Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ނުވެވުނުނަމަ-9-

💞Shaa💞 Level 3100 Comments100 Login10 Stories
December 17, 2019 4 Mins Read
1 Comment

“ސުހައްތާ…. ޔޫ…ން އެއް… ނެ.ތޭ….” މަލްޝާ ރޮމުން ބުނެލިއެވެ. މަލްޝާގެ ކޯތާފަތުގައި ކަރުނައިގެ ރޮނގުތައަ ދެމެމުން ދިޔައިރު ހީވީ ދުވަހަކުބެސް އިފަލެއް ނުލިބޭ ކުއްޖެއްހެނެވެ.
“މަލް އަށް އިނގޭތަ ތި ކިޔޭ އެއްޗެއް…” ސުހާ އަހާލިއެވެ. ސުހާ ޔޫންގެ މަސްގަނޑަށް ބަލައިލަމުން ބުނެލިއެވެ. ޔޫންގެ ނޭފަތް ކައިރީ ސުހާގެ ޝަހާދު އިނގިލި ބާންޖާލުމަށްފަހު އަވަހަށް މީހަކަށް ގުޅުމަށް ބުންޏެވެ.މަލްޝާ ފޯނު ނަގައި ގިސަ ޖެހޭ ހާލު އާއިޝް އަށް ގުޅާ އަވަހަށް ގެއަށް އައުމަށް އެދުނެވެ.
****
7 އަހަރު ފަސް.
****
މަލްޝާ ލޯގަނޑު ކުރިމަތީ ހުރެ އޭނާގެ ސޫރައަށް ބަލާލިއެވެ. ކަޅު ކުލައުގެ ބޮޑު އަބާޔާ އަކާއެކު ކަނޑު ނޫ ކުލައިގެ ޝޯލް އަޅާލެވިފައި ވާއިރު މަލްޝާ ފެންނަނީ ވަރަށް ރީތިކޮށެވެ. ފަހު ފަހަރަށް ގަޔަށް ސެންޓު ޖަހާލުމަށްފަހު ކޮޓަރި އެނދުމަތީ ރީތި ކޮށް އިސްތިރި ކުރެވިފައި އޮތް ޑޮކްޓަރު ކޯޓް ނަގައި އަތުގައި ބާއްވާލިއެވެ. އޭހެ ފަހު ގައި ދިގު ވާފަށެއް ލައިފާވާ އަތްދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ކޮޓަރިން ނިކުތުމަށް މިސްރާބު ޖެހިއެވެ.
މިއަދު މަލްޝާ އަކީ ދަތުގެ ހާއްސަ ޑޮކްޓަރެކެވެ. މަލްޝާގެ ހުވަފެން މިއަދު ހަގީގަތަކަށް ވެއްޖެވެ. ކޮޠަރިން ނިކުތުމުން ފުރަތަމަ ވެސް ދިމާވީ ސުހާ އަށާއި އާލިމް އަށް ލިބިފައި ހުރި 6 އަހަރުގެ އަންހެން ކުއްޖަ އާއެވެ. ސުހާގެ 3 ދަރިން ތިބެ އެވެ. އެންމެ ބޮޑަށް ހުންނަނީ އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާ އަށް ނަން ދީފައި ވަނީ ސުހާ އާ ގުޅޭ ގޮތަށެވެ. ދެން ތިބި ދެ ފިރިހެން ކުދިންނަށް ނަން ދޫފައި ވަނީ އާލިމް އާ ގުޅޭ ގޮތަށެވެ. އަންހެން ދަރި އަށް ސުހާނާ ކިޔާފައި ވާއިރު ފުރަތަމަ ފިރިހެން ކުއްޖާގެ ނަމަކީ އަލާން އެވެ. ދެވަނަ ފިރިހެން ކުއްޖާ އަށް ކިޔާފައި ވަނީ އަނާން އެވެ.
“ދައްތާ…. ހާދަ ރީއްޗޭ… އަޅުގަނޑު ވެސް ވާން ބޭނުމީ ދައްތަ ކަހަލަ ޑެންޓިސްޓް އަކަށް…” ސުހާނާ ބުނެލިއެވެ.
“ތެންކުޔޫ ސުހައްކޯ… އިންޝާ ﷲ ސުހައްކޮގެ ޑްރީމް ފުލްފިލް ވާނެ.ކޮބާ އަލައްކޮ އާ އަނައްކޮ؟” މަލްޝާ އަހާލިއެވެ.
“ދެންމެ ވެއްޖެ މަންމަ އާ އެއްކޮން ފިހާރައަކަށް ގޮސް. ދައްތާ. މާމަ ބުނީ ކާން އަންނާށޯ” ސުހާނާ އެހެން ބުނެ ކޮޓަރޮއަށް ވަނެވެ.
މަލްޝާ ތިރިއަށް ގޮސް އާބިދާ ގައިގާ ބައްދާލިއެވެ.”ކާން އާދޭ ދަރިފުޅާ” އާބިދާ ބުނެލިއެވެ.”ނޫން މަންމާ. މާ ލަސް ވެއްޖެ މިއަދު. މިރޭ އަންނާނަން ވަރަށް އަވަހަށް.”
މަލްޝާ އެހެން ބުނެ ގެއިން ނިކުތެވެ. އޭރު މަލްޝާގެ އިންތިޒާރުގައި ހައިޒަލް އޭނާގެ ސައިކަލް މަތީ އިނދެވެ.
“ހައި. މިއަދު ވަރަށް ލަސްވެއްޖެ. ތަންކޮޅެއް އަވަހަށް”
މަލްޝާ ބުނެލިއެވެ.
**
“ކޮބާ. އަވަހަށް މަލްޝާ އާ އިނދޭ. ރީޝަމް އާއިޝް އާ އޭރަށް ސެޓް ވާނީ.” ނިޔާޒް ހައިޒަލް އަށް ދެ ނަމާދު ވަގުތު ގުޅާ ބުނެލިއެވެ. “އަހަރެން އިންނާނަން އެޕްރިލް މަހު. މި ފެބުރުއަރީ އެންނު” ހައިޒަލް ބުނެލިއެވެ.
“އާން އޯކެ އެހެން ކިޔާ ފޯނު ކަނޑާލިއެވެ.
***
މަލްޝާ ޑިއުޓީ ނިންމާލުމަށްފަހު ހައިޒަލް އަށް ގުޅާލީ ބަލާ އައުމަށް އެ ދޭށެވެ.ހައިޒަލް ފަސްވަރަކަށް މިނެޓް ތެރޭ އަންނަނީ ކަމށްސް ބުނެ ފޯނު ބޭއްވިއެވެ.
ހައިޒަލް އައުމާއެކު ހައިޒަލް އާއެކު ގެއަށް މަލްޝާ ދިޔައެވެ.
މަލްޝާ ގެއަށް ވަދެ ފުރަތަމަ ވެސް ހޯދީ އާބިދާއެވެ.
“މިއަދު ވަރަށް މަޖާ ކުއްޖަކާ ދިމާވި. އެ ކުއްޖާ ދަތް ނަގަން ދެން ވަރަށް ރީތި ކޮން އޮތް އިނގޭތަ މަންމާ. އަދި އެ ކުއްޖާ ބުނި ވަރަށް މަޖާ އޭ އަޅުގަނޑު. ” މަލްޝާ އާބިދާ ގާތު ހޮސްޕިޓަލުގައި ދިމާވި ކަންކަމުގެ ވަާހަކަ ކިޔާދެމުން ދިޔައެވެ. “ދަރިފުޅާ… ދެން އަވަހަށް ދޭ ފެންވަރައިގެން ކާން އަންނަން.” އާބިދާ ބުނެލިއެވެ.އެހެން ބުނުމުން މަލްޝާ ކުޑަ ކުއްޖަކު ފަދައިން ފެންވަރަން ދިޔައެވެ.**
އާއިޝް 1 އަހަރު ދުވަހު މާލޭގައި ލިބުނު ކޮލަޝިޕެއްގައި ކިޔަވަން ހުރުމަށްފަހު މިއަދަކީ އާއިޝް ރަށަށް އާދެވޭ ދުވަހެވެ..ޔޫންގެ ވަކިވެ ދިޔުމާ ގުޅިގެން އާއިޝް އަށް ވެސް ވަނީ އެތަށް އަސަރުތަކެއް ކޮށްފައެވެ. ނަމަވެސް މަރަކީ އެކަކަށްވެސް ހިފެހެއްޓޭނެ އެއްޗެއް ނޫން ކަން އާއިޝް ވެސް ދަނެއެވެ. ޔޫންގެ ކުއްލި ވަކިވެ ދިޔުމަކީ އާއިޝް އަށް އެތަށް ހިތާމަ އަކާ ކުރިމަތިލާނ ޖެހުނު ކަމެކެވެ. އޮތްހާ ދުވަހު ކޮއްކޮ އެއް ފަދައިން ޔޫން ދެކެމުން އައިސް ޔޫން ވަކިވުމުން އާއިލާ މީހަކު ވަކިވުމުން ކުރާނެ ހިތާމަ އާއިޝް ކުރިއެވެ. ހިތާމަ ކުރީ އާއިޝް އެކަންޏެއް ނޫނެވެ. އާއިޝްގެ ގޭގައި އުޅޭ އެންމެން ހިތާމަ ކުރިއެވެ.
އާއިޝް އަށް ރަށަށް އާދެވުމުން ފުން ނޭވާ އެއް ދޫކޮށްލެވުނެވެ. އާއިޝް ހުރީ މިރެޔަށް ވަރަށް ގިނަ ކަންތައް ރާވާފައެވެ. އަތުގައި އޮތް ރަތް ފިނިފެން މަލަށް ބަލއިލަމުން ހީލައިފާ ގެޔާ ދިމާލަށް އާއިޝް މިސްރާބު ޖެހިއެވެ.
ގެޔަށް ވަދެވުމުން ފުރަތަމަ ވެސް މިސްރާބު ޖެހީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ހުރިހާ އެއްޗެއް ލުމަށްފަހު އާބިދާ ކޮޓަރީ ގޮސް ޓަކީ ޖަހާލީ ސަޕްރައިޒް ވާނޭ ކަން އެނގި ހުރެ އެވެ.
ކަންތައް ވީ ވެސް އެހެންނެވެ. އާބިދާވެސް އާއިޝް ފެނުމުން އުފަލުން ބައްދާލިއެވެ.
“މަންމާ އަޅުގަނޑު ކުއްޖަކާ ރައްޓެހިވާން މި އުޅެނީ.”
އާއިޝް ބުނެލިއެވެ.”އަނެއްކާ އެއީ ކާކު. މަންމަ ކައިރީ ބުނެބަލަ. އޭރަށް ދޯ މަންމަ އަށް ވެސް އެނގޭނީ އެ ކުއްޖެއްގެ ގޮތް.” އާބިދާ ބުނެލިއެވެ.
މަލްޝާ އާބިދާ ކޮޓަރި ކައިރީ ހެވިލައިގެން ހުރީ އާއިޝް ކުއްޖަކާ ރައްޓެހިު ވާ ވާހަކަ ބުނުމުންނެވެ. އާއިޝް އާބިދާ ގާތު ނަން ބުނަން ދެން މަލްޝާ ދޮރު ކައިރީ މަޑު ކޮށްލައިގެން ހުރިއެވެ.
“މަންމާ. އެއީ. އެއީ. އެއީ… މަ……ލް….ޝާ” އާއިޝްގެ ޖުމުލަ އާއެކު މަލްޝާގެ ހިތަށް ތޫން ހަންޖަރެއް ހަރާލި ފަދަ އިހުސާސެއް މަލްޝާ އަށް ވިއެވެ. އާއިޝް އަށް އޭނަ ހައިޒަލް އާއި ރައްޓެހި ވެގެން އުޅޭ ކަން ނޭނގެން ވީ އެއްވެސް ސަބަބެއް ނޯންނާނެވެ.
“ދަރިފުޅާ. މަލްޝާ އުޅެނީ ސުހާ ދައްތަމެން ގޭ ހައިޒަލް އާ ރައްޓެހި ވެގެންނެއް ނޫންތަ؟” އާބިދާ ބުނެލިއެވެ.
“މަންމާ.. ކީކޭ ތި ކިޔަނީ. މަލްޝާ އެކަކާ ވެސް ރައްޓެހި ނުވޭ…” އާއިޝް ގަބޫލް ކުރަން ދަތި ވެފައި ހުރެ ބުނެލިއެވެ.
“އެކަމް ދަރިފުޅާ. މަލްޝާ ޑިއުޓީ އަށް ގެންގޮސް ގެނެސްދެނީ އޭނަ. އެއްރޭ މި ގޭތެރެއިން ވެސް ފެނުން. މަލްޝާ މަންމަ ގާތު ބުނަން ވެސް ބުނި” އާބިދާގެ އެ ކުރު މައުލޫމާތު ކޮޅުން އާއިޝް ހިތް ކުދި ކުދި ވެގެން ދިޔައެވެ. އާއިޝް ހެ ހިތް މީގެ 5 އަހަރު ކުރިން ވަނީ މަލްޝާ އަށް ދެވިފައެވެ. މަލްޝާ ހުރީ އަޖައިބި ވެފައެވެ.
އާއިޝް އަށް މަލްޝާ ހިޔާރު ކުރަންވީ ސަބަބު މަލްޝާ ބަލަން ބޭނުން ވިއެވެ. ވީ ދެރައިން މަލްޝާ ގިސް ކޮޓަރިއަށް ވަނެވެ.
“އާއިޝް އާރ ޔޫ ކުރެޒީ ޓު ޗޫޒް މީ…
އާއިޝް އާރ ޔޮު ކުރެޒީ ޓު ސެލެކްޓް މީ އޭޒް ޔުއާށް ޖީ އެފް” މަލްޝާ ކޮޓަރީ އެކަނި މާ އެކަނި އިނދެ ރޮމުން ކިޔަމުން ދިޔައެވެ.”ވައި ޔޫ ކާންޓް އަންޑަސްޓޭންޑް އައި އޭމް ހައިޒަލްސް ޖީ އެފް… ވައި…؟؟؟؟” މަލްޝާ ރޮމުން ގެންދިޔައެވެ.
**
އާއިޝް ގޮސް ކޮޓަރިއަށް ވަނެ އޭނަ ގެންއި ރަތް ފިނިދެން މާ ނަގާ އޭހައި ހުރި ހުރިހާ ފިޔަތައް ނައްޓާލުމަށްފަހު ބެލްކަނިން ބޭރަށް އުކާލިއެވެ. އާއިޝް ގިސް އެނދުމައްޗައް ޖެހި ގަތިމަށްފަހު ފޯނު ނަގާ ގެލަރީ އަށް ވަދެ މަލްޝާގެ ފޮޓޯތަކެއް ބަލަމުން ކީއްވެހޭ އަހަމުން ދިޔައެވެ. ނަމަވެސް އެޔަށް އާއިޝް އަކަށް ޖަވާބެއް ނުލިބޭނެވެ.

*******

I am sorry dor bieng late. These days i m not in my own island so i cant upload the story… and i know this part have many mistakes. I am sorry. Hope you all will forgive me..?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

💞Shaa💞

Level 3100 Comments100 Login10 Stories

Writing and reading improve your skills❤ Proud to be a basic author?? Mail: [email protected] inster: _._.BLACKKKK._._

Other Articles

Previous

ވާން ނެތް ކަމަކަށް ހިތް އެދި ގޮވާތީ…

Next

ލޯބިވާ 2

Next
December 17, 2019

ލޯބިވާ 2

Previews
December 17, 2019

ވާން ނެތް ކަމަކަށް ހިތް އެދި ގޮވާތީ…

One Comment

  1. Riyaa says:
    December 20, 2019 at 2:36 pm

    Kobaatha next part can’t wait……..

Comments are closed.

Next Episodeލޯބިނުވެވުނުނަމަ -10-←


All Right Reserved!