ރާސްތާ2 (34)
ހުރި ފިޔަވަޅުމަތީ ހުރި ގޮތަށް ޔާޒް ހުއްޓެވެ. އައިރާ ހުރި ހާލު ފެނި އެހިތަށް ތަދުވިއެވެ. އޭނާގެ އަނގައިން އެބަސްތައް ބޭރު ނުކުރެވުނު ނަމައޭ ހިތަށް އެރިއެވެ.
ޔޫސުފްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އެވަގުތު އެސުވާލު ކުރެވުމުންނެވެ. އޭނާގެ ހިތަށް ޒަޚަމު ނުލިބޭނެ ގޮތް ހަދަން ހަދައިގެން ބޭބެގެ ދިރިއުޅުން އެވެއްޓުނީ އަނދަވަޅަކަށެވެ.
“ޔާޒް ސީރިއަސްލީ؟؟؟” އަލައިކާ އިނީ ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ހަށިގަނޑުވެސް ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ. އޭނާ ހީކުރީ ހަގީގަތުގައިވެސް ޔާޒް އައިރާދެކެ ލޯބިވާ ކަމަށެވެ. ޔާޒް އެފަދަ ބޮޑު އޮޅުވާލުނެއް އޮޅުވާލާފާނެކޭ ހިތަކަށް ނާރައެވެ. އެވަރުގެ ހިތްދަތިކަމެއް އައިރާއަށް ޔާޒްގެ ފަރާތުން ލިބޭނެކަމަށް އޭނާ އުއްމީދެއް ނުކުރެއެވެ. އަލައިކާ ކުދި ކިޔަމުން ގޮސް އައިރާއަށް ގޮވިއެވެ. އެތައް ފަހަރު ދޮރު ތަޅައިގެންވެސް އައިރާ ދޮރެއް ނުހުޅުވިއެވެ. އައިރާ ގިސްލުމުގެ އަޑު ފަނޑުކޮށް ނަމަވެސް ބޭރަށް އިވެމުން ދިޔައެވެ. “އައިރާ ޕްލީޒް ދޮރު ހުޅުވަބަ. ޔޫ ކޭން ޓޯކް ޓު މީ” އަލައިކާ އެކައްޗެކޭ ކިޔައިގެންވެސް އައިރާ ދޮރެއް ނުހުޅުވިއެވެ. އެންމެ ފަހުން ހަތިޔާރު ބަހައްޓައިފައި އަލައިކާ ތިރިއަށް ދިޔައީއެވެ. ޔާޒް ކުރިމައްޗަށް އަރަންވެސް އޭނާ ބޭނުންނުވެއެވެ.
“އައި އޭމް ސޮރީ ބްރޯ!” ޔާޒްގެ ކޮނޑުގައި އަތްޖަހާލާފައި ޔޫސުފްވެސް ދިޔައެވެ. އައިރާއާއި ޔާޒްއަށް އެކަނި ވަގުތު ކޮޅެއް ދޭށެވެ.
އައިރާ ގާތަށް ދާނެހާ ހިއްވަރު ނެތުމުން ޔާޒް ބިންމަތީގައި އިށީންދެލައިގެން އިނެވެ. އެތައް ފަހަރަކު އަމިއްލަ ނަފްސަށް އަޑުލިއެވެ. އައިރާ ގިސްލުމުގެ އަޑު ޖެހުމާއެކު ހިތަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. ހިތްވަރުކޮށްފައި ޔާޒް ތެދުވިއެވެ. އައިރާގެ ރުއިމުގެ އަޑު އެހުމަކީ އެހިތަށް ކުޅަދާނަ ކަމެއް ނޫނެވެ.
“އައިރާ އައި ކޭން އެކްސްޕްލެއިން. ދޮރު ހުޅުވަބަ. ޕްލީޒް” ފަސްވަރަކަށް މިނެޓު ފަހުން އައިރާ ދޮރު ހުޅުވިއެވެ. މުޅި ކުއްޖާ މޫނުއެކީ އޮތީ ރަތްވެފައެވެ. އައިރާ ދޮރު ހުޅުވާފައި އަނގައިން ބުނުމެއް ނެތި ކޮޓަރިތެރެއަށް ވަނެވެ. “އައިރާ” ޔާޒް ވައި އަޑުން ގޮވާލިއެވެ. “ނަސީބެއް ކަންނޭންގެ ހުރިހާ އެއްޗެއް އަންޕެކް ކުރުމުގެ ކުރިން މަށަށް ހަޤީގަތް އިނގުނުކަން. ބައްޕައަށް ގުޅައިފިން ބަލާ އަންނަން. އަހަރެންގެ ސަބަބުން ޔާޒްއަށް އުނދަގޫވީތީ މާފަށް އެދެން” ޔާޒްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭންގުނެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. އައިރާ ހުއްޓުވަން ބޭނުންވިއެވެ. ނުދާށެ ބުނެ އާދޭސްކުރަންވެސް ބޭނުންވިއެވެ. ޔާޒް ގަމީހުގައި ހިފައި މީހަކު ދަމައިގަތުމުންވެސް ހުރި ގޮތަށް ހުރެވުނީއެވެ. އޭނާގެ ކޯތާފަތް މައްޗަށް ބާރުގަދަ އަތެއްގެ ހޫނު ހަމަލާއެއް އެރިއެވެ. އެ ހަމާލާއިން ވަމުން ދިޔަ ތަދަށް ވުރެ ހިތަށް ވަމުން ދާ ތަދު މާބޮޑެވެ. “ތިއީ މާއިޒްގެ ދަރިއެއް ނޫން ނަމަ މިއަދު މަގޭ އަތުން މިއަށް ވުރެ ބޮޑު ވަރުވީސް!” ޔާޒް ކޮށްޕާލަމުން އަހުސަމް ހަޅޭއްލަވައިގަތެވެ. އޭނާގެ ރުޅި ވަނީ އިންތިހާއަށް ގޮއްސައެވެ. “ހަނދާން ކުރާތި އައިރާ ފެންނަ ހިސާބަށްވެސް ކަލޭ ދެން އައިސްގެން ނުވާނެ!” އައިރާ ގޮވައިގެން އަހުސަމް ނިކުތްއިރުވެސް ބަލަހައްޓައިގެން ޔާޒްއަށް ހުރެވުނީއެވެ.
“ކުރީގެ އުޅުން ދޫކުރާކަށް ނުވިދޯ؟ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ކަމަށްތަ ޔާޒް ހީކުރީ؟ އަހުސަމްއަށް އަހަރެން ދެން ދައްކާނީ ކޮން މޫނެއް؟ އަހަރެންގެ ދަރިއެކޭ ބުނަންވެސް ލަދު ގަނެއްޖެ!” ޔާޒްގެ ހަގީގަތް އެނގުމުން މާއިޒް ލަދު ގަނެ ދެރަވެސްވިއެވެ. އައިރާ އަހުސަމްއަށް ގުޅިއިރު އަހުސަމް އަދި އިސްރާވެސް ތިބީ ނަވްޔާމެން ބައިގައެވެ. އައިރާ ގުޅާފައި ރޮމުން އޭނާ ބަލާ އައުމަށް އަހުސަމް ގާތުން އެދުނެވެ. އަހުސަމް އެހުމުންވެސް ވީގޮތެއް ނުބުނެއެވެ. ވީ ގޮތް އިނގުނީ އަލައިކާ ކިޔައިދިނުމުންނެވެ.
ގެއަށް ގޮއްސައިވެސް އައިރާ އެތައް އިރަކު ރުއެވެ. ހަޔާތުގައި އޭނާ ލޯބިވި ދެމީހުންނަށްވެސް ދޭން އިނގުނީ އަނިޔާއެވެ. ހިތްދަތިކަމެވެ. ވޭނެވެ. އޭނާ ދިރިއުޅުންމަތިންވެސް ފޫހި ކުރުވައިފިއެވެ. އައިރާގެ ހިތަށް ދުވަހަކު ފަރުވާ ލިބޭނެ ކަމެއް ނޭންގެއެވެ.
މާއިޒް އަދި ނަވްޔާވެސް ތިބީ ޔާޒްދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. އަކްމަލްއާއި އިޝްމާ އެއްޗެކޭ ނުބުނި ނަމަވެސް އެދެމީހުންވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ. އަހުސަމްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައީ ޔާޒްގެ އުޅުން ހުންނަ ގޮތް އެނގި ހުރެ އެކުވެރިޔާގެ ދަރިފުޅަށް ވީތީ އިތުބާރު ކުރެވުނީތީއެވެ. ލޮލުގެ ކޮއެ ފަދައިން ލޯބިވާ ދަރިފުޅު ޔާޒްކަހަލަ ޒުވާނަކާ ދެކޯ މަރާފައި ހަވާލު ކުރެވުނީތީއެވެ.
މާއިޒްއާއި ނަވްޔާ ޔާޒްދެކެ ރުޅިއައިސްފައި ތިބި ނަމަވެސް މާނީ ޔާޒްއާއި މެދު ކަންބޮޑުވިއެވެ. ކުޑައިރުވެސް ނަވްޔާ ޔާޒްދެކެ ރުޅި އަތުވެއްޖެނަމަ އޭނާ އަންނާނީ މާނީ ގާތަށެވެ. ފެށުނީންސުރެއްވެސް މާނީގެ ހިތުގައި ތަފާތު ލޮތްބެއްވެއެވެ. ޔާޒް އުފަންވީ މާނީ ލޯބީގެ ކަނޑުގައި އޮޔާ ދަމުން ދިޔަ ދުވަސްވަރެއްގައެވެ. މާނީގެ ޒަޚަމްވެފައިވި ހިތަށް ފަރުވާ ހޯދަމުން ދިޔައީ ކުޑަ ކުޑަ ޔާޒްއާއެކު ވަގުތު ހޭދަކޮށްގެންނެވެ.
އެޕާޓްމެންޓް ދޮރުގައި ދެތިން ފަހަރު ޓަކިދީގެންވެސް ޔާޒްގެ ޚަބަރެއް ނުވުމުން މާނީ މަޑު މަޑުން ދޮރުހުޅުވާފައި އެތެރެއަށް ވަނެވެ. މުޅި އެޕާޓްމެންޓްތެރޭގައި ވަނީ ކަނު އަނދިރި ކަމާއި ހިމޭން ކަމެވެ. މާނީ ފޯނުން ފްލެޝް ލައިޓް ދިއްލިއެވެ. ސިޓިންރޫމް ބަހައްޓާފައި ހުރި ސޯފާގައި ލެގިލައިގެން ބިންމަތީގައި ޔާޒް އިނެވެ. ސިޓިންރޫމް ދިއްލާފައި މާނީ ޔާޒް ގާތަށް ދިޔައެވެ.
ޔާޒްގެ ރަތްވެފައި ހުރި ދެލޯފެނި ރޮއެފައި ހުރިކަން އެނގެއެވެ. މޫނު މަތީ ވަނީ މިލާފައެވެ. ތުންފަތް ހިކިގެންގޮސް ހަންނެއްޓިފައި ހުއްޓެވެ. މެންދުރުން ސުރެ ކާއެއްޗެއް އަރުތެރެއިން ނުދިރިވައެވެ. ފެން ފޮދެއްވެސް ނުބެއެވެ.
“ޔާޒް” މާނީ ގޮސް ޔާޒް ގާތު ބިންމަތީގައި އިށީނެވެ. “ދޮންތީ. އައި ލަވް ހާރ. އައި ލަވް ހާރ ސޯ މަޗް” މާނީގައިގައި ޔާޒް އޮޅުލައިގަތެވެ. ކޮންމެ ގޮތަކަށް އޭނާ އައިރާއާއި ކައިވެނި ކުރި ނަމަވެސް ޔާޒްއަށް އައިރާދެކެ ލޯބިވެވުނެވެ. އެ ކައިވެނިކޮށްގެން އޭނާއަށް ހެދުނީ ގޯހެއް ނޫންކަން ގަބޫލު ކުރެވުނެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އައިރާއަށް ހޯދައިދޭން އަމިއްލަ ނަފްސަށް ވައުދުވިއެވެ. އައިރާއަށް މިއަދު އަޑު އިވުނީވެސް އޭނާ ދެއްކި ވާހަކައޮގެ އެއްބައެވެ. އައިރާދެކެ މިހާރު އިންތިހާއަށް ލޯބިވާކަން ޔޫސުފް ގާތު ޔާޒް ބުންޏެވެ. އައިރާއާއި ނުލައި ދިރިއުޅެން އުނދަގޫވާނެ ކަމަށްވެސް އޭނާ ބުންޏެވެ. އައިރާއަށް އަޑު އިވުނީ ނީވެންޖެހޭ ބައެވެ. އައިރާދެކެ ލޯބިވާކަން އެތައް ފަހަރަކު ހާމަކުރި އިރުވެސް އެބައި އަޑެއް ނީވުނެވެ.
ޔޫސުފް އަލައިކާއަށް ޔާޒް ދެއްކި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަހުސަމްމެންނަށް ހަޤީގަތް ކިޔައިދެވުމުން އަލައިކާ ދެރަވިއެވެ. އެގަޑީގައި އައިސްފައި ހުރި ރުޅިއެއްގެ ސަބަބުން ބުނެވުނީއެވެ. “ހީ އޮންލީ ވޯންޓެޑް ޓު ސޭވް ހާރ ފްރޮމް ޝާރިމް. ކޮންމެހެން އައިރާ ޔޫޒް ކުރާކަށް ނޫން. އަލް ބުނެބަ ޝާރިމްއާ އެއްކޮށް އައިރާ ލައިފްއެއް އުޅޭނީ ކިހިނެއް؟” ޔޫސުފް އޭނާގެ ބޭބެގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. ޔާޒްގެ މަޤާމުގައި އޭނާ ހުރިނަމަވެސް ކަންތައް ކުރާނީ އެހެންނެވެ. “އައިރާ އަސްލު އަހޫބެއަށް ގުޅާކަށް ނުވާނެ ދޯ ޔާޒްދެއްކި ހުރިހާ ވާހަކައެއް އަޑުނާހާ!” ޔޫސުފް ހުރީ އައިރާދެކެ ހިތްހަމަ ނުޖެހިފައެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި އައިރާ ވާހަކަ ދައްކަން ޖެހޭނީ ޔާޒްއާއިއެވެ. “ޔެއާ ޔޫއާރ ރައިޓް އީވެން އައި ޝުޑުންޓް ހޭވް ޓޯލްޑް އަހޫބެ” އަލައިކާ ދެރަވެފައި ބުންޏެވެ.
އައިރާއާއި ޔާޒްއާއި މެދުގައި ޖެހިގެން އުޅޭ މައްސަލަ ނަވާރްއަށް ވެސް އެނގުނެވެ. ޔޫސުފްގެ ބަހަށް ނުހެއްލެވުނީތީ ނަވާރް ހިތާހިތުން ހަމްދު ކުރެވުނެވެ. އެއީ ޔާޒްގެ ހާލަކީ ނަމަ ޔޫސުފް އެއަށްވުރެ އަރާ ހުންނާނެ ކަމަށް ނަވާރްއަށް ވިސްނުނެވެ. ޔޫސުފްދެކެ ލޯބިވީ ނަމަވެސް އަމިއްލަ ނަފްސަށްޓަކައި އޭނާ ޔޫސުފް އާއި ދުރުގައި ހުންނާނީއެވެ. އޭނާގެ ނާޒުކު ހިތަށް މީހަކު ގެއްލުންދިނަކަ ނުދޭނެއެވެ.
އިސްރާ އުނގުގައި ބޯއަޅައިގެން އޮވެ އައިރާ އަދިވެސް ކަރުނަ އަޅަމުން ދިޔައެވެ. ޝާރިމްގެ ކަންތައްވެސް އައިރާ އިސްރާއަށް ކިޔައިދިނެވެ. “ކީއްވެތަ ފިރިހެނުން އެހާ އާނިޔާވެރީ؟ ޝާރިމްވެސް ދިނީ ހިތްދަތިކަން. ޔާޒްވެސް. ޝާރިމްއަށް ވުރެއްވެސް ޔާޒް ދިން އަނިޔާ މާ ބޮޑު. ޝާރިމް ދޮގުހަދާ އޮޅުވައެއް ނުލާ. ހީ ލަވްސް މީ. އެކަމް ޔާޒް ލޯބިވާ ކަމަށް ބުނެ ދޮގު ހަދާ އޮޅުވާލީ!” އައިރާ ހިތުގައިވި ޝަކުވާތައް ބަންޑުން ކޮށްލިއެވެ. އޭނާގެ ނަޒަރުގައި ޔާޒް ޝާރިމްއަށް ވުރެ ގޯހެވެ. ޝާރިމް ރުޅި އައުމުން އަތް އިސް ކުރި ނަމަވެސް އޭނާ އައިރާދެކެ ލޯބިވެއެވެ. އައިރާއަށް ކަންތައް މަޖުބޫރު ކުރަނީވެސް ލޯބިވާތީއެވެ. ގެއްލިދާނެ ކަމުގެ ބިރަށެވެ. ނަމަވެސް ޔާޒް އޭނާއަށް އޮޅުވާލިއެވެ. އޭނާއާއި ކައިވެނި ކުރީ ލޯބިވާތީއެއް ނޫނެވެ. ހަމްދަރުދީ ވެގެންނެވެ. އެފަދަ ހަމްދަރުދީއެއް އައިރާ ބޭނުމެއް ނޫނެވެ. އިސްރާ އެތައް ނަސޭހަތެއް ދީފައި އައިރާ ގާތު އަރާމު ކުރަން ބުނެފައި ދިޔައެވެ.
އިސްރާ ދިއުމުން އައިރާ އެނދުން ތެދުވެފައި ގޮސް ތަޅުލިއެވެ. އޭނާގެ ފޮތްތައް ލާފައި ހުރި ހަރުގަނޑުގެ އެންމެ އަޑި ހާވައިގެން ނޮކިއާ ބައްތި ފޯނެއް ނެގިއެވެ. އެ ފޯނު ހިފައިގެން އެނދަށް އަރާފައި އެތައް އިރަކު އެއަށް ބަލަން އިނދެފައި ފުން ނޭވައެއް ދޫކޮށްލިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ފޯނު ހުޅާވާލިއެވެ. ފޯނު ހުޅުވުމާއެކު އޭގާއި ސޭވްކޮށްފައި އިން ހަމައެކަނި ނަންބަރަށް ގުޅަން ފިތާލިއެވެ.
އަތުގައި އޮތް ސިނގިރޭޓު ބުރި އެއްލާލާފައި ޝާރިމް ޖީބުގައި އޮތް ފޯނު ނެގިއެވެ. އެގަޑީ ފޯނު ރިންގްވީތީ އެކަމާ ކުދި ކިޔަމުންނެވެ. ސްކްރީނަށް އަރާފައި އިން ނަންބަރުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޤަބޫލު ނުކުރެވިގެން ދެތިން ފަހަރު ލޯ މަރާފައި ލޯ ހުޅުވާލިއެވެ. ހިތު ވިންދު އަވަސްވާން ފެށުމާއެކު ފޯނު ނަގަން އަވަސްވެގަތެވެ. ނަމަވެސް އޭނާއަށް ނެގުމުގެ ކުރިން ފޯނު ކެނޑުނެވެ.
ފޯނު ރިންގްވެގެން ކެނޑުނު އިރުވެސް ޖަވާބެއް ނުދިނެވެ. ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އިހްސާސްވުމާއެކު އައިރާ އަވަސް އަވަހަށް އަނެއްކާވެސް ފޯނު ނިއްވާލަން އަވަސްވެގަތެވެ. ނަމަވެސް ފޯނު ނިވުމުގެ ކުރިން ޝާރިމްގެ ނަންބަރުން ގުޅަން ފެށިއެވެ. ދެޚިޔާލެއްގައި ހުރެފައި އައިރާ ފޯނަށް ޖަވާބުދިނެވެ.
“ހަލޯ. އިމް؟ އިޒް ދެޓް ޔޫ؟” ޝާރިމްގެ އަޑު ޖެހުމާއެކު އައިރާއަށް ރޮވެން ފެށުނެވެ. ހިތުގައި ފަސްއަޅާއި ފޮރުވާފައި ހުރި އިހްސާސްތައް ހޭލަން ފެށިއެވެ. “ރިމް” އެތައް ދުވަހަކަށް ފަހު އައިރާގެ އަޑު އިވުމުން ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ޝާރިމް ހިތަށް ލިބިގެން ދިޔައެވެ. “އައި އޭމް ސޮރީ” އައިރާ ރޮމުން ޝާރިމްގެ ކިބައިން މާފަށް އެދުނެވެ. އައިރާ ރޮނީ ކީއްވެތޯ ޝާރިމް އެހުމުން ރުއިން ހައްތަހާ ގަދަވިއެވެ. ރޮވޭ ވަރުން އައިރާއަށް ވާހަކަވެސް ނުދެއްކުނެވެ. ކުރެވުނު ކަންތައް ރޭކައި ލުމާއެކު އައިރާ އަވަހަށް ފޯނު ކަނޑާލިއެވެ. ޝާރިމް ދެންވެސް ގުޅުމުގެ ކުރިން ފޯނު ނިއްވާލާފައި ކުރިން އޮތް ތަނަށް ލިއެވެ. ޔާޒްގެ އަނބިމީހާގެ މަޤާމުގައި ހުރެ ޝާރިމްއަށް ގުޅުނީތީ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ބޭވަފާތެރިވެވުނު ކަމުގެ އިހްސާސް ކުރެވުނެވެ. އެގޮތަށް އިހްސާސް ކުރެވެން ފެށުމާއެކު އައިރާއަށް އިތުރަށް ރޮވުނެވެ.
ްިއިރުގެ ރަންދޯދިތައް މޫނަށް އެޅުމާއެކު ޔާޒް އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލިއެވެ. އޭނާގެ ބޮލުގައި ގަދަ ރިހުމެއް ވިއެވެ. ޔާޒްއަށް ފުރަތަމަ ވެސް ހޯދާލެވުނީ އައިރާއެވެ. ވޭތުވެ ދިޔަ މަހެއްހާ ދުވަހު އޭނާ ހޭލައިގެން އެންމެ ފުރަތަމަވެސް އައިރާއަށް ގޯނާއެއް ކޮށްލާނީއެވެ. އިއްޔެގެ ކަންތައް މަޑު މަޑުން ހަނދާން ވުމާއެކު ޔާޒްގެ އަނގައިން ވޭނީ އާހެއްގެ އަޑު ނުކުތެވެ. ޔާޒް ސޯފާއިން ތެދުވެ ހަމަޖެހިލައިގެން އިށީނެވެ. ރޭގައި މާނީ އޭނާއަށް އެތައް ނަސޭހަތެއް ލައިދިނެވެ. އައިރާދެކެ ލޯބިވާ ނަމަ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުނި ނަމަވެސް އޭނާ އަތުން އައިރާ ބީވެގެން ދިޔައެއް ނުދޭނެއެވެ. އައިރާއަކީ އޭނާގެ ހަލާލު އަނބިމީހާއެވެ. ދެއަތް އުރާލައިގެން ގޭގައި އޮވެ ރޮއެ ހިތާމަ ކުރިއަސް އައިރާގެ އިތުބާރެއް އަލުން ނުހޯދޭނެއެވެ. އައިރާ އަނބުރާ ހޯދަން އޭނާ މަސައްކަތް ކުރާނެއެވެ. އޭނާ އައިރާދެކެ ލޯބިވާކަން ހިތުގެ އަޑިން އަންގާނެއެވެ. އޭނާގެ ހަޔާތުން އައިރާ ދުރަށް ދިޔަކަ ނުދޭނެއެވެ. ޔާޒް އާ ހިތްވަރަކާއެކު ތެދުވިއެވެ. އައިރާގެ އިތުބާރު ހޯދަން ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް އެކަމެއް އޭނާ ކުރާނެއެވެ. އުޑުން ތަރި ބާލަން ޖެހުނަސް އެކަންވެސް ކުރަން ޔާޒް ހުރީ ތައްޔާރަށެވެ. އެހާވެސް ބޮޑަށް އޭނާއަށް އެވަނީ އައިރާދެކެ ލޯބިވެވިފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.






Salam. Here is a new episode of rastha2. Miadhu free dhuvaheh vyma liyevunyma mi upkohdhiny. Huriha kudhinnah ves mi bai kamudhaane kamah ummedhu kuran.
Did aira do the right thing by separating?? Do u guys think she is gonna go back to sharim?? Can yaaz win aira and her parents trust??
Pls Aira yaaz aai vaki nukuraathi
Lets see dhw
haadha rangalhey avahah up kolla dhineema varah reethi mibaives hama rovijje airaa ruivarun n yaaz ehaa dherakohnulaa now he is caring to airaa n loving her and she did very wrong left yaaz and again called sharim konmes gothakun airaayah ivvaala dheebala yaaz n yoosuf dhekki vaahakaige aneh baives dhen she will understand what she did. ovveusly yaaz should get aira she is his halaalu anbimeehaa ehenveema yaaz ah airaage mahchah goeh kiyeyne and she should except dho
Thankss dear. Yweah aslu aira nuvaane dhw yaaz dhookoffa dhaakah adhi sharim ah gulhaakah ves. Hingaa dhw balama dhen vaane gotheh.
Varah varah reethi mi part vx…….alhey yaaz aa aira vaki viya nudhehchey….nxt part vx mihaa avas kohla dhehchey….varah kiyaa hiyy vefa mihury….waiting…
Thankss dear. Lets see dhw. Liyevunuhaa avahakah next part ves genesdheynan In Sha Allah
kamuge hageegaiy nubalaa bafaibe alhugandu gaiga jeheema varah dheravejje dhuvahakuves airaa dhookollaakah nethin varah avahah airaa balaadhaanan eiy alhuganduge hahgeh thihen adhi dhuleh nukolleveyne
Dhn yaaz kairiah dhaakah beynumeh noon.. rim aniya kuriyas maa rangalhu. Yaaz olhuvaaly.. dhogu hedhee.. nudhaanan dhn dhuvahaku vx yaaz kairiakah
???????????
Airaa kykey thikiyany? Shaarim kuri kanthakah fahu vx eyna ah ethah chance eh dhevun ekam hama yaaz veema eh faharun thi gulhun kandaalany tha.. aharenge beybe eh veema dhifaau kurany eh noon mee ekam airaa thee myhaku buni vaahaka ehge ehbai adu ahain e gabool kohgen hunnaane varuge moya kujjeh noon. Alhe eh faharu vx yaaz bunaa ehcheh adu ahaaba.. Give him a second chance
yaaz is the best husband & most caring person for airaa dhow yoosuf
Aharenge huri hamaekani anhen dharifulah yaaz dhin hitahaama dhuvahakuvess hadhaaneh nunetheyne. Yaazah kuri ithubaaru gehlihje
♥️?
Varah varah varah reethi ???
maa sha Allah ???????
waiting for the next part.❤❤❤
Thankss dear♥️
when next plx airaa aa e shaarim gadaa nugulhuvahchey emeehun gulhihjehyaa kiyaa hiy ves kedeyne