Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ…19

…”ކީއްވެތަ މާ އުފާވެގެން ތިއުޅެނީ އިއްޔެއް ސުރެ ތި އުޅެނީ ހަމަ ހީލަ ހީލަ”…”ކަ..ކަމެއް ނު..ވެޔޭ”…”އަހަރެންނަށް ދޮގު ހަދަން ދިމާނުކުރައްޗޭ!!”…”އޯކޭ… އައި އެމް ސޮރީ ..އަހަރެން އަމީން އާ ރައްޓެހިވެގެން އުޅެނީ އިއްޔެގަ ވީ…އަހަރެންނަށް ހަމަ ހުރެގެން އުނދަގޫ ކުރަނީ ދެން އެންމެ ފަހުން ވީ”…”ވަޓް!!! އަހަރެން ގާތު ނުބުނީ ކީއްވެ؟؟؟”….”މައީ ހިތްހަމަ ނުޖެހޭނެ ކަން އިނގޭތީ..އަމީން އަކީ ޔޫއާން ގެ ބެސްޓް ފްރެންޑް ވީމަ”…”ޕިސް ޕިސް އަހަރެން ލަޔާގެ އުފަލަކަށް ހުރަހެއް ނާޅާނަމެންނު…ލަޔާ ކޮންމެ ޑިސިޝަން އެއް ނެގިއަސް އަހަރެން އަބަދުވެސް ލަޔާ އަށް ސަޕޯޓް ކުރާނަމޭ”.. އަހަރެން  ގަދަކަމުން ހީލަމުން ބުނެލީމެވެ.. އައި ލަވް ޔޫ ބީބީ އޭ ކިޔާފަ ލަޔާ އަހަރެން ގައިގާ ބައްދައިގަތެވެ.. އަހަރެން އެހެން ބުނިއެއްކަމަކު.. ކޮންމެސް ނުބައެއް އުޅޭހެން އަހަރެންނަށް ހީވެއެވެ.. ކޮންމެސް ކަމެއް ގޯސް ވާން އުޅޭކަން އަހަރެންގެ ހިތް ބުނަމުން ދިޔައެވެ…………………………

ލަޔާ އަމީން އާ ރައްޓެހިވެގެން އުޅޭތާ ހަފްތާއެއް ވީއެވެ.. އެ ދެމީހުން ވާހަކަ ދައްކަމުން ދިޔައީ މުޅިންވެސް މެސެންޖާއިިންނެވެ.. ލަޔާ އަހަރެންނާ ދުރުވަމުން ދާހެން އަހަރެންނަށް ހީވެއެވެ.. ނަމަވެސް އެކަމާ މާބޮޑަށް އަޅާނުލީ ލަޔާ އާ އަމީން އާ ދޭތެރޭ އަހަރެންގެ ސަބަބުން ކުޑަވެސް މައްސަލަ އެއް ޖެހެން ނޭދޭތީއެވެ.. ވޭތުވެ ދިޔަ 7 ދުވަހުގައި ލަޔާ އާއި އަމީން ދިޔައީ އެކަކު އަނެކަކު ދަސްކޮށް.. ވާހަކަ ހިއްސާކުރަމުންނެވެ.. އަހަރެން ދިޔައީ އަމީންގެ ކޮންމެ ހަރަކާތެއްވެސް ފަރުވާތެރި ކަމާއެކު ބަލަމުންނެވެ.. އަމީން މިހާތަނަށް ކުރި ކޮންމެ އަމަލަކުންވެސް އަހަރެންނަށް ފެންނަމުން ދިޔައީ ލަޔާ ދެކެ ވާ ލޮއެއްބެވެ.. ހަފްތާއެއްހާ ދުވަހު ބެލުމަށް ފަހު އެއްވެސް ކަހަލަ ގޯސް ކަމެއް ނުފެނުމުން އަހަރެން އަމީން އަށް ޝައްކު ކުރުން ހުއްޓާލީމެވެ.. ކުރިއާ ހިލާފަށް ލަޔާ އާއި އަމީންއާ ރައްޓެހިވުމަކުން އެއްވެސް މައްސަލަ އެއް ނެތް ކަމަށް އަހަރެން ގަބޫލު ކުރަންފެށީމެވެ..

ނަމަވެސް ދުވަސް ވާ ވަރަކަށް އަމީން ލަޔާ އާ ގާތް ވުމުގެ ހަގީގީ މަގުސަދު ލަޔާ އަށް ނުފެނުނެއްކަމަކު އަހަރެންނަށް ދިޔައީ ފެންނަމުންނެވެ.. ނަމަވެސް އެވާހަކަ އަހަރެން ލަޔާ ގާތުގައި ނުބުނަމެވެ.. އަމީންގެ އެދުމަށް ލަޔާ ވަނީ މެސެންޖާއިން އަމީން އާއި ލަޔާ އާއި ޔޫއާން އާއި އަދި އަހަރެން ލައިގެން ގުރޫޕެއް ހަދާފައެވެ…އަހަރެންގެ ހިތާ ދެކޮޅަށް ކޮންމެ ފަހަރަކުވެސް އަހަރެން ގްރޫޕް ކޯލް ގައި ބައިވެރިވަމެވެ.. ނަމަވެސް މާގިނަ ވާހަކަ އެއް ނުދައްކަމެވެ.. ޔޫއާން  އަހަރެންނަށް އަމާޒު ކޮއް ނުސީދާ ކޮއް ވަރަށް ގިނަ އެއްޗިސް ކިޔާނެއެވެ.. އަހަރެންނަށް ކެއްނުކުރެވޭ ވަރުވުމުން ނިދަނީ އޭ ކިޔާފަ ކަނޑާލަމެވެ.. ނަމަވެސް ލަޔާ އަނެއް ކޮޅުން ޖޮއިން ވާށޭ ކިޔާފަ ބޮލު ކޮށާނެއެވެ.. އެއީ އާދީއްތަ ދުވަހުގެ ހަވީރެވެ.. ލަޔާ އިނީ އަހަރެމެން ގޭގައެވެ..”މައީ ވާހަކަ އެއް އަހާލަންތަ؟؟؟”….”އަހާބަލަ”…”އަސްލު މައީ އަށް ކަމަކު ނުދޭދޯ އަމީން އެއް؟؟ މިބުނީ އަހަރެން އަމީން އާ އެކީ އުޅޭކަށް މައީ ހިތްހަމަ އެއް ނުޖެހޭދޯއޭ؟؟”…”ނޫނޭ ކީއްވެ ތިހެން ތި އެހީ”…އަހަރެން ހަގީގަތް ފޮރުވަމުން ދިޔައީމެވެ…”މައީގެ އަމަލު ހުންނަ ގޮތުން ހަމަ ހީވަނީ .. މައީ އަށް އެނގޭތަ!! އަމީން އަހަރެންނާ ދޭތެރޭ ކަންތައްކުރަނީ ވަރަށް ރަނގަޅަށް.. …އަސްލު ޔޫ..ޔޫއާން ވެސް ވަރަށް ރަނގަޅު.. މައީ ތި ހީކުރާ ކަހަލަ މީހެއް ނޫން އެއީ”… އަމީން އާ ދޭތެރޭ އަހަރެންނަށް ހީވަމުން ދިޔަ ކަންތައްތައް ލަޔާ ގާތުގައި ބުނަން  ކިތްންމެ ހާވެސް ބޭނުންވިއެވެ.. ނަމަވެސް ބުނާނެ ބަހެއް ދުލަކަށް ނައެވެ..”ތި ދެމީހުންގެ އެނިވާސަރީ އަކީ ކޮންދުވަހެއްތަ؟؟؟”…އަހަރެން މައުލޫބަދަލު ކޮއްލީމެވެ.. “އެނިވާސަރީ ދޯ! އަހަރެން ހަނދާނެއްނެތް ހީއެއްނުވޭ އަމީންވެސް ހަނދާން ހުންނާނެހެނެއް.. އެކަމަކު ޔޫއާން ހަނދާން ހުންނާނެ ހަމަ ގައިމުވެސް އަހަ އަހަ”..ލަޔާ ހެމުން ހެމުން ބުނެލިއެވެ…”މައީ!! އަމް.. ޔޫއާން އަށް އެންމެ ޗާންސްއެއް ދޭންވީނު”…”ކީކޭ!!!!! ލަޔާ މޮޔަވީތަ”…”އަޅެ ކީއްތަ ވާނީ ޔޫއާން މައީ ދެކެ ލޯބިވާ ވަރު ހާމަ ކޮއްދޭން އެންމެ ޗާންސެއް ދިނިއްޔާ.. މައީ ގައިން ތަނެއް މަދުވޭތަ “….ޔޫއާން ގެ ކަންތަކާ މެދު ލަޔާ އަހަރެންނާ ޒުވާބު ކުރިއެއް ކަމަކު އަހަރެން އަޖައިބެއް ނުވެއެވެ.. ލަޔާ އަމީން އާ ރައްޓެހިވި ކަން އެނގުނު ދުވަހުން ފެށިގެން މިހެން ކަންތައް ވާނެ ކަން އަހަރެންނަށް އެނގެއެވެ… “ތިކަހަލަ ވާހަކަ ދައްކާކަށް މޫޑެއް ނެތް މިގަޑިއަކު “..އަނގައިން ބަހެއް ބުނުމެއްނެތި ލަޔާ ގެއަށް ދިޔައެވެ…އަހަރެން ޔޫއާން ދެކެ އަރާ ރުޅި ދިޔައީ ގަދަވަމުންނެވެ… މިހުރިހާ ކަމެއް ވީ ޔޫއާންގެ ސަބަބުންކަން އަހަރެންނަށް ގަބޫލު ކުރެވެމުން ދިޔައެވެ… ރޭނގަޑު 8 ޖެހީއެވެ.. އަހަރެން ކައިގެން އައިއިރު ލަޔާ މެސެޖެއް ކޮއްފައި އިނެވެ..”މައީ ވަރަށް ބޮޑަށް ސޮރީ މިއަދު ވީ ކަންތަކާ “….”އިޓްސް އޯކޭ”…”މިގަޑީ ފްރީތަ؟؟؟”…”އާން ވަރަށް ފޫހިވެފަ މީނީ”….”ޕާފެކްޓް… އެއްކަލަ ގްރޫޕަށް ވަދެބަ މި ގުޅަނީ ގްރޫޕް ކޯލް އެއް”…”ލަޔާ އާ އިތުރަށް ޒުވާބު ކުރަން ބޭނުން ނުވާތީ އަހަރެން ކޯލް އަށް ޖޮއިން ވީމެވެ… އަމީން އާއި ޔޫއާން ވާހަކަ ދައްކަމުން ދިޔައެވެ…”ހިނގާބަލަ ޓްރޫތް އޯ ޑެއާރ ކުޅެން” ފުރުސަތުގެ ބޭނުން ހިފައި ޔޫއާން ބުނެލިއެވެ.. ދެން ތިބި އެންމެން އެކަމަށް އެއްބަސް ވުމުން އަހަރެންނަކަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.. ފުރަތަމަ ޖެހުނީ ޔޫއާން އަށެވެ.. ޔޫއާން ނެގީ ޓްރޫތް އެވެ.. ޖަވާބު އެނގި ހުރެވެސް އަހަރެންނަށް އަޑުއިއްވަން ވެގެން އަމީން ޔޫއާން އާ ސުވާލު ކުރިއެވެ.. “ޔޫއާން ލޯބިވާ އަންހެން ކުއްޖެއް ހުރޭތަ.. ހުރިއްޔާ ނަމާ ލޯބިވާ ސަބަބު”..އަހަރެން ވަރަށް ބޮޑަށް ލޯބިވާ ކުއްޖެއް ހުރޭ.. މިހާރު ދެ އަހަރު ވެދާނެ.. އަހަރެން އޭނަ ކާރީގައި އެތަށް ފަހަރަކު ރައްޓެހިވަން އެހިން އެކަމަކު އަބަދުވެސް ލިބެނީ ހަމަ އެއްޖަވާބެއް.. ނޫނެކޭ.. އޭނަ އަހަރެންނާ ރީއްޗަށް ވާހަކަ ވެސް ނުދައްކާ އެކަމަކު އޭނަ އަހަރެންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްް ކުރިއަކަސް އަހަރެންނަކަށް އޭނަ މަތިން ހަނދާން ނައްތައެއްނުލެވޭނެ … ހަނދާން ނައްތާލާކަށް ބޭނުމެއްވެސް ނޫން.. އެހާވެސް ލޯބިވޭ.. ލޯބިވާ ސަބަބު ތައް ބައިވަރު.. އޭނަގެ ޕާސޮނަލިޓީ އަހަރެންނަށް ވަރަށް ކަމުދޭ.. އޭނަ ހެދުން އަޅާގޮތް ވެސް ވަރަށް ކަމުދޭ… އޭނަ އަހަރެންނާ ދިމާލަށް ބަލާ ރުޅިވެރި ކަމުން ފުރިފައިވާ ތޫނު ދެލޯ ވެސް ވަރަށް ރީތި… އަދިވެސް ބައިވަރު..ބައިވަރު.. އޭނަ އެބައިން މި ކޯލް ގަ މިހާރުވެސް ދޯ މައިޝާ”… އަމީން ހޭން ފެށިއެވެ..”އަޅެ އެ ކުއްޖާޔަށް އެނގޭނެ ނަމަ ދޯ ޔޫއާން އޭނަދެކެ ލޯބިވާ ވަރު.. އަހަރެންނަށް ޔަގީން ޔޫއާން އަށް ވުރެ ބޮޑަށް އޭނަދެކެ ލޯބިވާނެ މީހެއް ދެން އޭނަޔަކަށް ނުލިބޭނެކަން”..އަމީން ބުނެލިއެވެ.. އަހަރެން އިނީ ވަރަށް ކެއްކޮއްގެނެވެ.. ދެން ޖެހުނީ އަހަރެންނާއެވެ…”ޓްރުތް”…”މައީ ޔޫއާން ދެކެ ލޯބިވޭތަ ނޫނީ ދުވަހަކު ވެސް ވިންތަ ނުވާނަމަ ސަބަބު”…ޖަވާބު އެނގި ހުރެ ލަޔާ އަހަރެންނާ އެކަހަލަ ސުވާލެއް ކޮއްފާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ.. އަމީން ލަޔާގެ ބޯކާލީކަން އަހަރެންނަށް ޔަގީނެވެ.. “ވަރަށް ރީއްޗަށް މި ބުނަނީ ޔޫއާން ކިޔާ މީހެއްދެކެ އަހަރެން ލޮއެއްބެއް ދުވަހަކު ވެސް ނުވޭ އަދި ނުވެސް ވާނަން.. ސާފުވެއްޖެތަ؟؟ އޮތީ ހަމަ އެންމެ ސަބަބެއް.. ލޯބިނުވާތީ..”… އަހަރެންގެ ޖަވާބާއެކު އެންމެންގެ އަނގަ ބަންދުވި ކަހަލައެވެ.. އަހަރެން ލަޔާ އަށް ޕްރައިވެޓް ކޮއް ނިދަނީއޭ ބުނެފަ ކޯލް އިން ވަކިވީމެވެ.. މިއީ ކޮންމެ ރެއެއްގެ ވެސް ހާލަތެވެ.. އަހަރެން ކެއްގަދަ އެއްނޫންތަ؟؟؟؟ ލަޔާ އަހަރެންނަށް މެސެޖެއް ފޮނުވިއެވެ.. “މައީ ޔޫއާން ބުނި ވާހަކަ އެއް ބުނަން އެބަ އޮތޭ.. އަހަރެން ކާރިއަކު ނުބުނި އަޅެ އަހަރެންނަށް ޓަކައި ނަމަވެސް އެންމެ ފަސް މިނެޓް ޔޫއާން އާ ވާހަކަ ދައްކާލަބަލަ” އަހަރެން ހޫމް އޭ ބުނެލީމެވެ.. މާލަސްތަކެއް ނުވެ ޔޫއާންގެ މެސެޖެއް އައެވެ…”މައީ.. ކިހިނެއް؟؟”…”އަހަރެންނަކަށް ހިޔެއްނުވޭ ޔޫއާން އަހަރެންނަށް ތި މެސެޖު ކުރީ ހާލާ ހުވާލު އަހާކަށެއް.. ބުނަން އުޅޭ އެއްޗެއް އަވަހަށް ބުނެބަލަ”…”އޯކޭ އަހަަރެން މި ގުޅަނީ އިނގޭ” އަހަރެން އެކައްޗެކޭވެސް ނުބުނަމެވެ.. ޔޫއާން ގުޅީމަ އަހަރެން ޕޯން ނެގީމެވެ..”ހަނދާން ކުރައްޗޭ ޔޫއާން އެންމެ 5 މިނެޓް އިތުރަށް އެންމެ ސިކުންތެއްވެސް ނުލިބޭނެ.. ލަޔާ އަހަރެން ކައިރީ އާދޭސް ނުކުރިނަމަ 5 މިނެޓް ކީއްކުރަން އެންމެ މިނެޓެއްވެސް ނުލިބޭނެ”…”ޕިސް ޕިސް މައީ ތި ރުޅި މަޑުކޮއްފަ އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ..އަހަރެން ބުނަން އުޅުނީ ލަޔާ އާ އަމީން އާ މީޓް ކޮއްދެން ހިނގާށޭ.. މާދަމާ އަކީ އެދެމީހުން ރައްޓެހިވެގެން އުޅޭތާ 1 މަސް ވާ ދުވަސް.. އެހެންވެ”.. އަހަރެން ވިސްނާލީމެވެ.. ލަޔާގެ އުފަލައްޓަކައި އެކަން ކޮއްދޭން ވީތާއޭ އަހަރެންގެ ހިތަށް އެރިއެވެ.. “އޯކޭ އެހެންވީމަ މާދަމާ ރޭ.. ހަޓް ތައް ހަދާފަ ހުންނަ ދިމާ އަތިރިއަށް އަހަރެން ދާނަން ލަޔާ ގޮވައިގެން” …”އޯކޭ އަހަރެންވެސް ދާނަން އަމީން ގޮވައިގެން .. އެދެމީހުން ކައިރީގައި ނުބުނައްޗޭ މި ވާހަކަ”…”ހޫމް.. ޔޫއާން އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެބައޮތް”…”އަވަހަށް ބުނޭ… ބުނާ ކޮންމެ ކަމެއް ކޮއްދޭނަން”…. އަހަރެންނާ 1 ފޫޓު ދުރުގަ ހުންނަންވާނީ އެޔަށް ވުރެ ކައިރި ވެގެން ނުވާނެ”…ޔޫއާން އާއެކޭ..ބުނެލިއެވެ… އޭގެ އަނެއްދުވަހު އަހަރެން ލަޔާ ކާރީ އަތިރިއަށް ދާން ހިނގާށޭ ބުނުމުން ވަރަށް އަވަހަށް އެއްބަސް ވިއެވެ.. ދާ ސަބަބެއް ވެސް ނާހައެވެ.. އެރޭ އަތިރިއަށް ދާން ތައްޔާރުވަން އިންދާ ލަޔާ އައެވެ… އަހަރެން ތުންފަތުގައި ލިޕްސްޓިކް ޖައްސަން އުޅެނިކޮށް އެކަން މަނާ ކުރީ ލަޔާއެވެ…އަހަރެން ލައިގެން ހުރި އަތްދިގު ކަކުލާ ހަމައަށް ދާ ހެދުން ބަދަލުކުރާށޭ ވެސް ބުނީ ހަމަ ލަޔާއެވެ.. އަހަރެންގެ އަލަމާރި އެފުން މިފުށަށް ޖަހާލައިފައި އޭގެއިން އަތްދިގު ކްރޮޕް ޓޮޕް އަކާ ހައިވެއިސްޓް ޖިންސެއް ނަގައިގެން އައިސް އަހަރެންގެ އަތަށް ދީފައި އޭތި ލާށޭ ބުނިއެވެ.. އަހަރެން އޭތި ލައިގެން އަވަސް އަވަހަށް ބުރުގައި އަޅައިގެން  އަތިރިއަށް ދާން ނިކުތީމެވެ.. ކުރިއަށް އެޅޭ ކޮންމެ ފިޔަވަކުން އަހަރެންގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ… އަތިރި އަށް ދާ މަގުގައި އިންނަ ޖޫގޯ ޝޮޕަށް ލަޔާ ވެންނީ ދެ ޖޫގޯ ގަންނާށެވެ..އަހަރެން އިނީ ލަޔާ އަންނަން ދެން ބޭރުގާ މަޑުކޮއްގެނެވެ.. ކުއްލިއަކަށް ލަޔާގެ ޕޯނު ރިންގުވާން ފެށިއެވެ.. ނަމަކަށް “މައި ލަވް” އޭ ޖަހާފާ އިނުމުން އެއީ އަމީން ކަން އަހަރެންނަށް އެނގުނެވެ.. އަހަރެން ޕޯން ނެގުމަށްފަހު ކަންފަތުގައި ޖައްސާލީމެވެ.. އެކޮޅުން އަމީން ވާހަކަ ދައްކަން ފެށީ ލަޔާ ކަމަށް ހިތަށް އަރާފައެވެ…”ބޭބީ ކޮބާތަ ތިމީހުން އަހަރެން މީނީ ޔޫއާން ގޮވައިގެން އަތިރީގައޭ.. އަވަހަށް އާދެބަލަ މައިޝާ ގޮވައިގެން .. އެދެމީހުން މިރޭ މީޓް ކޮއްނުދެވިއްޖިއްޔާ… ވަރަށް ކަޑަ ވާނެ… އޮޅިގެން ވެސް  މައިޝާ ކާރީ ނުބުނައްޗޭ..”…”އެހެންތަ އަމީން.. ވަރަށް މޮޅު އިނގޭ ހަމަ ޕްލޭން ކުރަން.. އަހަރެން ބުނަން އޮތީ ތިތާ ޔޫއާން ކިތަންމެ އިރަކު ހުއްޓަސް އަހަރެންނެއް ދުވަހަކުވެސް ނުދާނަން.. ލަޔާ ގޮސްދާނެ އެކަމަކު އަހަރެންނެއް ނުދާނަން.. ބައީ” އަހަރެން ޕޯން  ކަނޑާލީމެވެ.. ލަޔާ އަހަރެންނަށް ވަގަށް އެކަހަލަ ކަމެއް ރާވާފާނެ ކަމަކަށް އަހަރެންގެ ހިތަށްވެސް ނާރައެވެ… އަހަރަނެ އިނީ ލަޔާދެކެ  ވަރަށް ބޮޑަށް ރުޅިއަސްސައެވެ.. އެ ތިން މީހުންވެގެން އަހަރެން މޮޔަހެއްދީއެވެ.. އަމީން ލަޔާ އާ ރައްޓެހިވުމުން .. ޔޫއާން އާ ރައްޓެހިވާށޭ ކިޔާފަ ލަޔާ އަހަރެންނަށް ޕްރެށަރު ކުރާނެ ކަން އަހަރެންނަށް އެނގެއެވެ.. އަހަރެންގެ ހިތް ބުނާގޮތުގައި އަމީން ލަޔާ ކައިރީގައި ރައްޓެހިވާން އެހީ ޔޫއާންގެ އެދުމަކަށެވެ… ލަޔާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެެރިޔާ ކަން ޔޫއާން އަށް އެނގޭނެއެވެ.. އަމީން ލަޔާ އާ ރައްޓެހިވުމުން ޔޫއާން އަށް އަހަރެންނާއެކު އުޅޭނެ ފުރުސަތުތައް ގިނަ ވާނެއެވެ.. ޔޫއާންގެ ސިކުނޑިއަށް މި ކަހަލަ ހިޔާލެއް އަންނާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ.. މިކަމުގެ ސަބަބުން ލަޔާ އަހަރެންނާ ދުރުވާނެއެވެ… …. ދެން ވާ ގޮތެއް ބަލަމާ ދޯ!!!!!!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (38)

  1. Lamko

    Me first dhw…… Lilly im speechless???varah varah reethi alhe varah kiyaa hithun huttaa e nimunii……☺️☺️curiosly waiting for the next part…. Lysm sis??❤️❤️❤️

    1. lilly
      Lamko

      thankuuu lamkoo ❤❤❤❤❤❤❤ lymmm

  2. Umny ???

    Wow Vara Reethi and Kon iraku next part?

    1. lilly
      Umny ???

      thankuuu umnyy .. next part mi week therey up kuraanan ❤❤❤❤

  3. aphxx

    Wow dhyburi this is going amazingggggg
    Raihaan ah wisneyne nama maisha esoro dheke loabi wan wara ekm kyh keranoo mi firehenun ge getu wumuge bai hama kuda yoo??? Dhn hingai balamaa maisha bonegen tho raihaan ah ingenoo noanuwwa meehaku bonanu tho
    N mi yuan haadha clingy ey dhw
    The story is very nice keep going dhyburi❤️

    1. lilly
      aphxx

      raihaan ah dhn vis nenas nuvis nenas .. varihama the word “love” is no more ..important …chill sis???❤❤❤

  4. Kylie

    V reethi mi part vx…. Waiting fr nxt….. Ly

    1. lilly
      Kylie

      thank u kylie… lym darla❤❤❤❤❤❤

  5. Nayaa

    Awnnn Lilly… As usual mi prtt vrhh salhi.. Curiously waiting for the next prtt…. Lysssssssm… Maee aa yuaan nugulhuvahcheyy… Whn is the next prtt???… ❤❤❤???❤????????????????????❤❤❤❤❤???????????????????????… #biggestfanoflilly

    1. lilly
      Nayaa

      thank u soo much nayaaa…. ofc maii aa yuuaan akaa nugulhuvaana mennu.. maii noolhey viyyya moya vegeneh dhooo!! n next part mi week ga up kuraanan ..lymmmmmmmmmmmmm..❤❤❤❤❤❤❤❤❤

  6. Tuyri

    Yuaaan suckxxx ingey magey Maii aa yuaan nugulhuvwhcheyy ingey ?♥️?..ly Lilly sis

    1. lilly
      Tuyri

      yeh i agree with u..?❤?

  7. Lamko

    I want to match maii n raihaan….. Varah loabi couple eh eiii…… Alhey lilly ehn vaane tha…… Varah happy vaane ehn vejjiyaa??????

    1. lilly
      Lamko

      lilly vs vv happi vaane ehn vehhjiyyaa.. raihaan boa haru kamun miulheny mihaaru vs?❤❤❤

  8. Amikko

    Vvv salhi I want the next part??????

    1. lilly
      Amikko

      thank u amikkoo ❤❤❤❤

  9. A.Shaya

    whn next i love this storyyy

  10. Esherr

    Varah salhi mi part ves…maa sha allah?

  11. Lamko

    Aan dhw raihaan vc maa boa harii eyh

    1. lilly
      Lamko

      ahah aan keeehkuraaanee❤❤❤?

  12. magnumm

    woah?…..ham chilling ngeyyyyyyyyyyy…..vrh vrh kiyaa hithun indhe kiyaa nimmaaly….next part adhi miah vure vxx habu vrne kahne…….hehehe….luv more

    ?maihancouple #
    ?favauthor #
    ♥lilly loabigandaa #

    1. lilly
      magnumm

      ehe thank u sooo much magnummm gandu… ?❤❤❤❤❤❤❤❤❤❤❤

  13. magnumm

    oh sorry sis?…I meant to wryt lilly loabigandu but i wrte lilly loabigandaa…dont mind with dat plxxx…..ehehhe?

    1. lilly
      magnumm

      e owk vaane dhoo faseyha bahakun vaahaka dhekkeema.. komme hen male bahun vaahaka nudhekkias eii massala eh nooney dhoo .. loabigandaa keema maa reeehchennu???❤❤❤❤❤❤❤❤

  14. Loola

    Aslu vvv reethi ingey mihaaru e vamun dhaa goih… I think there are many surprises ahead ..ryt Lilly??? anyways thank u .Soo much medhu kendumeh nethi story kuriah gendhaathyy..♥️♥️♥️♥️??♥️???♥️???♥️??♥️?♥️♥️??♥️????♥️♥️??♥️♥️???♥️?♥️?♥️♥️??♥️

    1. lilly
      Loola

      alhey welcome loolaa❤❤❤

  15. Lery

    Aslu maisha maa gina myhunnaa rattehi v ma vrh kada ingey … ekm vx hadi eh nun mi stry eh … i think maisha thi yuaan akaa vx rattehi vaane hn … ?
    Dnt take this comment negatively …
    Ur very talented dear …?
    Waiting fr nxt part

    1. lilly
      Lery

      ehehe lets see dhoo .. btw thankxx for commenting?❤

  16. Shina

    Do you watch drama???

    1. lilly
      Shina

      what type of???? u mean????

  17. Lamko

    Lilly koba nxt part….. Varah kiyaalaa hithun keiimadhu vefa mi huriii

    1. lilly
      Lamko

      iyye submit kurin.. next part ..??

  18. Quiiin?

    ވަރަށް ރީތި އިނގޭ
    މާޝާﷲ
    ❤❤❤

  19. aash

    v reethi mi part vx hama habeys????

    1. lilly
      aash

      thank u aash❤❤❤❤❤

  20. jully

    salhi…Hey i ah ahaalevidhaanetha u ge age…Just curious..Hehe but mi part salhi…

  21. Umny ???

    Kobaa next part

    1. lilly
      Umny ???

      submit kurithaaa mihaaru 2 days varu vedhaane ekm adh vs admin publish nukurey…. sorrrry dear

Comments are closed.