Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް (ހަވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
November 27, 2019 7 Mins Read
15 Comments

“ޕިސް ދެން ފައްޓަބަލަ ތިއްތިބޭ.” އާރިޝްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އުޝާ ބުންޏެވެ. އާރިޝްއަށް ހަމަބިމަށް އާދެވުނީ އެވަގުތުއެވެ. “އަމް. ތިކުދިން ކުޅެލަން ވީއެއްނު ދޯ. ތިއްތިބެގެ ފްރެންޑެއް އެބަހުރި އެކޮޅުގަ. އަންނާނަން އިނގޭ.” އާރިޝް އެކަނިވެލަން ބޭނުންވެފައިހުރިވަރުން ނައިޒަކްމެންގާތު ބަހަނާއެއް ދައްކައިލައިފައި ތަންކޮޅެއް ދުރުގައި ހުރި ހަޓެއްގެ ކައިރިއަށް ދާން ހިނގައިގަތެވެ. “އޯކޭ ދެން އަހަރުމެން ކުޅޭނީ. އެހެންވީމަ އުޝާ ފައްޓާ ދެން މީމަކުން. އޯކޭ؟” ނައިޒަކް ބުންޏެވެ. އުޝާ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ކިޔަން ފެށިއެވެ. “މޫނު ތީ ހަނދުނަމަ ދެން އިސްތަށިގަނޑަކީ އެ ވިލާ.. ތަޢުރީފުގެ ބަހަކަށް އާދެ މިވަރު ނުފުދޭހޭ..؟ ދޮންބޭބެ ހާއަކުން ކިޔާ.” އެދުވެހުގެ އިރުއޮއްސެންދެންވެސް ހަތަރު ބެއިން ލަވަބާޒީ ކުޅުނީއެވެ. ތަންކޮޅެއް ދުރުގައި އިން ހަޓެއްގައި އިށީންދެލައިގެން އާރިޝް އެމަންޒަރުތަށް ބަލަން އިނެވެ. އިރުއޮއްސުނުކަން ރޭކާލުމުން އާރިޝް އެތަނުން ތެދުވެގެން ހަތަރު ބެއިން ކައިރިއަށް ދާން ހިނގައިގަތެވެ. އާރިޝް ނިންމައިގެން ހުރީ ދެން ޒައިންއާއި ދޭތެރޭ އެއްގޮތަކަށްވެސް ނުވިސްނުމަށެވެ. ދުނިޔޭގައި ‘ޑުޕްލިކޭޓް’ މީހުންވެސް އުޅޭނެއެވެ. ދެން އިތުރަށް ޒައިންއާއި ބެހޭގޮތުން ހޯދައި އޭނާ ބޯހާސްކުރުވާކަށް ބޭނުމެއްނޫނެވެ.

އާރިޝްވެސް އެކުދިންގެ ސަކަރާތުގައި މިފަހަރު ބައިވެރިވިއެވެ. ނަސީބުކަން ދިމާކުރިގޮތުން އާރިޝްއަށް އުނދަގޫ ކުރާ ޚިޔާލުތައް އެވަގުތު ފިލައިގެން ދިޔައެވެ. އެތަނުގައި އެތައް ފޮޓޮތަކަކާއި ސެލްފީތަކެއް ނެގުމަށްފަހު ފަސްބެއިން އެކުއެކީގައި ގެއަށް ދާން ހިނގައިގަތެވެ. އެމީހުން މަގުމަތިން ހިނގައިފައި ދިޔައިރުވެސް ސަމާސާކުރުން ހުއްޓައެއްނުލައެވެ. ކައިރީގައި ހުރި އިމާރާތެއްގެ މަތިން ފެންފުޅިއެއްގެ މަތި ވެއްޓި އުޝާގެ ކޮނޑުމަތީގައި ޖެހުމުން އައްދޯއިއޭ ކިޔައި އާރިޝްގެ ކޮނޑުމަތީގައި އުޝާ ޖެހިއެވެ. އާރިޝްވެސް ބަލާކަށްނުހުރެ މުނީޝާގެ ކޮނޑުމަތީގައި ޖެހިއެވެ. މި ހީވަނީ ކޮނޑުމަތީގައި ޖެހީމައި ވާތަދު އެކަކު އަނެކަކަށް ބަހަނީހެނެވެ.

ފަސްބެއިން އެއް ހަމައެއްގައި ހިިނގައިފައި ދަނިކޮށް ފަހަތުން ކޮންމެވެސް މީހަކު ރިޝާނާގެ އަތުގައި ހިފެހެއްޓިއެވެ. ރިޝާނާ ވަގުތުން ފަސްއެނބުރި ބަލައިލިއިރު ފަހަތުގައި ހުރީ އިސްތަށިގަނޑު ދިގުކޮށްފައި ހުރި ބިޔަ ފިރިހެނެކެވެ. އެ މީހާގެ އަތުގައާއި ކަރުގައި ބޮޑެތި ޗޭނުތައް އަޅުވައިލެވިފައި ހުއްޓެވެ. ރިޝާނާ ވަގުތުން ކުރި ބަލައިލިއިރު އަނެއް ހަތަރު ބެއިން ސަމާސާކުރަމުން ހިނގައިލައިފައި ދަނީއެވެ. “ދޮންބޭބޭ!” ރިޝާނާގެ ބާރު ހަޅޭކުގެ އަޑަށް ނައިޒަކްއަށް ފަހަތަށް ބަލައިލެވުނެވެ. ދެން ތިބި ތިން ބެއިންވެެސް ފަސްއެނބުރި ބަލައިލިއެވެ. ނައިޒަކްގެ ދެލޯ ބޮޑުވީ ބޮޑު ފިރިހެނަކު ރިޝާނާ ގަދަކަމުން ގެންދާތަން ފެނުމުންނެވެ. “އަދިވެސް ދެލޯ ބޮޑުކޮށްގެން ހުންނަނީތަ؟ ދޮންބޭބެއާ ތިއްތިބެއާ ދެމީހުން ދޭބަލަ ރިޝޫ ގެންނަން.” ނައިޒަކްމެން އެހެން ތިބެން ފެށުމުން އުޝާ އެމީހުނާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. ނައިޒަކް ބަލާކަށް ނުހުރެ އެމީހުންގެ ފަހަތުން ދުއްވައިގަތެވެ. އާރިޝްވެސް ދުއްވައިގަތެވެ. ނައިޒަކްއަށްވުރެވެސް ބާރަށް އާރިޝް ދުވަމުން ގޮސް އެމީހާގެ އަތުން ރިޝާނާގެ އަތް ނައްޓުވައިލިއެވެ. އެމީހަކު ފަހަތަށް އެނބުރެމުން އާރިޝްއަށް ހަމަލާއެއްދޭން އަތް ނެގިތަނުން ނައިޒަކް އެމީހާގެ އަތް ހިފެހެއްޓިއެވެ. “ޚަބަރުދާރު!” ނައިޒަކް އެހެން ބުނެ އެ މީހާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލައިލިއެވެ.

“ތިއްތިބޭ! ދޭ ރިޝޫ ގޮވައިގެން.” އެ މީހާގެ އަތުގައި ހިފަހައްޓައިގެން ހުރެ ނައިޒަކް ބުންޏެވެ. “އެކަމް ޒެކް…” އާރިޝްގެ ވާހަކަ މެދުކެނޑުނެވެ. “ބުނީމަ ދާނީ.. ދެންވެސް ދޭބަލަ އަވަހަށް ތިއްތިބޭ.” ނައިޒަކް ކުރުނުކޮށް ކިޔަން ފެށުމުން އާރިޝް ރިޝާނާ ގޮވައިގެން ހިނގައިގަތެވެ. އޭނާއަށް ކޮންމެފަދަ އަނިޔާއެއް ލިބުނަސް އޭނާގެ ލޯބިވާ ކޮއްކޮ ބެދޭ ކޮންމެ މަޅިއަކުން ސަލާމަތްކުރަން ނައިޒަަކް ބޭނުންވެއެވެ. “ޝްޝް ރިޝޫ ހުއްޓާލާ އިނގެ. އެއީ އެއްވެސް ކަމެއްނޫން.” ރިޝާނާ ރޯތީ އާރިޝް ރިޝާނާ ގެނެސް އޭނާގެ ގައިގައި ބައްދައިލަމުން ބުންޏެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އެ މީހާއަށް އެރުވުމުގައި ނައިޒަަކް އުޅުނެވެ. އެމީހާ އެންމެ ފަހުން ބަލިވެގެން ބިންމައްޗަށް ތިރިވުމުން އެމީހާގެ އުނަގަނޑުގައި ފައިން ޖަހައިފައި ނައިޒަކް ހުއްޓިއެވެ. ނިތްކުރިން ފައިބަމުން ދިޔަ ދާތިކިތައް ފޮހެލަމުން ނައިޒަކް ދެފަރާތުން އޭނާގެ އުނަގަނޑުގައި އަތް ވިއްދައިލިއެވެ. “ހަނދާންކުރާތި ދެން މަގޭ ކޮއްކޮ ގައިގަ އިނގިލި ކުރި ޖައްސައިލިއަސް މަގޭ އަތުން ކަލޭ މަރުވާނެ!” އެމީހާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ ނައިޒަކް އިންޒާރެއް ދިނެވެ. ގިނަބައެއްގެ ނަޒަރު އެމީހުންގެ ތަޅާފޮޅުންގަނޑަށް ހުއްޓިފައިވިއެވެ. ނައިޒަކް އެ އެންމެންނަށް ރުޅިވެރި ނަޒަރެއް ދިނުމަށްފަހު ދާން ހިނގައިގަތެވެ.

ނައިޒަކް ގެއަށް އައިސް ވަތްއިރުވެސް އޭނާއަށް މާނޭވާ ލެވެމުން ދިޔައެވެ. ބާރަކަށް ދޮރު ލައްޕާފައި ސިޓިންގް ރޫމުގައި ހުރި ސޯފާތަކުން ކުރެ ސޯފާއެއްގައި ނައިޒަކް އިށީނެވެ. އޭރު އާރިޝް ރިޝާނާ ގޮވައިގެން އެތަނުން ސޯފާއެއްގައި އިނެވެ. ރިޝާނާ އަށް ހުއްޓައިނުލައި ރޮވެމުން ދިޔައެވެ. އޭނާގެ ގައިގައި އެފަދަ ގޮތަކަށް މީހަކު އަތްލުމުން ހިތުގައި ޖެހުނެވެ. އެކަނިން ބޭރަށް ނުނުކުމެވުނުކަން އެއީ ރިޝާނާގެ ނަޞީބެވެ. “ރިޝޫ ދެން ހުއްޓާލަބަލަ.. ދޮންބޭބެ ރިޝޫ ސޭވް ކޮށްދިނީމެއްނު.” ނައިޒަކް ތެދުވެ ރިޝާނާ އިން ސޯފާ ކައިރިއަށް ހުއްޓެމުން ކުރުފައިމައްޗަށް ތިރިވިއެވެ. “އެކަމް ދޮންބޭބޭ.. އޭނާ ޖެހޭތަ އަހަރެންގެ އަތުގަ އެގޮތަށް އަތްލަން؟ މަ ނޫން މީހަކު ހަމަ އޭނާއަށް ނުފެނުނީތަ؟” އިސްޖަހައިގެން އިނދެ ރޮމުން ރިޝާނާ ބުންޏެވެ. “ޝްޝްޝް.. މިހާރު ތީނީ ސަލާމަތުންނެއްނު. ދެން ހުއްޓާލާ ޕްލީޒް. ރިޝޫ ތިހެން ރޮންޏާ ދޮންބޭބެ ކިހާ ދެރަވާނެ.” ރިޝާނާ ގާތުގައި އިށީންނަމުން ނައިޒަކް ބުންޏެވެ. “ޒެކްއަށް އެކަނި މީނަ ހަމައަކަށް އެޅުވޭނީ. މަމިދަނީ މައްޗަށް ފެންވަރާލަން. ބަންގިގޮވަނީއެއްނު.” އާރިޝް އެހެން ބުނެ ސޯފާއިން ތެދުވެ ސިޑިބަރިއާއި ދިމާލަށް ހިނގައިގަތެވެ.

ރިޝާނާ ރޮންޏާ އޭނާ ހުއްޓުވުމަކީ ކިހާ އުނދަގޫކަމެއްކަން ނައިޒަކްއަށް އިނގެއެވެ. ކުއްލިއަކަށް ނައިޒަކްގެ ސިކުނޑިއަށް އައި ޚިޔާލަކުން އޭނާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “ޝަމީމް ސަލާމް ބުނި ރިޝޫ އަށް.” ރިޝާނާއަށް ކުއްލިއަކަށް ރުއިން ހުުއްޓައިލެވުނީ ނައިޒަކް ބުނި ވާހަކައަކުންނެވެ. ރިޝާނާ މަޑުމަޑުން އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. “ނުވާނެ އެހެނެއް.” ރިޝާނާ އަށް އިނީ ޤަބޫލުނުކުރެވިފައެވެ. ރިޝާނާ އެއްފަހަރުވެސް އިސްއުފުލައިލާ ނައިޒަކް އާއި ދިމާލަށް ބަލައިލައިފިނަމަ ނައިޒަކްގެ ތުންފަތުގައިވި ލާނެތް ހިނިތުންވުން ފެންނާނެއެވެ. “އުހުނ.. ހަމަ އެހެން ވާނީ. ޝަމީމް ބުނި ރިޝޫ އަށް ސަލާމް ބުނެދެއްޗޯ. ވަރަށް މިސް ވެޔޯ ރިޝޫ މަތިން. އަދި ރިޝޫއެއްވެސް ނޫނޭ ކިޔަނީކީއެއް. ރިޝް ކިޔަނީވެސް. ނަންވެސް ވަރަށް ރީއްޗޯ. ހީލުންވެސް ފެންނަ ޗާލޯ.” ނައިޒަކް ކިޔައިދިން ވާހަކަތަކުން ރިޝާނާގެ މޫނު އެކީ ރަތްވެގެން ދިޔައެވެ. ހަށިގަނޑުގައި ވާހާ ލެއެއް ރިޝާނާގެ މޫނަށް ޖަމާވިފަދައެެވެ. ނައިޒަކް އަށް ހުނުން ކޮންޓްރޯލް ނުކުރެވިގެން އެންމެ ފަހުން ބާރަށް ހީގަނެވުނެވެ. “ނިކަން ބަލާބަލަ ހުރިހާ ދޮގެއް ހަދާފަ. ޝަމީމް އަކީ އެކަހަލަ މީހެއް ނޫންކަން އިނގޭ އޭރުވެސް. ހަމަ އެއްޗެކޭ ބުނީ ދޯ ތި!” ރިޝާނާ އެހެން ބުނެ ނައިޒަކްގެ ކޮނޑަށް އެތިފަހަރެއް ވީއްލައިލިއެވެ. ނައިޒަކް ވެސް ބަލާކަށް ނުހުރެ ރިޝާނާގެ ކޮނޑުގައި ޖެހިއެވެ. ކޮންމެއަކަސް އެދުވަހުގެ މަޣްރިބް ނަމާދަށް ބަންގި ގޮވީ އެދެބެން އެ ސަކަރާތެއްގައި ތިއްބައެވެ.

ހަމީދާގެ ކުއްލި މަރަށްފަހުވެސް ޒައިން ހިތްވަރާއިއެކު ކުރިއަށް ދާން ނިންމިއެވެ. އެގޮތުން އޭނާ ނިންމީ އޮފީހުން ވަކިވެ މާލެ ބަދަލުވާށެވެ. މާލޭގައި އުޅޭވަރަށްވެސް ތަނަވަސްކަން ޒައިންގެ އަތުގައި އެބަ ހުއްޓެވެ. ދެރަ ގޮތެއް ދިމާވުމުން އެކަމާ ހިތާމަކޮށް ޝަކުވާ ކުރުމަކީ ޒައިން އެއްގޮތަކަށްވެސް ރުހޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ޒައިން މަސައްކަތްކުރަނީ ކެތްތެރިކަމާއިއެކު ކަށިން ހިތްވަރު ނެރެގެން ކުރިއަށްދާން މަސައްކަތް ކުރާށެވެ. އެހެންމީހުންނާއި ޒައިން އާއި ތަފާތުވާ ކަމަކީ މިއީއެވެ.

އެގޮތުން ޒައިން ރަނގަޅަށް މަސައްކަތް ކޮށް މާލެ ދެވޭވަރަށް ފައިސާ އެއްކުރިއެވެ. އަދި ރަށު އޮފީހުން އޭނާ ވަކިކުރުމަށް އެދި ސިޓީއެއް ލިޔެ ރަށު އޮފީހުގެ ބޮޑު މީހާއަށް ސިޓީ ފޮނުވިއެވެ. ޒައިން ރަށު އޮފީހުން ވަކިވާކަށް އޮފީހުގެ ބޮޑު މީހާ އެއްގޮތަކަށްވެސް ބޭނުމެއްނުވިއެވެ. ނަމަވެސް ޒައިންގެ އާދޭހަށް ޒައިން ބުނި ގޮތަށް އޭނާ ވަޒީފާއިން ވަކިކުރިއެވެ. ހަމަ އެދުވަހުން އެދުވަހަށް ޒައިން ދަތުރުގެ ކަންތައް ހަމަޖެއްސިއެވެ. މާދަމާއަށް ފުރަން އޮތް ލޯންޗުން ޖާގައެއް ހޯދައިގެން ޒައިން ފޮށްޓަށް އެއްޗެހި އަޅައި ދަތުރަށް ހުރިހާ އެއްޗެއް ތައްޔާރުކުރިއެވެ. އަދި މާލޭގައި ހުރި އޭނާގެ ‘ފޭސްބޫކް ފްރެންޑް’ އަށް ގުޅައި އޭނާ މާދަން މާލެ ދާނެވާހަކަ އެމީހާ ގާތުގައި ބުންޏެވެ. އެއަށްފަހު ނިދަން އޮށޯތީ އޭނާއަށް ފާޅުވާން އޮތް ޙަޤީޤަތުގެ އެއްވެސް ކަމެއް ނޭނގިހުރެއެވެ.

އޭގެ އަނެއްދުވަހެވެ. ހެނދުނުގެ ނާސްތާ ނިންމައިލުމަށްފަހު ފަސްބެއިން ސިޓިންގްރޫމް ސޯފާގައި ވާހަކަދައްކަން ތިއްބެވެ. ފަސްބެއިންގެ ދެމެދުގަ އެންމެ ބޮޑަށް ދެކެވިގެން ދިޔައީ އެމީހަކު ވަންނާނެ ވަޒީފާއެއްގެ ވާހަކައެވެ. އާރިޝް އޮތީ އެ މަޢުޟޫއަށް ވާހަކަ ދައްކަން ބޭނުމެއްނުވެފައެވެ. އޭނާ ވަޒީފާގައި ރަނގަޅަށް މަސައްކަތްކުރަމުން ދަނިކޮށް އޭނާގެ އެއްވެސް ކުށެއްނެތި އޭނާ ވަޒީފާއިން ވަކިކޮށްލީއެވެ. އާރިޝް ބޭނުމިއްޔާ އެ މައްސަލަ ޖެއްސުމަކީވެސް އޭނާއަށް ކުރެވޭނެ ކަމެކެވެ. ނަމަވެސް އޭނާ ފަހުން އެކަމާ އަޅައިނުލީއެވެ. ދޭތެރެއަކުން ރިޝާނާގެ ވާހަކައަށް އާރިޝް ދެތިން އެއްޗެއް ބުނެލައެވެ. މުނީޝާވެސް ހުރީ ވަޒީފާއަކަށް ދާކަހަލަ ޚިޔާލެއްގައެއް ނޫނެވެ. ޝިވާން ވަޒީފާގައި އުޅޭއިރު އޭނާ ކޮންމެހެން ވަޒީފާއަށް ދިއުމުގެ ބޭނުމެއްނެތްތާއެވެ. އެހެނެއްކަމަކު ޝިވާންގެ މަސައްކަތްތަކުގައި މުނީޝާ ވަރަށް ބޮޑަށް ޝިވާން އަށް އެހީތެރިވެދެއެވެ. އެންމެންގެ މޫނުމަތިންވެސް ސީރިއަސްކަން ކެނޑުނީ އެވަގުތު އާރިޝް ސޯފާއިން ވެއްޓުމުންނެވެ. އާރިޝް ސޯފާގައި އޮވެފައި އެއްއަރިއަކަށް ފުރޮޅިލިވަގުތު އޭނާ މުށިތަކުމައްޗަށް ވެއްޓުނީއެވެ. ނަޞީބަކުން އާރިޝްއަށް އެއްވެސް ކަހަލަ ހާނީއްކައެއްނުވިއެވެ. އާރިޝް ވެއްޓުމުން އޭނާ މޫނަށް ޖައްސައިލި ވައްތަރުން ދެން ތިބި ހަތަރުބެއިންނަށްވެސް ހެވުނީއެވެ. އާރިޝް ތެދުވެ ރަނގަޅަށް ސޯފާގައި އިށީނެވެ. “ރީތިވެއްޖެއްނު ވަކިން ސޯފާއެއްގަ އޮތީމަ.” އާރިޝް އޭނާގެ އަމިއްލަ ނަފްސާއި މުޚާތަބުކުރަމުން ބުންޏެވެ. އޭނާ އެހެން ބުނީ ވައިއަޑުން ކަމަށްވިޔަސް އޭނާ އެހެން ބުނި އަޑު ދެންތިބި މީހުންނަށްވެސް އިވުނެވެ. އެގޮތަށް އެކި ސަމާސާކުރުމުގައި އެމީހުން ތިއްބެވެ.

މި ފަސްބެއިން ޖަހާ އެކިއެކި ސަކަރާތްތައް ބަލަން މަތީގައި އަސްމާ ހުއްޓެވެ. ހެނދުނުގެ ނާސްތާއަށް އިންސާފްކުރުމަށްފަހު އަސްމާ އެހުރީ އެތަނުގައެވެ. އެތަނުގައި ހަރުކޮށްފައި ހުރި ރެއިލިންގްގައި އަތް އަޅުވައިލައިގެން އަސްމާ ހުރިއިރު އަނެއް އަތުން އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ އަސްމާ ފޮހެލިއެވެ. މިކުދިން މިހާ އުފަލުގައި ވަގުތުތައް ހޭދަކުރާއިރު އޭނާ ފޮރުވައިގެން އުޅޭ ޙަޤީޤަތް އެ ކުދިންނަށް ކިޔައިދޭނީ ކިހިނެތްހެއްޔެވެ؟ މިހާ އެކުވެރި އާއިލާއެއް ރޫޅިގެން ހިނގައިގެން ގޮސްފިއްޔާމުން މާ ރަނގަޅެއް ނުވާނެއެވެ. މި ކުދިންގެ ތުންފަތުގައި މިހާރު އެހުރި ރީތި ހިނިިތުންވުން އެދުވަހަކުން ނުހުންނާނެއެވެ. ކޮންމެއަކަސް މިހަކަލަ ޚިޔާލުތަކެއްގައި ހުރެ އަސްމާއަށް ރޮވެމުން ދިޔައެވެ. ޒައިންއަކީ ކާކުކަން މިކުދިންނަށް ކިޔައިދީގެން އެކުދިން އެވާހަކަތައް ޤަބޫލުނުކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޒައިން ބަލައިގަންނާނެކަމެއްވެސް އިނގެނީއެއް ނޫނެވެ. އަސްމާ އެންމެ ބޮޑަށް ދެރަވީ އެދުވަހު ކަމާބެހޭ ފަރާތަށް ޒައިން ގެއްލުނު ވާހަކަ ރިޕޯޓުނުކުރެވުމުންނެވެ. ނަމަވެސް އެދުވަހު ނުކުރެވުނަސް މިއަދުވެސް ކުރެވިދާނެއެއްނޫންހެއްޔެވެ؟ އަސްމާ ބޮޑަށް ބޭނުންވީ އޭނާ އަމިއްލައަށް ޒައިން ހޯދާށެވެ. ޒައިން ހޯދައިގެން ޒައިންއަކީ ކާކުކަން ޒައިން އަށް ކިޔައިދީ އަދި މިހާރު އޭނާގެ ގާތުގައި ތިބި ދަރިންނަށްވެސް އެއީ ކާކުކަން ކިޔައިދޭން އަސްމާ ބޭނުންވެއެވެ. ނަމަވެސް އެވާހަކަތައް ކިޔައިދީގެން މިކުދިންގެ ދެމެދުގައި އޮތް ރަޙިމުގެ ވަރުގަދަ ގުޅުން ކެނޑިދާނެކަމަށްޓަކައި އަސްމާ ބިރުގަނެއެވެ. އެއަށްވުރެ މާބޮޑަށް ދަރިންގެ އުފާ އަސްމާއަށް މުހިންމެވެ.

އެދުވަހުގެ މެންދުރު ނަމާދަށްފަހު ޒައިން ބޭރަށް ނުކުތީ ކުޑަކޮށް މާލޭގެ ތަންތަން ބަލައިލާ ދަސްކޮށްލުމުގެ ނިޔަތުގައެވެ. މިއަދު ހެނދުނު މާލެ އައިގޮތަށް މެންދުރު ވާންދެން ޒައިންއަށް އޮވެވުނީ ނިދާށެވެ. އެހެންވެގެން ރީތިވެލައިގެން ނަމާދުކޮށްލައިގެން ބޭރަށް ނުކުތީއެވެ. ގޫގްލް މެޕްގެ އެހީގައި ޒައިން ތަންތަން ބަލަމުން ހިނގަމުން ދިޔައެވެ. ޒައިން މިއަދު ބޭނުންވީ ފިހާރައަކަށް ގޮސް ގަމީހަކާއި އެނޫންވެސް ރީތި ޖީންސާއި ފަޓްލޫނުކޮޅެއް ގަނެލާށެވެ. ޒައިން ހިނގަމުން ހިނގަމުން ގޮސް މާފަންނުގައި ހުރި ބޮޑު ފިހާރައަކަށް ވަނެވެ. ޒައިން އެފިހާރައިން ނުކުތީ ރަތްކުލައިގެ ގަމީހަކާއި ގަދަ ނޫކުލައިގެ ގަމީހަކާއި އައިސް ބްލޫ ޖީންސެއްވެސް ގަނެގެންނެވެ. އެއަށްފަހު ހިނގައިގަތީ އަނެއްކާވެސް ގެއަށް ދާށެވެ. “ކަލޯ ގަޔާ.. މުޅި މާލެ ދަސްވީތަ އަމިއްލައަކަށް ފިހާރައަކަށް ގޮސް ތިއައީ ބާޒާރުކޮށްލައިގެން؟” ޒައިން ގެއަށް އައިސް ވަތްތަނުން ސިޓިންގް ރޫމް ސޯފާގައި އިން ޝަމީމް އެހިއެވެ. “އެހެހެހެ. ގޫގްލް މެޕް ބަލައިގެނޭ ދިޔައީ. ދެން އަބަދު މީސްމީހުންގެ އަތުގައި ހިފައިގެން ތަންތަނަށް ދާން ޖެހެންޏާ ކިހިނެތްތަ ދުނިޔޭގަ އުޅޭނީ؟” ޒައިން ސަމާސާވެރި ރާގަކަށް ބުންޏެވެ. އެއާއިއެކު ދެމީހުންވެސް ލުއި ގޮތަކަށް ހީލިއެވެ. “އޭ ޝިމް އަށް އެއްޗެއް ނުގަނެ ދޯ މިއާދެވުނީ..” ޒައިން ސޯފާގައި އިށީންނަމުން ކަމެއް ހަނދާންވިފަދައަކުން ބުންޏެވެ. “އެ އޯކޭ ވާނެ.” ޝަމީމް ކުރު ޖަވާބަކުން ފުއްދާލިއެވެ. ޒައިންވެސް ދެން މާވަރަކުން އެކަމަކާއެއް ނޫޅުނެވެ.

ޒައިން އާއި ޝަމީމް އެންމެ ފުރަތަމަ ދިމާވީ ފޭސްބުކުންނެވެ. ޝަމީމް އަށް ޒައިން އަޕްލޯޑް ކޮށްފައި ހުންނަ ވީޑިއޯތައް ކަމުދާތީ ޝަމީމް ބޭނުންވީ ޒައިންއާއި އެކުވެރިވާށެވެ. އެހެންކަމުން ޝަމީމް ފްރެންޑް ރިކުއެސްޓެއް ޒައިން އަށް ފޮނުވީއެވެ. މާގިނަ ދުވަސްތަކެއް ނުކޮށް ދެމީހުން ފޭސްބުކުން ވާހަކަ ދައްކަން ފެށިއެވެ. އޭގެ ފަހުން އެދެމީހުން ވަނީ ދެ ‘ބެސްޓީންނަށް’ ވެފައެވެ. ދެމީހުންވެސް ކަމެއް ބޭނުންވެއްޖެއްޔާމުން އެކަކު އަނެކަކު ކައިރީ ބުނެއެވެ. އަދި އެމީހުންނަށް ވީވަރަކުން އެކަކު އަނެކަކަށް އެހީވަމުން ދިޔައެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހު ޝަމީމް ޒައިންއަށް ކަދުރު ޕެކެޓެއް ފޮނުވާނެއެވެ. އެގޮތަށް ދެ އެކުވެރިންވެސް އެކަކު އަނެކަކަށް އެއްޗެހި ދެމުން ދިޔައެވެ. ހަދިޔާ ބަދަލުކޮށްދެމުން ދިޔައެވެ. ނަމަވެސް ޒައިންއާއި ޝަމީމްއަށް އެކަކު އަނެކަކު ހަމަލޮލަށް އެ ފެނުނީ މިއަދުއެވެ. މިކަމާއި ދެ އެކުވެރިން ތިބެނީ އުފަލުންނެވެ. ޒައިން މާލެ އަންނާނޭ ދުވަހަކަށް ޝަމީމް ވަރަށް އިންތިޒާރުކުރިއެވެ. މިއަދު މިއޮތީ އެ އިންތިޒާރުގެ ނިމުން އައިއްސައެވެ. ދެން ޝަމީމް ބޭނުންވީ ޒައިން އޭނާގެ އެކުވެރި ނައިޒަކް އަށް ތަޢާރަފް ކޮށްދޭށެވެ.

“އޭ މަ މާދަން ހުޅުމާލެއަށް ދާނަން އިނގެ.. ކަމެއް ބޭނުންވެއްޖެއްޔާ ލަސްނުކޮށް ގުޅާތި އަހަންނަށް. ދެން މިގެއަށް މަސައްކަތު މީހަކު ގެންނާނަން. އޭރުން ޒައިން އެކަންޏެއްނުވާނެއެއްނު.” ޒައިންގެ ކޮނޑުގައި އަތްއަޅުވައިލަމުން ޝަމީމް ބުންޏެވެ. ޒައިން މަޑުމަޑުން ބޯ ޖަހައިލިއެވެ. “އޭ މަމިދަނީ ފެންވަރާލަން އެންމެ ތިރީސްވަރަކަށް މިނިޓު ހޭދަވީ ބޭރުގަ. އެކަމް މިހުރީ ވީވަރު.” ޒައިން އެހެން ބުނުމުން ޝަމީމް ޒައިން ލައިގެން އިން ގަމީހަށް ބަލައިލިއެވެ. ތެދެކެވެ. ޒައިންގެ މުޅި ގަމީސް ވަނީ ދާހިތްލުމުގެ ސަބަބުން ތެމި ފޯވެފައެވެ. “ހެހެ.. އޯކޭ ދޭ އަވަހަށް.” ޝަމީމް ބުންޏެވެ. ޒައިން އޭނާގެ ކޮތަޅު ހިފައިގެން އޭނާއަށް ޚާއްޞަކުރެވިފައި އިން ކޮޓަރިއަށް ވަނެވެ. “ޝިމް ކޮންތާކަށް؟” ގޭގެ ބޮޑުދޮރާއި ދިމާލަށް ޝިމާޔާ ދިޔަތަން ފެނުމުން ޝަމީމް އަހަައިލިއެވެ. އޭރު ޝަމީމްގެ އަނގަޔަށް ހަދައިލި ގޮތުން ހީވީ ފުޅަކާއެއްޗެއް ކެވުނު ހެންނެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ޝިމާޔާ ލައިގެން ހުރީ ބަނޑާއި ހަމައަށް އަރާ ކުޑަކުޑަ ރަތް ޓޮޕްކޮޅަކާއި ނޫކުލައިގެ ބާރު ޖީންސެކެވެ. “ފްރެންޑަކާ އެއްކޮށް ކާން މިދަނީ.” ޝިމާޔާ އެހެން ބުނެ އަވަސްއަވަހަށް ގެއިން ނުކުތެވެ. ޝަމީމް ދެފަރާތަށް ބޯ ހޫރުވައިލަމުން އޭނާގެ ފޯނު ނެގިއެވެ. އަދި ނަމްބަރުތަކަށް ފިތައިލުމަށްފަހު ފޯނު ކަންފަތުގައި ޖައްސައިލިއެވެ.

ފޯނު ކަންފަތުގައި ޖައްސައިގެން މަގުމަތިން ހިނގައިފައި ދިޔަ ނައިޒަކްގެ ގައިގައި މީހަކު ވަރަށް ބާރަށް ޖެހިގަތެވެ. ހަމަ އެވަގުތު ނައިޒަކްގެ އަތުން ފޯނު ވެއްޓުނެވެ. ނައިޒަކް އަވަސްއަވަހަށް އޭނާގެ ފޯނު ނަގައި ކުރިމައްޗަށް ބަލައިލިއެވެ. އޭރު ކުރިމަތީގައި ކުރު ޓޮޕަކާއި ބާރު ޖިންސެއް ލައިގެން ދެބުމަ ގޮށްޖަހައިގެން ހުރި އަންހެން ކުއްޖެއް ހުއްޓެވެ. އެކުއްޖާ އެގޮތަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ނައިޒަކް އަވަހަށް ދާން ހިނގައިގަތެވެ. ނަމަވެސް އެކުއްޖާ ނައިޒަކްގެ ގަމީހުގައި ހިފަހައްޓާ އެދިމާލަށް ގެނައެވެ. “ކަލޭ ތީ ކާކުތަ އައިސް މަގޭ ގައިގަ ޖެހިގަންނަން؟” ނައިޒަކް ލައިގެން އިން ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރެ ޝިމާޔާ ބުންޏެވެ. އޭރު އެ ހުދު ދަތްޕިލަތަކަށް ވަނީ ބާރުކޮށްލެވިފައެވެ. “ދޫކުރޭ ހަމަމިހާރު!” އަމުރުވެރި ރާގަކަށް ނައިޒަކް ބުންޏެވެ. ޝިމާޔާއަށް ރަނގަޅަށް ނައިޒަކްގެ މޫނަށް ބަލައިލެވުނީ އެވަގުތުއެވެ. އެއާއިއެކު ޝިމާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެމީހެއްގެ ގަމީހުގެ ގިރުވާނުގައި ހިފެހެއްޓިފައިވި ޝިމާޔާގެ އަތް ދަމައިގަތެވެ. އެއާއިއެކު ނައިޒަކް އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. ޝިމާޔާއަށް ހުއްޓުން އަރައިފައި އެހުރި ތާނގައި ހުރެވުނީއެވެ. ޒައިން ގެއަށްވަނީ ދާދި ދެންމެއަކުއެވެ. އެހެންނޫނަސް ޒައިން މިއަދު ލައިގެން ހުރީ ކަޅުކުލައިގެ ގަމީހެކެވެ. ދެން ކުއްލިއަކަށް ޒައިން ނޫކުލައިގެ ގަމީހެއްލައިގެން އެ ފެނުނީ ކިހިނެތްވެގެން ހެއްޔެވެ؟ ޒައިންގެ އިސްތަށިގަނޑު މިހާރު ހައިލައިޓްވެސް ކުރީ ހެއްޔެވެ؟ މިކަހަލަ އެތައް ސުވާލުތަކެއް ޝިމާޔާގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ.

ޝިމާޔާއަށް ހަމަބިމަށް އާދެވުނީ އޭނާގެ ފޯނު ރިންގްވާ އަޑު އިވުމުންނެވެ. އޭރު އެފޯނުގެ ބޮޑު ސްކްރީނަށް ‘އަންޖް’ މިހެން އަރައިފައި އޮތެވެ. ޝިމާޔާ ލަސްނުކޮށް އެ ކޯލު ރިސީވްކޮށް ފޯނު ކަންފަތުގައި ޖައްސައިލިއެވެ. “ހެލޯ އަންޖް.. މި ދަނީއޭ.. ކުޑަ އެކްސިޑެންޓެއްވީ.. އެހެންވެ ލަސްވީ އެ.. މިހާރު މިދަނީ އިނގޭ.” ފޯނު ކަންފަތުން ނަގައި ލޮކްކޮށްލުމަށްފަހު އެ ޖީބަށްލައިފައި ބާރު ހިނގުމެއްގައި އޭނާގެ މަންޒިލާއި ހަމައަށް ދާން ހިނގައިގަތެވެ. ދިޔަ މަގުމަތީގައިވެސް ޝިމާޔާއަށް ވިސްނެމުން ދިޔައީ ނައިޒަކްއާއި މެދުގައެވެ. މިވީ ގޮތުން ޝިމާޔާ ހުރީ ގެއަށް ދާހިތްވެފައެވެ. އަދި އެއްފަހަރު ޒައިން ރަނގަޅަށް ދަސްކޮށްލުމުގެ ބޭނުމުގައެވެ.
“އޭތް ޝިމާ ހާދަ ލަސްވީ.. އަހަރުން ވަރަށް ވެއިޓް ކޮށްފިން.” ބޮޑު ރެސްޓޯރެންޓެއްގައި ހަތަރު މީހުންގެ ޖާގައިގައި އިށީންދެވޭ ގޮތަށް ހުރި މޭޒުކައިރިއަށް ޝިމާޔާ ހުއްޓުމާއިއެކު ލައިލާ ބުންޏެވެ. “އާދެބަލަ އިށީންނަން.” އަންޖަދު ބުނުމުން ޝިމާޔާ ގޮސް އަންޖަދު އާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. އަންޖަދު ގާތުގައި ޝިމާޔާ އިން އިރު ލައިލާ ގާތުގައި ފަޔާޒް އިނެވެ. “ޝިމާ އަންނަންދެން އަހަރުން މި ތިބީ ނުވެސް ކައި. ހިނގާ އޯޑަރު ކުރަން.. ކޯއްޗެއް ޝިމް ބޭނުންވަނީ؟” ލައިލާ އެހެން އެހުމުން ކޮންމެ އެއްޗެއް ގެނެޔަސް އޯކޭ އޭ ޝިމާޔާ ބުންޏެވެ. އެންމެން މަޝްވަރާ ކުރުމަށްފަހު ވެޖިޓަބަލް ރައިސް އެއް ގެންނަން ނިންމިއެވެ. “ޝިމާ ހާދަ އެހެންކަހަލަ ގޮތަކަށް ތީނީ؟” ޝިމާޔާގެ ފަރާތުން ނުދަންނަ ސިފައެއް ފެނުމުން ލައިލާ އެހިއެވެ. އެހެންޏާ އަބަދުވެސް އަނގަގަދަ ޝިމާޔާ މިއަދު އޭނީ ނެގިމަޑުވެފައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ފުން އިހުސާސެކޭ 27

Next

ހާސިލް ވުމަށް އެދި 24

Next
November 27, 2019

ހާސިލް ވުމަށް އެދި 24

Previews
November 27, 2019

ފުން އިހުސާސެކޭ 27

15 Comments!

  1. Maisha maii says:
    November 27, 2019 at 10:29 pm

    Wow??? varah reethi mi part vx❤❤❤ and varah furihama????? naixak and zain eh ulhenii dhimaavaan baa???. Curiously waiting for next part?????????. When next?

    1. Dhonthy says:
      November 28, 2019 at 10:53 am

      Thank you Maisha Maii 🙂 Dhn neynge dhw. Naizak and Zain…… Dhonthiakauves neynge. Hehehe. Keep waiting Maii. Dhen oiy episode Sundayga upload kureveythoa mi balanee.

  2. Dhonthy says:
    November 27, 2019 at 11:25 pm

    Salaam! miothee sixth vana episode upload vefa. Kiyuntherinnau kamudhaane kamau unmeedhukuran. Liyumuga hedhey kuhththau buneladhinumakee v bodu edhumeiy. Enjoy reading and leave a comment. Love you all <3 <3 <3 <3 <3 <3

  3. ®@@ñ! says:
    November 28, 2019 at 1:39 am

    V v v v v reeeeeeeethi……♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️

    1. Dhonthy says:
      November 28, 2019 at 10:56 am

      Thank you R@@n!. <3 <3 <3 <3 <3 <3 <3

  4. magnumm says:
    November 28, 2019 at 9:36 am

    Dhonthxxxx???..awwwwn alheyyy???sisthey alhey v v v v thiththi mi part vxx❤❤❤..alhe ehme kiyaa hiyyvaa hisaabun u nimmanings???hehe…btw when next sisthey???love mooooo???

    1. Dhonthy says:
      November 28, 2019 at 10:58 am

      Awwwwn magnumxxxx. Thank you magnumm for the beautiful and lovely comment. Dhen oiy episode Sundayga upload kureveythoa mi balanee. Love you too magnumm <3 <3 <3 <3 <3

  5. Kairaa says:
    November 28, 2019 at 9:53 am

    Varah reethi mi part vx….varah cmnt nukurvey mihaaru ekm cmnt nukurevunas hurihaa part eh vx kiyan…..varah reethi mi part vx hama……lysm dhonthy…..

    1. Dhonthy says:
      November 28, 2019 at 11:00 am

      Thank you Kairaa 😉 oh that’s good. comment nukuriyas kiyaalanikoh eveethaa dhw Kai. Anyways once again thank you so much. Love you too Kairaa

  6. Yanaa says:
    November 28, 2019 at 11:40 am

    ❤❤❤❤❤Varah??????
    ???Varah❤❤❤❤❤❤❤❤
    ❤❤Varah ?????????
    ?reethi..❤❤❤❤❤❤❤❤❤❤
    ❤❤❤❤maa sha Allah????
    ?????curiously ❤❤❤❤
    ❤❤❤❤waiting ??????
    ???for❤❤❤❤❤❤❤❤❤
    ❤❤the ?????????
    ?next❤❤❤❤❤❤❤❤❤❤❤
    part.??????????

    1. Dhonthy says:
      November 28, 2019 at 2:06 pm

      Thank you so much Yanaa 🙂 😉 Yanaage comment ves Maasha Allah v reethi. Hehehe. Keep waiting inge Yanaa

  7. Kylie says:
    November 28, 2019 at 1:29 pm

    Mi part vx hama Obbiness to the max ey buneveyny….?????????????…. V furihama………????????. Waiting fr nxt part….???????….. LYSM dear sis…….. ????????

    1. Dhonthy says:
      November 28, 2019 at 2:07 pm

      Alhe thank you Kylie 🙂 🙂 🙂 😉 Keep waiting Kylie. Love you too Kylie <3 <3 <3 <3 <3 <3

  8. Muslim says:
    November 28, 2019 at 5:59 pm

    Awwwww!!! V v v reethi mi part vx…. Ma Sha Allah… Dhonthy aslu v talented ey bunevunee…❤️❤️❤️❤️ I am so curious for the next part… I simply love this story… ??????Story nimendhen genesdheyne kamah ummeedhu kuran..???? May Allah bless you. Lysm

    1. Dhonthy says:
      December 2, 2019 at 3:35 pm

      Awwwn thank you so much Muslim. V ufaavejje. 🙂 🙂 Aan iraadhakurevviyyaa vaahaka nimendhen genesdheynan gavaaidhun. May Allah bless you more. And love you too muslim <3 <3 <3 <3 <3

Comments are closed.

Next Episodeމަޢާފް (ހަތްވަނަ ބައި)←


All Right Reserved!