Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާސިލް ވުމަށް އެދި 23

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
November 27, 2019 5 Mins Read
5 Comments

އީނާޝްއަށް އާރިފާމެން ތިބި ހިސާބަށް ދެވުނު އިރު އެތަނުގައި ކައިޒީން އާއި މާހިލްގެ ކައިރީގައި ހުރި މީހާ ފެނުމުން ހުއްޓުން އަރާފައި ބަލަން ހުރުން ނޫން ކަމެއް އީނާޝްއަކަށް ނުކުރެވުނެވެ. އާރިފާވެސް އިނީ ހަމަ އެ ހައިރާންކަމުގައި އެ ޒުވާނާއާއި ދިމާލަށް ބަލާށެވެ.

*******

”ކޮބާ ތޯ ކައިޒީން އަކީ؟ ޕޭޝިއެންޓް އެބަ ގޮވާ ކައިޒީން އަށް.. މިތަނުގައި މިވަގުތު ކައިޒީން ހުރިނަމަ އަޅުގަނޑާއި އެކު ދުރުވަން ވީ ނޫންތޯ…” ޑޮކްޓަރު އެހެން ބުނުމާއިއެކު ކައިޒީން ގޮސް ޑޮކްޓަރުގެ ކުރި މައްޗަށް ހުއްޓިލިއެވެ. އަދި ޑޮކްޓަރު އަންނާށޭ ބުނުމުން އަވަހަށް ޑޮކްޓަރު ފަހަތުން އެމަޖެންސީ ރޫމަށް ވަނެވެ. އޭރުވެސް ކައިޒީންގެ ލޮލުން ދިޔައީ ކަރުނައަކަށް ފަހު ކަރުނައެއް ވެއްޓެމުންނެވެ.

******

”ނަބާހު.. ކީއްކުރަން.. ކާކު ބުނެގެން މިތަނަށް އައިސް؟” އީނާޝްއަށް ނަބާހު ފެނުމުނާއިކު ހުއްޓުން އަރާފައި އިރުކޮޅަކު ހުއްޓެއް ކަމަކު ހޭވެރިކަން ވުމުން ފުރަތަމަވެސް ގޮސް ނަބާހުގެ ކުރިމައްޗަށް އަރައި އޭނާގެ ކޮލުގައި ޖެހޭ އެންމެ ބާރަށް ޖެހިއެވެ. އީނާޝްއެކޭ ހަމައިން ނެއްޓިފައި ހުރި މީހެކޭ އެއްވެސް ތަފާތެއް ނެތެވެ. އީނާޝްގެ ރުޅި ގަދަވަމުން ގޮސް އެންމެ ފަހުން ނަބާހު ގޮވައިގެން އެތަނުން ދާން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އާރިފާ ގޮސް އީނާޝްގެ އަތް ފޮޅުވާލިއެވެ.

”އީނާޝް ކީއްވެގެންތަ ތިއުޅެނީ؟ މޮޔަ ވީ ތަ ކަލޭ..” އާރިފާގެ ރުޅިގަނޑުވެސް  ވަނީ އެންމެ މައްްޗަށް އަރާފައިއެވެ. ނަަމަވެސް އާރިފާ އެބުނި ބަހުން އެހެންޏާ އީނާޝް ބިރު ގަނެގެން އުޅުނަސް މިފަހަރު އީނާޝް ބިރުގަނެފައި ހުރި ހެންނެއް ހިޔެއް ނުވެއެވެ. ”އާން.. އަަހަރެން ހަމަ ރަނގަޅެއްވެސް މޮޔަ ވެއްޖެ.. އަހަރެން މޮޔަ ވެއްޖެ.. އަހަރެން މޮޔަ ކުރުވި މީހަކީ ތީ..” އީނާޝް އެހެން ބުނުމާއިއެކު އާރިފާގެ އަތުގެ ހޫނު ހަމަލާއެއް ވަގުތުން އީނާޝްގެ ކޮލަށް އެރިއެވެ. އެންމެން އާރިފާ އާ ދިމާލަށް ބަލަހައްޓައިގެން ހުރިއެއްކަމަކު މިފަހަރު އޭނާވެސް ގޮތް ދޫކުރާ ކަހަލަ ހިޔާލެއް ނެތް ކަހަލައެވެ. ”ކީކޭ.. ބަލަ މީ ކަލޭގެ މަންމަކަން ވެސް ހަނދާން ނެތުނީތަ؟ އަހަރެންނާ ޖަދަލު ކުރަނި ތި.. އެއްވެސް ލަދެއް ނެތޭ ދޯ މީހުންގެ ކުރިމަތީގަ ތިހެން މައިމީހައާ ވާހަކަ ދައްކަން..” އާރިފާ އޭނާ ބުނަން އުޅުނު ޖުމްލަ ނިންމާލިއިރު އީނާޝް ހުރީ ހަމަ ރަނގަޅަށްވެސް ރުޅިއައިސް ރަތްވެފައިއެވެ. ދުވަހަކު ރުޅި ނާންނަ ވަރަށް އީނާޝްގެ ގާތަށް މިފަހަރު ރުޅި އައިއްސިއެވެ. ” މަންމަ އެއްވެސް ލަދެއް ނެތްތަ މިއޮށް ހުރިހާ އެންމެންގެ ތެރޭގައި އަހަރެންގެ މޫނު މަތީގަ ޖަހާފަ އަހަރެންނާއި ދިމާލަށް ކަލޭ އޭ ކިޔާފަ ގޮވަން.. އޭން ބުނެބަލަ.. އަހަރެން މިއޮށް ހުރިހާ ދުވަހު ވަރަށް ކެތް ކުރިން.. ހަމައެކަނި ތި މަންމައަށްޓަކައި.. ތި މަންމަ.. ތި މަންމަ ރަނގަޅު ވޭތޯ.. އުޅުން އިސްލާހު ވޭތޯ އަހަރެން ކިހާ ދުޢާއެއް ކުރިން.. އެކަމަކު މަންމަގެ އަނިޔާތަކާއި އަނިޔާވެރި ބަސްތައް ވީ އިތުރު.. މި ބަދުނަސީބު އީނާޝް މިވަރުވެފަ މިހުރީ މައެއްގެ ލޯބި ނުލިބި.. އަހަރެން މިއަދު ލަދު ގަނެއްޖެ މަންމަ ކިޔަން ލަދެއް ނުގަނޭހޭ ބުނީމަވެސް.. ތި.. ތި މަންމަ އަހަ.. އަހަރެން ދެކެ… މިވީހާ ދުވަސްކޮޅު ތެރޭގައި ލޯބިވީ.. ބަޔަކަށް ދައްކަން.. ތި އެންމެންގެ ލޯމަތީގައި އަހަރެންގެ މި މަންމަ ބޮޑު ފޮތި ގަނޑެއް އެޅުވި.. އަހަރެންގެ.. އަސްލު މަންމަ މިއަދު ތިފެނުނީ.. ކުރިން  އެފެނުނީ އެހެން މަންމަ އެއް.. މި މަންމައެއް ނޫން..” އީނާޝްއަށް ވާހަކަ ދެއްކުންވެސް ވީ އުނދަގޫ ކަމަކަށެވެ. އީނާޝްއަށް ރޮމުން އެތަނުން ތިރިވެވުނެވެ. އެދެލޮލުން ކަރުނައަކަށްފަހު ކަރުނައެއް އަންނަމުން ދިޔައިރު އެތާ ތިބި އެހެން މީހުންގެ ލޮލުގައިވެސް ކަރުނައިގެ ފަށަލައެއްވިއެވެ. އާރިފާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އޭނާގެ ހަގީގަތް އީނާޝް އެންމެންނަށް ކިޔާ ދިނުމުން އާރިފާގެ އެތެރެހަށި ދިޔައީ އަދާ ހުލިވަމުންނެވެ. އަދި މާހިލް ގޮސް އީނާޝްގެ ގާތުގައި ހުއްޓި ހިތްވެރުދެމުން ދިޔުމުން ހީވީ އާރިފާގެ ރުޅިގަނޑަށް އިތުރު ދަރުތަކެއް އަޅާލިހެންނެވެ.

އާރިފާ ދިޔަ ބާރު މިނުގައި ގޮސް މާހިލް އީނާޝްގެ ގާތުން ދުރަށް ލިއެވެ. އަދި އީނާޝްގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނަގައި އޭނާގެ މޫނުމަތީގައި ޖަހަން އަތް މަޅާލިއެވެ. ނަމަވެސް ބާރުގަދަ ދެ އަތުން އާރިފާގެ އަތް ހިފަހައްޓާލުމާއިއެކު އޭނާއަށް އަތް ގުޑުވާވެސް ނުލެވުނެވެ.

އީނާޝްގެ ދެ ލޯ މަރައި ބާރުކޮށްލައިގެން ހުރިއިރު އޭނާގެ އަގައިން ވޭނީ ގިސްލުމުގެ އަޑު ނުކެނޑެއެވެ. އާރިފާ ޖަހަން އުޅުމުން މެރީ ދެލޯ އީނާޝް ހުޅުވައިލީ އޭނާގެ ގައިގައި އާރިފާ ނުޖެމުންނެވެ. އީނާޝް ލޯ ހުޅުވައިލުމާއިއެކު ފެނުނު މަންޒަރުން ދެ ލޯ ބޮޑުކޮށްގެން ބަލަން ހުރެވުން ނޫންކަމެއް ނުކުރެއެވެ. އަދި އަނގަމަތީގައި އަތް އަޅައިގެން ހުރީ ދެން ވާން އޮތްގޮތް ނޭނގޭތީ އާއި އެކުވެސް މެއެވެ.

******
ކައިޒީން އެމަަޖެންސީ ރޫމުން ނުކުތް އިރު ކުރިއަށް ވުރެ ބޮޑަށް އެދެލޯ ވަނީ ރަތްވެފައިއެވެ. އަދި ލޯ ކައިރި ވަނީ ދުޅަވެސް ވެފައިއެވެ. އިތުރު ލަސްތަކެއް ނުކޮށް ކައިޒީން އަވަސްވެގަނީ ޒިރާން ބުނި ތަނަށް ނަބާހުއާއި އެކު ދިޔުމަށެވެ. ނަމަވެސް ކައިޒީންގެ ފިޔަވަޅުތަށް މަޑު ޖެހުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ތަކުންނެވެ. އާރިފާ އީނާޝްގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެން ހުރި އިރު މައްޗަށް ނަގާފައި އޮތް އަތުގައި ނަބާޙުއާއި ފަޒީލް ވަނީ ހިފަހައްޓާފައިއެވެ. ވަގުތުން ކައިޒީން އެތަނަށް ގޮސް އެދެ މީހުންގެ އަތް އާރިފާގެ އަތުން ނައްޓުވައި އީނާޝް ބޮލުން އާރިފާގެ އަތްވެސް ނައްޓުވާލިއެވެ. ”ކިހިނެއްވެގެންތަ މިތާ މިއުޅެނީ؟ މިއީ ތަޅާ ފޮޅަން އަންނަ ތަނެއްތަ؟” ކައިޒީން އީނާޝްގެ ގައިގައި ހިފަހައްޓައިލައިގެން ހުރެ ރުޅިވެރިކަމާއިއެކު އެތާއި ތިބި އެންމެންނާ ސުވާލު ކުރިއެވެ.

”ދަރިފުޅާ ކައި.. ދަރިފުޅު މަންމަ އޭ ތި ކިޔައި އާރިފާ އާއި ކައިރި ނުވާތި.. އެއީ ވިހަގަދަ ހަރުފަޔަކަށް ވުރެ ނުބައި މީހެއް.. މިއަދު އަހަރެމެން އެންމެންނަށް އެކަން އެނގިއްޖެ.. ތިއީ މީހެއްގެ ގޭގައިވެސް ގެންގުޅެން ހެޔޮވާވަރުގެ މީހެއް ނޫން..” ޖަންނަ ރުޅިވެރިކަމާއި އެކު ކައިޒީން އާއި އީނާޝް އޭނާގެ ކައިރިއަށް ގެނެސް ވާޙަކަ ދައްކަން ފެށިއެވެ. އާރިފާ އިސްދަށަށް ޖަހައިލައިގެން ހުރުން ނޫން ކަމެއް ނުކުރެއެވެ. ކުރެވުނު ކަންތަކާއި ދެރަވެ ލަދު ގަތް ހެނެއްވެސް ހިޔެއް ނުވެއެވެ.

*****

ޒިރާން ހޭ އެރުމާއިއެކު ފަޒީލްމެން އެތަނަށް އެންމެ ހިނދުކޮޅަކަށްވެސް އާރިފާ ވަނިއަކަ ނުދެއެވެ. އައިސްފައި ހުރި ރުޅިން އެންމެން ވެސް މިހާރު ބޭނުންވަނީ އާރިފާ އެގެއިންވެސް ނެރެލުމަށެވެ. ”ޒިރާން ކީއްކުރަންތަ އާރިފާއަށް ފިހާރައިން ބައެއް ދިނީ.. އެއީ ނުބައި މީހެއް.. މިއަދު އީނާޝް ކިޔައިދީފި އާރިފާ އޭނާއާއި މެދު ކަންތައް ކުރި ގޮތް.. އަދި އާރިފާ އަހަރެމެންގެ ކުރިމަތީގައިވެސް އޭނާގެ އަސްލު ސޫރަ ދައްކައިލައިފި..” ޖަންނަ ހުރީ ޒިރާންއަށް އެވާހަކަ ކިޔައިދޭން ކެތް މަދުވެފައިއެވެ. އެހެންކަމުން ލިބުނު ފުރުސަތުގައި އޭނާ އެކަން ޒިރާންއަށް އެކިޔާދިނީ ޒިރާން އޮޅުމެއްގެ ތެރޭގައި ނުބެހެއްޓުމަށެވެ. ”ދައްތަ ހާސް ނުވޭ.. އަހަރެން އާރިފާއަކަށް ފިހާރައިން ބައެއް ނުދެން..”

******

”ހަލޯ… އަހަރެެން ބޭނުން ބައްދަލު ކޮށްލަން.. ރަސްފަންނަށް އާދެ..” އާރިފާ ދިޔައީ ވަރަށް ސިއްރު ސިއްރުން މީހަކާ ފޯނުން ގުޅައިގެން ވާހަކަ ދައްކަމުންނެވެ. އޭރުވެސް އޭނާގެ އެތެރެ ހަށީގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށެއް ނުނިވެއެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ؟ އިރުކޮޅަކާ އޭނާގެ ސިކުނޑީގައި ކޮއްޓާލަނީ އެ ހިޔާލެވެ.

*****

”ނާޝް.. ދެން ނުރޮއި.. ހުއްޓާލަ..” މާހިލް އާއި ކައިޒީން ދިޔައީ އީނާޝް އަށް ހިތްވަރުގެ ބަސްތައް ދެމުންނެވެ. ކައިޒީން އެއްކޮށް މިހާރު ރަނގަޅު ކަމުގައިވި ނަމަވެސް އީނާޝްގެ ހިތްވަރު ދިޔައީ ދަށްވަމުންނެވެ. ”މާހިލް.. މިހާރު އަހަރެން މީ ކާކު ކަން އެނގިއްޖެދޯ.. އަހަރެމެން މީ މީހަކު ބޭނުންވާ ވަރު މީހެއް ނޫން މާހިލް.. އަހަރެން މީ ބަދު ނަސީބުވެރިއެއް.. ބޭކާރު މީހެއް.. އެކަނިވެރިއެއް.. ތިދެ މީހުން އަހަރެންނާ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ..”  ”ނޫން އީނާޝް.. ތިހެން ނުބުނޭ.. އީނާޝް ތިއީ ބޭކާރު މީހެއް ނޫން.. އަހަރެމެން މި ތިބީ އީނާޝް އާއި އެކު އޭ.. ދެން ނުރޮއި ހުއްޓާލަބަލަ.. އީނާޝް ކޮންމެސް ދުވަހަކުން އަދި މަންމައަށް ވިސްނޭނެ.. މަންމައަށް އަދި ނުވިސްނޭތީ އުޅެވޭ ގޮތް އެއީ.. އީނާޝް ހިތްވަރު އެލުވާނުލާތި..” އީނާޝްގެ އެ ހިތްދަތި ވާހަކަ އަޑު އަހާފައި މާހިލްއަށްވެސް އިނީ ރޮވެން ކާއިރިވެފައިއެވެ. އޭނާގެ ކޯތާފަތްމަތީގައި ކަރުނަތައް ފާބަމުން ދިޔައިރު މޫނުވެސް ވަނީ އެއްކޮށް ރަތްވެފައިއެވެ.

”ނާޝް ހާދަ ހިތްވަރު ގަދައެވެ. އަހަރެން ނަމަ މިހާރު ދުނިޔޭގައި ހުރި ކަމެއްވެސް ނޭނގެއެވެ. ” މާހިލްގެ ހިތުން ދިޔައީ އީނާޝް އަށް ތަޢުރީފުކުރަމުންނެވެ. އީނާޝްގެ ހިތްވަރު ގަދަ ކަމާއިމެދު މާހިލް އެހުރީ ހަމަ ރަނގަޅަށްވެސް ބުނާނެ އެއްޗެއް ނޭނގިފައިއެވެ.

”ތެދެއް ނާޝް.. ކައި އެބުނީ ރަނގަޅަށް.. ނާޝް ތިއީ ވަރަށް ހިތްވަރުގަދަ މީހެއް.. އަބަދުވެސް ތި ގޮތުގައި ހުންނާތި.. ހިތްވަރު އެލުވާ ނުލާތި.. މީ އަހަރެމެންގެ ސްޓްރޯންގް ވޮމެން އޭ ދޯ..” މާހިލް އީނާޝް ހެއްވާލަން ކުރި މަސައްކަތް ކާމިޔާބު ވުމުން އިތުރަށް އީނާޝް ހެއްވާލަން މަސައްކަތް ކުރިއެވެ. މާހިލް މިހާރު އީނާޝް އާއި ދިމާލަށް ސްޓްރޯންގް ވޮމެން ނޫން އެހެން ނަމަކުން ނުގޮވައިއެވެ. އީނާޝް އެއްފަހަރު މިހާރު މާހިލްގެ ބުރަކަށީގައި ބޮޑިއެއްވެސް އަޅާފިއެވެ.

އެހެން ތިއްބާ އެތަނަށް ނަބާހު އައުމުން އެންމެން ހިމޭންވިއެވެ. ކައިޒީންވެސް އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހައިލައިގެން އިނީއެވެ. ސަބަބަކީ ނަބާހުގެ ހުރިހާ ވާހަަކައެއް އީނާޝް އެދެ މީހުންނަށް ވެސް ކިޔާދީފައި ވާތީއެވެ.

”އީނާޝް.. އަހަރެންނަށް މަޢާފު ކުރޭ.. އަހަރެން  މަންމައަށް އެވާހަކަތައް ކިޔާދިނީ އެއްވެސް ހާލެއްގައި މަންމަ އީނާޝް ދެކެ ރުޅި އަރުވާކަށް ނޫން.. އީނާޝް ގަބޫލު ކުރިޔަސް ނުކުރިޔަސް މިއީ ހަމަ ތެދު.. މަންމަގެ ރުޅިވެރި އެދެލޯ ފެނި އެދުވަހު އަހަރެން ބިރުގަތް ވަރު އީނާޝްއަކަށް ނޭނގޭނެ.. އަހަރެން މަންމަ އަށް އެވާހަކަތައް ކިޔާދިނީ އެ ކަމުގައި އީނާޝްގެ އެއްވެސް ކުށެއް ނެތީމަ.. އެއީ އަހަރެން ކުރި ކަމަކަށް ވީމަ.. އަަހަރެންނަށް އިނގޭ އީނާޝް އަދިވެސް އަހަރެން މިދައްކާ ވާހަކަ ގަބޫލު ނުކުރާކަން ވެސް.. އީނާޝް.. އަހަރެން މިދައްކާ ވާހަކަ ގަބޫލު ކުރޭ.. އީނާޝް ޕްލީޒް.. އަހަރެން އީނާޝް އާއިއެކު އަހަރެމެން ދެމީހުން ކުރިން އުޅުނުހެން އުޅޭ ހިތްވޭ ވަރަށް.. ލެޓްސް ބީ ފްރެންޑްސް އީނާޝް.. އެޓްލީސްޓް ފްރެންޑްސް..” ނަބާހު އީނާޝް ކައިރީން އާދޭސް ކުރަމުން ދިޔަ ނަމަވެސް އީނާޝް އެކަމަށް ކުރީ އިންކާރެވެ. އަދި އީނާޝް ހަމަ އެކަނި ކުރިކަމަކީ ނަބާހުއަށް ފަސްއެބުރި ދިޔުމެވެ.

ނަބާހުވެސް އިސްދަށަށް ޖަހައިލައިގެން އެހުރިތާ ހުރީ ވީ ދެރައިންނެވެ. ”ހާސް ނުވޭ.. އަހަރެން އީނާޝް ހަމައަކަށް އަޅުވާލަދޭނަން..” ކައިޒީން ނަބާހުގެ ކޮނޑުގައި އަތް ބާއްވާލަމުން އޭނާ ބުނަން އޮތް އެތި ބުނެފައި އީނާޝްގެ ފަހަތުން ދިޔައެވެ. މާހިލްވެސް ހަމަ އެގޮތަށް ނަބާހުގެ ކޮނޑު މަތީގައި އަތްބާއްވާލައިފައި ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނެފައި ދިޔައީއެވެ. އެތަނުގައި ނަބާހު އެކަނި ވުމާއިއެކު މާހިލްމެން އިއްތާ ތިބި ބެންޗުގައި ގޮސް އިށީންދެލިއެވެ. އަދި ނަބާޙުގެ ކަރުނުން ފުރިފައިވި އެދެލޮލަށް ކެތް ނުކުރެވުމުން ކަރުނަތަށް އޭގެ މަގާމު ދޫކޮށް ވެރެން ފެށިއެވެ. ހަމައެއާއިއެކު އޭނާގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ.

*****

”އާން ދައްތާ.. އަހަރެން އާރިފާއަކަށް ފިހާރައިން ބައެއް ނުދެން.. އާރިފާއަށް ދިން ފޯމަކީ އަހަރެމެން އަމިއްލައަށް ހަދާފައި އޮތް ފޭކް ފޯމެއް.. އެކަމަކު އަހަރެންގެ ދެދަރި… ފިހާރަ ދެން ބަލަހައްޓާނީ އީނާޝް އާއި ކައި.. އަހަރެންނަށް މީގެ މަސްތަކެއް ކުރިން އާރިފާގެ ހަގީގަތް އެނގޭ.. އެއީ ކޮންކަހަލަ މީހެއްކަން.. އަހަރެންވެސް އެކަން ސިއްރުކޮށްގެން ހުރީ އާރިފާ ރަނގަޅު ވޭތޯ..” ޒިރާން ދައްކަމުން ދިޔަ ވާހަކަ ޖަންނައަށް އިނީ ގަބޫލު ނުކުރެވިފައިއެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. އެހައި ފަސޭހައިން ނުހަނު އަވަހަށް ޒިރާން މެން އާރިފާއަށް ފިހާރަ ބަހާފައި ފޯމް ދިން އިރު ހީވަނީ އެއީ ހަމަ އަސްލުހެންނެވެ. ނަމަވެސް ފޮރުވިފައި އޮތްކަމެއް ނޭނގޭނެތާއެވެ. ޒިރާން ހުރިހާ ވާހަކައެއް ޖަންނައަށް ކިޔާދެމުން ދިޔައެވެ.

*****

އިނގެއެއްނު ޒިރާން.. އަހަރެން ބޭނުންވަނީ އޭނާ މަރާލަން .. އޭނާގެ ފިހާރައިގައި  ހުރި ހުރިހާ ފައިސާއެއް މިހާރު ލިބެނީ އަހަރެންނަށް.. ސަބަބަކީ އެއީ އަހަރެންގެ ފިހާރައަކަށް ވީމަ.. އަހަރެން އަތުގަ އެބަހުރި ހުސްނުވާ ވަރަށް ރުފިޔާ.. އެ މޮޔަ ޒިރާންއަކަށް އަހަރެންގެ ހަގީގަތެއް އެއްވެސް ވަރަކަށް ނޭނގޭ.. އަހަރެންނަށް ތިޖޫރީގެ ކޯޑްވެސް އަދި ކިޔާދީފިއޭ.. އެހެއްނު ވާނީ ހިސާބަށް ވުރެ މޮޔަ ވީމަ.. ހެހެހ.. މަ މިއުޅެނީ އޭގައި ހުރި ހުރިހާ ފައިސާއެއް ނަގައިގެން.. އެކަމެއްވެސް އޭނާއަކަށް ނޭނގޭނެ.. ޖަންނަ ބުނީ ހަމަ ރަނގަޅަށޭ.. އަހަރެންމީ ވިހަ ގަދަ ހަރުފަޔަކަށް ވުރެ ނުބައި މީހެއް.. ކަލޭއަށް އެކަން ވާނެތަ؟ މިހާރު އޭނާވީ ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލުގަ..” އާރިފާ އެއްވެސް ބިރެއް ނެތި އޭމިހާ ގާތު ޒިރާން މަރާލަން އެދުނެވެ. އެމީހާވެސް އެއްވެސް ފަސްޖެހުމެއްނެތި އެކަމަށް ނުހަނު ފަސޭހައިން އެއްބަސްވިއެވެ.

ހީވާ ގޮތުން އެއީ އެކަމުގައި އަބަދުވެސް އުޅޭ މީހެކެވެ. އާރިފާ އެމީހާއަށް ކުރަން ވީ ކަންތައް ހަވާލު ކޮށްފައި ދިޔައީ ދެން ވާން އޮތްގޮތް ނޭނގޭ ހާލުއެވެ. އެމީހާއަށްވެސް އާރިފާ އެތަނުން ދިޔުމުން ނުހަނު އުފާވެލާފައި އެތަނުން ދިޔައެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އެހެނަސް 6

Next

މޫނޭ ތިއީ ހިތް އެދޭ (2)

Next
November 27, 2019

މޫނޭ ތިއީ ހިތް އެދޭ (2)

Previews
November 27, 2019

އެހެނަސް 6

5 Comments!

  1. ?Nafu? says:
    November 27, 2019 at 10:31 pm

    assalam alaikum
    miothy haasil vumah edhyge 23 vana bai up vefai.. unmeedhukuran kamudhaane kamah..

  2. magnumm says:
    November 28, 2019 at 9:19 am

    ???Wow amazing
    ???Btw me first dhwwww

    1. ?Nafu? says:
      November 29, 2019 at 12:40 pm

      thanks dear… ya congrats.. 🙂 🙂 ur first

  3. Yanaa says:
    November 28, 2019 at 9:38 am

    ??????Varah ?????
    ?????varah ??????
    ???reethi ????????
    ????Maa sha Allah????
    ?????waiting ?????
    ????for ????????
    ???the ?????????
    ??next??????????
    part..????????????

    1. ?Nafu? says:
      November 29, 2019 at 12:41 pm

      thanks yanaa.. btw wow.. so many faces.. hehhe… 🙂 🙂 thanks ingey.. n keep waiting

Comments are closed.

Next Episodeހާސިލް ވުމަށް އެދި 24←


All Right Reserved!