Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 3

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 2, 2020 8 Mins Read
5 Comments

“…ނިހާން ހަމަ އެރޭ ބުނެފި އެއީ އެހާ ރަނގަޅު ކަމަކަށް ނުވާނެޔޭ… ބުނީ އަހަންނަކީ އޭނަގެ ކޮއްކޮއެއް ކަހަލަ ކުއްޖެކޭ… ދެންވެސް އަހަރެން ޓްރައި ކުރިން… އޭގެ ފަހުން ބުނަނީ އަހަރުމެންގެ އޭޖް ޑިފަރެންސްގެ ވާހަކަ… ދެންވެސް އަހަރެން ހުއްޓާނުލީމަ އެންމެ ފަހުން އަހަރެން ދޫކޮށްލާނެ ކަމަށް ކަންނޭނގެ ބުނީ، އޭނަ އަދިވެސް ލޯބި ވަނީ ޝަނާޒް ދެކެއޭ… އެވަރުންވެސް އަހަރެން ހުއްޓައެއް ނުލަން… އަހަރެން ބުނީ އެހެން ވިޔަސް އަހަރެން ލޯބި ވެޔޭ… އަހަރެން ކިތަންމެ ވަރަކަށް ޓްރައި ކުރިޔަސް އެއްގޮތަކަށްވެސް ގަބޫލެއް ނުވޭ… އަހަރެންގެ ފެމިލީ އިން ގަބޫލެއް ނުވާނެޔޭ، އަހަރެން މާ ކުޑައޭ… ފަހުން ރުޅި އަ ވާހަކައެއް ނުދައްކާ، ކުރީގަ އަހަރެން މާ ކުޑައޭ…ޫލެއް ނުވޭ… ޭނގެ ބުނީ، އޭނަ އަދިވެސް ލޯބި ވަނީ ޝަނާޒް ދެކެއޭ…ންނަނީ އަހަރެން އެ ވާހަކަ ދައްކަން އުޅޭ އިރަށް…” ދައުހާ ކިޔާދިނެވެ.

ޒައިނާ ހަނދާން ވިއެވެ. ކުރިން ނިހާން އަކީ ރިޔާން އެކޭ އެއް ވަރަށް ދައުހާއާ ސަމާސާކޮށް ދިމާކޮށް އުޅުނު މީހެކެވެ. ނަމަވެސް ފަހުން ނިހާން ދައުހާއާ ސަމާސާކޮށް ހަދާ މަންޒަރެއް ނުފެނެއެވެ. ނިހާން ހުންނަ ތަނެއްގައި ވެއްޖެއްޔާ ދައުހާގެ މިޒާޖުވެސް މުޅިން ބަދަލުވެއެވެ.

“އެހެންވެތަ ދޮންބެ ފަހުން ދައުއާ ދިމާކޮށް ސަކަރާތް ޖަހާ ނޫޅެނީ؟ ދައުވެސް ކުއްލިކުއްލިއަށް މޫޑް ބަދަލު ވަނީ ދޮންބެ އަންނަ އިރަށް ދޯ؟ އަހަރެން ހީކުރީ ތުއްތޮންބެއާ ހެދި ކަމަށް… ހިތަށްވެސް ނާރާ ދައު ދޮންބެއާ…” ޒައިނާއަށް އެކަންތައް ހަނދާން ވުމުން ބުންޏެވެ.

ދައުހާ އެއްޗެއް ނުބުނެ ހީލިއެވެ.
“އަހަރެން ވަރަށް ދެރަ ވެއްޖެ އަހަރެންގެ ބެސްޓް ފްރެންޑްގެ ލައިފްގެ މިހާ ބޮޑު ކަމެއް، މިހާ ދުވަސް ވަންދެން އަހަންނަށް ނޭނގި އޮތީމަ… އަހަންނަށް އެނގޭ ދައު ކޮންމެސް ކަމެއް ސިއްރު ކުރަން އުޅޭ ކަން، އެކަމަކު ހިތަށް އެރީ ދައު ބުނާނެޔޭ އަހަރެން ކައރީ. ތުއްތޮންބެއާ ސިދޫއާ ދެމީހުން އެކީ އަބަދު އައިސް އުޅޭތީ އަހަރެން ހީކުރީ އެކަމާ ކަމަށް ދައު ދެރަ ވެފަ ހުންނަނީ… ވަރަށް ބޮޑަށް ސޮރީ މަގޭ ފްރެންޑް އާ ދޭތެރޭ ނުވިސްނުނީތީ…” ޒައިނާ ހަގީގަތުގައިވެސް ދެރަވިއެވެ. އެކުވެރިޔާ އެހީއަކަށް ބޭނުން ވީ ވަގުތު އެހީއެއް ނުވެވުނީތީއެވެ.

“ނޫން… އަހަރެންވެސް ނުބުނެ ހުރީމައެއްނު؟ އެކަމާ ދެން ނުވިސްނާ… ކޮބާ އަޒްމަން؟ ނުގުޅާތަ؟ ނާދޭތަ؟” ދައުހާ ދެ ފަރާތަށް ބޯ ހަލުވާލަމުން ވާހަކަ ބަދަލު ކޮށްލިއެވެ.

“ގުޅި، މިއަދު ފޯން ނެގިން… ބުނި ހޮނިހިރު ދުވަހުން އަންނާނަމޯ” ޒައިނާ ބުންޏެވެ.

“ސޯ… އޭނައަށް ޖަވާބެއް ދޭނަންތަ؟” ދައުހާ އަހާލިއެވެ.

“ކޮން ދުވަހެއް އަހަރެން ޖަވާބު ދިންތާ؟ އޭނަ އެހިޔަކަސް އަހަރެންގެ ޖަވާބު ބަދަލެއް ނުވާނެ” ޒައިނާ ތެދުވެގެން ގޮސް އަދާގެ އެނދު ކައިރީ ހުއްޓުނެވެ.

“ނަންނާ… އަދި ވިސްނާލަބަލަ…” ދައުހާ އައިސް ޒައިނާ ކައިރީ ހުއްޓިފައި ބުންޏެވެ.

“އަހަރެން ކިހިނެއް އެހެން ޖަވާބެއް ދޭނީ؟ މީ އަހަރެންގެ ލައިފް… އަޒްމަން އެއީ އަހަރެން ކަހަލަ މީހަކާ އެކަށީގެންވާ ކަހަލަ މީހެއް ނޫން. އަހަންނަކަށް އެހެން ޖަވާބެއް ނުދެވޭނެ” ޒައިނާ އަޑަށް ބާރު ލާފައި ބުނި ނަމަވެސް އެ އަޑުގައި މާޔޫސް ކަމެއް އެކުލެވިފައި ވިއެވެ.

“ކީއްވެތަ ޒައި؟” ދައުހާ އަހާލިއެވެ.

“ތި ސުވާލުގެ ޖަވާބު ދައުއަށްވެސް އެނގޭނެ… އަޒްމަން އެއީ ކޮން ކަހަލަ ފެމިލީއެއްގެ މީހެއް ކަން އެނގެއެއްނު ދައު؟ އަހަރެން ކަހަލަ މީހަކާ އަޒްމަން ގުޅުން އެއީ އެހާ ފަސޭހަ ކަމެއް ނޫން… މިހާރު އަޒްމަން އެހެން އުޅުނަސް ފަހުން ބަދަލު ވާނެ” ޒައިނާ ވާހަކަ ދެއްކީ އެނދުގައި އޮތް ތުއްތު ދަރިފުޅުގެ މޫނަށް ބަލަން ހުރެއެވެ.

“ޒައިގެ ކުށެއް ނޫނެއްނު…؟” ދައުހާ އެއްޗެއް ބުނަން ފެށި ނަމަވެސް ޒައިނާ އެކަން ހުއްޓުވިއެވެ.

“ޕްލީޒް ދައު. ތި ވާހަކަ ނުދައްކާ ދެން” ޒައިނާ ދައުހާގެ އަތުގައި ހިފާލަމުން އެދުނެވެ.

 

ދަންވަރުގެ ހިމޭން ވަގުތެވެ. އަރާމު ނިންޖަށް މީހުން ގެއްލިފައި ތިބޭ ވަގުތުގައި ނިންޖާ އެތައް މޭލެއް ދުރުގައި، ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައިވެސް ބަޔަކު ތިއްބެވެ.

ނިދި ނައިސްފައި އިޔާދު ހުރީ ކޮޓަރީގެ ކުޑަ ދޮރު ކައިރީގައެވެ. އިޔާދުގެ ވިސްނުމާ ގުޅިފައި ވީ ޒައިނާގެ ޚިޔާލެވެ.

މާދަމާއަކީ ޒައިނާ ވިހޭތާ އަށްވަނައަށް ވާ ދުވަހެވެ. ހޮސްޕިޓަލުން ގެޔަށް އައި ދުވަހުގެ ފަހުން އިޔާދުއަށް ޒައިނާވެސް އަދި ޒައިނާގެ ދަރިފުޅުވެސް ނުފެނެއެވެ. އެ ތުއްތު ކުއްޖާ ދެކިލުމުގެ ޝައުގުވެރިކަން އިޔާދުގެ ހިތުގައި ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑު ވަމުންނެވެ. އަމިއްލަ ނަފްސަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެ ދުވަހުގެ ފަހުން ޒައިނާ ދުށުމަށްވެސް އިޔާދުގެ ހިތް ދަނީ އެދެމުންނެވެ.

ނަމަވެސް އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ އޭގެ ކުރިން އެތައް ފަހަރަކު އިޔާދުއަށް ވަނީ ޒައިނާ ފެނިފައެވެ. ކުޑަ އިރުން ފެށިގެން ޒުވާން ވުމާ ހަމައަށްވެސް އިޔާދުއަށް ޒައިނާ ފެނެއެވެ. ޒައިނާގެ ހިތުގައި އިޔާދުއާ މެދު ވަނީ ކީކޭ ކަން އެނގުނު އިރުވެސް އެ ހިތަށް ނައި ބަދަލެއް މިއަދު އަންނަން ވީ ކީއްވެ ހެއްޔެވެ؟

ފާއިތުވެ މި ދިޔަ ނުވަ މަސް ދުވަހުވެސް އިޔާދުއަށް ޒައިނާ ފެނެއެވެ. ޒައިނާ ބަލިވެ އިން ކަން އެނގުނު ފަހުން އެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުވެސް އިޔާދުއަށް ފެނެއެވެ. ބަލި އިނީއްސުރެ ވިހަން ވަންދެން އެކި ފަހަރު މަތިން ޒައިނާ ފެނެއެވެ.

އެއްވެސް މީހަކަށް ނޭނގުނު ނަމަވެސް އެރޭ ފަތިހު، ޒައިނާ ބަނޑުގައި ރިއްސަން ފެށުމުން ހޮސްޕިޓަލަށް ދާން ނިކުތް އިރުވެސް އިޔާދު ހުރީ ބަލާށެވެ. އެ ދުވަހުވެސް ޒައިނާއާ ޒައިނާގެ ބަނޑުގައި ވާ ދަރިފުޅާ މެދު އިޔާދުގެ ހިތުގައި އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އެހެނަސް ދަރިފުޅު ގޮވައިގެން ޒައިނާ ގެޔަށް އައި ދުވަހު، އެ މަންޒަރު ފެނުނު ފަހުން އެ ދެ މައިންނާ މެދު އިޔާދުގެ ހިތުގައި އުފެދެން ފަށައިގެން މިއުޅޭ އިހުސާސްތަކުގެ މާނައެއް އިޔާދުއަކަށް ނުވިސްނުނެވެ. ޚާއްސަކޮށް އެ ތުއްތު ކުއްޖާ ދެކިލުމަށް އިޔާދުގެ ހިތް އެދެނީ ކީއްވެ ކަމެއް ނުވިސްނުނެވެ.

މިހާރު އެ ކުއްޖާއަށް ނަން ކިޔާފާނެއެވެ. އެ ދުވަހު ޒައިނާމެން ގެޔަށް އެހެން ދުވަސްތަކާ ޚިލާފަށް މީހުން އައިސް ގޮސް ވީތަން އިޔާދު ހުރީ ސިއްރުން ބަލާށެވެ. ނަމަވެސް އެ ގޭގައި އޮތީ ކޮން ކަމެއް ކަމެއް އިޔާދުއަކަށް ނޭނގެއެވެ.

އެ ކުއްޖާ ވައްތަރީ ޒައިނާއާ ހެއްޔެވެ؟ އެހާ ދޮން ވާނެ ހެއްޔެވެ؟ އިސްތަށިކޮޅު އެހާ ފަންވާނެ ހެއްޔެވެ؟

ޒައިނާގެ ޚިޔާލުތަކަށް ގެއްލެމުން އިޔާދު ލޯ މަރާލިއެވެ. ހީވީ ކުރިމަތިން ޒައިނާ ފެނުނު ހެންނެވެ. ދޮންދޮން އެ މޫނާ ބޮޑު ދެ ލޮލެވެ. އަބަދުވެސް ގަދަ ފިޔާތޮށި ކުލައިގައި ހުންނަ ތުންފަތެވެ. ހިމަހިމަ ބައްޓަން ރީތި ހަށިގަނޑެވެ. އެ މޫނުގައި ވާ ޅަކަމާ މައުސޫމް ކަމެވެ.

އިޔާދުގެ ޚިޔާލަށް ސިފަވަމުން އައި ޒައިހާ ހީލިއެވެ. އެއާއެކު ސިހިފައި އިޔާދުއަށް ލޯ ހުޅުވާލެވުނެވެ. ވަށައިގެން ހޯދާލެވުނީ ކޮޓަރި ތެރެއިން، އިޔާދުއާ ދާދި ކައިރިން އެ ހީލުމުގެ އަޑު އިވުނުހެން ހީވުމުންނެވެ.

ދެ ފަރާތަށް ބޯ ހަލުވާލަމުން އިޔާދު ގޮސް އެނދަށް ވެއްޓިގަތެވެ. ހިތަށް އަންނަމުން ދިޔަ ބަދަލާ މެދު އިޔާދު ވިސްނަން އޮއްވާ އިރު އަރާ ދުނިޔެ އަލިވާން ފެށިއެވެ.

 

އެކި ޚިޔާލު ކުރުމުގައި އޮތް ޒައިނާއަށް ނިދުނީ ވަރަށް ލަސް ވީ ފަހުންނެވެ. އެރޭ ދައުހާ ކިޔާދިން ވާހަކަތަކަށް ފަހު ރޭގަނޑުގެ ބޮޑު ބައެއް ހޭދަވީ ދައުހާއާ މެދު ވިސްނުމުގައެވެ. ދައުހާގެ ލޯބި ނިހާން ގަބޫލު ކުރާނެ ގޮތެއް ވިސްނުމުގައި އޮތް ޒައިނާގެ ހިތަށް އަޒްމަންގެ ޚިޔާލު އުނދަގޫ ކުރަން ފެށީ، ފަހަރެއްގައި ދައުހާގެ ހިތުގެ ޙާލަކީ އަޒްމަންގެ ވެސް ހިތުގެ ޙާލަށް ވެދާނެއޭ ހިތަށް އެރުމުންނެވެ. ނަމަވެސް އޭގައި ޒައިނާ ކުރާނީ ކީއް ހެއްޔެވެ؟ އަޒްމަންގެ ހިތް ޒައިނާގެ މައްޗަށް ލެނބުމުގައި ޒައިނާ ކުރާނެ ކަމެއް ނެތެވެ. އެއީ ޒައިނާ ބޭނުން ވެގެން ވީ ކަމެއް ނޫނެވެ. އަޒްމަންއަށް ޒައިނާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އެ ހިތުގައި ޒައިނާގެ މައްޗަށް އިހުސާސްތަކެއް އުފެދުމުގައި ޒައިނާގެ އެއްވެސް ބާރެއް ނުވެއެވެ. ނަމަވެސް ބަނޑަށް އަށް މަހުގައި، ޒައިނާގެ ހަގީގަތް އެނގުނު ދުވަހު އަޒްމަން ވަނީ ޒައިނާއަށް ލޯބި ހުށައަޅާފައެވެ. ހަމަ ވަގުތުން ޒައިނާ ދެކޮޅުވެސް ހެދިއެވެ.

ތުއްތު ދަރިފުޅާ މެދުވެސް ޒައިނާ ވިސްނިއެވެ. ޒައިނާ އެ ދަރިފުޅު ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟ މަންމައާ ބައްޕަގެ އިތުރުން އެއްބަނޑު އެއްބަފާ ތިބި ހުރިހާ ކުދިންގެ އެހީތެރިކަމާ އެއްބާރުލުން ލިބުނު ނަމަވެސް އެ ދަރިފުޅަކީ ބައްޕައެއްގެ ލޯބި ނުލިބޭނެ ކުއްޖެކެވެަނޑު އެއްބަފާ ތިބި ހުރިހާ ކުދިންގެ އެހީތެރިކަމާ އެއްބާރުލުން ލިބުނު ނަމަވެސް އެ ދަރިފުޅަކީ ބައްޕ. އެފަދަ ޚިޔާލުތަކުން ހިތާ ސިކުނޑި ނުތަނަވަސް ވެފައި އޮއްވާ ޒައިނާއަށް ނިދުނު އިރު ފަތިސް ވާން ކައިރި ވެއްޖެއެވެ.

 

ކުޑަކުޑަ އަދާ ގޮވައިގެން ޒައިނާ ކާރުން ފޭބިއެވެ. އެ މީހުންނާ އެކީ އައި ނަބާހާ، ނީލަމް ގޮވައިގެން ކުރީގައި ހުރެ ގޮސް ގެއަށް ވަނެވެ. ޒައިނާ މަޑުކޮށްލީ ދައުހާ ފައިބަން ދެނެވެ. އެ ވަގުތު ސައިކަލުގައި އެ މީހުންގެ ކައިރިން ލާފައި އިޔާދު ގޮސް ގޭ ކުރިމަތީގައި މަޑުކޮށްލިއެވެ. ޒައިނާއަށް އެ ދިމާއަށް ބަލަން ހުރެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު އިޔާދުވެސް ހުރީ ޒައިނާއާ ދިމާއަށް ބަލާށެވެ.

“ޒައި…” ޒައިނާ ސިހުނީ ދައުހާ ގޮވާލި އަޑަށެވެ. އެއްޗެއް ނުބުނެ އަވަސް އަވަހަށް ޒައިނާ ގޭތެރެއަށް ވަދެގެން ދިޔައެވެ.

“އަދި ލޯބޮޑުކޮށްފަ އެބަ ބަލައެއްނު! ހިތަށް އަރާ…” ކުދި ކިޔަމުން ޒައިނާގެ ފަހަތުން ދައުހާ ވަނީ އިޔާދުއާ ދިމާއަށް ލޯ އަޅާލާފައެވެ.

“ނަޝީއްތާ، ނަޝީއްތަގެ ދަރިފުޅާ މާމަ ދަރިފުޅު ސަލާމަތުން ގެޔަށް ގެނެސްދީފަ މި ތިބީ. ދެން މި ދަނީ އޮފީހަށް” ސިޓިންގ ރޫމަށް ވަދެ، މޭޒު ކައިރީ އިން ނަޝީލާ ފެނުމުން ދައުހާ ބުންޏެވެ.

“ނޫނޭ، ސައި ބޮއެގެން ދެން ދާން ވާނީ” ނަޝީލާ އެދުނެވެ.

“ނަޝީއްތަ ބުނެފިއްޔާ ސައި ބޮއެގެން ދާނީ، ޒައިވެސް އާދޭ” ދައުހާ ގޮނޑިއެއްގައި އިށީނެވެ.

“ދެން ތިހެން ބުނެފަ ސައިތަށި އެކަނި ބޯލައިގެން ދާނީއެއް ނޫން އިނގޭ” ހިނި އައިސްފައި ނަޝީލާ ބުންޏެވެ.

“އާނ، ލަސް ވެގެންނޭ ކިޔާފަ އޮފީހުން ކަނޑާލިޔަސް ނަޝީއްތަ ބުނި ކަމެއް ވިއްޔާ ބަރާބަރަށް ކޮށްފަ ދާނީ. އަހަންނަށް އެނގޭ މަންމަމެން އަހަރެން ގޭން ބޭރު ކޮށްލިޔަސް ނަޝީއްތަ އަހަރެން ބަލާނެ ކަން. އެހެން ވީމަ ކޮންމެ ގޮތެއް ވިޔަސް ނަޝީއްތަ ބުނާ ގޮތް ހަދަން ވާނެއެއްނު ދޯ؟” ދައުހާ އޭނަގެ ސަމާސާ ރާގުގައި ވާހަކަ ދެއްކިއެވެ.

ނަޝީލާއާ ޒައިނާ އަދި ނަބާހާވެސް ހީލަހީލާ ތިއްބެވެ.

ޒައިނާއާ ދައުހާ އަދި ނަބާހާއަށްވެސް ސައި ހަދައިދީފައި ނަޝީލާ އަދާ އުރާލިއެވެ.

“އަހަރެން ހިތަށް އަރާ މި ދައުހާ އަހަރެންގެ ދަރިއަކަށް ވީ ނަމައޭ، ހަމަ ތެދެއް މި ބުނީ. އެހެން ނޫނީ ދައުހާ އަހަންނަށް މަންމަ ކިޔާނެ ގޮތެއް ވާނެ ނަމައޭ. އެކަމަކު މި ގޭގަ ނެތް ވިއްޔާ އަހަރެންގެ މި އެދުން ފުރިހަމަ ކޮށްދޭނެ ދަރިއަކު” ދައުހާމެން ސައި ބޯން ފެށުމުން އެމީހުން ކައިރީ ގޮނޑިއެއްގައި އިށީނދެފައި ނަޝީލާ ބުންޏެވެ.

ނަޝީލާ އެހެން ބުނުމުން ދައުހާ ވަގުތުން ހިމޭންވިއެވެ.

“މަންމަ ދައްކާ ވާހަކަ ދޯ! އަދި ކިހިނެއް އެނގެނީ ތިހެން ނުވާނެ ކަމެއްވެސް؟ ފަހަރެއްގަ އާހިލްގެ ހިޔާލު އަދި ބަދަކު ވެދާނެއެއްނު؟ ނޫނީ ރާއިދުއާ ރިޔާންވެސް އެ ތިބީއެއްނު އަދި؟” މަޖާ ވެފައި ނަޝީލާގެ ވާހަކައިގައި ނަބާހާ ބައިވެރިވީ ނަޝީލާގެ ޚިޔާލު ނަބާހާއަށްވެސް ކަމު ދިޔައީތީއެވެ.

“އާހިލް ދެން ހިއެއް ނުވޭ ބަދަލު ވެދާނެހެންނެއް، ރާއިދުއެއް ނުގުޅޭ ދައު އަކާ، ދެން އެހެރަ ރިޔާން މީހަކާ އިނިއްޔާ ނޫނީ އަހަރެން ނުބުނާނަން އޭނަ އިންނާނެއެކޭވެސް” ނަޝީލާ ބުންޏެވެ.

“މަންމާ!” ދައުހާއަށް ބަލާލަމުން ޒައިނާ ގޮވާލިއެވެ.

“ކިހިނެއްވީ؟” ނަޝީލާ އިނީ ވާހަކައިގެ ފޯރީގައެވެ.

“ތި ކަހަލަ ވާހަކަ ދެއްކީމަ ދައު ލަދު ގަންނާނެއެއްނު؟” ޒައިނާ ބުނެލީ، އެ ވާހަކަތަކުން ދައުހާގެ ހިތަށް އުނދަގޫ ވަމުން ދާކަން ވިސްނިގެންނެވެ.

“އަޅެ، ސޮރީ އިނގޭ ދައު، ދެން ނުދައްކާނަން މި ވާހަކައެއް” ދައުހާގެ އަތުގައި ފިރުމާލަމުން ނަޝީލާ ބުންޏެވެ.

ދައުހާ ދިޔުމުން ޒައިނާ ކޮޓަރިއަށް ވަނީ އަދާ ނިންދަވާށެވެ. އެހެން އިނދެ ވިސްނަމުން ދިޔައެވެ. ޒައިނާ ބޭރަށް ނިކުންނަ ކޮންމެ ދުވަހަކު އިޔާދުއާ އެބަ ދިމާވެއެވެ. އެއީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ އިޔާދު ޒައިނާއަށް ފާރަ ލަނީ ހެއްޔެވެ؟

ނޫނެކެވެ. އިޔާދު ޒައިނާއަށް ފާރަ ލާންވީ ކީއްވެ ހެއްޔެވެ؟ ޒައިނާއާ މެދު އިޔާދު ވިސްނާވެސް ނުލާނެއެވެ. އެއީ ހަމަ އިއްތިފާގެކެވެ. އެހެން ކޮން ކަމެއް ހެއްޔެވެ؟

އަޒްމަން އާ މެދުވެސް ޒައިނާއަށް ވިސްނުނެވެ. ކޮންމެ ދުވަހަކު އަޒްމަން ޒައިނާއަށް ގުޅައެވެ. މެސެޖް ކުރެއެވެ. އަދާ ދެކިލުމަށް ގެޔަށް ދިޔުމުގެ ހުއްދައަށް އެދެއެވެ. ނަމަވެސް ޒައިނާ އެކަން މަނާ ކުރެއެވެ. ޒައިނާ ވިހައިގެން އޮތް އިރު ހޮސްޕިޓަލުން ފެނުނު ފަހުން އަދި އަޒްމަންއަށް އަދާއެއް ނުފެނެއެވެ.

ޒައިނާއާ ބައްދަލު ކުރުމަށް އަޒްމަން އެދުނީ ކިތަށް ފަހަރު ކަމެއް ޒައިނާއަކަށް ނޭނގެއެވެ. ނަމަވެސް އެއް ފަހަރުވެސް ޒައިނާ އެއްބަހެއް ނުވެއެވެ. އެފަދަ ކަމަކަށް އަދި ޒައިނާ ތައްޔާރެއް ނޫނެވެ. އަޒްމަންއަށް ޒައިނާގެ ހަޔާތުން ޖާގައެއް ދޭކަށް ޒައިނާ ބޭނުމެއް ނޫނެވެ. އަޒްމަން ސުވާލު ކުރި ނަމަވެސް ކީއްވެ ކަމެއްވެސް ޒައިނާ އަޒްމަންއަކަށް ބުނެއެއް ނުދެއެވެ.

ދެފަރާތަށް ބޯ ހަލުވާލަމުން ޒައިނާ އެ ޚިޔާލުތަކާ ދުރުވާން މަސައްކަތް ކުރިއެވެ. ދެންމެ ނަޝީލާ ދެއްކި ވާހަކަ ހަނދާން ވުމާއެކު ދައުހާއާ މެދު ޒައިނާއަށް ވިސްނެން ފެށިއެވެ. ދައުހާގެ ހިތްވަރާ، ކެތްތެރިކަމަށް ހިތާ ހިތުން ތަޢުރީފް ކުރެވުނެވެ. ހަމަ އެއާ އެކު ހިތް ނުތަނަވަސް ވެގެން ދިޔައީ ދައުހާ ކުރަމުން އެދާ އިންތިޒާރުގެ ނިމުން އަންނާނެ ގޮތެއް ނޭނގޭތީއެވެ. ނިހާން ދައުހާގެ ލޯބި ގަބޫލު ކުރޭތޯ ޒައިނާއަށް ހިތާހިތުން ދުޢާ ކޮށްލެވުނެވެ.

ޝަނާޒްގެ ޚިޔާލުވެސް ޒައިނާގެ ހިތަށް ވެރިވީ ނިހާންއާ ގުޅުވާލެވިގެންނެވެ. އެ ދެ މީހުން ކުރިން އުޅުނީ ކިހާ ލޯބިން ހެއްޔެވެ؟ އެއީ ދުވަހަކުވެސް ވަކި ނުވާނެ ދެ ހިތް ކަމުގައި ޒައިނާއަށް އޭރު ހީކުރެވުނެވެ. ނަމަވެސް ޝަނާޒްއާ ނިހާން ވަކިވީއެވެ. ޝަނާޒް އެހެން ކައިވެންޏެއްވެސް ކުރީއެވެ. އެފަދަ ކަމަކާ ނިހާން އޭގެ ފަހުން ވިސްނިކަމެއްވެސް ޒައިނާއަށް އެނގިފައެއް ނެތެވެ.

އެ ފަދަ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައި އިން ޒައިހާ ސިހުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. ފޯން ނަގާ ބަލާލި އިރު އަޒްމަންގެ މެސެޖެކެވެ. ބޭބީ ކިހިނެއްހޭ އަހާފައި އޮތުމުން، ބޭބީ ރަނގަޅު ކަމަށް ބުނެ ޒައިނާ ޖަވާބު ފޮނުވާލިއެވެ.

މިނަޓެއްވެސް ނުވެ އަޒްމަން ގުޅިއެވެ. އިރުކޮޅަކަށް ފޯނާ ދިމާއަށް ބަލަން އޮވެފައި ޒައިނާ ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ކޮބާ ބޭބީ؟ ނިދާފަތަ؟” އަޒްމަން އަހާލިއެވެ.

“އާނ، ނިދާފަ މިއޮތީ” ޒައިނާ އުނގުގައި އޮތް ދަރިފުޅަށް ބަލާލަމުން ޖަވާބު ދިނެވެ.

“ސަކަރާތެއްނު؟ އަދާ ހޭލާ އޮތިއްޔާ ތި ގެޔަށް ގޮސްލަން ކަމަށް އުޅުނީ” އަޒްމަންގެ އަޑުގައި ހުރީ ސަމާސާ ގޮތެކެވެ.

ޒައިނާ ޖަވާބެއް ނުދިނެވެ.

“ޒައިނާ، އެއްޗެއް ބުނެބަލަ. އަހަރެން ބޭނުން އަދާ ދެކެލަން ދާން، ދެވިދާނެތަ؟” ސީރިއަސް ވެލަމުން އަޒްމަން އެދުނެވެ.

“އަހަރެން ކުރިންވެސް ބުނީމެއްނު—” ޒައިނާ އެއްޗެއް ބުނަން އުޅުނެވެ.

“އަދާ ދެކެލާށޭ، ޕްލީޒް…؟” އަޒްމަން އަނެއްކާވެސް އެދުނެވެ.

“އަޒްމަން…” ޒައިނާ އަޒްމަންގެ ނަން ކިޔާލިއެވެ.

“ކީކޭ…؟ ދާންވީތަ؟” އަޒްމަން ހީލިއަޑު އިވުނެވެ.

“އަހަރެން ނޫނެކޭ ބުންޏަސް އަޒްމަން އަނެއްކާވެސް އަހާނަމެއްނު؟” އެންމެ ފަހުން ޒައިނާ ގޮތްދޫކުރަން ނިންމިއެވެ.

“ވާއު! އަންނާށޭތަ ތި ބުނީ؟” އަޒްމަން އަވަސްއަވަހަށް އަހާލިއެވެ.

“އާނ، އާދޭ” ޒައިނާއަށް ހީލެވުނީ އަޒްމަން ބުނެލި ގޮތުންނެވެ.

“މިދަނީ، ފިފްޓީން މިނަޓްސް އިނގޭ” އަޒްމަން އެހެން ބުނެފައި އަވަހަށް ފޯން ކަނޑާލީ ޒައިނާގެ ޚިޔާލު ބަދަލު ވެދާނެތީއެވެ.

ވިއްސަކަށް މިނަޓް ފަހުން ނަޝީލާ އައިސް ޒައިނާއަށް ގޮވާލާފައި އަޒްމަން އައި ވާހަކަ ބުނުމުން ޒައިނާ ނިކުތް އިރު ވަސީމްއާ ވާހަކަ ދައްކަން އަޒްމަން އިނެވެ.

“އަދާ އަދިވެސް ނިދާފަތަ؟” ޒައިނާ ފެނުމުން އަޒްމަން އަހާލިއެވެ.

“އާނ، ނިދާފަ އަދި އޮތީ” ޒައިނާ ޖަވާބު ދިނެވެ.

އަޒްމަން އެ ވަގުތު އަތުގައި އޮތް ކޮތަޅު ޒައިނާއަށް ދިއްކޮށްލިއެވެ.

“ކޯޗެއް؟” ކޮތަޅުގައި ހިފާފައި ޒައިނާ އެހިއެވެ.

“އަދާއަށް ހަދިޔާއެއް” އަޒްމަން ޖަވާބު ދިނެވެ.

“ސައި ބޮއެގެންނެއްނު ދާން ވާނީ އަޒްމަން، މި ތައްޔާރު ކޮށްލަނީ އިނގޭ” ނަޝީލާ ބަދިގެއަށް ދަމުން ބުންޏެވެ.

“ބައްޕަ މި ދަނީ އިރުކޮޅަކަށް ޖައްސާލަން” ސޯފާއިން ތެދުވަމުން ވަސީމް އެހެން ބުނެފައި ކޮޓަރިއަށް ވަނީ އަޒްމަންއާ ޒައިނާއަށް ވާހަކަ ދައްކާލާނެ ފުރުސަތު ދެމުންނެވެ.

“ކިހިނެއް؟” އަޒްމަން އަހާލިއެވެ.

“ރަނގަޅު” ޒައިނާ ޖަވާބު ދިނީ ވީހާވެސް ކުރުކޮށެވެ.

“އަދާ ރަނގަޅުތަ؟ ވެކްސިން ދީފިންތަ؟” އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު، ޒައިނާ އިސްވެ ވާހަކަ ނުދައްކާނެ ހެން ހީވުމުން އަޒްމަން ވާހަކަ ފެށިއެވެ.

“މިއަދު ވެކްސިން ދިނީ. އެމީހުން ބުނި ހުރިހާ ކަމެއްވެސް ރަނގަޅޭ” ޒައިނާ ބުންޏެވެ.

“ކަމެއް ގޯސް ވަންޏާ އަހަންނަށް ގުޅާލައްޗޭ” އަޒްމަން ބުންޏެވެ.

ޒައިނާ ޖަވާބެއް ނުދީ އިނެވެ.

“ޒައިނާ، އަހަރެން އަދިވެސް ގިވްއަޕްއެއް ނުކުރަން… ކޮންމެވެސް ދުވަހަކުން ޒައިނާގެ ފަރާތުން އަހަރެން ބޭނުން ވާ ކަހަލަ ޖަވާބެއް ލިބޭނެ ކަން އަހަންނަށް ޔަގީން” އަޒްމަން ވާހަކަ ދެއްކީ އެހެން މީހަކަށް ނީވޭނެހާ މަޑުންނެވެ.

“އަޒްމަން ޕްލީޒް… ކީއްވެތަ އަހަރެން ބުނީމަ ގަބޫލު ނުކުރެވެނީ؟ އަހަރެން އަދި ރެޑީއެއް ނޫނޭ… އެހެން މީހެއްގެ ފަރާތުން އަހަރެން ދެން އެ ކަހަލަ ގުޅުމަކަށް އެހާ އަވަހަކަށް ބޭނުމެއް ނޫން…” އިސް ޖަހައިގެން އިނދެ ޒައިނާ ބުންޏެވެ.

“އަހަރެން ގަބޫލު ކުރަން އަދި ޒައިނާ ރެޑީ ނުވެދާނެ ކަން… އައި ކެން ވެއިޓް… އަހަރެން މަޑު ކުރާނަން، އަހަރެން އެދެނީ ޒައިނާ ނޫނެކޭ ނުބުނުން، އަހަންނަށް ޗާންސެއް ދިނުން” އަޒްމަން ހާމަ ކުރީ އޭނަ އެދޭ ގޮތެވެ.

“އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް” އެންމެ ފަހުން ޒައިނާ ބުންޏެވެ.

“އައި ލަވް ޔޫ ޒައިނާ…” އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި އަޒްމަން ބުނެލިއެވެ.

ސިހިފައި ޒައިނާއަށް އަޒްމަންއާ ދިމާއަށް ބަލާލެވުނެވެ.

“ދޮގެއް ނޫން މީކީ، އަހަރެން ލޯބިވޭ ޒައިނާ ދެކެ، އަހަންނަށް ފުރަތަމަ ޒައިނާ ފެނުނު ދުވަހުވެސް ތީ އަހަންނަށް ވަރަށް ހާއްސަ ކުއްޖަކަށް ވެއްޖެ… އަހަރެން އެދެނީ ކޮންމެސް ދުވަހަކުން އަހަރުމެންގެ ކައިވެނި ކުރެވުން. ޒައިނާ ބޭނުމިއްޔާ މިއަދުވެސް އަހަރެން ޒައިނާއާ ކައިވެނި ކުރާކަށް ޖެހިލުމެއް ނުވާނަން” އަޒްމަން ފުރަތަމަ ފަހަރަށް ހިތުގައި ވާ ހުރިހާ އެއްޗެއް ސާފުކޮށް ޒައިނާއަށް ބުނެދިނެވެ.

“އެކަމަކު… އަހަރެން… އަދާ…” ޒައިނާގެ މާޒީގައި ހިނގާފައިވާ ކަންތައް އެނގި ހުރެ އެފަދަ ގޮތަކަށް އަޒްމަން ޒައިނާއަށް އެދޭނެ ކަން ގަބޫލު ކިރަން ޒައިނާއަށް އުނދަގޫ ވިއެވެ.

“އަހަންނަށް ތި ހުރިހާ ކަމެއް ނޭނގިއެއް ނޫނެއްނު މި ވާހަކަ މި ދައްކަނީ؟ އަހަރެން އަދާ ދެކޭނީ އަހަރެންގެ ދަރިއެއްގެ ގޮތުގަ… ޒައިނާގެ ޕާސްޓްގަ ހިނގާފައެއް ނެތް އަހަންނަށް އެކަމަކަށް މާފު ނުކުރެވޭ ވަރުގެ ކަމެއް. އަހަރެންގެ ޕާސްޓްވެސް ތި ކަހަލަ ގޯހެއް ހެދުނޭ ބުނެފިއްޔާ ޒައިނާއަށް ގަބޫލު ކުރެވޭނެތަ؟” އަޒްމަން އަހާލިއެވެ.

އަޒްމަން އެހެން ބުނުމުން ޒައިނާއަށް ގަބޫލު ނުކުރެވިފައި އަޒްމަންއާ ދިމާއަށް ބަލާލެވުނެވެ.

“އަޒްމަންވެސް… އަޒްމަންގެވެސް ކުއްޖެއް ހުރޭތަ؟” ޒައިނާއަށް އަހާލެވުނެވެ.

ކުއްލިއަކަށް ހީގަނެފައި އަޒްމަން ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ނޫން، އަހަރެންގެ ކުއްޖަކު ނެތް… އެކަމަކު އަހަރެން މި ބުނީ ޒައިނާއަށް ކުރެވުނު ކަހަލަ ކަމެއް އަހަންނަށްވެސް ކުރެވުނޭ، އެހެން ވީމަ އަހަރެން ނުދެކެމޭ ޒައިނާއަކީ ކުށްވެރިއެއް ކަމަކަށް… އަހަރެން އަންޑަސްޓޭންޑް ވޭ… އެ ވާހަކަ މި ބުނީ” އަޒްމަން ބުންޏެވެ.

“އެކަމަކު… އަޒްމަންގެ ފެމިލީ…” ޒައިނާއަށް ބުނެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މިނަން ތިހިތުން ފިލުވާލަނީހޭ…09

Next

ނޭދެން ވަކިވާކަށް (7)

Next
February 3, 2020

ނޭދެން ވަކިވާކަށް (7)

Previews
February 1, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…09

5 Comments!

  1. Mar Sha Marsha says:
    February 2, 2020 at 8:35 am

    Salaam n good morning! Here’s part 3, plz giv a like and a comment if u like the story. ? Next part Insha Allah on Tuesday

  2. Meekkomee says:
    February 2, 2020 at 9:59 am

    Wow ?? sis mi part ves varah salhi?? waiting 4 the next part ??????luv yeahhhh ❤️?❤️❤️❤️??

  3. Kiyaa kujjeh says:
    February 2, 2020 at 11:17 pm

    Viyas.mv ga mi vaahaka ebain ehen namegga.. varah bodubaii upload koffa ineee vs. Mi kaakuge caahaka eh asli

  4. Mar Sha Marsha says:
    February 4, 2020 at 10:03 am

    Thank u for reading meekko n kiyaa kujjeh. Viyas ga innaany hama mi namuga, mee Marsha ge vaahaka eh. Esfiyaiga mi vaahaka start kuri iru bunelaafa innaane Ehen site ehga ves genesdheyn kamah, kiyaa kujjeh ah olhuny hen huvany. ??❤️❤️

  5. Kiyaa kujjeh says:
    February 4, 2020 at 10:59 pm

    Oh thanks Marshaa… haadha lahey e site ah upload vaaaleh..

Comments are closed.

Next Episodeހީވޭ ހިތް ބުނާހެން 4←


All Right Reserved!