މަޢާފް (ތިންވަނަ ބައި)
ނައިޒަކްމެނަށް މާލެ ދެވުނުއިރު އެ ދުވަހުގެ އިރުއޮއްސިއްޖެއެވެ. އުޑުމަތި މަޑު އޮރެންޖް ކުލައެއްގައި އޮތް އިރު އެއީ މޮޅު ކުޅުންތެރިއެއްގެ ކުރެހުމަކަށްވުރެވެސް ފުރިހަމަ މަންޒަރަކަށް ވާނޭކަން ކަށަވަރެވެ. އިރުއޮއްސުނު އިރުވެސް މުޅި މާލޭގެ މަގުމަތި ވަނީ މީހުންތަކުން ފުރިފައެވެ. ފަޅަށް އެންމެ މަގެއްވެސް ފެންނާކަށް ނެތެވެ. މީހުންތަކުގެ ތެރެއިން ސައިކަލު ދުއްވައިފައި ނައިޒަކް އެމީހުންގެ ގެއާއި ހަމައަށް ދިޔައެވެ.ގޭޓު ކައިރީ ސައިކަލު ޕާކްކުރުމުން ރިޝާނާ ސައިކަލުން ފޭބިއެވެ. ސެކިއުރިޓީ ގާޑު ގޭޓު ހުޅުވައިލަދިނުމުން ރިޝާނާ ވޯކްވޭއިން ހިނގައިލައިފައި ގޮސް ގޭގެ ބޮޑުދޮރު ހުޅުވައިފައި އެތެރެއަށް ވަނެވެ. ރިޝާނާ އެތެރެއަށް ވަނުމުން ނައިޒަކް ސައިކަލު ގަރާޖަށް ލައިފައި ނައިޒަކްވެސް އައިސް ގޭތެރެއަށް ވަނެވެ.
“ދަރިފުޅުމެން ކޮންތާކުން ތިއައީ؟” ސިޓިންގް ރޫމް ސޯފާގައި ޤުރްއާން ކިޔަވަން އިން އަސްމާއަށް ރިޝާނާ އާއި ނައިޒަކް ފެނުމުން އެހިއެވެ. “މި އައީ ބުރެއް ޖަހާލާފަ ދޯ ރިޝޫ.” ނައިޒަކް ރިޝާނާ އަށް ދޯދެމުން އަސްމާއާއި ކުރިމަތިވާނޭހެން ސޯފާގައި އިށީނެވެ. ރިޝާނާވެސް ނައިޒަކް ގާތުގައި ސޯފާގައި އިށީނެވެ. ރިޝާނާއަށް ސޯފާގައި އިށީންދެވުނުތަނައި މަޣްރިބް ނަމާދަށް ބަންގި ގޮވަން ފަށައިފިއެވެ. އެންމެ ސިކުންތެއްވެސް ލަސްނުކޮށް ރިޝާނާ ސޯފާއިން ތެދުވެ ސިޑިން އަރައި އޭނާގެ ކޮޓަރިއަށްދިޔައެވެ. ނައިޒަކް ވެސް ގެއިން ބޭރަށް ނުކުތީ މިސްކިތަށް ދިޔުމުގެ ނިޔަތުގައެވެ. މި މަންޒަރު ފެނި އަސްމާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ދިން ތަރުބިއްޔަތުގައި އޭނާގެ ދަރިން ހިފިކަމަށްޓަކައި އަސްމާ މިއަދު އުފާކުރެއެވެ. އަސްމާގެ ހުރިހާ ދަރިންތަކުގެ ތެރެއިން ރިޝާނާ ތަރުބިއްޔަތު ކުރީ ބައްޕައަކާ ނުލައެވެ. ރިޝާނާ ލިބުމަށްފަހު ދިމާވި ހިތާމަވެރި ކަނޑުމަތީގެ ޙާދިޘާއެއްގައި އެ ފަސްބެއިންގެ ބައްޕަ ވަނީ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔައިފައެވެ.
މަޣްރިބް ނަމާދުކޮށްލައިގެން އަސްމާ އަނެއްކާވެސް އޭނާގެ ކޮޓަރީގައި ހުރި ބޮޑު ސޯފާގައި ޤުރްއާން ކިޔަވަން އިށީނެވެ. ޢިޝާ ނަމާދަށް ބަންގި ގޮވަން ފެށުމުން މުޞްޙަފް ލައްޕައިލައިފައި އަސްމާ ނަމާދަށް އެރިއެވެ. ޢިޝާ ނަމާދުކޮށްލައިގެން އަސްމާ ނަމާދުކުރުމަށް ބޭނުންކުރި ހުރިހާ ތަކެއްޗެއް ރީތިކޮށް އަލަމާރިއަށްލައި އެ ކޮޓަރީގެ ބެލްކަނި ދޮރާއި ދިމާލަށް ދިޔައެވެ. ދޮރު ނިވާވާނެހެން ދަމައިފައި އިން ފޮތިގަނޑު މައްޗަށް ހިއްލައިލުމަށްފަހު ބެލްކަނި ދޮރު ހުޅުވައިފައި އަސްމާ ބެލްކަންޏަށް ނުކުތެވެ. ބެލްކަނީގެ ރެއިލިންގް ގައި އަތް އަޅުވައިލަމުން އަސްމާ އުޑުމައްޗަށް ބަލައިލިއެވެ. އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައިވާ އެސްތަކެއްހެން އުޑުމަތީ ތަރިތައް ހުއްޓެވެ. ރޭގަނޑުގެ ރާނީ ހަނދު މެދުއުޑުގައި ރަނިކަން ކުރަމުން ދިޔައެވެ. ހަނދުގެ ފާރަވެރިންގެ ގޮތުގައި ތަރިތަށް އެކި ދިމަދިމާލުގައި ތިއްބެވެ.
އުޑުމައްޗަށް ނަޒަރު ހުއްޓައިގެން ހުރި އަސްމާގެ ދެލޯ ފެންކަޅިވާން ފެށިއެވެ. އުޑުމަތީގައި ރަނިކަން ކުރަމުން ދިޔަ ހަނދު ފެނުމުން އަސްމާ އަށް ބޮޑަށް ރޮވޭގޮތްވިއެވެ. ކިތަންމެ ވަރަކަށް ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހުނަކަސް ލޮލުން ކަރުނަ ހުހެއްނުވިއެވެ. އިއްޔެ ވީ ކަމެއްހެން އެދުވަސްތަކުގެ މަތިން އަސްމާ ވަރަށް ރަނގަޅަށް ހަނދާން ހުރެއެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން އުނދަގޫވެގެން ރެއިލިންގްގައި ހިފަހައްޓައިލައިފައިވި އަސްމާގެ އަތަށް އިތުރަށް ބާރުކޮށްލިއެވެ. ދެލޯމަރައި ތަގުޅިކޮށް ދެފަރާތަކަށް ބޯހޫރުވައިގަނެވުނީ އެ ޚިޔާލުތަކުން ދުރަށް ދެވޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެތަނުގައި އިތުރަށް މަޑުކުރަން ނަހަދައި އަސްމާ ބެލްކަނި ދޮރު ލައްޕައިލުމަށްފަހު ކޮޓަރި ތެރެއަށް ވަނެވެ. ފޮތިގަނޑު ދަމައިލުމަށްފަހު އަސްމާ ކޮޓަރީގެ ނިދާބޮކި ދިއްލައިފައި އެ ކޮޓަރީގައި ހުރި ބޮޑު އެނދުގައި އޮށޯތެވެ. ނަމަވެސް އަސްމާއަށް ނިދުން ވީ އުނދަގޫ ކަމަކަށެވެ. ސަބަބަކީ އެދުވަސްތަކުގެ ހަނދާންތައް އިރުއިރުކޮޅާ އަސްމާގެ ސިކުނޑިއަށް ވެރިވުމެވެ. އަސްމާ އެންމެ ފަހުން އެނދުންތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އަސްމާ އެހެން އިންއިރު އޭނާގެ ހަނދާންތައް ދަތުރުކުރީ މީގެ ތިރީސްހަތަރު އަހަރު ކުރިއަށެވެ.
***************
މެންދަމުގެ ވަގުތެވެ. އުޑުމަތި ސާފު ރީތި ރެއެކެވެ. ބުރުހަމަ ހަނދު އުޑުމަތީގައި ރަނިކަން ކުރަމުން ދިޔައެވެ. ހަނދުގެ ހާޒިރީގައި ކުދިކުދި ތަރިތައް އުޑުމަތީ އެކި ދިމަދިމާލުގައި އެގޮތްމިގޮތަށް ތިއްބެވެ. ކުޑަ ޑިންގީއެއްގައި ނުވަ މަހުގެ ބަނޑާއެއްކޮށް އަސްމާ އޮތެވެ. އަސްމާ ގާތުގައި އޭނާގެ ފިރިމީހާ ޒައިދް އާއި ފޫޅުމަޔަކު އިނެވެ. ބަނޑުގައި އަޅާ ގަދަވޭނެއްގެ ސަބަބުން އަސްމާއަށް ހަމަޖެހިލައިގެން ޑިންގީއަކު ނޯވެވެއެވެ. އޭގެ ބަދަލުގައި ބަނޑުގައި އަތް އަޅައި ދެފަރާތަކަށް ބޯ ހޫރުވަން އަސްމާ އޮތެވެ. ދޭތެރެ ދޭތެރެއިން އަސްމާގެ އަރުތެރެއިން ވޭނީ އާހެއްގެ އަޑު އިވިލައެވެ. ޑިންގީ ދުއްވާ މީހާ މަސައްކަތްކުރަމުން ދިޔައީ ދުއްވަމުން ދިޔަ ދުވެއްޔަށްވުރެ ބާރަށް ޑިންގީ ދުއްވާށެވެ. އަސްމާ ވިހެއުމުގެ ކުރިއަށް މާލެ ގެންދިއުމަށްޓަކައެވެ. ބަނޑުގައި އަޅައިގަތް ގަދަ ވޭނެއްގެ ސަބަބުން އަސްމާ ދިޔައީ ރޯމަހެއް ތެޅޭހެން ތެޅެމުންނެވެ. ބަނޑުގައި އެއަޅާ ވޭނާއި ރިހުމަށް އަސްމާއަށް ކެތްކުރެވޭވަރެއް ނޫނެވެ. ފޫޅުމައިމީހާ މަސައްކަތް ކުރަމުން ދިޔައީ އަސްމާ ވިއްސޭތޯއެވެ. މިނެޓްތަކެއް ފަހުން މުޅި ފަޒާގައި ގުގުމައިލީ އަސްމާގެ ވޭނީ ހަޅޭކުގެ އަޑެވެ. އަސްމާއަށް ފުން ނޭވާތަކެއް ލެވެމުން ދިޔައިރު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުވެސް ފަޒާގައި ހަރުލައިފައިވެއެވެ. ކުއްޖާ ސާފުކުރުމަށްފަހު ހުދު ފޮތިގަނޑަކުން އެކުއްޖާ ނިވާކޮށްފައި ފޫޅުމައިމީހާ ޒައިދް އަތަށް އެކުއްޖާ ލައިދިނެވެ. ކޮންމެއަކަސް އެރޭ މާލެ ދެވެންދެންވެެސް ދެމީހުން މަސައްކަތްކުރަމުން ދިޔައީ އަސްމާ އާއި އެ ތުއްތު ކުއްޖާ މަސަލަސް ކުރުމުގައެވެ.
މާލެ ދެވުމާއިއެއްކޮށް އެންމެ ފުރަތަމަވެސް އެންބިއުލެންސްގައި އަސްމާ ގެންދިޔައީ ހޮސްޕިޓަލަށެވެ. ވިހޭފަހުން އަސްމާ އިތުރަށް ބަލިވުން ނޫންކަމެއް ނުވިއެވެ. އެހެންކަމުން މާލޭ ހޮސްޕިޓަލަށް އަސްމާ ގެންދިޔައީއެވެ. ކުއްޖާވެސް އެދުވަހު ގެންދެވުނީ ހޮސްޕިޓަލަށެވެ. ކޮންމެއަކަސް ދެމައިން ހޮސްޕިޓަލުން ދޫކޮށްލެވުނީ އޭގެ އަށްވަރަކަށް ދުވަސް ފަހުންނެވެ.
ކާރުގެ ޑްރައިވިންގް ސީޓުން ޒައިދް ފައިބައިފައި ޕެސެންޖަރ ސީޓުގެ ދޮރު ހުޅުވައިދިނުމުން އަސްމާ އޭނާގެ ދަރިފުޅު އުރައިގެން ކާރުން ފޭބިއެވެ. ހުދު ފޮތިގަނޑެއްގެ ތެރޭގައި ތުއްތު ތުއްތު ޒައިން ނިދައިލައިފައި އޮތްއިރު ފެންނަނީ ނުލާހިކު މައުސޫމްކޮށެވެ. އަސްމާ ގެއަށް ވަނުމުން ޒައިދް ކާރު ގަރާޖަށް ލައިފައި ގެއަށް ވަނެވެ. ކުޑަ ކޮށްޓެއްގެ ތެރޭގައި ތުއްތު ޒައިން ބާއްވައިފައި އަސްމާ ބަދިގެއަށް ދިޔައެވެ. އެ ކޮށި ހުރީ އަސްމާއަށް އެންމެ ރީތި ކުލަ ކަމަށްވާ ރަތްކުލައިގައެވެ. “އަސްމާ ދޭ ޒައިން ގާތަށް.. އަހަރެން އަންނާނަން ހޮޓަލުން ކާލާނެ އެއްޗެއް ގަނެގެން.” ޒައިދް އެހެން ބުނުމުން އަސްމާ ކިތަންމެ ހިތްހަމަނުޖެހުނަސް އެއްވެސް ދެކޮޅު ހެދުމެއްނެތި ޒައިން ނިދައިފައި އޮތް ކޮށި ކައިރީގައި ހުރި ގޮނޑީގައި އަސްމާ އިށީނެވެ. ޒައިން ބޮޑުވައި އިނގިލި ދައްކައިލުމަށްފަހު ގެއިން ނުކުތީ އެ ދުވަހު ކާނެ އެއްޗެއް ގަތުމަށެވެ.
އަސްމާ ނިދިއަންނަވަރުން ޒައިން ނިދައިފައި އޮތް ކޮށި ދަމަމުން އަސްމާ ކޮޓަރިއަށްވަނެވެ. އެ ބޮޑު އެނދު ކައިރީގައި ކޮށި ބެހެއްޓުމަށްފަހު އަސްމާ އެނދުގައި އޮށޯތެވެ. އަސްމާ އޮށޯތީވެސް ކޮޓަރީގައި ހުރި ޓީވީއިން ޤުރްއާން އަޅުވައިފައެވެ. ކާއެއްޗެހި ގަނެގެން ގެއަށް އައި ޒައިދް އަށް ޤުރްއާން ޖަހާ އަޑުއިވިގެން ކޮޓަރިއަށް ވަނެވެ. ކާއެއްޗެހި ސައިޑް ޓޭބަލް މަތީގައި ބަހައްޓައިފައި ޒައިދް ކޮށި ކައިރިއަށް ދިޔައެވެ. ކުޑަކުޑަ ޒައިން މައުސޫމްކޮށް ނިދައިލައިފައި އޮތެވެ. ޒައިން އެހެން އޮތްއިރު އަސްމާއަކާ އެއްވެސް ތަފާތެއް ނެތެވެ. އެ ބޮޑު ދެލޯ ވަކިން އަސްމާގެ ދެލޮލާ ވައްތަރެވެ. ޒައިންގެ ދެލޯ އަސްމާ އާއި ވައްތަރަކަސް ޒައިންއަށް ލިބިފައިވި ނޫކުލައިގެ ކަޅިއަކީ ޒައިދްގެ ފަރާތުން ލިބިފައިވި އެއްޗެކެވެ. ޒައިދްވެސް ބޭނުންވީ ވެފައި ހުރި ވަރުބަލިކަމުން އަރާމުކޮށްލާށެވެ. މިހާރުވެސް އެއައީ އެ ދެމައިންނަށްޓަކައި އެތައް ދަލެއް އޭނާގެ ގައިން އޮހޮރުވައިފައެވެ. ޒައިދް އަސްމާ ގާތުގައި އެނދުގައި އޮށޯތެވެ. އިރުކޮޅެއް ނުވަނީސް ޒައިދްއަށްވެސް ނިދީގެ ފުންކަނޑަށް ޣަރަޤުވެވިއްޖެއެވެ.
“ޒައިދޫ…” ޒައިދްއަށް ސިއްސައިގެން ހޭލެވުނީ އަސްމާގެ ބާރު ހަޅޭކުގެ އަޑެވެ. އޭރު އަސްމާ މޮޔައަކު ފަދައިން ކޮށީގައި ހުރި ބާލީސްތަކާއި އެއްޗެހި ނަގައި ތަންތަނަށް އުކަނީއެވެ. “އޭތް އޭތް.. އަސްމާ ކިހިނެތްތަވީ؟” އަސްމާ ގައިގައި ހިފަހައްޓައި އެ ކޮށްޓާއި ދުރުކުރަމުން ޒައިދް އެހިއެވެ. އަސްމާ ބިރެއް ފެނިގެން އުޅުނު ފަދައަކުން އޭނާގެ އަތުން ކޮށްޓަށް އިޝާރާތް ކުރިއެވެ. ޒައިދްއަށް ރަނގަޅަށް ކޮށްޓާއި ދިމާލަށް ބަލައިލެވުނީ އެގަޑީގައެވެ. ސުބުޙާނައްﷲ އެވެ. ޒައިން އެއް ނެތެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އެ ސުވާލު ހިތަށް އެރިތާ މިނެޓްތަކެއް ފަހުން ޒައިދް ހަނދާންވީ އޭނާ ގެއަށް އައިސް ވަތްއިރު ގޭ ދޮރު ތަޅުނުލާކަމެވެ. އަދި ކުޑަމިނުން ކޮޓަރިދޮރުވެސް ތަޅުނުލެވޭކަމެވެ. ޒައިދްގެ ދެލޮލުން އެވަގުތު ކަރުނަ ހިލެން ފެށިއެވެ. “ޒައިދޫ.. މަގޭ ދަރިފުޅު ކޮބާހޭ؟” އަސްމާ އައިސް ޒައިދްގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓަމުން ރޮވިފައިވާ އަޑަކުން އެހިއެވެ. އޭރު އެދެލޮލުން ކަރުނަ ހުސްނުވެއެވެ. އަޑުވެސް ވަނީ އެއްކޮށް ކުރެހިފައެވެ. ޒައިދް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެމީހުންގެ ދަރިފުޅު ގެއްލެންވީ ގޮތަކާއިމެދު ސުވާލު އުފެދިފައެވެ. ޒައިދް އަށް ބޮޑަށް ލަފާކުރެވުނީ ވަގަކު އެމީހުންގެ ދަރިފުޅު ވަގަށް ނެގީ ކަމަށެވެ. “ޒައިދޫ. އެއްޗެކޭ ބުނެބަލަ.” ޒައިދް ލައިގެން ހުރި ގަމީހުގެ ގިރުވާނުން އަތްދޫކޮށްލުމަށްފަހު އަސްމާ ހުރިތަނަށް ތިރިވިއެވެ. ޒައިދް އަށް ހޭވެރިކަމެއް ލިބުނީ އެއަށްފަހުގައެވެ. ޒައިދް ކުރުފައިމައްޗަށް ތިރިވެ އަސްމާގެ ކޮނޑުގައި އޭނާގެ އަތް ބާއްވައިލިއެވެ. “ކޮބާހޭ މަގޭ ދަރި؟” ޒައިދްގެ އަތް ފޮޅުވައިލަމުން އަސްމާ ހަޅޭއްލަވައިގަތެވެ. “އަސްމާ ހަމަޖެހިބަލަ. އަހަރެން މިހުރީނު. އެއްވެސް މީހަކަށް އަހަރުމެންގެ ޒައިންއަކަށް އެއްވެސް ގޮތެއް ނެހެދޭނެ. މިހެން ތިބުމުގެ ބަދަލުގަ އަހަރުމެންވެސް މަސައްކަތް ކުރަންވީ އަހަރުމެންގެ ދަރިފުޅު ހޯދޭތޯ. ދެން ނުރޮއެ ހުއްޓާލާ. އިންޝާﷲ އަހަރެމެންނަށް އަދި އެ ދަރިފުޅު ލިބޭނެ.” އަސްމާ ގެނެސް ޒައިދްގެ މޭތެރޭގައި ފޮރުވައިލަމުން ބުންޏެވެ.
****************
“އެވްރީ ސައުންޑް އެންޑް އެވްރީ ވޮއިސް އިން އެވްރީ ލެންގުއެޖް އެވަރ ހަރޑް. އީޗް ޑްރޮޕް އޮފް އިންކް ދެޓް ހޭސް ބީން ޔޫސް ޓު ރައިޓް އެވްރީ ސިންގްލް ވޯރޑް. ދޭ ކުޑް ނެވަރ ޕޮޓްރޭ އެވްރީތިންގ އައި ފީލް އިން މައި ހަރޓް އެންޑް ވޯންޓް ޓު ސޭ.. އެންޑް އިޓްސް ހަރޑް ޓު އެކްސްޕްލެއިން ވައި ކުޑް ނެވަރ ޑިސްކްރައިބް މައި ލަވް ފޯ ޔޫ…” އަސްމާ އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް އަވަސްއަވަހަށް ފުހެލީ އާރިޝް ލަވަކިޔަމުން އަންނަ އަޑު އިވިފައެވެ. އަސްމާ އަވަހަށް އޮށޯވެ ނިދިކަމަށް ހެދިއެވެ. ފަހަރުގައި އާރިޝް އައިސް ކޮޓަރިއަށް ވަދެފާނެތީއެވެ.
އާރިޝް ލަވަކިޔަމުން ތިރިއަށް ފައިބައި ކާކޮޓަރިއަށްވަދެ ފްރިޖުން ފެންފުޅިއެއް ހިފައިގެން އަނެއްކާވެސް އަނބުރައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. ފުޅިން ފެންފޮދެއް ބޮއެލުމަށްފަހު ސައިޑްޓޭބަލް މަތީގައި ފެންފުޅި ބަހައްޓައިފައި އާރިޝް އޭނާގެ ފޯނު ހުޅުވައިލިއެވެ. އާރިޝްގެ ހިތުގެ އެއްފަޅި ކަމުގައިވާ ޓިކްޓޮކް ހުޅުވައިލުމަށްފަހު އޭނާ ކޮމެންޓް ނުކޮށް ހުރި ޓިކްޓޮކް ލަވަތަކަށް ކޮމެންޓްކުރަން ފެށިއެވެ. އާރިޝްއަށް އެއީ ކޮންމެހެންވެސް ވާޖިބުކަމެއްހެން ހީވެއެވެ. ނުދަންނަ މީހުން ހަދައިފައި ހުންނަ ޓިކްޓޮކް ތަކަށްވެސް އާރިޝް ކޮމެންޓްކުރެއެވެ. އެހެންގޮތަކަށް ބުނަނީނަމަ އާރިޝް ކޮމެންޓްނުކުރާ އެންމެ ޓިކްޓޮކް ލަވައެއްވެސް ނީންނާނެއެވެ.
ފަތިސް ނަމާދު ބަންގީގެ އަޑަށް ގަދަނިންޖަކުން ނިދިފައި އޮތް ނައިޒަކްއަށް ހޭލެވުނެވެ. ނައިޒަކް ތެދުވެ އެނދުމަތި ތަރުތީބުކޮށްލުމަށްފަހު ފާޚާނާއަށް ވަނެވެ. ފާޚާނާއަށް ވަދެ ރީތިކޮށް ފެންވަރައި ވުޟޫކޮށްލައިގެން ނުކުމެ ތުވާލި ހިއްކަން އަޅުވައިފައި ނައިޒަކް ކޮޓަރީގައި ހުރި ބޮޑު އަލަމާރި ހުޅުވައިލިއެވެ. ކަޅުކުލައިގެ އަތްކުރު ޓީޝާޓަކާއި ކަޅުކުލައިގެ ފަޓްލޫނު ލައިގެން ނައިޒަކް މިސްކިތަށް ދާން ނުކުތެވެ. ކޮޓަރިން ނުކުމެ ސިޑިބަރިއާއި ހަމައަށް ދެވުނުތަނާ ފަހަތުން އާރިޝް ނައިޒަކްއަށް ގޮވައިލި އަޑު އިވުނެވެ. “ކީކޭ ތިއްތިބޭ؟” ފަސްއެނބުރި އާރިޝްއާއި ދިމާލަށް ބަލައިލަމުން ނައިޒަކް އެހިއެވެ. “މަޑުކޮށްލާ ތިއްތިބެއާ އެއްކޮށް ދާން. މި ނުކުންނަނީ ފަސް މިނެޓް ތެރޭ އިނގެ.” އާާރިޝް އެހެން ބުނެ އަނެއްކާވެސް އޭނާގެ ކޮޓަރިއަށްވަނެވެ. ނައިޒަކް ތިރިއަށް ފައިބައި ސޯފާގައި އިށީނެވެ. މާކަ ގިނައިރަކު އިންތިޒާރުކުރާކަށްވެސް ނުޖެހުނެވެ. އާރިޝް ތައްޔާރުވެގެން ނުކުތީ ތިން މިނެޓް ތެރޭގައެވެ. “ހާދަ އަވަހަކަށް!” ނައިޒަކް ޙައިރާންވާކަމަށް ހެދެމުން ބުނޏެވެ. “މޮޅެއްނު! ރޭގަ ނިދާލީމޭ ރަނގަޅަށް.. އެހެންވެ. ހިނގަ ދާން.” އާރިޝް އެހެން ބުނުމުން ނައިޒަކް ސޯފާއިން ތެދުވެ އާރިޝް އާއި އެއްކޮށް މިސްކިތަށް ދާން ހިނގައިގަތެވެ.
ނަމާދުކޮށްގެން ދެބެން މިސްކިތުން ފޭބިތަނާ ފަހަތުން ޝަމީމްގެ އަޑު ދެެބެންގެ ކަންފަތުގައި ޖެހުނެވެ. “އޭ ޝައްމު. ކީއްކުރަނީ މިކޮޅުގަ؟” ޝަމީމްގެ ކޮނޑުގައި އަތް އަޅުވައިލަމުން ނައިޒަކް އެހިއެވެ. “ކޮއްކޮ މިއަދު މާލެ އަންނާތީވެ އޭނަ ބަލައި ދާންވެގެން މާލެ އައިސް މިއުޅެނީ.” ޝަމީމް ބުންޏެވެ. “އެއްކަލަ މަންޖެ ދޯ. ކޮން ނަމެއްތަ ކިޔަނީ އެމަންޖެއަށް؟” ނައިޒަކް އެހިއެވެ. “ޝިމާޔާ.. ނައިކުއަށް އިނގޭތަ އޭނަ؟” ޝަމީމްއަށް އެހެން އަހައިލެވުނީ ކުޑަކޮށް ހައިރާންވެފައި ހުރެއެވެ. ނައިޒަކް އަށް ޝިމާޔާ އެނގޭކަމެއް ޝަމީމް އަކަށް ކުރިއަކުން ނޭނގެއެވެ. “އާނ ޝިމާޔާ ދޯ ކިޔަނީ. އިންސްޓާ އިން ފެނޭވިއްޔަ. ހުރޭ ވަރަށް ބައިވަރު ފޮޓޯތައް ޝެއަރ ކޮށްފަ. ވަރަށް ސަޅި އޭނަ ޝެއަރ ކޮށްފަ ހުންނަ ފޮޓޯތައް.” ނައިޒަކް އަށް ޝިމާޔާ އަށް ތަޢުރީފު ނުކޮށެއް ނުހުރެވުނެވެ. “އާން. އޭނަ ވަރަށް މަޝްހޫރުވާނެ އިންސްޓާގަ. ވަރަށް ގިނަ ވާނެ އޭނާގެ ފޮލޯވަރސް…. އޭތް ދެން ދަނީ އިނގެ. އަށެއް ޖަހާއިރު ލޯންޗު ލަފާނެ.” އަމިއްލަ ކޮއްކޮއަކީ ކޮންކަހަލަ މީހެއްކަން ނޭނގިހުރެ ޝަމީމްވެސް އޭނާގެ ކޮއްކޮއަށް ތަޢުރީފުކުރިއެވެ. ޝަމީމް މާ އަވަހަކަށް ދާން ހިނގައިގަތުމުން ނައިޒަކް އޭނާ ހިފެހެއްޓިއެވެ. “ބަލަ އަދި ހައެއްވެސް ނުޖަހާ. މާ އަވަހަކަށްނު ދާން ތި އުޅެނީ.” ނައިޒަކް އެހެން ބުނުމުން ވަރަށް އެމަރޖެންސީ އޭ ބުނެ ޝަމީމް ދާން ހިނގައިގަތެވެ. “އެއީ ކާކުތަ؟” ޝަމީމް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ އާރިޝް އެހިއެވެ. “އެއީ އަހަރެންގެ ކްލާސްމޭޓެއް ކިޔަވަން އުޅުނުއިރު.” އާރިޝް އެހެންދޯއޭ ބުނެ ދާން ހިނގައިގަތުމުން ނައިޒަކްވެސް އާރިޝްގެ ފަހަތުން ދާން ހިނގައިގަތެވެ.
ސެކިއުރިޓީ ގާޑު ގޭޓު ހުޅުވައިދިނުމުން ދެބެއިން އެއްކޮށް އެތެރެއަށްވަނެެވެ. އޭރު އަސްމާ ބަގީޗާގައި ހުރި މާގަސްތަކަށް ފެންދޭން ހުއްޓެވެ. ދެން ތިބި ތިން ބެއިން ތިބީ ބެންޗުގައި އޮލަ ވާހަކަތަކެއް ދައްކާށެވެ. އަސްމާވެސް ދޭތެރެއަކުން އެކުދިންގެ ވާހަކައިގައި ބައިވެރިވަމުން ދިޔައެވެ. “ދިމާވޭތޯއެ ޔާރާ ހުރީމޭ މިރޭ.. ވަޔާ ވިއްސާރަ ބޯކޮށް އައީމާ މިރޭ. ހާދަ ހިތުގާ ޖެހޭ.. ހަނދުމަ ވާތީ ރޮމޭ.. ތެމެނީ އެހީވާށެ ރަހުމުކުރޭ ޔާރާ މަގޭ…” އަސްމާ އާއި ސަމާސާކޮށްލުމުގެ ނިޔަތުގައި އާރިޝް ލަވަކިޔަމުން ގޮސް ފަހަތުން އަސްމާގެ ކަރުގައި އޭނާގެ އަތްވަށައިލަމުން އަސްމާ ގައިގައި ބައްދައިލިއެވެ. “ޕިސް ޕިސް.. އެއްކަލަ އާރިޝް ދޯ މިއުޅެނީ. ދެން އުނދަގޫ ނުކޮށް ދޭބަލަ ސައިބޯން.” އާރިޝްގެ އަތް ކަރުން ނައްޓުވައިލަމުން އަސްމާ ބުންޏެވެ. އަސްމާ އެހެން ބުނުމުން އާރިޝް އިތުރަށް އަސްމާއާއި ސަމާސާކުރާ ހިތްވީއެވެ. އެހެންކަމުން އާރިޝް އަސްމާގެ އުނަގަނޑުގައި ކޮށްޓައިލިއެވެ. “ޕިސް ޕިސް.” އަސްމާ ފަހަތަށް އެނބުރި އާރިޝްގެ ކަންފަތުގައި ހިފަން އުޅުނުތަނުން އާރިޝް ޚުޝިޔާރުކަމާއިއެކު ދުއްވައިފައި ގޮސް ގޭތެރެއަށްވަނެވެ. “ވަރުގަދަ ކުއްޖެއް ތިހުރީ މަށަށް ލިބިފަ.” އަސްމާ ދެފަރާތަކަށް ބޯހޫރުވައިލަމުން އަނެއްކާވެސް ގަސްތަކަށް ފެންދޭން ފެށިއެވެ.
“މުނީ ކޮބާތަ ޝިވާން؟” ގޭދޮރުން ބޭރަށް ބޯދިއްކޮށްލަމުން އާރިޝް އެހިއެވެ. “ޝިވާން އިއްޔެ ރަށަށް ގޮއްސި. ޝިވާންގެ މަންމަ ކައިރިއަށް އޭނަ އެ ދިޔައީ. ބުނީ އަންނާނަމޯ ދުވަސްކޮޅެއް ކޮށްލާފަ.” މުނީޝާ ބުންޏެވެ. އާރިޝް އެހެންހެއްޔޭ ބުނެ ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އާރިޝް އަމިއްލައަކަށް ކޮފީތައްޓެއް ގިރައިގެން މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ފްރިޖުން އާރިޝްއަށް އެންމެ މީރު ބިސްކޯދު ޕެކެޓު ނަގައި އެ ހިފައިގެން އައިސް މޭޒުކައިރީގައި އިށީނެވެ. ސައިބޮއެ ނިންމައިލުމަށްފަހު އާރިޝް ބިސްކޯދު ޕެކެޓު ފްރިޖަށް ލައިފައި ކޮފީބުއި ތަށި ހިފައިގެން ބަދިގެއަށްވަދެ ތަށި ދޮވެލިއެވެ. އާރިޝް ކިތަންމެ ގިނައިން އޭނާގެ ‘ހިތުގެ ވިންދު’ ކަމަށްވާ ފޯނު ހިފައިގެން ޓިކްޓޮކް ބަލަން ކޮޓަރީގައި އޮތަކަސް ކޮންމެވެސް އުޅުމެއް އެބަހުރިތާއެވެ. މިކަހަލަ ޒުވާނަކު މިހާރު މަދުވާނެއެވެ. ފިރިހެނަކަށް ވިޔަސް އާރިޝް އަކީ ބަދިގޭގެ މަސައްކަތްތަކަށް ނުލާހިކު ޝައުޤު ހުންނަ މީހެކެވެ. ނަމަވެސް އެ މަސައްކަތްތައް ކުރުމުގެ ބަދަލުގައި އާރިޝް އަށް ކުރެވޭހާވެސް ކަމަކީ މީހުން ބަދިގޭގެ މަސައްކަތް ކުރާތަން ބެލުމެވެ.
“ރިޝޫ.” ކާކޮޓަރިން ނުކުތް އާރިޝް އަށް ސިޓިންގް ރޫމް ސޯފާގައި ލެޕްޓޮޕް ހިފައިގެން އިން ރިޝާނާ ފެނި ރިޝާނާގެ އިސްތަށިގަނޑުގައި ހިފައި ދަމައިލިއެވެ. “ޕިސް. މި ތިއްތިބެވެސް ނުލާހިކު ޖެއްސުންކުރާނެ.” އާރިޝް ރިޝާނާ ގާތު ސޯފާގައި އިށީނުމުން ދެބުމަ ގޮށްޖަހައިގެން އިނދެ ރިޝާނާ ބުންޏެވެ. “ތި އިސްތަށިގަނޑު ފެނިއްޖެއްޔާ ކޮންމެ މީހަކުވެސް އެހެން ހަދާނެ. ނުލާހިކު ރީތި އިސްތަށިގަނޑެއްނު ތިއޮތީ ރިޝޫއަށް ލިބިފަ.” ރިޝާނާގެ ބޮލު އިސްތަށިގަނޑާއި ކުޅެމުން ލެޕްޓޮޕަށް ނަޒަރު ހުއްޓައިލައިގެން އިނދެ އާރިޝް ބުންޏެވެ. “ދެން ކުޅެވިއްޖެއްނު އިސްތައްޓާ. ދެން ދޫކޮށްލާ.” ރިޝާނާއަށް އެންމެ ފަހުން އުނދަގޫވެގެން ބުންޏެވެ. އާރިޝް އޯކޭ އޭ ބުނެ ރިޝާނާގެ އިސްތަށިގަނޑުން އަތް ދޫކޮށްލިއެވެ. “ކޯއްޗެއް ތި ބަލަނީ؟” ރިޝާނާގެ ލެޕްޓޮޕަށް ނަޒަރު ހުއްޓައިލައިގެން އިނދެ އާރިޝް އެހިއެވެ. “މި ރިސާޗެއް ހަދާލަނީއޭ. ރާއްޖެތެރޭ ރަށަކާ ގުޅޭގޮތުން.” ލެޕްޓޮޕް ސްކްރީން ސްކްރޯލް ކުރަން އިނދެ ރިޝާނާ ބުންޏެވެ. “އޯ.. ދެން ކޯއްޗެއް އެނގުނީ ތި ދިރާސާއިން؟” އާރިޝް އެހިއެވެ. “ރިޝޫ މިހާތަނަށް ހެދި ރިސާޗުން އެނގުނު ގޮތުގަ އޮވޭ ވަރަށް ރީތި މަގެއް. ވަރަށް ރީތިކޮށް ކުނިކަހާފަ އޮންނާނީ އެ މަގު. ދެން އެހެންތަންތަންވެސް ހަމަ ރީތިކޮށް ކުނިކަހާފަ ހުންނަނީ. އެ މަގު ރިޝޫއަށް އެންމެ ރީތިވީ އަސްލު.. އަދި ވަރަށް ގިނަ މީހުން އެ މަގުގަ ފޮޓޯވެސް ނަގާފަ ހުރޭ. މަގުގެ ދެއަރިމަތީގައި ސިފައިންގެ ސަފުތަކެއްހެން ރުށްތައް ހުރި. އެއީ ރިޝޫ އެންމެ އަޅައިގަތް ތަންކޮޅު. ދެން ދެފަރާތުގަ ހުންނާނީ ހަމަ ބޯ ވިނަ ހެދިފަ. ވަރަށް ސަޅި އެ މަގު. ރިޝޫ ވަރަށް ބޭނުން އެ ރަށަށް ގޮސް ހަމަ އެ މަގުގެ މެދުގަ ހުރެ ފޮޓޮއެއްނަގަން.” ރިޝާނާ ހުވަފެނީ ގޮތަކަށް ބުންޏެވެ. “އިންޝާﷲ.. ރިޝޫ ރަނގަޅަށް މަސައްކަތް ކޮށްފިއްޔާ ތިބުނާ ތަނަކަށް ދެވޭނެ. ތިއްތިބެ ގޮވައިގެން ދައްޗޭ އިނގެ.” އާރިޝް އެހެން ބުނުމުން ރިޝާނާ އިންޝާﷲ އޭ ބުނެ އަނެއްކާވެސް ލެޕްޓޮޕްގެ ސްކްރީނަށް ބަލައިލިއެވެ. އެވަގުތު ފެނުނު ފޮޓޮއަކުން ރިޝާނާ ހުއްޓުން އަރާގޮތްވިއެވެ.
“މީނީ ހާދަ ދޮންބޭބެއާ ވައްތަރު މީހެކޭ!” ހައިރާންކަން އެކުލެވިފައިވި އަޑަކުން ރިޝާނާ ބުންޏެވެ. އާރިޝްވެސް ވަރަށް ރަނގަޅަށް އެ ފޮޓޮއަށް ބަލައިލިއެވެ. ތެދެކެވެ! ނައިޒަކް އާއި އެ ފޮޓޯގައި އިން ޒުވާނާއާއި އެއްވެސް ތަފާތެއްނެތެވެ. އެ ޒުވާނާގެ ދެލޮލުގެ ކަޅި އިނީ ނޫކުލައިގައެވެ. ރަނގަޅަށް އެ ފޮޓޮއަށް ބަލައިލައިފިއްޔާމުން އެއީ ލައްވާފައި އިން ލެންސެއް ނޫންކަން އިނގޭނެއެވެ. ތުނިކޮށް ފަޅާފައި ހުރި ތުނބުޅިން އިތުރަށް ނައިޒަކް އާއި ވައްތަރުކުރުވައެވެ. “ތީ ހަމަ ޒެކް. އެކަމް ޒައިން ޖަހާފަ ދޯ އޭނީ.” އާރިޝް ސޯފާގައި ލެނގިލަމުން ބުންޏެވެ. “ނޫނޭ ތިއްތިބޭ. މި ނުވާނެ ދޮންބޭބެއަކަށް. އެހެންނޫނަސް ބަލާބަލަ މީނަ ލައިގެން އިން ގަމީސް. ރަތްކުލައިގެ ގޮޅިޖެހި ގަމީހެއް ލައިގެން އެއިނީ. ދޮންބޭބެ ނުލައެއްނު މިކަހަލަ ގަމީހެއް!” ރިޝާނާއަށް ފާހަގަވި ކަންތައްތައް ރިޝާނާ ކިޔައިދިނެވެ. ރާއްޖެތެރޭ ރަށެއްގެ ތުނޑިމަތީގައި އެ ޒުވާނާ ފޮޓޯނަގައިފައި އިންއިރު ރަތްކުލައިން ‘ޒައިން’ ލިޔެފައި އިނެވެ. އަދި އެނަން ކައިރީގައި ޔޫޓިއުބް ލިންކެއްވެސް އިނެވެ. ރިޝާނާ އެ ލިންކް މައިކްރޮސޮފްޓް ވޯޑުގައި ޓައިޕްކޮށްލުމަށްފަހު އެ ޓެބް ކްލޯސްކޮށްލިއެވެ.
ރިޝާނާ ‘ކްރޯމް’ އަށް ވަދެ ސަރޗް ކުރަން ޚާއްޞަ ކޮށްފައި އިންނަ ގޮޅީގައި އެ ލިންކް ލިޔުނެވެ. އެންޓަރ އަށް ފިތައިލުމުން އައީ ޔޫޓިއުބް ވީޑިއޯތަކެކެވެ. އެ ވީޑިއޯތައް އަޕްލޯޑް ކޮށްފައި ހުރި މީހާގެ ނަން ރިޝާނާއަށް ފެނުނީ ދެނެވެެ. “ޒައިން ޢަލީ ޒައިދް.” ރިޝާނާ މަޑުމަޑުން އެ ނަން ކިޔައިލިއެވެ. “ވާޓް.. އަލީ ޒައިދޭ!!!” ބިޗުލެއް ކަށިޖެހީމާ ހަޅޭއްލަވައިގަންނަހެން އާރިޝްއަށް ހަޅޭއްލަވައިގަނެވުނެވެ. “ދައްކަބަލަ.” ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އާރިޝް މޭޒުމަތިން ލެޕްޓޮޕް ނަގައި އޭނާގެ އުނގަށް ލިއެވެ. “މަންމާ އާދެބަލަ!” ގޭތެރެއަށް ވަތް އަސްމާ ފެނި ރިޝާނާ ގޮވައިލިއެވެ. “ކިހިނެތްވީ؟” އަސްމާ އައުމުން ރިޝާނާ އެއްފަރާތަކަށް ޖެހި އަސްމާ ގާތު އިށީނުމަށް ބުންޏެވެ. މިހާރު އަސްމާ އިނީ ރިޝާނާ އާއި އާރިޝް އާއި ދެމީހުންގެ މެދުގައެވެ. އާރިޝް ލެޕްޓޮޕް ހިފައިގެން އިންގޮތުން އަސްމާއަކަށް ރީތިކޮށް ލެޕްޓޮޕްގެ ސްކްރީނެއް ނުފެނެއެވެ. “ވަރަށް އެހެންކަހަލަ ފޮޓޮއެއް ފެނިގެން މިއުޅެނީ.” އާރިޝް އެހެން ބުނެ އަސްމާއަށްވެސް ފެންނާނޭހެން ލެޕްޓޮޕް މޭޒުމަތީގައި ބޭންދިއެވެ. “މީ ކާކުކަން މަންމައަށް އިނގޭތަ؟” ޕްރޮފައިލް އަށް ލައިފައި އިން ޒައިންގެ ފޮޓޯ ދައްކަމުން އާރިޝް އެހިއެވެެ. އަސްމާ ދެލޯ ހަނިކޮށްލަމުން އެ ފޮޓޮއަށް ބަލައިލިއެވެ. “ނޭނގެ އެއްގޮތަކަށްވެސް. އެކަމަކު ދަރިފުޅުމެންގެ ބައްޕަޔާ ހާދަ ވައްތަރޭ.. ޒެކް އެއް ނޫންތަ އެއީކީ؟” އަސްމާ އަށް ހީވިގޮތަށް އޭނާ ބުންޏެވެ. “އެކަމް ދޮންބޭބެއެއްނޫން އެއީކީ. ޒައިން ޢަލީ ޒައިދް ޖަހާފަ އިނީ.” އެ ޙައިރާންކަންމަތީ އިނދެ ރިޝާނާ ބުންޏެވެ. އިވުނު ނަމަކުން އަސްމާގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވައިލެވުނު ފަދައެވެ. އެ ނަން އިވުމުން އަސްމާއަށް އޭނާގެ މާޒީގެ ޞަފްޙާތަކުން ކުރެ ޞަފްޙާއެއް އޭނާގެ ކުރިމަތީގައި ހުޅުވިގެންދިޔަ ކަހަލައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.





Dear readers! Here is the third episode of Ma’aaf. Hope you all will like it. And alhugandau ebain kuda mistake eiy hedhifa. Dhevana folhuvathuga ‘kurehuntheriegge’ badhaluga ‘kulhuntheriekey’ eynee liyevifa. Sorry for that. Proof read kuri iruga ethankolhu alhainugane eynee. Sorry dears. Enjoy reading and leave a comment.
Me First thaa???..Alhamdhulillah…mi part vx vrh superb ngey sweet donti???…hehe..waiting for the next❤❤❤ly darlinn ???
yes magnum you are first. Congratulations. Thank you so much sweet magnum <3 <3 <3 <3 <3 Hatharuvana episode v avahah upload kolladheynan inge dear 🙂 🙂 🙂 🙂 And love you too magnum <3 <3 <3 <3 <3 <3
Mi part vx hama ehaa furihama ingey dhonthy…and waiting for the nxt part….lysm dhonthy….
Awwwwnn thank you so much Kairaa 🙂 🙂 🙂 Hatharuvana episode v avahah upload kolladheynan. And love you too Kairaa <3 <3 <3 <3 <3
Alheyyyyy… Haadha ryhchey Mi part vx.. Hama enme kiyaahihvaa tankolhun e nimenyy ❤️❤️❤️❤️??????❤️❤️❤️❤️❤️❤️??❤️?
Hehe dhw Aisher. Thank you so much Aisher <3 <3 <3 <3
Varah furihama….v reethi….. Varah avahah next part up koh dhehchey……
Thank you so much raanee 🙂 🙂 Yeah v avahah next episode upload kolladheynan inge <3
Woww ???? varah Varah Reethi ingyy ????? whn is next part ????? curiously waiting for the next part ???? ???one of my favourite story ??????? luv yeahhhh ❤️ ❤️❤️❤️❤️??????
Thank you Meekkomee 🙂 V avahah dhen oiy episode upload kolladheynan inge dear. Maybe Tuesday or Wednesday. ehennooniyyaamun eygeves kurin. Love you too Meekkomee<3 <3 <3 <3 <3 <3
Maasha Allah v Reethi mi part vx….. Curiously Waiting fr nxt part…. LYSM sis…
Thank you so much Kylie 🙂 🙂 🙂 🙂 V avahah dhen oiy episode upload kolladheynan. Tuesday noonee Wednesdayga upload kolladheynan. Noonee eauvureves avahah inge Kylie. And love you too dear <3 <3 <3 <3 <3 <3 <3
Wow???
Varah reethi mi bai ves❤❤❤
Varah curious vefa hutta nimunee???
Waiting for next part☺☺☺
Luv yuh dhonthy???
Awwwwnnn. Maiii you are so sweet <3 <3 <3 Yeah mifaharu hithau eree hama curious kollaanee ey kiyuntherin. Hehhe. Hatharuvana episode v avahah upload vane. Keep waiting. Love you too Maii <3 <3 <3 <3 <3
Varah???? Varah???? reethi???? maa sha Allah ???curiously ????waiting ????for ???the ????next ???part???lysm sis
Thank you so much yanaa 🙂 🙂 Next part Tuesday noonee Wednesday ga genesdheveythoa balaanan inge dear. And love you too Yanaa <3 <3 <3 <3
Ma Sha Allah mi episode ves varah furihama
Ayeee thanks Kiyaa sis <3 <3 <3 Sis ge storyves Maasha Allah hama v reethi.