Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ކޮންމެ ވިންދެއްގައި – 4 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
February 20, 2020 6 Mins Read
45 Comments

“މިޝެލިން….އަހަރެން އިންނަން އުޅޭ ކުއްޖާ…” ޔުނާން އެހެން ބުނެލުމުން މުޅި ތަނުގައި ވަރުގަދަ ބޮމެއްގޮވިފަދައެވެ. ޔާއިންގެ މޫނުމަތިން ތަރުޖަމާކުރަންދަތި އަސަރެއްފެލިއިރު ޒީހާގެ މޫނުމަތިންވެސް ފެނިލީއެ އަސަރެވެ. ޔޫހާ ދެލޯބަޑުކޮއްލައިގެން އިނީ ދެން ވާނެގޮތް ހިތައްއަރުވަންވެސް ނޭނގުމުން އަތުގައި އޮތް ފޯނުގައި ބާރަކަށް ހިފަހައްޓާލައިގެނެވެ.

“ދަރިފުޅާ..” ޔާއިން އެހެން ބުނެލިއިރު އެ އަޑުގައިވީ ހަރުކަށިކަމެކެވެ. ޔާއިންގެ ދެލޮލުގައިވީ ރުޅިވެރިކަމުން މިޝެލިންގެ ހިތް ތެޅިލައިގެންދިޔައީ ނުބައިގޮތަކަށެވެ. ބިރުގަތްވަރުން އޭނާއަށް ހިފަހައްޓާލެވުނީ ޔުނާންގެ އަތުގައެވެ. ޔުނާން މިޝެލިންއަށް ބަލާލަމުން ޔާއިންއާ ދިމާލަށް ބަލާލިއިރު އެ ތުންފަތްމަތިން ފެނުނީ ހިނިތުންވުމެކެވެ.

“ބައްޕާ..އަޅުގަނޑު ލޯތްބެއް ނުވެއޭ ހައިފާދެކެ..އަޅުގަނޑު ލޯބިވަނީ މިޝެލިންދެކެ…ބައްޕައަށް އެންމެ ރަނގަޅަށް އެނގިލައްވާނީ ލޯބިވާ މީހަކު ދުރަށް ދިއުމުންވާނެ އިޚުސާސް…” ޔުނާން ގަސްތުގައި ޔާއިންގެ ބަލިފައިގައި ހިފީއެވެ. ކިތައްމެ ކުރަން ބޭނުން ނޫންނަމަވެސް އޭނާއަށް ހައިފާއާ އިނދެގެނެއް ދިރިއުޅުމެއްނޫޅެވޭނެއެވެ. ހައިފާގެ ހުންނަ ތުއި ގޮތްގަނޑަކުން ޔުނާން ހައިފާދެކެ ފޫހިވަނީ އިންތިހާއަށެވެ. ޔާއިންގެ މޫނުމަތީގައިވި ކުލަވަރު ވަގުތުން ގެއްލި އެހެން އިހުސާސެއް އެމޫނުމަތިން ފެނިލިއެވެ. ނަމަވެސް ނިކަން އަވަހަށް މޫނުމަތީގައިވި އިހުސާސްތައް ފޮރުވާލިއެވެ.

“ދަރިފުޅާ…….” ޔުނާންއަށް ގޮވާލާފައި ޔާއިން ވިސްނަންއިނީ ކޯއްޗެއްކަމެއް ނޭނގެއެވެ. ތަނަށް ވެރިވެފައިވާ ފުން ހަމަހިމޭންކަން މިނެޓެއްކަންހާއިރަށް ދެމިގެންދިޔައެވެ. ނަމަވެސް އެއްވެސް މީހަކު މި ހިމޭންކަން މުގުރާލަންވެސް ބޭނުންނުވީކަންނޭނގެއެވެ. ކުއްލިއަކަށް ޔާއިން ތަނުގެ ހަމަހިމޭންކަން ނަގާލުމުން އެންމެންގެ ހައިރާންކުރުވަނިވި ނަޒަރު ޔާއިންއަށް ހުއްޓުނެވެ. ޔުނާން ފިޔަވައެވެ.

“ދަރިފުޅާ ބައްޕަ ގަބޫލު…” ހީލާފައި ޔާއިން ބުނެލިއެވެ. ޔުނާން ހީލާފައި ބައްޕައަށް ޝުކުރުއަދާކުރެއްވިއެވެ.

“ކޮންނަމެއްތަ ކިޔަނީ ގާލް؟..” ހިތުގައިވާ ބިރުވެރިކަން ފިލާފައިވާހާލު ތުންފަތްމަތީގައި ރީތި ހިނިތުންވުމެއްވި ހިނދު ޔޫހާ އަހާލިއެވެ.

“މި..މިޝެލިން…” ޔޫހާއަށް ބަލާލާފައި މިޝެލިންއަށް ބުނެވުނީ އަޅައަޅައިގަންނަމުންނެވެ. އޭނާ އަދިވެސް އިނީ ފާޑަކަށް ބިރުގެންފައެވެ. ޔުނާންއަށް މިޝެލިން އެހެން ބުނެލިއަޑު އިވުނީވެސް ކިރިޔާއެވެ.

“މިޝެލިން…” ޔޫހާ މިޝެލިން ބުނި އެތި އަޑުނީވުމުން ޔުނާންއަށް ބަލާލުމުން ޔުނާން ބުނެލިއެވެ. މިޝެލިން ހާސްވެފައި އިނުމުން ޔުނާން މިޝެލިންގެ އަތުގައި ހިފާލިއެވެ. ހިނދުކޮޅަކަށް ދެމީހުންގެ ހަތަރުކަޅިހަމަވިއެވެ. މިޝެލިން ހަމަޖެހިލަމުން ހީލިއެވެ. ބާކީ ހޭދަވެގެނދިޔަ ވަގުތުކޮޅުގައި ޔާއިން މިޝެލިންއާ ތަފާތު ސުވާލުތަކެއް ކުރެއްވިއެވެ. އަދި ކައިވެނިކުރާނެ ޑޭޓެއްވެސް ވަރަށް އަވަހަށް ކަނޑައަޅާނެކަމަށް ޔާއިން ނިންމެވިއެވެ.

(ހަފްތާއެއް ފަސް)

“ކޮބަ އަވަސް ޔާން..ނެތޭ ވަގުތެއް…..” އީދާން ބުންޏެވެ.

“އައިމް އޮން މައި ވޭ……” އެހެން ބުނެލާފައި އެކޮޅުން ފޯނުކަނޑާލައިފިއެވެ.

ދުރު ދުރަށް ދާންދެންވެސް މިރޭ “އޯޝާންގްލޮސް ގެ” ފާހަގަކުރެވެއެވެ. މަގުމަތިން ފެންނަ ކޮންމެ މީހެއްގެ ސަމާލުކަން “އޯޝަންގްލޮސް” ގެއަށް ހުއްޓެމުންދިޔައިރު ރީތިކަމުން ބައެއް މީހުން ކަޅިޖަހާނުލާ ބެލިއެވެ. ބޭރުން ދިއްލާއަޅާފައިވާއިރު މިރޭ “އޯޝާންގްލޮސް ” ގޭގައި ބޮޑު ކަމެއް ފާހަގަކުރަމުންދާކަންބަލައިލި ކޮންމެ މީހެއްގެ ހަވަނަ ހިއްސު ދެނެގަންނާނެކަން ގައިމެވެ.

އެތެރެއަށް އަތުގުޅުވާލައިގެން ވަތް ދެ ޒުވާނުން ފެނިފައި މުޅި ޕާޓީއޮތް ހޯލު ހަމަހިމޭންވީއިރު ކޮންމެ މީހަކަށްވެސް މި ފެންނަނީ ހުވަފެނެއްކަމަށް ހީކުރެވުނެވެ. ބައެއް މީހުންގެ ދުލުން ތައުރީފުގެ ބަސްތައް އެދެޒުވާނުންނަށް ރައްދުވަމުންދިޔައިރު އެދެޒުވާނުންހުރީ ހިނިތުންވެލައިގެނެވެ. އަޅިކުލައިގެ ސޫޓެއް އެތެރެއިން ލާފައިވާއިރު ބޭރުން ކަޅުކުލައިގެ ކޯޓެއްލާފައިހުރުމުން ޔުނާންގެ ފިރިހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލްކޮށްލެވިފައިވުމުން ނުހަނު ރީއްޗެވެ. ތުނިކޮށް އެހެނަސް ތަރުތީބުކަމާއެކު ފަޅާފައިވާ ތުނބުޅިން އިތުރަށް ފުރިހަމައެވެ. އެ ކަތި ނަޒަރުން އެތަށް ކުދިންގެ ހިތްތައް މިޔަދުވެސް އޭގެމަގާމުން ނެއްޓިގެންދިޔައެވެ. މިޝެލިންއަށްވެސް ކުރުވީ ތަފާތު އަސަރެކެވެ.

މިޝެލިން މިރޭ ހީވަނީ ރީތިކަން ހުސްކޮށްލާފައިވާ ޝެހެޒާދީއެއްހެނެވެ. ދޮން ވަށް މޫނުގައި މޭކަޕްގެ މަޑު ޝޭޑްސްތައް ގެނެސްފައިވުމުން ވަރަށް ރީއްޗެވެ. ތުންފަތް މަޑު ފިޔާތޮށި ކުލައިން ފަވާލެވިފައިވއިރު ދެލޯ އައިލައިނަރ އިން ފަވާލެވިފައިވެއެވެ. އެ އަޅިކުލައިގެ ކަޅީގެ ވިދުވަރު ތޫނުއިރު އެ ކަޅި ހިމާޔަތްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ އެސްފިޔަތަށް ކުރިއަށްވުރެވެސް ދިގުކަމަށް ދައްކަމުންދިޔައީ މަސްކަރާއިން ފަވާލެވިފައިވުމުންނެވެ. ކަޅުރޭގަނޑެއްފަދަ ފަން އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލެވިފައިވާއިރު އުނަގަނޑުން ތިރިޔަށް ދެމިފައި އޮތުމުން އެންމެންގެ ނަޒަރުގައިވެސް އެ މަންޒަރު އަޅައިގަތްއިރު ބައެއް މީހުންނަށް ވައި އަޑުން މާޝާ ﷲ އޭވެސް ބުނެވުނީ މިޝެލިންއަށް ލިބިފައިވާ ރީތިކަމުންނެވެ. ހުދުކުލައިގެ ބޮޑު ވެޑިންގް ޑްރެސް އެއްލައިގެން ހުރިއިރު އެ ހެނދުމުގައި ކަޅުކުލައިގެ އަލިމްސް ޖަހާފައިވުމުން ވަރަށްވެސް ފުރިހަމަކަށް ދައްކައެވެ. އަދި މިޝެލިންގެ ކަރުގައާއި ކަންފަތުގައާއި އަތުގައި އަޅާފައިވާ އަލިމަސްޖަހާފައިވާ ގަހަނާތަކުން މިޝެލިން ހީވަނީ ޝާހީ ޙާންދާނެއްގެ އަންހެންކުއްޖެއްހެނެވެ. ބައެއް މީހުނަށް ހީކުރެވުނީވެސް އެހެންނެވެ. ރީތިކަން ހުސްކޮށްލާފައިވާ ދެ ޒުވާނުންނެވެ.

ކައިވެނިކުރެވިގެން ދިއުމަށްފަހު ދެމީހުންވެސް ގޮސް ހުއްޓިލީ އެދެމީހުންނަށް ހަދާފައިވާ ޙާއްސަ ސްޓޭޖްމަތީގައެވެ. އަތުގުޅުވާލައިގެން ހުރެ ހިނިތުންވެލައިގެންހުރިގޮތުން ދުނިޔޭގައިވާ އެންމެ ރީތި ދެމަފިރިންފަދައެވެ.

މެހެމާނުންތަށް މަރުހަބާކިޔަމުން މި އުފާވެރި ޙަފްލާގައި ބައިވެރިވަމުން ދިޔައެވެ. ޔުނާން ޖީބުން ފޯނުނަގާފައި ދޭތެރެ ދޭތެރެއިން ގަޑިބަލައިލާގޮތުން މިޝެލިންގެ ހިތުގައި ސުވާލުއުފެދުނެވެ. މިޝެލިން އިރު އިރުކޮޅާ ސިއްރު ނަޒަރަކުން ޔުނާންއަށް ބަލާކަން ޔުނާންގެ ހަވަހިއްސު އަންގާދިން ކަހަލައެވެ. މިޝެލިންއަށް ބަލާލަމުން ޔުނާން ބުމަހިއްލާލާމުން ކިހިނެއްވީހޭ އަހާލިއެވެ. މިޝެލިންއަށް އޭނާ ޔުނާންއަށް ބަލަމުންދިޔަ ސިއްރުނަޒަރުތަށް އެނގުމުން އެ މޫނު ބީޓްރޫޓްކޮޅެއްހާ ރަތްވެގެންދިޔައެވެ. މިޝެލިން އެއްޗެކޭ ނުބުނުމުން ޔުނާން ކޮނޑުއަރުވާލަމުން ގަޑިއަށް ބަލާލިއެވެ. ކުއްލިއަކަށް ދުވެފައިކަހަލަ ގޮތަކަށްއައި އަންހެންކުއްޖަކު ޔުނާންގައިގައި އޮޅުލައިގަތުމުން ޔުނާން ދިޔައީ ސިއްސައިގެނެވެ. މިޝެލިންއަށް ދެލޯ ބޮޑުކޮށްލައިގެން ބަލަންހުރެވުނީއެވެ. ނަމަވެސް މިޝެލިންގެ ލޯ ކުރިއަށްވުރެވެސް ބެޑުވެގެންދިޔައީ ޔުނާން ހީލަމުން އޭނާގެ އަތް އެ އަންހެންކުއްޖާގެ ގައިގައި ވަށާލަމުންނެވެ.

“ދޮންބޭ…އައި މިސްޑް ޔޫ…މަންމަ ކައިރީ ވަރަކަށް ކިޔައިގެން ފޮނުވީވެސް..މަންމަ ހުރީ ވަރަށް އަންނަހިތުން..އެކަމް އެނގެއެއްނު ދޯ..” ޔުނާންއާ މުހާތަބުކޮށް އެ އަންހެންކުއްޖާ ބުނެލި ބަސްކޮޅަކުން މިޝެލިންއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.
“ހެއި ފަހަރި…ވޯއު..ދޮންބެގެ ހޮވުން ހަމަ އެއްވަނަ އެނގެ…އަހަރެންމީ ޔަޝާ އެނގެ…” މިޝެލިން ގައިގައި ބައްދާލަމުން ޔަޝާ ބުނެލިއެވެ. ޔަޝާގެ ހުންނަ އެކުވެރިކަމާއި އަނގަގަދަކަމުން މިޝެލިންއާ ވަރަށް އަވަހަށް ރައްޓެހިވެއްޖެއެވެ.

“ބްރޯ..އަނގާވެސް ނުލަމެއްނު..” ޔުނާން ގައިގައި ބައްދާލާފައި މަރުހަބާ ކިޔާލަމުން އެޒުވާނާ ބުނެލިއެވެ. މިޝެލިންވެސް އެޒުވާނާއަށް ބަލާލިއެވެ. ދިގު ހަށިގަނޑެއްގެ ވެރިއެކެވެ. ވަރުގަދަ ހަށިގަނޑަކާއި ހަމުގެ ކުލަ ދޮނެވެ. ކަޅުކަންގަދަ ބުމައަކާއި އެކު އެ ކަޅުކުލައިގެ ދެލިކޮޅެއްފަދަ ކަޅީގެ ތޫނުކަމާއެވެ. މިޝެލިންއަށް ފާހަގަކުރެވުނީ ޔުނާންއާއި މިޒުވާނާގެ ވައްތަރުގޮތެއްހުރިކަމެވެ.

“ހައި ފަހަރި…” މިޝެލިންއާ ދިމާލަށް ބަލާލާފައި ހީލަމުން އެ ޒުވާނާ ހައި ޖަހާލުމުން މިޝެލިން ހަމައެކަނި ހީލުމަކުން ފުއްދާލީއެވެ.

“ޔާން..އަން..މަންމަ ބުނީ މި ރިންގް ދޭށޯ..” ކަމެއް ހަނދާންވިފަދައަކުން އެޒުވާނާ ބުނެލީ އޭނާގެ އިނގިލީގައި އަޅާފަ އޮތް އަނގޮއްޓިއެއް ނަގަމުން ޔުނާންއަށް ދިއްކޮށްލަމުން ޔުނާންއަށް އެކަނި އަޑުއިވޭވަރަށެވެ. އެޒުވާނާގެ އަތުގައި ވެސް އޭގެ އަނގޮއްޓިއެއް އޮތެވެ. އިއްޔެ ޔުނާން އޭނާގެ އަނގޮއްޓި ގެއްލިގެން ހޯދާ ހޯދާ ނުފެނުމުން މަންމަ ކައިރީއެވާހަކަ ބުނެވުނު ހަނދާނެއްވިއެވެ. އެ އަނގޮއްޓިއާ ނުލާ ޔުނާންއަށް ހީވަނީ އޭނާގެ ހަށިގަނޑުގެ ބައެއްވެސް މަދުހެންނެވެ. އަނގޮއްޓި ދިނުމާއެކު ޔުނާން އޭތި ކަށި އިނގިލީގައި އަޅާލިއެވެ.
“ތެކްސް އިކް..” ޔުނާން އޭނާގެ ބޭބެ ޔައިޝް ގާތުގައި ބުނެލިއެވެ.

ޕާޓީ ނިމިގެންދިޔައީ އެގާރަޖަހާ ބޮޑުވިފަހުންނެވެ. ކޮޓަރިއަށް ވަދެވުމާއެކު މިޝެލިންއަށް ފުންނޭވާއެއްލެވުނެވެ. ޔުނާންވީ ނަހީކްއާއި އީދާންއާއި ޔައިޝްގެ އުނދަގޫބޮޑުކަމުން އެމީހުންގާތުގައެވެ. ކޮޓަރި ޒީނަތްތެރި ކުރެވިފައިވާލެއް ރީތިކަމުން މިޝެލިން ހުރީ ހައިރާންވެފައެވެ. އެކި ދިމަދިމާލުގައި އުއްބައްތި ދިއްލާލާފައިވާއިރު ރަތްކުލައިގެ ފިނިފެންމާ ފިޔަތަށް އެކިތަންތަނުގައި ރީތިގޮތަކަށް އުކާލެވިފައިވެއެވެ. ޔުނާން އައުމުގެ ކުރިން ފްރެޝް ވެލައިގެން ނިދަން ބޭނުންވުމުން މިޝެލިން އަވަސްވެގަތީ އެކަންކުރުމަށެވެ. އެހެނަސް ބައެއް ފަހަރު ތިމާ ރާވަގޮތަށް ކަންކަން ނުގޮސްދާނެއެވެ. ތަގުދީރުގެ ނިމުންތައްވެސް އަންނާނެއެވެ. ދެ ފިޔަވަޅު ކުރިއަށް ނޭޅެނިސް ކޮޓަރީ ދޮރުހުޅުވާލިއަޑު އިވިފައި މިޝެލިން ސިހިގެންދިޔައެވެ. އަވަސް ހަރަކާތަކާއެކު ފަސްއެނބުރި ފަހަތް ބަލާލަން އުޅެނިކޮށް ލައިގެންހުރި ބޮޑު ވެޑިންގް ޑްރެސްގައި ފައި އެޅުނުގޮތަކުން ވެއްޓެންދިޔައެވެ. އެވަގުތު މިޝެލިންއަށް ހަޅޭއްލަވައިގަނެވުނީ ވެއްޓިއްޖިއްޔާ ވާނެ ތަދު ހިތަށްއެރުމުންނެވެ. މިޝެލިން ވެއްޓެން ދިއުމުން ޔުނާން ވިދުވަރެއްހާ ހަލުވި މިނުގައި އައިސް މިޝެލިންގެ އަތުގައި ހިފަހަށްޓާލެވުނުކަމެވެ. އެހެން ނޫންނަމަ އެ ބުދެއްފަދަ ނާޒުކު އަންހެންކުއްޖާއަށް ގެއްލުމެއް ލިބުނީސްކަން ގައިމެވެ. ލުއްކިއެއް ޖެހުމުން މިޝެލިން ލައިގަތީ ޔުނާން ގައިގައެވެ. އިރުކޮޅަކު އެހެން ހުރެފައި މިޝެލިން ކުއްލިއަކަށް ދުރަށް ޖެހިލިއެވެ.

“ސޮރީ…” ދެމިގެންދިޔަ ހިމޭންކަން މެދުކަނޑާލަމުން މިޝެލިން ބުނެލީ އިސްޖަހާލަމުންނެވެ. އެވަގުތު ނިދާ ބޮކި ޖައްސާފައި ހުރިކަމީ ނަސީބެކޭ މިޝެލިން ހިތަށްއެރިއެވެ. އެހެން ނޫންނަމަ ޔުނާންއަށް އޭނަގެ ޖަނބުކުލައަރަމުން ދިޔަ ކޯތާފަތްފެންނާނެއެވެ. ޔުނާންއަށް މިޝެލިން އެ ލަފްޒު އެ ރައްދުކުރީ ދެންމެ ހިނގާދިޔަ ކުޑަ ހާދިސާއަށްކަން ނަގައިގަނެވުނެވެ.

“ޑޯންޓް ބީ..މިޝެލިން ތީ މިހާރު އަހަރެންގެ ވައިފް..” މިޝެލިންއަށް ބަލަހައްޓައިގެންހުރެ ޔުނާން ބުނެލުމާއެކުހެން މިޝެލިން އިސްއުފުލާލިއިރު ދެލޯބޮޑުކޮށްލައިގެންހުރިގޮތުން ޔުނާންއަށް އެތެރެ އެތެރެއިން ހީލެވުނެވެ.

“ސޯ…އައި ޑޯންޓް މައިންޑް…” މިޝެލިންގެ ކަންފަތާދިމާލަށް ގުދުވަމުން ޔުނާން ބުނެލީ ލަސް ލަހުންނެވެ. މިޝެލިން ގައިން ހީބިހިނަގައިގެން ދިޔައީ ޔުނާން އޭނާއާ އެހާ ކައިރީގައި ހުރުމުންނެވެ. ޔުނާން މިޝެލިންއާ އެއްހަމައަށް ގުދުވެލާފައި ހަތަރުކަޅީ ހަމަކޮއްލިއިރު އެދެލޮލުގެ ވިދުން ކުރިއަށް ވުރެ ގަދަވެފައިވާހެން ހީވިއެވެ. އެދެލޮލުގައިވާ ބާރަކުން މިޝެލިން ހައިރާންވިއެވެ. ހީލައިގެންހުރީ ވެންޕަޔަރިޝް ގޮތަކަށެވެ. އެ ކަޅުއިސްތަށިގަނޑުގެ ބައެއް މޫނުމައްޗަށް ވެއްޓިފައިވެއެވެ. އިރުކޮޅަކު މިޝެލިންއާ ހަތަރުކަޅި ހަމަކޮށްގެން އެދެލޮލުން ޔުނާން ހޯދަން ބޭޏުންވި އެތި އޭނާއަށް ނުފެނުނިކަންނޭގެއެވެ. ހިނދެމިލަމުން ފާހަނައާ ދިމާލަށް މިސްރާބުޖެހިއެވެ. އިރުކޮޅަކު މިޝެލިން އެހެން ހުއްޓުންއަރާފައިހުއްޓެވެ. އެ ބޮޑޫ ވެޑިންގ ޑްރެސްއާއެކު ކައުޗް ގައި ޖައްސާލާފައި ލޯމަރާލުމާއެކު ޔުނާންގެ ސޫރަ ކުރެހިގެންދިއުމުން މިޝެލިންއަށް ކުއްލިއަކަށް ދެލޯހުޅުވާލެވުނެވެ. މިވީ ކިހިނެއްހެއްޔެވެ؟ ޔުނާންގެ ސޫރަ އަހަރެންގެ ލޯމަތިން އެ ފެނުނަނީ ކީއްވެހެއްޔެވެ؟ އަނެއްކާ އަހަރެންނަށް ޔުނާންދެކެ ލޯބިވެވެނީބާއެވެ؟ ހިޔާލަށް އެރި އެއްޗަކުން މިޝެލިންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އަނެއްކާވެސް ކައުޗްގައި ހަމަޖެހިލަމުން ދެލޯމަރާލުމުން މިފަހަރުވެސް އެސޫރަ ކުރެހިގެންދިޔައެވެ. ނަމަވެސް މިފަހަރު މިޝެލިންގެ ހިތް އޭނާގެ އަތުން ދޫވީކަންނޭގެއެވެ. ހިނިތުންވެލައިގެން ދެލޯ މަރާލައިގެން އޮއްވާ ނިދީގެ އެންމެ ފުނަށް ފީނައިގަތެވެ.

އިރުގެ ރަން ދޯދިތަށް ފޮތިގަނޑު ކަހާލެވިފައިވާ ބިއްލޫރިގަނޑު ފުރޭނިގެން މިޝޭލިންގެ ރީތި މޫނުގައި ބީހޭން ފެށުމުން މިޝެލިންއަށް އުނދަގޫވިފަދައެވެ. ލަސް ލަހުން އެސްފިޔަތަށް ތަޅުވާލަމުން ލޯހުޅުވާލުމާއެކު އެ އަޅިކުލައިގެ ކަޅިއަށް އިރުގެ ރަންދޯދިތަށް އެޅުމުން އަޅިފެހިކުލައެއް އަރާފައިވެއެވެ. އޮވެވުނީ މަޑު ތަންމައްޗެއްކައި އެނގުމުން ކުއްލިއަކަށް ދެލޯބޮޑުކޮށްލެވުނެވެ. ނަމަވެސް ވިސްނެންފެށީ އިރުކޮޅަކުންނެވެ. ރޭގަ ކައުޗް ގައި ނިދާފައި އޮއްވާ ޔުނާން އޭނާ މިތަނަށް ގެނައީ ކަންނޭގެއެވެ. ފިނިވެދާނެތީވެ ގައިގައި ކުއިލްޓްއެއް އަޅާލެވިފައިވުމުން ޔުނާންގެ ރަނގަޅުކަން މިޝެލިންއަށް ހާމަވެގެންދިޔައެވެ. އިރުކޮޅަކު ވިސްނަން އޮތުމަށްފަހު މިޝެލިން ތެދުވިއެވެ. ކޮޓަރީގައި ޔުނާން ނެތުމުން ވަރަށް ހަމަޖެހިލާފައި މިޝެލިން ފާހަނައަށްވަދެ ފްރެޝްވެލައިގެން ކޮޓަރިން ނުކުންނަމުން ސިޑިއާ ދިމާލަށް ހިނގައިގަތީ ތިރިއަށް ދާށެވެ. ދެހަރުފަތް ގިރާކުރުމާއެކުހެން މިޝެލިންއަށް ފަޔަށް ހަދާލެވުނުގޮތަކުން އަރިއަޅާލިއެވެ. ނަމަވެސް ވެއްޓުމުކުރިން ބާރުގަދަ އަތެއްގެތެރޭގައި މިޝެލިން ހަތްޔަރުވިއެވެ. މިޝެލިންއަށް ހީކުރެވުނީ އެއީ ޔުނާންކަމަށެވެ. ނަމަވެސް އެއީ ޔުނާން ނޫންކަން މިޝެލިންއަށް އެނގުނީ އެޒުވާނާއަށް ބަލާލަމުން ޝުކުރިއްޔާއޭ ބުނަން އުޅެނިކޮށެވެ.

ޔައިޝްއާއެކު ސިޑިން އަރައިގެން އައި ޔުނާނަށް މި މަންޒަރުފެނުނެވެ. އެއީ ކޮން ޒުވާނެއްކަން ޔުނާންއަށް ވަރަށް ރަނގަޅަށް އެނގުނެވެ. ރުޅިގަނޑު ހަމައިން ނެއްޓީ އެޒުވާނާ ފެނުމަކުން ނޫނެވެ. އެޒުވާނާ މިޝެލިން ގައިގައި އަތްލުމުންނެވެ. އޭނާގެ އެއްޗިސްސައް އޭނާ ނަފްރަތުކުރާ މީހުން އަތްލުމަކީ އޭނާ ރުހޭކަމެއް ނޫނެވެ. ޔުނާންގެ ހިތަކީ ނަފްރަތުން ފުރިފައިވާ މީހުންނަށް ހަރު ހިލައަށް ވުރެވެސް ހަރުވެފައިވާ ހިތެކެވެ. އެ ލިސްޓުގެ އެންމެ ކުރީގައިވަނީ ދޮންމަންމަ އާއި މި ޒުވާނާގެ ނަމެވެ. ނަމަވެސް ލޯބިވާ މީހުންނަށް އެހިތަކީ މަޑު ކަފަކޮޅަކަށްވުރެވެސް މަޑުވެފައިވާ ހިތެކެވެ.

އެދެލޮލުން އަލިފާންކަނި ބުރަމުންދިޔައިރު އަތް މުއްކަވާލައިގެންހުރީ ރުޅިކޮންޓްކުރަން ކަންނޭނގެއެވެ. ނަމަވެސް މިޝެލިން އެ ޒުވާނާގެ އަތުން ވީއްލިގަންނަން އުޅުނުވަގުތު އެ ޒުވާނާ މިޝެލިން އޭނާގެ އަތުތެރޭގައި ހަތްޔަރުކޮށްލުމުން ޔުނާން ހަމައިން ނައްޓިގެންދިޔައެވެ. އައި ރުޅިގައި ޔައިޝް ގޮވަގޮވާ ހުއްޓާ ޔުނާން ވިދުވަރެއްހާ ހަލުވިމިނުގައި ގޮސް އެ ޒުވާނާ ލައިގެންހުރި ގަމީހުގެ ގިރުއާނުގައި ހިފައްޓާލާފައި މިޝެލިންގެ އަތުގައި ހިފަހައްޓާލަމުން އެއް އަތުން އެ ޒުވާނާ ގެ މޫނުމައްޗަށް ގޮށްމުށުން އެތިފަހަރެއް ވީއްލާލިއެވެ. އެވަރުން އަދި ހިތްހަމަނުޖެހުނީ ކަންނޭނގެއެވެ. އެތަނުގައި ޒީނަތްތެރި ކުރަން ބަހައްޓާފައިވާ ބިއްލޫރި ޗެރީ ބޮލޮސޮމް ވާސްގައި ފައިންޖަހައި ވިއްސާލިއެވެ. އެ ތެޅުނު އަޑުފައްގަނޑު މުޅި މާހައުލުގައި ގުގުމައިގެން ދިޔައިރު މިޝެލިން ހުރީ ބިރުގަތްވަރުން މޭމަތީގައި އަތް އަޅާލައިގެނެވެ.
“ވާއު..ޝީ އިޒް ސޯ ބިއުޓިފުލް… އަދި ދެލޯ ބޮޑުކޮށްލައިގެން ހުންނައިރު ހާދަ ރީއްޗޭ..” އެ ޒުވާނާ ހީލަމުން ބުނީ މިޝެލިންއަށް ބަލާލަމުންނެވެ. ޔުނާން ރުޅިއަރުވާލަން ބޭނުންވިކަހަލައެވެ. ޔުނާންގެ ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައެވެ. އެދެލޮލުން އެ ޒުވާނާއާ ދިމާލަށް ބަލަހައްޓައިގެންހުރި ފިއްސައިގެންދާފަދަ ރުޅިވެރިނަޒަރު ފެނިފައި މިޝެލިންގެ މޭގަނޑު ގުޑައިގެންދިޔައެވެ. ވިދުވަރެއްހާ ހަލުވިމިނުގައި ޔުނާން އެދިޔަ ބާރުމިނުގައި އެ ޒުވާނާގެ ގިރުވާނުގައި ހިފާ ދުރަށް ހޫރާލި އިރު އެ އަތުތެރޭގައި އެ ޒުވާނާވީ ކުޅޭ ކުޅޭ އެއްޗަކަށެވެ. ރުޅިއައިސްފަ ހުންނައިރު އެލިބޭ ޝައިތޯނީ ރުޅިގަނޑު ވަރަށްދުވަސްފަހުން ހިލުވާލެވުނީއެވެ. ދެން ގެ ބޮލަށްވެސް ވައްޓާލަން ޔުނާން ފަހެއްނުޖެހޭނެކަން ޔައިޝްއަށް އެނގެއެވެ.

އިތުރު ހަމަލާއެއް ޔުނާން އެ ޒުވާނާއަށް ދިނުމުގެކުރިން ޔައިޝް ގޮސް ޔުނާންގައިގައި ހިފެއްޓީ ބާރަށޭއެވެ. އެއްވަރަކަށް ބާރުލިބިފައިވާ ދެ ޒުވާނުންކަމުން ފައިޓަކަށް ދާން ބޭނުން ނުވާތީ ޔުނާން ރުޅިގަނޑު ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ޔުނާން ހަމަޔަކަށް އެޅުމުން ޔާއިޝް ޔުނާން ގައިން ދޫކޮށްލިއެވެ.

“ހަނދާންކުރާތި ޒޯހަން…އޭނާއާ ކައިރި ނުވާތި…އެހެން ނޫނީ ދެންވާގޮތް މާ ރީއްޗެއް ނުވާނެ…” ފާރުގައި ޖެހިފައި މަތަވެފައި އޮތް ޒޯހަންއާ ދިމާލަށް ގުދުވެލަމުން ޔުނާން ބުނެލިއެވެ. ޔުނާން ޒޯހަންގެ އަނގަމަތީގައި ޖެހިތަން ފަޅައިގެން ގޮއްސަ އިންއިރު އެތަނުން ލޭތަށް ފައިބަމުންދިޔައިރުވެސް ޒޯހަން ހީގަތެވެ. ޔުނާންއަށް އަދި ޒޯހަން ބަލިގަބޫލު ނުކުރާނެކަން އެނގުނެވެ.

މިޝެލިންގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދާން މިސްރާބުޖެހިއިރު އެދެލޮލުން ރުޅިވެރިކަން ފާޅުވާންހުއްޓެވެ. ގޮއްމުށުގެ އެތިފަހަރެއް ފާރަށް ބޭލުމުން ފާރުވެސް ގުޑިގެންދިޔަފަދައެވެ. ޔުނާން ރުޅިއައިސްފައި ހުއްނައިރު އެލިބެނީ ކޮންފަދަ ޝައިތޯނީ ބާރެއްހެއްޔެވެ. ކޮޓަރިއަށް ވަދެވުމާއެކު ބަންލާފައި ދޮރުޖަހާލަމުން މިޝޭލިންގެ އަތުން ދޫކޮށްލިގޮތަށް ޔުނާން ކައުޗްގައި އިށީންގޮތަށް ހަމަޖެހެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ޒޯހަން މިޝެލިންއަށް ބަލައިލި ގޮތާއި ބުނެލި ޖުމުލަތަށް ހަނދާންވެފައި ރުޅިގަނޑު ކޮންޓްރޯލުން ނެއްޓެން އުޅުނެވެ. ނަމަވެސް މިޝެލިން ކުރިމަތީގައި ހުރުމުން ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން ދިޔައެވެ.

“އަން..ފެ..ފެންތައްޓެއް…” މިޝެލިން ބުނެލީ ފެންތައްޓެއް ޔުނާންއަށް ދިއްކޮށްލަމުންނެވެ. މިޝެލިން އަދިވެސްހުރި ހައިރާންވެފައެވެ. ފިރިހެނުންނަކީ ހަމަ އެހާ ބާރުގަދަ ބައެއްހެއްޔެވެ؟ ނޫނީ އެ ބާރަކީ ހަމައެކަނި ޔުނާންއަށް ލިބިފައިވާ ބާރަކީހެއްޔެވެ؟

މިޝެލިންއަށް ބަލާލާފައި ޔުނާން އެ ފެންތަށީގައި ހިފިއެވެ. ރުޅިގަނޑު ހިނދާލަން އުޅުނަސް އެކަމެއް ނުވިއެވެ. އެންމެ ފަހުން ކެއްނުކުރެވިގެން އެ ރުޅި ކޮންމެސް ސިފައެއްގައި ބޭރުކުރަން ބޭނުން ވުމުން އަތުގައި އިން ބިއްލޫރިތައްޓަށް ބާރުކޮށްލީނުން ތަށި ދިޔައީ އަތަށް ތެޅިގެނެވެ. އެވަގުތު ލޭތަށް ފައިބައިގަތީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ހީވޭ ހިތް ބުނާހެން 11

Next

ތަޤްދީރު 06 ވަނަ ބައި

Next
February 21, 2020

ތަޤްދީރު 06 ވަނަ ބައި

Previews
February 20, 2020

ހީވޭ ހިތް ބުނާހެން 11

45 Comments!

  1. malkko says:
    February 20, 2020 at 1:10 pm

    salam readers..hope u guyx will like this part to..next part liyevunu emme avahakah up kohladhynan insha alla..keep waitting..feel free to commet your viwes..love ya all..have a nice day

  2. nash says:
    February 20, 2020 at 1:18 pm

    yeyyyyyyyy me first dhw mi part vx v reethi waiting for next part

    1. Malsa Moosa says:
      February 20, 2020 at 4:49 pm

      thankx nash

  3. Shahu says:
    February 20, 2020 at 1:20 pm

    Wowwww .. vvv rythi vaahka masha allah?????? when next part malkko?????

    1. Malsa Moosa says:
      February 20, 2020 at 4:50 pm

      thankx shahu..insha allah varah avahah

  4. magnumm says:
    February 20, 2020 at 1:27 pm

    hey Mrs xaynnn????herdha ryhchey mi part vx???m really curious to know watss gonna be happen nextt❤❤❤???luv yaa malluuuu??

    1. magnumm says:
      February 20, 2020 at 1:29 pm

      n pleeeshhhhh…next part soooooon ngeyy malangaduuuuuuuuuuuuu

    2. Malsa Moosa says:
      February 20, 2020 at 4:51 pm

      hoon malangaduge magnummuuuuuuuu

    3. Malsa Moosa says:
      February 20, 2020 at 4:51 pm

      hehe..hi brother…thankxx..lve ya to

  5. Aish ge fan says:
    February 20, 2020 at 2:34 pm

    Shaithaanee baaru… yunan ge character in dhaanish mathin hadhaan vanee.. hadhaa nurahkaatheri loabi eyy mi vaahaka..

    1. Malsa Moosa says:
      February 20, 2020 at 4:53 pm

      hehe..kuda koh ehgoii than than huredhaane e vaahkaige sifathakaaa vahtharu gotheh..ekm mi story varahah thafaathuvaane enge..and i miss dhaanish 2..thankx enge

  6. Aish ge fan says:
    February 20, 2020 at 2:37 pm

    Btw.. varah reethi mi story.. hurihaa part eh ves hama kiyan.. 4 part up vi iru yunan aish ge fav ah vehjje.. yunan ge part thah gina kurahjjey

    1. Malsa Moosa says:
      February 20, 2020 at 4:54 pm

      thankx AGF..heh..Insha allah i will:) tc

  7. IIII ishu says:
    February 20, 2020 at 3:24 pm

    I love it so much ?vrh reethi

    1. Malsa Moosa says:
      February 20, 2020 at 4:54 pm

      thanks ishu

  8. Yanaa says:
    February 20, 2020 at 4:34 pm

    Varah varah reethi??????
    ?????????????
    maa sha Allah ❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤❤curiously waiting for the next part?????????????ly malkko ❤❤❤❤❤❤❤❤
    ❤❤❤❤❤

  9. malkko says:
    February 20, 2020 at 4:55 pm

    thankx yan..ly 2

  10. Kairaa says:
    February 20, 2020 at 7:59 pm

    Wowww…haadha reehchey mi part vx….?????varah furihama…whn nxt….waiting..ly mal….

  11. malkko says:
    February 20, 2020 at 8:56 pm

    thankx kai..insha allah livevunu emme avahakah..tc

  12. NooYas says:
    February 20, 2020 at 10:12 pm

    It’s beautiful mal dear. Keep it up. Love you❤️❤️??❤️❤️??

  13. Malkko says:
    February 20, 2020 at 10:25 pm

    Thanks dhonthy..ly:)

  14. ? says:
    February 20, 2020 at 11:34 pm

    Masha allah vrh reethi..vimper thakehtha..

    1. Malsa Moosa says:
      February 23, 2020 at 4:36 pm

      Thankx..hehe..balamaa dhw?

  15. Kim Taehyung/v/Tae tae says:
    February 21, 2020 at 12:26 pm

    Finally zohan is here….. Don’t know why he is handsome..but not handsome than my Taehyung…..btw story Hama Habeys.. waiting for the next part…… I purple u ???????????????????????????

    1. Malsa Moosa says:
      February 23, 2020 at 4:38 pm

      Hehehe..thankx bro..tc??

  16. Aashy says:
    February 21, 2020 at 11:18 pm

    oh its so beautful…. luv it a lot……
    waiting for next part lysm…….❤❤❤❤

    1. Malsa Moosa says:
      February 23, 2020 at 4:38 pm

      Thankx

  17. Lamko says:
    February 22, 2020 at 3:05 pm

    Malluu alhey sifa kurun varah furihama….mi part vv reethi…whn nxt..avahah up kollahchey malluuu..ly..lakka miss❤️❤️❤️?

    1. Malsa Moosa says:
      February 23, 2020 at 4:41 pm

      Thankx lam..insha allah liyevunu emme avahakah..miss ya 2

  18. lily says:
    February 22, 2020 at 5:41 pm

    varah kiyaahithun hutta e nimunee. varah reethi.

    1. Malsa Moosa says:
      February 23, 2020 at 4:41 pm

      Thankx

  19. Xaaan says:
    February 23, 2020 at 8:35 am

    Masha Allah mi story vvvv reethi waiting next part

    1. Malkko says:
      February 26, 2020 at 6:58 pm

      thankx Xaaan

  20. Kuthoo says:
    February 23, 2020 at 12:22 pm

    Vaahaka varah reethi. Waiting for the next episode ????

    1. Malkko says:
      February 26, 2020 at 6:58 pm

      thankx kuthoo

  21. ޖިންނި 123 says:
    February 25, 2020 at 8:38 pm

    އުމުރުން 12 އަހަރުގައި މިހައި ސަޅިވާހަކައެއް މިކަހަލަ ސައިޓަކަށް ލިޔާތީ
    ހަމަ އިމްޕްރެސްޑް ވެފަ މިހުންނަނީ…ގައިމު ތިނޫނީ އަހަރެން ނުދެކެން ތިއުމުރުގަ މިހައި ރީއްޗަށް ވާހަކަލިޔާ ކުއްޖެއް…ހިތަށްއަރައި މަލް އުފައްދާ ފިލްމެއް ކޮންމެވެސް ދުވަހަކުން ބަލައިލެވޭނެ ނަމައޭ…ހެހެހެހެ…މަލް ކިހިނެއްތަ ތިހައި މޮޅު އައިޑިއާސް ހޯދަނީ…އަހަރެން މިޖެހެނީ ލިޔަން ފަށާފަވެސް ޖެހިގެން އިންނަ ޖުމްލަ ލިޔަން ނޭނގިގެން އެ ޑިލީޓްކޮށްލަން ޖެހެނީ އެންމެފަހުން…ހެހެ…މަލް އޭތް…ދެން އޮތްބައި މިއަށްވުރެ ދިގުކޮށް އަދި މިއަށްވުރެވެސް ފުރިހަމަކޮށް ގެނެސްދޭތި…މަލްއަށް އުފާވެރި ދުވަސްތަކަކަށް އެދެން!

  22. Malkko says:
    February 26, 2020 at 7:07 pm

    އެހެ..ޝުކުރިއްޔާ ޖިންނި 123..އެހެހެ..ފިލްމެއްދޯ..ބަލަމާ ވާގޮތެއްވެސް..ހެހެ..އައިޑިއަރސް ލިބޭގޮތެއް ނޭނގޭ..ހިތަށް އަރާ އެއްޗެއް ލިޔަނީ..ޓްރައި މޯ..އިންޝާ ﷲ ޖިންނިއަށްވެސް އަދި ވާނެ..ލައްބަ!..އިންޝާ ﷲ އައި ވިލް ޓްރައި މައި ބެސްޓް..ޝުކުރިއްޔާ..ޖިންނިއަށްވެސް އުފާވެރި ދުވަސްތަކަކަށް އެދެން! އެންޑް ނެކްސްޓް ޕާޓް އަޕްކުރެވޭލެއް ލަސްވެދާނެ އެނގެ..ޔުނިޓް ޓެސްޓްތައް އޮތީމަ މި އުޅެނީ އަޕް ނުކުރެވިގެން..އެކަމް ފްރީ ވާހާ އަވަހަށް ލިޔެފަ އަޕް ކުރެވޭތޯ ޓްރައި ކުރާނަން އިންޝާ ﷲ!

  23. DESTINY2020 says:
    February 27, 2020 at 1:29 am

    ތިކުރާ ބުރަ މަސައްކަތަށް ސާބަސްދެމެވެ. ދުޢާއަކި ތިއީ މޮޅު ލިޔުންތެރިޔަކަށް މުސްތަޤްބަލުގައި ވުމެވެ. ކިޔުންތެރިން ކިޔާ ހިތްވާ އަދި ޢިބްރަތްތެރިވާހަކަ ތަކެއް މުސްތަޤްބަލުގައި ފެނުމެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމަކީ އުފަލެއްކަމުގައި ދެކޭށެވެ. އަބަދުވެސް ކާމިޔާބަށް އެދެމެވެ. މަތިމަތިން ކުޑަކޮށް ވާހަކަ ކިޔާލީމެވެ. ވަރަށް ފުރިހަމައެވެ. ތިޔަގޮތުގައި ކުރިއަށް ދާށެވެ. ކާމިޔާބުވާނެއެވެ.

    1. malsamalkkomal says:
      March 17, 2020 at 8:45 am

      Thank u soo much destiny2020…varah ufaavy kiyuntherin ge ummeedhuthah mal aa medhu huri goii fenumun..insha allah thiya kiyuntherin vx ummeedhu kuraafadha meehakah veytho masaikai kuraanan…thankx for supporting♥❤

  24. ? wolf queen ? says:
    February 27, 2020 at 8:33 pm

    Kon irakun tha up kurany ??? Avas koh up kohla dhiba plx plx ❤️❤️❤️

    1. malsamalkkomal says:
      March 17, 2020 at 8:46 am

      Thankx

  25. Juma says:
    February 28, 2020 at 2:55 am

    Heii mal. After a long time dhw. Btw nice storyy. ??❤

    1. malsamalkkomal says:
      March 17, 2020 at 8:46 am

      Hi juma..miss ya..dhw..thankx ♥?

  26. Shau says:
    February 29, 2020 at 10:48 am

    Wow…. ????vrh reethi mi vaahaka ????lysm

  27. malsamalkkomal says:
    March 17, 2020 at 8:47 am

    Thankx shau❤

Comments are closed.

Next Episodeހިތުގެ ކޮންމެ ވިންދެއްގައި – 5 –←


All Right Reserved!