އެއިރު ނިކްހާގެ ބޮލުން ފައިބަމުން ދިޔަލެއިން ސިޓިންރޫމްގެ ހުދު މާބްލްސްތައް ރަތްވަމުން ދިޔައެވެ. ޔަނާލް ނިކްހާގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއިރު އަޑުންއަޑުނަގައި ރޯންފެށުނެވެ. އެއްފަހަރު ނިޝާ ކޮޓަރި ދޮރާ ދިމާއަށް އަނެއްފަހަރު ނިކްހާ އާ ދިމާއަށް ބަލަމުން ދިޔަ ޔަނާލް އަށް އެކޮޓަރި އަށް ވަންނާކަށް ނުކެރުނެވެ. ހާސްވެފައި އިންވަރުން އާއިލާ މީހަކަށް ގުޅަން ވެސް ހަނދައިން ވީ އިރުކޮޅެއް ފަހުންނެވެ.
އަވަސް އަވަހަށް ޔަމާން އަށް ގުޅާ ކުރުގޮތަކަށް ވީގޮތް ކިޔައިދިނުމަށްފަހު އަވަހަށް އައިސްދިނުމަށް ބުނަމުން ޔަނާލް ފޯނު ކަނޑާލިއެވެ. ކުރުވަމުން އައިނޭވާތަށް ހަމައަކަށް އަޅުވަމުން ނިކްހާއަށް ބަލައިލި ޔަނާލްގެ މެއަށް ނުބައިގޮތެއް ވެގެން ދިޔައެވެ. މުޅިސަރަހަށްދުގައި ލޭގެ ކޯރެއް ހެދެމުން ދިޔައިރު ހާސްވެފައި އިންވަރުން ޔަނާލްއަށް އެއިން ކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާ ލައިގެންއިން މަޑުނޫކުލައިގެ ހެދުމުގައި ވަނީ މުޅިންހެން ލެއެވެ. ޔަނާލްގެ ހިތުގައި ބިރުވެރި ކަމުގެ ރާޅު ބާންޏެއް ދުވެލިއެވެ. އޭނާ މަޑުމަޑުން އަތްއުފުލާލަމުން ނިކްހާގެ އިސްތަށިގަނޑު ހިއްލާލާ ބަލައިލި ވަގުތު އޭނާގެ މޭގަނޑު އަނގަޔަށްނައީ ކިރިޔާއެވެ. އެއިރު ކައިރިވަމުން އައި ޕޮލިސް ސައިރެންގެ އަޑާއެކު ޔަނާލްގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ.
ޔަނާލް ގުޅާފައި ދެއްކި ވާހަކައަކުން ޔަމާން ހާސްވެ ކަންބޮޑުވިއެވެ. އަތުގައި އޮތް ޓީވީ ރިމޯޓު އެއްލައިލައިފައި ގެއިން ނުކުމެ ދުއްވައި ގަތްއިރު ސައިކަލު މަތިންވެސް ހަނދައިނެއް ނެތެވެ. ޔަމާން އަށް އެހިސާބަށް ދެވުނު އިރު ނިކްހާ އެންބިއުލާންސަށް އަރުވަނީއެވެ. ޔަމާން މީހުންތަށް ދުރުކުރަމުން ކުރިއަށް ދިއައީ ޔަނާލް ހޯދާށެވެ. އެވަގުތު އެމްބިއުލާންސް ކައިރީގައި ހުރި ޔަނާލް ފެނިފައި ޔަމާން އަށް އެދިމާއަށް ދެވުނު ގޮތްވެސް ނޭނގެއެވެ. ޕޮލިހުން އާންމުން ތައް ދުރައްޖައްސަމުން ދިޔަވަގުތު ޔަމާން އަވަހަށް ގޮސް އެމްބިއުލާންސްއަށް އެރިއެވެ.
ޕޮލިހުން މައްސަލަ ތަހުގީގުކުރަން ފެށިއެވެ. ފަންކާގައި ދަންޖެހިފާ ހުރި ނިޝާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފެށިއިރު ޕޮލިހުން މުޅި އެ ސަރަހައްދު ގައި ހަރަކާތްތެރި ވަމުން ދިޔައެވެ. ނިޝާ ހަމައެކަނި ދަންޖެހިފައި ހުރީކީ ނޫނެވެ. އަތުގެ ކުޑަހުޅުގައި ފުންކޮށް ކަޓަރު އަޅާފައި ހުރިއިރު ކަރުގައިވެސް ފުންޒަހަމެއް ހުއްޓެވެ. ނޭފަތުންނާއި އަނގައިން ލޭއައިސްފައި ހުރިއިރު ނިޝާގެ ބުޅި އިސްތަށިގަނޑު އެގޮތް މިގޮތަށް ހޭވިފައި ހުރުމުން ނިޝާގެ މޫނު ފެންނަނީ ބިރުވެރި ގޮތަކަށެވެ. އެދޮން މޫނުގައި ފުން ޒަހަމްތައް ހުރިއިރު ލައިގެންހުރި ރީނދޫކުލައިގެ ޓޮޕްކޮޅުގައިވެސް ވަނީ ހުސްލެއެވެ.
ނިކްހާ ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީގައި ފަރުވާދޭން ފެށިއެވެ. ފަރީޝާ އަށް މިހަބަރު ލިބުމުން ދުވެފައި ހޮސްޕިޓަލަށް އައެވެ. ޔަމާން އައިސީޔޫ ކުރިމަތީގައި ހުރި ގޮނޑިބަރީގައި އިނީ ނިކްހާގެ އެހީތެރިޔެއް ނެތުމުންނެވެ. މީހަކުއައިސް ޔަމާންގެ ގައިގައި އޮޅުލައިގަނެ ރޯން ފެށުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ.
“ދަރިފުޅާ… ކިހިނެއްތަވީ، މީހުން ކީކޭތަ އެކިޔަނީ… ނިޝާ… ކޮބައިތަ؟… ފަރީޝާ ރޮމުން އެތަކެއް ސުވާލެއް ކުރިއެވެ. ޔަމާން ކަންހިނގި ގޮތް ކޮންމެވެސް ވަރަކަށް ކިޔައި ދިނެވެ.
“މަންމާ، ހަމަޖެހިބަލަ… އިހަށް ޔަނާ ގޮވައިގެން ގެއަށް ދޭ…” ފަރީޝާ އިތުރަށް ކަންބޮޑުވެދާނެތީ ނިކްހާގެ ހާލަތު ހުރިގޮތް ބުނެދޭކަށް ނުކެރުނެވެ. އެވަގުތު ދޮރުހުޅުވާލާފައި ނުކުތް ޑަކުޓަރު ފެނި އަވަސް އަވަހަށް އެދިމާއަށް ދިޔަ ޔަމާންގެ ފަހަތުން ފަރީޝާ ވެސް ދިޔައެވެ.
“ޕޭޝަންޓު ވަރަށް ހާލުދެރަ… ގިނަ އަދަދެއްގެ ލޭ ހަށިގަނޑުން ބޭރުވެފައި ހުރުމުން ވަރަށް އަވަހަށް އޯ ޕޮޒިޓިވް ލޭ ބޭނުންވޭ…”ޑަކުޓަރު އަވަސް އަވަހަށް ވާހަކަ ދެއްކުމަށްފަހު އެތެރެއަށް ވަދެގެންދިޔައިރު ފަރީޝާ ޔަމާން އަށް ބަލަހަށްޓައިގެން ހުރީ އެކީ ކީކޭހޭ އަހާލާފަދަ ގޮތަކަށެވެ.ޑަކުޓަރު ވާހަކަދެއްކީ އިނގިރޭސިން ކަމުން ފަރީޝާ އަށް ޑަކުޓަރު ކީއެއްޗެއް ނޭނގުނެވެ. “ދަރިފުޅާ..” ޔަމާންގެ އަތުގައި ހިފަހައްޓާލަމުން ފަރީޝާ ގޮވާލީ ޔަމާން ވާހަކަ ނުދައްކާ ހުރުމުންނެވެ.
“މަންމާ، ހުރިހާ ކަމެއްވެސް ރަނގަޅޭ… މަންމަ ދޭ ޔަނާ ގޮވައިގެން… އަހަރެން ހުރިހާ ކަމެއްވެސް ހަމަޖައްސާނަމޭ…” ފަރީޝާ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ވާހަކަދެއްކި އިރު ޔަމާންގެ އަޑުގައި9ވީ ނުތަނަވަސްކަން ފަރީޝާ އަށް ސިއްރެއްނުވިއެވެ. ނަމަވެސް އިތުރަށް ސުވާލުނުކޮށް ފަރީޝާ ޔަނާލް ކައިރިއަށް ދިޔައީ ޔަނާލްގެ ހާލަތު ހުރިގޮތުންނެވެ.
އިރުގެ ރަންދޯދިތައް މަދުވަމުން ގޮސް ދުނިޔެމަށްޗަށް އަނދިރިކަން ވެރިވަނީއެވެ. ކާޅުތަކާ ކޮވެލިތަށްވެސް އެސޮރުމެންގެ ހާއްޔަށް ދިއުމަށް ދަތުރު ފަށައިފިއެވެ. އެކިކޮޅުކޮޅަށް ހޭލަމޭލަވަމުން ދިޔަ މީހުންތަށްވެސް އެކިދިމަދިމާއަށް ގޮސް ހުސްވެއްޖެއެވެ. ފާލަމުގެ ކޮޅުގައި އިށީނދެލައިގެން އިން އަންހެން ކުއްޖާގެ ދެލޮލުން ފައިބަމުން ދިޔަކަރުނަތައް ހުއްޓުމެއްނެތި އެދޮން ކޯތާފަތް ތެންމަމުން ދިޔައެވެ. އެކުއްޖާގެ އަތުގައި އޮތް މުށިކުލައިގެ ބަނޑަވެރިގަނޑުލީ ފޮތް މޭގައިޖައްސާލައިގެން އިންއިރު ނަޒަރު ހުއްޓިފައިވީ ކުރިމަތީގައި އޮތްސާފުކަނޑަށެވެ. ހަށިގަނޑު އަނަރޫފަވެފާ ނިކަމެތިކަމުން ބޮޑުހިތާމައެއް ތަޙައްމަލް ކުރަމުންދާ ކުއްޖެއްކަން އެނގެއެވެ. އޭނާގެ ފަންއިސްތަށިގަނޑު އުނަގަނޑަށް ވުރެ މަށްޗަށް ހުރިއިރު ވޫލްފަށަކުން އިސްތަށިގަނޑު އައްސާލާފައި ވިއެވެ. ލައިގެން ހުރި އާދައިގެ ހެދުމުންވެސް މި އަންހެން ކުއްޖާގެ ރީތިކަން ފާޅުވެއެވެ. އޮއްސެމުން ދިޔަ އިރުގެ ދޯދިތައް އޭނާގެ މޫނަށް އެޅިފައި ހުރުމުން ހުވަފެނީ ގޮތެއް ހުއްޓެވެ. އިރުގެ ދޯދިތަށް މުޅިންހެން އޮއްސި ދުނިޔަމަށްޗަށް އަނދިރިކަން ވެރިވެގަތް އިރުވެސް އެއަންހެންކުއްޖާ އެތަނުން ދާ ހިޔާލެއް ނުކުރެއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައްވެސް ފޮހެލަން ބޭނުން ނުވެފައި އިން އިރު އެ އަނދިރިކަމުން އެއަންހެން ކުއްޖާގެ ހިތައް ބިރުވެރިކަމެއް ވެސް ނުވަންނަނީ ބާއެވެ.
ޔަމާން އެކި ރައްޓެހިންނާ ގުޅިއިރުވެސް އޯޕޮޒިޓިވް ލޭ ހުންނަ މީހަކާއި ދިމަލެއްނުވިއެވެ. އެންމެ ފަހުން ހާސްވާން ފެށީ ޑަކުޓަރު ނުކުމެ އަވަސް ކުރަން އެންގުމުންނެވެ. ކައިރީހުރި ގޮނޑިބަރީ އިށީނދެ ވިސްނާލަން އިން ވަގުތު ކޮޅަކަށް ފަހު ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅަކުން އަމިއްލަ ބޮލުގައި ޖަހާފައި ދުއްވައިގަތެވެ. ހާސްވެފައި ހުރިވަރުން އަމިއްލަ ގައިގައި ހުންނަނީ އޯޕޮޒިޓިވް ލޭ ކަންވެސް ޔަމާން ހަނދައިނެއް ނުވިއެވެ.
ޔަނާލް ކުޑަކޮށް ހަމައަކަށް އެޅިލުމުން ހޮސްޕިޓަލް އަށް ދާން ނުކުތެވެ. ނިކްހާއަށް ލިބިފައި ހުރި ޝޮކުގެ ސަބަބުންނާއި ބޮލަށް ލިބިފައިހުރި އަނިޔާގެ ސަބަބުން އޭނާގެ ހާލުއަދި ވަރަށް ސީރިޔަސްއެވެ. ޔަނާލް އަށް އައިސީޔޫ އާހިސާބަށް ދެވުނުއިރު ގޮނޑިބަރީގައި އިން ޔަމާން ފެނުނެވެ. ޔަމާންގެ ފަން އިސްތަށިގަނޑު ތަރުތީބެއް ނެތި ހޭވިފައި އޮތްއިރު ނިތްކުރިމަތީ އަތްވިއްދާލައިގެން އިންގޮތުން ބޮޑުފިކުރެއްގައި އިންކަން އެނގެއެވެ. ޔަނާލް ގޮވާލުމާއި އެކު ސިއްސައިގެން ގޮސް ކޮޅަށްތެދުވި ޔަމާންގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ޔަމާން އަށް އެއްޗެކޭ ނުބުނެވެނީސް ޔަނާލް ނިކްހާގެ ހާލުއަހާލިއެވެ. ޔަމާން އެސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި މިހައިރު ނިކްހާގެ ކައިރިއަށް ވަދެވޭނެކަމުގައި ބުންޏެވެ.
ޔަނާލް ކުރިމަތީ ހުރިދޮރުން އެތެރެއަށް ވަތް އިރު ނިކްހާގެ ވާއަތަށް ވަނީ ކެނިއުލާ ގުޅާ އައިވީއެއް ގުޅަން ޖައްސާފައެވެ. ނިކްހާގެ މޭމައްޗާ ހަމައަށް ހުދުރަޖައެއް އަޅާފައިވާ އިރު އޮކްސިޖަންވެސް ވަނީ ގުޅައިފައެވެ. އެނދުގެ ކަނާތް ފަރާތުގައި ހިތުގެވިންދާއި ލޭގެ ޕްރެޝާރ ބަލާ މެޝިންތައް ބެހެއްޓިފައި ހުރިއިރު އެ މެޝިންތައް ވަނީ އޭނާގެ ގަޔަށް ގުޅާފައެވެ. ކޮޓަރިތެރެއިން އިވެމުންދާ އަޑަކީ ވިންދުބަލާ މެޝިނުގެ ބީޕް އަޑާއި އޮކްސިޖަން މެދުވެރިކޮށް ނިކްހާ ނޭވާލަމުންދާ އަޑެވެ. ޔަނާލް ކަޅިޖަހައި ނުލައި ނިކްހާއަށް ބަލަންހުރި އިރު ނިކްހާއަށް ކުރާނޭ އަސަރު އިހްސާސް ވާކަހަލައެވެ. މަންމައެއް ފަދައިން ނިކްހާ ބެލީ ނިޝާ އަށް ވެފައި އެފަދަގޮތަކަށް ނިޝާ މިދުނިޔެ ދޫކޮށް ދިއުމުން ނިކްހާ އެކަނިވާނެ ވަރު އަންދާޒާވެސް ކޮށްނުލެވޭނެއެވެ.
އިޝާނަމާދަށް ފަހު ނިޝާ ވަޅުލަން ހަމަޖަށްސާފައި ވީއިރު އަދިވެސް ނިކްހާ ހޭނާރައެވެ. ނިކްހާ ބާއްވާފައި އޮތް އެނދުގެ ކަނާއަތްފާޅީގައި ހުރި ގޮނޑިއެއްގައި ޔަނާލް އިންއިރު އެމޫނުން ވަރުބަލިކަން ފެނެއެވެ. ނިކްހާގެ ބޮލުގައި އަޅާފައިވީ ބޮޑު ބެންޑޭޖުގަނޑަށް ބަލަން އިން ޔަނާލް އަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވެން ފެށިއެވެ. ނިކްހާގެ ބޮލަށް އެހާބޮޑު އަނިޔާއެއް ލިބުނީ އޭނާގެ ސަބަބުން ކަމުގައި ދެކެވެން ފެށިއެވެ. މިފަދަ ވިސްނުން ތަކެއްގައި އިން ޔަނާލްއަށް ކޮޓަރި ދޮރުހުޅުވާލި އަޑު އިވުމުން ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތައް އަވަސް ހަރަކާތަކާއި އެކު ފޮހެލެވުނެވެ. ޔަމާން އައިސް ޔަނާލް ކައިރިއަށް ހުއްޓިލަމުން މަޑުމަޑުން ގޮވާލިއެވެ. ކިތަންމެ ނުރޯން އުޅުނު ނަމަވެސް ދޮންބެގެ އޯގާތެރިކަން ފެނި ހިފަހަށްޓައިގެން ހުރި ކަރުނަތަށް ފައިބައިގަތީ ޔަނާލްގެ އިހްތިޔާރަކުނޫނެވެ.
“ޔަނާ… ދޮންބެއަށް ވެސް އެނގޭ ޔަނާ ދެރަވާނެ ވަރު… އެކަމަކުވެސް މީ ހިތްވަރު ކުރަންޖެހޭ ވަގުތެންނު… ދެން ނުރޮއި…” ޔަމާން އޯގާތެރި ކަމާއެކު ބުމުން ޔަނާލް އަށް މާބޮޑަށް ރޮވުނެވެ. ޔަނާލް ހަމައަކަށް އެޅުނީ ޔަމާން އެތަކެއް ވާހަކަތަކެއް ދައްކައިގެންނެވެ. ނިޝާ އާ ނިކްހާއަކީ ޔަނާލް އެންމެ ކުޑައިރުވެސް އެކީ ގިނަވަގުތު ތަކެއް ހޭދަކުރެވިފައި ވާ ބައެކެވެ. ނިޝާގެ އެހުންނަ އޯގާތެރިކަމެއްގެ ސަބަބުން ނިކްހާގެ ހިތުގައި ނިޝާ އަށް ވަނީ ހާއްސަ ޤަދަރަކާއި ލޮއެއްބެއް އުފެދިފައެވެ.
“ޔަނާ… މިހައިރު ނިޝްތަ މޫނުފޮރުވަން އުޅޭނެ… މޫނުބަލަން ދާންވީއެންނު…” ކައިރީގައި އިން ގޮނޑީގައި9 ޔަނާލް ބައިންދަމުން ޔަމާން ސުވާލުކޮށްލިއެވެ.
“ނޫން… ނުކެރޭނެ ދާކަށް… އަހަރެން ނުދާނަން…” ނިޝާ ހުރިގޮތް ސިފަވުމާއި އެކު ޔަނާލްއަށް ބާރަކަށް ބުނެލެވުނެވެ. ޔަނާލްގެ އެހަރަކާތުން ސިހުނު ނަމަވެސް އިތުރު ސުވާލެއް ނުކޮށް ޔަމާން އެތަނުން ދިޔައެވެ. ނިޝާ ވަޅުލާތަނަށް ދާކަށް ވެސް ޔަނާލް އަކަށް ނުކެރުނެވެ. އެއްބަނޑު އެއްބަފާ ދައްތައެއް މަރުވުމުން ކުރާހިތާމަ ޔަނާލް އަށް ވެސް ކުރެވެއެވެ.
އެވަގުތު ވަދެގެން އައި ޑަކުޓާރ ފެނި ޔަނާލް އަވަސް އަވަހަށް ކޮޅަށް ތެދުވެލީ ނިކްހާގެ ހާލަތު ހުރިގޮތް އެނގެން ކެތްމަދުވެފައި ހުރެއެވެ.
****ނުނިމޭ****
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.




eyru vx hyvi nishaa dhanjehuny hen…ehen hama mi v vx…story dhaaa goiy v salhi???btw me first dhw
Hehe. Story kiyaalyma v ufaa vejje.. yes ure first?
BTW a Milla ah dhan jehigen maruvaa meehunnakah janaazaa eh nu baavvaane. Dhan jehifa hunna thanun (thirin) iskolhah vure 3foot ithurah kone dhan jehen assaafa huri fothigandu bolaa hisaabun kandaalan jeheynee and moon dhahkaan ves jeheynee dhan jehifa huri gothah hutta hinevumeh kafun kuru eh noannaane
Thankxx bunela dhineema??
nuun… vrh fahun mi rashuga vx miihaku dhan jehunu… ekamu kashu namaadhu vx kuri janaaza vx beyvvi muunu belun vx oiy n gaburisthaanuga valhu lii vx… baeh faharu janaaza baavvaa… i ge beybe eh vx dhan jehigen maru vy ma janaazaa beyvvi… ekamu eii vrh kuri… dhn neynge dhw… mirashuga kanthah kuri goiy mi kiyaodhiniii
Ekamaku ehen nuhadha mihaaru. Kithah meehun edhanjehenee
eii dhynuga onna goih… rajjey ga follow nukuraa hen hyvany
Varah reethi vaahaka…. Masha Allah….kon irakun next part
Thanks Namy…. Insha Allah varah avahah..
Insha Allah madhama
Salhi.. but haadha kurey
Next part dhigukollaanan.. insha Allah
Mihaaru raajjeyge haalathu hunnagothun dhanjehey meehaa maruvaa thanuga valhuleven nuhunnaathee mihaaru valhulanee hama mahaana faluga and janaazaaves mihaaru baeh rahrashuga baavvaa ekam janaazaa ah aumakah nugovaa
Dhen hineumuge bai kuriah dhaagotheh alhugandakah neynge
By the way I love this story
vaahaka hama vv reethi
huttaan7laa vaahaka liye nimmaalaane kamah mi ummeedh kuranee
good luck
Thanks friend… Insha Allah story nimendhen genesdheynan..??
Varah varah reethi…maa sha Allah
waiting for the next part.???
Thanks yanaa?