ހުރީމެ އިންތިޒާރުގަ (10)
ބޯޓު މާލޭ ބަދަރަށް ލަފާ އެތައް އިރެއްވީ އިރުވެސް ސާހިލް އޮތީ ބޯޓުގައެވެ. ފައިބައިގެން ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ.؟ ވަރަށް ވިސްނުމަށްފަހު ބޯޓުން ފައިބައިފިއެވެ. މިސްރާބު ޖެހީ އެންމެ ފަހުން ސާހިލް އުޅުނު ގެޔާއި ދިމާއަށެވެ.
***
ދޮެުގައި ޓަކި ޖަހާލުމުން ހުޅުވީ ބިދޭސީއެކެވެ. ސިޓިންގ ރޫމްގައި އަހުމަދުގެ ބޮޑު ދައިތައާއި އޭނާގެ އަންހެނުން އިނެވެ.
” މިގެއިން ކުރާނެ މަސައްކަތެއް… ” ސާހިލްގެ ޖުމްލަ ފުރިހހަމަ ކުރެވޭ ވަރެއް ނުވެއެވެ. އަހހުމަދުގެ އަންހެނުން ހަޅޭއްލަވައިގަނެފިއެވެ.
” މިގެއަކީ ރާއްޖޭގަ މި އުޅޭ ހުރިހާ ބަންގާޅީންނަށް ވަޒީފާ ދޭން ހުރި ގެއެއް ނޫނޭ”
ސާހިލް ފުރަތަމަ ފެނުމާއި އެކުވެސް އޭނާއަށް ޖެހިފައިވާ ހާލު ބޮޑުދައިތައަށް އެގިއްޖެއެވެ. ސާހިލް ގައިގަ ހުރި ޒަހަމްތަށް ފެނި ހިތަށް ވަރަށް އަސަރު ކޮށްފިއެވެ.
” އޭނައަށް ކޮންމެވެސް ކަހަލަ މަސައްކަތެއް ހަވާލު ކުރަންވީނުން.” ދޮރާއި ދިމާލަށް ހިނގައިގަތްތަނާ އޭނާ ހުއްޓުވީ ބޮޑުދައިތަގެ އަޑެވެ.
އޭނާގެ އަޑު ކަންފަތުގައި މި ޖެހުނީ ފުރަތަމަ ފަހަރަށެވެ. އެއަޑު ޖެހުމާއެކު ގައިން ހީބިހި ނަގައި ހިތަށް ބުނަން ނޭގޭ ކަހަލަ ގޮތެއް މިވީ ކީއްވެބާއެވެ.
” ކަލެއަކަށްވެސް ނޭގޭނެ މިގެއިން މަސައްކައް ދޭންޖެހޭނެ މީހުންނެއް” ބޮޑުދައިތައާއި ދިމާއަށް އަޑުލައިގަތުމުން ސާހިލް ބާރުބާރަށް ހިނގާލާފައި ނުކުމެގެން ދިޔައީއެވެ. އޭނާގެ ސަބަބުން އެ އަންހެންމީހާއި ދިމާއަށް ހަޅޭއްލަވައި ގަތުމުން ހިތުގައިޖެހުނީއެވެ. ލޮލަށް ޖަމާވި ކަރުނަތައް އެއްފަހަރާ ފައިބައިގަނެފިއެވެ.
***
ސާހިލް އަށް އެގެއާއި މާދުރަށް ދެވޭވަރެއް ނުވެއެވެ. ފަހަތަށް އެބުރުނީ މީހަކު ކޮޑުގައި ހިފާލުމުންނެވެ. ކުރިމަތީގައި ހުރީ އެގެއިން ދިމާވި ބިދޭސީ މީހާއެވެ.
” މި އޮތީ އެގޭ ދައްތަ ދިން އެއްޗެއް” 500 ރުފިޔާގެ ދެ ނޫޓު ސާހިލް އަތަށް ދިއްކޮށްލަމުން ބުންޏެވެ.
ސާހިލް އޭގައި ހިފީ ޝުކުރުވެރިކަމާއި އެކުގައެވެ. އެމީހާއަށް ޝުކުރުއަދާ ކުރުމަށް އެގެއަށްދާން ކިތަންމެހާވެސް ބޭނުމެެވެ. ނަމަވެސް އެގެއަށް ވަދެއްޖެނަމަ ދެންކަންތައް ވާނެ ގޮތެއްވެސް ނޭގެއެވެ. ސާހުލް އެންމެ ހާލުގައި ޖެހިފައި ހުރި ވަގުތު މި ވެދިން އެހީ ދުވަހަކުވެސް ހަދާނެއް ނުނެތޭނެއެވެ.
******
މާލޭގެ މަގުމަތީގައި އެތައް އިރަކު ހިނގުމަށްފަހު ސާހިލް މިސްރާބު ޖެހީ ފިލައިގެން ނުކުތުމަށްފަހު އެންމެ ފަހުން ދިޔަ ކޮޓަރިގަނޑާއި ދިމާއަށެވެ. މިހާރު އެތަނުގައި އުޅޭނީ ކޮންބަޔެއްކަންވެސް ނޭގެއެވެ. ކޮޓަރީގައި ޓަކި ޖެހީ މިތަނަށްވެސް ވަދެވޭނެ ކަމުގެ މާ ބޮޑު އުއްމީދެއްގައެއްވެސް ނޫނެވެ. ނަސީބު ވަރަަށްވެސް ރަގަޅެވެ. އެތަނުގައި އުޅެނީ ކުރިންވެސް އުޅުނު މީހހުންނެވެ.
ސާހިލް ހުރިހާ ވާހަކަ އެއް ކިޔާދީފިއެވެ. އޭނާ ބޭނުންވަނީ އިންޑިޔާއަށް ދެވޭނެ ގޮތެއް ހޯދާށެވެ. ނަމަވެސް ސާހިލް ރާއްޖެ އައުމުގެ މެދުވެރިޔަކަށްވި ކަރީމް އެގޭ ހަމަ އެކަކުވެސް ނުވިއެވެ.
ހަފްތާއެއް ފަހެވެ. ސާހިލްއަށް ކަރީމުއާއި ދިމާވާ ގޮތް ވެއްޖެއެވެ. ކުރީގައި އެކުގައި މަސައްކަތް ކުރި މީހެއްގެ އެހީތެރި ކަމާއެކުގައެވެ. ކަރީމުއާއި ދިމާވި ނަމަވެސް އެހާ އަވަހަކަށް ދެވޭކަށްނެތެވެ. އޭނާވެސް ދިނީ މީހެްްގެ އެޑްރެހެވެ. ސާހިލްގެ ޕާސްޕޯޓުވެސްވީ އެބުނާ މީހެއް އަތުގައެވެ.
ސާހިލް އަށް އެބުނާ މީހަކާ ދިމާވާ ގޮތްވީ 5 ވަރަކަށް ދުވަހަށްފަހުއެވެ. ދިމާވުމުންވެސް އޭނާ އެތަނުން ނުކުތީ މާ ހިތްހަމަ ޖެހިގެންނެއް ނޫނެވެ.. ސާހިލްގެ ލިޔެކިޔުންތައް ހޯދާލަންވެސް ދުވަސްކޮޅެއް ނަގާނެއޭ ބުނުމުންނެވެ. ދިވެހިން އެބުނާ ދުވަސްކޮޅުގެ ދިގުމިން ސާހިލް އަށް އެގޭތީއެވެ. ދިވެހިންނަކީ ހުރިހާ ކަމެއްގަވެސް ކަންފަސޭހަކޮށް އުޅޭ ކަންނެތް ބަޔެކެވެ.
**
އޭގެ ފަހުން 2 ހަފްތާ ފާއިތުވެގެން ދިޔައީ އެވެ. ކޮންމެ ދުވަހެއްގެވެސް އިރު އަރަނީ އެ އޮފީހުގެ ދޮރުމަތީގައި ހުއްޓައެވެ.
” ކިހާ ބޮޑުވެއްޖެ ކަމެއް.. މި މީހަކާ ހެދި މިތަނަށް އާދެވޭކަށްވެސް ނެތެއްނުން.. މި މީހެއްގެ ޕާސްޕޯޓާއި ހުރިހާ ލިޔެ ކިޔުމެއް ހޯދާފަ ދީ” ސާހިލް ފެނުމާއެކީ އެ އޮފީހުގެ ވެެރިޔާ ރުޅި އައިސްގެން ހީވަނީ ރޯވެދާނެހެންނެވެ.
އޮފީހުގެ އެވަގުތު ތިބި މުވައްޒަފުން ހުރިހާ ފައިލްތަކެއް ހާވާ ބަލަން ފަށައިފިއެވެ. ކަބަޑުތަކާެި މޭޒުތަކުގެ ވަތްގަނޑުތައް ހުޅުވަން ފަށައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި އެތައް ބައިވަރު ޕާސްޕޯޓުތަކާއި އެހެނިހެން ލިހެކިޔުންތަކެއް އެއް މޭޒަކަށް ޖަމާކޮށްފިއެވެ. އެ ހުރިހާއެއް އެޗެއް ހުޅުވާ ބަލައި ކިޔާ ހަދަންފަށައިފިއެވެ.
އެތައް އިރެއްގެ މަސައްކަތައްފަހު އެންމެ ފަހުން ސާހިލްގެ ލިޔެކިޔުންތައް ފެނިއްޖެއެވެ. ސާހިލް އަތަށް އޭނާގެ ޕާސްޕޯޓު އެރުމާއެކު އެތަނުން ނުކުމެއްޖެއެވެ.
އޭގެ ދެދުވަސް ފަހުން ކަރީމުގެ ވެދިން ފައިސާގެ އެހީތެރިކަމާއިއެކު އެނބުރި އިންޑިޔާއަށް ދިޔުމަށް ފުރައިފިއެވެ. މިއީ އޭނާގެ ހަޔާތުގައި ދެން އަންނަ ޞަފްހާގެ ފެށުމެވެ.
******
ދަތުރުތަކަކަށް ފަހު ސާހިލް އުޅެ ބޮޑުވި ހިސާބަށް ދެވިއްޖެއެވެ. ލަސްނުކޮށް ގެޔަށް ވަދެވޭތޯ ދިޔައީ ވެފައި ހުރި ވަރުބަލިކަން ފިލުވައިލެވޭނީވެސް ވަރަށް ބޮޑަށް ގެތެރެ ސާފްކޮށްގެން ކަމަށް ވާތީއެވެ.
ސާހިލް ގެ ގެ ހުންނަ ހިސާބަށް އާދެވިއްޖެއެވެ. ސާހިލްއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަނެއްކާވެސް ހިތްމަރުވާ ކަހަލަ މަންޒަރެކެވެ. މިހާރު އެތާގައި ހުރީ ގެއެއް ނެތެވެ. ގެ އޮތީ ބިމާ ހަމަ ކޮށްލާފައެވެ. ދެން އޭނާ ވަންނާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ؟ ނަމަވެސް އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ދެކެމުންދާ ހުވަފެންތަކުގައި ކުލަ ޖެއްސޭތޯ އެބުރި ހިނގައިގަތީ އައި ކޮޅަށެވެ. އެ ޝަހަރުވެސް ދޫކޮށް ދިޔައީއެވެ.
****
އެއް ޝަހަރުން އަނެއް ޝަހަރަށް ދަތުރު ކޮށްކޮށް ސާހިލް ވަރުބަލި ވެއްޖެއެވެ. ކޮންމެ ތަނަކަށް ގޮސްވެސް މަސައްކަތެއް ލިބޭތޯ ހިނގާ ހިނގާ ފައި ވާޅުވެއްޖެއެވެ. އަތުގައި ހުރީވެސް މަދު ފައިސާ ކޮޅެކެވެ. އިތުރަކަށްދެން ދަތުރުކުރާނެޙާ ހިތްވަރެއްވެސް ނެތެވެ.
އިރު އޮއްސެނީއެވެ. ސާހިލް މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ކައިރީގައެވެ. ރޭ ދެބައިވެގެން ދިޔަ އިރުވެސް ސާހިލް އެހުރިތާނގައި ހުރީ އެވެ. މީހުން އެތަނަށް ވަދެ ނުކުމެއެވެ. ކޮންމެ މީހަކުވެސް ސާހިލް އާއި އަރާ ހަމަވުމުން މަޑުކޮށްލައެވެ. ބައެއް މީހުން ރުފިޔާ ކޮޅެއް ދިއްކޮށްލައެވެ. އޭނަ ހުރި ގޮތުން ސަލާންޖަހަން ނުކުމެ ހުރި މީހަކާ ވައްތަރުވަނީ ކަންނޭގެއެވެ.
ގަޑިން 1 ޖަހާ ބޮޑުވަނީއެވެ. ރެސްޓޯރެންޓުގެ ތެރެއިން ނުކުތީ ބަލާބެލުމަށް ސާހިލްއާއި އެއް އުމުރެއްގެ ޒުވާނެކެވެ. އެއީ އެތަނުގެ ވެރިމީހާކަން އެގުނީ ތަން ބަންދުކުރުމުންނެވެ. ދެތިން ފަހަރަކު ސާހިލްއާއި ދިމާއަށް ބަލާވެސްލައިފިއެވެ. ކައިރީގައި އޮތް އޭނާގެ ކާރުގެ ދޮރު ހުޅުޥަލުމަށް ފަހު އަނެއްކާވެސް މަޑުކޮށްލައިފިއެވެ. މިގަޑީގައި މިހިސާބުގަނޑުން މިގޮތައް މީހުން ތިބޭތީ ވަރަށް ނުފެނެއެވެ. މިއީ ފުދޭވަރަކަށް ތަނަވަސް މީހުން އުޅޭ ހިސާބުގަނޑަކަށްވުމުން މީހުބް ސަލާންޖަހަން ނުކުމެ އުޅޭތަނެއްވެސް ނުފެނެއެވެ. ހާއްސަކޮށް ޒުވާން ކުއްޖެއް މިފަދަ ހާލެއްގައި ވަނިކޮށްވެސް ފެނިފައެއްނުވެނެއެވެ. އޭނާގެ ހހިތުގައި ސާހިލްއާއި ދޭތެރޭ ހަމްދަރުދީ އުފެދިއްޖެއެވެ. ކާރުގެ ދޮރު ލައްޕާލުމަށްފަހު ސާހިލްއާއި ދިމާއަށް ހިނގައިގަތެވެ.
” މިތާގަ މިގަޑީގައި ކީއްކުރަނީ؟” އެ ޒުވާނާ ސާހިލްއާއި ކައިރިޔަށް އައިސް ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ.
ސާހުލް އަށް ކުއްލިއަކަށް އެ ސުވާލު ކުރުމުން ހުރީ ޖަވާބުދޭން އުދަނގޫވެފައެެވެ. ރޭގަނޑުގެ ފިނީގެ ސަބަބުންނާއި ވެފައިހުރި ބަޑުހައިކަމުންވެސްމެއެވެ.
ހި” ހިނގާ މިތާ އެތެރެއަށް ވަންނަން” ސާހިލް އަށް ޖަވާބު ނުދެވުނު ސަބަބު އެ ޒުވާނާ ދެނެގެން ކަހަލައެވެ.
ރެސްޓޯރެންޓު ހުޅުވުމުން ސާހިލް ފަހަތުން ވަނެވެ. ފުދޭވަރަކަށްވުރެންވެސް ބޮޑު ތަނަވަސް ތަނެކެވެ. އެކި ހިސާބުތަކުގައި އެޒުވާނާ ސާހިލް ގެންގޮސް ވެއްދީ އޮފީހެއް ކަހަލަ ތަނަކަށެވެ. އެއްފަރާތުގައި އިން ސޯފާއެއް ދެއްކުމަށް ފަހު އިށީނުމަށް އެދުނެވެ. އެއަށްފަހު ފޯނެއް ކޮށްލުމަށްފަހު 2 ތަށި ސައި ގެނައުމަށް އެދެފިއެވެ.
ސާހިލް ހުރީ ފެންނަމުން މިދާ މަންޒަރުތަކުން އަޖައިބުވެފައެވެ. އޭނާއާއި ދޭތެރޭ މިފަދަ ގޮތަކަށް މީހަކު ކަންތައްތައް ކޮށްފާނެއެކޭ ހިތައްވެސް ގެނެވިފައެއް ނެތެވެ.
ސާހިލް އާއި ދޭތެރޭ ދެންކަންތައްވާނީ ކިހިނެތްބާއެވެ.؟ މިއީ ސާހިލް ބޭނުންވާ ލަނޑުދަނޑިއާއި ހަމައަށް ވާސިލް ވުމުގެ ފެށުމަށްވެދާނެބާއެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



ވާހަކަ ވަަަރަށް ރީތި
.Dhivehinnah hutharu aruvan ulheyhen haadha heevey
Hageegaith vaany hageegathah… Miadhu dhivehin kankura goeth mivaahakaiga liyefa mivany… Hageegaith gaboolu kuran v udhagoovaane….
mi dhivehi mujuthamau thereyga hingaa kan kan.
Woooooww
Ma sha allah?