މަޢާފް (ބާރަވަނަ ބައި)
ކޮޓަރިއަށް ވަތް ގޮތަށް ޝިމާޔާ އެންމެ ފުރަތަމަވެސް ބަންޑުން އެނދަށް ޖެހިގަތީއެވެ. އެނދަށް ޖެހުނު ޖެހުނުން ޝިމާޔާ ރޯން ފެށިއެވެ. ޝިމާޔާ ރޯން އޮތްއިރު އޭނާއަށް މި ވޭތުވެ ދިޔަ ދުވަސްތަކުގައި އުޅެވުނު ގޮތާއި މެދު ފުރަތަމަ ފަހަރަށް ވިސްނައިލެވުނެވެ. އަދި އެދުވަސްތައް ހިތަށް އަރައިފައި އޭނާއަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ކުއްލިއަކަށް އަންޖަދުގެ ޚިޔާލުތަށް ޝިމާޔާގެ ހިތަށް ވެރިވުމުން ޝިމާޔާއަށް ލުއްކެއް ޖަހައި އެނދުން ތެދުވެވުނެވެ. ކިތަންމެ ބިރުގަނެފައިވިނަމަވެސް ޝިމާޔާ މިފަހަރު ވަރަށް ހިތްވަރުކޮށްފައި އޭނާގެ ފޯނު ނެގިއެވެ. އަންޖަދު އަށް ގުޅަންވެގެން ޝިމާޔާ ނަމްބަރުތަކަށް ފިތަމުން ދިޔައިރުވެސް އޭނާގެ އިނގިލިތަށް ތުރުތުރު އަޅަމުން ދިޔައެވެ. އަތްވެސް ތުރުތުރު އަޅާ ވަރުން ޝިމާޔާއަށް ފޯނުގައި ހިފެހެއްޓުން ވީ އުނދަގޫކަމަކަށެވެ. ނަމަވެސް ވަރަށް މަސައްކަތުން ޝިމާޔާ ފޯނުގައި އަންޖަދުގެ ނަމްބަރު ޖަހައި އެ ނަމްބަރަށް ގުޅައި ފޯނު ކަންފަތުގައި ޖައްސައިލިއެވެ.
މަގުމަތީ ސިނގިރޭޓުބޮމުން ހިނގައިފައި ދިޔަ އަންޖަދުގެ ސޯޓުގެ ޖީބުން ފޯނު ވައިބްރޭޓްވާކަން އިހުސާސްކުރެވުމުން ފޯނު ނަގައި ބަލައިލިއިރު ގުޅަނީ ޝިމާޔާ އެވެ. މިރެއަށްވެސް ކުރާނެ ކަމަކާއިމެދު ވިސްނަމުން އަންޖަދު ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ އޭނާ އެ ކޯލު ރިސީވްކުރިއެވެ. “ނިމުނީ މިހިސާބުން.” އަންޖަދު އަށް ހެލޯ އޭ ބުނެވުމުގެ ކުރިން އިވުނީ ޝިމާޔާގެ ކުރެހިފައިވާ އަޑެވެ. ޝިމާޔާ އެ ބުނި އެއްޗެއް އަންޖަދު އަށް ނަގައިގަނެވުނީ މިނެޓްތަކެއް ފަހުންނެވެ. “ވަޓް!” އަންޖަދުއަށް ބުނެވުނީ ހަމައެކަނި އެހާވަރަށެވެ. ޝިމާޔާ އެ ބުނި ޖުމުލައިން ލިބުނު ސިހުމުން އަންޖަދު އަތުގައި އޮތް ސިނގިރޭޓު ބުރިވެސް އޭނާއަށް އެއްލައިލެވުނީއެވެ. “އާނ އަންޖް. ދެން ނިމުނީ މިހިސާބުން. މަ ބޭނުމެއްނޫން ދެން މިއުޅުން އުޅޭކަށް.” ރޮވިފައިވި އަޑުން ޝިމާޔާ އެ ބުނި ޖުމުލައިން އަންޖަދުގެ ރުޅިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އަންޖަދު ރުޅިއައިއްސަ ހުރިވަރުން ހީވަނީ ފަރުބަދައެއް ގޮވަން ތައްޔާރުވެފައިވީ ހެނެވެ. އެހާވެސް އަންޖަދު ހުރީ ރުޅިއައިއްސައެވެ. ކައިރީގައި ހުރި ފާރަށް ދެތިން ބޮނޑިއެއް އަޅައިލެވުނީވެސް އެހެންވެއެވެ. “އަހަރެންވެސް ޝިމާ ބުނާ ކަންތައް ކޮށްދެނީ ދޯ. އަހަރެން އެހާވަރުން ޝިމާ އަށް ހުރިހާ އެއްޗެއް ހޯދަދޭއިރުވެސް ޝިމާ ޖެހޭނެ ދޯ ކުޑަމިނުން މަ ބުނާ ކަންތައް ކޮށްދޭން.” އަންޖަދު ރުޅިއައިއްސަ ހުރިވަރުން އޭނާއަށް މަގުމަތީގައިވެސް ވާހަކަ ދެއްކުނީ ވަރަށް ބާރަށެވެ. ގިނަބައެއްގެ ނަޒަރުވެސް ވަނީ އަންޖަދުއަށް ހުއްޓިފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އަންޖަދު ފަރުވާލެއް ނުބެހެއްޓިއެވެ.”ނޫން އަންޖް. ޕްލީޒް. މިހާރު ދެން އަންޖް ހިތްފުރޭވަރު ކޮށްދީފިން. ދެން ނުކެރޭނެ އަހަންނަކަށް. ޕްލީޒް އަހަންނަށް ފޯސް ނުކުރޭ.” އަދިވެސް ޝިމާޔާ ހުރީ އޭނާގެ ގޮތުގައި ހިފަހައްޓައިގެންނެވެ. އަންޖަދު ހެއްދިހައި ގޮތެއް ހެދިގެން އުޅޭކަށް ދެން ޝިމާޔާ ބޭނުމެއް ނޫނެވެ. އަނެއްކޮޅުން އަންޖަދުވެސް ހުރީ އޭނާގެ ގޮތުގައި ހިފަހައްޓައިގެންނެވެ. ޝިމާޔާ އެގޮތަށް ދޫކޮށްލާކަށް އޭނާ ބޭނުމެއްނުވެއެވެ. “ލާހިކެއް ނޫން. ކަލޭ މިރޭ ނައިއްސައިއްޔާ މަ މިރޭ ކަލޭގެ ގެއަށް ދާނަން. ހީނުކުރާތި އަހަރެން މީ އެހާ ޖެހިލުންވާ މީހެކޭ. ހަނދާންކުރާތި! ލާހިކެއް ނޫން މަގޭ ކައިރިން ސަލާމަތްވާކަށް.” ޝިމާޔާ އަށް އިތުރަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ އަންޖަދު އަވަހަށް ފޯނު ކަނޑައިލިއެވެ. މިރޭ އޭނާ ކޮންމެގޮތެއް ހަދައިގެންވެސް ޝިމާޔާ ބޭޒާރުކޮށްލަން ބޭނުމެވެ. އެންމެންގެ ކުރިމަތީގައި ޝިމާޔާ ނިކަމެތިވާތަން ފެނުމަކީ އަންޖަދުގެ ހިތް އެދި އެދި އޮތް ކަމެކެވެ.
“ކޮބާބާ ޝިމް؟ ކޮޓަރިން ނުނުކުންނަ ދުވަހަކީބާ؟” ޢަޞްރު ނަމާދު ނިންމައިގެން ގެއަށް އައިސް ވަތް ޝަމީމް އަށް ޝިމާޔާގެ ޚަބަރެއް ނުވެގެން އަހައިލިއެވެ. ފައިވާން ހަރުގަނޑު ބަލައިލިއިރު އޭގައިވެސް ޝިމާޔާ ގެންގުޅެންޏާ ގެންގުޅޭ ހުރިހާ ފައިވާނަކާއި ބޫޓެއް ހަމައަށް ހުއްޓެވެ. “ބަލާބަލަ ކޮޓަރި. ކޮޓަރީގަ ވެދާނެއްނު ފަހަރުގަ.” ޝިމާޔާގެ ކޮޓަރިއަށް އިޝާރާތްކުރަމުން ޒައިން ބުންޏެވެ. ޝަމީމް މަޑުމަޑުން ހިނގައިފައި ގޮސް ޝިމާޔާގެ ކޮޓަރި ތަޅުގައި ހިފައިލިއެވެ. ތަޅު ނޭނބުރުމުން ދޮރު އެހުރީ ތަޅުލައިފައިކަން ޝަމީމްއަށް އިނގުނެވެ. ކޮޓަރި ދޮރުގައި ޓަކި ޖަހައިލަމުން ޝަމީމް ޝިމާޔާއަށް ގޮވައިލިއެވެ.
ވިސްނުމަކަށް ގެއްލިފައި އިން ޝިމާޔާ ސިއްސައިގެން ދިޔައީ ޝަމީމްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. ނަމަވެސް އަނގައިން ބުނާނެހާ ހިތްވަރެއް ޝިމާޔާއަަކަށް ނުލިބުނެވެ. ‘އޯއި’ އޭ ބުނަން އަނގަ ހުޅުވައިލައިފައިވެސް އަނގަ ލައްޕައިލެވެނީ ދޮންބެގެ ފަރާތުން ސުވާލެއް ކުރިމަތިވެދާނެކަމުގެ ބިރަށްޓަކައެވެ. ދޮންބެގެ ދެރަވެފައިވާ މޫނު ބަލާކަށް ދެން ޝިމާޔާއަކަށް ކެތެއް ނުކުރެވޭނެއެވެ. ޝިމާޔާ ނުކާތީ ޝަމީމް ކިތަންމެ ދުވަހަކުވެސް ނުކައި ހުސްބަނޑާ އޭނާގެ ދުވަސް ބޭކާރުކޮށްލައެވެ. ޝިމާޔާ ކައިފިކަން ޔަޤީންކޮށްފައި ނޫނީ ޝަމީމް ދުވަހަކުވެސް ނުކައެވެ. ޝިމާޔާ ބޭނުން ކިތަންމެ ކަމެއް ޝަމީމް ޝިމާޔާއަށް ކޮށްދީފައި އެބަހުއްޓެވެ. މިހުރިހާ ކަމަކާ ދޭތެރޭ މިއަދު ޝިމާޔާއަށް ވިސްނެއެވެ. ދުވަހަކުވެސް އޭނާގެ ދޮންބެއާއި ދޭތެރޭ ނުވިސްނާ ވަރަށް މިއަދު ޝިމާޔާއަށް ވިސްނުނެވެ. އެގޮތުން ޝިމާޔާ ކުޑައިރު ޝިމާޔާ ގޮވައިގެން ކުޅެން އުޅުނު ހަނދާންވެސް ވިއެވެ. ޝިމާޔާ ވެއްޓެންދާ ކޮންމެ ފަހަރަކު ޝަމީމް ޚުޝިޔާރުކަމާއިއެކީ ޝިމާޔާ ވެއްޓުނަނުދީ ހިފަހައްޓައިދިން ދުވަސްތައް މަތިން ޝިމާޔާ ވަރަށް ރަނގަޅަށް ހަނދާން ހުއްޓެވެ. އެ ހުރިހާ ކަމެއް ޝަމީމް ޝިމާޔާއަށް ކޮށްދިން އިރު ޝިމާޔާއަށް އޭނާގެ ދޮންބެއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތެވެ. ކުޑަމިނުން ދޮންބެ ލާ އަންނައުނުވެސް އޭނާއަށް ދޮވެނުދެވެއެވެ.
އެތެރެއިން ޝިމާޔާގެ އަޑެއްބަޑެއް ނީވުމުން އަނެއްކާވެސް ޝަމީމް ޝިމާޔާއަށް ގޮވައިލިއެވެ. މިފަހަރު އެތެރެއިން މަޑުމަޑުން ‘ހްމްމް’ އޭ ބުނެލި އަޑު ޝަމީމްއަށް އިވުނެވެ. ޝިމާޔާ އެހުރީ ޝަމީމް އާއި ވާހަކަދައްކާ ހިތް ނުވެފައިކަން ޝަމީމްއަށް އެވަގުތު އިނގުނެވެ. ނަމަވެސް އެއީ ޝަމީމް އަށް ކުރެވުނު ކުށްހީއެއްކަން އޭނާއަކަށް ރޭކާނުލައެވެ. ޙަޤީޤަތުގައި ޝިމާޔާ ހުރީ ޝަމީމް އާއި ވަރަށް ވާހަކަ ދައްކާ ހިތުންނެވެ. އޭނާއަށް ދިމާވެގެން އުޅޭ ކަންތައްތައް އެންމެ ލޯބިވާ ދޮންބެއަށް ޚިއްޞާ ކޮށްދޭ ހިތުންނެވެ. ނަމަވެސް ޝިމާޔާއަށް ހަމަ ފަސްޖެހެވެނީއެވެ. އެވާހަކަތައް ކިޔައިދީފިއްޔާމުން އަނެއްކާވެސް ދޮންބެ ރުޅިއަންނާނެހެން ޝިމާޔާއަށް ހީވަނީއެވެ. ނަމަވެސް ދޮންބެވެސް އަބަދަކު ރުޅިއައިއްސައެއް ނުހުންނާނެއެއްނޫންހެއްޔެވެ؟ ނަމަވެސް ކިތަންމެ ވަރަކަށް ޝިމާޔާގެ އަމިއްލަ ނަފްސަށް ރަނގަޅަށް ވިސްނައިދޭން އުޅުނަކަސް ޝިމާޔާއަކަށް އެކަމެއް ކާމިޔާބެއްނުވެއެވެ.
ރޭގަނޑު މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. އަންޖަދު އިނީ ސީދާ ޝަމީމް މެންގޭ ދޮރުމަތީގައެވެ. ސައިކަލުމަތީ ސިނގިރޭޓުބޯން އިންއިރު އަންޖަދުގެ ކަޅި ހުއްޓިފައިވަނީ ޝިމާޔާގެ ކޮޓަރި ކުޑަދޮރާއި ދިމާލަށެވެ. އެ ގެއަށް ވަންނާނެ މޮޅު ގޮތެއް އަންޖަދުގެ ސިކުނޑިއަށް ވިސްނުމުން އޭނާ އެންމެ ސިކުންތުކޮޅެއްވެސް ލަސްކުރުމެއްނެތި އޭނާ ބޯން އިން ސިނގިރޭޓުބުރި އެއްލައިލައިފައި ގެއާއި ދިމާލަށް ހިނގައިގަތެވެ. ގޭގެ މައިދޮރު ހުޅުވަން ހިފައިލި ވަގުތު ގޭ ދޮރު ތަޅުލައިފައި ހުރުމުން އަންޖަދުއަށް ޖެހުނީ އެހެން ގޮތެއް ވިސްނާށެވެ. އަންޖަދު އޭނާގެ ފޯނު ނަގައި ޝިމާޔާއަށް ގުޅުމުން ފޯނު ނިއްވައިލައިފައި އޮތްކަން އަންޖަދު އަށް އިނގުނެވެ. އަންޖަދު ދެން މިޞްރާބު ޖެހީ ގޭގެ އަނެއްފަރާތަށެވެ. ކައިރިން ހަރުގަނޑެއް ކަހަލަ އެއްޗެއް ފެންނަން ނެތުމުން އަންޖަދުއަށް އޭނާ ރޭވި ރޭވުމާއި އެއްގޮތަށް ކަމެއް ކުރެވޭ ކަމަކަށް ނުވިއެވެ.
އަންޖަދު ކުރާނެ ކަމަކާއިމެދު ވިސްނަން އިންދައި އެތެރެއިން ދޮރު ހުޅުވި އަޑު އަންޖަދުއަށް އިވުނެވެ. ޝިމާޔާ ކަމަށް ހިތައި އަންޖަދު ވަރަށް ސިއްރު ސިއްރުން ގޭގެ ދޮރާއި ދިމާލަށް ދިޔައެވެ. ނަމަވެސް އަންޖަދު ހީކުރި ގޮތާއި ޚިލާފަށް ބޭރަށް ނުކުމެ ހުރީ ޝަމީމްއެވެ. “މީނަ ނުކުމެ މިއުޅެނީ ކީއްކުރަންބާ؟” އަންޖަދު އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ބުންޏެވެ. ދެން އަންޖަދުއަށް ފެނުނީ ޝަމީމް ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ބޭރަށް ނުކުތް މަންޒަރެވެ. މި ލިބުނީ ރަނުގެ ފުރުޞަތެއް ކަމަށް ބަލައި އަންޖަދު އަވަސް ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަންނަން ދިޔައެވެ. “ކާކު؟” ގޭތެރެއަށް ވަންނަން އެއްފިޔަވަޅު ނެގުނު ތަނުން ފަހަތުން ޝަމީމްގެ އަޑު އަންޖަދުގެ ކަންފަތުގައި ޖެހުނެވެ. އަންޖަދު ބޭނުންވީ ފަހަތްވެސް ބަލައިނުލައި އެތެރެއަށް ވަންނާށެވެ. އެހެންކަމުން އޭނާ އަށް ދެވުނު އެންމެ ބާރަކަށްގޮސް ގޭތެރެއަށްވަނެވެ. ޝަމީމްވެސް ބަލާކަށްނުހުރެ އޭނާއަށް ދެވުނު އެންމެ ބާރަކަށް ދުވެފައި ގޮސް ގޭތެރެއަށްވަނެވެ.
ޝަމީމްއަށް ގޭތެރެއަށް ވަދެވުނުއިރު އަންޖަދުގެ ހިލަމެއް އެއްވެސް ތަނަކުން ނުވިއެވެ. ސިޓިންގް ރޫމާއި ބަދިގެ ބެލިއިރުވެސް އެއިން އެއްވެސް ތަނަކުން އަންޖަދުގެ ހިލަމެއް ނުވިއެވެ. ޝަމީމްގެ ކޮޓަރި ބެލިއިރުވެސް އެތަނަކު އަންޖަދެއް ނެތެވެ. ޒައިންގެ ކޮޓަރި ތަޅުލައިފައި ހުރުމުން އެތަނަށް އަންޖަދު ނުވަންނާނެކަން ޝަމީމް އަށް ޔަޤީންވިއެވެ. “ކޮންތަނަކަށްތަ އެ ފިރިހެނާ އެވަނީ؟” ސިޓިންގްރޫމްގެ ތަންތަން ބަލަމުން ޝަމީމް އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ބުންޏެވެ. ކުއްލިއަކަށް ޝަމީމް ސިހިގެން ދިޔައީ ޝިމާޔާ ދޮންބޭއޭ ކިޔައި ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑަށެވެ. ސޯފާ ދަށް ބަލަން ގުދުވެގެން އޮތް ޝަމީމް ކުއްލިއަކަށް ތެދުވިއެވެ. ޝަމީމް ބަލައިނުލައި ތެދުވުމުގެ ސަބަބުން އޭނާގެ ބޯ ކުރިމަތީގައި އިން ބިއްލޫރި މޭޒުމަތީގައިވެސް ޖެހުނެވެ. ނަމަވެސް އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ހަމައެކަނި ބޮލުގައި ފިރުމައިލައިފައި ޝަމީމް ޝިމާޔާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ޝިމާޔާ ލަވާ ހަޅޭކަކަށް ބަދަލެއް ނާދެއެވެ.
“ނޫން އަންޖް ނޫން. ޕްލީޒް. ހެޔޮނުވާނެ ދޫކޮށްލާ.” އަންޖަދު ހުރީ ޝިމާޔާގެ ކަރުގައި އޭނާގެ އަތްދަނޑިން ހިފަހައްޓައިގެންނެވެ. އަންޖަދުގެ ބާރުގަދަ އަތުން ސަލާމަތްވުމަށްޓަކައި ޝިމާޔާ އަންޖަދުގެ އަތުގައި ވަކިދެމިޔަކަސް އަންޖަދު އަށް އެކަން އިޙްސާސް ނުވާ ފަދައެވެ. ޝަމީމް ދޮރުގައި ތަޅަން ފެށުމުން ޝިމާޔާ ދޮރު ހުޅުވަން ދާން އުޅުނެއްކަމަކު ކުރިއަށްވުރެވެސް ބާރަށް އަންޖަދު ޝިމާޔާގެ ކަރުގައި ހިފިއެވެ. އަންޖަދު އޭނާގެ އަނެއް އަތުން ޝިމާޔާގެ ހެދުމުގައި ހިފެހެއްޓިއެވެ. އަދި ދަމައިގަންނަން އުޅުމުން ޝިމާޔާ އެކަން ވިޔަނުދީ އަންޖަދުގެ އަތުގައި ހިފެހެއްޓިއެވެ. ދެން ޝިމާޔާ އޭނާއަށް އެޅުނުހާ ބާރަކަށް އަންޖަދުގެ އަތުގައި ދަތްއެޅިއެވެ. އަންޖަދުއަށް ވީ ތަދުން ކެތްނުވެގެން ޝިމާޔާގެ ކަރުގައި ވަށައިލެވިފައިވި އޭނާގެ އަތް ދަމައިގަނެވުނެވެ. ޝިމާޔާ ދަތް އެޅިތަން ހުރީ ނޫފައިގެންފައެވެ. ދަނޑިވަޅު ބަލައިފައި ޝިމާޔާ ދުވެފައި ގޮސް ދޮރުހުޅުވިއެވެ. އަދި ކުރިމަތީގައި ހުރި ޝަމީމް ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. “ދޮންބޭ ސޭވް މީ. ސޭވް މީ.” ޝަމީމްގެ މޭމަތީ މޫނު ފޮރުވައިގެން ހުރެ ޝިމާޔާ ވައި އަޑުން ބުންޏެވެ. ޝިމާޔާގެ މުޅި ހަށިގަނޑުވެސް ތުރުތުރު އަޅާކަން ޝަމީމް އަށް އިޙްސާސްވަމުން ދިޔައެވެ. ޝިމާޔާ އެހުރީ ވަރަށް ބިރުންކަން އޭރުވެސް ޝަމީމްއަށް ނަގައިގަނެވުނެވެ. “ޝްޝް.. ކިހިނެތްވީ ޝިމް؟ ބުނެބަލަ ދޮންބެ ގާތުގަ.” ޝިމާޔާ އޭނާގެ ގަޔާއި ދުރުކުރަމުން ޝަމީމް އެހިއެވެ. ޝިމާޔާ ވާހަަކަދައްކަން އުޅުނަކަސް އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ. މީހާ ސިހި ބިރުގަނެފައި ހުރުމުގެ ސަބަބުން ވާހަކައެއް ނުދެއްކޭނެއެއްނުންހެއްޔެވެ؟ “ބުނެބަލަ ޝިމް.” ޝިމާޔާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން މިފަހަރު ޝަމީމް ހަރުއަޑަކުން ބުންޏެވެ. ޝިމާޔާ އަށް ވީގޮތް ކިޔައިނުދެވޭނެކަން އެނގުމުން އޭނާގެ އަތުން ކޮޓަރިއަށް އިޝާރާތްކުރިއެވެ. ޝަމީމް އަށް ކޮޓަރިތެރެއަށް ބަލައިލެވުނީ އެވަގުތުއެވެ. އޭރު އަންޖަދު ދެލޯ ބޮޑުކޮށްގެން އެދެމީހުނާއި ދިމާލަށް ބަލަން ތިބިތަން ޝަމީމްއަށް ފެނުނެވެ. ޝަމީމްގެ ދެއަތް މުށްކެވި ދަތްކުނޑި ވިކައިގަތީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އަންޖަދު ޝަމީމް އަށް ކުރި އަނިޔާގެ ދެގުނަ އަރުވައިލާނަމޭ ހިތައި ޝަމީމް ކޮޓަރިތެރެއަށް ވަނެވެ.
“ކަލޭ ކީކޭ ހިތަށް އަރައިގެންތަ މަގޭ ކޮއްކޮ އާ ތި ބެހެނީ؟ އޭނ.” އަންޖަދު ލައިގެން އިން ގަމީހުގެ ގިރުވާނުގައި ހިފައި ބާރުކޮށްލަމުން ޝަމީމް އެހިއެވެ. ޝަމީމްގެ ދެލޯ ފެނިއްޖެ ކޮންމެ މީހަކުވެސް ބިރުން ސިހިގެންދާވަރުވާނެއެވެ. އެހެނީ އެ ދެލޮލުން ހީވަނީ އަލިފާންކަނި ބުރާފާނެހެންނެވެ. އަންޖަދު އެއްވެސް އެއްޗެކޭ ނުބުނެ ޝަމީމް އާއި ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. ޝަމީމް ބަލާކަށް ނުހުރެ އަންޖަދުގެ ގިރުވާނުން އޭނާގެ އަތް ދޫކޮށްލި ގޮތަށް އަންޖަދު ފަހަތަށް ކޮށްޕައިލިއެވެ. އަންޖަދު ވެއްޓުނު ގޮތަށް އޭނާގެ ބޯ ޖެހުނީ ކޮޓަރީގައި ބަހައްޓައިފައި ހުރި މޭޒެއްގެ ފައިގައެވެ. ވީ ތަދުން އަންޖަދުގެ އަރުތެރެއިން ވޭނީ އާހެއްގެ އަޑު ނުކުތެވެ. ޝަމީމް ދެންވެސް ހިނގައިފައި ގޮސް އަންޖަދުގެ ގިރުވާނުގައި ހިފައި އަންޖަދު ކޮޅަށް ނެގިއެވެ. އަދި އަންޖަދު ކޮށްޕައިލި ގޮތަށް ކޮޓަރިން ބޭރަށް ވައްޓައިލިއެވެ. އަންޖަދު ވެއްޓުނީ ސީދާ ޝިމާޔާގެ ފައިކައިރިއަށެވެ. އަންޖަދު ޝިމާޔާގެ ފައިގައި ހިފައި ދަމައިގަތްގަތީނުން ޝިމާޔާ ތިރިއަށް ވެއްޓުނެވެ. ޝިމާޔާގެ ބޯ ތަށިމުށިތަކުގެ މަތީ ޖެހުނުލެއް ބާރުކަމުން ޝިމާޔާއަށް ހަޅޭއްލަވައިގަނެވުނެވެ.
ޝިމާޔާގެ ހަޅޭކުގެ އަޑަށް ނިދިފައި އޮތް ޒައިންއަށް ހޭލެވުނެވެ. ޒައިން އަށް ހީވީ އޭނާއަށް ހުވަފެނެއް ފެނުނުހެންނެވެ. ނަމަވެސް ދެންވެސް ހަމަ އެ ހަޅޭކުގެ އަޑު އިވުމުން ޒައިންއަށް ފެނުނީ ހުވަފެނެއް ނޫންކަން އޭނާއަށް އެނގުނެވެ. އެ އަޑު އެ އިވެނީ ގޭތެރެއިންކަން ޒައިން އަށް އިނގުނު ވަގުތު އޭނާ ލުއްކެއް ޖަހައި އެނދުން ތެދުވެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ޒައިން ހީކުރީ ޝަމީމްއާއި ޝިމާޔާ ހިފަނީ ކަމަށެވެ. ނަމަވެސް ކޮޓަރިން ނުކުތްއިރު ޒައިންއަށް ފެނުނީ އޭނާ ހީވެސް ނުކުރާފަދަ މަންޒަރެކެވެ.
**މިނެޓްތަކެއް ކުރި**
ޝިމާޔާ ވެއްޓުނު މަންޒަރު ޝަމީމް އަށް ފެނުމުން ޝަމީމް ދުވެފައި ގޮސް ޝިމާޔާ ކައިރިއަށް ގޮސް އޭނާއަށް އެހީވާން އުޅުނެވެ. އަންޖަދު ތެދުވެ ޝިމާޔާ ކައިރީގައި އެއްފައިމައްޗަށް ތިރިވެ އިން ޝަމީމް ކޮޅަށް ނަގައި އޭނާގެ މޫނުމަތީގައި ޖެހިއެވެ. އެވަރުން ނުފުދިގެން އަންޖަދު އޭނާގެ ކަކުލުން ޝަމީމްގެ ބަނޑުގައި ޖެހިއެވެ. ބަނޑަށް އެރި ތަދެއްގެ ސަބަބުން ޝަމީމްއަށް ގުދުވެވުނީއެވެ. އަންޖަދު ޝަމީމް ދުރަށް ކޮށްޕައި ވައްޓައިލިއެވެ. ޝިމާޔާގެ މޫނުމައްޗަށް އަނދިރިވާން އުޅުނެއްކަމަކު ޝިމާޔާ ވަރަށް ހިތްވަރުކޮށްފައި ތެދުވިއެވެ. އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓައިގެންވެސް އޭނާގެ ދޮންބެ ކައިރިއަށް ދެވޭތޯ ޝިމާޔާ ބެލިއެވެ. ނަމަވެސް އެއް ފިޔަވަޅުވެސް އޭނާއަށް ނުނެގެނީސް އޭނާގެ ބުރަކަށްޓަށް ތޫނު އެއްޗެއް ހެރުނު ކަމުގެ އިޙްސާސް ކުރެވުނެވެ. ޝިމާޔާއަށް ކުރިއަށްވުރެެވެސް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަންޖަދު ޝިމާޔާގެ ކޮނޑުގައި ހިފަހައްޓައި ޝިމާޔާ ބަނޑުވަތަށް ތަށިމުށިތަކު މައްޗަށް ވައްޓައިލިއެވެ. އަދި ކުރުފައިމައްޗަށް ތިރިވެ ޝިމާޔާ އާއި ކައިރިވަމުން ބުންޏެވެ. “މަ ބުނިކަންތައް ކޮށްދިން ނަމަކަ މިހެނެއް މިރެއަކު ނުވީސް. ދެން އަރާމުކޮށް ނިދާލާ ކަލެމެން ދެކުދިން.” ތުންފަތްމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ އަންޖަދު ކޮޅަށް ތެދުވިއެވެ. އަންޖަދު ގެއިން ނުކުތީވެސް ޝަމީމްގެ ބަނޑަށް އޭނާގެ ފައިގެ ހޫނު ހަމަލާއެއް އަރުވައިފައެވެ.
*************
ވާނުވާއެއް ނޭނގިފައި ހުރެ ޒައިން ޝަމީމް ކައިރިއަށް ދާން ހިނގައިގަތެވެ. “ޝަމީމް؟” އެއްފައިމައްޗަށް ތިރިވެ ޝަމީމްގެ ކޮނޑުގައި ހިފަހައްޓަމުން ސުވާލުން ފުރިގެންވީ އަޑަކުން ޒައިން ޝަމީމްއަށް ގޮވައިލިއެވެ. ޝަމީމް މަޑުމަޑުން ދެލޯ ހުޅުވައި ޒައިން އާއި ދިމާލަށް ބަލައިލިއެވެ. “ކިހިނެތްވެފަތަ މިއޮތީ؟” މުޅި ސިޓިންގްރޫމަށް ނަޒަރެއް ދެމުން ޒައިން އަހައިލިއެވެ. “ކޮބާތަ ޝިމް؟” ބަނޑަށް އަރައިފައި އޮތް ގަދަ ތަދެއްގެ ސަބަބުން ޝަމީމްއަށް ވާހަކަވެސް ދެއްކުނީ އުނދަގުލުންނެވެ. “ޝިމް.. ޝިމް އެއޮތީ…” ޒައިން ބުނަން އުޅުނު ޖުމުލަ ނުނިމެނީސް ޝަމީމް ވާހަކަދައްކަން ފެށިއެވެ. “ކޮންތާކު އޮތީ؟ ކޮންތާކު އޮތީ؟ ޝިމް ކޮންތަނަ..” ޝަމީމް އެހެން ކިޔަމުން ގަދަކަމުންވެސް ތެދުވެވޭތޯ ބެލިއެވެ. އެންމެ ފަހު ސުވާލުކުރަން އުޅުނު ވަގުތު ފެނުނު މަންޒަރަކުން ޝަމީމްއަށް އޭނާގެ ދެލޯ ބޮޑުކޮށްލެވުނީއެވެ.
“ޝަމީމް ބަލައިގެން.” ޒައިން ޝަމީމްގެ ގައިގައި ހިފަހައްޓަން އުޅުނަސް ޝަމީމް ޒައިންގެ އަތް ފޮޅުވައިލައިފައި ގަދަކަމުން އެތަނުން ތެދުވެ ކޮރުޖަހަމުން ޝިމާޔާ ކައިރިއަށް ޝަމީމް ދިޔައެވެ. އަދި އިތުރަށް ކޮޅަށް ހުންނަން އުނދަގޫވުމުން ކުރުފައިމައްޗަށް ތިރިވިއެވެ. “ޝިމް؟ ކިހިނެތް ހަދާފަ މިއޮތީ މީނައަށް؟ އަން..” ޝަމީމްއަށް އަންޖަދު މަތިން ހަނދާންވީ ދެނެވެ. މިއީ އަންޖަދުގެ ކަމެއްކަން ނަގައިގަންނާކަށް ޝަމީމްއަކަށް އުނދަގުލެއް ނުވިއެވެ. “ޒައިން އޭތް. އެމްބިއުލެންސްއަށް ގުޅާބަލަ. މަގޭ ޝިމް. ނިކަން ބަލާބަލަ މި ކުއްޖާއަށް ހަދާފަ އޮތް ގޮތް އެކަމަކު. މީހަކު މަރެއް ނުވާނެތަ އަޅެ؟” އަންޖަދު ދެކެ އައިސްފައި ހުރި ރުޅިއެއްގެ ސަބަބުން ޝަމީމްއަށް ކިޔޭނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ.
ޒައިން ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ އޭނާގެ ފޯނު ނަގައި އެންބިއުލެންސަށް ގުޅަންވެގެން ބަލައިލިއިރު ހޮސްޕިޓަލް ނަމްބަރެއްވެސް ފޯނުގައި ސޭވް ކޮށްފައި ނެތެވެ. އެހެންކަމުން ޒައިންއަށް ޖެހުނީ ގޫގުލްގައި ސާޗްކޮށްގެން ނަމްބަރު ހޯދާށެވެ. ސާޗްކުރަން އިންނަ ބައިގައި އޭޑީކޭ ހޮސްޕިޓަލް ޖަހައި އެންޓަރ ކޮށްލުމުން ޒައިން އެންމެ ފުރަތަމަވެސް ގުޅެން އިން ލޯގޯއަށް ފިއްތައި އެ ހޮސްޕިޓަލަށް ގުޅައިލިއެވެ. ވެގެން އުޅޭގޮތް ކުޑަކޮށް ކިޔައިދިނުމަށްފަހު ގެއަށް އެންބިއުލެންސެއް ފޮނުވައިދޭން ޒައިން އެދުނެވެ. އަދި ވަރަށް އެމަރޖެންސީކަމަށްވެސް ޒައިން ބުންޏެވެ. “ނަސީބު ފޯނު ނެގިކަންވެސް. އެމްބިއުލެންސް އައުމުގެ ކުރިން ހިނގާބަލަ މި ވަޅި ނަގަން.” ޒައިން ޝަމީމް ގާތަށް އައިސް ބުންޏެވެ. ޝިމާޔާ ބުރަކަށިން ހުއްޓުމެއްނެތި ލޭ ފައިބަމުން ދިޔަ މަންޒަރު ފެނި ޒައިން ކިތަންމެހާވެސް އެކަން ކުރަން ޖެހިލުންވިއެވެ. ނަމަވެސް ދެލޯ މަރައި ތަގުޅިކޮށް ފުން ނޭވައެއް ދޫކޮށްލަމުން ޒައިން އެއްފައިމައްޗަށް ތިރިވިއެވެ. އަދި ޝިމާޔާގެ ބުރަކަށްޓަށް ހެރިފައި އިން ވަޅީގައި ހިފަހައްޓައި ދެލޯ މަރައި ތަގުޅިކޮށްލަމުން ވަޅި ދަމައިގަތެވެ. ޒައިން އަވަހަށް ވަޅި ދުރަށް އެއްލައިލައިފައި ދުރަށް ޖެހުނެވެ. އެންބިއުލެންސް ސައިރަން އަޅާ އަޑު ދުރުން އިވެން ފެށުމުން ޒައިން އަވަހަށް ޝަމީމް ކައިރިއަށް އައިސް އެވާހަކަ ބުންޏެވެ.
އެންބިއުލެންސް އައިސް ގޭދޮރުމަތީގައި މަޑުކޮށްލިއެވެ. ޒައިން ދޮރު ހުޅުވިއިރު އޭގެން މީހަކު ދޮރުމަތީގައި ހުއްޓެވެ. “ކޮބާތޯ ޕޭޝަންޓް؟” އެމީހާ އެހެން ބުނުމުން ޒައިން އެމީހާއަށް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އޭނާގެ ފަހަތުން އިތުރު ދެމީހަކުވެސް ގެއަށް ވަނެވެ. އެމީހުން ޝިމާޔާ ނަގައިގަނެގެން ގޮސް އެނދުމަތީ ބާއްވައިފައި އެންބިއުލެންސް ތެރެއަށް ވެއްދިއެވެ. ޝަމީމްގެ ޙާލު ދެރަ ވާހަކަ ބުނުމުންވެސް އެމީހުން ޝަމީމް އަށް އެހީތެރިވެދިނެވެ. ޝަމީމް އަށް ކޮޅަށް ހުންނަން އުނދަގޫވާން އެމީހުނަށް އެނގުމުން ޝަމީމްގެ އަތުގައި ހިފައިގެން އެދެމީހުން ޝަމީމް އެންބިއުލެންސްގައި ބޭންދިއެވެ. އިށީންނަން އިންނަން އުނދަގޫހެއްޔޭ އެމީހުން އެހުމުން ޝަމީމް އޯކޭ އޭ ބުންޏެވެ. “ޒައިން އޯކޭ ނަޔަސް. ޒައިން އެތަން ސާފުކުރޭ އިނގެ. ސާފުކޮށް ނިންމާފަ އާދޭ. އަހަރެން އެހާ ޙާލު ދެރައެއް ނޫނޭ. އޯކޭ!” ޒައިން އެމްބިއުލެންސަށް އަރަން ހެދުމުން ޝަމީމް ބުންޏެވެ. ޒައިން ފުރަތަމަ ކޮޅު އެކަމަށް އިންކާރުކުރިއެވެ. ނަމަވެސް ޝަމީމް ކުރުނުކޮށް ކިޔަން ފެށުމުން ޒައިން އެންމެ ފަހުން އެއްބަސްވެ އެމްބިއުލެންސް އިން ނުކުތެވެ. ޒައިން އޭގެން ފޭބުމުން އެންބިއުލެންސް ސައިރަން އަޅައިފައި އޭގެ މަންޒިލަށް ދާން ސްޓާޓްކޮށްލިއެވެ. ލޮލުގެ ކޮޅަށް އެންބިއުލެންސް އޮބާލުމުން ޒައިން ގޭތެރެއަށް ވަނެވެ. އޭރުވެސް މުށިތަކުމަތީ ހިކިފައި ހުރި ލޭތައް ފެނި ޒައިންގެ މެޔަށް ނުބައިކުރާ ގޮތްވިއެވެ. ނަމަވެސް އަވަހަށް ހޮސްޕިޓަލަށް ދިޔުމުގެ ބޭނުމުގައި ޒައިން އެތަން ސާފުކުރުމައިގެން އަވަސްވެގަތެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.





Wooowwwww???
really love it???
When next dear???
Awww thank you so much magnumm. Dhen oiy bai genesdheynan v avahah Insha Allah. Please keep waiting ok dear
Salaam readers! Miothee 12th vana episode upload vefa. Mibaiga hunnaanee ekkoh Shameem aai Shimaayaa ge baithau hunnaanee. Unmeedhukuran gina kiyuntherinnauves kamudhaanekamau. Enjoy reading and Leave a comment. Love you all <3 <3 <3 <3 Baajjaveri reygandakau edhen. 🙂
Wooooooowww vrh rythi mi part vx ma sha allah …
Dhonthy ur so talented ma sha allah
?May allah bless yuh
Awwwww thank you so much Quiiin 🙂 🙂 Quiiin ves v talented ey Maasha Allah. May Allah bless you more.
knme dhuvhaku esfiya site ah vadhefa balan vaahaka nikumefathoa..bt iyye vx nufenuneema v dissappoint vi…any way finally i got to read this part..hama buneveynee mashallah vvvvvvv reethi…idk what else to say.. i am speachless…..vvvvv reethi..love you.?????
Awlhey taetae. Dissapoint nuvachchey inge dear. I will try my best to upload all the episodes of this story. And thank you so much taetae. Finally I got a supportive reader 🙂 🙂 Feel happy for that 🙂 🙂 Love you too dear <3 <3 <3
Assalaam alaikum dear readers. Sorry for this but for my own reasons I’ve decided to take a little break. just a little break. Gaaiygandakau eh hafthaa varuge kuda break eiy. Unmeedhukuran understand vaane kamau. V bodau sorry hurihaa readers. But I will come back soon inge. Love you all. Please please keep waiting patiently. Love you all <3 <3 <3 <3 <3 <3 <3 <3 <3
Yeah in sha allah
?I will keep waiting
❤?nd thanku so much dhonthy
Welocome dear <3
Maasha allah… v reethi mi bai vx ???❤❤♥♥waiting for the next part
Thank you Anonymous <3 <3 Keep waiting v avahah upload kodhdheynan inge Anonymous
Assalaam alaikum readers!! M back. Iraadhakurevviyyaa v avahah theyra vana bai upload kolladheynan inge dears. Keep waiting! Love you all <3 <3
dhonthige readers….dhonthi ge lap ga massala ulheythy dhonthi ah adhi upnukurevigen eulheny…cuz ehen ehchissah vadhevey ekam site ah vanumuga dhathi thakaa kurimathi laan jehifa dhonthi ah vany…. ehenveema hurihaa kudhin ves dhonthi stry up kuran dhen wait kurahchey..
Hey guys. V avahah dhen oiy bai upload kolladheveythoa balaanan. And sorry alhugandu ge laptop vanee athulaafa. So, tab in liyeveythoa mi balanee ? v undhagoo kameiy meegen liyumakee alhugandau. Ekmves hama masakkaiykuraanan upload kodhdheveythoa. Love you all ❤️❤️