށް ލިމް ކަންތައް ތިކުރީ ވަރަށް ރަނގަޅަށް… ނަސީބެއްނު ކައިވެންޏަކާއި ހަމައަށް ދިއުމުގެ ކުރިން އަހަންނަށް ލިމްގެ ހަގީގަތް އެނގުނުކަން… އެހެންނޫނަސް ކާކުތަ ތިކަހަލަ ކުއްޖަކާ ގުޅޭނީ….” ނަޝާމްގެ ޖުމަލައިން ސިހިފައި ލިމްޝާ އިސްއުފުލާ ނަޝާމަށް ބަލާލިއެވެ. އޭރު އޭނާގެ ބޮޑުދެލޯ ފެންކަޅިވެފައި ވެއެވެ. ސުހާއާއި ޒަޔާންވެސް ހައިރާންކަމާއި އެކު އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ނަޝާމަށް ބަލާލިއެވެ.

“ސިލީ ގާރލް…” ލިމްޝާގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ލޯބިވެތި ގޮތަކަށް ނަޝާމް ބުނެލިއެވެ.

“ލިމްއަށް އަހަރެން ލިމްދެކެ ލޯބިވާވަރު އަންދާޒާވެސް ނުކުރެވޭނެ…. ކޮންމެ ހާލެއްގަ ހުއްޓަސް އަހަރެން ލިމް ގަބޫލުކުރާނަން… އެހެޔޮ ނަހަލާލު ކުއްޖަކަށްވިޔަސް ނޫނީ އިނދެ ވަރިކޮށްފައި ހުރި ކުދިންތަކެއްގެ މަންމައަށް ވިޔަސް.. ހެޔޮހިތުން އަހަރެނެ ލިމް ގަބޫލުކުރާނަން… އަހަރެން ލިމްދެކެ ވަނީ ހަމަ ހަގީގީ ލޯބި… ތިހެން އަދި ކުރިމަތިވާ ކަމެއްގެ ސަބަބުން އެލޯތްބަށް ކުޑަނަމަވެސް ބަދަލެއް ނާންނާނެ…” ނަޝާމްގެ ދުލުން އިވެމުންދިޔަ ބަސްތަކުން ލިމްޝާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. ނަޝާމް ނިކަން ލޯތްބާއިއެކު ލިމްޝާގެ ނިއްކުރީގައި ބޮސްދިނެވެ. އަދި އޭނާގެ ބޮލުގައި ފިރުމާލިއެވެ.

“ދުވަހަކުވެސް އަހަރެންގެ ޙަޔާތުން ދުރަށް ނުދައްޗޭ…” ލިމްޝާ ގެނެސް އޭނާގެ އަތުތެރެއަށް ލަމުން ނަޝާމް ބުނެލިއެވެ.

“ހޫމް…އަހަރެމެންވެސް މިތާ އެބަތިބީމޭ… ދެން އޮތްބައި މިރެއަށް ބާއްވާފަ ދެންވެސް ހިނގާބަލަ ދާން… އޭރުންނެއްނު ހަވީރުވާން ވާއިރަށް ހުރިހާކަމެއް ނިންމާލެވޭނީ….” ލާނެއް ގޮތަކަށް ހީލަމުން ޒަޔާން ބުނެލިއެވެ. ޒަޔާން މިހެން ބުނުމުން ސުހާ ހޭންފެށިއެވެ. އަދި ޒަޔާންއާއި އެކު  ސިޑިން ފައިބާން ފެށިއެވެ. ނަޝާމްވެސް ލިމްޝާގެ އަތުގައި ހިފާލަމުން އެމީހުންގެ ފަހަތުން ފައިބާން ފެށިއެވެ.

 

ރޭގަނޑުގެ ވަގުތެވެ. ނަޝާމްއާއި ލިމްޝާ ތިބީ ގޭގައި ހައްދާފައި ހުރި އަނބު ގަސްދޮށުގައެވެ. ލިމްޝާ އިނީ އަނބުގަހުގައި ލެނގިލައިގެންނެވެ. ލިމްޝާގެ އުނގުގައި ބޯއަޅާލައިގެން ނަޝާމް އޮތެވެ. ލިމްޝާގެ މަޑުމަޑު އަތްތިލައިން ނަޝާމްގެ މުށި އިސްތަށިގަނޑާ ކުޅެމުން ދިޔައެވެ.

“ލިމް…” އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު ނަޝާމް ގޮވާލިއެވެ. ލިމްޝާ އެއިންގޮތަށް އިނދެ “ހޫމް” އެކޭ ބުނެލިއެވެ.

“އަހަރެން މިޔަދު ވަރަށް ވަރަށް އުފާވެއްޖެ… އަހަރެން ހުރީ ލިމް އަހަންނަށް ނުލިބޭނެކަމަށް ހީކޮށް އުއްމީދު ކަނޑާލައިގެން… ލިމްއަށް އިނގޭތަ..؟؟ ލިމް އަހަންނާ ވާހަކަ ނުދައްކާ ހުރި ދުވަސްކޮޅު އަހަންނަށް ހީވި އަހަރެންގެ ހުރިހާ އުފާތަކެއް އަހަންނާ ވަކިވެގެން ދިޔަހެން… އަހަރެން އެއްވެސް މީހަކާ ވާހަކަ ދައްކާ ހިތެއްވެސްނުވޭ… އެއްވެސް ކަމެއްވެސް ކުރާހިތެއް ނުވޭ… ހިތަށްއެރީ ކޮންދުވަހަކުންބާއޭ ލިމް އަހަންނާ ވާހަކަ ދައްކާނީ… އަހަރެންގެ ލޯބި ގަބޫލުކުރާނީ..” ނަޝާމްގެ ވާހަކަ މެދުކަނޑާލީ ލިމްޝާ ނަޝާމްގެ އަނގަމަތީގައި އަތް އެޅުމުންނެވެ.

“ކޮންހާ ވާހަކައެއްތަ ތިދައްކަނީ..؟؟ ދެން މިކަހަލަ އުފާވެރި މާހައުލެއްގައި ތިކަހަލަ ވާހަކަ ނުދައްކާބަލަ… އެހެން ނޫނަސް އެއީ މިހާރު ނިމިފަ އޮތް ކަމެއްނު… މިހާރު އަހަރެން މިއިނީ ނަޝާމްއާއި އެކު ނަޝާމްގެ ކައިރީގައެއްނު..” ލިމްޝާ ނަޝާމްގެ ވާހަކަ ހުއްޓުވިއެވެ. ނަޝާމް ލިމްޝާގެ އަތްތިލައިގައި އޭނާގެ ހޫނު ތުންފަތް ޖައްސާލިއެވެ. އެވަގުތު ކުއްލިއަކަށް އޭނާގެ ހަނދާނަށް އައި ކަމަކުން ތެދުވެ ލިމްޝާގެ ގާތު އިށީނެވެ.

“އެހެންވީއިރު ބުނެބަލަ..؟؟ އަހަރެން އޭރު ސާރާއާއިއެކީ އުޅުން ދުވަސްކޮޅު ލިމްއަކަށް އެއްވެސް ގޮތެއްނުވޭތަ..؟؟ ދެރައެއް ނުވޭތަ…؟؟” ލާނެއް ގޮތަކަށް ބޯއަރިކޮށްލަމުން ނަޝާމް އަހާލިއެވެ.

“ހޫމް… އަހަންނަކަށް އެއްވެސް ގޮތެއް ނުވެ… ކޮންކަމަކާތަ އަހަރެން ދެރަވާންވީ…؟؟” ދުރު ބަލަހައްޓައިގެން އިނދެ ލިމްޝާ ނޫންކަމަށް ހަދާލިއެވެ.

“އެކަމެއް ނޭނގެ.. އެދުވަހު ފައިލްވެއްޓުނީވެސް އަހަރެމެންނަށް ބަލަން އުޅެން ހަދައިގެންނު.. އަހަރެމެން ހީ ސަމާސާކޮށް ހެދިއިރުވެސް ލިމްގެ ނަޒަރު ހުންނަނީ އަބަދުވެސް އަހަރެމެންނަށް ހުއްޓިފައި…ތުންކޮޅު ދަމާލާފަ އިންނައިރު ހީވަނީ ގޮސް ރާއްޖޭން ބޭރު ވެދާނެހެން..” މަޖާވެލާފައި ނަޝާމް ބުނެލިއެވެ.

“ހުއް… ދެން ހެވޭ… އަހަރެން ދެރަވިޔޭ… އެކަމަކު އަހަރެން ދެރަވިޔަސް ނަޝާމަށް އެއްވެސް އަސަރެއް ނުކުރެއެއްނު.. އެހެންވެގެންނު އެސާރާގަނޑު ކައިރީގައި އަހަރެންލާ ހެދުންތައް ކަމުނުދާ ވާހަކަވެސް ބުނީ…” ލިމްޝާ ތެދުވަމުން ހަށަންބަނދެލިއެވެ.

“އައްދޭ މަގޭ ފުށްގަނޑު ރުޅިއައީތަ..؟؟ އެއީވެސް ލިމް ޖޭކޮށްލަން ވެގެން ބުނި އެއްޗެކޭ… އަހަންނަށް ހަގީގަތުގަ ވަރަށް ރީތި ލިމް އެހެން ހެނދުންލީމަ…” ފުރަގަހުން ލިމްޝާގެ ގައިގާ ބައްދާލަމުން ނަޝާމް އޭނާގެ ދަތްދޮޅި ލިމްޝާގެ ކޮނޑުގައި ޖައްސާލައިގެން ހުރެ ބުނެލިއެވެ. ލިމްޝާ ހީލިއެވެ.

 

ޖެހިގެން އައިދުވަހު ނަޝާމްމެން އެނބުރި މާލެ ދިޔައެވެ. މާލެގޮސް އޮފީހަށް ދިޔަ ފުރަތަމަ ދުވަހު އޮފީހުގެ ހުރިހާ އެންމެންނަށް ނަޝާމްމެންގެ ގުޅުން އެނގުމުން އެންމެންވެސް އުފަލާއިއެކު ނަޝާމްމެނަށް މަރުހަބާ ކިޔެވެ.

 

ޒަޔާންއިނީ ވިލިގިލީ ފެރީޓާމިނަލް ކައިރީގައި އޭނާގެ ސައިކަލްމަތީގައެވެ. އިރުއިރުކޮޅާ ފޯނުން ގަޑިބަލާލައެވެ. އެވަގުތު ފެރީއިން ފައިބައިގެންއައި މީހުންތަކުގެ ތެރޭގައި ހުރި ނަޝްވާ ޒަޔާންގެ ލޮލުގައި އަޅައިގަތެވެ. ނަޝްވާހުރީ ރަތްކުލައިގެ ޓޮޕްކޮޅަކާއި ހުދު ސްކިނީއެއް ލައިގެންނެވެ. އޭނާގެ ފޫކޮޅާ ހަމައަށް އަރާ ބުޅިއިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލާފައެވެ. ލޮލުގައި އަވިއައިނެއް އަޅާފައި ވެއެވެ.

“މީ ކޮން ރަތް ހަންޑިއެއްތަ..؟؟” ނަޝްވާގެ ކުރިމަތީ ސައިކަލު މަޑުކޮށްލަމުން ޒަޔާން އަހާލިއެވެ. ނަޝްވާ ދެލޯ ބޮޑުކޮށްލަމުން ޒަޔާނަށް ބަލަން ހުރެ އޭނާގެ ލޮލުގައި އަޅާފައިވާ އަވިއައިނު ނެގިއެވެ.

“ޔޫ….” ނަޝްވާ ޒަޔާންއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ވަރަށް ބާރަށް ބުނެލިއެވެ. އެވަގުތު އެތާ ތިބި މީހުން ނަޝްވާއަށް ބަލަން ފެށިއެވެ. ނަޝްވާއަށް އެކަން އެނގުމުން އެމީހުނަށް ބަލާލަމުން ކުޑަކޮށް ހީލިއެވެ. އެއަށްފަހު ޒަޔާނަށް ބަލާލިއެވެ. އޭރު ޒަޔާނުވެސް ލާނެއް ގޮތަކަށް ހެވިފައި އިނެވެ. ޒަޔާން ހޭތަން ފެނުމުން ނަޝްވާގެ ރުޅިއިތުރަށް ގަދަވިއެވެ.

“ކޮންކަމަކާ ދަތްކޮޅު އިސްތިހާރު ކޮށްގެން ތިހެނީ..؟؟ މާ މަޖާކަމެއްވީތަ…؟؟” ޒަޔާނަށް ލޯއަޅާލަމުން މަޑުމަޑުން ނަޝްވާ ބުނެލިއެވެ. ޒަޔާން އަނގައިން ނުބުނެ އިނދެ ނިއް އަރުވާލީއެވެ. ނަޝްވާ ތުންއަނބުރާލަމުން ދިމަދިމާ ބަލާލިއެވެ.

“އަދިވެސް އާދެވުނުލެއް އަވަހީތަ ތިހުންނަނީ..؟؟؟ މިއަންހެންވެރިން ދުވަހަކު ބުނާ ގަޑިއަކަށް ތަނަކަށް ނާންނާނެ… މިހާރު އަހަރެން މިތާ އިންނަތާ ކިހާއިރެއްވެއްޖެކަން އިނގޭތަ…؟؟” ޒަޔާން މިހެން ބުނުމުން ނަޝްވާ އަނގަޔަށް ގޮތެއް ހަދާލިއެވެ.

“އޭ ހެލޯ… ކާކުތަ ބުނީ ޒަޔާން ގާތު އަހަރެން ބަލާ އަންނާށޭ…؟؟ ގައިމު އަހަންނެއް ނުބުންނަން…” ނަޝްވާ ދަތްކުނޑިވިކާލަމުން އަހާލިއެވެ.

“ކަމަނާގެ ބޭބެއަށް ބަލާއާދެވެން ނެތިގެން އަހަރެންގާތު ގޮސްދޭށޭ ބުނީމަ އަހަރެން މިއައީ… ދެންވެސް އަރަންވީނު ދޯ…” ޒަޔާން މިހެން ބުނުމުން ނަޝްވާ ޒަޔާންއާއި ދިމާއަށް ވައްތަރު ޖައްސާލަމުން ޒަޔާންގެ ސައިކަލްގެ ފަހަތަށް އެރިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ކަފުނަށް މިހިތް އަދި ނުލަކަން ޔަގީން……………16

Next

ހީވެސް ނުކުރަމެވެ. (01)

Next
January 21, 2015

ހީވެސް ނުކުރަމެވެ. (01)

Previews
January 18, 2015

ކަފުނަށް މިހިތް އަދި ނުލަކަން ޔަގީން……………16

18 Comments!

  1. Lovely says:
    January 19, 2015 at 9:06 pm

    Ooh.. Thanks.. Adhi nuves kiyaa vee ufalehge bodu kamun mi comment kohly..☺️ Thank uuuuu

  2. Lovely says:
    January 19, 2015 at 9:17 pm

    nice.. Waiting for the next part…!

  3. Lathie says:
    January 19, 2015 at 9:24 pm

    Haaaaaaaaaaaaaaaaaaaaadha kurey……. ekm vvvvvvv reethi… Waiting for next part…..upload ASAP PLEEEEEEEEEEEEEZU

  4. xeelan says:
    January 19, 2015 at 9:34 pm

    Varah rythi mi part ves. Dhn nashaam ge brother ah kihinehbaa vaany??

  5. dhonni says:
    January 19, 2015 at 9:39 pm

    oh haadha salhi eyy.. avahah up koh dhechey plxx.. v reethi vaahaka liyaaleh.. gd luck

  6. eemiyaa says:
    January 19, 2015 at 11:07 pm

    Thanks lovely, lathie, xeelan and dhonni for the lovely comments 🙂 🙂
    Lathie mi part kurutha?? yeah balaanan v avahah up kohleveytho next part..
    Xeelan kuriah oiy baithakah wait kohla, eyrun nasham ge bro ah vaa goives engeyne. 🙂

  7. pwincex says:
    January 19, 2015 at 11:51 pm

    woww v nice bt haadha kurey kiyaa hithun ohva nimuny eh next part avahah up kohdhehchey… <3

  8. athoo .. says:
    January 20, 2015 at 6:10 am

    So nice.

  9. elsa says:
    January 20, 2015 at 8:36 am

    wow..hama vvv salhi ingey..keep up the good work.. 🙂 <3

  10. eemiyaa says:
    January 20, 2015 at 12:32 pm

    Thanks pwincex, atoo and elsa 🙂
    pwincex kiyaa hithun othyma kanne kuruhen hyvy.. yeah, i will up the next part as soon as i can. 🙂

  11. zee says:
    January 20, 2015 at 3:41 pm

    🙂

  12. Shai says:
    January 20, 2015 at 4:41 pm

    Vaahaka Digukobba….varah salhi.aslu heekury kidnap kurumun fight eh kamah den annaanee..so i was bored a bit. But varah salhi..nashaam he bro ah Kihineh vanee????

  13. lady says:
    January 20, 2015 at 4:43 pm

    vaahaka genes deyli kamakunudy….ma dodiyaakoh genesdeny ragalu kohlan feny

  14. eemiyaa says:
    January 20, 2015 at 8:16 pm

    Thanks zee and shai 🙂

  15. eemiyaa says:
    January 20, 2015 at 8:21 pm

    Lady, dhodhiyaakoh genesdhe ey thibuny kn thankolheh goas v ma.. Ethanko buneladhy eyrun rangalhu kohlan engeyny
    Btw i really appreciate ur opinion Thanks 🙂

  16. pwincex says:
    January 20, 2015 at 10:22 pm

    vehdhaaneh ehn kamah vx dhw eemy bt ur mst wlcm… 😀

  17. Aish says:
    January 21, 2015 at 5:51 pm

    zim mifaharu haadhaa kurukoh thi genes dhiny… anyways nice ingey i love this one :*

  18. eemiyaa says:
    January 22, 2015 at 10:28 pm

    Yeah pwincex..
    Aish, may b u r commnting to wrng story.. this story may not b the 1 tht u want to comment..

Comments are closed.

Next Episodeމިޙަޔާތާ ދުރުނުވޭ (11ވަނަބައި)←


All Right Reserved!