މެންދުރުފަހު ދޭއް ޖަހާއިރަށް އިކާލްމެންގެ ޑިއުޓީ ނިމުމުން އެމީހުން އަވަސްވެގަނީ އަވަހަށް ގެޔަށް ދިޔުމަށެވެ. ވެފައި ހުރި ވަރުބަލިން ކަމަށް ވެސް ވެދާނެއެވެ. މާއީ އާއި އިކާލް އެކުގައި ދިޔައިރު ފަހަތުގައި ރާޔާ ހުރީ އެދެމީހުންނާ ދިމާލަށް ލޯ އަޅައިގެން ބަލާށެވެ. ނަމަވެސް އެކަމެއް އިކާލްމެންނަކަށް ނޭނގެއެވެ.
******
އިކާލް އަށް ގެޔަށް ވަނެފައި ފުރަތަމަވެސް ޖެހިގަނެވުނީ ސޯފާއަށެވެ. ވެފައި ހުރި ވަރުބަލިން އަރާމު ކޮށްލުމުގެ ނިޔަތުގައިއެވެ. ނަމަވެސް މާ ގިނައިރަކު އިކާލްއަކަށް އެހެންނެއް ނޯވެވުނެވެ. ފާއިޒް ގުޅަން ފެށުމުން ޖީބުން ފޯނު ނަގައި ކަންފަތުގައި ޖައްސާލީ ނިތަށް ރޫތައް އަރުވައިލަމުންނެވެ. ނަމަވެސް ފާއިޒްގެ ފަރާތުން އިވުނު އެއްޗަކުން އިކާލްގެ މޫނުމަތީގައި ހުރި ހުރިހާ ރޫތަކެއް ފިލައި ދިޔައެވެ. އަދި އެމޫނު މައްޗަށް ހިތާމަވެރިކަން ފާޅުވީ އެސްފިޔަ ޖަހާލާ ހިނދުކޮޅެއްގެ ތެރޭގައިއެވެ. އިކާލް މާ ގިނަ ލަސްތަކެއް ނުކޮށް ދުވެފައި ގެއިން ނުކުމީ ފާއިޒްގެ ގެޔަށް ދިޔުމަށެވެ. މަގުމަތީގައި ހުރެ އެތައް އިރެއް ވީއިރުވެސް ޓެކްސީއެއް ނުލިބުމުން އެންމެފަހުން އިކާލް ނިންމީ ދުވެފައި ދިޔުމަށެވެ. އޭނާއަށް ދުވެވޭ އެންމެ ބާރަކަށް ދުވަމުން ގޮސް ފާއިޒްމެންގެ ގެޔަށް ވަނެވުނު އިރު މީހާ ވަނީ އެއްކޮށް އުދާސްވެފައިއެވެ. ދިޔައީ މާ ނޭވާ ލެވެމުންނެވެ. އިކާލް އެގެއަށް ވަން އިރު ރާކިންވެސް ފާއިޒްގެ ގާތުގައި ހުއްޓެވެ. އަދި ދިޔައީ ހިތްވަރުދެމުންނެވެ. އިކާލްއަށް ދެން އެއްލި ކަޅިން ފެނުނީ ފާއިޒްގެ މަންމަ ފަޒާ އެނދުގައި ބައްވާފައި އޮތްތަނެވެ.
ފަޒާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. ލޯ މަރާލެވިފައިވާ އިރު އެ ހަށިގަނޑުގައި ފުރާނަ ވެސް ނެތެވެ. އިކާލް ފަޒާގެ ކައިރިއަށް ގޮސް ހުއްޓި މުށިތަކުމަތީގައި އިށީންދެލިއެވެ. އަދި އަޑުން އަޑު ނަގައި ރޯޯން ފެށިއެވެ. ފިރިހެނަކަށް ވިޔަސް ކެތްކުރެވޭނީ ވަކި ވަރަކަށްތާއެވެ. އިކާލް އެތަނުގައި އިނެގެން ހުއްޓާ ނުލައި ރޮމުން ދިޔައެވެ. ފާއިޒްގެ މަންމަ ކަމުގައި ވިޔަސް އެއީ އިކާލްގެ ވެސް މަންމައެއް ފަދަ މީހެކެވެ. އިކާލް އެންމެ ކުޑައިިރުން ފެށިގެން ބަލާ ބޮޑު ކުރި މީހަކީ އެއީއެވެ. ކާންދީ ލާނެ އަންނައުނު ދިން މީހަކީ އެއީއެވެ. މައެއްގެ ލޯތްބާއި އަޅާލުން ދިން މީހަކީ އެއީއެވެ. ފާއިޒް އާއި އިކާލް އެއްވެސް ތަފާތު ކުރުމެއް ނެތި ފަޒާ އެދެކުދިން ބަލައި ބޮޑު ކުރީ ނުހަނު ލޯބިންނެވެ. އެދެކުދިންނަށްވެސް މަންމައެއްގެ އަދި ބައްޕައެއްގެ ލޯބިވެސް ދީގެންނެވެ. ނަމަވެސް އިކާލް އެގެއިން ނުކުމެގެން ދިޔައީ އެދެމައިންނަށް އިތުރު ބުރައެއް އޭނާގެ ފަރާތުން ނުޖެއްސުމަށްޓަކައިއެވެ. އިކާލް ރުއިން އެތައް އިރެއް ވީ އިރުވެސް ހުއްޓާނުލައިއެވެ. ރާކިން ވެސް އެތައް އިރަކު އިކާލްގެ ކައިރީ އިނެގެން ހިތްވަރު ލާދީފިއެވެ. ނަމަވެސް ފާއިޒްވެސް އަދި އިކާލްވެސް އެމީހުންގެ ރުއިން ހުއްޓާލާކަށް ނޫޅެއެވެ.
އެގޮތުގައި ތިން މީހުންވެސް ތިއްބާ މާއީ އެތަނަށް އައެވެ. މާއީ އައިސް ދިޔައީ އިކާލް ހިތްހަމަ ޖައްސާލުމަށްޓަކައި އިކާލް ގޮވައިގެންނެވެ. ފާއިޒްމެންގެ ގެ ކުރިމަތީގައި ހުރި ޕާކަށް ވަނެފައި ބެންޗެއްގައި މާއީ އިށީންދެލީ އިކާލްއަށް ހިތްވަރު ލައި ދިނުމަށެވެ. ”އިކް… ކޮންމެ މީހަކީވެސް މިދުނިޔެ ދޫކޮށް ދާނެ މީހެއް.. އެމީހެއްގެ އަޖަލު ހަމަވުމުން އެމީހެއް ގެންދާނެ… އެދުވަހަކަށް އަހަރެމެން އެންމެންވެސް ޖެހޭނީ ތައްޔާރު ވާން… އިކް ދެރަނުވޭ… އިކް ތިގޮތަށް ރޮންޏާ ފާއިޒްއަކަށް ވެސް ނުހުރެވޭނެ… އިކް ޖެހޭނެ ފާއިޒް އަށް ހިތްވަރު ދޭން.. އަހަންނަށް ވެސް އިނގޭ މިހެން ބުނާއިރު އިކް ވެސް ދެރަވާނެކަން… އެކަމަކު އިކް… ދެން ރުއިން ހުއްޓާލަބަލަ… މިއަކީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް…” މާއީ ދިޔައީ އިކާލް ހިތްހަމަ ޖެއްސުމަށްޓަކައި އެކި އެއްޗެހި ކިޔަމުންނެވެ. ނަމަވެސް އިކާލް ރޮމުން ދިޔަ ތަން ބަލަން މާއީ އަކަށްވެސް ކެތެއް ނުވެއެވެ. އެދެލޮލުން ކަރުނައަކަށް ފަހު ކަރުނައެއް ވެއްޓެމުން ދިޔައެއް ކަމަކު މާއީ ދިޔައީ އިކާލްއަށް ނުދެއްކުމަށްޓަކައި އަތުގެ ނުފުށުން ފޮހެމުންނެވެ.
އެތަނުގައި އިރުކޮޅެއް ނުވެ އިކާލް ގެޔަށް ދިޔުމަށްޓަކައި ތެދުވެލިއެވެ. ހީވަނީ އާ ހިތްވަރެއް ލިބިގެން ތެދުވި ހެންނެވެ. އޭރު އިކާލްގެ ރުއިންވެސް ވަނީ ހުއްޓިފައިއެވެ. ނަމަވެސް ދެ ލޯ ރަތްވެފައި ލޯ ކައިރި ވަނީ ދުޅަވެފައިއެވެ.
******
އަސުރު ނަމާދަށް ފަހު ފަޒާގެ ކަށު ކަމާއިކެމީގެ ކަންތައް ނިމުނެވެ. ނަމަވެސް އެތައް އިރެއް ވަންދެން ފާއިޒް އާއި އިކާލް ދުޢާއަށް އަތް ހިތްލައިގެން އިނެވެ. އޭރު ދޭމިހުންގެ ލޮލުން ވެސް ދިޔައީ ކަރުނަތައް އޭގެ މަގާމު ދޫކޮށް ވެރެމުންނެވެ. ތިރީސް މިނެޓްވަންދެން ދެމީހުންވެސް އެގޮތުގައި އިނެވެ. ރާކިންވެސް އެމީހުންގެ ފަހަތުގައި އިށީންދެލައިގެން އިނީ ދެމީހުންވެސް ނިމެންދެންނެވެ. އިކާލް އާއި ފާއިޒް ނިމުމާއިއެކު ތިން މީހުންވެސް ދެން އަވަސް ވެގަނީ ގެޔަށް ދިޔުމަށެވެ. ތިން މީހުން ތިން މަގުން ލައިގެން ގެޔަށް ދިޔައިރު އެތައް ބަަޔަކު ދިޔައީ އެކުދިންނަށް ބަލަމުންނެވެ. ނަމަވެސް ތިން މީހުންވެސް ގެޔާއި ހަމައަށް ދެވެންދެން ހުރީ އިސްދަށަށް ޖަހައިލައިގެންނެވެ.
އިކާލްއަށް އޭނާގެ ރޫމަށް ވަނުވުމާއިއެކު ފުރަތަމަވެސް ބަލައި ލެވުނީ އޭނާގެ މަންމަ ދިން އަތުކުރީ ގަޑިއަށެވެ. އޭގެ މޫނު ގަނޑުގައި ބޮނޑު އަކުރުން ދިވެހިން ރީތި ފޮންޓެއްގައި މަންމަގެ ދޫނި ޖަހާފައިވެއެވެ. އަޅި ކުލައިގެ އެގަޑި އެތުރަށް ރީތިކަމަށް ދައްކަނީ ކަމަރުގައި ވީ ރަން ކުލައިގެ ކުދި ކުދި ތަޅުދަނޑިތަކުގެ ސަބަބުންނެވެ. އިކާލް އެއަށް ބަލާލުމާއިއެކު އިތުރަށް އޭނާގެ ރުއިން ގަދަވިއެވެ. އެ ގަޑި ނަގައި އޭނާގެ މޭގައި ޖައްސާލައިގެން އިކާލް އެހުރި ތަނަށް ތިރިވިއެވެ. ”މަންމާ… އަހަރެން ދޫ ކޮށްފަ ކޮން ތާކަށް ތި ދިޔައީ… އަހަރެންނަށް އަދި މަންމަގެ ސޫރަ ވެސް ނުފެނޭ… މަންމާ… މަންމަ ކީއްވެ އަހަރެން ދޫކޮށްލާފައި ތި ދިޔައީ… މަންމާ އަހަރެން މަންމަ މަތިން ވަރަށް ހަނދާންވޭ… ފަޒާ ދައްތަ ބުނި މަންމަ މަރެއް ނުވެއޭ… އެކަމަކު ދައްތައަކަށްވެސް ނޭނގޭ މަންމަ ވީ ތަނެއް… މަންމާ… އަހަރެން ދޫކޮށްފައި ތި ދިޔައީ ކީއްވެ؟ މަންމާ… މިއަދު ފަޒާ ދައްތަވެސް އަހަރެން ދޫކޮށްފައި މާ ދުރަށް ގޮއްސި… އަހަރެންގެ އެކަކުވެސް ނެތް…” އިކާލް އެ ގަޑިއަށް ބަލަމުން ދިޔައީ ކުޑަކުއްޖެއްހެން ރޮމުންނެވެ. ޖަވާބު ނުލިބިފައި ހުރި އެތައް ސުވާލެއް އިކާލްގެ ސިކުނޑިގައި ވި ނަމަވެސް އޭނާ އިތުރަށް އެސުވާލުތައް ނުކޮށް ގަޑި އެއިންތާ ބާންދާލާފައި އޮށޯވެލީ ހިނދުކޮޅަކަށް ނަމަވެސް ސިކުނޑިއަށް އަރާމުކޮޅެއް ދިނުމުގެ ބަދަލުގައިއެވެ. ނަމަވެސް އިކާލްއަށް ދިޔައީ ގިސްލެވެމުންނެވެ. ނަމަވެސް އެއަޑު ވަރަށް އަވަހަށް ކެނޑުނެވެ.
އިކާލްގެ ކޮޓަރި ދޮރުގައި ލެގިލައިގެން ހުރި މާއީ އަށް ދިޔައީ ގިސްލެވެމުންނެވެ. ނަމަވެސް އޭނާ ދިޔައީ ނުރޯން މަސައްކަތް ކުރަމުންނެވެ. އެހެނެއްކަމަކު އެދޮލުލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބާގަނެވެ. އެއްވެސް އަޑެއް ނުލެއްވުމަށްޓަކައި މާއީ އޭނާގެ އަނގަމަތީ އަތްއަޅާލިއެވެ. މީގެ ކުރިން ދުވަހަކުވެސް މާއީ އަކަށް އިކާލް އެގޮތަށް ރުއި ތަނެއް ނުދެކެއެވެ. މަންމަ ނެތުމުން ދެރަވާ ވާހަަކައެއް އަދި މަންމަ މަތިން ހަނދާން ވާ ވާހަކައެއްވެސް އިކާލް އެއްވެސް ފަހަރަކު އަދި މާއީ ކައިރިއަކު ނުބުނެއެވެ. މާއީ އޭނާގެ ރުއިން ގަދަކަމުން ހުއްޓާލާފައި ގޮސް އިކާލްގެ ކޮޓަރިއަށް ވަނެވެ. އޭރު އިކާލްއަށް ވަނީ ހަމަ ރަނގަޅަށްވެސް ނިދިފައިއެވެ. އެހެން ކަމުން އިކާލްގެ ގައިގައި މާއީ ބެޑްޝީޓް އަޅާލަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އިކާލް މާއީގެ އަތުގައި ހިފެހެއްޓިއެވެ. ”މަންމާ” އިކާލް މާއީގެ އަތުގައި ހިފަހައްޓާ އޭނާގެ މަންމައަށް ގޮވާލުމާއިއެކު މާއީއަށް އޭނާގެ ކަރުނަތަށް ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ. އިތުރަށް ރޮވެން އުޅުމުން މާއީ އިކާލްގެ އަތް ނައްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އިކާލް މާއީގެ އަތުގައި ބާރަށް ހިފައްޓާފައި ވުމުން މާއީއަކަށް އިކާލްގެ އަތެއް ނުނެއްޓުނެވެ. އިތުރަށް އެ މަސައްކަތް ނުކޮށް ހުއްޓާލީ އިކާލްއަށް ހޭލެވިދާނެތީއެވެ. އިކާލްގެ މޫނަށް އެތައް އިރެއްވަންދެން ބަލަން ހުރެފައި މާއީ އިކާލްގެ މަގަތުގައި މުށިތަކު މަތީ އިށީންދެލީ ހަމަ އެގޮތުގައި ހުރެއެވެ. އަދި ދިޔައީ އެނެއްއަތުން އިކާލްގެ ބޮލުގައި ފިރުމަމުންނެވެ.
******
”މަންމާ… ކީއްވެ އަހަރެން ދޫކޮށްފަ ތި ދިޔައީ؟ މަންމަ ނެތުމުން އަހަރެން ވާނެ ދެރައެއް މަންމައަކަށް ނޭނގޭތަ؟ މަންމާ… މިއަދު އިކާލް ވެސް މަންމަ ދިޔުމުން ވަރަށް ރުއި… މަންމައާއި ނުލައި ކިހިނެއް އަހަރެން އުޅޭނީ މަންމާ… މިހާރުވެސް މަންމަ މަތިން ވަރަށް ހަނދާންވޭ… މަންމަދެކެ އަހަރެން ވަރަށް ލޯބިވޭ… އަހަރެން އަބަދުވެސް އެދުނީ މަންމަ އަހަރެންގެ ގާތުގައި މިގޭގައި ވުމަށް… އެކަމަކު… ” ފާއިޒް އެނދުގައި އޮށޯވެލައިގެން އޮވެ އޭނާ އާއި ފަޒާ އާއި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއަށް ބަލަން އޮވެވުނީ ފެން ކަލި ވެފައިވާ ދެލޮލުންނެވެ. އަދި ދިޔައީ ފަޒާގެ އެހިނިތުންވެފައިވާ މޫނުގައި އޭނާގެ ބޮޑުވައި އިންގިލިން ފިރުމަމުންނެވެ. މިއަދު ފާއިޒްގެ ހިތަށް ކޮއްފައިވާ އަސަރު ބަޔާން ކުރަންވެސް ދަތި ވާނެއެވެ. މައެއް ވަކިވެ ދިޔުމުން ވާނީވެސް އެހެންތާއެވެ. ފާއިޒްވެސް އޭނާގެ އެ ހަނދާން ތަކުން ދުރުވުމަށްޓަކައި އަދި ވެފައި ހުރި ވަރުބަލިން ނިދާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން އެއްވެސް ވަރަކަށް ފާއިޒަކަށް ކާމިޔާބެއް ނުވިއެވެ.
******
ހުދު ކުލައާއި ވިލު ނޫކުލައިން ޒީނަތްތެރި ކުރެވިފައިވާ ބޮޑު ކޮޓަރީގެ އެއްފަރާތުގައި ހުދު ކުލައިގެ ބޮޑު އަލަމާރިއެއްވެއެވެ. އެ އަލަމާރި އާއި ޖެހިގެން ދެން ހުރީ ހަމަ ހުދުކުލައިގައި ހުރި ފޮތް ކަބަޑެކެވެ. އެ ކަބަޑުވެސް ފުރިފައިވީ އެކި ވައްތަރުގެ ވާހަކަ ފޮތުންނާއި ސައިންސް ފޮތުންނެވެ. އަދި އެނެއް ފަރާތުގައި ބޮޑު ކިންގް ސައިޒް އެނދެއް ވާއިރު އެނދުގެ ދެ ކައިރީ ހަމަ ހުދު ކުލައިގެ ސައިޑް ޓޭބަލް އެއްވެއެވެ. އަދި އެ ދެ ސައިޑް ޓޭބަލްގެ މަތީގައި އޮރެންޖު ކުލައިން ދިއްލޭ ލޭމްޕެއް ވެއެވެ. އެނދުގައި އަޅާފައި އޮތް ބެޑްޝީޓްގައި ވަނީ ވިލު ނޫކުލައިއެވެ. ވަށައިގެން ބަލައިލި ކޮންމެ ދިމާލަކުންވެސް ފެނިގެން ދަނީ ތަރުތީބު ކަމާއި ސާފުތާހިރު ކަމެވެ.
ވިލުނޫކުލައިގެ އެ އެނދުމަތީގައި ރާކިން އޮށޯވެލައިގެން އޮތީ އޭނާގެ ދެ އެކުވެރިންނަށް ލިބުނު ހިތާމައިގެ ސަބަބުންނެވެ. ރާކިންގެ މަންމަ އިރާދާ ވެސް އެތައް ފަހަރަކު ރާކިން ކާން ނައުމުން ގޮވާފިއެވެ. ނަމަވެސް ރާކިން އޮތްތަނުން ތެދުވާ ކަހަލަ ހިޔާލެއް ނެތް ފަދައެވެ. ބޯ ދަށަށް އެއް އަތް ލައިގެން އެއްފާ ދަމާލާފައި އެނެއްފައި ކުރުކޮށްގެން ރާކިން އޮތީ ވަރަށްވެސް ފުން ހިޔާލަކަށް ގެއްލިފައިއެވެ. އޭނާގެ ސިކުނޑީގައި މިހާރު އެނބުރެމުން ދިޔައީ އޭނާގެ މަންމަ ނެތުމުން ވާނެ ގޮތަކާއި ދޭތެރޭއެވެ. ނަމަވެސް ރާކިން ސިއްސައިގެން ދިޔައީ ވަރަށް ބާރަށް މިހާކު އޭނާގެ ކޮޓަރީގެ ދޮރުގައި ތަޅައިގަނުމުންނެވެ. އަވަސް އަވަހަށް އެނދުން ތެދުވެފައި ގޮސް ދޮރު ހުޅުވައިލީ ބިރުގަތް ވަރުންނެވެ. ދޮރު ހުޅުވާލުމާއިއެކު ރާކިން އަށް ފެނުނި މަންޒަރުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ރާކިންގެ ބައްޕަ ވިކާޝް މުށިތަކު މައްޗަށް ވެއްޓިފައި ވާއިރު ކައިރީގައި އިރާދާ ވިކާޝްއަށް ގޮވަން އިނެވެ. އިރާދާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްވެފައި ހުރިކަމުގެ ކުލަވަރުތަކެވެ. ރާކިންވެސް ބަލާކަށް ނުހުރެ ގޮސް ވިކާޝްގެ ކައިރީ އިށީންދެފައި ބަލަން ފެށިއެވެ. ނަމަވެސް އޭގެ އިރުކޮޅެއްފަހުން ރާކިންއަށް އިވެން ފެށީ އިރާދާ ހޭން ފެށި އަޑެވެ. އެއާއިއެކު ދެން އިވުނީ ވިކާޝްވެސް ހޭން ފެށި އަޑެވެ. ”މަނިކުފާނަށް ކޮޓަރިން ނުކުމެވިއްޖެ ދޯ… ކިހާވަރަކަށް ގޮވި ފަހުން ތި ނުކުމެވުނީ… ދެން ވެސް ގޮވާލާއިރަށް ނުކުމަންނާތި… އެހެންނޫނީ ހަމަ މިހަކަލަ ކަމެއް އަނެއްކާވެސް ދިމާވެދާނެ..” އިރާދާ ހެމުން ހެމުން ބުނެލިއެވެ. އެދެ މީހުންނަށްވެސް އެމީހުންގެ ހިނިގަނޑު ހިފަހައްޓާ ނުލެވުނީ ރާކިން ދެރަވެފައި ހުރި ވަރުންނާއި ބިރުގަނެފައި ހުރި ވަރުންނެވެ. ”ސާބަސް މަންމަމެންނަށް… ދެން މިކަހަަލަ ކަމެއް ނުކުރައްޗޭ… ހީވީ އަހަރެންގެ މޭގަނޑުވެސް އަަނގައަށް އައި ހެން…” ރާކިން ވިކާޝް ކޮޅަށް ނަގަމުން ބުނެލިއެވެ. ތިން މީހުންވެސް ދެން ދިޔައީ ރާކިން ކޮޓަރިން އެގޮތަށް ނެރެވުމުން ހެމުން ހެމުން ރޭގަނޑުގެ ކުއުން ކެއުމަށެވެ.
******
ފަތިހުގެ ފަތިސް ނަމާދުގެ އަޑަށް އިކާލްއަށް އޭނާގެ ދެލޯ ހުޅުވައިލެވުނެވެ. ނަމަވެސް ސިއްސައިގެން ދިޔައީ އެނދުގައި ބޯ އަޅައިލައިގެން އޮތް މާއީ ފެނިފައިއެވެ. އެވަގުތު އިކާލްގެ ހިތުތެރޭގައި އެތައް ސުވާލެއް ވަނީ އުފެދިފައިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އެސުވާލުތަކަށް ޖަވާބު ލިބުނީ އިކާލްއަށް މާއީގެ އަތުގައި ހިފެހެއްޓިފައިވާކަން ދެނެގަނެވުމުންނެވެ. މާއީއަށް ހޭލެވިދާނެ ކަމުގެ ބިރު ހީވުމުން އިކާލް މާއިގެ އަތުގައި ހަމަ ކުރިން އޮތް ގޮތަށް ހިފަހައްޓާލައިގެން އޮތީ މާއީގެ އެ މައުސޫމް މޫނަށް ބަލާށެވެ. ނަމަވެސް މާއީ ރޯފައި ހުރިކަމުގެ ނިޝާންތައް މޫނުމަތިން ފެންނަން ހުރުމުން އިކާލް އެކަމާ ހާސްވިއެވެ.
އެގޮތުގައި ފަނަރަވަރަކަށް މިނެޓް އިކާލް އޮއްވާ މާއީ އޭނާގެ ދެލޯ ހުޅުވައިލިއެވެ. މާއީ އިކާލްގެ މޫނަށް ބަލައިލުމާއިއެކު ދެމީހުންގެ ވެސް ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ހަމައެއާއިއެކު ދެމީހުންގެ ގަޔަށްވެސް ހީވީ ކަރަންޓު އައި ހެންނެވެ. މާއީ އިކާލްގެ އަތް ނައްޓުވައި ކޮޅަށް ތެދުވިއިރު އިކާލް އިނީ އެނދުގައި އިށީންދެލައިގެންނެވެ. ދެމީހުން ކުރެ އެކަކުވެސް އެކައްޗެކޭވެސް ނުބުނެ ތިބީ ލަދު ގަނެފައި ހުރި ވަރުންކަން ޔަގީނެވެ. ”އަހަރެން ދެން ދަނީ..” އެދެމެދަށް ވެރިވި ހަމަހިމޭންކަން އެންމެ ފަހުން ނަގައިލީ މާއީއެވެ. އިކާލްވެސް ބޯ ޖަހައިލީ މާއީއަށް ޖަވާބެއް ދިނުމުގެ ބޭނުމުގައިއެވެ. މާއީ އެތަނުން ނުކުތުމާއިއެކު އިކާލް އެނާގެ ނިތްމަތީގައި ޖަހާލިއެވެ. އަދި އަމިއްލަ ނަފްސަށް ކުދި ކިޔާލިއެވެ.
*****
މާއީ ވެސް އިކާލްގެ ބައިން ނިކުމެވުމާއިއެކު މޭމަތީގައި އަތް އަޅައިގެން ދެލޯ މަރައިގެން ހުރެ ދޮރުގައި ލެގިލިއެވެ. އަދި އިރުކޮޅަކު އެހެން ހުރެފައި އޭނާގެ ބަޔަށް ދިޔުމަށްޓަކައި ލިފްޓަށް އެރިއެވެ. ލިފްޓްގައި ހުރި އިރުވެސް މާއީއަށް ވިސްނެނީ އިކާލް އާއި މެދުއެވެ. ރޭގަ ވީ ކަންތަކާއި މިއަދު ވީ ކަންތަކާއި މެދުއެވެ. އެއާއިއެކު އަނެއްކާވެސް މާއީގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ.
މާއީ އޭނާގެ ކޮޓަރިއަށް ވަނެފައި ނަމާދުކޮށްލައިގެން އައިސް އަނެއްކާވެސް އޮށޯވެލީ ނިދާލުމަށެވެ. އެދުވަހަކީ މާއީއަށް މެންދުރުފަހު ޑިއުޓީ އޮތް ދުވަހަކަށް ވުމުންނެވެ. އެނދުގައި އޮށޯތުމާއިއެކު މާއީއަށް ފުން ނިދީގެ އަރާމު ކަނޑުގައި ފީނާގަނެވުނީ ހިނދުކޮޅެއްގެ ތެރޭގައިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.







Assalam alaikum.. miothy VAMEY GAATHUGAI ge 2 vana Bai vs up vefai.. unmeedhu kuran mi Bai Vs kamudhaane kamah… Mistake huriyyaa bunela dhehchey… Nd mihaaru nafu akah neygey vaahaka up vaane dhuvaheh bunaakah.. but liyevunu haa avahakah submit kuraanan.. keep waiting ingey… Nd story dhaa gothaa medhu comment kohlahchey readers ge views… Have a nice day.. keep waiting..
Vr salhi mi bai vs. Waiting for next. And me first dhw. Yay
thanks dear.. and yes.. ur first.. condrats…
Vrh furihama… avahah nxt part up kohla dhehchey.. vr rythi vaahaka
thanks dear.. ya insha allah..
Maasha Allah ?❤️❤️ varah reethi.
thanks dear
masha allah mi part vs varah reethi… cant wait to read next..
thanks dear
finally up vehjje dhw … varah varah reethi mi part vs… i am curiously waiting for next part… lysm nafu sis
ya.. thanks dear…
varah lwbi mi part vs… nafu r meet vaaney gotheh bunedhyba
thanks dear
Varah reethi mi part vx maasha allah….whn nxt…waiting….
thanks dear… vaahaka up vaane dhuvaheh bunaakah neygey.. but liyevunu haa avahakah submit kuraanan..
I understand how Ikaal and Faaiz would feel…
Mi partwes varah VARAH reethi!!!
But i still can’t stop thinking about Raaya..
Varah bodah thanks thiha busykohwes up kohdheythy!! Nafu!!??
thanks mal dear.. 🙂
Varah reethi mi part vx… Waiting for the next part… When next
thanks dear.. next part liyevunu haa avahakah submit kuraaanan.. keep waiting
hama habeys story eh mi … kn irakun next part
thanks dear.. next hama liyevunu haa avahakah submit kuraanan..
vr rythi mi bai vs.. vr emotional.. dhn oii bayah inthizaarugai
thanks dear.. keep waiting
vrh furihama… vrh emotional… rovihjje hama faaiz aa ikaal ge bain… waiting for next… avahah up kohdhehchey
thanks dear.. keep waiting..
beautiful story… i’m juss speachless… but i’m waiting for next part.. keep it up nafu sis
thanks dear.. keep waiting
vr furihama.. whn next
thanks dear.. next part hama liyevunu haa avahakah submit kuraanan
this is a wonderful story. i love this story a lot. and when next nafu
thanks dear.. nxt hama liyevunu haa avahakah submit kuraanan
heiii… vrh salhi mi bai vs.. unmeedhu kuran kuriah huri baithah vs mihaa hama rythi vaane kamah… nafu ge hurihaa story eh vs vr salhi.. maasha allah…
thanks dear.. ya i’ll try my best
i feel really sad for ikaal.. nafu where is his mom.. i want to find his mom.. and he didnt have parents… aww my god.. he is so lonely.. btw vr vr vr vr nice story eh.. mi bai vs ehaime rythi.. waiting for nxt
lets find ikaal parents.. btw u will know where is ikaal parents on upcoming parts.. and thanks dear.. keep waiting
varah reethi
thanks dear
masha allah vr reethi… waiting for next part..
thanks dear… keep waiting
Mi part vx varah varah salhi… Whn next part???? LYSM????
thanks dear… next part submit kohfa v.. keep waiting ingey dear..
Ok… will be waiting?
🙂 🙂 🙂
very nice starting parts hope this will be awesome story … keep going … In’sha allah u can reach the top..
Thanks dear..Insha Allah I’ll try my best..
when is next part waiting for next part..
submit kohfaa v.. neyge up vaane dhuvaheh.. 8 dec ga vaahaka submit kurin.. keep waiting dear
Overall koh vaahaka reethi..BT v kuh gina..avas Veganee eh noon’avas vegathee’ innaanee..geah vanefai eh noon..’geah vadhefai’..mee kuree vaahakaiga ves huri kuhthakeh..adhi varah faahaga vey sifakohdhey iruves alifun yaa ah kohfa hunnaany..heevany saadha fanara aharuge kuhjaku liyefa oih vaahaka eh hen..ehen liyun theringe vaahaka thankolheh visnaigen kiyaalan feney..eyrun thankolheh mikahalage kuh madhuvedhaane kanneyge..
Thanks dear.. ok I’ll try to improve… Nd I’ll try my best.. thanks for highlighting the mistakes.. ya ok.. ☺️☺️☺️