Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 ބާވިސްވަނަ ބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 6, 2019 5 Mins Read
12 Comments

އައިރާގެ ސުވާލުތަކުން ރެކެން އަންޖަލް ނިދަން ދިޔައެވެ. އައިރާވެސް ދެން އަންޖަލްއާ އެ މަޢުޟޫއަށް ވާހަކަ ދައްކާކަށް ނުހަދައެވެ. އޭނާ ވެސް ނިދިއައުމުން ދޮރު ތަޅުލައިފައި ނިދަން ވަނެވެ.
****
އިސްރާއާއި ނަވްޔާ ނުހަނު ގަޔާ ވެގެން އައިރާއާއި ޔާޒްގެ ކައިވެނީގެ ކަންތައް ފުރިހަމަ ކުރުމުގައި އުޅުނެވެ. ކައިވެނި ކުރަން ހަމަޖެހިފައި އޮތީ އަހުސަމްގެ ރިސޯޓްގައެވެ. އައިރާ އަދި ޔާޒްއަކީ ވެސް މަޝްހޫރް ދެކުޅުންތެރިން ކަމުން ގިނަ އަދަދެެއްގެ ފުތުބޯޅަ ތަރިންނަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަހުސަމް އާއި މާއިޒްވެސް ވީވަރަކުން ނަވްޔާއާއި އިސްރާއަށް އެހީވެދެއެވެ.

މާނީއާއި އިޝްމާ ހަވާލުވީ އައިރާގެ ހެދުމާއެވެ. ކޮންމެ ދުވަހަކުވެސް އައިރާގެ ހެދުން ފަހާނެ ގޮތަކާ މެދު އެދެމީހުން ވިސްނައެވެ. އެކި އެއްޗިހި ބަލައިގެން އައިރާއަށް ޓަކައި ފުރިހަމަ ހެދުމެއް ތައްޔާރު ކުރުމުގެ މަސައްކަތް އެދެމީހުން ކުރަމުން ދިޔައެވެ.

އަލްޔަސްއާއު ޔޫސުފް ދިވެހި ލީގުގައި ވިދަމުން ދިޔައެވެ. ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް އަލްޔަސް ލަނޑު ޖަހަމުން ދިޔައެވެ. އަލްޔަަސް ޖަހާ ގިނަ ލަނޑުތަކަކީ ޔޫސުފް ތަނަވަސްކޮށްދޭ ފުރުސަތުތަކުން ޖަހާ ލަނޑެވެ. އޭޝިއަން ޗެމްޕިއަންސް ލީގުގައި ވެސް އެދެކުޅުންތެރިން ފިޔަ ޖަހަމުން ދިޔައެވެ. ސީޒަން މެދަށް ދެވުނު އިރު އެމީހުންގެ ޓީމު އޮތީ އެއްވަނައި ގައެވެ. އަކްމަލް އޭނާގެ ޓީމު ގެންގުޅޭ ގޮތަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން ދިޔައެވެ. މޮޅު ކުޅުންތެރިއެއްގެ އިތުރަށް މޮޅު ކޯޗެއް ގޮތުގައި ވެސް ގިނަ ބަޔަކު އަކްމަލް ބަލައިގަތެވެ.

އައިރާގެ ކަންތަކާ ނޫޅެވިގެން އުޅެނިކޮށް ޝާރިމްގެ ބައްޕަ ވަރަށް ބޮޑަށް ބަލިވުމާއެކު ބައްޕަ ގޮވައިގެން އިންޑިއާއަށް ޝާރިމް ދިޔައެވެ. ބައްޕަގެ ހާލު ބޮޑު ކަމުން އެހެން ކަމަކާ އުޅޭނެ ވަގުތެއް ޝާރިމްއަކަށް ނުލިބުނެވެ. ޔާޒްއާއި އައިރާގެ ކައިވެނީގެ ޚަބަރުވެސް އޭނާއަށް ނުލިބި އޮތީ އެހެންވެއެވެ. އޭނާ ހުރީ މާލެ ގޮއްސައި އައިރާ ގާތު އިންނަން އަހާށެވެ. އޭނާއަށް ނޭންގުނު ކަމަކީ އޭނާ މާލެ ދާން ވާއިރަށް އައިރާ އެހެން މީހެއްގެ ހައްގަށް ވެ ނިމެން އުޅޭކަމެވެ. އެހާ ހަމަޖެހިލައިފައި ބައްޕަގެ ފަރުވާގެ ކަންތަކަށް ހުސްވެގެން އުޅެވުނީ އެހެންވެއެވެ.

ަރާއްޖެ އައިސް އެއް މަސް ފާއިތުވި ފަހުން ވެސް އިސްރާއާއި(ނަވާރް) ބައްދަލު ކުރަން ދާނެހާ ހިއްވަރެއް އިވާންއަކަށް ނުލިބުނެވެ. އެކުއްޖާ ދެކިލަން ކިތަންމެ ވަރަކަށް ހިތް އެދެމުން ދިޔަ ނަމަވެސް ހިތުގައިވި ބިރުވެރިކަމެއްގެ ސަބަބުން ފަސްޖެހެވެނީއެވެ. ނާފިއުއަށް ނުގުޅީވެސް އެހެންވެއެވެ.

ނަވާރްއަށް ނޭންގުނު ކަމުގައި ވިއަސް ދީނާގެ މައިންބަފައިންނަށް ގުޅައިގެން ނާފިއު ނަވާރްގެ ހާލު ބަލަމުން ދިޔައެވެ. ލޮލުގެ ކޮއެ ފަދައިން އެކުވެރިޔާ ލޯބިވާ ދަރިފުޅު އޭނާއާ ހަވާލު ކުރީ ނުހަނު އިތުބާރުކޮށްފައެވެ. އެކުވެރިޔާ ބޭނުންވި ފަދައިން ލޯބި ދީގެން އެކުއްޖާ ބޮޑު ކުރުމަށް އޭނާ ނުކުޅެދެވުނެވެ. ނަމަވެސް ދުނިޔޭގައި ހުރިހައި ހިނދަކު އެކުއްޖާގެ ހާލު އޭނާ ބަލާނެއެވެ.

އަލައިކާއާއި ނަވާރް ގޮވައިގެން އައިރާ ފިހާރައަށް ދިޔައީ ކައިވެންޏަށް ތައްޔާރުވާން އެއްޗިހި ގަންނާށެވެ. ނަވްޔާއާއި އިސްރާ ދިން ލިސްޓު ހިފައިގެން ތިން ކުދިން ފިހާރަތަކަށް ވަންނަމުން ދިޔައެވެ. ލިސްޓުގައި ހުރި ހުރިހާ އެއްޗެއް ހަމަ ކުރެވުނީ މުޅި މާލޭގައި ހިނގުނު ފަހުންނެވެ. ހެނދުނު ނިކުތް ގޮތަށް ތިބުމުން ތިން ކުދިންވެސް ތިބީ ބަނޑުހައި ވެފައެވެ. އައިރާ ޔާޒްއަށް ގުޅުމުން އެކުދިން ތިބި ހިސާބަށް ކާރުގައި ޔާޒް އައެވެ. ބާޒާރު ކުރި އެއްޗިހި ކާރުގައި ގެއަށް ފޮނުވާލިއެވެ.
އެންމެ ކައިރީގައި ހުރި ރެސްޓޯރަންޓަށް ތިން ކުދިން ވަނެވެ. ކާއެއްޗިއްސަށް އޯޑަރު ދީފައި ތިން ކުދިން އެކީގައި ފޮޓޮއެއް ނަގާފައި އިންސްޓަގްރާމް ސްޓޯރީއަށް ލިއެވެ. “އަޅޭ އިޓްސް ސޯ އަންބިލީވަބަލް. އައިރާ ޔާޒްއާ މެރީ ކުރުން” މޭޒުމަތީގަައި ފޯނު ބާއްވަމުން ގަބޫލުކުރަން ދަތިވެފައި ހުންނަ ކަހަލަ ގޮތަކަށް އަލައިކާ ބުންޏެވެ. “ހޫމް. އަލްވެސް ޒެވިޔަންއަށް ޔޭސް ބުނިނަމަ އަހަރުންނާ އެކީ މެރީ ކުރެވުނީސް އެއްނު” އައިރާ އެހެން ބުނުމާއެކު އަލައިކާގެ ހަނދާނަށް އައީ އޭނަ ޒެވިޔަންއަށް ޖަވާބު ދިން ރޭ މަތިންނެވެ.
****
އަލައިކާގެ އެދުމުގެ މަތިން ޒެވިޔަން އަލައިކާ ގޮވައިގެން ރަސްފަންނަށް ދިޔައެވެ. ދެ ޒުވާނުން ގޮސް ހުދު ވެލިގަނޑު މަތީ އިށީނެވެ.
“ޔަން. މިއީ ވަރަށް ވިސްނާފަ އަހަރެން ނިންމި ނިންމުމެއް. އަހަރެން ނެތިން ޔަންއަށް އެއްވެސް ކަމެއް އޮޅުވާލާކަށް. ޔަންއާ ދެވަނަ ފަހަރަށް ގުޅުނީ ލޯބިވާތީ އެއް ނޫން، އެހެން މީހެއްދެކެ ވެވުނު ލޯބި ސިއްރު ކުރަން” އަލައިކާގެ ދެލޯ ފެންކަޅިވެ އަޑު ކުރެކިގެން ދިޔައެވެ. ސިހުން ލިބިފައި ޒެވިޔަން އަލައިކާގެ މޫނަށް ބަލާލިއެވެ. ޒެވިޔަންގެ ހިތަށް އެވަގުތު ތޫނު ތަދެއް އަރައިގެން ދިޔައެވެ. ” ޔަންއަށް ފަހު އެހެން މީހެއްދެކެ ލޯބި ނުވާން އަމިއްލަ ނަފްސަށް ކޮށްގެން ހުރި ވައުދު މަތިން ހަނދާން ނެތި މަޑު މަޑުން އެކުއްޖާ ކަމުދާން ފެށީ. އެކުއްޖާ އަހަރެން އެކުވެރިއެއްގެ ގޮތުގައި ދެކުނު ނަމަވެސް އަހަންނަށް އޭގެ މާނަ ނުބައި ކޮށް ނެގުނީ. އެކުއްޖާގެ ލޯބިވެރިއެއް ހުންނަކަން އެނގުނު ދުވަހު ދެވަނަ ފަހަރަށް މި ހިތް ކުދިކުދި ވެގެން ދިޔަ. ދެވަނަ ފަހަރަށް ހިތް ޒަޚަމް ވެގެން ދިޔަ. އެ ހިތާމައިގަ އަހަރެން ވަނިކޮށް ޔަން ދެވަނަ ފުރުސަތެއް ދޭން އެދުމުން އާބަސް ބުނީ މި ހިތަށް ފަރުވާއެއް ލިބޭނެ ކަމަކަށް. ޔަންގެ ލޮލުން ތެދުވެރިކަން ފެނުނީމަ. އުމުރަށް އެލޯބި ހިތުގައި ފަސްއަޅާ ފޮރުވައިފައި އަހަރެން ޔަންއަށް އާއެކޭ ބުނީ. ޔަން އައި އޭމް ސޯ ސޮރީ. އެކަމަކު ޔަންއާ އެކީ ދިރިއުޅުމެއް ފަށާކަށް އަހަރެން ތައްޔާރެއް ނޫން. އަދި އަމުދުން އަހަރެން ލޯބިވާ ކުއްޖާ އަހަރެންދެކެ ލޯބިވާކަން އެނގި ހުރެ. ޔަންއަށް އާއެކޭ ބުނެފި ނަމަ އެވާނީ ޔަންއަށްވެސް ވެވޭ ބޭއިންސާފަކަށް. ޔަން ދެރަކުރެވުނު ކަމަށްޓަކައި އަހަރެން އަދިވެސް އެއް ފަހަރު މާފަށް އެދެން. ޔަންއަށް އަހަރެން މިހެން ކަންތައް ކުރަން ޖެހުނީ ކީއްވެކަން ވިސްނޭނެ ކަމަށް އުއްމީދު ކުރަން” ޒެވިޔަން އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ހިތުގައި އޮތް ގޮތަށް ދުލުން ބަސްތައް ބޭރުކުރަން ނުކުޅެދެމުން ބޯޖަހާލިއެވެ. ހިތްދަތިވި ނަމަވެސް އޭނާ އަލައިކާގެ ވާހަކަ ގަބޫލު ކުރިއެވެ. އަލައިކާ އެހެން ކުއްޖެއްދެކެ ލޯބިވާކަން އެނގި ހުރެ އަ ހަޔާތް ބަރުބާދު ކުރާކަށް ޒެވިޔަން ނޭދެއެވެ. “ޔަން އަހަރެން އަބަދުވެސް ޔަންއަށް ޝުކުރުވެރި ވާނަން. އަހަންނަށް ލޮތްބަކީ ކޯޗެއްކަން ދަސްކޮށްދިނީ ޔަން. އަދި ފުރަތަމަ ލޮތްބަކީވެސް ޔަން. އައި ވިލް އޯލްވޭޒް ރިމެމްބާރ ޔޫ. މަށަށް ވުރެ ރަނގަޅު ކުއްޖެއް ޔަންގެ ހަޔާތަށް އާދޭތޯ އަހަރެން އަބަދުވެސް ދުޢާ ކުރާނަން.” އަލައިކާގެ ތުންފަތް އޭނާގެ ކޯތާފަތުގައި ބީހިލުމައެކު ޒެވިޔަންއަށް ލޯމަރެވުނެވެ. “އަލް އައި އަންޑަސްޓޭންޑް. އަލްއަށްވެސް ލައިފްގަ ކާމިޔާބީއަށް އެދެން. އަލް ލޯބިވި ކުއްޖަކީ ވަރަށް ނަސީބުގަދަ ކުއްޖެއް. އައި ވިޝް ޔޫ ޓޫ އަ ވެރީ ހެޕީ ލައިފް ޓުގެދާރ. ޔޫއާރ މައި ފަސްޓް ލަވް ޓޫ. ބަޓް އައި ގެސް އައި އޭމް ޓޫ ލޭޓް” އެންމެ ފަހު ދެ ޖުމްލަ ވީ ޒެވިޔަންގެ ހިތިތެރޭގައެވެ. އަލައިކާ ޒެވިޔަންގެ އަތި ތެރެއަށް ޒެވިޔަން ދިން އަނގޮއްޓި ލައިދީފައިވެސް މާފަށް އެދުނެވެ.
*****
އެދުވަހަށް ފަހުވެސް އަލައިކާއާއި ޒެވިޔަން އެކުވެރިންގެ ގޮތުގައި ވާހަކަ ދައްކައެވެ. އެދެމެދުގައި އެއްވެސް ނުތަނަވަސް ކަމެއް ނުވެއެވެ. ޒެވިޔަންއަށް އަލައިކާ ލޯބިވަނީ ކާކު ދެކެ ކަމެއް ނޭންގެއެވެ.
ތިން ކުދިން ކައިނިންމައިގެން ހިނގައިފައި ގެއަށް ދާން ނުކުތެވެ. ވާހަކައިގައި ތިބެ ދަނިކޮށް ނަވާރް ގައިގައި މީހަކު ޖެހި އެމީހާ އަތުގައި އޮތް ދަބަސް ވެއްޓުނެވެ.
މަގުގެ ކުރިއަށް ނުބަލައި އައި އިވާން މީހެއް ގައިގައި ޖެހުނެވެ. ޖެހުމާއެކު އޭނާ އަތުގައި އޮތް ދަބަސް ވެއްޓުނެވެ. އޭނާ ދަބަސް ނެގުމުގެ ކުރިން އަންހެން ކުއްޖަކު ދަބަސް ނަގައިދީފައި މާފަށް އެދުނެވެ. އެކުއްޖާގެ އަޑު ޖެހުމާއެކު އިވާން އިސް އުފުލައިލައި ބަލާލިއެވެ. “ބޭބެ އޯކޭތަ؟”
ނަވާރް ދަބަސް ނަގައިދީފައި މާފަށް އެދުމާއެކު އެ މީހާ ބަލާލިގޮތުން ޖެހުލުންވެފައި ނަވާރް އަހާލިއެވެ. އެމީހާގެ މޫނު މަތިން ފެންނަމުން ދިޔައީ އުނދަގުލެއް ވެގެން އުޅޭ ކަމުގެ ނިޝާނެވެ.
އިވާންއަށް ނަވާރްގެ މޫނު ފެނިފައި އަޑު ޖެހުމުން އެއީ އޭނާގެ ދަރިފުޅު ހެން އިހްސާސްވީ ކީއްވެކަމެއް ނޭންގުނެވެ. މޫނު މަތިން އޭނާއާއި ވައްތަރުވެފައި އެއަޑަކީ ލައިޝާގެ އަޑޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އޭނާގެ ހިތް ކެނޑިނޭޅި އެއީ ެއޭނާގެ ދަރިފުޅު ކަމަށް ބުނަމުން ދިޔައެވެ. “ނޫން އިވާން. އެއީ އިސްރާއެއް ނޫން. އިވާން އިސްކޮއާ ބައްދަލު ކުރަން ބޭނުންވެފައި ހުރީމަ ހީވި ގޮތެއް” އިވާން އަމިއްލަ ނަފްސަށް ވިސްނައިދިނީ އޭނާ މާބޮޑަށް އިސްރާ މަތިން ހަނދާން ވުމުން ހީވި ގޮތް ކަމަށެވެ. އޭނާއަށް ނޭންގުނު ކަމަކީ އޭނާގެ ހިތް އޭނާއަަށް ވިސްނައިދިނީ ރަނގަޅަށް ކަމަށެވެ. އޭނާގެ ކުރިމަތީގައި ފުރާ ފުރިހަމަވެފައި އިން އަންހެން ކުއްޖާއަކީ އެތައް އަހަރެއް ކުރިން އޭނާ މަޖުބޫރުވެގެން ދޫކޮށްފައި ދިޔަ ދަރިފުޅު ކަމެވެ.
އިވާން ދެފަރާތަށް ބޯހޫރާލައިފައި ނަވާރްއަށް ހިނިތުންވުމެއް ހަދިޔާކޮށްފައި ހިނގައިގަތެވެ.
ނަވާރްވެސް ފުން ނޭވައެއް ދޫކޮށްފައި އަނެއް ދެކުދިންމަށް ބަލާލައިފައި ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ހަރު އެއްޗެއްގެ މައްޗަށް ފައިން އެރުމާއެކު ހުއްޓިފައި އެއީ ކޯޗެއްތޯ ބަލާލެވުނެވެ. ބިންމަތީގައި އޮތީ ފުދޭވަރަކަށް ގިނަ ދުވަސްވެފައި އޮތް ވޮލެޓެކެވެ. “އެ ބޭބެގެ ދަބަހުން ވެއްޓުނު ވޮލެޓް މިއީކީ!” ނަވާރް ވޮލެޓް ނަގައިފައި ފަހަތް ބަލާލިއިރު ފެންނަ ހިސާބުގައިވެސް އިވާންއެއް ނެތެވެ. “ހިނގާ ތިހިފައިގެން ދާން. ފަހުން އެބޭބެ ހޯދައިފައި އެބޭބެއާ ތި ހަވާލު ކުރާނީ!” ނަވާރް މާޔޫސުވީ ތަން ފެނުމުން އައިރާ ބުންޏެވެ. ނަވާރް ބޯޖަހައިލައިފައި އޭނާގެ އަތް ދަބަސް ތެރެއަށް އެ ވޮލެޓް ލިއެވެ.

ނަވާރް އޭނާ އުޅޭ އެޕާޓްމެންޓަށް ވަނުމުން އައިރާއާއި އަލައިކާ ދިޔައީ އަލައިކާމެން ބަޔަށެވެ. އަލައިކާ ދޮރު ހުޅުވާލިތަނުން ސޯފާގައި އިން އަޝްވާ ފެނިފައި ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ. ފައިވާންވެެސް ނުބާލާ އެހުރި ގޮތަށް ގެއަށް ވަދެ އަޝްވާ ގައިގައި އަލައިކާ އޮޅުލައިގަތެވެ.
“ތުއްތަ ކޮން އިރަކު އައީ؟ މަންމަ ނުވެސް ބުނޭ ތުއްތަ އަންނަ ވާހަކައެއް. އައިލީންވެސް ގޮވައިގެންތަ އައީ؟” އަލައިކާ ނެވާ ވެސް ނުލާ ފައްޗަކަށް ސުވާލުތައް އޮއްސާލިއެވެ. “ދެން މި އަލްކޮ ދައްކާ ވާހަކަ. އައިލީން ނުލައެއް ނާންނާނެއްނު. އައިލީން އެބައޮތް ނިދާފަ ދޮންތަ ކޮޓަރީގަ.” އިޝްމާ ކޮޓަރިއަށް އިޝާރަތް ކުރަމުން އަޝްވާ ބުންޏެވެ.
އަޝްވާ ވަނި މީގެ ހަތަރު އަހަރު ކުރިން ކައިވެނިކޮށްފައެވެ. ކައިވެނިކޮށްގެން އޭނާ ދިރިއުޅެނީ އޭނާގެ ފިރިމީހަ ސަދާންއާ އެއްކޮށް މެލޭޝިއާގައެވެ. މީގެ އެއް އަހަރު ކުރިން އެދެމީހުންނަށް އައިލީން ލިބުނެވެ. އަފްރީންއާއި އަރްޝާދްވެސް ދިރިއުޅެނީ އަޝްވާއާ އެއްކޮށް މެލޭޝިޔާގައެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވަޢުދު (ސައުރަތިރީސްވަނަ ބައި)

Next

ވެވުނީ ލޯތްބޭ ޔާރު ހުވާ – 2

Next
December 7, 2019

ވެވުނީ ލޯތްބޭ ޔާރު ހުވާ – 2

Previews
December 5, 2019

ވަޢުދު (ސައުރަތިރީސްވަނަ ބައި)

12 Comments!

  1. Kiyara says:
    December 6, 2019 at 9:34 pm

    Salam all. Here is the 22nd part of rastha season2. Friday genesdheynamey bubyma kurukoh viyas up kohllafa einy. In Sha Allah Next part Monday

  2. friend says:
    December 6, 2019 at 9:40 pm

    vvvvvvvvvvvvvvvvvvvvvv reethi ingey mi part ves
    alhey ivaan ah engun nama dho
    sad life
    waiting………..

    1. Kiyara says:
      December 7, 2019 at 4:08 pm

      Thanksss friend♥️ dhw ekam kykuraany adhi ivaan engen vy vaguthu nujeheny dhw

  3. Falak? says:
    December 6, 2019 at 9:44 pm

    Woooow varah reethi. Waiting for next part?????

    1. Kiyara says:
      December 7, 2019 at 4:09 pm

      Thanksss falak♥️

  4. Army says:
    December 6, 2019 at 10:00 pm

    Vvv reethi mi part ves. maashaa Allah.
    Waiting for next part.?

    1. Kiyara says:
      December 7, 2019 at 4:09 pm

      Thanksss army♥️

  5. Dhonthy says:
    December 6, 2019 at 10:00 pm

    v reechchey inge. And Alaika e hedhee heyokoh. Zeviyanves. Proud of those too. Dhen Zeviyan aa Dheenaa aa gulhuvaalabala. Ingidheenthaa dhw vaa echcheiy fahun. BTW I am waiting and love ya <3 <3 <3 <3 <3 <3

    1. Kiyara says:
      December 7, 2019 at 4:10 pm

      Thanksss dhonthy♥️ ywewh hingaa dhw balama dhen vaane gotheh. Even i am proud of alika and zeviyan

  6. Shehe says:
    December 7, 2019 at 10:37 am

    Wowowowwowo v reethi mi part vx ❤❤❤❤❤❤❤curiously waiting for the next part ?❤???

    1. Kiyara says:
      December 7, 2019 at 4:11 pm

      Thanksss shehe♥️

  7. Anonymous says:
    December 9, 2019 at 3:46 pm

    Where is the next part

Comments are closed.

Next Episodeރާސްތާ2 ތޭވިސްވަނަ ބައި←


All Right Reserved!