ޔައިޝް އާ ދިމާލަށް އެގޮތަށް އެއްޗިސް ކިޔުނީތީ އަހަރެން ވަރަށް ދެރަވިއެވެ.. ރީޝާ އެ ވާހަކަ އަހަރެންނާ ޝެއާ ކުރީތީ އަހަރެން ރީޝާ ކާރީގައި އަހަރެންނާއި ޔައިޝް ގެ ވާހަކަ ވެސް ބުނީމެވެ..”ވަޓް ދަ … ދޮގު ނަހަދާ ބުނެވެސް ނުލާ އެކަމް ބަލައިގެން އުޅެއްޗޭ އަހަރެމެން ބުއި ކަހަލަ ބޮނޑިއެއް ނުބޮއްޗޭ”..”ޔެސް މެޑަމް”…ރީޝާ އަހަރެން ގައިގައި ބައްދާލިއެވެ.. ވާހަކަ ތައް ހިއްސާ ކޮއްލެވުމުން އަހަރެމެން ދެމީހުންގެ ހިތައްވެސް ހަމަ ޖެހުމެއްލިބުނެވެ..
އެރޭ މަންމަ އަހަރެން ބަލާ އައީ ގަޑިން 10 ވެސް ޖެހި ފަހުންނެވެ.. އަހަރެން ހިތުލައިގެން ހުރީ ގެއަށް ދެވުނު ހާ އަވަހަކަށް ޔައިޝް ކައިރިން މައާފަށް އެދޭށެވެ.. “ސޮރީ ވަރަށް ބޮޑަށް އަހަރެންނަށް މިހާރު އެނގިއްޖެ ޔައިޝް އެހެން ބުނީ ކީއްވެގެން ކަން.. އައި އެމް ރިއަލީ ސޮރީ ކަމުގެ އަސްލު ނުބަލާ އެހެން ކަންތައް ކުރެވުނީމަ ފޮގިވްމީ ލަވް..” އެތަށް އިރެއް ވީ އިރުވެސް ރިޕްލައި އެއް ނައެވެ.. ޔައިޝް އޮންލައިން ގަ ނެއްކަން އަހަރެންނަށް އެނގުނީ މާ ފަހުންނެވެ.. ލެޕް ލައްޕައިލައިފައި އަހަރެން ނިދަން އޮށޯތީމެވެ. ކުރިމަތީގައި ވަނީ ބޮޑު ގަނޑުވަރެކެވެ.. މުނި ބިން ވަނީ ފެހިކަން ގަދަ ވިނަތަކުން ޖަރީވެފައެވެ.. ވަށައި ވަނީ އެކި ވައްތަރުގެ ފިނިފެންމާ ގަސް ތަކެވެ.. ކަނާތްފަރާތުގައި އުނދޯލި ތަކެއް އެލުވާފައި ވެއެވެ .. އަހަރެން ލައިގެން ހުރީ ރަތް ފިނިފެންމަލުން ޖަރީކުރެވިފައިވާ ދިގު ހެދުމެކެވެ.. އަތުގައި ރަތް ފިނިފެންމާ ބޮޑިއެއް އޮތް އިރު ކުރިމަތީގައި އެކި ކަހަލަ މީރުވަސް ދުވާ މާމެލާމެލީގެ ދޫލަ އެއް އޮތެވެ.. މިތަނުގެ ރީތިކަން ބުނެދޭން ނޭނގޭހާ ފުރިހަމައެވެ..މުނި މާހައުލުގައި ވަނީ މާމެލާމެލިން ދުވާ ފޮނި މީރުވަސް ހިފާފައެވެ.. އަހަރެން މަޑުމަޑުން އެ މާމެލާމެލީގެ ދޫލަމަތިން ހިނގާފައި ދިޔައީމެވެ.. ހީވަނީ ނޭނގޭ ބާރަކުން އަހަރެން ގެންދާހެނެވެ.. އަޅާ ކޮންމެ ފިޔަވަޅަކުން ކުރި މަތީގައި އޮތް ގަނޑުވަރުގެ ރީތިކަމާއި ޖާދުވީ ކަން އަހަރެންނަށް ފެންނަމުން ދިޔައެވެ.. އެ ދޫލަ ނިމޭކޮޅުގައި ފުރަގަސް ދީގެން ހުރި ޒުވާން ފިރިހެނެއް ހުއްޓެވެ.. އަހަރެން ގޮސް ދޫލަ ނިމޭ ކޮޅުގައި މަޑު ކޮއްލީމެވެ.. ކުއްލިއަކަށް އެ ފިރިހެން މީހާ އަހަރެންނާ ދިމާލަށް އެނބުރިލިއެވެ.. ހުދު ކުލައިގެ އަތް ދިގު ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނުކާ ބެގީ ކޮއްފައި ހުރިއިރު ޔައިޝް ވަރަށް ވެސް ފިރިހެން ވަންތައެވެ.. ޔައިޝް ޖަހައިގެން ހުރި ސެންޓުން ދުވާ މީރުވަހުން ޔައިޝްގެ ފިރިހެން ވަންތަ އެތަށް ގުނައަކަށް އިތުރުވެގެން ދެއެވެ.. އަހަރެން ހުރީ ގުޑިލާންވެސް ނޭނގިފައެވެ.. ޔައިޝް އާ ދިމާލަށް ބަލަން ހަމަ ހުރެވުނީއެވެ.. ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު ޔައިޝް އެއް ފައިމައްޗަށް ތިރިވި އެވެ.. ޔައިޝްގެ އެއް އަތުގައި ވަޅި އެއް އޮތް އިރު އަނެއް އަތުގައި ކުޑަ ކުޑަ ފޮއްޓެއް އޮތެވެ.. ވަޅި ފެނުމުން އަހަރެންނަށް ފަހަތަށް ޖެހިލެވުނީ އިހުތިޔާރަކާ ނުލައެވެ.. އަހަރެން ފަހަތަށް ޖެހުނު ވަރަކަށް ޔައިޝް ކުރިއަށް ޖެހެމުން ދިޔައެވެ.. އެހެން ގޮސް އަހަރެން ތަތްވީ ބިއްލޫރި ފާރަކުގައެވެ.. ޔައިޝް އަނެއްކާވެސް އެއ ފައި މައްޗަށް ތިރިވިއެވެ.. “މައީ އަހަރެން ވަރަށް ލޯބިވޭ މައީ ދެކެ ..ވަރަށް ބޮޑަށް.. އަހަރެން ދުވަހަކުވެސް މައީ އަކަށް ދެރެއް ނުދޭނަން.. އަހަރެން ބޭނުމީ އަހަރެންގެ ދިރިއުޅުމުގެ ބާކީހުރި ހުރިހާ ދުވަހެއް މައީ އާއެކު މައީގެ ލޯތްބާއެކު ހޭދަކުރަން.. އަހަރެންނަށް ލެވޭ އެންމެ ފަހު ނޭވާ ލާން ބޭނުންވަނީ ތި މައިޝާގެ އުނގުމަތީއޮވެ.. އަހަރެން ހިތުގައި ޖަހާ ކޮންމެ ވިންދަކާ އަހަރެން ލާ ކޮންމެ ނޭވާއެއްގައި ވަނީ ހަމަ ތި މައިޝާގެ ނަން..އެހެންވީމަ މައީގެ ދިރިއުޅުމުގެ ބާކީ އޮތް ހުރިހާ ދުވަހެއް އަހަރެންނާއެކު މި ގަނޑުވަރުގައި އުފަލާއި އަރާމާއެކު ހޭދަކުރާނަންތަ؟؟”…”ޔަ..ޔައިޝް އަހަރެން..”…”މައި މިއަދު ޖެހޭނީ ކޮންމެސް އެއްގޮތެއް ނިންމަން.. އެހެން ބުނުމަށް ފަހު ކަނައަތުގައި ވާ ފޮށި ހުޅުވާލިއެވެ.. އެވަގުތު އަލިގަދަ ވިވަރުން އަހަރެންނަށް ދެލޯމަރާލެވުނެވެ.. އެ ފޮއްޓުގައި އޮތީ ޖަވާހިރުން ޖަރީކޮއްފައިވައި އަނގޮއްޓިއެކެވެ.. އަނގޮއްޓީގައި ތަޅުދަނޑިއެއް އަލުވާލާފައި އޮތެވެ.. “މައީ ..އަހަރެންގެ އެއް އަތުގައި މިއޮތީ އަނގޮއްޓިއަކާއި މި ގަނޑުވަރުގެ ތަޅުދަނޑި..އަނެއްއަތުގައި މިއޮތީ ތޫނު ވަޅިއެއް .. ކަން ކުރަން ވި ގޮތް އެނގޭނީ ހަމަ މައީ އަށް “..މޮޔަ މީހެއް ނޫނީ ޔައިޝް އަކަށް ނޫނެކޭ ނުބުނާއޭ އަހަރެންގެ ހިތައް އެރިއެވެ..”މައިއްކޯ” ފަހަތުން މީހަކު އަހަރެންނަށް ގޮވާލި އަޑު އިވުމުން ބަލާލީމެވެ.. ނަމަވެސް އެކަކުވެސް ނެތެވެ..”މައީ ތި ވިސްނަނީ މުނިން ނުބައި ކޮއް”..އަނެއްކާވެސް އެއަޑު އައެވެ.. ނަމަވެސް ކާކު ކަމެއް ކޮންތާކުން ކަމެއް އަހަރެންނަކަށް ނޭނގެއެވެ..”މައިޝާ!! އަމިއްލަ ނަފްސައް އޮޅުވައިލައިގެން ތިހެން އަބަދަކު ނޫޅެވޭނެ.. މައިޝާ ހީކުރަނީތަ ތިހެން ކަންތައް ކުރުމުން ޔައިޝް ހިތުގައި ނުޖެހޭނެ ހެން.. މައިޝާ އަށް ނޭނގުނަސް ތީ ހަމަ މައިޝާގެ އަމިއްލަ ނަފްސަޝާއި ޔައިޝް އަށް ވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެއް..މައިޝާ ލޯބިވަނީ ރައިހާން ދެކެ އޭ …ރައިހާންގެ ސަބަބުން މައިޝާގެ ހިތަށް އަނިޔާ ލިބުނެއްކަމަކު ..އެއްވެސް ކުށެއްނެތް މައިޝާ ދެކެ އެވަރަށް ލޯބިވާ މީހެއްގެ ހިތަށް އަނިޔާ ދިނުމުގެ ކޮން ހައްގެއްތަ އޮތީ.. ނިކަން ވިސްނަބަލަ.. މައިޝާ ޔައިޝް އާ ރައްޓެހިވެގެން އުޅޭތާ މިހާރު 3 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ..ކޮބާ ލިބުނު އުފަލަކީ..އަމިއްލަ މީހާ އެހަށް ބަހައްޓާފަ ދެން ހުރި މީހާއަށް ބަލާލަބަލަ..ޔައިޝް އަށް ލިބުނު އުފަލެއް މީގަ އެބައޮތްތަ؟؟ ކުޑަމިނުން ޔައިޝް މައިޝާ އަތުގައި ހިފުމުންވެސް މަނާ ކުރީ ހަމަ ތި މައިޝާ.. މައިޝާ ތިހާ އަމިއްލަ އެނދުން ބޮޑުވީ ކޮންއިރަކުތަ؟؟..ހަނދާން ބަހައްޓައްްޗޭ ތިހެން ކަންތައް ވަމުން ދާނަމަ ކޮންމެސް އެއްދުވަހަކު ޔައިޝް މައިޝާ މަތިން ފޫހިވާނެ..އެދުވަސް އޮތީ މާ ދުރަކުނޫން!!!! މައިޝާ!!!!… މައިޝާ!!!! ރަނގަޅަށް ވިސްނާލަބަލަ” އެކި ދިމަ ދިމާލުން އަޑު އަންނަން ފެށިއެވެ.. އަހަރެން ބޮލަށް އެނބުރުން އަރާ ގޮތް ވިއެވެ.. “ނު..ނޫން..އަހަރެން ނޫން!!!!!!!!!!!!!!!!!!!!!!!” ހަޅެލަވާގަންނަމުން އަހަރެންނަށް ދެފައިމައްޗަށް ތިރިވެވުނެވެ..ކުއްލިއަކަށް އަހަރެންނަށް ހޭލެވުނެވެ.. އަހަރެން އޮތީީ ދާހިއްލާ ފޯވެފައެވެ.. ހީވަނީ ދަލުން ފެންވަރައިގެން ހުރި ހެނެވެ.. އަހަރެންނަށް ފުން ނޭވާއެއް ލެވުނެވެ.. އަދިވެސް ފާޑަކަށް ބޮލަށް އެނބުރުން އަރާފައި ހުރުމުން ޑްރެސިންޓޭބަލްގެ ދަމާވަތްގަނޑުން ޕެނަޑޯލް ގުޅައެއް ނަގައި ކާލީމެވެ.. އަހަރެން ގޮސް ލެޕް ހުޅުވާލީމެވެ.. ޔައިޝްގެ ރިޕްލައި އެއް އައިތޯ ބަލާލަންށެވެ.. ނަމަވެސް ހަމައެކަނި ސީންކޮއްފައި އިނުމުން އަހަރެންގެ ހިތުގައި ރިއްސާލިއެވެ.. އެދުވަހު އަހަރެން ކޮޓަރިންވެސް ބޭރަށް ނުނިކުންނަމެވެ.. ހަވީރުގެ ވަގުތުގައި ޔައިޝްގެ ރިޕްލައި އެއް އައެވެ.. “އިޓްސް އޯކޭ އޭ.. ސޮރީ އިނގޭ ޕަބްޖީ ކުޅެން އިނީމަ ރިޕްލައި ނުކުރެވުނީ އެގަޑީގަ”…”އޯކޭ..ކައިފިންތަ ޔައިޝް”…”މިގަޑީ ނެތޭ މާވަރަކަށް ވާހަަކަ ދެއްކޭކަށް ދަނީ އޭ.. ޕަބްޖީ ކުޅެން ބައި” އަހަރެން ލަޕް ލައިޕައި ލީމެވެ.. ކުރިން އަބަދުވެސް އަހަރެންނާ ވާހަކަ ނުދެއްކިގެން އުޅޭ ޔައިޝް މިހާރު އަބަދުވެސް ބަލަނީ ވާހަކަ ނުދައްކާވޭތޯއެވެ.. މިހާރަކަށް އައިސް އަބަދު ޕަބްޖީ އެވެ.. ކުރިއަށް ވުރެ އެތަށް ހާސް ބައި ތަފާތެވެ.. އެކަމާ އެއްޗެކޭ ބުނުމުގެ ހައްގެއް އަހަރެންގެ އަތުގައެއް ނެތެވެ.. މިކަން މިހެން ވުމުގެ އެންމެ ބޮޑު ސަބަބަކީ އަހަރެން ކަން އަހަރެންނަށް އެނގެއެވެ.. އަހަރެން އެހެން ހުއްޓާ މެސެޖް ނޯޓިފިކޭށަން އެއް އައެވެ.. ކުރާނެ އިތުރު ކަމެއް ނެތުމުން އަނެއްކާވެސް އަހަރެން ލެޕްޓޮޕް ހުޅުވީމެވެ… ސާމިން ގެ މެސެޖެއް އައެވެ..” ކޮއްކޯ އަބަދު އޮންލައިން ގަތަ އިންނަނީ.. ކޮބާ ޔައިޝް”…ސާމިން އަކީ ޔައިޝް ގެ ކަޒިން އެކެވެ.. ސާމިން އަކީ އަހަރެންނަށް ވުރެ 4 އަހަރު ބޮޑުމީހެކެވެ.. ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ.. އަހަރެން ބޭބެ ކިޔާތީ ސާމިން އަހަރެންނާ ދިމާލަށް ކިޔަނީ ކޮއްކޮ އެވެ.. “ކޮންތާކު!! ޔައިޝް ވެއްޖެ ޕަބްޖީ ކުޅެން ގޮސް.. ހުވާ ހެސްކިޔާފަ ރުޅި އާދޭ އެބަ.. އަހަރެން ހިތަށް އަރާ ބުނެފާނަމޭ ގޮސް ޕަބްޖީ އާ އިންނާށޭ”…ސާމިން އަކީ މީގެ 3 ވަރަށް މަސް ކުރިން ވާހަކަ ދައްކަން ފެށުނު މީހަކަސް އަހަރެމެން ދެމީހުންގެ މިޒާޖު އެއްގޮތް ވުމުން ދެމީހުންގެ ދޭތެރޭގައި އޮތް ބީރަތްޓެހި ކަން ވަނީ އެކީ ގޮސްފައެވެ.. އަހަރެމެން ވާހަކަ ދައްކާގޮތުން ހީވަނީ އެއްބަނޑުއެއްބަފައި ބޭބެ އާއި ކޮއްކޮއެއް ހެނެވެ.. “ޕިސް ޕިސް ކޮއްކޮ ހާސް ނުވޭ ޔައިޝް އަށް ކުޅިދައްކާލާނަން މިފަހަރު..ޔައިޝްވެސް ނުޖެހޭނެ ދޯ ކޮންމެހެން އަހަރެންގެ ކޮއްކޮ އަށް ވަގުތު ނުދީ އުޅޭކަށް”…”ބޭބެ އަށް ވިސްނެޔޭ ދޯ އަހަ އަހަ”…” އެނޫނިއްޔާ ޔައިޝްގެ މައްސަލަ އެއް އުޅޭތަ؟”…”އާން …ޔައިޝްގެ ރޮމޭންޓިކް ބައި ކުޑަކޮއް ގޮއްސިހެން ހީވަނީ.. ނިކަން ބޭބެ ލެސަން ނަގާދީބަލަ ޔައިޝް އަށް ..ބޭބެ ތީ ރޮމޭންސް ގުރޫ އެއްނު އަހަ އަހަ”…”މައްސަލައެއްނޯންނާނެ ހަމަ ކޮއްކޮ ބުނި ގޮތެއް.. އޭ ކޮއްކޯ އެބަ އަންނަން އިނގޭ ޕަބްޖީ މެޗަކަށް އަރާލާފަ”…”ޕިސް ޕިސް ބޭބެ ވެސް ތަ؟؟ ދޭ ދޭ”…”ދަރިފުޅާ…މައިޝާ ޕިސް ޕިސް އަނެއްކާވެސްް ހަނދާން ނެތުނީތަ މިއަދު އޮވެ އެންނު މެކްސް ޓިއުޝަން ..”…”މަންމާ މިރޭ އެންނު އޮތީީ”…”ސޮރީ ދޫނީ މަންމަ ހަނދާން ނެތުނީ ސޯ އޮތް މެސެޖު ކޮއްފަ ހަވީރު 4:30 އަށް ޗޭންޖް ކުރީއޯ”…”އަޅޭ މަންމަ ވެސް ދޯ..މިހާރު އެއޮތް 4:20 ވީ”…”އަދި ދެވޭނެއޭ ދޭ އަވަހަށް ތައްޔާރުވާން” އަހަރެން އަވަހަށް ގޮސް ތައްޔާރު ވެލައިގެން މަންމަ އާއެކީ ސައިކަލުގައި ޓިއުޝަނަށް ދިޔައީމެވެ.. ސޯ މިއަދު ތަންކޮޅެއް އަވަހަށް ޓިއުޝަން ނިންމާލިއެވެ.. އަހަރެމެން އެންމެން އެގޭ ޖޯލިފަތީގައި ވާހަކަ ދައްކަން ތިބީމެވެ..”އޭ ރީޝާ ..އެ ހޮޓު ސޯ ކަލޭ ތި ކަޓުވާލީ އެންނު.. މުޅިން ސަކަރާތް”..ހީނާ ބުނެލިއެވެ..”އަދި ދެރަވާނެ ކަމެއް ނެތެންނު ޒައިންގެ ފްރެންޑެއް އުޅޭނެ ހަމަ އިންސްޓްރަކްޓާރ އެއް..ނާއިލްސޯ.. އޭނަ ވެސް ހަމަ ހެސްކިޔާފަ ހޮޓޭ ދޯ ޖައިޝާ” ރީޝާ ބުނެލިއެވެ..”ރީޝާ ބުނިއެއް ކަމަކު އެއީ ތެދެއް.. އަހަރެން ގިރިފުށިި ކޭމްޕަށް ދިޔަފަހަރު ދެކުނިން ނާއިލްސޯ ރީޝަ ނުރޮއްޗޭ އިނގޭ..އަސްލު ތެދަށް ބުނާނަމަ ނާއިލްސޯ މާ ހޮޓު ޒައިންސޯ އަށް ވުރެ އަހަ އަހަ”…”އަހަ އަހަ ހެވޭ ހެވޭ ތިހެން ވަންޏާ ޖައިޝާ ސެޓުކުރަންވީނު ނާއިލްސޯ..”ތީ ވެސް ތެދެއް”…”ތިހެން ނަހަދާ އަހަރެން ވެސް އެބަ ހުރީމޭ” އަހަރެން ބުނެލީމެވެ.. އެހެން ގޮސް އެކި އެކި ވާހަކަ ދައްކަން ތިބީމެވެ..ގެއަށް އާދެވުނު އިރު 5:45 ވެދާނެއެވެ.. އަހަރެން އިންސްޓަގްރާމައް ވަދެލީ ޔައިޝްގެ ހަބަރެއް ވިތޯ ބަލާލާށެވެ. ނަމަވެސް އެއްވެސް މެސެޖެއް ކޮއްފައެއްނެތެވެ.. ޔައިޝް އާ އެއްގޮތަކަށް ވެސް ވާހަކަ ނުދެއްކޭތާ މިހާރު 4 ދުވަސްވެދާނެއެވެ.. އަހަރެން ކުއްލިއަކަށް ހަނދާންވީ ނާއިލްސޯ މަތިންނެވެ.. ޖައިޝާމެން އެހާ ހޮޓޭ ކިޔާތީ އެއީ ކިހިނެއް ހުންނަ މީހެއްކަން ބަލާލަން ބޭނުންވިއެވެ.. އަހަރެން ޒައިންސޯގެ އައިޑީގެ ފޮލޯވިންގ ބައިގައި ނާއިލް ޖަހާފައި ސާޗް ކޮއްލީމެވެ.. ނަމަވެސް އެނަން ކިޔާ އައިޑީއެއް ނުފެނުނެވެ.. ކްލާސް ގްރޫޕުން ނޮޓޮފިކޭށަން އަނަން ފެށުމުން އަހަރެން ބަލާލީމެވެ..އެއްކަލަ ޖައިޝާ ނާއިލްސޯ ގެ އައިޑީ ގުރޫޕަށް ލާފައި އިނެވެ.. އަހަރެން…ސާޗް ކޮއްލީމެވެ..”ނާއިލް އަބްދުﷲ” ވަރަށް ފާޑެއްގެ ގޮތަކަށް އެހެން ޖަހާފައި އިނުމުން ކުރިން ނުފެނުނީއެވެ.. ނާއިލްސޯ އަހަރެންނަށް ކުރިންވެސް ފޮލޯ ކުރެއެވެ..ނަމަވެސް ކުރިއަކުން އަހަރެންނަކަށް ފާހަގަ އެއް ނުވެއެވެ.. އެ އައިޑީ އަށް ވަދެ ފޮޓޯތަށް ބަލާލީމެވެ.. ދޮގެންވެސްނޫނެވެ.. ހޮޓު ސޯއެކޭ އަހަރެން ހިތަށް އެރިއެވެ..ނާއިލްސޯ އާ ވާހަކަ ދައްކަން ފަށާނެ ގޮތަކާމެދު އަހަރެން ވިސްނާލީމެވެ..އެހެން ގޮސް އައިޑީ ހާވަމުން ދިޔައީމެވެ..ނާއިލްސޯ ފޮޓޯތަށް އަޕްލޯޑް ކޮއްފައި ހުރި ގޮތް އަހަރެންނަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ.. ވަރަށް ބޮލަށް އުނދަގޫވާ ގޮތެކެވެ.. ކޮންމެ ފޮޓޯއެއްވެސް ވަނީ 9 ފަޅިއަށް ފަޅާފަ ލާފައެވެ.. އަހަރެން މެސެޖުކޮއްލީމެވެ..”ހައި އަމް… ތި ފޮޓޯ ތަށް އަޕްލޯޑު ކޮއްފައި ހުރި ގޮތުން އަހަރެންގެ ބޮލަށް ވަރަށް އެބަ އުނދަގޫވޭ”…އެކޮޅުން ރިޕްލައި އައެވެ..”އެއީ ކާކުގެ އައިޑީއެއް؟؟”…”އަފްކޯޒް ތި މީހާގެ”…”ކާކުގެ ފޮޓޯއެއް؟؟”…”އަޖައިބެއްނު ތިމީހާގެ އޭ!!!!”…”އެހެން ވީމަ އަހަރެން ފޮޓޯ ބުރި ކޮއްފަ ލިއަސް ގުޅުވާފަ ލިޔަސް އިދިކޮޅަށް ލިއަސް މަންޖެއަށް ކޮންކަމެއްތަ..” އަހަރެން ފާޑަކަށް ބަސް ހުއްޓުނެވެ.. ނަމަވެސް އަހަރެން ހުރީ ބަލި ގަބޫލު ކުރާގޮތަކަށް ނޫނެވެ..”ބަލަ މަގޭ ދެލޮލަށް އެހެން ހުއްޓާ ފެނުނީމަ އުނދަގޫވެޔޭ..”…”އަޖައިބެއްކަހަލަ މަންޖެއެއް އިނގޭ ތީ”…”އަޖައިބު ވާކަށް ނުވެއެންނު އަދި.. އަސްލު ފޫހިވެގެން މެސެޖް ކޮއްލީ.. “..އަހަރެން ބުނެލީމެވެ..”އަހަ އަހަ ފުރަތަމަވެސް އެހެން ބުނި ނަމަދޯ “…”ދެން ހެވޭ މިހާރު ބުނެފިމެންނު”…”ހާދަ ރުޅިގަދަ މަންޖެއެކޭ ދޯ”…މަންޖެ އޭ ނުކިޔާ އަހަރެން ނަށް ކިޔަނީ މައިޝާ”…”މައިޝާ..ނައިސް ނޭމް.އައި އޭމް ނާއިލް އަބްދުﷲ”…”ތެންކިއޫ.. ބައި ދަ ވޭ އައި ޑޯންޓް ލައިކް ޔުއާނޭމް”…”އަހަ އަހަ ހިތުގައި ވާ ހުރިހާ އެއްޗެއް ހަމަ ބުނަންތަ އަބަދުވެސް ތިހެން ދެން ހުރި މީހެއް ހިތަށް އަރާނެ އެއްޗަކާމެދު ނުވިސްނާ”…”ޔާ ކޮބާ މައްސަލަ އަކީ އަހަރެން ދެކޭ ގޮތެއްނު ބުނަން ޖެހޭނީ..ރީތި ނޫނިއްޔާ ހަޑިއޭނު ބުނެވޭނީ..”…”ތިކަހަލަ މަަންޖެެއެއް އަދި އަހަރެން ނުދެކެން ބަޓް އައި ލައިކް ޔުއާ ޕާސަނަލިޓީ އިނގޭ”…”ނޯ ތޭންކްސް”…”އަހަ އަހަ މައިޝާ ފޫހިވަނީ އޭ ދޯ ބުނީ އެހެންވީމަ ކީއްކޮއްދޭންވީ”…”ލެޓްސް ޕްލޭ ޓްރޫތް އޯ ޑެއާރ.”…”އޯކޭ އަހަރެން މި ފަށަނީ އިނގޭ”..ޓްރޫތް އޯ ޑެއާރ”…”ޓްރޫތް”…”އަހަރެންގެ ފީޑް އަސްލުވެސް ހަޑިތަ؟”…”އަހަ އަހަ އަސްލުވެސް ހަޑި” އަހަރެން ބުނެލީމެވެ..”އޯކޭ ތިހެންވީރު..އައި ވިލް ޓޭކް ޓްރޫތް”…” ކިތަށް ގާލްފްރެނޑް ގެންގުޅުނިން؟؟؟؟”…”3 އައި ގެސް”…ޕިސް ޕިސް ކާމިޔާބު މީހެއްދޯ އަހަ އަހަ.. އައި ވިލް ޓޭކް ޓްރޫތް އަގެއިން”…”މައިޝާގެ ބޯއީފްރެންޑެއް ހުރޭތަ؟؟؟؟؟”…………………………………..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.





?sorry guysss? mi faharu thankolheh lahun story upload kurevuneema….?. rashah dhiyaeema wifi eh nulibey thats why ?..im reallly sorrry? ..n thank u all the readerss for supporting me ???…all these dayssss.. story ga massala eh ulhenya??? i mean ..story ga vamun dhaa goih kamu nudhanyaa.. emeehehge idea share kolllanvaane ingey… lysm allllllllllllllllllllllllllllllllll❤❤❤❤❤❤❤❤❤❤❤❤❤❤
When next Lilly. BTW nice story
tuesday ga.. n thankxx een❤❤❤❤
Kobaaaa heyyy raihaaaan!!!!
??????
inba kaareee ga ennnnoandhoo!!!!!????❤
Mihaar maa meehun gina vany ehnu
ahhhahah meehun madhu kollan vydho????❤?♀️
Mihaaru maisha maa baivaru boys aa vhk dhakkaathy kamaku nudhey,… but writer ah dhw ingeyny liyaane goiy raihaan aa maisha hama gulheny … mihaaru kudakoh hadi vey eba mi story … ?
I’m sorry ekm hama bunely
Hope negative koh nunagaane kamah ?
keehve negative koh naganvy.. thank u ..faahaga kohdhinythyy… dhen anna part thakugai maishaa aa raihaan ge bai gina vaane.. heekuran kamudhaane kamah.. n abadhu vs thihen .. eh vs jehilumeh nethi hiyaalu faalhu kuraaane kamah❤❤❤❤?
Lilly issok no problem…..kithanme gina dhuvahaku huhttas kiyaalan libehjjiyyaa nimunii ehnnu dhw…..mi part varah salhi
…hama habeys??❤❤whn nxt part …..waiting for the nxt part…..lilly lysm❤❤
‘ހިތައްވެސް’ އެއް ނޫން، ހިތަށްވެސް
‘ނެއްކަން’ އެއް ނޫން، ނެތްކަން
‘ފިނިފެންމާ ބޮޑިއެއް’ ނޫން. ބޮނޑި
‘ފޮއްޓެއް’ ނޫން، ފޮށްޓެއް، މަސްދަރަކީ، ‘ފޮށި’ އެއްނު
‘ފާރަކުގައެވެ’ މިހެނެއް ނުކިޔާނެ.. ފަހަރެއްގަ ވެދާނެ ޓައިޕިން މިސްޓޭކެއް ކަމަށްވެސް. ރަނގަޅު ގޮތަކީ، ‘ފާރެއްގައެވެ.
‘ފޮއްޓުގައި’ އެއް ނޫން، ފޮށީގައި.
‘ނުބައި ކޮއް’ އެއް ނޫން، ނުުބައި ކޮށް
……………..
(މީ ފާހަގަ ކުުރެވުނު ބައެއް ކުށްތައް… ސުކުން ކުރުމުގަ، (ކިން ޚާއްސަކޮށް އަލިފު ސުކުނާއި ށަވިޔަނި ސުކުން ކުރުމުގަ އިތުރަށް ސަމާލުވުން މުހިންމު…
ވާހަކަ ލިޔުމަކީ ޙަޤީގަތުގަ، ބަހަށް ކޮށްދެވޭ ޚިދުމަތެއް. ބަހުގެ ޤަވާއިދަށް ވީހާވެސް ބޮޑަށް ސަމާލުކަން ދޭންވާނެ. ލިލީ އެކަންޏެއް ނޫން، ހަމަ މިހާރުގެ ވަރަށް ގިނަ ލިޔުންތެރިން ސުކުންކުރުމުގެ ޤަވާއިދަށް އަހުލުވެރި ނުުވާކަން ފާހަގަ ކުރެވޭ. މި ވާހަކަ ހަމަ ވަރަށް ރީތި. ގޯސް އެއްޗެކޭ ހީ ނުކުރައްޗޭ. ކުށްތައް ފާހަގަ ކޮށްދެނީ، ކުށްމަދުު ވާހަކައެއް ލިޔުުންތެރިޔާގެ ފަރާތުން ކިޔާލަން ލިބޭނެކަމަށް އުންމީދު ކުރާތީ. ލިޔުންތެރި ކަމުގެ ހުނަރު އެބަހުރި.. ކުރިމަގަށް އެދެން
thank u vvv bodah… mistake faahaga kohdhinythyy… dhn liyaa bai thakugaa e mistake thah repeat nukureveythoo balaanan thank u again urainumm❤❤❤…shaviyani sukunaai alif sukun ulhey hama vv ginain.. hehe keehkuraaaanee?♀️❤??
Kobaatha next part?
miadhu submit kurin
Lilly issok….. Hama ekahala haalathu vc dhimaa vaa faharu faharu annaane dhw…. Issok ehnnu kithanme gina dhuvaheh vandgen hurevunas kiyaalan furusathu libehjji yennu….. Mi part vv salhi… Hama habeys…. Lysm❤️?
thank u soooo much lamkooo … iymm… ❤❤❤
Lilly thank u so much ur one of my fav story writer lysm??❤️❤️❤️❤️
nooo i have to thank u dhoo.. for supporting me all the time… my favvv reader.. lymmm❤❤❤❤❤?