Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 46

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 7, 2020 5 Mins Read
21 Comments

ލިވަޕޫލްގެ ފަހަތަށް ކުޅޭ ކުޅުންތެރިޔާ މުޅިން ހުސްކޮށް ހުރި ޔޫސުފްއަށް ބޯޅަ ދިނެވެ. ޔޫސުފް ހަލުވަކަމާއެކު ބޯޅަ ހިފައިގެން ދެމިގަތެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގޯލާ ދިމާއަށް ބޯޅަ ފޮނުވާލަން އުޅުނު ވަގުތު ސަޕޯޓަރުން ތެރޭގައި ހުރި ނަވާރްފެނި ޔޫސުފް ގަނޑުވިއެވެ. ފެންނަމުން ދިޔައީ ހުވަފެނެއް ކަމަށް ހީކޮށް ޔޫސުފް އެސްފިޔަޖަހައިފައި ހުޅުވާލިއެވެ. އޭރުވެސް އެ އިން ގޮތަށް ނަވާރް އިނެވެ. ޔޫސުފް އެއިން ގޮތަށް އައިސް ފަހަތުން ދަތި އަޅުވާ އޭނާ ވައްޓާލިއެވެ. އެއާއެކު ލިވަޕޫލް ސަޕޯޓަރުން ހަޅޭއްލަވައިގަތެވެ. ރެފްރީ ފައުލު ނުދެއްކުމާއެކު ކުޅުންތެރިންނާއި ސަޕޯޓަރުން ރަތަށް އެރިއެވެ.
ތެދުވިއިރު ޔޫސުފްއަށް ހީވީ އެހެން ބާރެއް ލިބިފައި ހުރި ހެންނެވެ. އެއް ފަހަރު ނަވާރްއަށް ބަލާލާއިފައި އަނެއް ފަހަރު ބޯޅައަށް ބަލާލިއެވެ. އޭރު އޭނާގެ ލޮލުން ފެންނަމުން ދިޔައީ ބަނޑުހައިވެފައި ހުރި ސިންގާއެއް ކާއެތިކޮޅަށް ބަލާއިރު ފެންނަކަހަލަ ވިދުމެކެވެ. ލަނޑު ޖަހަން ކެއްމަދުވެފައި ހުރި ކަމެވެ. ބާރު ސްޕީޑްގައި ދުވެފައި ގޮސް ޔޫސުފް ބޯޅަ އަތުލިއެވެ. އެއަށްފަހު ޕެނަލްޓީ އޭރިއާ އަރިމަތިން ތަންކޮޅެއް ބޭރަށް ޖެހިލިއެވެ. އޭރު އޭރިއާ ތެރޭ ހުސްކޮށް ކުޅުންތެރިއަކު އިނެވެ. އަދި އަރިމަތިން އެއް ކުޅުންތެރިއެއް ހުސްކޮށް އޮތެވެ. އެކުޅުންތެރިޔާ ގާތު ކުރިއަށް އަރަން ބުނެފައި އޭރިއާ ތެރޭގައި ހުރި ކުޅުންތެރިޔާއަށް ބޯޅަ ފޮނުވާކަމަށް ހެދިއެވެ. ހުރިހާ ޑިފެންޑަރުން އެކުޅުންތެރިޔާއަށް ދިޔަ ވަގުތު ބަލައިފައި އަރި މަތީ ހުރި ކުޅުންތެރިޔާއަށް ބޯޅަ ދިނެވެ. ހަލުވި ކަމާއެކު ގޮސް އެކުޅުންތެރިޔާ އަރިމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ. އެއާއެކު ސަޕޯޓަރުންގެ އަޑު މުޅި ދަނޑުގައި ގުގުމާލިއެވެ.

އެ ވަގުތު ލިބުނު އުފާވެރިކަން ބަޔާން ކުރަންވެސް ޔޫސުފްއަށް ނޭންގެއެވެ. ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ޖާޒީގައި އިން ކުލަބުގެ ބެޖަށް އޭނާ ބޮސްދިނެވެ. އެއަށްފަހު އެހެން ކުޅުންތެރިން ތިބި ދިމާއަށް ގޮސް އުފާފާޅު ކުރިއެވެ.

ފުންމައިގެން ގޮނޑިން ތެދުވެފައި އަލައިކާ ހަޅޭއްލަވައިގަތެވެ. “ދެޓްސް މައި ބްރޯ! ސޯ ޕްރައުޑް އޮފް ޔޫ!” ޔޫސުފްއަށް އަޑުނީވޭނެކަން އެނގޭއިރުވެސް އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ދިޔައެވެ.

އެތްލެޓިކޯ ކުޅުންތެރިންނަށް މާޔޫސްކަން ލިބިގެން ދިޔައެވެ. ފަހު ހާފުގައި އެ މީހުންނަށް ރަނގަޅަށް ނުކުޅެވޭކަން އަމިއްލައަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ލަނޑުޖެހުމަަށް ފަހު ލިވަޕޫލުން ކުޅެމުން ދިޔައީ އާދަޔާ ޚިލާފު ރޫޙެއްގައެވެ. އެއް ލަނޑުން އެމީހުންގެ ހިތް ފުރުނު ހެނެއް ހިއެެއްނުވެއެވެ. އެތްލެޓިކޯގެ ފަހަތަށް ކުރަމުން ދިޔަ ބާރުން އިތުރު ލަނޑަކަށް އެމީހުން ބޭނުންވެފައި ހުރި މިންވަރު ހާމަވެގެން ދިޔައެވެ. ލިވަޕޫލުން އެތްލެޓިކޯއަށް ބާރުކުރަމުން ދަނިކޮށް މެޗުގެ ފަހު ސިކުންތުކޮޅުގައި ލިބުނު ކޯނަރަކުން އެތްލެޓިކޯ މެޑްރިޑުން ލަނޑު ޖެހިއެވެ. އެ މީހުންނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިސްކޮޅުން ދިގު ސްވެޑަނަށް ނިސްބަތްވާ ކީޕަރެވެ. ޒުވާން އެ ކީޕަރު ލަނޑު ޖެހުމާއެކު އެތްލެޓިކޯ ސަޕޯޓަރުންގެ އަޑު ގަދަވިއެވެ. ލިވަޕޫލް ކުޅުންތެރިން މާޔޫސްވެ ދަނޑު މައްޗަށް ތިރިވެގެން ތިއްބެވެ. އެތްލެޓިކޯގެ އެ ލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއެވެ. ދެ ޓީމު އެއްވަރުވެފައި އޮތުމާއެކު ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނެވެ. ދެ ޓީމުގެ ކުޅުންތެރިން ވަރުބަލިވެފައި ތިބި ނަމަވެސް ހިތްވަރު އެލުވައެއް ނުލައެވެ. އެތްލެޓިކޯއިންވެސް އާ އަޒުމަކާއި ހިތްވަރަކާއެކު ކުޅެމުން ދިޔައެވެ.
ފަނަރަ މިނެޓުގެ ހާފު ފެށިގެން މޮޅަށް ކުޅެމުން ދިޔައީ އެތްލެޓިކޯއިންނެވެ. ފަހަ ވަގުތު ބައިކޮޅަށް ވަން ލަނޑުގެ ސަބަބުން ލިވަޕޫލް ކުޅުންތެރިންނަށް ވަނީ އަސަރުކޮށްފައެވެ. ކުދި ކުދި ކުށްތައް ކުޅުންތެރިންނަށް ހެދެމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމެން ދަނިކޮށް އެތްލެޓިކޯއިން ގާތް ގާތުގައި ދެ ލަނޑު ޖަހައި ލީޑު ފުޅާކުރިއެވެ. ލިވަޕޫލް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ޝޮކު ޖައްސަމުންނެވެ. ކުޅުންތެރިންނާއި ސަޕޯޓަރުންގެ ލޯތައް ކަރުނައިން ފުރަމުންނެވެ.

އާރާޝް މޭގައި މޫނު ފޮރުވި ގޮތަށް މާނީ ރޯންފެށިއެވެ. އާރާޝް ހަނދާނަށް އައީ އެމީހުންގެ ޅަ ދުވަސްވަރެވެ. ލިވަޕޫލް މެޗަކުން ބަލިވެއްޖެ ނަމަ މާނީ ރޯ ރުއިމެވެ. އޭރު އޭނާ މާނީއާއި އިތުރަށް ދިމާކޮށް ރޮއްވާނީއެވެ. މިއަދުވެސް މާނީ ރޯންފެށުމުން އާރާޝް ގާތަށް ހިނިއައެވެ. ނަމަވެސް ހިނިގަނޑު މައިތިރި ކުރަމުން މާނީ މަސަލަސް ކުރެވޭތޯ ބެލިއެވެ. އަނެއްކޮޅުން ދަނޑުމަތީގައި ހުރެ ގިސްލަ ގިސްލާފައި ޔޫސުފް ރޯ މަންޒަރު އާރާޝްއަށް ފެނުނެވެ. މާނީ ނުހުއްޓުމުން މާއިޒްއާއި އޭނާ ހުއްޓުވަން ހަވާލުކޮށްފައި އާރާޝް ދަރިފުޅާއި ބައްދަލު ކުރަން ދިޔައެވެ.

އޭނާ ތިރިއަށް ފޭބުމުން ފުރަތަމަ ސެކިއުރިޓީ މީހުން އޭނާ ވަނަކަ ނުދިނެވެ. ނަމަވެސް ލިވަޕޫލްގެ ކޯޗު ފިރްމިނޯ ހުއްދަ ދިނުމާއެކު އޭނާއަށް ޔޫސުފް ގާތަށް ދެވުނެވެ. “ބައްޕަ. ވީ ލޮސްޓް އިޓް” އާރާޝް އައުމާއެކު އާރާޝް ގައިގައި ޔޫސުފް ބައްދައިގަތެވެ. ނޫސްވެރިންގެ ކެމެރާތަކަށް އެ މަންޒަރު ވަގުތުން އަރައިގެން ދިޔައެވެ. “ނޫން ދަރިފުޅާ ތިހާ އަވަހަށް ހިތްވަރު އެލުވައިލައިގެން ނުވާނެ. މިއީ ފުޓުބޯޅަ. އަދި ކުރިއަށް އަތް ނުލައި އޮތް ފަނަރަ މިނެޓު އެބައޮތް. އެއީ ފުޓުބޯޅައިގައި ވަރަށް ގިނަ ވަގުތު. ކޮންމެ ފަދަ ގޮތެއް ވުމަކީވެސް އެކަށީގެން ވާކަމެއް. ބީ ސްޓްރޯންގް އެންޑް ފައިޓްބެކް. އައި ބިލީވް އިން ޔޫ. އައި ބިލީވް އިން އޯލް އޮފް ޔޫ. ހިތްވަރު ދޫ ނުކުރޭ. އަދި އެއް ވާހަކަ! މިރޭގެ މެޗުން ބަލިވިއަސް ބައްޕަ ދަރިފުޅާ މެދު ވަރަށް ފަޚުރުވެރިވާކަން ހަނދާން ކުރާތި!” ޔޫސުފްއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. ބައްޕައަށް ބަލާލުމަށްފަހު ބޯ ޖަހައިލިއެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ބަލާލާފައި މެޗުގެ ނަތީޖާ އަނބުރާލަން ހިތްވަރު ދިނެވެ.

އާރާޝް އެނބުރި ދިޔައިރު މާނީ ހުއްޓާލައިފިއެވެ. އާރާޝް މާނީ އަތުގައި ހިފައިލައިފައި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުންޏެވެ.

ދެވަނަ ހާފު ފެށުމުގެ ކުރިން ޔޫސުފް ނަވާރް ފެނޭތޯ ހޯދައިލިއެވެ. ކުރިންވެސް ހުރިތަނުގައި ނަވާރް އިނެވެ. ނަވާރް ބޯޖަހައިލައިފައި ކޮންމެސް އެއްޗެއް ބުނެލިކަން އެނގެއެވެ. ނަމަވެސް ބުނީ ކީކޭކާމެއް ސާފެއް ނުވެއެވެ.

ރެފްރީ ކަށިގަނޑު ފުމެލުމާއެކު ލިވަޕޫލުން ކުޅެން ފެށިއެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އެތްލެޓިކޯއިން މެޗު ކޮންޓްރޯލް ކުރިއެވެ.

ދަނޑުގެ މެދެއްހާ ހިސާބުން ލިވަޕޫލް ކުޅުންތެރިން ބޯޅަ ހޯދިއެވެ. ނުހަނު ހަލުވިކަމާއެކު އެ ބޯޅަ ޕެންލްޓީ އޭރިއާ ތެރެއަށް ގެންދިޔައެވެ. ތަންކޮޅެއް ދުރުގައި ހުރެފައި ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖަހައި ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ. އެ ބޯޅަ އެރީ ސީދާ ޔޫސުފްގެ ފަޔަށެވެ. ބަލާކަށް ނުހުރެ ހުރި ބާރެއް ލާފައި ގޯލުގެ މަތީ ކަނަށް ޔޫސުފް ބޯޅަ ފޮނުވާލިއެވެ. ލަނޑު ޖެހި ނަމަވެސް ލިވަޕޫލް ކުޅުންތެރިން އުފާ ފާޅެއް ނުކުރެއެވެ. އެމީހުން ބެލީ އަވަހަށް ކުޅުން ފެށޭތޯއެވެ. އެތްލެޓިކޯއިން މެޗު ލަސްކުރަން މަސައްކަތް ކުރިއެވެ. އެހެނަސް ލިވަޕޫލް ކުޅުންތެރިން އެއަށްވުރެ ހުށިޔާރުވެ ބޯޅަ އަތުލިއެވެ. އޭރިއާ ބޭރުގައި ހުރެފައި ޔޫސުފް ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އަތް ދަށުން ލައިފައި ގޮސް ގޯލުތެރެއަށް ވަނެވެ. އެއާއެކު ނަތީޖާ ތިނެއް ތިނަކުން އެއްވަރުވިއެވެ. އެ ލަނޑު ޖެހުމާއެކު ލިވަޕޫލް ކުޅުންތެރިން އުފާފާޅު ކުރިއެވެ. ހުރެވުނުތަންވެސް ޔޫސުފްއަކަށް ނޭންގުނެވެ. ހަޅޭއްލަވަމުން ސަޕޯޓަރުންނާ ދިމާއަށް އެނބުރި ޖާޒީގައި އިން ލިވަޕޫލް ބެޖަށް ބޮސްދިނެވެ. އަދި ދެއަތުން ސަޕޯޓަރުންނަށް ސަޕޯޓުކުރަން އިޝާރަތް ކުރަމުން ދިޔައެވެ.
މެޗުގެ އެންމެ ފަހުސިކުންތުގައި ލިބުނު ހިލޭ ޖެހުމަކުން ޔޫސުފް ލިވަޕޫލް މޮޅު ކޮށްދިނެވެ. ޗެމްޕިއަންސް ލީގު ފައިނަލު މެޗުގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިއަށްވެ ތާރީޚުގެ ތެރެއަށް ވަނެވެ. ބޯޅަ ގޯލަށް ވަންނަންދެކަށް ބަލަހައްޓައިގެން ކުޅުންތެރިންނާއި ސަޕޯޓަރުން ތިއްބެވެ. ވަންކަން ޔަޤީންވުމާއެކު މުޅި ދަނޑު ހަޅޭކުގެ އަޑުން ގުގުމައިގަތެވެ. ބެންޗުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން ފުންމައިގެން ތެދުވެ އުފާފާޅު ކުރިއެވެ. ދަނޑުގައި ތިބި ކުޅުންތެރިން ޔޫސުފް ގަޔަށް އަރައިގަތެވެ.

މާނީއާއި އަލައިކާ ވެސް ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަތެވެ. އާރާޝް ގައިގައި ބައްދައިގަންލެން ބާރު ކަމުން އާރާޝްއަށް ނޭވާވެސް ލެވުނީ ކިރިޔާއެވެ.

އެހެންނާ އުފާ ފާޅުނުކުރާ ޔާޒްވެސް ކުޑަކޮށް ހަޅޭއްލަވައިލައިފައި އުފާ ފާޅުކުރިއެވެ. އެންމެންގެ ހަޅޭކުގެ އަޑު އިވުމުން ޔާޒް އުނގުގައި އިން ޔަޒަންވެސް ކަރު ބުޑުން ހަޅޭއްލެވިއެވެ. މީހުން އަތްތިލަބަޑި ޖަހާތަން ފެނުމުން ޔަޒަންގެ ކުޑަކުޑަ ދެއަތް ތިލަ ޖަހަން ފެށިއެވެ. އަޑުގަދަވުމުން ޔާޒްއަށް ވީ މަޖާ ކަމަކަށެވެ.

ރެފްރީ ކަށިގަނޑު ފުމުމާއެކު ބެންޗުގައި ތިބި ކުޅުންތެރިންނާއި ސަޕޯޓަރުން ދަނޑަށް އަރައިގަތެވެ. ޔޫސުފްގެ އިތުރަށް ޓީމުގެ ތިބި ތިން މުސްލިމު ކުޅުންތެރިން ޝުކުރުގެ ސަޖިދަޖެހިއެވެ. ލިވަޕޫލް ހުރިހާ ކުޅުންތެރިން ވަގުތުން ވަގުތަށް ޗެމްޕިއަން ޖަހައިފައި ހުރި ޖާޒީއަށް ބަދަލުކުރިއެވެ.

ހިތްހަލާކުވެފައި ތިބި އެތްލެޓިކޯ ކުޅުންތެރިން ހުއްޓުން އަރައިފައި ދަނޑުމަތީގައި ތިއްބެވެ. ބައެއް ކުޅުންތެރިން ގިސްލަ ގިސްލައިފައި ރޮމުން ދިޔައިރު އަނެއްބައި ކުޅުންތއރިންގެ ލޮލުން ހަމައެކަނި ކަރުނަ ފައިބަފައިބައި ހުއްޓެވެ. އެއްބައި ކުޅުންތެރިން ދަނޑުމަތީ އޮށޯވެގެން ވެސް ރޯން ތިއްބެވެ.

އެތްލެޓިކޯ މެޑްރިޑްގެ ކެޕްޓަން ރޯތަންފެނި ގިނަ ބައެެއްގެ ހިތްތަށް ހަލާކުވިއެވެ. ތިރީސް ފަސް އަހަރުގެ ކުޅުންތެރިޔާ އެ މެޗަށްފަހު ކުޅުންހުއްޓާލާނެކަން ވަނީ އިއުލާނުކޮށްފައެވެ. އުއްމީދުކޮށްގެން ހުރީ ޗެމްޕިއަންސް ލީގު ތަށްޓާއެކު ކުޅުން ހުއްޓާލާށެވެ. ނަމަވެސް ހިތްދަތި ގޮތަކަށް އެންމެ ފަހު ވަގުތު ދެކުނު ހުވަފެން ފުނޑު ފުނޑު ވެގެން ދިޔައީއެވެ. އެކުޅުންތެރިޔާ މަސަލަސް ކުރުމަށް އެހެން ކުޅުންތެރިން މަސައްކަތް ކުރަމުން ދިޔައެވެ. ލިވަޕޫލްގެ ޒުވާން ކުޅުންތެރިންވެސް އެ ކުޅުންތެރިޔާ ގާތަށް ގޮސް ހިތްވަރު ދިނެވެ.

ޔޫސުފްއަށް ލިބިފައިވި އުފާވެރިކަން ބަޔާން ކުރަންވެސް ދައްޗެވެ. އާއިލާ އެންމެން ކަހަލަ ގޮތަކަށް ދަނޑަށް ފޭބުމުން އޭނާގެ ލޮލުން ކަރުނަ އޮހިގެން ދިޔައެވެ. އާރާޝް އާއިާނީ އައިސް ބައްދާލުމާއެކު ހިތް ފުރިގެން ދިޔައެވެ. “އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ! މަންމަގެ ދަރިފުޅު” ޔޫސުފް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް މާނީ ފުހެދިނެވެ.
“ކޮންގްރާ ބްރޯ!” އަލްޔަސް ވެސް އައިސް ޔޫސުފްއާއި ސަލާންކޮށްފައި ބައްދާލިއެވެ. އެކުވެރިޔާއަށްޓަކައި އޭނާވެސް އުފާ ކުރިއެވެ.
ނޫސްވެރިން އާރާޝް އަދި ޔޫސުފް ދެމީހުން އެއްކޮށް އިންޓަވިއުއެއް ނަގަން ބޭނުންވިއެވެ. ޔޫސުފް ކޮނޑުގައި ދިވެހި ދިދަ އެއްސުމަށްފަހު އިންޓަވިއު ނަގަން ދިޔައެވެ. ނޫސްވެރިޔާ ފުރަތަމަވެސް ޔޫސުފްއަށް މަރުހަބާކިއެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި ހެޓްރިކް ހެދުމުން ކުރެވެނީ ކޮން ކަހަލަ އިޙްސާސެއްތޯ އެހިއެވެ. “ޝުކުރިއްޔާ. ދެން ވަރަށް އުފާވޭ އަހަރެން އެހީވެދީގެން ލިވަޕޫލަށް މި ކާމިޔާބީ ލިބުމުން. މިއަދުވެސް ބުނާނީ އަބަދުވެސް އަހަރެން ބުނާ ވާހަކަ. މިއީ ހަމަ މުޅި ޓީމު އެކީ ހިތްވަރާއެކު ކުޅެގެން ނެރެވުނު ނަތީޖާއެކޭ” ޔޫސުފް ޖަވާބުދީ ނިމުނުން ނޫސްވެރިޔާ ދެން އޮތް ސުވާލު އަމާޒު ކުރީ އާރާޝްއާއެވެ. “ހަމަ ވަރަށް ޕްރައުޑްއޭ ބުނާނީ. ދަރިފުޅު ކޮންމެ ޓީމަކަށް ކުޅުނަސް އަބަދުވެސް އަހަރެންގެ ސަޕޯޓް ލިބޭނެ. ޔޫސުފްގެ ބޮޑު ހިއްސާއަކާއެކު ލިވަޕޫލަށް މި ތަށި ހޯދީތީ ވަރަށް އުފާވޭ. އަސްލު މިހާ އަވަހަށް ފުޓުބޯޅައިގައި މިހާ އުހަށް ދަރިފުޅު އަންނާނެ ކަމަކަށް ހިއެއް ނުކުރަން. އެކަމު މިއަދު ޔޫސުފް އަހަރެން އަދި މުޅު ދުނިޔެއަށް ވެސް ސާބިތުކޮށްދީފި ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބީއަކީ ދުރުގައިވާ އެއްޗެއް ނޫންކަން” އާރާޝް ދަރިފުޅަށް ތަޢުރީފު ކުރިއެވެ. ދަރިފުޅާއި މެދު ފަޚުރުވެރިވާ ކަން ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

އާރާޝްއާއި އެއްކޮށް އިންޓަވިއު ނިންމާލިތަނުން އެހެން ނޫސްވެރިޔަކު ޓީމުގެ އިތުރު ދެ ކުޅުންތެރިންނާއި އެކު އޭނާ އައުމަށް އެދުނެވެ. އެއީ އޭނާއާއި އެކު ކުރިއަށް ކުޅޭ ދެކުޅުންތެރިންނެވެ. ފުރަތަމަވެސް ނޫސްވެރިޔާ އެމީހުންނަށް މަރުޙަބާކިޔެވެ. އޭނާ ސުވާލު ކުރަން އުޅެނިކޮށް ދުވަމުން އަންހެން ކުއްޖަކު އައެވެ. އެ ހިސާބާއި އަރާ ހަމަވިއިރު އެކުއްޖާ މައި ނޭވާ ލަމުން ދިޔައެވެ. އެ އަންހެންކުއްޖާގެ މޫނު ފެނުމާއެކު ޔޫސުފްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ނަވާރް؟” ވައި އަޑުން ކަހަލަ ގޮތަށް ޔޫސުފްއަށް ނަވާރްގެ ނަން ކިޔައިލެވުނެވެ. ނަވާރް އޭނާއަށް ބަލައިލައިފައި ހިނިތުންވެލުމުންވެސް ހިނިތުންވާކަށް ޔޫސުފްއަކަށް ނޭންގުނެވެ. އޭނާ ހުރީ ފާޑަކަށް ޝޮކު ޖެހިފައެވެ. ނޫސްވެެރިޔާ އަތުން ނަވާރް މައިކު އަތުލިއެވެ. ނަވާރް ކުރަން އުޅޭ ކަމެއް ނޭންގިގެން ހައިރާންވެފައި ބަލަހައްޓައިގެން ޔޫސުފްއަށް ހުރެވުނެވެ.
“ޔޫސުފް ހަސަން އާރާޝް. ވިލް ޔޫ މެރީ މީ؟”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ޒަޚަމް 2

Next

މަޢާފް( ތޭރަވަނަ ބައި)

Next
March 8, 2020

މަޢާފް( ތޭރަވަނަ ބައި)

Previews
March 5, 2020

ޒަޚަމް 2

21 Comments!

  1. Kiyara says:
    March 7, 2020 at 2:10 pm

    Salam all. Here is the 46th episode of Rastha2. Next Monday or Tuesday In Sha Allah

    1. Yaanaa says:
      March 8, 2020 at 12:03 pm

      Story varah reethi ingeyy.. keep going kiyaaa.. btw i have a qstn. Alyas ge pic ga einee kaaku tha???

    2. Kiyara says:
      March 8, 2020 at 2:58 pm

      Thanks dear. Alyas ge pic ga ei Mason Mount kiyaa football player eh

  2. Guarl says:
    March 7, 2020 at 2:25 pm

    Alhey……say yes yoosuf…..awwwn…. can’t wait to read next partttt

    1. Kiyara says:
      March 8, 2020 at 2:02 pm

      Heheh lets see yoosuf ge answers

  3. Samee says:
    March 7, 2020 at 3:40 pm

    Haha heehee halaaku.. yoosuf sock jehunee… n Varah reethi mi vaahaka…. maasha allah..

    1. Kiyara says:
      March 8, 2020 at 2:03 pm

      Thanks dear♥️

  4. މެގްނަމް says:
    March 7, 2020 at 3:50 pm

    އޯންންން…ވަރަށް ރީތި މިބައިވެސް…ޔޫސުފް ކީކޭބާ ދޯ ބުނާނީ؟..ވެއިޓިންގ އިނގެ…ލަވް ޔޫ ސިސީ??

    1. Kiyara says:
      March 8, 2020 at 2:29 pm

      Thanks dear♥️

  5. Aaaa says:
    March 7, 2020 at 4:00 pm

    Please kiyaaa miadh adhi 1 part up kohdheebala i cant wait

    1. Kiyara says:
      March 8, 2020 at 2:31 pm

      Alhey dear sry ingey dhen up kureveyny monday or Tuesday ga

  6. Aisher says:
    March 7, 2020 at 4:05 pm

    Maa filmy hyvany hindhi filmeh hen varah drama ehaa dhivehinna nufethey..aafathis ga liyaa thary jamaa vahaka kiyaabala..hiyaalu muhsadhi vaane..varah rythi vahaka hurey liyefa..

    1. Abdulla says:
      March 9, 2020 at 8:31 am

      Dhivehinna v gulhey… Ekm faranjee gaumakun kiyavaafa huri meehaka v nugulhey… V v v reethi story eh… Dhivehinge hihthaka kulhelaane kan hama yageen

  7. Dhonthy says:
    March 7, 2020 at 4:13 pm

    Ey awlhey. Usuf gaathu buney yes bunaashey. He should say yes. Story is really amazing. Love you sis. ❤️❤️❤️???❤️?❤️?❤️

    1. Kiyara says:
      March 8, 2020 at 2:35 pm

      Heheh thankss dear ly2♥️

  8. Meekkomee says:
    March 7, 2020 at 5:05 pm

    ?????aalhyyy??? yoosuf say yes???woww??woww … speech less… Woww ??? varah Varah varah Varah Reethi mi part????? curiously waiting for yoosuf’s answer…………. N curiously waiting for the next part ????luv yeahhhh ❤️❤️❤️❤️❤️??❤️❤️❤️❤️❤️??❤️❤️❤️❤️???????✌️ ttly ✌️

    1. Kiyara says:
      March 8, 2020 at 2:56 pm

      Heheh thankss dear ly2♥️

  9. Yanaa says:
    March 7, 2020 at 8:50 pm

    Yoosuf say Yes.?????
    Mi part varah varah varah reethi??????????????????????
    Maa sha Allah ❤❤❤❤❤❤❤
    Curiously waiting waiting waiting ????Ly sis ❤❤❤

    1. Kiyara says:
      March 8, 2020 at 2:57 pm

      Heheh thankss dear ly2♥️

  10. Kairaa says:
    March 7, 2020 at 10:14 pm

    Wowwwww….haadha furihama eyy mi part vx…..varah reethi….i think yoosuf bunaany yes henn….alhey can’t wait to read nxt part….avahah up kohla dhehchey kiyaa….lysm….waiting….

    1. Kiyara says:
      March 8, 2020 at 2:57 pm

      Heheh thankss dear ly2♥️

Comments are closed.

Next Episodeރާސްތާ2 47←


All Right Reserved!