Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 ނަވާރަވަނަ ބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 26, 2019 4 Mins Read
17 Comments

ކައި ނިމުމާއެކު ޗޮކްލެޓް ކޭކެއް ގެނައެވެ. އަލައިކާ ޒެވިޔަންއަށް ބަލާލީ އެއީ ކޯޗެއްހޭ އަހާ ފަދަ ގޮތަކަށެވެ. ހިތުގެ ބައްޓަމަށް އިން ކޭކުގައި ހުދު ކުލައިގެ އައިސިން އިން އަލް އެންޑް ޔަން ޖަހާފައި ހުއްޓެވެ. އަދި ރަތް ފިނިމެންމާ ފިޔަވެސް ކޭކުގަައި ހުއްޓެވެ. “އަލް ކޭކު ފެޅީމަ އެނގޭނެ!” އަލައިކާ އަތަަށް ވަޅު ދިއްކޮށްލަމުން ޒެވިޔަން ބުންޏެވެ. ރިހި ކުލައިގެ ވަޅީގައި ރަތް ކުލައިގެ ރިބަން ފަށެއް އަޅާފައި އޮތެވެ. ޒެވިޔަން ދިން ވަޅިން އަލައިކާ ކޭކު ފަޅާލިއެވެ. ކޭކު ފަޅާލުމައެކު ފެނުނު އެތިން އަލައިކާގެ އަނގަ ހުޅުވި ދެލޯ ބޮޑުވިއެވެ.
ކޭކު ތެރޭގައި އޮތީ ރިހި ކުލައިގެ އަނގޮއްޓިއެވެ. އޮނގޮއްޓީގައި ބޮޑު އެހެެއް ޖަހާފައި ހުއްޓެވެ. އަލައިކާއަށް އެއް ފަހަރު ޒެވިޔަންއަށް އަނެއް ފަހަރު އަނގޮއްޓިއަށް ބަލާލެވުނެވެ. އެސްފިޔަޖަހާލާާހާ ވަގުތު ކޮޅެއްގެ ތެރޭގައި ޒެވިޔަން އައިސް އަލައިކާ ކުރިމަތީ ކަކޫމައްޗަށް އިށީނެވެ.
“އަލް ދޫކޮށްލައިގެން އެއް ފަހަރު މަށަށް ބޮޑު ގޯހެއް ހެދިއްޖެ. އިތުރަށް އެކުށް ތަކުރާރުކުރާކަށް ބޭނުމެއް ނޫން. މުޅި އުމުރަށް އަލްތީ އަހަރެންގެ މީހަކަށް ހަދަން ބޭނުން. ދުވަހަކުވެސް އަލްގެ އަތުން ދޫކޮށްލާކަށް ބޭނުމެއް ނޫން. އައި ލަވް ޔޫ އަލައިކާ. އަހަރެންގެ އަންބަކަށް ވެދޭނަންތަ؟”
އަލައިކާ އިނީ ނޭވާވެސް ލާން ހަނދާންނެތިފައެވެ. ޒެވިޔަން މިފަދަ ކަމެއް ކޮށްފާނޭ ހިތަކަށް ނާރެއެވެ.ޒެވިޔަންގެ ލޮލުން ފެންނަމުން ދިޔައީ އާދޭހެވެ. އެލޮލުގައި ވީ ވިދުވަރުން އަލައިކާގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އަލައިކާ ޖަވާބެއް ނުދީ ހުންނަން ފެށުމުން ޒެވިޔަންގެ ލޮލުގައިވީ ވިދުން ގެއްލިގެން ދިޔައެވެ. ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވެ މާޔޫސްވިއެވެ. “އަލް ވިސްނާލާފަ ޖަވާބެއް ދިނަސް އޯކޭ!” އަލައިކާގެ ފަރާތުން އެވަގުތު ޖަވާބެއް ނުލިބޭނެކަން އެނގުމުން ޒެވިޔަން ތެދުވިއެވެ. އަތުގައި އޮތް އަނގޮއްޓި އަލައިކާ އަތުތެރެއަށް ލާދިނެވެ. “އަލްގެ ޖަވާބަކީ އާއެކޭ ވެއްޖެޔާ އަލް އަތުގަ މި ބާއްވާ. ނޫނެކޭ ވެއްޖެޔާ މާދަމާރޭ އަހަންނަށް މި އަނބުރާ ރައްދުކޮށްދީ. އިޓްސް ޔޫއަރ ޗޮއިސް. އަލްގެ ކޮންމެ ޖަވާބަކަށްވެސް އަހަރެން އިހްތިރާމް ކުރާނަން” އަލައިކާ ބޯޖަހާލުމާއެކު ޒެވިޔަން ގޮސް އެނބުރި ގޮނޑީގައި އިށީނެވެ. އަދި ކޭކު ކާން ވާނެއް ނޫންހޭ ކިޔާ ކޭކު ފަޅިކުރަން ފެށިއެވެ.

ހަވީރު ޔާޒްއަށް ގޮވާލަން އަލްޔަސް ދިއުމުން އެރޭ އެގެއިން ކައިގެން ދާން މަޑުކުރަން ނަވްޔާ އެދުނެވެ. އެރޭގައި އަލައިކާ ނެތް ކަމުގައި ވިއަސް އެގޭގައި އެންމެންނަށް ކެއުމެއް ތައްޔާރުކުރަނީއެވެ. ނަވްޔާ ނުހަނު ލޯބިން ބުނުމާއެކު ދެކޮޅު ހަދާކަށް އަލްޔަސްއަކަށް ނުކެރުނެވެ. ޝިއުރާއަށް ގުލާފައި ގެއިން އެރޭގައި ނުކާނެ ވާހަކަ ބުނެފައި ޔޫސުފްއާ އެއްކޮށް މަޑު ކުރިއެވެ.

ނަވްޔާއާ މާނީ އަދި އިޝްމާ ވެގެން ރޭގަނޑަށް ވަރުގަދަ ކެއުމެއް ތައްޔާރުކުރިއެވެ. އިސްރާ ގެއިން އައި އިރު އައީ ފޮނި އެއްޗެއް ތައްޔާރުކޮށްގެންނެވެ. ހަތަރު ވެރިން ވެގެން ފިރިހެން ވެރިން އަންނަން ވާއިރަށް މޭޒު މަތި ތައްޔާރުކުރިއެވެ. ޖާގަ އޮތުމާއެކު އެންމެން އެކީ ކާން އެރިއެވެ. ދީނާއަށާ ނަވާރްއަށްވެސް އެރޭ ނަވްޔާ ދައުވަތު ދިނެވެ.

“އަލްކޮ ކޮބާ؟” އެންމެން ކާންފެށިއިރުވެސް އަލައިކާ ނުފެނުމުން އާރާޝް އަހާލިއެވެ. އާންމުކޮށް ކެއުންތައް އޮންނަ ދުވަސް ދުވަހު އެންމެ ކުރިން އަންނާނީ އަލައިކާއެވެ. “ޒެވިޔަންއާ އެއްކޮށް ކާން ދިޔައީ!” އަލައިކާއާ ޒެވިޔަންގެ ގުޅުން އާއިލާގެ އެކަކަށްވެސް ސިއްރުވެފައެއް ނެތެވެ. “ގައިމު އަލްކޮ ކައިރީ ބުނި ނަމަ ޒެވިޔަން ގޮވައިގެން މިރޭ މިގެއަށް އަންނާށޭ!” އިޝްމާގެ ވާހަކައާ ވިއްދާފައި ނަވްޔާ ބުނެލިއެވެ. “އާނދޯ. ނާޔާ ކުރިން ތިހެން ބުނި ނަމައެއްނު” އަލައިކާއާއި ޒެވިޔަންގެ ވާހަކަ ދެކެވެން ފެށުމުން އަލްތަސްގެ ޠަބީޢަތު ބަދަލުވާން ފެށިއެވެ. ޒެވިޔަންއާއެކު އަލައިކާ ވީ މަންޒަރު ސިފަ ކުރެވެން ފެށުމާއެކު ދެލޯ މަރާލެވުނެވެ. “އަލްޔަސް ރަނގަޅުތަ؟” އަލްޔަސްއަށް ވީ ގޮތް ފެނުމާއެކު ކަންބޮޑުވެފައި އަކްމަލްއަށް އަހާލެވުނެވެ. އަލްޔަސް ހިނިތުންވެލަމުން ބޯޖަހާލެވުނެވެ. އޭނާއަށް ބަދަލު އަކްމަލްއަށް ފާހަގަ ވުމާއެކު އަލްޔަސް ކުޑަކޮށް ލަދުވެސް ގަތެވެ.

އައިރާއާއި ޔާޒް ތިބީ ކުރިމައްޗަށް ވާ ގޮތަށެވެ. ދެތިން ފަހަރު ޔާޒްގެ ފައިން އައިރާ ފައިގައި ޖަހާލިއެވެ. ކޮންމެ ފަހަރަކުވެސް އައިރާ ދަނީ ސިއްސައިގެންނެވެ. ހަމަކަށް އެޅިލުމާއެކު ޔާޒްއަށް ބަލާލާފައި ދެލޯ ހަނިކޮށްލައެވެ.

ފޮނި އެއްޗިހި ކައިގެން އެންމެން ސިޓިން ރޫމަށް ދިޔައެވެ. ކޮންމެ މީހަކު ތިބީ ދުފާ ރަތްކޮށްގެންނެވެ. އެރޭވެސް އިޝަލް ފަކީރު ޖެހުނީ ކުދި ގުރޫޕް ގޮވައިގެން ކުޅެން ދާށެވެ. ހިތް ނުރުހުނަސް މަންމަ ބުނީމައި ނުގޮސް ހުންނާކަށް ނުކެރުނެވެ. އަހާން މިންހާ އަދި ޒާޔާ ފޯރީގައި އެކުދިންގެ އުމުރާ ގުޅޭ ކުޅިވަރު ކުޅުމުގައި އަވަދިނެތި އުޅުނެވެ.

އިޝަލް ކުދިން ގޮވައިގެން ދިއުމާއެކު އަހުސަމް މާއިޒްއަށް ބަލާލިއެވެ. މާއިޒް ބޯ ޖަހާލާފައި ވާހަކަ ފަށަށް އުޅެނިކޮށް ގޭގެ ބެލް ޖެހިއެވެ. އެންމެ ފަސޭހައިން ދޮރު ހުޅުވަން ދެވެން ހުރީ ޔޫސުފްއަށް ކަމުން ޔޫސުފް ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ތިބީ އަލައިކާއާއި ޒެވިޔަންއެވެ. އަލައިކާގެ މޫނު މަތިން ނުތަނަވަސްކަން ޔޫސުފްއަށް ފާހަގަވިއެވެ. ޔޫސުފް ފެނުމާއެކު ގަދަކަމުން ހީލާފައި އަލައިކާ އެތެރެއަށް ވަނެވެ. އަލައިކާ ފަހަތުން ޒެވިޔަން ވަނުމާއެކު ޔޫސުފްވެސް ދޮރު ލައްޕާފައި އެދެމީހުން ފަހަތުން ދިޔައެވެ.

އަލައިކާއާ އެކު އައި ޒެވިޔަން ފެނުމާއެކު އަލްޔަސްއަށް ދެއަތް މުށްކަވާލެވުނެވެ. ވަގުތުން އެތަނުން ދާން ބޭނުންވިއެވެ. އަލްޔަސް ތެދުވަން އުޅެނިކޮށް ޔޫސުފް އައިސް އޭނާ ހުއްޓުވީއެވެ.

“ވާއު ހީ އިޒް ހޮޓް” ޒެވިޔަން ފެނުމުން އަނގަ މަޑުން ލައިގެންނެއް ދީނާއަކަށް ނީންދެވުނެވެ. ގަދަނޫކުލައިގެ އަތްދިގު ގަމީހާއި ކަޅު ކުލައިގެ ސްކިނީ ޒެވިޔަންގެ ގަށިގަނޑާ ނުހަނު ގުޅެއެވެ. އިސްތަށިގަނޑު އެއް ފަރާތަކަށް ސްޓައިލްކޮށްފައި ހުރުމުން އިތުރަށް ރީއްޗެވެ. މީގެ ކުރިން ޓީވީއިންނާއި ސޯޝަލް މީޑިއާއިން ދީނާއަށް ޒެވިޔަން ވަނީ ފެނިފައެވެ. އެހެން ފެންނައިރަށް ވުރެ ޒެވިޔަން ހަމަލޮލަށް ފެންނައިރު މާ ރީއްޗެވެ. “ސާބަސް އިނގޭ” ދީނާ ނަވާރްގެ ކަންފަތް ދޮށިގައި ބުނިހާ ސިއްރުން ނަވާރްވެސް ބުންޏެވެ.

ޒެވިޔަން ގޮސް އިށީނީ އަލްޔަސްއާ ޖެހިގެންނެވެ. “ބްރޯވެސް އެބައިން ދޯ؟ ޔޫސުފްއާ އެކީ އައީ؟” އަލްޔަސް ހަމައެކަނި ބޯ ޖަހާލާފައި އޭނާގެ ފޯނަށް ސަމާލުކަން ދިނެވެ.

އަލައިކާ އައިރާ އަތުގައި ހިފައިގެން ޔާޒްގެ ކޮޓަރިއަށް ދިޔައެވެ. އިސްރާ މަޑުކުރާށޭ ބުނަން އުޅެފައިވެސް އަލައިކާގެ މޫނުން ނުތަނަވަސްކަން ފާޅުވާން ހުރުމުން އެދެކުދިން ދިޔަ ދިނީއެވެ.

އަލައިކާ ގޮސް ކޮޓަރީ ދޮރު ތަޅުލާފައި ދެލޯ މަރައިގެން ހުރެ ފުންކޮށް ނޭވާލިއެވެ. “އަލް އާ ޔޫ އޯކޭ؟” އަލައިކާއާ ހެދި އައިރާވެސް ކަން ބޮޑުވާން ފެށިއެވެ. “ނޮޕް އައި އޭމް ނޮޓް އޯކޭ” އަލައިކާ ދަބަސްތެރެ ހާވާފައި އަނގޮއްޓި ނަގާ އައިރާއަށް ދެއްކިއެވެ. “ވާއު މީ ވަރަށް އަގު ބޮޑު ރިންގްއެއް!” އައިރާ އައިސް އަލައިކާ އަތުން އަނގޮއްޓި އަތުލާ އޭނާގެ އަތުގައި އެޅިއެވެ. އެއަނގޮއްޓި އައިރާގެ އިންގިއްޔަށް ކުޑަކޮށް ބާރެވެ. “އަލް ކޮންގްރާ!” އަނގޮއްޓި އަނބުރާ އަލައިކާ އަތަށް ދީފައި އައިރާ އަލައިކާ ގައިގައި ބައްދާލިއެވެ. “ނޯ އައިރާ އައި ޑިޑންޓް ސޭ ޔެސް. ޒެވިޔަން އަލްއަތަށް ރިންގް ދީފަ ބުނީ ޖަވާބެއް ދޭށޯ ފަހުން ވިސްނާފަ!” އައިރާ އޭނާ ގަޔާ ދުރުކޮށްލަމުން އެރޭ ކަންތައް ވީގޮތް ކުރުގޮތަކަށް އަލަައިކާ ކިޔައިދިނެވެ.
“ހީވާ ގޮތުން އަލްގެ ޖަވާބަކީ ނޫނެކޭ ދޯ؟” އަލައިކާ މޫނު މަތީ ކުލަވަރު ހުރި ގޮތުން އައިރާ އެހިއެވެ. އަލައިކާ އަތުގައި ހިފައިގެން ގޮސް އައިރާ އަލައިކާ އެނދުގައި ބޭންދިއެވެ. “އަސްލު ތެދައް ބުނާނަމަ ޒެވިޔަންއަށް އަދިވެސް އިތުބާރެއް ނުކުރެވޭ. ނޭންގެ މާދަން ނޫންކަމެއްވެސް ދޫކޮށްފަ ދާނީ އެކަމަށް ވުރެ ބޮޑު މައްސަލައަކީ އައި ޑޯންޓް ލަވް ހިމް އައިރާ. އައި އޭމް އިން ލަވް ވިތް އަލްޔަސް” އަލައިކާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ގޮތް ހުސްވެފައިވި މީހެއް ފަދައިން އަލައިކާއަށް ކަރު އެލުވާލެވުނެވެ. ޒެވިޔަންއަށް ނޫނެކޭ ބުނެ ޒެވިޔަންގެ ހިތް ހަލާކުކުރާކަށްވެސް އަލައިކާ ބޭނުމެއް ނޫނެވެ.
އެދެމީހުންނަށް އިތުރަށް ވާހަކަ ނުދެއްކުނީ ނަވްޔާ އައިސް ގޮވުމުންނެވެ. އަލައިކާ ހަމައަކަށް އެޅިލަމުން އައިރާއާ އެއްކޮށް ނުކުތެވެ.
“އައިރާ އާދެބަ” އައިރާ ނުކުތުމާއެކު އަހުސަމް އަތުގެ އިޝާރާތުން އޭނާ ގާތަށް އައުމަށް އެދުނެވެ. އައިރާ އަލައިކާއަށް ބަލާލާފައި ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދަ ގޮތަކަށް ބޯޖަހާލާފައި އަހުސަމް ގާތު ސޯފާގައި އިށީނެވެ.
“ޔާޒް ބުނީ ދަރިފުޅު ޔާޒް ކުރި ސުވާލަށް ޖަވާބެއް ނުދެޔޯ އަދިވެސް” އައިރާ އިށީނުމާއެކީ ހެން އަހުސަމް ބުންޏެވެ. އައިރާގެ ކޯތާފަތް އެކީ ވަގުތުން ރަތްވެގެން ދިޔައެވެ. ރަކިވީވަރުން ތުންފަތުގައި ބާރަށް ދަތް އަޅާލެވުނެވެ. “ކަމޯން އައިރާ ޖަވާބެއް ދީބަ ދޯ!” އައިރާ އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން ޔޫސުފްއަކަށް ނީންދެވުނެވެ. އައިރާ ލަދުގަތް ވަރުން ވިރިގެން ހިނގައިދާނެހެން ހީވިއެވެ. “އައިރާ މޫނަށް އަރާ ކުލަވަރުން ޖަވާބު އެނގިއްޖެހެން ހީވަނީ!” އައިރާ ގާތު ސޯފާގައި އިށީންދެލަމުން އިސްރާ ބުންޏެވެ. އައިރާ ދެންވެސް ޖަވާބެއް ނުދިނެވެ. އިސްޖަހައިގެން އިނގިލިތަކާ ކުޅެން އިން ގޮތަށް އިނީއެވެ.
“ދަރިފުޅާ ބޮލުން ނަމަވެސް ޖަވާބެއް ދީބަ ދޯ! މި ކައިވެންޏަށް ދަރިފުޅު ގަބޫލުތަ؟” އަހުސަމް އަނެއްކާވެސް އެހިއެވެ. މި ފަހަރު އައިރާ ބޮލުން ޖަވާބު ދިނެވެ.
އެންމެންގެ ތުންފަތް މަތީގައި ވީ ހިނިތުންވުމުކެވެ. އައިރަ ބޮލުގެ އިޝާރާތުން ކައިވެންޏަށް އެއްބަސްވީއެވެ. އަހުސަމްއާ މާއިޒް ސަލާން ކޮށްފައި ދެމީހުން މަރުހަބާކިއެވެ. އިސްރާއާއި ނަވްޔާ ބައްދާލިއެވެ.
އިސްރާގެ ލޮލުގައި އުފާވެރި ކަމުގެ ކަރުނަ ވިދަން ފެށިއެވެ. އެތައް އަހަރެއް ކުރިން އައިރާއަށް ވުރެ ހަގު އުމުރުގައި އޭނާ އަހުސަމްއާ އިންނަން އެއްބަސް ވި ދުވަސް މަތިން ހަނދާންވިއެވެ.

އައިރާއާއި ޔާޒްގެ ކައިވެނި ހަތަރުމަސް ފަހުން ކުރެވޭ ގޮތަށް ހަމަޖެހުނެވެ. އެއާއެކު ގޭތެރެއަށް ޢީދެއް އައިހެން ހީވިއެވެ. ޔޫސުފްގެ ދިމާކުރުންތައް އެދެކުދިންނާ އަމާޒުވިއެވެ. ޒެވިޔަންގެ ނަޒަރު އަލައިކާއަށް ހުއްޓެމުން ދިޔައެވެ. އަލައިކާ ދޭނެ ޖަވާބެއް ނޭންގޭނެތީވެ އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހިތުގެ ކަނަކުން އަލައިކާ އޭނާއަށް ބުނާނީ ނޫނެކޭ ކަން ބުނަމުން ދިޔައެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހިތްހަލާކު 2

Next

އެދިގެން ތި ލޯތްބަށް 16

Next
November 27, 2019

އެދިގެން ތި ލޯތްބަށް 16

Previews
November 26, 2019

ހިތްހަލާކު 2

17 Comments!

  1. Naukko says:
    November 26, 2019 at 11:24 pm

    Wow .. am i first.? Love the story …what will happen next…? ly and when next part ..?

    1. Kiyara says:
      December 2, 2019 at 1:35 pm

      Yess ure first. Mihaaru ihnnane up kohllafa. Ly2

  2. Imkko says:
    November 26, 2019 at 11:35 pm

    V reethi mi baives … keep it up …. waiting for the next part curuously

    1. Kiyara says:
      December 2, 2019 at 1:35 pm

      Thanksss dear

  3. Dhonthy says:
    November 26, 2019 at 11:55 pm

    haadha reechchey mibaives dhw. Zeviyan akee v reethi nameh ekamakuves alaikaa zeviyan au yes nubunachchey please. hehe. Airaa enme fahun ebbasvee. so happy. Kiyaa sis. Love you so much <3 <3 <3 <3 <3 <3

    1. Kiyara says:
      December 2, 2019 at 1:36 pm

      Hehe ehentha kiyara ah ves varah rythi nameh zeviyan aky. Lets see dhw alaika hadhaane gotheh. Ly2

  4. Kairaa says:
    November 27, 2019 at 7:18 am

    Varah varah reethi mi part vx…..waiting for the nxt part…….whn nxt….ly kiyaa sis

    1. Kiyara says:
      December 2, 2019 at 1:37 pm

      Thanksss dear. ly2

  5. Yanaa says:
    November 27, 2019 at 10:23 am

    ??????Varah?????
    ?????varah ??????
    ????varah???????
    ???varah????????
    ??reethi.?????????
    ????maa sha Allah????
    ??????waiting?????
    ?????for???????
    ????the????????
    ???next ????????
    ??part.?????????

    1. Kiyara says:
      December 2, 2019 at 1:38 pm

      Thanksss yaana. Mihaaru ihnnane next part up kohllafa

  6. Anonymous says:
    November 27, 2019 at 12:20 pm

    When is the next part?????

    1. Kiyara says:
      December 2, 2019 at 1:38 pm

      Mihaaru ihnnane next part up kohllafa

  7. Kylie says:
    November 28, 2019 at 1:20 pm

    V reethi mi part vx…… Whn next…..

    1. Kiyara says:
      December 2, 2019 at 1:39 pm

      Thanksss dear. Mihaaru ihnnane next part up kohllafa

  8. Kiyaraage rattesseiy says:
    November 29, 2019 at 11:34 pm

    Hello I am a friend of Kiyara??? Kiyarage family kameiy dhimaavegen bunee vaahaka thankolheiy lahunnoa upload kodhdheveynee. Kiyarage faraathun v bodah sorry. Hope you guys got clear ??????????

    1. nau says:
      November 30, 2019 at 9:17 am

      thank u for giving this information. no need to say sorry we can understand..

    2. Kiyara says:
      December 2, 2019 at 1:40 pm

      Thanksss frnd fr letting them know and nau ah Understand vyma. Mihaaru ihnnane next part up kohllafa hurihaa kudhinnah ves kamudhaane kamah ummedhu kuran lyasm?♥️

Comments are closed.

Next Episodeރާސްތާ 2 ވިހިވަނަ ބައި←


All Right Reserved!