Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 18

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 8, 2020 8 Mins Read
24 Comments

“އައި ލަވް ޔޫ ޝަނާ!”

އަސަދު އެހެން ބުނެލުމާއެކު ގަބޫލު ނުކުރެވިފައި ޝަނާޒް އަސަދުއާ ދިމާއަށް ބަލަން އިނެވެ.

“ސީރިއަސް ވާށޭ ބުނީމަވެސް…” އިސް ޖަހާލަމުން ޝަނާޒް ބުނެލިއެވެ.

“ސީރިއަސްކޮށް އަހަރެން މި ބުނީ، އެހެން ފަހަރުވެސް އަހަރެން ބުނަނީ ދޮގެއް ނޫން. އަހަރެންގެ ލައިފްއަށް ޝަނާ އަންނަ ދުވަހަކުން، ޝަނާ ބުނާ ވަގުތުން ފެށިގެން އަހަރެން މި ކަންތައް ހުއްޓާލަން މަސައްކަތް ކުރާނަން. އަހަރެން ވަރަށް ލޯބިވޭ ޝަނާ ދެކެ. އައި ލަވް ޔޫ، މިއަދަކު ނޫން… އިއްޔެއަކުވެސް ނޫން… އަހަންނަކަށް ނޭނގެ އަހަންނަށް ޝަނާ ދެކެ ލޯބި ވެވުނީ ކޮން އިރަކު ކަމެއްވެސް” އަސަދު އެންމެ ފަހުން ހިތުގެ ގޮވުން ޝަނާޒްއަށް އިއްވިއެވެ.

އިރުކޮޅަކު އެކަކު އަނެކަކަށް ބަލަން ދެ މީހުން ތިއްބެވެ. އަސަދު އެ ހާމަ ކުރި ހަގީގަތަށް ފަހު ބުނާނެ އެއްޗެއް ޝަނާޒްގެ ހިތަކަށް ނައެވެ.

“ޝަނާ…” ޝަނާޒްއާ ކައިރިއަށް ޖެހިލަމުން އަސަދު ގޮވާލިއެވެ.

“އަސަދު… އައިމް ސޮރީ… އަހަރެން… އަހަރެން” އަސަދު އަމިއްލަ ހިތުގެ ޙާލު އެ ގޮތަށް ހާމަ ކުރުމުން ސީދާ އިންކާރު ކުރާކަށް ޝަނާޒްއަކަށް ނުކެރުނެވެ.

“ޕްލީޒް ޝަނާ… އައި ނީޑް ޔޫ… ހަމަ ތެދެއް މި ބުނީ، ޝަނާ އަހރެންގެ ލައިފްއަށް އަންނަ ވަގުތުން ފެށިގެން އަހަރެން ޓްރައި ކުރާނަން… އައި ވިލް ޓްރައި މައި ބެސްޓް… ޕްލީޒް، އާނއެކޭ ބުނޭ… ސޭ ޔެސް ޝަނާ…” ޝަނާޒްގެ ދެ އަތުގައި ހިފާލަމުން އަސަދު ބުނެލީ އާދޭހާ އެކުއެވެ.

“އަސަދު… އައިމް ސޮރީ! އައި ލަވް ސަމްވަން އެލްސް… މެރީ ކުރަން މި އުޅެނީ… އައިމް ސޮރީ…” އަސަދުގެ އަތު ތެރޭން އަތް ދަމާލަމުން ޝަނާޒް ބުންޏެވެ. އަސަދު އެ ގޮތަށް އެދުމުން، ދެކޮޅު ހަދަން ވުމުން ޝަނާޒް ހަގީގަތުގައިވެސް ދެރަވިއެވެ. ނަމަވެސް ޝަނާޒް ބުނާނެ އެހެން އެއްޗެއް ނެތެވެ.

އަސަދުއަށް އިތުރަށް އެއްޗެއް ނުބުނެވެނީސް ޝަނާޒް ތެދުވެގެން ކޮޓަރިން ނިކުންނަން ދިޔައެވެ. ނަމަވެސް ދެތިން ފިޔަވަޅު އެޅުނު ތަނާ އަސަދު އައިސް ޝަނާޒްގެ އަތުގައި ހިފާ އަސަދުއާ ދިމާއަށް އަނބުރާލި ގޮތަށް ޝަނާޒް ގައިގައި ބައްދާލިއެވެ.

“ތިހެން ނުބުނޭ ޝަނާ… ތި މީހެއްގެ ނަން ޝަނާގެ ހިތުން ފޮހެވޭ ވަރަށް އަހަރެން ޝަނާ ދެކެ ލޯބި ވާނަން… ތި މީހަކަށް ވުރެ މާ ބޮޑަށް އަހަރެން ޝަނާ ދެކެ ލޯބި ވާނަން… ޕްލީޒް… އޭނަ ދޫކޮށްލާ… ލީވް ހިމް، ބީ މައި ވައިފް… އަހަރެން ވަރަށް ލޯބި ވޭ ޝަނާ ދެކެ…” މޮޔައެއް ހެން ޝަނާޒްގެ މޫނުގައި ދެ އަތުން ހިފާލައިގެން ހުރެ އަސަދު އާދޭސް ކުރަމުން ދިޔައެވެ.

ލިބުނު ހައިރާން ކަމުގައި، އަސަދު ދުރަށް ޖައްސާލަން އެ މޭގައި ދެ އަތް ޖައްސާލި ގޮތަށް ޝަނާޒްއަށް އަސަދުގެ މޫނަށް ބަލަން ހުރެވުނީއެވެ.

އެ ވަގުތުވެސް ހަމަހޭ މުޅިން ނެތި، ހިތާ ސިކުންޑިއަށް ވެރި ވެފައިވި މަސްތު ކަމުގައި ހުރި އަސަދުއަށް ޝަނާޒް ބަލަން ހުރި ގޮތުން އެއީ ޝަނާޒް ދިން ދައުވަތެއް ކަމުގައި އަސަދުއަށް ގަބޫލު ކުރެވުނެވެ. ދެ އަތުން ޝަނާޒްގެ މޫނުގައި މަޑުމަޑުން ހިފާ އުފުލާލުމާއެކު އެ ތުންފަތުގައި އަސަދު ބޮސްދޭން ފެށީ ހަށިގަނޑުގައި ހުރި މަސްތު ކަމާއެކު އާ އިހުސާސްތަކެއް ހޭލައިގަތުމުންނެވެ. އަސަދުގެ އެ އަމަލުން ސިހިފައި ޝަނާޒް އަސަދުގެ އަތުތެރޭން ނިކުތުމަށް މަސައްކަތް ކުރަމުން، ދެ އަތް އަސަދުގެ މޭގައި އަޅާ ކޮއްޕަމުން ދިޔަ އިރު އެއިން އެއްވެސް ކަމެއް އަސަދުއަކަށް ފާހަގައެއް ނުކުރެވެއެވެ.

ގައިގައި ހުރި ހުރިހާ ބާރެއް ދެ އަތަށް ހުސްކޮށްލަމުން ޝަނާޒް ބާރަށް އަސަދު ކޮއްޕާލިއެވެ. ކުއްލިއަކަށް ފަހަތަށް ދިޔަ އަސަދު ސިހިފައި ޝަނާޒްއަށް ބަލަން ހުއްޓެވެ.

މާ ނޭވާ ލެވިފައި ހުރި ޝަނާޒް ކަނާއަތުން ތުންފަތް ފޮހެލި އިރު ހުރީ ރޮވިފައެވެ.

“އަހަރެން ނޫނެކޭ ބުނީމަ އަސަދުއަށް ސާފު ނުވީތަ؟ އެހެން މީހަކާ އިންނާށޭ މި އުޅެނީ ބުނީމަ އަސަދުއަށް ނުވިސްނުނުތަ؟” ހިތްހަމަ ނުޖެހުމާ ރުޅިން ޝަނާޒްގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.

“އެ ނިހާން އާތަ އިންނަން ތި އުޅެނީ؟ އެހެންވެތަ އަހަރެން ބުނީމަ ދެކޮޅު ތި ހެދީ؟ އެ ނޫން މީހަކު ޝަނާއަށް ނުފެނުނީތަ؟” ހުރިހާ އެއްޗެއް އެނގޭ ކަން ޝަނާޒްއަށް އަންގަން ބޭނުން ވެފައި ހުރެ އަސަދު ސުވާލު ކުރިއެވެ.

ހައިރާން ވެފައި އަސަދުއާ ދިމާއަށް ބަލަން ޝަނާޒްއަށް ހުރެވުނެވެ.

“އެ މީހުންނާ ދުރުން އުޅޭ ޝަނާ. ހީ ޑަޒްންޓް ޑިޒަރވް ޔޫ. ތި ހިޔާލު ދޫކޮށްލާ! މެރީ މީ!” ރުޅި އައިސް ހުރެ އަސަދު ބުންޏެވެ. ހީވީ އަސަދުއާ ކައިވެނި ކުރުމަށް ޝަނާޒްއަށް އަމުރު ކޮށްލި ހެންނެވެ.

“ތި ބުނަނީ އަސަދުއަށޭތަ އަހަރެން ޑިޒަރވް ވަނީ؟ ނިހާން ދޫކޮށްލާފަ އަސަދުއާ އިންނަން އަހަންނަށް އަމުރުތަ ތި ކުރަނީ؟ މި ވީހާ ދުވަހު ނިހާން އެއް ފަހަރުވެސް ނުބުނޭ އަސަދުއާ ވާހަކަ ނުދައްކާށެކޭ، މި ގެޔަށް ނާންނާށެކޭ. އެކަމަކު ފުރަތަމަވެސް އަސަދު ތި ބުނަނީ އެ މީހުންނާ ދުރުން އުޅެން، ނިހާންއާ ވާހަކަ ނުދައްކަން. އަހަރެން ހީކުރީ އަސަދުއަށް އެނގުނީމަ އަންޑަސްޓޭންޑް ވާނެ ކަމަށް، އަހަންނަށްޓަކާ އުފާ ވާނެ ކަމަށް. އެކަމަކު އެހެންނެއް ނުވިއެއްނު؟

އައި ލަވް ހިމް! އަހަރެން މެރީ ކުރާނީ ނިހާންއާ. އަސަދު ބުންޏަސް އަހަންނަށް ނިހާން ދޫކޮށެއް ނުލެވޭނެ. އައިމް ސޮރީ!” އެ ވަރަށް ބުނެފައި ޝަނާޒް ކޮޓަރިން ނިކުންނަން ދިޔައެވެ.

ނަމަވެސް އެ ފަހަރުވެސް އަސަދު ޝަނާޒް ހުއްޓުވިއެވެ.

“ޝަނާ… ޔޫ ވިލް މެރީ މީ! ބަލަން ހުންނައްޗޭ! އެ ނިހާންއަކާ ނޫން ޝަނާ އިންނާނީކީ، އަހަންނާ ޝަނާ އިންނާނީ!” ޝަނާޒްގެ އަތުގައި ހިފާ އަސަދުއާ ދިމާއަށް އަނބުރާލާފައި އަސަދު ބުނެލިއެވެ. އެއާއެކު ޝަނާޒްއަށް ހުހަށް އޮތް އަތުން އަސަދުގެ ކޯމަތީ ޖަހާލެވުނީ އައި ރުޅިންނެވެ.

“އަހަރެން ހީކުރީ ތީ އަހަރެންގެ ފްރެންޑެއް ކަމަށް” ނިކުތުމުގެ ކުރިން ޝަނާޒް ބުނެލިއެވެ.

“ފްރެންޑެއް ނޫން… އަހަރެންގެ އަނތްބަކަށް ޝަނާޒް ހަދަން ބޭނުމީ. ޝަނާޒް ކިތަންމެ ނުރުހުނަސް އަހަރެން އެކަން ކުރާނަން!” ޝަނާޒްގެ ފަހަތުން ލެއްޕުނު ދޮރާ ދިމާއަށް ބަލަން ހުރެ އަސަދު ބުނެލިއެވެ.

އެ ދުވަހު އަސަދުއާ ޝަނާޒްގެ މެދުގައި ހިނގި އެއްވެސް ކަމެއް ޝަނާޒް އިތުރު މީހަކަށް އަންގާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އައިސްފައި ހުރިއަސަދު ބުންޏެވެ. ފާ ވާނެ ކަމަށް. ނަށް އަމުރުތަ ތި ކުރަނީ؟ މި ވީހާ ދުވަހު ރުޅީގައި ހަމަ އެރޭ ލަންކާއަށް ދިޔައީ ޝަނާޒްގެ ބޮޑުބޭބެ ކައިރިއަށެވެ. ނިހާންއަށްވެސް ނާންގާ، ހަމަ އެކަނި ގޭ މީހުން ކައިރީ ބުނެފައި ޝަނާޒް ދިޔައީ ނިހާން ގާތު އެ ވާހަކަ ބުނެވިދާނެތީއެވެ. އެ ރުޅިގަނޑު ފިނި ނުވަނީސް ނިހާންއާ ބައްދަލު ވެއްޖެ ނަމަ ހުރިހާ ވާހަކައެއް ނިހާންއަށް ކިޔާދެވިދާނެތީއެވެ. އެހެން ވެއްޖެ ނަމަ ދެން ވެދާނެ ގޮތަކާ މެދު ޝަނާޒް ކަންބޮޑު ވާތީއެވެ. އެއްވެސް ސަބަބަކާ ހުރެ މަންމައާ މަންމަގެ އެންމެ ގާތް އެކުވެރިޔާއާ މެދު މައްސަލައެއް ޖެހެން ބޭނުން ނުވާތީއެވެ.

ޝަނާޒް ކުއްލިއަކަށް ލަންކާއަށް ދާން އެދުމުން ޝަހާމާވެސް ކަންބޮޑު ނުވީ، ލަންކާގައި ދިރިއުޅޭ ޝަހާމާގެ ބޭބެއާ ބޭބެގެ ދެ ކުދިން ޝަނާޒްއަށް ލަންކާއަށް ދިޔުމަށް ދަޢުވަތު ދީފައި ވާތީއެވެ.

ޝަނާޒް ނިހާންއަށް ގުޅީ އަނެއް ދުވަހުއެވެ. އޭރު ނިހާން ހުރީ ޝަނާޒްއާ ނުގުޅިގެން ކަންބޮޑުވެފައެވެ. އެރޭވެސް ޝަނާޒްއާ ނުގުޅިއްޖެ ނަމަ، ޝަނާޒްގެ މަންމައާ ގުޅަން ނިންމައިގެން ހުރި ނިހާންގެ ފޯނަށް ރާއްޖެއިން ބޭރުގެ ނަމްބަރަކުން ގުޅުމުން ހައިރާންވެފައި ހުރެވެސް ނިހާން އެ ފޯނަށް ޖަވާބު ދިނެވެ.

“ނިހާން…” ނިހާން ފޯން ނެގުމާއެކު ޝަނާޒް ގޮވާލިއެވެ.

“ނާޒް! ކޮންތާކު ތި ހުރީ؟ އިއްޔެ ހަވީރުން ފެށިގެން ނުގުޅިގެން މި އުޅެނީ” ހިތްހަމަ ނުޖެހިފައި ހުރި ގޮތަކަށް ނިހާން އަހާލިއެވެ.

“ލަންކާގަ މިހިރީ. ރޭގަ އައީ” ޝަނާޒް ޖަވާބުދިނެވެ.

“ލަންކާގައޭ؟ ކީއްކުރަން ދިޔައީ؟” ނިހާން އެހިއެވެ.

“އެއީ… މަންމައާ ކުޑަ ފައިޓެއް ކޮށްލާފަ ބޮޑުބޭބެ ކައިރިއަށް އައީ ރުޅި މަޑުވެލަން ދެން” ދޭނެ ޖަވާބެއް ނޭނގި އިރުކޮޅަކު ހުރެފައި ޝަނާޒް ފުރަތަމަ ފަހަރަށް ނިހާންއަށް ދޮގެއް ހެދިއެވެ.

“އައްދޭ! ތީ ތިހާ ރުޅި ގަދަ ކުއްޖެއްތަ؟ މަންމަ ދެކެ އެހާ ވަރަށް ރުޅި އައީ މަންމަ ކީކޭ ބުނެގެން؟” ހަމަ ޖެހިލަމުން ނިހާން އަހާލީ ހިނިގަނޑަކާ އެކުއެވެ.

“ދެން… އެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން…” އުނދަގޫވެފައި ހުރެ ޝަނާޒް ބުންޏެވެ.

“ތިހެން ވިއްޔާ އަހަރުމެން މެރީ ކޮށްގެންވެސް ފައިޓް ކުރާ ކޮންމެ ފަހަރަކު އަހަރެން ޝަނާޒް ހޯދަން ދާން ޖެހޭނީ ލަންކާއަށްތަ؟ ނޫނީ އެހެން ކޮންމެސް ގައުމަކަށްތަ؟” ނިހާން ސަމާސާ ކޮށްލިއެވެ.

“އެހާ ވަރަށް ރުޅި އަރުވައިފިއްޔާ އެހެން ވެދާނެ” ޝަނާޒްވެސް ނިހާންގެ ސަމާސާގައި ބައިވެރިވިއެވެ.

“އެންމެ ރެއެއް މިވީ މީޓް ނުވާތާ، އެކަމަކު އޯލްރެޑީ މިސިންގ ޔޫ ލައިކް ކްރޭޒީ” ނިހާން ބުނެލިއެވެ.

“އައި ލަވް ޔޫ ޓޫ!” ޝަނާޒް ބުނެލީ ނިހާން ފަދައިން ޝަނާޒްވެސް ނިހާންއާ ބައްދަލު ކުރަން ބޭނުން ވި ވަރުންނެވެ.

“ކޮން އިރަކުން އަންނާނީ؟” ނިހާން އަހާލިއެވެ.

“އައީ ދާން ވަކި ދުވަހެއް ނިންމާފައެއް ނޫން. އެކަމަކު ބޮޑުބޭބެމެންވެސް ވަރަށް ދުވަސް ވަންދެން އަންނަން ކީ ފަހުން މި އާދެވުނީ. އެހެން ވީމަ ހިތަށް މި އަރަނީ ވީކެއް ވަރު މަޑުކޮށްލަން” ޝަނާޒް ޖަވާބު ދިނެވެ.

“އެހާ އިރަށް އަހަރެން މޮޔަ ވެދާނެ” އެހާ ދުވަސް ވަންދެން ޝަނާޒް ނުފެނި ހުންނަން ނިހާން ބޭނުމެއް ނޫނެވެ.

“ނިހާން އެކަންޏެއް ނޫނޭ، އަހަރެންވެސް ނިހާން މިސް ވެޔޭ” ދެރަވެފައި ޝަނާޒް ބުންޏެވެ.

“ވީކަކަށް ވުރެ އަވަހަކަށް ނާދެވޭނެތަ؟” ނިހާން އަހާލިއެވެ.

“ދެން މިހާ ދުވަސް ކޮށްފަ އައި ފަހަރު އެހާ އަވަހަށް ދާކަށް ނުކެރޭނެ. ނިހާން، އެންމެ ވީކެއް ވަންދެން ބީ ޕޭޝަންޓް އިނގޭ. ތިކޮޅަށް ގޮއްސަ އައި ވިލް މޭކް އިޓް އަޕް ޓު ޔޫ… އޯކޭއެއްނު؟” ޝަނާޒް ބުންޏެވެ.

“ކުޑަ ކުއްޖެއް ހެން އަހަރެން ހައްދާލަންތަ ތިހެން ތި ބުނީ؟ އެކަމަކުވެސް އޯކޭ، ހަނދާން ކުރައްޗޭ ތީ ޕްރޮމިސްއެއް ކަން” ނިހާން ބުނެލިއެވެ.

“އާނ، ހަނދާނެއް ނުނެތޭނެ. ޕްރޮމިސް” ނިހާން ބުނި ގޮތުން ޝަނާޒް ހިނިއައެވެ.

“ނާޒް، ދާން ޖެހިއްޖެ. މަންމަ އެބަ ގޮވާ. ލަވް ޔޫ” ނިހާން އެހެން ބުނެފައި އަވަހަށް ފޯން ކަނޑާލީ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ނަޝީލާ ގޮވާލި އަޑު އިވުމުންނެވެ.

ހަފްތާއެއް ފަހެވެ. ހުޒާމްގެ އާ ރިސޯޓް ހުޅުވުމުގެ ހަފްލާއަށް ދިޔުމަށް ޝަހާމާގެ އާއިލާއަށް ދަޢުވަތު ދީފައި ވީ ނަމަވެސް ޝަހާމާ ކަންބޮޑުވީ އެރެއަކީ ޝަނާޒް މާލެއަށް އަންނަން އޮތް ރޭ ކަމަށް ވާތީއެވެ. އެހެން ނަމަވެސް ޝަނާޒް ބަލާ ނިހާން އެއަރޕޯޓަށް ދާނެ ވާހަކަ ބުނަމުން ޝަނާޒް އެދުނީ މަންމަމެން އެ ހަފްލާއަށް ދިޔުމަށެވެ.

ހަމަ އެ ދުވަހުގެ ހަވީރު ނިހާންމެން ގޭ ހުރިހާ މީހުން ހުޅުމާލެއަށް ދިޔައީ ޖެހިގެން އަންނަ ހުކުރު ދުވަހުވެސް އެކޮޅުގައި ތިބެފައި ހޮނިހިރު ދުވަހު ހަވީރު މާލެއަށް އަންނަ ގޮތަށެވެ. އެންމެންނާ އެކީ ނުގޮސް ނިހާން މަޑު ކުރީ ޝަނާޒް ބަލާ ދާން ޖެހޭތީއެވެ.

ފްލައިޓް ޑިލޭ ވުމުން ޝަނާޒް ގޮވައިގެން ނިހާންއަށް މާލެއަށް އާދެވުނީ އެރޭ ދިހައެއް ޖަހަން އުޅެނިކޮށެވެ. ގެޔަށް ގޮސް ފެންވަރާ ނަމާދުކޮށްގެން ނިހާންއާ އެކީ ޝަނާޒް އައީ ނިހާންމެން ގެޔަށެވެ.

ކޮޓަރިއަށް ވަނުމާއެކު ޝަނާޒް ގައިގައި ނިހާން ބައްދާލިއެވެ.

“އައި މިސްޑް ޔޫ!” ނިހާން ބުނެލިއެވެ.

ޖަވާބެއްގެ ގޮތުން ޝަނާޒް ދެ އަތުން ނިހާންގެ މޫނުގައި ހިފާލަމުން ނިހާންގެ ތުންފަތުގައި ބޮސްދިނެވެ. ހަފްތާއެއް ވަންދެން އެ ބީހިލުމަށް އިންތިޒާރު ކޮށްގެން ހުރި ނިހާން އެއް އަތުން ޝަނާޒްގެ އިނަގަނޑުގައި ހިފާ ގެނެސް ގަޔާލާ ފިއްތާލަމުން އަނެއް އަތް ޝަނާޒްގެ އިސްތަށިގަނޑު ތެރެއަށް މަހާލިއެވެ.

“ހަނދާން އެބަ ހުރި ދޯ ޕްރޮމިސްއެއް ކުރި ކަން؟” ޝަނާޒް ކުޑަކޮށް ދުރަށް ޖެހިލުމާއެކު ނިހާން އަހާލިއެވެ.

ހިނި އައިސްފައި ހުރި ޝަނާޒް ބޯ ޖަހާލިއެވެ.

“އައި ވޯންޓް ދިސް… އެންޑް ދިސް… އެންޑް ދިސް…” ޝަނާޒްގެ މޫނާ ކަރުގައި ބޮސްދެމުން ނިހާން ބުނަމުން ދިޔައެވެ.

“ނިހާން… ނިހާން…” ޝަނާޒް ދެ ފަހަރަކު ނިހާންގެ ނަމުން ގޮވާލިއެވެ. ނަމަވެސް ނިހާންއަށް އެ އަޑު ނީވޭ ފަދައެވެ. އަތްމައްޗަށް ޝަނާޒް ނަގައިގެން ގޮސް ނިހާން އެނދުގައި އިށީނެވެ.

ފަނަރަ ވަރަކަށް މިނަޓް ފަހުން ނިހާން ދުރަށް ޖެހިލާ ޝަނާޒްއާ ހަތަރުކަޅި ހަމަކޮށް ބަލާލި އިރު އެ ދެ ލޮލުގައި ވި ހުރިހާ އެއްޗެއް ދެނެގަންނާކަށް ޝަނާޒްއަކަށް އުނދަގުލެއް ނުވިއެވެ. އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ނިހާން އަމިއްލަ ނަފްސަށް ވިސްނައިދެމުން ލޯ މަރާލާ ޝަނާޒްއާ ދުރަށް އެނބުރުނެވެ.

ނަމަވެސް ޝަނާޒް އެގޮތެއް ބޭނުމެއް ނުވިއެވެ. ނިހާންގެ ކޮނޑުގައި ހިފާ ޝަނާޒްއާ ދިމާއަށް އަނބުރާލަމުން ނިހާން ހުއްޓާލި ހިސާބުން ދެން ފެށީ ޝަނާޒްއެވެ.

“ނާޒް… ޔަގީންތަ؟” ދެންވެސް ނިހާން އަހާލިއެވެ.

ޝަނާޒްގެ ޖަވާބަކަށް ވީ ނިހާންއާ އިތުރަށް ކައިރިވެލުމެވެ.

ލޯ މަރާލައިގެން އޮތް ނިހާން ކުއްލިއަކަށް ޝަނާޒްއާ ދުރަށް އެނބުރިލާފައި ލޯމަތީ އަތް ބާއްވާލިއެވެ.

“ނިހާން…” ނިހާންގެ ލޯ މަތިން އަތް ނަގަމުން ޝަނާޒް ގޮވާލިއެވެ.

“ކީއްތަ މި ކުރެވުނީ ނާޒް…؟” ނިހާން އަހާލިއެވެ.

ޝަނާޒް ޖަވާބެއް ނުދީ ނިހާންގެ މޭގައި ބޯ ޖައްސާލިއެވެ. ދެ މީހުންވެސް ތިބީ ވެދިޔަ ކަންތަކާ މެދު ވިސްނާށެވެ. ނިހާން ބަލާލި އިރު ޝަނާޒްއަށް ނިދިފައި އޮތުމުން ނިހާންވެސް ބޭނުން ވީ އިރުކޮޅަކަށް އަރާމު ކޮށްލާށެވެ. އެ ވަގުތުކޮޅު އަދި ނިމުމަކަށް ގެންނަން ބޭނުން ނުވާތީއެވެ. ބާލީހުގައި ހަމަ ޖެހިލަމުން ކުރިއަށް ވުރެ ބޮޑަށް ޝަނާޒް ގަޔާ ކައިރިކޮށްލާފައި ރަޖާގަނޑު މައްޗަށް ޖައްސާލަމުން ނިހާން ލޯމަރާލިއެވެ.

ނަޝީލާމެންނާ އެކު ނަބާހާވެސް އެރޭ ހުޅުމާލެއަށް ދިޔައެވެ. ނަމަވެސް އެގާރަގަޑި ބައި ވީ ތަނާ ނަވާޒް، ނަބާހާ ގޮވައިގެން އައެވެ. ނަބާހާ ގެޔަށް ލާފައި އަލުން ހުޅުމާލެއަށް ދިޔުމުގެ ކުރިން ނަވާޒް ގެޔަށް އައީ ހަނދާން ނެތުގެން ބާއްވާފައި ދެވުނު ޗާޖަރު ބަލައެވެ. މައްޗަށް އަރާ ކޮޓަރި ދޮރު ހުޅުވާލަން ތަޅުގައި ހިފާލި އިރު ތަޅު ލާފައި ހުރުމުން ތަޅުދަނޑި ނަގާ ދޮރު ހުޅުވާލި އިރު އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނަވާޒް ހިއެއް ނުކުރެއެވެ.

ބޮކީގެ އަލި މަޑުކޮށްފައި ހުރުމުން ނަވާޒްއަށް ފުރަތަމަ ފާހަގަ ނުވި ނަމަވެސް، ޑްރެސިންގ ޓޭބަލް ކައިރީ އިން ސޮކެޓަށް ޖަހާފައި އިން ޗާޖަރު ނަގާ، ވާގަނޑު އޮޅަމުން އެނބުރުނު ނަވާޒައަށް އެނދާ ދިމާއަށް ބަލާލުމާއެކު ފުރަތަމަ ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުރެވުނީއެވެ. ފެނުނު މަންޒަރު ދޭހަ ވުމާއެކު އަވަސްއަވަހަށް ކޮޓަރިން ނިކުތް އިރު ނިހާންއަށް ހޭލެވުނު ކަމެއް ނަވާޒްއަކަށް ނޭނގެއެވެ. ކޮޓަރިން ނިކުތް ގޮތަށް ނިހާންގެ ފޯނަށް ނަވާޒް ގުޅާލިއެވެ.

ނަވާޒް ނިކުތުމުން ތެދުވެ އިށީނދެ އިން ނިހާން، ފޯން ރިންގް ވުމުން ބަލާލިއެވެ. ގުޅަނީ ނަވާޒް ކަން އެނގުމުން ބިޒީ ކޮށްލާފައި ނިހާން ބޭރަށް ނިކުތް އިރު ނަވާޒް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

“ދޮންބޭ… ޔޫ ރިއަލީ…؟” ކޮޓަރިއާ ދިމާއަށް އިޝާރާތް ކޮށްލަމުން ސީރިއަސް ރާގަކަށް ނަވާޒް އަހާލިއެވެ.

“ނޮޓް ޔޯރ ބިޒްނެސް” ނިހާން ދުރު ބަލާލަމުން ބުންޏެވެ.

ނިހާންއާ ދިމާއަށް ބަލަން ހުރި ނަވާޒް ހީގަތެވެ.

“ނަވާ، ޝްޝްޝް…” ކޮޓަރިއާ ދިމާއަށް ބަލާލަމުން ނިހާން ތުންފަތުގައި އިނގިލި ޖައްސާލިއެވެ.

“ސޮރީ! އެކަމަކު… ދޮންބެ އަންގާލި ނަމައެއްނު ކޮޓަރިއަށް ނުވަދެ ގުޅާނީ؟” ނަވާޒް ދިމާ ކޮށްލިއެވެ.

“ނަވާ އަންނާނެ ކަން އެނގުނު ނަމައެއްނު…؟” ނިހާން ބުނެލިއެވެ.

“އަހަންނަށް ކިހިނެއްތަ އެނގޭނީ މެރީ ކުރުމުގެ ކުރިން ދޮންބެ ހަނީމޫން ހަދާނެ ކަމެއް؟ އެހެން ނަމައެއްނު ކޮޓަރިއަށް ވަނުމުގެ ކުރިން އަންގާލާނީ” ދެންވެސް ނަވާޒް ބެލީ ނިހާންއާ ދިމާކޮށްލެވޭތޯއެވެ.

“ޝަޓް އަޕް! އިޓް ޖަސްޓް ހެޕެންޑް… އޯކޭ؟” ރުޅި އައިސްފައި ނިހާން ބުންޏެވެ.

“އެކަމަކު ދޮންބެއަށް ހަމަ އަދި ދެ މަސް ވަންދެން މަޑުކޯށް ނުލެވުނީތަ؟” އަދިވެސް ސަމާސާ މޫޑެއްގައި ހުރި ނަވާޒް ބުންޏެވެ.

“ތި ކުރަން އައި ކަމެއް ކޮށްފަ ދާން އުޅޭ ދެން. އެހެން ނޫނީ ތި އައީ މިރޭ ނާޒް އަންނަ ކަން އެނގޭތީ ސްޕައި ކުރަންތަ؟” ނިހާޏް އަހާލިއެވެ.

“ސްޕައި ކުރަން އުޅޭނީ ކަމެއް ވާން އުޅޭ ކަން އެނގުނު ނަމައެއްނު؟ މި ބަލާ އައީ. ނަސީބެއްނު ތަންކޮޅެއް ކުރިން ނާދެވުނު ކަން. އެހެން ނޫން ނަމަ…” އަތުގައި އޮތް ޗާޖަރު ދައްކާލަމުން އެހެން ބުނުމާ އެކު ނަވާޒްއާ ދިމާއަށް ނިހާން ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ނިހާންގެ އަތުގައި ނުޖެހި ނަވާޒް ދުވެފައި ގޮސް ސިޑިން ފޭބިއެވެ.

“ނިހާން، ކިހާ އިރެއް ވީ؟” ކޮޓަރިއަށް ވަދެ އެނދުގައި ނިހާން އިށީނުމާއެކު ޝަނާޒްއަށް ހޭލެވިގެން އަހާލިއެވެ.

ނިހާން ފޯނުން ގަޑި ބަލާލާފައި ވަގުތު ބުނެދިނުވެ.

“ދާން ވީ ދޯ؟” ފަހަތުން ނިހާން ގައިގައި ބައްދާލަމުން ޝަނާޒް ބުންޏެވެ.

“އާނ، ހިނގާ…” ލޯ މަރާލަމުން ނިހާން ބުނެލީ ހޭލައިގަތް އިހުސާސްތައް ހިންދާލަން މަސައްކަތް ކުރަމުންނެވެ.

“ނާޒް… ގޯސް ދުވަހެއްތަ މީ؟” ފަހަތަށް އެނބުރި ޝަނާޒްގެ މޫނުގައި ދެ އަތުން ހިފާލަމުން ނިހާން އަހާލިއެވެ.

“ހިއެއް ނުވޭ…” ނިހާން ކުރި ސުވާލު ވިސްނުމުން ޝަނާޒް ޖަވާބު ދިނެވެ.

ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލަމުން ނިހާން ލޯމަރާލިއެވެ.

“އެހާ ކަންބޮޑު ނުވެބަލަ…” ނިހާންގެ އަތުގައި ހިފާލަމުން ޝަނާޒް ބުންޏެވެ.

ބޯ ޖަހާލާފައި ޝަނާޒްގެ ނިތްކުރީގައި ނިހާން ބޮސްދިނެވެ.

 

ހަފްތާއެއް ވީ އިރު ނިހާންއާ ޝަނާޒްގެ ކަންބޮޑުވުން ފިލާ ހަމަޖެހިލެވުނެވެ. އޭރު ނިހާންއާ ޝަނާޒް، އަދި ނަވާޒްއާ ނަބާހާގެ ކައިވެނީގެ ކަންތައް ފޯރިއާ އެކު ކުރިއަށް ދެއެވެ. ކައިވެނި ކުރެވޭނެ ދުވަސް ކަނޑައަޅާ، ޕާޓީ ބާއްވާނެ ހޯލް ރިޒަރވް ކޮށް، ދައުވަތު ކާޑްތައްވެސް ހަދަން ދީފިއެވެ. ނުނިމި އޮތް އެންމެ ބޮޑު ކަމަކަށް އޮތީ ނަބާހާއާ ޝަނާޒްގެ ހެދުން ފެހުމެވެ. އޭގެ އިތުރުން ނިހާންމެން ގޭގެ ދެވަނަ ފްލޯރ ގައި އިތުރު ކޮޓަރިއެއް ހަދާ، ނިހާން އެ ކޮޓަރިއަށް ބަދަލުވެ، ނަވާޒްއާ ނިހާން ކުރިން އުޅުނު ކޮޓަރި އަލުން މަރާމާތު ކުރުމުގެ މަސައްކަތްވެސް ދިޔައީ ކުރިއަށެވެ.

އަސަދުއާ ޝަނާޒްގެ މެދުގައި ހިނގި ޒުވާބަށް ފަހު ޝަނާޒް އެ ގެޔަށް ނުދާތާ ދެ ހަފްތާ ފަހުން އެ ގެޔަށް ދާން ޖެހުނީ ރާބިޔާ ގުޅާފައި ޝަނާޒް ނާންނާތީ ޝަކުވާ ކޮށްފައި، ހަވީރު ސަޔަށް އާއިލާ އެކީ އެ ގެޔަށް އައުމަށް ދައުވަތު ދިނުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މަޢާފް( ތޭރަވަނަ ބައި)

Next

ލޯބިން އަތުގައި ހިފާލާށޭ…

Next
March 8, 2020

ލޯބިން އަތުގައި ހިފާލާށޭ…

Previews
March 8, 2020

މަޢާފް( ތޭރަވަނަ ބައި)

24 Comments!

  1. Mar Sha Marsha says:
    March 8, 2020 at 2:22 pm

    Hi, here’s part 18. 19 on Tuesday. ??

  2. Koroanaa says:
    March 8, 2020 at 3:41 pm

    Me first dhoa…vvvv iru vehje inthizaaru kuraathaaa vvvvvvvvvvvvvvvvvvvvvvvvvvvreeethi whn nxt???????

    1. Mar Sha Marsha says:
      March 10, 2020 at 9:49 am

      Koroanaa, thank u

  3. Faadukiyuntherieh says:
    March 8, 2020 at 3:46 pm

    Mi weekend ga konme dhuvahaku vaahaka up kohdhyba pls pls pls pls pls

    1. Mar Sha Marsha says:
      March 10, 2020 at 9:50 am

      Weekend aky Marsha ah vv busy 2 days dear, 3 times a week miadhu vany dho? Dhigu kollaanan dhen anna part, OK dho, thnx

  4. Haiiiii says:
    March 8, 2020 at 3:47 pm

    Mi baives vvv reethi maasha allah. On waiting ????❤❤❤

    1. Mar Sha Marsha says:
      March 10, 2020 at 9:51 am

      Thank u Haii

  5. boahalaaku says:
    March 8, 2020 at 4:11 pm

    alhe kiss kuraa bai kohme baehga nugeniyyaa nuuny nuveytha

    1. Mar Sha Marsha says:
      March 10, 2020 at 9:52 am

      Next part ga nugenesveytho balaanan, thank u

  6. Sherher says:
    March 8, 2020 at 6:35 pm

    Varah reethi mi part vx..whn nxt part??

    1. Yanaa says:
      March 8, 2020 at 8:47 pm

      Welcome to esfiya site…. ❤❤Sherher ❤❤

    2. Mar Sha Marsha says:
      March 10, 2020 at 9:53 am

      Thnx Sherher, miadhu up kollaanan

  7. Yanaa says:
    March 8, 2020 at 8:11 pm

    Varah varah reethi..????
    maa sha Allah ❤❤❤❤❤❤❤
    waiting waiting ??????

    1. Mar Sha Marsha says:
      March 10, 2020 at 9:53 am

      Thank u yanaa

  8. Ibsha says:
    March 8, 2020 at 8:30 pm

    19 ves kiyaafin alhe 20 avas kohbala haadhahaa reechey thi vaahaka

    1. Mar Sha Marsha says:
      March 10, 2020 at 9:54 am

      Thank u Ibsha, 20 fonuvaafa innaany

  9. Sherher says:
    March 8, 2020 at 8:54 pm

    Thank u yanaa sis..

    1. Yanaa says:
      March 8, 2020 at 9:02 pm

      Most welcome sher??

    2. Meekkomee says:
      March 8, 2020 at 9:17 pm

      Welcome sherher. ?Hey Yanaa sherher ae family kuhjeh thr??? friends eh thr??? hama ahaaly

    3. Yanaa says:
      March 8, 2020 at 11:57 pm

      Family kujjeh…??

  10. Kairaa says:
    March 9, 2020 at 1:40 pm

    Varah reethi mi part vx…. Waiting for the nxt part…. Whn nxt???

    1. Mar Sha Marsha says:
      March 10, 2020 at 9:55 am

      Thank u Kairaa, today,

  11. Adhee says:
    March 9, 2020 at 2:04 pm

    Varah varah reethi mi part ? waiting for the next part ❤️❤️

    1. Mar Sha Marsha says:
      March 10, 2020 at 9:57 am

      Thank u adhee

Comments are closed.

Next Episodeހީވޭ ހިތް ބުނާހެން 19←


All Right Reserved!