Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ފަންސަތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 9, 2019 14 Mins Read
27 Comments

މަސްޢޫދުބެއާއި ވާހަކަ ދެއްކިތާ މާ ގިނައިރެއްނުވެ އަޔާޒްގެ ބްރޭކް ގަޑި ޖެހުމުން އޭނަ މިޞްރާބުޖެހީ ހޮސްޕިޓަލުގެ ނާރުގެ ޑޮކްޓަރާއި ބައްދަލުކުރަން ދިޔުމަށެވެ. ކަން ދިމާކުރި ގޮތުން އޭނަ ހިނގާފައި ދިޔަ ހޯލުގެ ތެރެއިން ވެސް އޭނައާއި އެކުވެރި ޑޮކްޓަރ ނަޒީހާއި ދިމާވުމުން ދެމީހުން އެކީގައި ހޮސްޕިޓަލުގެ ކެފެޓީރިއާއަށް ދާން ނިންމިއެވެ. ދެމީހުން އެކީގައި މޭޒެއްގެ ދޮށުގައި އިށީނދެ ހަމަޖެހިލުމުން އަޔާޒް އޭނަގެ ހިތުގައި އުފެދިފައި އޮތް ސުވާލުކުރިއެވެ. ސެރެބްރަލް ޕަލްސީ ޕޭޝަންޓަކު ފިޓް ނުޖެހި ހުރެފައި ކުރިއަށް އޮތްތާނގައި ޖެހުމަށް އޮތީ ކިހާވަރުގެ ފުރުޞަތެއްތޯއެވެ.

 

“އަނެއްހެން އެގޮތަށް ގެޕެއް އައިއްސިއްޔާ ދެން ވަރަށް ނުޖެހޭނެ. ވަރަށް ރެއާރވާނެ އެކަހަލަ ކޭސެސްތައް. ބަޓް ވީ ނެވާ ނޯ…..ބްރައިންގަ އެ އިންޖަރީ ހުރީމަ ފަހަރެއްގަ ވަކި ޙާލަތެއް ހޭންޑްލް ނުވެ ހިނގައިދާނެ. ވަކިން ޚާއްޞަކޮށް އޯވާރވޯކްކޮށް ނޫނީ މާ ބޮޑަށް ސްޓްރެސްވީމަ. އެހެންނޫނީ އިމޯޝަނަލް ޓްރޯމާއެއްގެ ސަބަބުންވެސް ހަމަ ކުރިމަތިވެދާނެ….” ޑޮކްޓަރ ނަޒީހް ކިޔައިދިނެވެ. އަޔާޒަށް އެ ވާހަކަތަކާއިމެދު ވިސްނެން ފެށި ވަގުތު އޭނައަށް ނޭނގުނު ކަމަކީ އެ ވާހަކަ އަޑުއަހަން އޭނަގެ ފަހަތުގައި ހުރި މޭޒެއްގައި އިން މީހަކު އަޑުއަހަން އިން ކަމެވެ. އެއީ އާދައިގެ ގަމީހަކާއި ޖިންސެއް ލައިގެން ހުރި އަޔާޒާއި ދާދި އެއް ޢުމުރެއްހެން ހީވާ ޒުވާނެކެވެ. އަޔާޒާއި ދިމާ ފަހަތަށް ވާގޮތަށް އިންއިރު އޭނަގެ އަތުގައި އޮތް ފޯނުން އަޔާޒާއި ނަޒީހާއި ދެމެދު ދެކެވެމުން ދިޔަ ވާހަކަތައް ރިކޯޑު ކުރެވެމުން ދިޔައެވެ.

 

“ސޯ…..ކޮންމެ ގޮތެއްވިޔަސް ރިސްކް އެބައޮތްދޯ؟” އަޔާޒަށް މަލާކާއި ދޭތެރޭ ވިސްނަމުން ދޯދެވުނެވެ.

 

“ހުމް….އެކަމަކު ރެގިއުލާކޮށް ޓްރީޓްކުރަން ފަށައިފިއްޔާ ބްރެއިންގެ ވަޔަރިންއަށް ވެސް ރަނގަޅު ބަދަލުތަކެއް އަންނާނެ. އެހެންވީމަ ޓްރީޓް ކުރާވަރަކަށް ފިޓް ޖެހުމުގެ ފުރުޞަތުވެސް ކުޑަވެގެންދާނެ. ކިހިނެއްވީ؟ އަޔާޒް ދަންނަ ކުއްޖަކު ސެރެބްރަލް ޕަލްސީ ހުންނަނީތަ؟ ހެލްޕެއް ބޭނުމިއްޔާ އަހަރެން ކައިރިއަށް ގެނޭ…..އަޔާޒްއަށް ވެސް ވަކި ޓްރީޓް ކުރަން ނޭނގޭނެއެކޭ ނުބުނާނަން. ސްޕެޝަލައިޒް ނުވިޔަސް ނިއުރޯ ޖީނިއަސްއަކަށްވީމަ. ހެހެ….” ނަޒީހް އޭނައަށް ތަޢުރީފުކޮށް ހީލުމުން އަޔާޒަށް ވެސް ހީލެވުނެވެ.

 

“އާނ ދެން….އެނގުނު ވަރަކުން ޓްރީޓް ކުރެވޭތޯ މި ބަލަނީ އިން ޝާ ﷲ! ތެންކިއު އިނގޭ ނަޒީހް….އަދިވެސް ޑައުޓެއް އޮތިއްޔާ އަހާލާނަން އިނގޭ؟” އަޔާޒް އެހެން ބުނެލީ ނަޒީހާއި ހިނިތުންވެ ކޮފީ ތަށިން ކޯވަރެއް ދަމާލަމުންނެވެ. ނަޒީހް ‘ޝުއާރ’ އޭ ބުނެ އެ ވާހަކަ ނިމުނު ވަގުތު އެމީހުންގެ މޭޒުގެ ކައިރީގައި އިން މީހާ އެ ރިކޯޑިންގް ޕޯޒް ކުރިއެވެ. އަދި ފޯނު ޖިންސްގެ ޖީބަށް ކޮއްޕަމުން އެތަނުން ދާން ހިނގައިގަތެވެ.

 

އަޔާޒް އެދުވަހުގެ ޑިއުޓީ ނިންމުމަށްފަހު ގެއަށް އައީ 5 ޖަހައި ބޮޑުވި ފަހުންނެވެ. އާދައިގެ މަތިން ކޮޓަރިއަށް ދިޔުމުގެ ކުރިން އޭނަ ސިޓިންގް ރޫމުގައި ތިބި ލަޔާންއާއި ލިލިއަންއާއެކީ ކުޑަ ވަގުތުކޮޅެއް ހޭދަކުރިއެވެ. ދީނާއިމެދު އުނގެނެން ފެށިފަހުން އޭނައަށް އިޚްތިޔާރަކާއި ނުލާވެސް އެކުދިންނާއިމެދު ބެހެއްޓެނީ ޚުދު އޭނަވެސް ޙައިރާން ކުރުވާފަދަ އޯގާތެރިކަމެކެވެ. އެކުދިންނަށް ހެޔޮކޮށް ހިތުމުން ހިތަށް ހަމަޖެހުމެއް ލިބެއެވެ. އަދި އެކުދިންގެ މައުސޫމް ހިނިތުންވުންތައް ފެނިފައި އޭނަގެ މުސްތަޤްބަލާއިމެދު ވެސް ވިސްނެމުން ދިޔައެވެ. އަމިއްލަ ޢާއިލާއެއް ފެށުމުގެ ޚިޔާލު ހިތުގައި ޒީނަތްތެރިވެގެންދެއެވެ.

 

ލަޔާންމެން ކައިރީގައި ހުރުމަށްފަހު އަޔާޒް ގޮސް ފަރުވާތެރިކަމާއެކީ އޭނަގެ ދޮރުގެ ތަޅު ވީހާވެސް ލަސްލަހުން އަނބުރާލަމުން ކޮޓަރިއަށްވަނެވެ. އާދައިގެ މަތިން އެގޮތަށް ތަޅު އެނބުރުމުން އިވުނު ލުއި އަޑުން ސިހުންނުވި މަލާކް އޭނަ ފެނުމާއެކު ކިޔަވާ މޭޒު ދޮށުގައި އިނދެ ހިނިތުންވެލިއެވެ. ބަދަލުގައި އަޔާޒްވެސް ހިނިތުންވުމެއް ހަދިޔާކުރަމުން ދޮރު ލައްޕާލިއެވެ.

 

“ހާދަ ބިޒީއޭދޯ؟” އަޔާޒް މަލާކާއި ދިމާލަށްދަމުން ބުނެލިއެވެ. މަލާކްގެ ކުރިމަތީގައި ހުރި ލެޕްޓޮޕް ހުޅުވިފައިވީއިރު ލެޕްޓޮޕްގެ ކައިރީގައި ބައިންޑް ކުރެވިފައިވި ފޮތްތަކާއި ގަނޑުތައްވިއެވެ.

 

“އާނ……މާދަމާއަށް ޑިއު ވާ ދެ އެސައިންމެންޓް އޮތްކަން މަލާކްއަށް އެނގުނީ މިއަދު ހެނދުނު. އެހެންޏާ މަލާކް ހުރިހާ ޓިއުޓޯރިއަލްއަކާ އެސައިންމެންޓެއް ދެ ދުވަސް ނޫނީ އެއްދުވަސް ކުރިން ނިންމޭތޯ ބަލަން. އެކަމަކު މި ދޭތީގެ ވާހަކަ މި ހުރިހާ ދުވަހު ނޭނގި އޮތީމަ މިއުޅެނީ ކުޑަކޮށް ހާސްވެގެން…” މަލާކް ލެޕްޓޮޕް ސްކްރީނަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔައިދިނެވެ.

 

“އަސްލުވެސްތަ؟ އެހެންވެއްޖެއްޔާ މުޅިން ސަކަރާތެއްނު؟ ޑިއުވުމުގެ އެއްދުވަސްކުރިން ސަބްމިޓް ކުރާ ކުއްޖާގެ ލަޤަބު ތި ގެއްލުނީ. ހެހެ……ކިހިނެއްވީ؟” މަލާކްގެ ކައިރިއަށް އައިސް ހުއްޓިލީ ވަގުތު މަލާކް ބޮލުގައި ރިއްސައިގެން ކަހަލަ ގޮތަކަށް ބޮލުގެ ފުށްކިބައިގައި އެއްއަތް އަޅައި އޮބާލުމުން އަޔާޒަށް އެ ފަހު ސުވާލުކޮށްލެވުނީ ހިސާބެއްގެ ކަންބޮޑުވުމަކާއި އެކީގައެވެ.

 

“ހެހެ….އެއީ މާ ބޮޑުކަމެއްނޫން. މާ ގިނައިރު ވަންދެން އިންގޮތަށް އިންނާތީ ކަންނޭނގެ….މެންދުރުއްސުރެ ބޮލުގަ ރިއްސައިގެން މިއުޅެނީ. ބޮލަށް ބަރުވާހެން ވެސް ހީވޭ…..” މަލާކް އޭނަގެ ބޮލުން އަތްނަގައި ދެންވެސް އޭނަގެ މަސައްކަތުން ނަޒަރު ވަކި ކުރުމެއްނެތި ކިޔައިދިނެވެ. އެ ހިނދު އަޔާޒްގެ ހަނދާނަށް އައީ މިއަދު މަލާކްގެ ބައްޔާއިމެދު އޭނައަށް ހޯދުނު ހޯދުންތަކެވެ. އެއާއެކު ނަޒީހް ދެއްކި ވާހަކަތައް ހަނދާންވެފައި މެއަށް ފިނިވެގެން ދިޔަދިޔަހެން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“މަލާކް…..މަލާކް ކުޑަކޮށް ރެސްޓްކޮށްލަންވީއެއްނު ދެން އެހެންވީމަ؟ އެސައިންމެންޓް ސަބްމިޓް ނުކުރެވުނަސް އެއީ މާ ބޮޑަށް ހާސްވާ ކަންތައްތަކެއްނޫން އިނގޭ؟ އެހެންނޫނަސް އަދި މިރޭވެސް އެބައޮތެއްނު؟ ބޮލުގެ ރިހުން ރަނގަޅު ވަންދެން ރެސްޓް ކޮށްލަންވީއެއްނު؟” ހިތަށްވެރިވި ހާސްކަމާއެކީ އަޔާޒަށް އެއްފަހަރާ އެތައް ވާހަކައެއް ދެކެވުނެވެ.

 

“ނޫނޭ އަޔާޒް….މަލާކް ދެން އެހާ ބޮޑަކަށްވެސް ހާހެއްނުވޭ. މިހާރު ފުރަތަމަ އެތި ނިމިއްޖެޔޭ. ދެން މީގެ ވެސް 1000 ވޯޑްސް ބާކީ އޮތީ. ނިންމާލާފަ ދެން މިތަނުން ދުރުވާން ބޭނުންވަނީ.” މަލާކް އަޔާޒަށް ބަލާލަމުން ބުންޏެވެ.

 

“ދެން އެކަމަކު ބޮލުގަ ރިއްސައިގެން ތިގޮތަށް ތިހެން ހުންނާކަށް ނުވާނެއޭ މަލާކް…..ބޮލުގެ ރިހުން ގޯސްވެސް ވެދާނެ ތިހެން ހުއްޓާ!” އަޔާޒަށް އެހެން ބުނެލެވުނީ ހިސާބަކަށް ނުރުހިފައި ހުރެއެވެ. މަލާކް އަމިއްލަ ޞިއްޙަތާއި މެދު ބަހައްޓާ ފަރުވާކުޑަ ކަމުގެ ސަބަބުންނެވެ.

 

“އެހެންނެއްނުވާނެ އިން ޝާ ﷲ! މަލާކްގެ ބޮލުގަ ރިއްސިއްޔާ އަބަދުވެސް ނިދާފަ ތެދުވާއިރު ރަނގަޅުވާނެ. މިއަދު ދެން ނިދަންޏާ ނިދަން ބޭނުންވަނީ މީތި ނިންމާލާފަ.” މަލާކް ތަކުރާރުކޮށް އެހެން ބުނެލީ އޭނަ ކަމަކަށް ޢަޒުމް ކަނޑައަޅައިފިނަމަ އެކަމެއް ދޫކޮށްލުމަކީ އޭނައަށް ދަތި ކަމަކަށްވާތީވެއެވެ.

 

“އެކަމަކު އަހަންނަށް ފެންނަނީ މަލާކް ހަމަ ރެސްޓްކޮށްލަން.” އަޔާޒަށް ބުނެލެވުނެވެ. މަލާކް ދެންމެ ބުނެލި ވާހަކައިން ހިތަށް ކުޑަވަރެއްގެ ލުޔެއް ލިބުނެއްކަމަކު އޭނަ ދެންވެސް މަލާކް ދަތި ޙާލަތަކަށް ދޫކުރާކަށް ބޭނުމެއްނުވިއެވެ.

 

“އިޓްސް އޯކޭ އަޔް….” މަލާކަށް އެހާ ހިސާބަށް ބުނެލެވުމާއެކު އަޔާޒް އޭނަގެ ލެޕްޓޮޕް ލައްޕާލަމުން ވާހަކަ ދެއްކިއެވެ.

 

“އިޓްސް ނޮޓް އޯކޭ މަލާކް! މަލާކްއަށް ގޮތެއްވެއްޖެއްޔާ މަލާކްއާމެދު ކަންބޮޑުވާނެ މީހުން ނުތިބޭނެހެންތަ މަލާކަށް ހީވަނީ؟!” އަޔާޒަށް އެސުވާލުކޮށްލެވުނީ ހިސާބަކަށް ހަރުކުރެވިފައިވި އަޑަކުންނެވެ. އޭނަގެ ވާހަކަ ނިމުނުއިރު މަލާކާއި އޭނަގެ ހަތަރުކަޅި ހަމަވިއެވެ. އަޔާޒްގެ މޫނުމަތިން އޭނަ ދެންމެ އެ ސިފަކުރި ކަންބޮޑުވުން ފެންނަމުން ދިޔައިރު މަލާކްގެ މޫނުމަތިން ފާޅުވަމުން ދިޔައީ އޭނަ ކަމެއް ދެނެގަންނަން އުޅޭފަދަ އަސަރެކެވެ. ދެންމެ އަޔާޒް ބުނި ބަސްތަކާއި އެ ފުން ދެލޮލުން އޭނައަށް ފެނުނު އަސަރުން ނޭނގޭ ޖަޒުބާތުތައް އޭނަގެ ހިތުތެރެއިން ހިނގާލިއެވެ. އަޔާޒް ހަމަ ޙަޤީޤަތުގައިވެސް އޭނައާއިމެދު އަޅާލަނީތޯ ހިތް ސުވާލުކުރި ހިނދު އެ ހިތަށް އުފާވެރިކަމެއް ވެރިވިއެވެ. އެހިނދު އޭނައަށް ބަލަހައްޓައިގެން ހުރި އަޔާޒަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. މަލާކާއި އެފަދަ ގޮތަކަށް ވާހަކަ ދެކެވުމުންނެވެ. ސިކުންތުކޮޅެއްފަހުން އޭނަ ހަމައަކަށް އެޅެމުން ނޭވައެއް ދޫކޮށްލިއެވެ.

 

“ސް….ސޮރީ…..މަލާކް ބޭނުމިއްޔާ އެސައިންމެންޓް ހެދިޔަސް މައްސަލައެއްނެތް.” އަޔާޒް އެހެން ބުނެލީ އޭނަ މަލާކް ލައްވާ ގަދަކަމުން އެއްވެސް ކަމެއް ނުކުރުވާނެކަން މަލާކަށް އެންގުމަށެވެ. އަދި އޭނައަށް ނުވެސް އެނގޭ އޭނަގެ ހިތުތެރޭގައިވި ޖަޒުބާތެއް ބޭޒާރުވާން އުޅުނުހެން ހީވުމުންނެވެ. އެ ނޭނގޭ އިޙްސާސާއެކީ އަޔާޒް ދުރު ބަލަމުން މަލާކް ފަހަނަޅާފައި އޭނަގެ ކޮޓަރިއަށް ދާން މިޞްރާބުޖެހިއެވެ. އެހިނދު މަލާކް އޭނައަށް ގޮވާލި އަޑަށް އޭނަގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. ހިތުގެ ތެޅުން އަވަސްވީ ހިނދު މަލާކް ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“މަލާކް ރެސްޓްކޮށްލާނަން ބޮލުގެ ރިހުން ރަނގަޅު ވަންދެން.” މަލާކަށް އެހެން ބުނެލެވުނީ ލުއި ހިނިތުންވުމަކާއި އެކީގައެވެ. އެއާއެކު އަޔާޒަށް ފަސްއެނބުރި މަލާކަށް ބަލާލެވުނެވެ. އަޔާޒް ބަލާލުމާއެކު މަލާކް ފުން ހިނިތުންވުމެއް ދައްކާލަމުން އޭނަގެ ގޮނޑި މޭޒާއި ދުރުކޮށް އެނދާއި ދިމާލަށް އަނބުރާލިއެވެ. އެނދުގެ ކައިރިއަށް މަލާކް ދަންދެން އަޔާޒަށް ހުރިގޮތަށް ބަލަހައްޓައިގެން ހުރެވުނެވެ. އެނދުގެ ކައިރީގައި ގޮނޑި މަޑުކުރުމަށްފަހު މަލާކް އެނދަށް އެރުމަށްޓަކައި ކޮޅަށް ތެދުވަން ޚިޔާލު ކުރިއެއްކަމަކު ބޮލުގައިވި ރިހުމުގެ ސަބަބުން އެކަންވީ ދަތިކަމަކަށެވެ. އޭނަ އަމިއްލައަށް އެކަން ކުރަން އުޅެފިނަމަ ވެއްޓިދާނެކަމުގެ ބިރު ބޮޑުވިއެއްކަމަކު މަލާކް ދެންވެސް އަތްގަނޑުގައި ބާރަށް ހިފަހައްޓައި ތެދުވަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އަޔާޒްގެ ބާރުގަދަ ދެއަތް އޭނަގެ ކޮނޑުމަތިންނާއި ފައިގެ ދަށުން ދިޔަކަށް އޭނައަށް އިޙްސާސްކުރެވުނެވެ. އޭނައަށް އަޔާޒަށް ބަލާލެވުނު ވަގުތު އޭނައަށް އޮވެވުނީ އަޔާޒްގެ އަތުތެރޭގައެވެ. އެހިނދު ކީއްވެކަމެއް ނޭނގެއެވެ. އަޔާޒް އެގޮތަށް މަލާކް އުފުއްލާލީ ކިތައްވަނަ ފަހަރުކަން ދެމީހުންނަށް ވެސް ނޭނގުނެއްކަމަކު އެވަގުތު ދެމީހުންނަށް ވެސް ކުރެވިގެން ދިޔައީ ތަފާތު އިޙްސާސްތަކެވެ. އަނެއްކާވެސް ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެއްކަމަކު އަޔާޒް ދުރު ބަލަމުން މަލާކް ލަސްލަހުން އެނދުމަތީގައި ބޭއްވިއެވެ. އެއަށްފަހު އެނދުގެ ފައިލާ ކޮޅުގައި ލެންބިފައި އޮތް ރަޖާ ގެނެސް މަލާކްގެ ގައިގައި އަޅާލަދިނެވެ. އަދި ދެންވެސް މަލާކް އޭނައަށް ބަލަމުން ދިޔަ ނަޒަރުން ސަލާމަތްވުމަށްޓަކައި ރަނގަޅަށް އަރާމުކުރާށޭ ބުނަން ބޭނުންވެ ހުރެވެސް ނުބުނެ ދާން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު މަލާކް އަނެއްކާވެސް އޭނައަށް ގޮވާލުމުން އަޔާޒްގެ ފައިގައި ތަޅުއެޅުވިގެން ދިޔައެވެ. އޭނަ އަނެއްކާވެސް ހުރިތާހުރެ ފަސްއެނބުރި ބަލާލިއެވެ.

 

“އެއްކަލަ…..ކޯޓުގެ މައްސަލަ އޮތީ 2 މަސްފަހުން ކަމަށްވަންޏާ ނޮވެމްބާރ ހިސާބުގަ މަލާކްއާ އަޔާޒް ވަކިވާނެ ދޯ؟” މަލާކް ކޮށްލި ސުވާލުން އޭނަގެ ކަންފަތުގައި ހޮނު ގުގުރީގެ އަޑު ގުގުމާލިހެން އަޔާޒަށް ހީވިއެވެ. އެ ސުވާލާއެކީ އޭނަ ގަބުވެ ހުއްޓުން އަރައިގެން ދިޔައީ އެފަދަ ގޮތަކަށެވެ. އެއީ ވެސް އަދި ވާންއޮތްކަމެއްކަން އޭނަގެ ސިކުނޑި ހަނދާންކޮށްދިން ހިނދު އަޔާޒްގެ ދެބުމަ ކައިރިވެ އޭނަގެ މުށްކެވިގެން ދިޔައެވެ.

 

އަޔާޒް އެއްޗެކޭ ނުބުނުމުން މަލާކް އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އަޔާޒް އެ މައްސަލަ ފަސްވި ވާހަކަ ބުނީ ސެޕްޓެމްބާރގެ ފަހުކޮޅު….މިހާރު މިއީ އޮކްޓޯބާރ ފެށިގެން މިއުޅެނީ. އެހެންވީމަ ދެން 7 ވަރަކަށް ވީކްސް ތެރޭގަ މަލާކް ޖެހޭނެދޯ މިގެއިން ދާން؟ މި ވިސްނަނީ މިހާރު ކިޔަވަން ވެސް ފެށުނީމަ ރަށަށް ނުގޮސް މާލޭގަ މަޑުކުރަން. އޮންލައިންކޮށް ކިޔެވިޔަސް އެކޮޅުގަ ނެޓް އެހާ ރަނގަޅުނުވީމަ ނުއެއް ކިޔެވޭނެ. އަދި ޓެސްޓްތައް ހަދަން ދާންޖެހެނީ ވެސް މިކޮޅުގެ ކެމްޕަހަށްވީމަ ފަސޭހަވާނީ މާލޭގަ ހުރީމަދޯ؟ ހިތަށްއަރަނީ މަލާކްވެސް ޖޮބެއް ލިބޭތޯ ބަލައިގެން ތަނެއް ރެންޓްކުރަން. އެހެންނޫނީ މިކޮޅަށް އައިސްގެން އުޅޭ އެކުވެރިއެއްގެ ގޭގަ އުޅެން އެގޮތަށް ތަނެއް ލިބެންދެން. ބައްޕަވެސް މިކޮޅަށް ގެނެސްގެން….” މަލާކް އޭނަ ރާވާފައި އޮތް ގޮތް ކިޔައިދިންދިންހެން އޭނައަށް ނޭނގުނަސް އޭނައަށް ފަސްދީގެން ހުރި އަޔާޒްގެ ހިތަށް އުދަގޫވިއެވެ. އޭނައާއި ވަކިވުމަށްފަހު ބީރައްޓެހި ތަނަކަށް ގޮސް މަލާކް އުޅޭނެ ޙާލު ސިފަކުރެވުމުންނެވެ. އޭނަ ހުއްޓާ މަލާކް އެފަދަ ޙާލަތަކަށް ދާންވީ ކީއްވެތޯ އަހައި އޭނަގެ ހިތް އެވަގުތު ހަޅޭއްލެވިއެވެ. މަލާކް އޭނައާއި ވަކިވާން ނުޖެހޭނެ ކަމަށްބުނެ އޭނަގެ ހިތް ގޮވި ގޮތުން ޚުދު އަޔާޒަށް ވެސް ޙައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނަ ބޭނުންވަނީ މަލާކް ނުދާންތޯ ހިތް ސުވާލުކުރި ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.

 

“ކީކޭ ބުނަނީ އަޔާޒް؟” މަލާކް އެ ސުވާލުކޮށްލީ އަޔާޒްގެ ޚިޔާލު ހުރިގޮތް ދެނެގަންނަން ބޭނުންވި މިންވަރުންނެވެ. އޭނަގެ އެސުވާލުން ހަމަހޭވެރިކަމެއް ލިބިގެން ދިޔަ އަޔާޒް އޭނައަށް ބަލާލިއެވެ.

 

“އަމް….އެދުވަސް ޖެހުނީމަ ވިސްނަމާދޯ ތިކަމާ؟ މި ވަގުތު އަރާމުކޮށްލާ!” އަޔާޒް އެހެން ބުނެ ދިގު ފިޔަވަޅުތަކެއްގައި އޭނަގެ ކޮޓަރިއަށް ދާން ހިނގައިގަތީ މަލާކަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީއެވެ.

 

އަޔާޒް ގޮސް ކޮޓަރިއަށް ވަންގޮތަށް ގޮސް އެނދުގައި އިށީނީއެވެ. އެނދުގައި އިނދެ ދެންމެ މަލާކް ބުނެލި ވާހަކައާއި މެދު ވިސްނަމުން ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ނެގުނީ ކެތްމަދުވެގެން ދިޔަ ހިތަކާއި އެކީގައެވެ. ނަންބަރުތަކަށް ފިތާލަމުން އޭނަ ފޯނު ކަންފަތުގައި ޖެއްސިތާ އިރުކޮޅެއް ފަހުން އޭނަ ވާހަކަ ދެއްކިއެވެ.

 

“ސަލާމް ދޮންބޭ……އެއްކަލަ ގެދޮރުގެ މައްސަލަ ކޯޓުގަ ބަލަން އޮތީ ކޮން ތާރީޚެއްގަ؟” އަޔާޒަށް އަހާލެވުނެވެ.

 

“އޭތި…..އޮތީ ނޮވެމްބާރ ތާޓިއެތް ހިސާބުގަ. ކިހިނެއްވީ؟” ދޮންބެ އެކޮޅުން ސުވާލުކުރި އަޑު އިވުނެވެ.

 

“ކަމެއްނުވޭ. ހަމަ ބަލާލީ…އޯކޭ.” އަޔާޒް އެހެން ބުނެލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ފޯނުގެ އެޕްތަކަށް ބަލަމުން ފޯނުގެ ކަލަންޑަރު ހުޅުވާލިއެވެ. އަދި އެދުވަހުގެ ތާރީޚު ބަލާލުމަށްފަހު އަނެއް މަހަށް ސްކްރޯލްކުރިއެވެ. އޭނައާއި މަލާކް ވަކިވާންޖެހޭ ދުވަސް ހޯދުމަށް އިތުރަށް ވެސް ސްކްރޯލްކުރަން އުޅުނެއްކަމަކު އެހެން ހަދާކަށް ނުޖެހުނެވެ. ކަން އެގޮތަށް ވުމުން އޭނައަށް އެ ދެމަހުގެ ދޭތެރޭގައި ސްކްރޯލް ކުރެވެމުން ދިޔައެވެ. އެހިނދު މިއީ ހާދަ މަދު ދުވަސްކޮޅެކޭ އޭނަގެ ހިތް ބުނަމުން ދިޔަ ހިނދު އެ ހިތަށް އުދަގޫވެސް ވަމުން ދިޔައެވެ. އެހެނަސް އެ އުދަގޫވާންވީ ކީއްވެކަން އެނގެން އޭނައަށް މުހިއްމެއްނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނަ ކަންބޮޑުވީ އެ ދުވަސްކޮޅުގެ ތެރޭގައި އޭނައަށް މަލާކްގެ ޙާލަތަށް ކުރިއެރުމެއް ގެނެވޭނެތޯ ނުވަތަ ނޫންތޯ ހިތް ސުވާލުކުރުމުންނެވެ. އެއާއެކު އޭނަ ފޯނުގެ ހޯމް ސްކްރީނަށް ގޮސް ގޫގުލްއިން އަނެއްކާވެސް މަލާކްގެ ޙާލަތާއިމެދު އޭނަ ކުރަމުން ދިޔަ ދިރާސާ ކުރިއަށް ގެންދަން ފެށިއެވެ.

 

 

އެވަގުތު އޮށޯތްގޮތަށް މަލާކް ހޭލީ މަޣްރިބް ނަމާދަށް ބަންގި ގޮވުމުންނެވެ. އޭރުވެސް ބޮލުގެ ރިހުން މުޅިން ރަނގަޅު ނުވާތީ މަލާކް ކުޑައިރުކޮޅަކަށް އޮށޯވެލިއެވެ. އެހެނަސް ޢިޝާ ނަމާދަށް ބަންގި ނުގޮވަނީސް އޭނަ ތެދުވެލީ ބޮލުގެ ރިހުން ފުދޭވަރަކަށް ރަނގަޅުވެފައިވުމާއެކު އެސައިންމެންޓްވެސް ހަދަން ބޭނުންވުމުންނެވެ. އޭނަ އެސައިންމެންޓް ހަދަން އިންދާ ލަސްލަހުން އަޔާޒްގެ ކޮޓަރީގެ ތަޅު އެނބުރުނު އަޑަށް އޭނައަށް ބަލާލެވުނެވެ. ދޮރު ހުޅުވި އަޔާޒް ނިކުތް މަންޒަރު ފެނިފައި މަލާކް ހިނިތުންވުމެއް ދައްކާލިއެވެ. އެހެނަސް އަޔާޒަށް އެވަގުތު ހިނިތުންވެވޭ ވަރަށްވުރެ އޭނަގެ ހިތްވީ ހައިޖާނެއްގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ކޮޓަރިން ނިކުންނަމުން މިހާރު ބޯ ރަނގަޅުތޯ ސުވާލުކުރިއެވެ. މަލާކް ފުދޭވަރަކަށް ރަނގަޅޭ ބުނެލުމުން އަޔާޒް އޭނައަށް ސީރިއަސް ނަޒަރެއް ދީގެން ހުރެފައި ކޮޓަރިން ނިކުންނަން ދިޔައެވެ. އެހިނދު މަލާކަށް އަޔާޒާއި ދިމާލަށް ބަލަން ހުރެވުނީ އަޔާޒަށް ކޮންމެވެސް ބަދަލެއް އައިސްފިކަން އެނގުންވުމުންނެވެ.

 

އަޔާޒް މިފަހަރު ކޮޓަރިން ނިކުމެގެން ދިޔަގޮތަށް ދިޔައީ ބަދިގެއަށެވެ. އެވަގުތު ބަދިގޭގައި ބޮޑުމަންމަ ރޭގަނޑުގެ ކެއުމަށް އެއްޗެހި ހޫނު ކުރަމުން ގެންދިޔައެވެ. އަޔާޒް ބަދިގެއަށް ގޮސް މަތީގައި ހުރި ކަބަޑުތަކުގެ ތެރެއިން ކަބަޑެއް ހުޅުވާލަމުން އޭގެ ތެރެއިން މަދު އުރައެއް ނެގިއެވެ. އަޔާޒް އެތާ ތިރި ކަބަޑު މަތީގައި ބެހެއްޓިފައި ހުރި ކުޑަ ބޯ ތަށްޓެއް ނަގައި އޭގެ ތެރެއަށް މަދު އަޅަން ފެށުމުން ވަސީމާއަށް ވާހަކަ ދެކެވުނެވެ.

 

“މިރޭ މާ ވަރަކަށް އާމަންޑްސް ކާހިތްވާ ރެއަކީތަ؟” ވަސީމާ ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. އޭގެ ބަދަލުގައި އަޔާޒް ބޮޑުމަންމައަށް ބަލައި ހިނިތުންވެލުން ނޫންކަމެއް ނުކުރިއެވެ. އަޔާޒް އިތުރު އެއްޗެކޭ ނުބުނުމުން ވަސީމާ އެއީ މާ ބޮޑުކަމަކަށް ނަހަދައި ބަދިގޭގެ މަސައްކަތަށް އަނބުރާ ދިޔައެވެ.

 

މަލާކް އޭނަގެ އެސައިންމެންޓަށް ގެއްލިފައިވަނިކޮށް އަޔާޒް ދެވަނަ ފަހަރަށް ކޮޓަރިއަށް ވަދެގެން އައި އަޑަށް އަނެއްކާވެސް މަލާކަށް ބަލާލެވުނެވެ. މިފަހަރު މަލާކްގެ އެ ނަޒަރުން އަޔާޒް ހިސާބަކަށް ޖެހިލުންވިއެވެ. އޭނަ އަތުން ހިފައިގެން ހުރީ މަލާކަށް ދޭން ގެނައި އެއްޗަކަށްވުމުންނެވެ. އޭނަ އޭތި ދިނުމުން މަލާކް އޭގެ މާނަ ނަގާނީ ކިހިނެއްތޯ ހިތަށްއެރި ވަގުތު ނުތަނަވަސްވިއެވެ. އެހެންކަމުން ނޫންކަމަށް ހެދުމަށްޓަކައި މަލާކް ބަލަން ހުއްޓާ މަދެއް ނަގައި އަނގައަށް ލަމުން އެތެރެއަށް އަންނަން ހިނގައިގަތެވެ. މަލާކް ވެސް ވަކި ފަރުވާލެއް ނުބަހައްޓާ އޭނަގެ ލެޕްޓޮޕް ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. އެހެނަސް ހަމަ އެވަގުތު އަޔާޒް އޭނަގެ މޭޒުމަތީގައި އެ މަދު ތަށި ބެހެއްޓުމުން މަލާކަށް އެއްފަހަރު އެއަށް އަނެއްފަހަރު އަޔާޒަށް ބަލާލެވުނެވެ.

 

“މީ ކޯޗެއް؟” އޭނަ ދުވަހަކުވެސް ނުދެކޭ ޒާތެއްގެ މަދަކަށްވުމުން މަލާކަށް އަހާލެވުނެވެ.

 

“މީ….އާމަންޑްސް، ބްރެއިންއަށް ވަރަށް ރަނގަޅު އެއްޗެއް. ހެހެ….” އަޔާޒް ހީލީ އޭނަގެ ނުތަނަވަސްކަން ފޮރުވުމަށެވެ. އެއާއެކު އޭނަ ނުތަނަވަސްވާންވީ ކީއްވެތޯ ހިތަށްއެރިއެވެ. އޭނަ ހަމައެކަނި އޭނަ ކާން ގެނައި އެއްޗެއް މަލާކާއި ޙިއްސާކުރަނީ ނޫންހެއްޔެވެ؟ އޭނަ ވާ ލޯތްބަކަށް އިޢުތިރާފުވަނީ ނޫނެއްނޫންހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކީ އަޔާޒް އޭނަގެ ހިތް ހަމައަކަށް އަޅުވަން އުޅުނެއްކަމަކު އެކަންވީ ދަތިކަމަކަށެވެ.

 

“އަސްލުވެސްތަ؟ ދައްކަބަލަ މަލާކް ޓްރައި ކޮށްލަން.” މަލާކް އެހެން ބުނެ މަދެއް ނަގައި އަނގައަށްލިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި މަލާކްގެ އަނގަ ނުބައިވެގެން ދިޔަތަން ފެނިފައި އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“ނުބައިތަ؟” އޭނައަށް އަހާލެވުނެވެ.

 

“ވަކި ގޯހެއްނޫން. އެކަމަކު ދެވަނަ އެއްޗެއް ކާކަށް ބޭނުމެއްނޫން. ހެހެ…..” މަލާކް ހީލަމުން ތެދުތެދަށް ބުނެލީ އޭނަގެ އަނގައިގައި އޮތް އެތިވެސް ކާން އުދަގޫވެފައިވާ ޙާލުގައެވެ. އަޔާޒް އެއްފަހަރު މަލާކަށް އަނެއްފަހަރު އޭނަ ގެނައި ތަށްޓަށް ބަލާފައި ދެވަނަ ވިސްނުމެއްނެތި އެ ތަށި ނަގައިގެން ދާން ހިނގައިގަތެވެ. އަޔާޒް މިފަހަރު ކޮޓަރިން ނިކުމެގެން ދިޔަ މަންޒަރު ވެސް ބަލަން މަލާކަށް އިނދެވުނީ ވިސްނުމެއްގައެވެ.

 

މިފަހަރު އަޔާޒް ގޮސް ބަދިގެއަށް ވަންއިރުވެސް ވަސީމާ ބަލަހައްޓައިގެން ހުއްޓެވެ. މި ފަހަރު ވަސީމާ ބަލަބަލާ ހުއްޓާ އަޔާޒް ކަބަޑު މަތީގައި އެ ތަށި ބެހެއްޓުމަށްފަހު ކަޓިންގް ބޯޑެއްގެ މައްޗަށް މަދުތައް ބަންޑުންކުރިއެވެ. އެއަށްފަހު ވަޅި ޖަހާފައި ހުރި އެތިން ވަޅިއެއް ނަގައި ފަރިތަކަމާއެކީ މަދުތައް ދެފަޅި ކުރަން ފެށިއެވެ.

 

“ކިހިނެއްވީ މިހާރު؟” ވަސީމާއަށް އަހާލެވުނެވެ.

 

“ބައެއް މީހުންނަށް ނުކެވޭނެ ޞިއްޙަތަށް ފައިދާ ހުރި އެއްޗެއް އިތުރު ގޮތެއް ނަހަދަނީސް.” އަޔާޒް އޭނަގެ މަސައްކަތުގައި ހުރެ އެހެން ބުނެލީ ވަކި ވިސްނުމެއްނެތިއެވެ. އެ ވާހަކަ އިވިގެން ދިޔަ ވަސީމާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ މަލާކް މަތިން ހަނދާންވެގެން ދިޔުމުންނެވެ. އަޔާޒް ހަމަ ޙަޤީޤަތުގައި ވެސް މިކަންތައް ކުރަނީ މަލާކަށްޓަކައިތޯ ހިތަށްއެރި ވަގުތު ވަސީމާ އަޔާޒަށް ބަލަން ހުރެ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލިއެވެ.

 

“ކޮން ބައެއް؟ މަލާކްތަ؟” ވަސީމާ ލާނެތް ހިނިތުންވުމަކާއެކީ އަހާލިއެވެ. ބޮޑުމަންމަ ކިޔާލި ނަމަކުން އަޔާޒްގެ ޙަރަކާތްތައް ލަސްވެގެން ދިޔައެވެ. އޭނަގެ މި ޙަރަކާތްތަކުން ބޮޑުމަންމައަށް ނެގެނީ ކޮން މާނައެއްކަން އެނގުންވީ ހިނދު އޭނަ ހުއްޓުންއެރިއެވެ. އެހެނަސް އިތުރު ‘ނުބައި’ މާނައެއް ބޮޑުމަންމައަށް ނުދިނުމަށްޓަކައި އަޔާޒް ވަކި ވާހަކައެއް ދެއްކުމެއްނެތި ތިރީގައި ހުރި ކަބަޑަކުން ތަވައެއް ނަގައި އޭނަ ފަޅި ކުރި މަދުތައް ތަވާގެ ތެރެއަށް އެޅިއެވެ. އެއަށްފަހު ބޮޑުމަންމަ ދާދި ދެންމެއަކު ހުސްކުރި އުނދުނުގެ ކައިރިއަށް ގޮސް އުނދުނެއްގެ މަތީގައި ތަވާ ބަހައްޓަމުން އުނދުން ޖައްސާލިއެވެ. ބޮޑުމަންމަ ދެންވެސް އޭނައަށް ބަލަބަލާ ހުރެފައި ހީލިއެވެ.

 

“އަނބިމީހާދެކެ ލޯބިވާ ފިރިއެއް މާ ޝާ ﷲ!” ބޮޑުމަންމަ އެހެން ބުނެ އޭނަގެ ކޮނޑުގައި ދެ ފަހަރަކު މަޑުމަޑުން ޖަހާލަމުން ދާން ހިނގައިގަތެވެ. ބޮޑުމަންމަ ބުނެލި ވާހަކައިން އަޔާޒްގެ މެއަށް ފިނިވެގެން ދިޔަދިޔަހެން އޭނަގެ ނޭވާ ކުރުވެގެން ދިޔައެވެ. ބޮޑުމަންމަ އެބުނި އެއްޗެއް ދޭހަކުރެވުނު ވަގުތު ދެބުމަ ކައިރި ކޮށްލެވުނެވެ. އެއީ ތެދަކަށް ވެދާނެތޯ ހިތަށްއެރި ވަގުތު އަޔާޒަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެ ޚިޔާލުން ވެސް އޭނަގެ ހިތަށް ވެރިވި އުފާވެރިކަމެއްގެ ސަބަބުންނެވެ.

 

އޭގެ އިރުކޮޅެއްފަހުން އަޔާޒް ގޮސް މަލާކްގެ މޭޒުމަތީގައި ހަމަ އެއްކަލަ ތަށި ބެހެއްޓުމުން އަނެއްކާވެސް މަލާކަށް ބަލާލެވުނެވެ. މިފަހަރުވެސް އޭގައި މަދު ހުއްޓެއްކަމަކު އެ މަދުތައް ކުދިކުދި ކުރެވި ކުލަ ބަދަލުވެ ދިޔާ އެއްޗެއް ލެވިފައިވިހެން ހީވިއެވެ. ތަށި ބެހެއްޓުމަށްފަހު ސަމުސަލެއް އޭގެ ތެރެއަށް ލަމުން އަޔާޒް މިހާރު ޓްރައި ކޮށްލަބަލާށޭ ބުންޏެވެ. މަލާކް އެއަށް ބަލަބަލާ ހުރެފައި ސަމުސަލުން މަދުކޮޅެއް ނަގައި އަނގައަށްލިއެވެ. އެންމެ ފުރަތަމަ ވެސް ދުލަށް އެނގިގެން ދިޔަ މާމުއިގެ ފޮނި ރަހައާއެކީ މަދުގެ ރަހަ އެއްވެގެން ދިޔުމުން މަލާކަށް މޫނުމަތި އުޖާލާވެގެން ދިޔައެވެ.

 

“މްމްމް…..ވަރަށް މީރު! އަޔާޒް ވެސް ޓްރައި ކޮށްލަބަލަ.” ހިތަށްވެރިވި ޖޯޝާއެކީ ދެންމެ އޭނަ ބޭނުންކުރި ސަމުސަލުން މަދުކޮޅެއް ނަގައި މަލާކަށް ދިއްކޮށްލެވުނީ މާ ބޮޑު ވިސްނުމެއްނެތިއެވެ. މަލާކަށް އޭނަ ހެދި އެއްޗެއް މީރުވުމުން އުފާވެފައި ހުރި އަޔާޒްވެސް ކުޑަކޮށް ތިރިވެ މަލާކް ދިއްކުރި އެތިކޮޅު ކެއީ އެވަގުތުކޮޅުގެ އިޙްސާސްތަކަށް ގެއްލިފައި ހުރެއެވެ. ކަންވީގޮތް ދެމީހުންނަށް ވެސް ނަގައިގަނެވުނީ އޭގެ ސިކުންތުކޮޅެއް ފަހުންނެވެ. އެއާއެކު ދެމީހުންގެ ވެސް ހިނިތުންވުންތައް ފަނޑުވެގެން ދިޔައީ އެކުއެކީގައެވެ. މަލާކް ޖެހިލުންވުމަކާއެކީ އޭނަ ހިފަހައްޓައިގެން ހުރި ސަމުސާ ތަށީގެ ތެރެއަށް އެޅިއިރު އެ މޫނުމަތި ރަތްވެފައިވީއިރު އަޔާޒަށް ދުރުބަލަމުން އޭނަގެ ދެ ޖީބަށް އަތްޖަހާލެވުނެވެ. ސަމުސާ ބަދަލުކޮށްދެންތޯ އޭނަ އަހަން ބޭނުންވިއެއްކަމަކު ނުތަނަވަސްވެފައިވީ ވަރުން އަޔާޒަށް އޭނަގެ ކޮޓަރިއަށްދާން ހިނގައިގަނެވުނެވެ. ދެމީހުން ވަކިވިއިރު އެ ދެމޫނުމަތިން ވެސް ސީރިއަސްކަން ފާޅުވަމުން ދިޔައެއްކަމަކު އަޔާޒް ކޮޓަރިއާއި ކައިރިވަމުން ދިޔަ ވަގުތު ދެމީހުންގެ މޫނުމައްޗަށް ވެސް އުފާވެރި ހިނިތުންވުންތައް ވެރިވެގެން ދިޔައީ ދެންމެ ކަންތައް ވީގޮތާއިމެދު ދެމީހުންނަށް ވެސް ތަކުރާރުކޮށް ވިސްނެމުން ދިޔައީތީވެއެވެ.

 

އެ ވެގެން ދިޔައީ މުޅިން އާ ބާބެއްގެ ފެށުމަކަށެވެ. އެދުވަސްފަހުން އަޔާޒަށާއި މަލާކަށް އެކަކު އަނެކަކަށް އެހީވެވެމުން ދިޔައީ ދެމީހުންގެ އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭގެ އަނެއްދުވަހުން ފެށިގެން ވެސް އަޔާޒް މަލާކްގެ ފަރުވާގެ ކަންތައް ފެށިއެވެ. މިގޮތުން މަލާކް އަމިއްލައަށް ކުރެވިދާނެ ފައިގެ ކަސްރަތުތައް ހުރި ވީޑިޔޯއެއް އޭނަގެ އައިޕެޑުން ހުޅުވައި ލަޔާން ލައްވާ އޭތި މަލާކްގެ ކިޔަވާ މޭޒުމަތީގައި ބޭއްވިއެވެ. ލަޔާން އައިޕެޑާއި ކުޅެމުން ކޮޓަރިއަށް ވަން މަންޒަރު މަލާކަށް ފެނިފައިވާތީ އެ ވީޑިޔޯއަކީ ލަޔާން ޔޫޓިއުބުން އެއްޗެހި ބެލުމުގެ ތެރޭގައި ހުޅުވިފައިވި ވީޑިޔޯއެއްކަމަށް ހީކުރެވުނެވެ. އެ ވީޑިޔޯގައި އޭނަ ފަދައިން ނުހިނގޭ ކުއްޖަކު ހުރިތަން ފެނިފައި މަލާކް އޭތި ބަލާލަން ބޭނުންވިއެވެ. އޭގެއިން އެކުއްޖާ ހަދަމުން ދިޔައީ އެކުއްޖާއަށް ހިނގަން ދަސްވާނެފަދަ ކަސްރަތުތަކެއްކަން ވީޑިޔޯއިން އިވުނު ވާހަކަތަކުން މަލާކަށް އެނގުނެވެ. އެއަށް ޝައުޤުވެރިވީ ވަރުން މަލާކަށް އެ ވީޑިޔޯއަށް ދެވިފައިވި ނަމަށް ބަލާލެވުނެވެ. އެ ވީޑިޔޯގައި ހުރި ކުއްޖާގެ ޙާލަތަށް ދެވިފައިވި ނަމަކީ ‘ސެރެބްރަލް ޕަލްސީ’ އެވެ. އެހެނަސް މަލާކް ހަނދާން ހުރި ގޮތުން އޭނަގެ އެމްއާރްއައި ރިޕޯޓުގައި އޭނަގެ ބަލި ކަމަށް ސިފަކުރެވިފައިވީ މިއަށްވުރެ ބޮޑު އަދި ކިޔަން އުދަގޫ ނަމެއްކަން އޭނަ ހަނދާން ހުއްޓެވެ. ކޮންމެއަކަސް މަލާކް އެ ކަސްރަތުތައް ހަދަން ނިންމިއެވެ. މިއީ އޭނަގެ ބަލި ހުރި ކުއްޖަކަށް ނުވިޔަސް އެކުއްޖާ ހަދާ ކަސްރަތުތައް އޭނައަށް ހެދިދާނެހެން ހީވުމުންނެވެ.

 

އެހެންކަމުން މަލާކް ވަކި އަޔާޒަށް ވެސް އަދި އެހެން މީހަކަށްވެސް އެންގުމެއްނެތި އެ ކަސްރަތުތައް ހަދަން ފެށިއެވެ. އަޔާޒްގެ އެ އައިޕެޑް އަޔާޒަށް އޭނަ އަނބުރާ ދިނެއްކަމަކު މަލާކް އަމިއްލައަށް އޭނަގެ ލެޕްޓޮޕުން އެ ޔޫޓިއުބް ޗެނަލްގެ ވީޑިޔޯތައް ސާޗުކޮށް މަޑުމަޑުން ކަސްރަތުތައް ގިނަކުރަން ފެށިއެވެ. ކަސްރަތުތައް ކުރަމުން ދިޔައިރު މިހެން އުޅެމުން އުޅެމުން ގޮސް އޭނައަށް ކޮންމެވެސް ދުވަހަކުން ހިނގިދާނެތާއޭ ހިތަށްއަރަމުން ދިޔައެވެ. އެދުވަހަކުން އެހެން އެންމެންނާއެކީ އަޔާޒްވެސް ޙައިރާންވާނެތާއޭ ހިތް ބުނަމުން ދިޔައެވެ. އެއީ އެދެމީހުން ވަކިވުމުގެ ކުރިން އަންނަ ދުވަހަކަށް ވެއްޖެނަމަ އޭނަ ކޮޅަށް ހުއްޓާ އަޔާޒް އާޝޯޚުވެފައި އޭނައާއި ކުރިމަތިލައި އޭނައަށް ބަލަހައްޓައިގެން ހުންނާނެތާއެވެ. ހުރެހުރެފައި އޭނަގެ ރީތިކަމާއި ޤާބިލުކަން ސިފަވެގެން ދިޔުމުން އޭނައާއި ވަކިވާން ބޭނުންނުވާ ވާހަކަ ނުހަނު އަސަރާއެކީ ބުނާނެތާއެވެ. އެ ޚިޔާލުތައް ކުރެވޭ ކޮންމެ ފަހަރަކު މަލާކަށް އަމިއްލަ ނަފްސާއި ހީލެވެނީ އޭނަގެ މޮޔަކަން ހިތަށް ގެނެވުމުންނެވެ. މަލާކަށް ނޭނގުނުކަމަކީ އެވަގުތުވެސް އަޔާޒްގެ ނުހަނު އާޝޯޚުވެފައިވި ނަޒަރެއް އޭނައަށް އަމާޒުވެފައިވި ކަމެވެ. މަލާކްގެ އެ ބަލި ޙާލަތާއެކީ ވެސް އޭނަ ނުހަނު ވަރުގަދަ ޢަޒުމަކާއެކީ އޭނައަށް ގެންނަން އުދަގޫ ޙަރަކާތްތައް ވެސް ގެންނަމުން ދިޔަގޮތް އަޔާޒަށް ކެމެރާގެ އެހީގައި ފެންނަމުން ދިޔައެވެ. މަލާކް އެނދުމަތީގައި އިނދެ ޙަރަކާތްތައް ހަދާ ކޮންމެ ފަހަރަކު މަލާކް އުދަގުލެއްވެގެން އުޅޭހެން ހީވުމުން އަޔާޒަށް ހިތާހިތުން މަލާކަށް ހިތްވަރުދެވެއެވެ. އެތައް ފަހަރެއްގެ މަތިން ޚިޔާލުތަކުގެ ތެރެއިން މަލާކްގެ ކޮޓަރިއަށް ގޮސް އެ ޙަރަކާތްތައް ގެންނަން މަލާކަށް އޭނައަށް އެހީވެވެއެވެ. އެހެންވެދާނެނަމައޭ އޭނަގެ ހިތަށް ހާސްފަހަރު އަރައެވެ. އެހެނަސް މަލާކް ބަލިމީހަކަށްވާން ބޭނުން ނުވާކަން ހަނދާންކުރަމުން އަޔާޒް އޭނަގެ ހިތް ހަމައަކަށް އެޅުވޭތޯ ބަލައެވެ.

 

އަޔާޒް މަލާކްގެ ފަރުވާގައި އެންމެ ފުރަތަމަ ބޮޑަށް ސަމާލުކަން ދޭން ނިންމީ ފަޔަށް ކަމަށްވިޔަސް ފެންނަމުން ދިޔަ އެކި މަންޒަރުތަކުން މަލާކްގެ އަތަށް ވެސް ސަމާލުކަން ދޭން އަޔާޒްގެ ހިތް އޭނައަށް މަޖުބޫރުކުރުވިއެވެ.

 

“ހެހެ….މަލާކް ދައްތިއަށް ނޭނގޭދޯ އެހާ ރީއްޗަށް މާ ކުރަހަން؟” އެއްދުވަހު ހައިފާއާއި އަނުމްއާއެކީ މަލާކްވެސް އަތުގައި ހީނާފަތް އެޅި ދުވަހަކު މަލާކްގެ އަތުގައި އޭނަ އަމިއްލައަށް ކުރަހާލި ސީދާސާދާ އަދި ތުރުތުރު އަޅާފައި ހުރި މާ ފެނިފައި ހައިފާ ބުނި އަޑު އަޔާޒަށް އިވުނެވެ. މަލާކް އެމީހުންނަށް ބަލާފައި ހިނިތުންވެލިއެއްކަމަކު މަލާކް ދެރަވާނެ ވަރު އަޔާޒަށް އެނގުންވިއެވެ. ހައިފާމެންނަށް ނޭނގުނަސް އެ ހީނާފަތް ޕެކެޓުގައި ހިފައި އޮބައިގެން އެންމެ ރޮނގެއްވެސް އަޅާލުމަކީ މަލާކަށް ކިހާ ބުރަ އަދި ވަރުބަލިވާނެ މަސައްކަތަކަށް ވާނެކަން އަޔާޒަށް އެނގުނެވެ. އަޔާޒް ދެންވެސް ފަހުން ދުވަހަކުން މަލާކްގެ އަތަށް ފަރުވާކުރަން ޚިޔާލުކުރިއެއްކަމަކު އޭނައަށް އެފަދަ ބަސްތައް އިވޭވަރު ގިނަވާން ފެށިއެވެ.

 

“މަލާކް ދައްތި މި ކާރު ކެފީ އެހާ ރީއްޗަކަށްނޫން….ލަޔާން ކޮއްކޮ ކެފި ގޮތް މާ ރީތި.”

 

“މަލާކަށް އުދަގޫދޯ ހަނޑޫ ދޮންނަން؟ މޫނުމަތިން ހީވަނީ ވަރަށް އުދަގޫވެގެން އުޅޭހެން. ދީ ބޮޑުމަންމަ ދޮންނާނަން.”

 

“މަލާކް ދައްތިއަށް ނޭނގޭދޯ ލިލިއަން ކޮއްކޮ ގައިގަ ހިފަހައްޓައިގެން ހުންނަން. މާ ބާރަށް ހިފަހައްޓައިގެން ތިހިރީ.”

 

އޭގެއިން ކޮންމެ ވާހަކައެއް އިވޭ ކޮންމެ ފަހަރަކު މަލާކް ހިނިތުންވުމެއް ދައްކާލިއެއްކަމަކު އެ ހިނިތުންވުން ފަނޑުވެގެން ދާ މަންޒަރު ފާހަގަވެގެންދަނީ އަޔާޒަށް އެކަންޏެވެ. މަލާކަށް ވަށައިގެން ތިބި އެމީހުން ދައްކާ ވާހަކަ ދޭހައެއްވެސް ނުކުރެވޭނެކަން އަޔާޒަށް އެނގުންވިއެވެ. މަލާކްގެ އަތުގައި ހީނާފަތް އެ އެޅީ އޭނައަށް އެޅޭނެ އެންމެ ރީއްޗަށެވެ. އެ ކާރު އެ ކަފައި ދިނީ އޭނައަށް ކެފުނު އެންމެ ފުރިހަމައަށެވެ. މޫނުމަތިން އެ އަސަރު ފެނުނެއްކަމަކު ބޮޑުމަންމައަށް އެހީވާން އޭނައަށް އުދަގޫ ވަނީއެއްނޫނެވެ. އަދި ލިލިއަން ގައިގައި އޭނަ ހިފަހައްޓައިގެން ހުރީ ބާރަށްހެން ހީވިޔަސް އޭނަ ހިފަހައްޓައިގެން ހުރީ އޭނަ އަތުން އެކުއްޖާ ވެއްޓިދާނެކަމުގެ ބިރާއި އެކީގައިވެސް އޭނައަށް ހިފޭނެ އެންމެ މަޑުންނެވެ.

 

މި ހުރިހާ ކަމަކާމެދު ވިސްނަން ހުރެހުރެފައި އަޔާޒް އެއްދުވަހު އޭނަގެ ކޮޓަރިން ނިކުތީ މަލާކްގެ އަތަށް ހަމަ އެވަގުތުން ވަގުތަށް ވެސް ފަރުވާކުރަން ފެށުމަށެވެ. އެހެނަސް އޭނަ ކޮޓަރިން ނިކުތްއިރު މަލާކް ހައިފާއާއެކީ ބަދިގޭގައި ހުރި އަޑު އޭނައަށް އިވުނެވެ. އޭނަ ގޮސް ދޮރުމައްޗަށް އަރައި ބަލާލިއިރު ބަދިގޭގެ މެދުގައި ހުރި މޭޒެއްގެ ދެފަރާތުގައި ހައިފާއާއި މަލާކް ތިބިއިރު ހައިފާ ކެރޮޓެއް ކޮށަން މަލާކަށް ދަސްކޮށްދެނީއެވެ.

 

“ތިހެންނެއް ނޫނޭ މަލާކް ދައްތި…މަޑުމަޑުން…މިހެން.” ހައިފާ އޭނަގެ ކުރިމަތީގައި އޮތް ކެރޮޓު ކޮށަމުން ބުނެލިއެވެ. މަލާކް 5 ވަނަ ފަހަރަށް އެ މަންޒަރު ބަލަން ހުރެފައި އޭނަގެ ކުރިމަތީގައި އޮތް ކެރޮޓުގައި ވަޅިއެޅީ ކޮންޓްރޯލެއް ނެތިއެވެ. ވަޅީގެ ތިލަ ގޮސް މަލާކްގެ އަނެއްއަތާއި ނުހަނު ކައިރީގައި ޖެހުނު ވަގުތު އަޔާޒްގެ ނޭވާވެސް ހުއްޓުމަކަށް އައެވެ. އެހެނަސް މަލާކަށް އެކަން ފާހަގަވެސް ނުވާ ފަދައެވެ. އޭނަ ދެންވެސް ކޮންޓްރޯލް ގެއްލިފައިވި އަތަކާއެކީ ކެރޮޓުގެ ތެރެއަށް ވަޅި އޮބާލިއިރު ވަޅި ދިޔައީ ކައްޗަށެވެ. އެއާއެކު މަލާކާއެކީ ހައިފާއަށް ވެސް ވަރުބަލިކަމުގެ ނޭވައެއް ލެވުނެވެ.

 

“ދް…ދެން ހައިފާ މަލާކްގެ އަތުން ކެރޮޓް ހޯދާފަ ކޮށާލާ. މިހާރު ކިހާއިރެއްދޯ؟ ބޮޑުމަންމަ އެބަ ބޭނުންވޭ ތީތި އިނގޭ؟ އެހެން ދުވަހަކުން ދަސްކުރާނީދޯ މަލާކް؟ އެއީ މައްސަލައެއްނޫން.” ވަސީމާ މަލާކްގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރަމުން ބުނެލިއެވެ.

 

“އެކަމަކު މަލާކްވެސް ބޭނުން ބޮޑުމަންމައަށް އެހީވާން. މަޑުކޮށްލަދެއްޗޭ ކުޑަކޮށް ހަޑިވިޔަސް މަލާކް މީތި ކޮށައިދޭނަން. މީތި ކޮށަން ފެށީ މަލާކްވީމަ.” މަލާކް އޭރުވެސް ހިތްދެރަވެފައިވިއެއްކަމަކު އާދައިގެ މަތިން ހިނިތުންވާން މަސައްކަތް ކުރަމުން ބުނެލިއެވެ.

 

“އިޓްސް އޯކޭ މަލާކް ދައްތި….އަހަރެން ކުޑަ ކުކިންގް ކޯސްއެއް ހެދިއިރު ލެކްޗަރާއަކު ބުނީ ބައެއް މީހުންގެ ހަމަ އެ ސްކިލް ނުހުންނަނީއޯ. ކިތަންމެ ވަރަކަށް ބުނެދިނަސް ނޭނގި ހިނގައިދާނެއޯ.” ހައިފާ ބުނެލިއެވެ. އެހިނދު މަލާކް ދެރަވެގެން ދިޔަ ހިނދު އަޔާޒްގެ އަޑު އިވިގެން ދިޔައެވެ.

 

“އެހެންނޫނީ ބައެއް މީހުންނަށް ބުނެދޭން ނޭނގެނީ ކަމަށްވެސް ވެދާނެދޯ؟” ދޮރުކަންޏަށް ލެނގިލައިގެން ހުރި އަޔާޒް އެހެން ބުނެލި އަޑަށް ބަދިގޭގައި ތިބި އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. އަޔާޒް އެންމެންނަށް ބަލާލަމުން ދެވަނަ ވިސްނުމެއްނެތި މަލާކާއި ދިމާލަށް ދާންފެށިއެވެ. އޭނަ ދެންމެ ބުނެލީ ޙަޤީޤަތެވެ. ހައިފާ ދެންމެ ބުނެދިން ގޮތުން މަލާކަށް އެ ޙަރަކާތް ގެންނާކަށް ނޭނގޭނެއެވެ. އަތް ގެންދަންވީ ގޮތުގެ މިސާލެއް ޢަމަލީގޮތުން ދައްކައި ނުދެވެނީސް މަލާކްގެ ސިކުނޑިއަށް ނަގައެއް ނުގަނެވޭނެއެވެ. އަޔާޒް އެ ދިޔަ ގޮތަށް ގޮސް މަލާކްގެ ފަހަތުގައި މަޑުކޮށް ތިރިވެލަމުން ވަޅީގައި ހިފަހައްޓައިގެން ހުރި މަލާކްގެ އަތުގަޔާއި ކެރޮޓުގެ ދެން އޮތް ބައިގައި ހިފަހައްޓައިގެން ހުރި އަތުގައި ހިފާލިއެވެ. އަޔާޒް އޭނައާއި ގާތްވެގެން ދިޔަ ގޮތް ފެނިފައި ވަސީމާއާއި ހައިފާގެ އިތުރުން މަލާކްގެ ވެސް ދެލޯ ބޮޑުވެގެން ދިޔައެވެ. މަލާކްގެ ނޭވާ ހުއްޓުމަކަށް އައި ވަގުތު އަޔާޒް ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“މަލާކްގެ އަތް މިގެންދާ ގޮތާއި މެދު ސްޓެޕް ބާއި ސްޓެޕް ވިސްނާތި މަލާކް…” އޭނަގެ ކަންފަތާއި ނުހަނު ކައިރިން އިވިގެން ދިޔަ އަޔާޒްގެ އަޑުން މަލާކްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހިނދު ހައިފާވެސް ރަކިވެގެން ފަދައަކުން އެތަނުން ތެދުވެގެން ދިޔައީ ހަމަ އެފަދަ ހިނިތުންވުމެއްގައި ހުރި އޭނަގެ މަންމަ ކައިރިއަށެވެ. ހަމަ އެހިނދު އަޔާޒް މަލާކްގެ އަތާއި އެކީ ލަސްލަހުން ކެރޮޓު ކޮށަން ފެށިއެވެ. ކުރީކޮޅު އަޔާޒްއާމެދު ނޫން އެހެންކަމަކާމެދު ވިސްނަން މަލާކަށް އުދަގޫވިއެއްކަމަކު އަޔާޒް އެ ބުނެލި ބަސްތަކުގެ އެހީގައި އޭނަގެ އަތް ގެނެވެމުން ދިޔަ ގޮތާއި މެދު އޭނައަށް ވިސްނުނެވެ. ވިސްނުނުތާ މާ ގިނައިރެއްނުވެ އަޔާޒް އޭނަގެ އަތުން ދޫކޮށްލިއެވެ. އެކަމާމެދު ހިސާބަކަށް ހިތާމަކުރެވުނެއްކަމަކު އަޔާޒް އޭނަގާތު އަމިއްލައަށް ކޮށާށޭ ބުނުމުން ހިތަށް އުފަލެއް ލިބުނެވެ. އިތުރަށް އުފާވެގެން ދިޔައީ ދެންމެ އޭނަ އަތް ގެންދިޔަ ގޮތް ހަނދާންކުރަމުން ލަސްލަހުން ކޮށުމުން އޭނައަށް ރީއްޗަށް ކޮށެން ފެށި ގޮތުންނެވެ. އެ ހިނދު އޭނައަށް ބޭއިޚްތިޔާރުގައި ހީލަމުން އަޔާޒަށް ބަލާލެވުނެވެ. އެއާއެކު އަޔާޒްވެސް އޭނައަށް ހިނިތުންވުމެއް ދައްކައި އެއްލޯ މަރާލި ގޮތުން މިއީ އަބަދުގެ އަބަދަށް ނުހަނު ލޯބިން އުޅޭނެ ދެމަފިރިންހެން މީހަކަށް ހީވެދާނެއެވެ. އެހިނދު އެ ދެހިތުގައިވެސް ހިނގާލީ އެފަދަ ޖަޒުބާތުތަކެވެ. އެ ޖަޒުބާތުތަކުގެ ފުން ކަނޑަށް ދެމީހުން ވެސް ގެނބެން އުޅެނިކޮށް ހައިފާ އައިސް ‘ވާވް’ އޭ ކިޔާލި އަޑަށް ދެމީހުންނަށް ވެސް ހަމަހޭވެރިކަމެއް ލިބިގެން ދިޔައެވެ. މަލާކް ދައްތިއަށް ކޮށަން ދަސްވެއްޖެދޯއޭ ބުނެ ހައިފާ ވާހަކަ ދައްކަން ފެށުމުން މަލާކް އޭނައަށް ބަލާލިއިރު އަޔާޒް ހިންދެމިލަމުން ބަދިގެއިން ދާންފެށީއެވެ. އެހިނދު މަލާކަށް އަޔާޒް ދިޔަދިމާލަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އަޔާޒް ލޯ މައްޗަށް ގެއްލުނު ވަގުތު ވެސް ލުއި ހިނިތުންވުމެއްގައި މަލާކަށް ބަލަހައްޓައިގެން އިނދެވުނެވެ.

 

އަޔާޒް ވެސް އޭނަގެ އަމިއްލަ ޚިޔާލުތަކުގައި ގޮސް ސިޓިންގް ރޫމަށް ދިޔަ ވަގުތު ގެއަށް ވަދެގެން އައި ދޮންބެއާއި ދިމާވިއެވެ. ދޮންބެ އޭނައާއި ދިމާވުމާއެކު އޭނަ މަޑުކުރިއެވެ.

 

“އަޔާޒް ކުޑަ ވާހަކައެއް ދައްކާލަންވެފަ އެބައޮތޭ. އާޖެންޓް ކަމެއް ދިމާވެގެން މިއުޅެނީ…” ދޮންބެ އިށީނުމެއްވެސް ނެތި ވާހަކަ ދެއްކިއެވެ.

 

“ކޮން ކަމެއް؟” ދެބުމަ ކައިރިކޮށްލަމުން އަޔާޒަށް އަހާލެވުނެވެ.

 

“އަހަރުމެން ގެންގުޅޭ ފިހާރަތަކުގެ މާރކެޓިންގް މެނޭޖާރ އެނގެއެއްނު؟ މަޒުހަރު؟ އޭނަ ރިޒައިން ކޮށްގެން މިއުޅެނީ. 3 މަސްކުރިން އޭނަ ރެޒިގްނޭޝަން ލެޓާރ ލާފަ އޮތްވާވެސް މި ޢަޒީޒާމެންގެ ދޮންފުތަށް ނޭނގުނު އާ މާރކެޓިންގް މެނޭޖަރެއް ހޯދަން. އަހަންނަށް މި ވާހަކަ އެނގުނީވެސް ތުންތުންމަތިން. މިހާރު އެ ދޮންފުތު އަމިއްލައަށޯ އިޝްތިހާރުތަކުގެ ކަންތައް ހަމަޖައްސަނީ. ހަމަޖައްސާށޭ ކިޔާފަ އެއްވެސްކަމެއް ކުރަނީއެއްނޫން. ފިހާރަތަކުގެ ޑިސްޕްލޭތައް ވެސް އެހާ ބާވެފަ ހުރީ. ޓީވީ ޗެނަލްތަކަށް ވެސް އާ އިޝްތިހާރެއް ނުފޮނުވާތާ މިވަނީ 4 މަސް. މިއަހަރު ދުވަހަކުވެސް ލޮސްނުވާވަރަށް ލޮސްވާނެ މިވަގުތުން ވަގުތަށް މާރކެޓިންގްގެ ކަންތައް ހަމަނުޖެއްސިއްޔާ…..އެހެންވީމަ ހިތަށްއެރީ…..” ދޮންބެ އެހާ ހިސާބަށް ވާހަކަ ދައްކާފައި މަޑުކޮށްލިއެވެ. އެއަށްފަހު އަޔާޒަށް ބަލާލި ގޮތުން ދޮންބެ ބުނަން އުޅުނު އެއްޗެއް އަޔާޒަށް އެނގުނެވެ.

 

“މަލާކް؟” އަޔާޒަށް އިތުރަށް ސާފުކޮށްލުމުގެ ގޮތުން އަހާލެވުނެވެ. އެއާއެކު ނިޝާން ފުން ނޭވައެއް ދޫކޮށްލަމުން ބޯޖަހާލިއެވެ.

 

“ޝީ ހޭޒް ޓެލެންޓްދޯ؟ މުޅި ޓީމް އެއްކޮށް އަންހެން ޓީމަކަށް ބަދަލުކޮށް މަލާކް ބަހައްޓާނީ ލީޑްކުރަން….އަދި އެހެންނޫނަސް އަހަރެން އަޑުއެހިން އެއްކަލަ ބައްޕައާ ޕާޓްނާރޝިޕް ހަދައިގެން ފިހާރަ އެޅި މަޒީދުވެސް މާރކެޓިންގް ޓީމަށް އެހެން އަންހެން ކުއްޖަކު ފޮނުވަން އުޅޭ ވާހަކަ. މަޒުހަރުއަކީ ވެސް އަސްލަށް ބުނަންޏާ މަޒީދު ތްރޫވެގެން އަހަރުމެންނަށް ލިބުނު މީހެއް. މަޒީދު ވިއްޔާ ބޮޑަށް ބަލަހައްޓަނީވެސް މާރކެޓިންގް ކަންތައް. އެކަމަކު އެ ފޮނުވާ ކުއްޖާގެ ލެވެލްވެސް އަހަރުމެންނަށް އަދި ނޭނގޭ. އެހެންވީމަ ބޮޑަށް ރަނގަޅުވާނީ ހަމަ މަލާކް މާރކެޓިންގް ޓީމަށްލުން…” ނިޝާން އޭނަ ދެކޭ ގޮތް ކިޔައިދިނެވެ. ދޮންބެ މަލާކަށް މަތީ މަޤާމެއް ދޭން ބޭނުންވާ ވާހަކަ އިވުމުން އަޔާޒް އުފާވިއެއްކަމަކު ކަންބޮޑުވެސްވިއެވެ.

 

“މަލާކް ވިލް ބީ ރިއަލީ ގުޑް އަސްލު ތިކަމަށް….އެކަމަކު މަލާކް ކިޔެވުމާއިގެން ތިކަމާ އުޅުމުން ސްޓްރެސްވިއްޔާ ކަމަކު ނުދާނެ….މަލާކްގެ ކޮންޑިޝަންގެ ސަބަބުން މާ ބޮޑަށް ސްޓްރެސްވިއްޔާ ގޮތެއް ދިމާވެދާނެ.” އަޔާޒް އެ ކަންބޮޑުވުން ފާޅުކުރިއެވެ.

 

“އެހެންތަ؟ އެހެންވެއްޖެއްޔާ އަހަރެން މަޒީދަށް ތިވާހަކަ އަންގާލާނަން. އަދި ނުބުނަންދޯ؟ މަޒީދާއި އަހަރެން ފްރެންޑޭ މިހާރު. އަހަރުމެންނަށްޓަކައި ގެދޮރުގެ މައްސަލައިގަ ހެކިބަސްވެސް ދޭން ރެޑީއަށް އެ ބޭބެ ހުރީ. މަސްޢޫދުބެއާއެކީ ހުރި ދެވަނަ ހެކިވެރިއަކީ އެއީ. ބޭބެ ކިޔަން އުޅެއުޅެ ކިޔުނައެއް ނުދިން. ހެހެ….މަލާކް މާރކެޓިންގް ޓީމަށް ލާ ވާހަކަ އިވުނީމަ ވަރަށް އުފާވާނެ. މަލާކް ސްޓްރެސްވާން ނުޖެހޭ ވާހަކަ އިވުނިއްޔާ ކޮންމެހެންވެސް މަލާކްގެ ވޯކްލޯޑް ކުޑަވާނެ ގޮތެއް ހަދައިދޭނެ….މަލާކްގެ އަސްލު ބައްޕައަކީ އެއީވިއްޔާ…” ނިޝާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލި ވާހަކައިން އަޔާޒްގެ ދެބުމަ ކައިރިވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އިންޒާރު

Next

ރާސްތާ2 ތޭވިސްވަނަ ބައި

Next
December 9, 2019

ރާސްތާ2 ތޭވިސްވަނަ ބައި

Previews
December 9, 2019

އިންޒާރު

27 Comments!

  1. Jana says:
    December 9, 2019 at 4:54 pm

    Assalaam’alaikum. varah minivan dhuvahakah vefa avahah liyevunyma mi up kurevuny. hehe….next part wednesday ga In Sha Allah 🙂

    mi vaahaka kiyaa hurihaa kiyuntherinves mi page ah ziyaaraiy koh post thah kiyai hissaakurumaky janage varah bodu edhumeh In Sha Allah

    https://web.facebook.com/Asr-1445208739121696/

  2. Sham says:
    December 9, 2019 at 4:58 pm

    Yea….me first dhw..vahaka kiyafa comment eh kohllaanan?

    1. Jana says:
      December 10, 2019 at 8:17 pm

      Labba sham first :* <3

  3. faathun says:
    December 9, 2019 at 5:35 pm

    vvv reethi maasha allah

    1. Jana says:
      December 10, 2019 at 8:18 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 <3

  4. Anon says:
    December 9, 2019 at 6:09 pm

    Ey haadha salhi ey mi bai ves.. they both are in love.. on irakun next part?

    1. Jana says:
      December 10, 2019 at 8:19 pm

      both in love kan mulhi dhuniye ah eba ingey dho? e dhemeehun fiyavaa? 😛 hehe….Alhamdhulillah! Next part wednesday night ga 9 vaairah up vaane In Sha Allah 🙂

  5. Raner? says:
    December 9, 2019 at 7:19 pm

    Awwwn…dhn bunan v nu dhw loabi vaa vaahaka.. eyrah kihaa reethi vaane dhww….. curiously waiting for next part ??????????☺️☺️

    1. Jana says:
      December 10, 2019 at 8:20 pm

      dho dho Raner…hehe…Alhamdhulillah! Next part wednesday night ga In Sha Allah ^_^

  6. ®@@ñ! says:
    December 9, 2019 at 7:28 pm

    Haadha eeehchey….. Jana sis v time dhey tha vqqhqka raavaalaa hadhan

    1. Jana says:
      December 10, 2019 at 8:22 pm

      baeh baithah egothah plan kuran time nagaany. aammugothegga vaahaka fashaairu overall idea eh hunnaane abadhuves. adhi jana kommehen himanaane scene thakuge idea thahves. scenes thah reyvi solid vegen dhaany hama liyamun dhaavarakah. hehe…Alhamdhulillah!

  7. Me says:
    December 9, 2019 at 8:23 pm

    Almond kiyaa iru L silent kohlaafa kiyanee, aamand. Reethi varah vaahaka. ?

    1. Jana says:
      December 10, 2019 at 8:25 pm

      Jazaakallah Khairan bunedhineethy Me. mi comment fenunu irah jana hunnaany edit koffa..Jana hama ajaibuvi mulhi umuru dhuvahu mihaa gina vaahaka dhakkaafa huri iru Almond ge rangalhu pronunciation evves meeheh kairin ves neyngi hureema. hehe…Alhamdhulillah! ^_^

  8. Kairaa says:
    December 9, 2019 at 10:17 pm

    Varah reethi mi part vx….whn nxt….waiting…ly jana sis

    1. Jana says:
      December 10, 2019 at 8:27 pm

      Alhamdhulillah! Next part wednesday night ga In Sha Allah. Love you too sis <3 <3 <3

  9. Xaaan says:
    December 10, 2019 at 9:48 am

    Masha Allah mi part adhi vakin reethi ehme kiyaahihvi hisaabun mi nimuny waiting next part thnx janaa mikahala reethi reethi story genesdheythy esfiyaige mihaaru ehme kiyaa hihvaa adhi ehme reethi story mi storyah vvvvv inthizaar kurevey

    1. Jana says:
      December 10, 2019 at 8:30 pm

      hehe….veehaaves reethi kureveytho abadhuves balany In Sha Allah. Alhamdhulillah! 🙂

  10. Naafy says:
    December 10, 2019 at 10:12 am

    Masha Allah vrh rythi Jana sis explain kohffa hunna goiy adhi emme salhy hehe curiously waiting for the next part
    Sending so much love

    1. Jana says:
      December 10, 2019 at 8:34 pm

      hehe….saafu explanation thakaky jana varah loabivaa ekkanthah. adhi ehen meehunnah evves kameh saafukoh explain kohdhevumaky jana ah libey ufaleh kamuga dheken. Jana ge eh inspiration aky Rasool (SAW) ves vaahaka dhekevey meehaa ah dheyha kureveyne fadha akun abadhuves hadhith kurevvikan. e sunnah engunu dhuvahussure ey jana vv loabivaa sifaeh. but we can only try dho e level ah reach vaan? hehe…Alhamdhulillah! 🙂

  11. Ayaaz says:
    December 10, 2019 at 12:34 pm

    Masha Allah ? may allah bless you with happiness ❤jana

    1. Jana says:
      December 10, 2019 at 8:36 pm

      you too Ayaaz. Ameen! <3 May Allah grant us all the best in this world and the next. Ameen Ya Rabb!

  12. Abdulla says:
    December 10, 2019 at 2:44 pm

    ماشاءالله …. جزاك الله خيرا

    1. Jana says:
      December 10, 2019 at 8:37 pm

      بارك اللّه فيك

  13. Anonymous2 says:
    December 11, 2019 at 1:56 pm

    V v reethi

  14. Jana says:
    December 11, 2019 at 2:02 pm

    Alhamdhulillah<3?jazakillah khairan.(All praises and thanks belong to allah) <3

  15. UmmyasmymahAlmuhajirah says:
    December 11, 2019 at 5:30 pm

    Ma sha Allah vr reethi nd interesting dear.. waiting for the next part? Jazakillah khayran.. hey jana sis i emaild u. Pls can u chk it for me?

    1. Jana says:
      December 20, 2019 at 11:18 am

      Jazakillah khairan dear…..yeah, the story is uploaded already…and will check the mail?

Comments are closed.

Next Episodeވަޢުދު (ސަތިރީސްވަނަ ބައި)←


All Right Reserved!