Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ…21

ލަޔާ ގޮސް އަމީން ކައިރީ އެހެން ބުނުމުން އަމީންގެ ރައްޓެއްސަކަށް ގޮވާލައިފައި އަހަރެން ގެއަށް ލާދޭށޭ ބުނިއެވެ.. އަހަރެން އަވަހަށް އެ ސައިކަލު ފަހަތަށް އެރީމެވެ.. ޔޫއާން އާއެކީ ދިއުމަށް ވުރެ އަހަރެންނަށް މިގޮތް ވެސް މާ ރަނގަޅެވެ.. އަހަރެން ދާ ތަން ބަލަން ހުރި ޔޫއާން އެތާހުރި ކާރެއްގެ ލޯނގެއްގައި ރުޅިއަރައިގެން ގުންމުށުން ޖަހާލި ތަން އަހަރެންނަށް ފެނުނެވެ…………

އަހަރެންނަށް ގެއަށް ދެވޭ ވަރުވީ 10 ވެސް ޖެހި ފަހުންނެވެ.. އަހަރެން ގެއަށް ވެންނި އިރު ސޯފާގައި މަންމަ އާ ޑެޑީ ތިއްބެވެ.. “ދަރިފުޅާ ހާދަ ލަހަކުން ތި އައީ”  މަންމަ އަހަރެންނާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.. “މަންމާ އެއީ މެޗް ނިމުނު އިރޭ”…”އެހާ ލަހުން މެޗު ނިމެއްޏާ މެޗް ނިމުމުގެ ކުރިން ގެއަށް އައިނަމަ” މަންމަ އިނީ ހިތްހަމަ ނުޖެހިފައި ކަން އަހަރެންނަށް އެނގުނެވެ..” ލިމްނާ އަށް ހަމަ ސާބަސް.. ދެން އެ މަންޖެ އާ ދިމާލަށް އެއްޗިސް ނުކިޔަބަލަ.. އަދި އެހާ ލަހެއްވެސް ނުވެއެންނު… ފުޓްބޯޅަ މެޗަކީ ބަލަން ގޮއްސިއްޔާމު… އެއްކޮއް ނުބަލާ ހަމަ ނާދެވޭ ވަރުގެ ކުޅިވަރެކޭ ދޯ ދަރިފުޅާ..” ޑެޑީ އަހަރެންނާ އެއްކޮޅަށް މަންމަ އާ ވާހަކަ ދެއްކިއެވެ.. މީ ކޮންމެ ފަހަރެއްގެ ވެސް ހާލަތެވެ.. “ދޯ!! ޑެޑީ އަށް ވިސްނެޔޭ ..”…”ހާސް ނުވޭ މަންމަ ގެ ރުޅިގަނޑު މައިތިރި ކޮއްލާނަމޭ ފާގަ ކާންދީގެން ވެސް އަހަ އަހަ ދަރިފުޅު ދޭ އަވަހަށް ނިދަން.. މާދަމާ ސުކޫލަށް ވެސް ދާން ޖެހެއެއްނު ދޯ”..މަންމަ އާއި ޑެޑީއަށް ގުޑްނައިޓް ކިޔާފައި އަހަރެން އަވަހަށް ކޮޓަރިއަށް ވަދެ ނިދަން އޮށޯތީމެވެ…

މިއަދު ސުކޫލު ނިމުނީ 2 ވެސް ޖެހި ފަހުންނެވެ.. އަހަރެން ހުރީ ވަރަށް ވަރުބަލި ވެފައެވެ.. ޖެހި ޖެހިގެން 3 އެކްސްޓްރާ ކްލާސް ވެސް އޮތެވެ.. ގެއަށް އާދެވުމުން އަހަރެން ދިޔައީ ފެންވަރާލާށެވެ.. ފެންވަރައިގެން ނިކުތް ގޮތަށް އަހަރެން އެނދުމައްޗަށް ވެއްޓިގަތީމެވެ… އެހެން އޮއްވާ އަހަރެންނަށް ނިދުނު އިރެއް ވެސް ނޭނގެއެވެ.. އަހަރެންނަށް ހޭލެވުނީ އިންސްޓަގްރާމް އިން ނޮޓިފިކޭށަން ތައް އަންނަ އަޑަށެވެ.. ވެފައި ހުރި ވަރުބަލި ކަމުން އަހަރެންނަށް  ދެލޯ ހުޅުވާލެވެނީވެސް ކުޑަ ކުޑަ ކޮށެވެ.. އަހަރެން އިންސްޓަގްރާމް އަށް ވަދެލާފައި އައިސްފަ ހުރި މެސެޖުތަށް ބަލާލީމެވެ.. އެންމެ ފުރަތަމަ ވެސް އަހަރެން ބަލާލީ ލަޔާ ކޮއްފައި އިން މެސެޖެވެ..” މައީ ޕްލީސް.. ޔޫއާން އާ ރައްޓެހިވާންވީނު..އަހަރެންނަށް ޓަކައި”….”ނޫން!!”…”އަޅެ މައީ ޔޫއާން ބުނި އެންމެ ވީކެއް ދޭށޭ… 1 ވީކްގެ ތެރޭގައި ޔޫއާން މައީ ދެކެ ލޯބިވާ ވަރު ހާމަ ކޮއްދޭނަމޭ..”….ނޫނެކޭ ނޫނެކޭ!!!”…” އަޅެ މައީ އެންމެ ފަހަރަކު ވެސް ވިސްނާލަބަލަ.. އަހަރެންނަށް ފެންނަ ގޮތުގަ ޔޫއާން އަށް 1 ޗާންސް ދިނުން ރަނގަޅީ ..އެއީ 1 ވީކް ވަން ދެން މައީ ޔޫއާން އާ ރައްޓެހިވެގެން އުޅުމައްފަހުވެސް މައީއަށް ޔޫއާން ކަމުނުދަންޏާ ދެން ޔޫއާން ބުނި މައީ އަކަށް އުނދަގުލެއް ނުކުރާނަމޭ”….”އެންމެ ފަހަރަކު ނޫން އަހަރެން އެތަށް 100 ފަހަރަކު ވިސްނައިފިން… އަޅެ ނޫނެކޭ ލަޔާ.. މިއީ ކުޅޭ ކުޅި ވަރެއް ނޫނޭ.. ލޯބިވާ ވަރު ހާމަ ކޮއްދެން ކީއްކުރަން ވަކި ރައްޓެހިވަނީކީ… އަހަރެން ޔޫއާން އާ ރައްޓެހި ނުވިއަސް ޔޫއާން އަހަރެންދެކެ ލޯބިވާނަމަ ލޯބިވާ ވަރު ހާމަ ކޮއްދެވޭނެ..”…”އަމް އެހެން ވީރު ޔޫއާން އާ މައީ ރައްޓެހިވާން ބޭނުންނުވާ ސަބަބު ބުނެބަލަ.. ލޯބިނުވާތީއޭ ނުބުނައްޗޭ”…” އަހަ އަހަ ބަލަ އަހަރެން ޔޫއާން އާ ރައްޓެހިނުވަނީ ކީއްވެ ކަން އެންމެ ރަނގަޅަށް އިނގޭނީ ހަމަ ލަޔާ އަކަށްނު.. އަހަރެން ލަޔާ އަށް އެތަށް ފަހަރަކު ކިޔައިދިނިން”…”އަހަރެން ހަނދާނެއް ނެއް.. ނިކަން މެސެޖުން ކިޔާބަލަ”…”އަހަ އަހަ ޔޫއާން އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވޭ… އަހަރެން އެކަން ގަބޫލު ކުރަން.. ޔޫއާން އަހަރެންނަށް ޓަކައި 2 ވަރަކަށް އަހަރު ދުވަހު ވެއިޓް ކޮއްފި…އެކަން ވެސް ގަބޫލު ކުރަން އެކަމް.. އަހަރެން ޔޫއާން ދެކެ ލޯއްބެއް ނުވޭ އެއްގޮތަކަށް ވެސް… އަހަރެން ޔޫއާންއާ ރައްޓެހިވާންވީ ސަބަބުތައް ބައިވަރު ނަމަވެސް ރައްޓެހި ނުވާންވި ހަަމަ އެންމެ ސަބަބެއް އޮތަސް އަހަރެން ނުވާނަން..”….”މައީ!!! ރައްޓެހިވުމަށް ފަހުވެސް ލޯބިވެވޭ މީހުން ތިބެއޭ.. މައީ އަށް ކިހިނެއްތަ އިނގެނީ މައީ ޔޫއާން އާ ރައްޓެހި ވެގެން އުޅުނީމަ މައީ ޔޫއާން ދެކެ ލޯބިނުވެވޭނެ ކަމެއް.. ބަލާބަ.. އަހަރެންނާ އަމީން އާ ދެމީހުނަށް.. އަހަރެން އަމީން އާ ރައްޓެހިވީއިރު އަހަރެން ނުވޭ އަމީން ދެކެ ކުޑަކޮއްވެސް ލޮއެއްބެއް.. އެކަމަކު މިހާރު މިއޮތީ ކީއްވެފަ..”…”ތިކަމުގަ ލަޔާ އާ އަހަރެންގެ ސިޓުއޭށަން ވަރަށް ތަފާތު… ލަޔާ ލޯބިވާ މީހެއް ނުހުރެއެންނު.. އޭގެ ކުރީގައެއް.. އެކަމަކު އަހަރެން ރައިހާން ދެކެ ލޯބިވާހާ  ހިނދަކު އެހެން އެކަކު ދެކެ ވެސް ލޯބިނުވެވޭނެ.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އިތުރު އެއްވެސް މީހެއްގެ ލައިޕް ހަލާކު ވާކަށް ލަޔާ ޕްލީޒް”…”މައީ އެކަމް…”…”ލަޔާ ތީ އަހަރެންނަށް  ހެޔޮ އެދޭ މީހެއްނަމަ އަހަރެންނާ ޔޫއާން އާ ގާތް ކުރާކަށް ނޫޅޭނެ.. ޔޫއާން އަކީ ކިހިނެއް އުޅޭ މީހެއްކަން އަހަރެންނަށް ވުރެ ބޮޑަށް އިނގޭނީ ލަޔާ އަށް ޔޫއާން އަކީ އަބަދު އަބަދު ފޮނިކަނޑާ މީހެއް.. އަބަދުވެސް ބޭކާރު އަނގަ ތަޅާ.. އުޅެނީ އަބަދުވެސް މޮޔަ އެއްހެން އެންޑް ހީ އިޒް ސޯ ސްޓުޕިޑް.. ނުވިތާކަށް ސިނގެރޭޓު.. ބޮނީ ކީ ނޫން ސިނގެރޭޓު ކަނީވިއްޔަ ހުރެގެން އެހާ ވެސް ގިނައިން ސިނގެރޭޓު ބޮއެ… ސުޕާރި ބޮޑު ޕެކެޓެއް އެ ހުސްކޮއްލަނީ އެއް ދުވަސް މަތިން.. މަންމަ މެން ބުނާ ބަހެއް ނާހާ ނުވިތާކަށް ކުޑަކޮއް ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރޭ.. އަހަރެންނަށް އިނގޭ އަމީން ވެސް މަސްތުވާތަކެތި ބޭނުން ކުރާކަން އެކަން ލަޔާ އަށް ނޭނގިއެއް ނުހުންނާނެ.. އަދިވެސް ބައިވަރު ކަންކަން އެބަ ހުރި ކިޔަންވީތަ؟؟”…”ނޫނޭ ތިވަރުން ފުދޭ”….އަހަރެން މެސެޖުން ދެއްކި ހުރިހާ ވާހަކައެއްގެ ސްކްރީންށޮޓް ނަގާފަ ލަޔާ ޔޫއާން އަށް ފޮނުވާނެ ކަން އަހަރެންނަށް އެނގެއެވެ…އެހުރިހާ އެއްޗެއް ކީ ވެސް ހަމަ އެހެންވެއެވެ.. އެ މެސެޖުތަށް ޔޫއާން އަށް ފެނިއްޖެނަމަ އަހަރެން މަތިން ފޫހިވާނެ ކަން ޔަގީނެވެ….

ކަންދިމާވީވެސް ހަމަ އެހެނެއެވެ.. ލަޔާ ޔޫއާން އަށް ސްކްރީންށޮޓް ނަގާފަ ފޮނުވިކަމަށް އަހަރެންގާތު ބުނިއެވެ… އޭގެ ފަހުން ޔޫއާން ގެ ފަރާތުން އަހަރެންނަކަށް އެއްވެސް އުނދަގުލެއް ނުވެއެވެ..ނަމަވެސް އަހަރެންނާ ލަޔާގެ ގުޅުން ވަނީ ކުރިއަށްވުރެ ހީނަރުވެފައެވެ…

ފުރަތަމަ ޓާމް ނިމުނީއެވެ.. ލިބުނު ޗުއްޓީގައި އަހަރެންގެ ކުޑަ ކުޑަ އާއިލާ އާއެކު އަހަރެން ދިޔައީ ލަންކާ އަށެވެ.. ލަޔާ މެން ރަށަށް ދިޔައީއެވެ…އޭގެ ފަހުން މިހާރު ހަފްތާއެއް ފާއިތު ވެއްޖެއެވެ.. އަހަރެން ލަޔާ އަށް ގުޅީމެވެ..”ލާޔޫ!!! އަހަރެން މަތިން މިސް ވެސް ނުވަނީތަ ގުޅާވެސް ނުލާ..”…”އަހަ އަހަ މައީ ތި ގުޅިއެންނު އެހެންވީމަ އޯކޭ ވާނެ”…”ކޮބާ ތި ކޮޅު މަޖާތަ ވަރަށް؟؟”…”ސޮރީ މައީ މިގަޑިއަކު ނެތް މާ ވަރަކަށް ވާހަކަ ދެއްކޭކަށް މިއުޅެނީ ސިނެމާ ޖައްސައިގެން ހާނިމްބެ އާ ރައިހާން އާ އީޝާ އާ މީހުން ބައީ”… އަހަރެންނަށް އެއްޗެކޭ ނުބުނެވޭ ދެކަށް ލަޔާ ފޯނު ކަނޑާލިއެވެ… ރައިހާން އާ އީޝާ އާ އެކުގައި ތިބިކަން އެނގުމުން އަހަރެންގެ ހިތުގައި ކުޑަކޮއް ރިއްސާލިއެވެ… އޭގެ ދެދުވަސް ވަރު ފަހުން އަނެއްކާވެސް އަހަރެން ލަޔާއަށް ގުޅީމެވެ..”އޭއި!!!”…”އޯއި މައީ ކީއްވީތަ؟؟”…”ކަމެއް ނުވޭ  ހަަމަ ގުޅާލީ”…އޭރު އަހަރެންނަށް އީޝާ އާ ރައިހާން ވާހަކަ ދައްކަ ދައްކާފަ ހޭ އަޑު އިވެއެވެ..”އެހެންވެއްޖިއްޔާ ފަހުން ގުޅާބަލަ.. މި އުޅެނީ އެންމެން މަޖާ ހަދައިގެން މި ގަޑީ ބިޒީއޭ!!”.. އޭގެ ފަހަކުން އަހަރެން ލަޔާ އަކަށް ނުގުޅަމެވެ.. އޭގެ ހަފްތާއެއްހައި ދުވަސް ފަހުން އަހަރެން މަންމަ މެނާއެކު މާލެ އައީމެވެ.. އަހަރެން ހުރީ އެއްގޮތަކަށް ވެސް އަންނަ ހިތަކުން ނޫނެވެ.. ލަންކާ ގަ އުޅެން މާ ބޮލަށް ފަސޭހައެވެ..

ލަޔާ ނެތުމުން އަހަރެން  ހުރީ ވަރަށް ވެސް ފޫހިވެފައެވެ.. ލަޔާ އަށް ގުޅަން ފޯނު ނަގާފަވެސް އަނެއްކާ ބޭއްވީއެވެ.. އަހަރެން ގުޅުމުން ލަޔާ ހެދި ގޮތް އަހަރެން ހަނދާނުގަ އެބަހުއްޓެވެ.. އަހަރެން އިންސްޓަގްރާމް އަށަ ވަދެލީ ރައްޓެހިކުދިންނާ ވާހަކަ ދައްކާލާށެވެ.. ލަޔާ 3 ނިއު ޕޯސްޓް ކޮއްފައި އިނެވެ… އެ ޕޮޓޯތަށް ފެނި އަހަރެންގެ ކޯތާފަތް މަތީ ކަރުނައިގެ ކޯރެއް ދެމުނެވެ.. އީޝާގެ 3 ފޮޓޯ ލާފަ ބެސްޓްފްރޭންޑް އޭ ޖަހާފަ އިނެވެ.. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ.. އަހަރެންނަށް ވަކި ކުރެވޭނީވެސް ކީއްތޯ.. ރައްޓެހިން ހޮވާނީ އެމީހެކެވެ..

އެއީ ހޮނިހިރު ދުވަހެވެ. އަހަރެން  އޮތީ ގަދަ ނިދީގައެވެ.. އަހަރެންނަށް ކުއްލިއަކަށް ހޭލެވުނީ ކޮންމެސް މީހެއް އަހަރެންގެ ނޭފަތަށް ކަފަ ބުރެއް ކޮއްޕާލުމުންނެވެ.. އެރީ ރުޅީގައި އަހަރެން ހަޅޭހަވައިގަތީމެވެ.. ރޭގަ ނިދުނު ލެއް ލަސްކަމުން އަހަރެން ހުރީ އަދިވެސް ނިދާލުމަށް ބޭނުންވެފައެވެ.. ނަމަވެސް އެނދުމަތީގައި ހޭން ހުރި ހައިޝަމް ތުއްތު އަހަރެންނަކަށް އެ ފުރުސަތެއް ނުދިނެވެ…އައި ރުޅީގައި އަހަރެން ހައިޝަމް ތުއްތު ކޮއްޕާ އެނދުން ވައްޓާލީމެވެ..”އަހަ އަހަ ސޮރީ އޭ.. މިހާރު އެއޮތް 12 ޖަހަނީ ވިއްޔަ ކާކުތަ މިހާ ލަސްވަންދެން ނިދާނީ”…”އަހަރެންނެއްނު” އަހަރެން އިނީ އަދިވެސް ނިދިބުރާންތި ކާފައެވެ.. “އޭ ތިއެއްނޫނޭ އެބައޮތް ބުނަން ވަރަށް ބޮޑު ވާހަކަ އެއް.”..”ބުނެބަލަ”…”މައިއްކޮ މެން ކްލާހުގަ އުޅޭތަ ޔޫލީ ކިޔާ ކުއްޖެއް؟؟ ރީތިތަ އެކުއްޖާ؟؟ ހަމަ ރަނގަަޅު ކުއްޖެއްތަ އެއީ؟؟ ހީވޭތަ ހައިޝަމް ތުއްތު އާ ގުޅޭނެހެން؟؟”…”ސުއްބޫސް!!! ފަހަރަކު ސުވާލެއް ކޮއްބަލަ ދޯ.. އަހަރެން މީ މެޝިނެއް ނޫނޭ.. އާން އުޅޭނެ ޔޫލީ ކިޔާ ކުއްޖެއް ..މިހާރުލާ އޭނަ އާ ހިތާވީތަ؟؟ ޕިސް  ޕިސް”…”ހިތާވީހޭ؟؟؟؟؟؟ އަހަ އަހަ މައިއްކޮ އޭނަޔަށް ފަހަރި ކިޔާވަރު ކޮއްފަ އެހެރީ”…”އަޖައިބު ކޮއްފި އިނގޭ.. ބުނެވެސް ނުލާ ރައްޓެހި ތިވީ ..ތުއްތު ހާދަ ގޯހޭ އައި ހޭޓްޓްޓް ޔޫއޫއޫ….” އަހަރެން ތުއްތު ގާގައި ބާލީހުން ތަޅަން ފެށީމެވެ…”އައްދޯއި!!! މިބުނީއެއްނު ..އިހައްދުވަހަކު އޭ ރައްޓެހިވީ ވެސް.. އަދި މިއުޅެނީ މީޓް ވެސް ނުކުރެވިގެން”…”ޔޫލީ ހަމަ ލޮލަކުން އަދި ނުދެކެންތަ؟؟”…”އާން ފޮޓޯ ތަކުން އެކަނި ފެނުނީ”…”ޕިސް ޕިސް ތުއްތު އަށް ހަމަ ސާބަސް”..

އަހަރެން ފެން ވަރައިގެން ނިކުތް އިރު މަންމަ އަހަރެންގެ ކޮޓަރީގެ ދޮރުމަތީގައި އިނެވެ..”ދަރިފުޅާ ކޮންމެސް ޔޫލީ އެއް އެބަ ގުޅާ”…”އެއީ އަހަރެންގެ ކްލާސް ކުއްޖެއް”.. އަހަރެން ކަންފަތުގައި ފޯނު ޖައްސާލީމެވެ..”ހަލޯ!!!”….”މައީތަ؟؟”…”ނޫން ހަންޑިއެއް.. އެހެންޏާ!!”…”ހޫން!! ކޮބާ ކިހިނެއް ހާލާހުވާލު؟؟”….”އަހަ އަހަ ކޮންމެހެން ބޭކާރު އަނގަ ތަޅާނެ ކަމެއް ނެތް ޔޫލީގެ އާޝިގް އެބައިނޭ މިގޭގަ އަވަހަށް ގެންދަން އުޅޭ ނޫނީ އަހަރެންނަށް ހަމަޖެހިލައިގެން ނޭވާއެއް ވެސް ލާން އުނދަގޫވާނެ”…”ދެން!! މައީ ކިޔާއެއްޗިސް ދޯ ..އަ ލަދްސް…”…”ތީ ލަދުގަންނަން އިނގޭ މީހެއް ކަމެއް އަހަރެންނަކަށް ކުރިއަކުން ނޭނގޭ”….”އަހަ އަހަ”

އަހަރެން ތައްޔާރު ވަމުން ދިޔައީ އެކްސްޓްރާ ކުލާހަށް ދިއުމަށެވެ… މަންމަ ސައިހަދަން އިނުމުން އަހަރެން ސުކޫލަށް ދިޔައީ ތުއްތު އާ އެކުގައެވެ.. އޭރު ޔޫލީމެން ސުކޫލު ގޭޓު ކައިރޫގައި ތިއްބެވެ.. ހައިޝަމް ތުއްތު އާ ޔޫލީ އެކަކު އަނެކަކަށް ބަލަން އިނުމުން އަހަރެން ކަރުކެހިލީމެވެ.. އަހަރެން ސައިކަލުން ފޭބުމުން ތުއްތު ދިޔައެވެ.. ކްލާހުގެ ބޮޑުބައި އަހަރެން ހޭދަކުރީ ޔޫލީ އާ ދިމާކުރުމުގައެވެ.. 2 ގަޑީރުގެ ދިގު ކްލާހަކަށް ފަހު ގެއަށް ދާ ގަޑިޖެހުނެވެ.. މަންމަ ގުޅާފައި އަހަރެން ބަލާ އާދެވޭނީ ތަންކޮޅެއް ލަހުން ކަމަށް ބުނިއެވެ… ޔޫލީ އާއި ޖައިޝާ މެންގެ ހުންނަނީ ސުކޫލާ ކާރީގައިކަމުން އަހަރެން އެމީހުނާ އެކު ދާން ހިނގައިގަތީމެވެ.. ޔޫލީ މެން ގެއަށް ގޮސް ޔުނީފޯމް ބާލާފައި ޔޫލީގެ ހެދުމެއް ލީމެވެ.. ދެން އަހަރެމެން މިސްރާބު ޖެހީ ފައިހާ މެން ގެއަށް  ދިއުމަށެވެ.. ފައިހާ އަކީ އަހަރެންނަށް ވުރެ 2 އަހަރު ބޮޑުމީހެކެވެ އަދި ޔޫލީގެ ބެސްޓް ފްރެންޑް ވެސް މެއެވެ.. ފައިހާ ވެސް ރައިހާން ދެކެ ވަރަށް ބޮޑަށް ލޯބިވާކަން އަހަރެންނަށް ވަނީ ލަޔާގެ ފަރާތުން އެނގިފައެވެ… އެހެން ކަމުން އަހަރެންވެސް ރައިހާން އޭ ކިޔާފަ ފައިހާ އާ ދިމާކޮށް ހަދަމެވެ… ހިތުގައި ވޭން އެޅިއެއް ކަމަކު ވަރުގަދަ ފަރުދާ އަކުން ފޮރުވާލަނީއެވެ..ރައިހާން ވެސް ފައިހާ އާ ވާހަކަ ދައްކާ ހަދާކަން އަހަރެންނަށް އެނގެއެވެ.. ފައިހާ މެން ގޭގައި އަހަރެމެން އެންމެން ސަކަރާތް ޖަހަން ތިބީމެވެ.. ނަމަވެސް ފައިހާ އިނީ ފޯނުން ކޮންމެސް މީހަކާ މެސެޖު ކުރާށެވެ.. އިރު އިރު ކޮޅާ ހީލައެވެ.. ފައިހާ ފާހަނަ އަށް ވަތް ވަގުތު ބަލައި ޔޫލީ ފައިހާ ގެ ފޯނުނެގިއެވެ.. “ބަލާބަ އޭރުވެސް އަހަރެން ބުނީމެއްނު ރައިހާން އަށް މެސެޖުކުރާށޭ އެ އިނީ”.. ޔޫލީ މަޑު މަޑުން ބުނިއެވެ…ޔޫލީ ފައިހާގެ ފޯނުން ރައިހާން އަށް މެސެޖު ކުރަން ފެށިއެވެ.. “ކީކޭ ކިޔަން ކަމަށް ތިއުޅެނީ” އަހަރެންނަށް ނުހުރެވިގެން ޔޫލީ ގާތު އަހާލީމެވެ..”ފައިހާ އަށް ވެގެން ރައިހާން އަށް ކޮންފެސް ކުރަން ކަމަށް.. ނޫނީ އަހަރެންނަށް ޔަގީން ފައިހާއަށް ދުވަހަކުވެސް ރައިހާން ގާތު ލޯބިވާ ވާހަކަ ބުނަން ނުކުރޭނެކަން”…އަހަރެންގެ ތުންފަތް މަތީގައި ދުވެލީ ފަޑު ހިނިތުންވުމެކެވެ.. ރައިހާން ލޯބިވަނީ އީޝާ ދެކެއެވެ.. ހަަމަ އެކަނި އީޝާ ދެކެއެވެ.. އެހެން ވީމަ ރައިހާން ފައިހާގެ ލޯބި ގަބޫލުނުކުރާނެ ކަން އަހަރެންނަށް ޔަގީނެވެ.. ޔޫލީ މެސެޖު ކުރާތަން ބަލަން އަހަރެން އިނީމެވެ..”ރަ..ރައިހާން ވާހަކަ އެއް ބުނަން ވެފަ އެބައޮތް”…”ޓެލް”…”އައި ލަވްޔޫ”…”ރައިހާން ޖަވާބުގައި އައި ލަވް ޔޫ ޓޫ ޖަހާފަ އިން ތަން ފެނުމުން އަަހަރެންގެ ދެލޯ ބޮޑުވިއެވެ.. ގަބޫލު ނުކުރެވިގެން އެތަށް ފަހަރަކު ބެލީމެވެ..”އާ ޔޫ ސީރިއަސް؟؟” ޔޫލީ އަނެއްކާވެސް ރައިހާން އަށް މެސެޖު ކުރިއެވެ.. “ހޫމް!!!” ރައިހާން ބުނެލިއެވެ … އަދިވެސް އަހަރެން އިނީ ގަބޫލު ކުރަން ދަތިވެފައެވެ………………………………………………………………………………

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. lilly

    guyssssssss…. im reallly sorrrry story mihaa lahun up kurevuneeema… i was reallly busyyy with my studiessss… plss forgive me…sorry again??❤❤❤❤❤

    1. aphxx
      lilly

      Yay I’m first dhyburi .. N i love it .. Warah miss hippo

  2. lilly

    aww miss u moreeee goriii …. i have lotssssss of thingsssssssssssss to telllllllllllllllllllllllllll.. love u sis

  3. lilly

    awww miss u moreeee goriiii … i have lotxx of things to tell ya…. love u sissssssi

    1. aphxx
      lilly

      ❤❤gulhaa laanen free welaafa

  4. Meekkomee

    Alhyy ..whn hadhaaakah nuvaaneh mai ahkah… varah Varah Reethi ?????? whn is next,. waiting for it….. Eh okk vaaneh ?????????luv yeahhhh

    1. lilly
      Meekkomee

      thank u soooo much meeekomee for understandinggg… let me say tht i will submit the next part as soon as possible…..luv u moreeeeeee❤❤❤❤❤

  5. Kairaa

    Its ok lilly….varah varah varah reethi mi part vx…..whn nxt waiting….luv u

    1. lilly
      Kairaa

      thank u sooo much kaiii… next part veehaa vs avahakah up kohdheveythoo try kuraanan

  6. Lamko

    Alhey lilly issok i understand…… Ekamu mi part varah varah reethi ngey…. Missed u….. Wating for the part…. Ly❤️❤️????

    1. lilly
      Lamko

      thank u soooo much lamkooo …miss u more ..lym❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. Umny ???

    Wow it was nice and when is the next part?

    1. lilly
      Umny ???

      thank u umnyyyy…. next part will be up soon❤

  8. Yanaa

    Varah varah varah reethi ❤?❤
    maa sha Allah ?❤?❤?❤
    waiting for the next part.?❤?

    1. lilly
      Yanaa

      aww thank u sooooo much darla….❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. Luvv♥️♥️

    Vvv reethi mihaaru vc keimadhu vefa ummeedhu Kuran vvvv avahah next part nereyne kamah ????

  10. Luvv♥️♥️

    ♥️♥️???

  11. Unknown

    Vee emme haa avahakah next part up Kohla dhinunmakee v bodu ummeedheh and Tuesday ge kurin up Kohla dhiniyya rangalhu vaanee ekam mi part vxx vvvvv reethi ♥️?

    1. lilly
      Unknown

      yeah i will try ingey… btw thankxx❤?

  12. Unknown

    Next part kiyaahithun keimadhu vefa mihiree avaha next part neredhee pls pls ???????

  13. Unknown

    It’s OK ???

Comments are closed.