Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

އެހެނަސް 6

samra Level 210 Stories100 Login100 Comments
November 27, 2019 5 Mins Read
26 Comments

ރުޅިއައިސްފައި ހުރިކަމަށް ހެދެމުން ޔަނާލް އެކޮޓަރިން ދިއުމުން ނިކްހާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޔަނާލްގެ ސަބަބުން ނިކްހާ އަށް ހިނިތުންވާން މަޖުބޫރު ކުރެއެވެ. އެހެނަސް އޭނާ އެކަނި ވެއްޖެނަމަ ނުތަނަވަސްކަން އައިސް ވަށާލަނީ ހިނދުފުކެއްގެ ތެރޭގައެވެ. ނިކްހާ ކޮޓަރިން ނިކުތީ ޔަނާލް މެންނާއެކު ވާހަކަ ދައްކާލާ ހަދާލުމަށެވެ. އެ ވިސްނުންތަކާއި ދުރުވާނީ އެއިރުން ކަމަށްވާތީއެވެ.

“ދަރިފުޅާ އައިސްބަލަ… މިހައިރު ހެދުން ހެޔޮވަރު ކުރީތަ…” ނިކްހާ ކޮޓަރިން ނިކުތްތަންފެނި ފަރީޝާ ގޮވާލިއެވެ. “ހޫމް… ހެދުން ވަރަށް ހެޔޮވަރު އެކަމަކު ރަށަށް ދާންވާއިރަށް ޔަނާގެ ހެދުން ނުލެވޭނެ ކަންނޭނގެ… ހެހެ މިހައިރުވެސް ތިއިނީ ކާންވިއްޔަ…” ސޯފައިގައި ޗިޕްސް ޕެކެޓެއް ހިފައިގެން އިން ޔަނާލް އާއި ދިމާއަށް ބަލައިލަމުން ނިކްހާ ބުނެލިއެވެ. ޔަނާލް ދެންއޭ ކިޔާފައި ނިކްހާ އާއި ދިމާއަށް ޗިޕްސް ތައް އުކާލިއެވެ. އެންމެން އޭނާއާއި ދިމާކުރާތީ ޔަނާލް އިނީ ރުޅިމޫނު ހަދައިގެންނެވެ. ޔަމާން ކޮޓަރިއަށް ގޮސް އައީ ކޮތަޅެއް ހިފައިގެންނެވެ. އޭގެން ވެސް ނެގީ ހުސް ޕާޓީ ސާމާނެވެ. ފަރީޝާގެ ހެދުން ފެނުމުން ޔަނާލް އާއި ނިކްހާ ތިބީ ކޮސްވެފައެވެ. “އަޅެ މަންމަ ތިހެދުން ލީމަ ވަރަށް ކިއުޓް ވާނެ…” ނިކްހާ ފަރީޝާ އަތުގައި އޮތް ހެދުމަށް ބަލަންއިނދެ ބުނެލިއެވެ.

“މަންމަ އެރޭ ހީވާނީ ހަމަ ޅަކުއްޖެއްހެން ކަންނޭނގެ…” ހިނިގަނޑަކާއި އެއްކޮށް އިލްހާމް ވެސް ބުންޏެވެ. ފެހިކުލައިގެ އެހެދުން އެއްކޮށް ދިގުކޮށް އިން އިންއިރު ގޯލްޑް ކުލައިގެ ރޭނދާފޮތިން އިތުރަށް ޒީނަތްތެރި ކުރެވިފައިވެއެވެ. އެންމެންވެސް އިރުކޮޅަކު ވާހަކަދައްކާލަން ތިބުމަށް ފަހު ދިޔައީ ނިދާށެވެ. އިލްހާމް އަކީ މުއްސަނދި ވިޔަފާރި ވެރިއަކަށް ވީނަމަވެސް އޭނާއަކީ ވަރަށް ހިތްތިރި އަދި އެހާމެ ދީލަތިމީހެކެވެ.

*** ** ***

އޭގެ އަނެއްދުވަހު ހެނދުނުގެ ވަގުތެއްގައި ރައިޝާ ނަޔާނީއާއި އެއްކޮން ގޮނޑުދަށަށް ދިޔައީ ޝާޔާގެ އެދުމަކަށެވެ. “ނަޔާ… އަޅެ ހާދަވަރެއްވެފަ… ޒާހިރާ ކަންތައްދޯ… އޭނައަށް އަނިޔާނުކުރިއަސް އެއްޗެއްބުނެވިދާނެންނު… މަ ހިތަށް އަރާ އޭނަގެ އޮންނަނީ ހިތެއްބާއޭ…” ވެލި ގަނޑުގައި އިށީނދެގެން އިން ޝަޔާ ތެދުވެ ނަޔާނީގެ އަތުގައި ހިފާލަމުންބުނެލީ ދެރަވެލާފައެވެ.

“ކިހިނެތްވީ މިއަދު ހާދަ ފަސޭހައިން ތި އާދެވުނީ…” ސުވާލުގެ ނަޒަރަކުން ބަލައިލަމުން ޝާޔާ ސުވާލު ކޮށްލިއެވެ. “މިއަދު ވަރަށް ލަކީ ދުވަހެކޭ… އޭނަ ރިސޯޓަށް ގޮއްސި… މުސްކުޅިވެ ހަންޓޯޓޯ ވާއިރުވެސް އުޅޭނީ ހަމައެހެން ކަންނޭނގެ…” ޝާޔާގެ ސުވާލަށް ޖަވާބު ދެމުން ދެކުދިން ވެސް ވެލިގަނޑު މަތީ އިށީނެވެ. “އެބައޮތް ވަރަށް ސަޅި އައިޑިއާއެއް…” ބޮލުގެ އިސްތަށިގަނޑު ރީތި ކޮށްލަމުން ޝާޔާ ބުންޏެވެ. “ނަޔާ އަސްލު ތިހާ ފިނޑި ނުވެބަލަ… އޭނާގެ ވާހަކަ ތަކަށް ރައްދު ދޭންކެރިބަލަ…” ނަޔާނީގެ އަތުގައި ހިފައިލަމުން ޝާޔާ ބުންޏެވެ.

“އަހަރެން ހާދަ ބިރުގަނެޔޭ އެމީހާ ގަނޑު ފެނުނީމައި… ދެލޯކާއްޓެއްވަރަށް ބޮޑުކޮށްގެން އަންނާނީ ބިރުން ފިތްކަނޑައިގެން ދާވަރުވޭ…” ވެލިގަނޑަށް ބަލަހައްޓާއިގެން އިނދެ ނަޔާނީ ބުންޏެވެ. އޭނާ ކިތަންމެ ގަދަވެލާފައި އުޅުނަސް ޒާހިރާ ފެނުމުން އެ ހިތްވަރު ނެތިގެން ދަނީއެވެ. “ޒާހިރާ ފެނުނަސް އިސްދަށަށް ނުޖަހަބަލަ… އެއިރުން އޭނާއަށް އިތުރު ހިތްވަރެއް ލިބޭނީ ނަޔާ މެންނަށް އަނިޔާކުރަން…” ވިސްނައިދޭފަދަ ރާގަކަށް ޝާޔާ ދައްކަމުން ދިޔަވާހަކަތައް އަޑުއަހަން ނަޔާނީއާއި ރައިޝާ ތިއްބެވެ. “ކޮބައިތަ ތިކިޔާ އައިޑިއާއަކީ…” ޝައުގުވެރިކަމާއި އެކު ރައިޝާ ސުވާލު ކޮށްލިއެވެ. “އައިޑިއާ ދޯ… މިއުޅެނީ ޒާހިރާ ބިރުގަންނަވާލަން…” ސީރިޔަސް ރާގެއްގައި ޝާޔާ ބުންޏެވެ.

“ބިރުގަންނަވާލާށޭ…” ނަޔާނީ އާއި ރައިޝާ އަށް އެކީ ބުނެލެވުނީ އެވާހަކައިން އެކުދިން ބިރުގަތުމުންނެވެ.

“ހޫމް ބިރުގަންނަވާލަން… އަސްލަށޭ އެއިރަށް ވަރަށް މަޖާވާނެ…” ޝާޔާ ބުންޏެވެ.

“ޝާ… ތަންކޮޅެއް ހަމަޖެހޭ ވާހަކައެއް ދައްކަބަލަ… އެމީހަކާއި ދިމާއަށް އިސްއުފުލައިލާ ބަލައިލަން ނުކެރޭއިރު ކިހިނެތްތަ ބިރުގަންނަވާލާނީ…” ނަޔާނީ ވާހަކަ ދެއްކި އިރު އެއަޑުގައި މަޑު ތުރުތުރު ލުމެއް ހުއްޓެވެ.

“ތިހިރީ ވާވަރު… މިހައިރު މީހާ ތީނަ ބިރުން ވިރެނީ ނިކަން ސްޓްރޯންގު ވެބަލަ…” ނަޔާނީމެން ޒާހިރާގެ އަނިޔާވެރިކަމުން ސަލާމަތް ކޮށްދޭން ޝާޔާ ނުހަނު ބޭނުން ވެއެވެ. ޝާޔާއަކީ ޒާހިރާގެ ދެބެންގެ ދެދަރި މީހެއްގެ ދަރިއެކެވެ. ޝަޔާ ޒާހިރާމެން ގެޔަށް ގޮސް އުޅޭ ދުވަސް ދުވަހު ޒާހިރާގެ އަނިޔާވެރިކަން ފެނި ނަޔާނީމެންނާއި މެދު ހަމްދަރުދީ ވެވެއެވެ.

“ހަމަ ތިވާހަކަ ދައްކަންތަ މިތަނަށް ތިގެނައީ… އަހަރެމެން ގެއިން ބޭރަށް ދިއުންވެސް މަނާކޮށްފައި އޮތް އިރު މިއައީ ވަރަށް މުހިންމު ވާހަކައެއްކަމަށް…” ނަޔާނީ ހިތްހަނުޖެހިފައި އިނދެ ބުނެލިއެވެ.

“ނޫނޭ އިހަށް ހަމަޖެހިބަލަ… ހަދަން މިއުޅޭ ގޮތަކީ…” ޝާޔާ ވާހަކަ ދައްކަމުން ދިޔައިރު ނަޔާނީމެންގެ މޫނަށް އަރާ ކުލަވަރު ތަކުން އެދައްކަނީ އާދައިގެ ވާހަކައެއް ނޫންކަން ހާމަވެއެވެ. “ނޯ އަހަރެން ބިރުގަނޭ…” ޝާޔާ ދައްކަމުން ދިޔަވާހަކަ ތަކަށް ހުއްޓުމެއް އައީ ނަޔާނީ އޭނާގެ އަތުގައި ހިފާލުމުންނެވެ. “ނަޔާ ނުޖެހޭނެންނު އެއްވެސް ކަމެއް ކުރާކަށް… އަހަރެން މަންމަ ހުރިހާ ކަމެއް ކުރާނޭ…” ޝާޔާ އެތަކެއް ވާހަކަތަކެއް ދެއްކުމުން އެންމެފަހުން ނަޔާނީ އެއްބަސް ވެއްޖެ އެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ ބިރުވެރިކަމެވެ. ޒާހިރާއަކީ އާދައިގެ މީހެއްނޫނެވެ. ނުރައްކާތެރި ކަމުން ފުރިފައިވި މީހެކެވެ.

އެދުވަހު ނަޔާނީ ރައިޝާ އާއި އެކު އެނބުރި ގެއަށް ދިޔައިރު ޒާހިރާގެ ކިބައިން ސަލާމަތް ވާނެ ކަމުގެ ކުޑަ އުންމީދެއް އޮތެވެ.

*** ** ***

ނިކްހާއާއި ޔަނާލް އަވަދި ނެތި އުޅެނީ ފޮއްޓަށް އެއްޗެހި އެޅުމުގައެވެ. ދޭތެރެ ދޭތެރެއިން ބުނެލާ މަޖާ ވާހަކަތަކުން ދެކުދިންގެ ހުނުމުގެ އަޑު ކޮޓަރިތެރޭ ގުގުމާލައެވެ. ދެކުދިންގެ އުޅުމުން އެދެކުދިންގެ މެދުގައި އޮތް ގާތް ގުޅުން ހާމަވެގެން ދެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ދެކުދިންނަށްވެސް އެދިމާއަށް ބަލައިލެވުނެވެ. އެއިރު ފަރީޝާ ކޮތަޅެއް ހިފައިގެން ހުރެ އާދެއެވެ.

“ދަރިފުޅާ… މީ ދޮންބެ ދިން އެއްޗެއް… ތީގަ ތިއޮތް އެއްޗެއް ނުބަލައްޗޯ… ޕާޓީ އޮންނަ ރޭގައޯ ބަލަންވާނީ…” ލުއި ހިނިތުން ވުމަކާއި އެކު ފަރީޝާ އެނބުރި ދިޔައެވެ. “އަނެއްކާ ކޯޗެއްބާ…” އެ ކޮތަޅު ހިއްލައިލަމުން ނިކްހާ ބުނެލިއެވެ. “ނޭނގެ ދޯ… ދެން ދޮންބެ އަށްވެސް އެނގެންޖެހޭނެންނު އަހަރެން މިއީ ނުލައިހިކު ކެތްމަދު މީހެއްކަން… ކޮންމެހެން ފަހުން ބަލާށޭ ކިޔާފައި ދޭންޖެހޭތަ…” ޔަނާލް ގެ ވާހަކަ ތަކުން ނިކްހާ ގާތަށް ހިނިއައެވެ. “ހެހެ… ހޫނ ދެންވެސް ތިކޮތަޅު ބާއްވާފަ އެހެރެ ހެދުން ކޮޅު އަހަރެންގެ ދަބަހަށް ލައިދީބަލަ… މިހައިރު ލޮޑުވެއްޖެ…” އެނދުމައްޗަށް ވެއްޓިގަންނަމުން ނިކްހާ ބުނެލިއެވެ. ޔަނާލް އެއްޗެހި ގޮވަ ގޮވާފައިވެސް އެހެދުންތައް ނިކްހާގެ ދަބަހަށް އަޅައިދިނެވެ.

އެވަގުތު ކޮޓަރި ދޮރުގައި ޓަކި ޖަހާލާފައި ވަނީ ޔަމާންއެވެ. “އަނހަ ދެކުދިން މިހައިރު އެއްޗެހި ޕެކްކޮށް ނިންމާލީތަ… މިހައިރު ލޮޑުވެފަ ދޯ ތިތިބީ…”

“ޔެއާ… ލޮޑުވެފަ މިތިބީ… ހުރިހާ ކަމެއް ނިމުނީތަ…” ޔަނާލް އެނދުގައި އިށީންނަމުން ބުނެލިއެވެ. “ހުރިހާ ކަމެއް ވެސް ރެޑީވެއްޖެ… ދެން އަވަހަށް ނިދާ އިނގޭ… ވަރަށް ފަތިހާ އެއާޕޯޓަށް ދާންޖެހޭނެ…” ޔަމާން ބުނެލިއެވެ. “ދޮންބޭ ކޮން ކޮތަޅެއްތަ އެއީ… ކީވެތަ ބުނީ ނުހުޅުވަށްޗޭ… އޭގައި އޮތް އެއްޗެއް ބުނެބަލަ… ޕްލީސް…”ކުޑަކުއްޖެއްހެން ޔަނާލް އާދޭސް ކުރަން ފެށިއެވެ. “ހެހެހެ… އެއީ ސަޕްރައިސް އެކޭ… އެރޭގަ ނޫނީ ނުބަލާތި އޭގަ އޮތް އެއްޗެއް…” ޔަމާން ހިނިގަނޑެއް ޖަހާލަމުން އެކޮޓަރިން ދިޔައީ އަވަހަށް ނިދާށޭ ކިޔާފައެވެ.

*** ** ***

ނަޔާނީ ދެއަތުން ޓުރޭގައި ހިފަހައްޓައިގެން ހުރެ ސިޑިން އަރަމުން ދިޔައިރު ބާރު ބާރަށް އޭނާގެ ހިތްތެޅެމުން ދިޔައެވެ. އޭނާގެ ނިތްކުރި މަތިން ފާޅުވާން ހުރި ދާތިކި ތަކުންނާއި އެމޫނުމަތީގައި ވީ ކުލަވަރުން ވަރުގަދަ ކަމަކަށް ކުރިމަތި ލާން އުޅޭ ފަދައެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް ޒާހިރާގެ ކޮޓަރި ދޮރު މަތީ ހުއްޓިލިއެވެ. އެވަގުތު ސިޑިކައިރީ ހުރި ރައިޝާ އޭނާއަށް ބަލައިލަމުން ބޯ ޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅު ވާނޭ ބުނާ ފަދައަކުންނެވެ. ނަޔާނީ މަޑުމަޑުން އަތްއުފުލައިލަމުން އެ ކޮޓަރި ދޮރުގައި ޓަކިޖަހާލިއެވެ. އެވަގުތު އެތެރެއިން ޒާހިރާ ވަންނާށޭ ކިޔާ ގޮވާލި އަޑު އިވުނެވެ. ފުންނޭވާއަކަށް ފަހު ކޮޓަރި ދޮރު ހުޅުވާލަމުން ނަޔާނީ ވަތްއިރު ލޯގަނޑު ކުރިމަތީ ޒާހިރާ ހުރީ ފުނާއަޅާށެވެ. ޒާހިރާ ފަހަތަށް އެނބުރި އެއްޗެއް ބުނަން ހުޅުވާލި އަނގަ ލެއްޕީ އެކޮޓަރިން ނަޔާނީ ފެނުމުންނެވެ. ޒާހިރާ ބަލައިލި ގޮތުން ނަޔާނީގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. ނަމަވެސް އެއިރު ވެސް ޝާޔާ ދެއްކި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. “ޒާހިރާ ފެނުނަސް އިސްދަށަށް ނުޖަހަބަލަ… އެއިރުން އޭނާއަށް އިތުރު ހިތްވަރެއް ލިބޭނީ ނަޔާ މެންނަށް އަނިޔާކުރަން…” ޝާޔާ ބުނިގޮތަށް ކަންތައްކުރެވޭނެކަން އަމިއްލަ ހިތައް ވިސްނައިދެމުން ނަޔާނީ މޫނުމަށްޗަށް ހިނިތުން ވުމެއް ވެރި ކުރުވިއެވެ. “ގުޑް މޯނިންގ” އޭނާ ވާހަކަ ދެއްކި އިރު އަޑުގައި ހުރި ތުރު ތުރު އެޅުން ޒާހިރާއަށް ފާހަގަ ވާނެބާއޭ ނަޔާނީ ހިތަށް އެރިއެވެ.

ކޮޓަރި ތެރެއަށް ވެރިވެފައި ވީ ހަމަހިމޭން ކަން ނައްތާލީ އަނެއްކާވެސް ނަޔާނީގެ އަޑުންނެވެ. “ކޮ ކޮފީ…” ބޭރުފުށުން އޭނަ ހުރީ ހަމަޖެހިފައިކަން ދައްކަން އުޅުނު ނަމަވެސް މިފަހަރުވެސް ބުނެބުނީ އަޅައަޅައި ގަންނަމުންނެވެ. ޒާހިރާ އޭނާއަށް ބަލަން ހުއްޓާ ނަޔާނީ ކުރިއަށް އެޅި ފިޔަވަޅު ފަހަތަށް އެޅުނީ ޒާހިރާގެ ބަރު އަޑުން ހަޅޭއްލަވައި ގަތުމުންނެވެ. “އޭތް… ކަލޭ ކައިރީ ކާކު ބުނީ މިތަނަށް ވަންނާށޭ… އަދި އައިސްފި އެންނު ކޮފީއެކޭ ކިޔާފައި… ތިޔަށް ކޮންއެއްޗެއް އަޅައިގެންތަ މަށަށް ތިގެނެސް ދިނީ… އަނެއްކާ ރަނގަޅު ކޮޅަކުން އިރު އެރި ދުވަހެއް ބާ…” ޒާހިރާގެ ރުޅިވެރި ކަމާއިއެކު ނަޔާނީ އަށް ބަލަން ހުއްޓެވެ. “ކަލެޔާއޭ މަ މި ވާހަކަ ދައްކަނީ…” ޒާހިރާ ހަޅޭއްލަވައި ގަތުމުން ނަޔާނީ އަށް އިސްޖަހާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އިސްއުފުލައިލާ ޒާހިރާ އަށް ބަލައިލި އެވެ. “އަނެއް ހެން ވަކި އެއްޗެއް އަޅައިފައި ހުރި ކޮފީއެއް ނޫނޭ މީކީ… ދެން ހަމަ ގެނެސްދިނީ… ހެނދުނު ކޮފީއެއް ބޯލީމަ ސިކުނޑި ތާޒާ ވާނެންނު ދޯ އެހެންވެ… އިރުވެސް އެރީ ހަމަ ރަނގަޅު ކޮޅުން… ކޮފީ ބޭނުނނެތިއްޔާ ގެންދަނީ… ގުޑް ބާއި ޒާހީ…” މަލާމާތުގެ ރާގަކަށް ނަޔާނީ އެހެން ބުނެފައި އެ ކޮޓަރިން ނިކުތް އިރުވެސް ޒާހިރާއަށް ހުރެވުނީއެވެ. އެންމެ ކުޑަމިނުން އޭނާއާ ދިބާލަށް ބަލައިލަން ނުކެރޭ ނަޔާނީ އަށް މިއަދު އޭނާ ކުރިމަތީ ބަސް ބުނަން ކެރުނީ ހެއްޔެވެ. އަނެއްކާ މިއަދު ނަޔާނީ އެހުރީ މޮޔަވެފަ ބާވައެވެ. ޒާހިރާ އެންމެ ރުޅިއައީ ނަޔާނީ އޭނާ އަށް “ޒާހީ” އޭ ކިއުމުން ނެވެ.

ނަޔާނީގެ އެ ކުޑަކުޑަ އަމަލުން ޒާހިރާ ހުރީ ބަސްހުއްޓި ގަބުވެފައެވެ. އެތައް އިރަކު އެ ހުރި ފިޔަވަޅު މަތީ ހުރުމަށް ފަހު ހަމަބިމަށް ފޭބުނު ފަދައެވެ. އަނގައިން ފާޑެއްގެ އަޑެއް ލައްވާލަމުން މުށިގަނޑުމަތީގައި ބާރަކަށް ފައިން ޖެހިއެވެ. ނަޔާނީ އަށް އޭނާއާ ދިމާއަށް އިސްއުފުލައިލާ ބަލައިލަން ކެރިގެން ވެސް ނުވާނެއެވެ. ރުޅިއައިސް ގެން ތުރުތުރު އަޅާ ހާލު ކޮޓަރިން ނިކުންނަން ދަނިކޮށް ޒާހިރާގެ ފޯނުރިންގުވާން ފެށިކަން ހަމަ ނަސީބެވެ. އެހެންނޫންނަމަ ނަޔާނީއަށް ހަދާލާނެ ގޮތެއްވެސް ނޭނގެއެވެ.

ޒާހިރާގެ ކޮޓަރިން ނުކުތް އިރު ނަޔާނީ ހުރީ ހަމަ ރަނގަޅަށް ވެސް ހުން އައިސްފައެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަތް އިރު ކޮޓަރި ތެރޭ ތިބި ރައިޝާ އާއި ޝާޔާ ފެނި ރޮވެން އުޅުނެވެ. އެވަގުތު ޝާޔާ ތެދުވެ އައިސް ނަޔާނީ ގައިގައި ބައްލާލިއެވެ. “ނަޔާ… ވަރަށް ބަރާބަރު އިނގޭ… އަހަރެން ބުނީމެންނު ނާޔާ އަށް ވާނޭ… މިހައިރު އެނގިއްޖެ ދޯ ވާނެކަން… އަބަދުވެސް އިސްޖެހުމުގެ ބަދަލުގައި އިސް އުފުލައި ކުރިމަތި ލާތި…” ޝާޔާގެ ވާހަކަ ތަކުން ނަޔާނީގެ ހިތްވަރު އާވެގެން ދިޔައެވެ. “ދެން ނުރޮއި… އަހަރެމެން ވެސް ނަޔާއާއި އެކު އެބަތިބީމޭ…” ރައިޝާވެސް އައިސް ނަޔާނީގެ އަތުގައި ހިފާލިއެވެ.

*** ** ***

ކުޅުދުއްފުށީ ފަސްގަނޑުގައި ފައިޖެހުމުން ނިކްހާއަށް ކުރެވުނީ ތަފާތު އިހްސާސް އެކެވެ. އޭނާގެ ވަށައިގެން މީހަކު އުޅޭކަހަލަ އިހްސާސް އެއް ކުރެވުނެވެ. އަވި ނުދީ އޮތް ނަމަވެސް ހޫނުވާން ފެށިއެވެ. ގައި ހިރުވަން ފެށިއެވެ. ބޮލުގައި ރިއްސައިގަތީ ހެޔަށް ގޮތްވާ ވަރަށެވެ. ކައިރީގައި ހުރި ޔަނާލްގެ އަތުގައި ހިފާ ނިކްހާ އަށް ބާރު ކޮށްލެވުނެވެ. “ނިކްހާ…” ނިކްހާ އަށް ވަމުން ދިޔަ ގޮތްފެނި ޔަނާލް ހާސްވިއެވެ. ނިކްހާ އަތް ހިތްލައިލަމުން ބޮލުގައި އަތްޖައްސާލިއެވެ.

“މަންމާ…” ޔަނާލް ހާސްވެފައި ގޮވާލި އަޑަށް ފަރީޝާ އެދިމާއަށް ދުވެފައި އައެވެ. އެވަގުތު ހުރިދިމާއަށް ނިކްހާ ހޭނެތިގެން ވެއްޓުނެވެ.

***ނުނިމޭ***

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

samra

Level 210 Stories100 Login100 Comments

Other Articles

Previous

ކުށަކާނުލާ ސަޒާ

Next

ހާސިލް ވުމަށް އެދި 23

Next
November 27, 2019

ހާސިލް ވުމަށް އެދި 23

Previews
November 27, 2019

ކުށަކާނުލާ ސަޒާ

26 Comments!

  1. ®@@ñ! says:
    November 28, 2019 at 1:12 am

    Haadha curious hisaabakun thi nimaaalee…. Vahakaige mi bai vx varah reethi

    1. samra says:
      November 28, 2019 at 11:27 am

      Thanks Reen

  2. Positive says:
    November 28, 2019 at 9:29 am

    Nice hama habeys whn next part???

    1. samra says:
      December 2, 2019 at 7:13 am

      thankxx positive

  3. Saaji says:
    November 28, 2019 at 10:11 am

    Nice. When next part?
    Btw sis kon rasheh

    1. samra says:
      December 2, 2019 at 7:13 am

      thankxx saaji

  4. Kylie says:
    November 28, 2019 at 11:10 am

    Maasha allah V reethi mi part vx…….. Curiously waiting to read nxt part……….

    1. samra says:
      November 28, 2019 at 11:27 am

      Thanks kylie

  5. Yaanee says:
    November 28, 2019 at 11:53 am

    Hama habbu ingey..shaaya haadha reethi name ekey maa sha Allah

    1. samra says:
      November 28, 2019 at 12:25 pm

      Thanks yaanee

  6. Shaiman says:
    November 28, 2019 at 11:55 am

    Mi part varah reethi.maa sha Allah. .Shaaya name varah reethi maa sha Allah…waiting for the next part

    1. samra says:
      November 28, 2019 at 12:27 pm

      Thanks shaiman

  7. Zin says:
    November 28, 2019 at 12:25 pm

    Yamaan merry kuran eulheni kaakaah tha??varah reethi mi part.mi vaahaka loabeege ge vaahaka akah nuvaane tha?Shaaya bai ginain genes dheichey please..shaaya ah boy kuhjjei ves beynun vaane dhw.vaahaka loabeege vaahaka ah hadhahchey..shaaya bai genes dheichey please

  8. samra says:
    November 28, 2019 at 12:28 pm

    Thanks zin

  9. Naanu says:
    November 28, 2019 at 12:32 pm

    Thedheh..Shaaya ge bai gianin negen dhehchey..Mi vaahaka loabee ge vaahaka akah ves hadhahchey…Mi part hama habbu ingey sis.ly sis
    Shaaya varah reethi ingey

    1. samra says:
      November 28, 2019 at 9:41 pm

      Thanku Naanu… Dhen balamaa dhw vaagotheh??

  10. Marsha says:
    November 28, 2019 at 12:35 pm

    Thedheh Naanu aa zin ebunii..Shaaya bai nigain neges dhehchey..vaahaka ehaa avahah ninmaa nulahchey

    1. samra says:
      November 28, 2019 at 9:42 pm

      Thanks Marsha..

  11. samra says:
    November 29, 2019 at 6:23 pm

    Assalaam alaikum all… Mi vaahakaige 7 vana prt up kureveynee kuda dhuvas kolheh fahunneve..

  12. jedu says:
    November 29, 2019 at 8:13 pm

    kada

    1. samra says:
      November 30, 2019 at 11:53 am

      hehe asluves kada dhw… but mi dhuvas kolhu buxy v ma?

  13. @ban says:
    December 19, 2019 at 7:30 am

    Vr nice ingey.. koba aneh part.. haadha lasvejjey…

    1. samra says:
      December 19, 2019 at 8:34 am

      thanQ @ban….. miadhu aneh prt kiyalan libeyne insha allah

  14. Masha says:
    December 21, 2019 at 2:51 pm

    Story vvvvv reethi keep it up

    1. samra says:
      December 21, 2019 at 9:46 pm

      thankxx masha

  15. samra says:
    December 21, 2019 at 9:47 pm

    18th vana dhuvahu 7 vana bai laifin…
    but adhivx pending ga??

Comments are closed.

Next Episodeއެހެނަސް 7←


All Right Reserved!