ލޯބިނުވެވުނުނަމަ -10-
އާއިޝް އެހެން އޮތުމަށްފަހު ކޮޓަރި ކަނެއްގައި ބަހައްޓާފއި ވާ ގިޓާ ނަގައި އާއިޝް ލަވަ އެއް ކިޔަން ފެށިއެވެ. އާއިޝް އަކީ އުމުރުން 16 އަހަރުން ފެށިގެން ލަވަ ކިޔަމުން އަންނަ މީހެކެވެ.
“އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގާ…2
އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގާ…2
ހުރެލްނަ ބޭނުމޭ އަރިހުގާ ދުރުކޮަށްލަން އުދާސް ހިތުގަވާ ނިމިދާނީ އެކީ އުޅެ މިތާ ލެވިދާ ފަހު މި ނޭވާ މިތާ…
ހިއްސާ ކޮށްލަމޭ ލޯބިވާވަރު..
ނުމެދާނަން އެކަނި ކޮށް ތިމާ އަދު.
ހުވައޭ މީ ހިތަށް މިއަދު ވާވަރު
ދޫކޮށް ދެން ނުދާނަން ހިތާ އަދު…”
ގިޓައިން ޖަހަމުން ދިޔަ ރާގާއި އެއްވަރަށް އާއިޝް ދިޔައީ ލަވަ ކިޔަމުންނެވެ. އޭރު އާއިޝްގެ ކޯތާފަތުގައި ކަރުނައިގެ ރޮނގެއް ދެމެމުން ދިޔައެވެ.
***
އައު ދުވަހަކަށް އިރު އެރީ އެކި މީހުންގެ ހަޔާތް ބަދަލް ކޮށްލަމުންނެވެ. އާއިޝް އާދައިގެ މަތިން ސްކޫލަށް ކިޔަވާދޭން ދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. މެރޫން ކުަލައިގެ ގަމީހަކާ އެކު ކަޅު ކުލައިގެ ޖިންސެއްގައި އާއިޝް ފެންނަނީ ވަރަށް ރީތިކޮށެވެ. އިސްތަށިގަނޑު ސްޓައިލް ކޮށްލައިފާ ވުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. އާއިޝްގެ މި ރީތިކަމުގެ ޖާދޫގައި ނުޖެހޭނެ އަންހެން ކުދިން މަދު ވާނެވެ. އާއިޝް ލެޕްޓޮޕް ދަބަސް ކޮނޑުގައި އަޅު ވާލުމަށްފަހު ކޮޓަރިން ނިކުތް ވަގުތު ވީ މަލްޝާވެސް ކޮޓަރިން ނިކުތް ވަގުތަށެވެ. ގަދަ ނޫ ކުލައިގެ އަބާޔާ އަކާއެކު ސްކައި ބްލޫ ކުލައިގެ ޝޯލް އެއް އަޅާ ފައި ވުމުން ރީއްޗެވެ. މަލްޝާ ފެނުމުން އާއިޝް ފެންނަ ކަމށް ވެސް ނުހަދާ ދިޔުމުން މަލްޝާ ކުޑަކޮށް ފޫހި ވި ނަމަވެސް ރޭގަ ހިނގި ކަންތަކާ މެދު ހިތްހަމަ ނުޖެހިފައި ހުންނާނެ ކަން މަލްޝާ އަށް އިނގެއެވެ. އެހެން ކަމުން އެކަން މާ ބޮޑު ކަމަކަށް ނުހަދާ ތިރިޔަށް ދިޔައެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދު ވެސް ހައިޒަލް މަލްޝާ ހޮސްޕިޓަލް އަށް ލާ ދިނުމަށް ސައިކަލުގައި އައިސް އިނެވެ.
މަލްޝާ ގޮސް ހައިޒަލްގެ ފަހަތުގައި އިށީނުމުން މިރޭ 8 ޖަހާއިރު ތަނަކަށް ދާން ބޭނުންވާ ވާހަކަ ހައިޒަލް ބުނެލިއެވެ. މަލްޝާ އެކަމަށް އެއްބަސް ވީ ހައިޒަލް އަށް އިތުބާރު ކުރެވޭތީއެވެ.
މަލްޝާ ގޮސް ހޮސްޕިޓަލަށް ވަނެ އޭނާގެ ކެބިންއަށް އަރައި އެތާ އިން ގޮނޑިގައި އިށީނދެލީ އިތުރަށް 15 މިނެޓް އިނދީމައެވެ. ހޮސްޕިޓަލް ވައިފައި ޖައްސާލުމަށްފަހު އިންސްޓަގުރާމް އަށް ވަދެލީ ފޫހި ވާތީއެވެ. މަލްޝާ އެ ކެބިންގެ ފޮޓޮ އެއް ނެގުމަށްފަހު އިންސްޓަގުރާމް ސްޓޯރީ އަށް ލިއެވެ. އޭގެ ފަހުގައި ފޯނު ނިއްވާލުމަށްފަހު ފޯނު ކައިރީ ބޭނޖީ ރެޑީ ވެލުމުގެ ގޮތުންނެވެ.
***
އާއިޝް ސްކޫލަށް ވަދެ ސައިން ވެލުމަށްފަހު ސްޓާފް ރޫމް ގައި މަޑު ކޮށްލީ ފުރަތަމަ ގަޑިއަކީ ހުސް ގަޑިއަކަށް ވުމުންނެވެ. އާއިޝް ލެޕްޓޮޕް ދަބަސް ނަގައި ލެޕް ހޮޅު ވައިލީ ޕްރެޒެނޓޭޝަން އިތުރަށް ފުރިހަމަ ކޮށްލުމުގެ ގޮތުންނެވެ. ނަމަވެސް ޕްރެ×ެންޓޭޝަން އަށް އާއިޝް އަށް އެއް ގޮތަކަށްވެސ ްސަމާލް ކަން ދެވޭ ގޮތެއް ނުވިއެވެ. ވިސްނެނީ މަލްޝާ އާ މެދު އެވެ. 3 އަހަރު ކުރިން އާއިޝްގެ ހިތުން ޖާގައެއް މަލްޝާ ހޯދީ ވަރަށް ފަސޭހައިންނެވެ.އޭނާގެ ކިޔެވުމާ މަސައްކަތް ތެރި ކަމުން އާއިޝް އޭނަޔަށް ހާއްސަ މަގާމެއް ދިނެވެ. އެ މަގާމު ބަދަލު ވެގެން ދިޔައީ ލޮތްބަށެވެ. މަލްޝާ އާއި ހައިޒަލް ރައްޓެހިވީ ކިހިނެއް ބާ އޭ އާއިޝްގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކޮޅުން ހައިޒަލް އަކީ ހަރުދަނާ ވަޒީފަ އެއް ހުރި މީހެއް ވެސް ނޫނެވެ. އެވަރު މީހަކާ އެއްކޮން މަލްޝާ އުޅޭނެ ގޮތަކާ މެދު އާއިޝް އަށް ވިސްނެމުން ދިޔައެވެ.އެންމެ ފަހުން ސިކުނޑި ސުމަކަށް ދާވަރު ވުމުން ކޮންމެ ގޮތެއް ވެސް ވާނީ ރަނގަޅަށް ކމަށް އަމިއްލަ ނަފްސާ ބުނުމަށްފަހު ކުލާހަށް ދާން ހިނގައިގަތީ ގަޑި ޖެހެން 5 މިނެޓަށް ވުމުންނެވެ.
***
މަލްޝާ ޑިއުޓީ ނިންމާލުމަށްފަހު 3 ޖެހިއިރަށް ހައިޒަލް އާއެކު ގެޔައައެވެ. ހައިޒަލް އައި މަގު މަތީ އެތަށްފަހަރަކު 8 ޖަހާއިރަށް ތައްޔާރުވުމަށް ބުންނެޔެވެ. މަލްޝާ އެންމެ ފަހުން ބޮލށް އުނދަގުވެގެން ތިހެން އަބަދު ނުކިޔަސް އަހަރެން ތައްޔާރު ވާނަމޭ ކިޔާ ގެޔަްވަނީއެވެ.
“އަނހާ. ދަރިފުޅާ. މިއަދު ދިޔާ ނުކައި ދޯ.” އެ ވަގުތު ވީ އާއިޝް ވެސް ސްކޫލްގެ މަސައްކަތް ނިންމާލުމަށްފަހު ގެޔަށް އައި ވަގުތަށެވެ. “މަންމަ އަށް މިހާރު މަލް އެކަނި ފެނިފަ ހުންނަނީ. އަހަރެން އައިމަ އެހެން ނުވެސް ބުނޭ.” އާއިޝް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.
“ދަރިފުޅާ. އަދި ނުބުނެ ވިފަ އެއް ނެތެއްނު. މަންމަ އެހެން ބުނީ މަލްޝާ ކާކޮޓަރިއަށް ވަނީމައެންނު” އާބިދާ ހަމަޖެހިލައިގެން ހުރެ އާއިޝް އަށް ނަސޭހަތް ދެމުން ދިޔައެވެ. “އާއިޝް އާދޭ. ކާން” މަލްޝާ ބުނެލިއެވެ. “އަހަރެން ނޫޅެން މަލްޝާ ދޭ އެއްޗެހި ނުކެވިގެން” އާއިޝް އެހެން ބުނެ ދާން އުޅުމުން ހުއްޓެން މަޖުބޫރު ވީ މަލްޝާ ގޮވާލުމުންނެވެ.
“އާއިޝް. އައި ނޯ އެވްރީތިން.. އާއިޝް އަހަރެން ދެކެ ލޯބިވާ ކަން އަހަންނަށް އެނގޭ… އަހަންނަށް އެނގޭ ރޭ އާއިޝް އަހަންނަށް ޕްރޮޕޯޒް ކުރަން އުޅުން ކަން ވެސް. އައި ނޯ ހައު މަޗް ޔޫ ލަވް މީ.” މަލްޝާގެ ބަސްތައް އިވިފައި އާއިޝަގެ ފައި ގަނޑުވި ކަހަލަ އެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އަޅާނެ ހިތްވަރެއް އާއިޝް އަކަށް ނުލިބުނެވެ. “ހައިރާން ވެއްޖެ ދޯ އިނގުނީމަ. އާއިޝް ހިތަށްއަރަފާނެ މަންމަ ބުނީއޭ. ނޫން މަންމަ އެއް ނޫން ބުނީ އާއިޝްގެ ތި ދުލުން ބުނި އަޑު އަހަންނަށް އިވުން” މަލްޝާގެ ބަސްތަކުން އާއިޝް އަށް ކެތް ނުވިއެވެ.
“އަަހަންނަކަށް ނެތް އާއިޝް އަކަށް ޗާންސެއް ދެވޭކަށް އަމް ސޮރީ…” މަލްޝާ އެހެން ބުނެ އެތަނުން ނިކުމެގެން ދިޔައެވެ.”މަންމާ ކީއްވޭ…. މަންމާ ކީއްވެ…؟ ކިހިނެއް މަލްޝާ އަށް އެ އިވުނީ… މަންމާ.. އަހަރެން… މަންމާ އަހަރެން ނާ ހެދި ބޭނުމެއް ނޫން ހައިޒަލް އާއި މަލްގެ ލައިފް ހަލާ ކު ވާކަށް. މަންމާ… ދެން ކިހިނެއް ހަދާނީ.. މަންމާ… ބުނެބަލް. އަހަރެން ގޮތަ ހުސްވެއްޖެއް. އަހަރެނަނަށް ދާން އޮތަ މަގު އޮޅިއްޖެ. ދާނެ މިސްރާބެއް ނޭނގެ.” އާއިޝް ކިޔަމުން ދިޔައެވެ.”ދަރިފުޅާ ކެތްތެރިވޭ… ކެތްތެރިންނާ އެކު މާތްﷲ ވޮޑިގެން ވަނީ.. ދަރިފުޅަށް އަދި މަލް ލިބޭނެ އިންޝާﷲ މަންމަ ދަރިފުޅަށް ދުޢާ ކޮށްދޭނަން.ދަރިފުޅު ހިތްވަރު ކުރޭ. އަޒުމެއް ކަނޑަ އަޅާ.. ދަރިފުޅު ތިހެން ފިނޑި ވީމަް މަލްޝާ ބުނާނެ ރަނޑެކޭ” އާބިދާ މަޑު މައިތިރި ކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ.”މަންމާ އަހަރެން ބޭނުން ވަނީ އެއް ހަފްތާ އަށް ސިނގަޕޫރަށް ދާން. މަލްޝާ އާދުރުގަ އުޅެން ބޭނުމީ. ގާޔޫ އަލުން އނބުރާ އަހަރެން ލައިފް އަށް ގެންނަން ބޭނުމީ..” އާއިޥޝް ކިޔަމުން ދިޔައީ ރޮވިފައި ހުރެއެވެ.އާއިޝްގެ ދެލޮލުން ރޭން ފެށިގެން ކަރުނަ ނުހިކެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




??aaish nurohvaa shaa….btw story hama obi ingey
Thnx
Haadha Kurey vaahaka. And by the way when is the next part? Can’t wait more days. Please shaa avahah up kohdheeba
I will try my best on next part
varah reethi
Thank u
Thank u