Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ…7

ނަމަވެސް ބައްޕަ އަށް ހުރިހާ ކަމެއް ކިޔާދޭން ޖެހޭނެ ކަން އަހަރެންނަށް އެނގެއެވެ.. ނަމަވެސް ކިހިނަކުންތޯ……

“ބައްޕާ .އަ… އަހަ..ރެން ވަރަށް ބޮޑަށް.. ނޫން ނޫން ބައްޕަ ދެކެ ލޯބިވާރަށް ވުރެ ކުޑަކޮށް .. އެހާ ކުޑަ ކޮށެއްވެސް ނުން.. މިދިޔަ އަހަރު ޑިސެންބަރ މަހުގެ ކޮންމެވެސް ދުވަހަކުން ފެށިގެން ..ގޮތް ނޭނގޭ..” އަހަރެންނަށް ކިޔުނު ނުކިޔުނު އެއްޗެއް ނޭނގުނެވެ. “ދަރިފުޅާ.. ކީކޭތަ ތިކިޔަނީ.. ބައްޕަ އަށް ސާފުވާގޮތަކަށް ކިޔާބަލަ” “މި..ބައްޕަ އަށް އިނގޭނު” އަހަރެން ބުނަން އުޅުނު ޖުމްލަ މެދުކަނޑައިލަން މަޖުބޫރު ވީ.. ކޮޓަރީގެ ދޮރުގައި ލެގިލައިގެން މަންމަ ހޭން އިން ތަން ފެނުމުންނެވެ. އަހަރެންނަށް ވާނުވާ އެނގުނު ނަމަވެސް ބައްޕަ ގެ މޫނުމަތީގައި ވަނީ ބޮޑު ސުވާލު މާކެކެވެ. އަހަރެން ދުވެފައިގޮސް ކޮޓަރިން ނިކުތީމެވެ.. އަހަރެން ދިއުމުން މަންމަ  ބައްޕަ އަށް ހުރިހާ ކަމެއް އަލިފުން ޔާއަށް ކިޔާދިނެވެ.. އަހަރެން އިނީ ސިޓިންރޫމް ގައި ހުރި ގޮނޑިއެއްގައި އިށިންދެގެންނެވެ.. އަހަރެން ޓީވީ ހުޅުވާލީމެވެ.. ޓީވީއިން ދައްކަމުން ދިޔަ ލޯބީގެ ލަވައަޑު އަހަން އިނދެވުނީ އިހުތިޔާރަކާ ނުލައެވެ. ލަސް ކުރުމެއްނެތި ރައިހާން ގެ ފޮނި ފޮނި ހަނދާން ތަކުގެ ތެރެއަށް އަހަރެން ގެނބިގެން ދިޔައެވެ.. އަހަރެންނަށް އިރު އިރު ކޮޅާ ހެވެއެވެ.. ނަމަވެސް އިހުތިޔާރަކާނުލައެވެ.. އަހަރެންނަށް ނޭނގުނު ކަމަކީ.. އަހަރެން ގެ މޫނަށް އަރާ ފައިބައި ހުރިހާ ކުލަވަރު ތަކާ އަހަރެން ގެ ކޮންމެ ހަރަކާތެއް ވެސް ފަރުވާތެރި ކަމާ އެކު ސްކޭން ކުރުމަށް ދެ ޑިޓެކްޓިވުން ތިބިކަމެވެ… އަހަ އަހަ.. އަހަރެނަނަށް ފަހަތް ބަލާ ލެވުނީ.. އެއްޗެއް ވެއްޓުނު އަޑު އިވުމުންނެވެ.. ކަމަކު ދާކަށް ނެތެވެ… މަންމަ އާއި ބައްޕަ ހުރީ ދޮރު އެފަރާތު ފެލައެވެ.. ބައްޕަ އާއި މަންމަ ހުރި ގޮތް ފެނިފައި އަހަރެންނަށް ހެވޭ ގޮތް ވިއެވެ.. އެ ދެމީހުން ކިތަންމެ އުމުރުން ބޮޑު ވިއަސް .. ސަމާސަ ކަން ނުފިލައޭ އަހަރެންގެ ހިތަށް އެރިއެވެ.. މަންމަ އާއި ބައްޕަ ވަރި ވިއެއް ކަމަކު… އެ ދެމީހުންގެ ދެމެދުގައި އެއްވެސް ރުޅިވެރި ކަމެއް އުފެދިފައެއް ނުވެއެވެ.. އެދެމީހުން އެކަކު އަނެކަކު ދެކެނީ ގާތް ރަހުމައްތެރިން ގޮތުގައެވެ… ދޮން މަންމަ އާއި އަހަރެންގެ މަންމަ ވެސް ވާހަކަ ދައްކާ ހަދައެވެ. އެ ބީދައިން ބައްޕަ އާއި ދޮން ބައްޕަ ގެ މެދުގައި ވެސް އެއްވެސް ރުޅިވެރި ކަމެއް ނުވެއެވެ.. މީ އަހަރެން އެންމެ ބޮޑަށް އުފާ ކުރާ އެއް ކަމެވެ.. ބައްޕަ އާއި މަންމަ ވެސް ހެމުން ހެމުން އައިސް އަހަރެން ގެ ދެފަރާތުގައި އިށިންނިއެވެ.. ރައިހާން ގެ ވާހަކަ ބައްޕަ އަށް އެނގުމުންވެސް ރުޅި ނޭރުމުން އަހަރެން ގެ ހިތަށް ފިނިކަމެއް ލިބުނެވެ.. މަންމަ އާއި ބައްޕަ އަހަރެނަނަށް އެތަށް ނަސޭހަތެއް ދީ… އަހަރެން ދެކެ އިންތިހާޔަށް ލޯބިވާކަން އެކި ގޮތް ގޮތުން ހާމަ ކޮއްދިނެވެ.. މަންމަ އާއި ބައްޕަ އަހަރެންގެ ގާތުގައި މިހެން އަބަދަށް ވުމަކީ އަހަރެންގެ އެންމެ ބޮޑު އެދުމެވެ… ނަމަވެސް ތަގުދީރާ  ދެކޮޅުވާން އަހަރެން މީ ވަކި ކާކު ތޯ.. އިރު ކޮޅެއްް ފަހުން ބައްޕަ ފުރަން ދަނީ ކަމުގައި ބުނެފައި ދިޔައީ… ބޮޑި ހިނިތުންވުމެއް ހަދިޔާ ކޮއްފައެވެ.. މަންމަ ގާތުގައި ދަނީ އޭ ބުނެފައި އަހަރެން ވެސް ދިޔައީ ކޮޓަރިއާ ދިމާލަށެވެ.. ރައިހާން ގެ ސަބަބުން އަހަރެންގެ ހިތަށް ހުއްޓުމެއްނެތި ހެރެމުން ދިޔަ ވިހަ ގަދަ ތީރުތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ނަމަވެސް ބައްޕަ އާއި މަންމަަ އާއި ވާހަކަ ދައްކާ ލެވުމުން އެތީރުތަށް ނުހުއްޓުނު ނަމަވެސް ވިހަ ކަން ނެތި ދިޔަ ކަހަލައެވެ.. އަހަރެން ބުނެލަން ބޭނުން ވަނީ.. މި ދުނިޔެމަތީގައި .. އެމީހެއްގެ މައިންބަފައިން ނަށް ވުރެ ރަނގަޅު .. ރަހުމަތް ތެރިއެއް ނުހުންނާނެއެވެ.. .. އަނެއްކާވެސް އަހަރެން އެކަނި ވީއެވެ.. ބޭރުމަތިން ބޮޑު ހިނިތުން ވުމެއް ދީގެން ހުއްޓެއް ކަމަކު އަހަރެން ގެ ހިތް ވަނީ ވިއްސި ވިހާލިވެފައެވެ.. އަހަރެން ގެ ލޮލުން ހުއްޓުމެއް ނެތި   ފައިބަމުންދާ ކަރުނައިގެ އަދަދު ގުނަން ހުދު އަހަރެންނަށް ވެސް ނޭނގެއެވެ.. ނަމަވެސް އެހެން މީހުނަށް އެކަން ނާންގާ ވޭތޯ އަހަރެން ބަލަމެވެ.. އަހަރެން މިހާތަނަށް ލޯބިވީ ހަމަ އެންމެ އިންސާނެއް ދެކެއެވެ..  އެންމެ ކުޑަ މިނުން އަހަރެންގެ ހިތުގެ ހާލަތު އެއިންސާނާޔަށް އެންގުމުން ވެސް އަހަރެން ވަނީ މަހުރޫމުވެފައެވެ.. މީހުން ބުނާ އަޑުއަހަމެވެ.. ލޯބި ކިތަންމެ ފަހަރަކުވެސް ވެވިދާނެއެވެ.. ނަމަވެސް ހަގީގީ ލޯބި ވެވޭނީ ހަމަ އެންމެ ފަހަރަކުއެވެ.. އަދި .. އެމީހާ އެންމެ ފުރަތަމަ ލޯބިވާ މީހާ ހަނދާން ނައްތާލުމަކީ ވަރަށް ވެސް އުނދަގޫކަމެކެވެ.. އެހެން މީހަކާ އެކީ ހަޔާތެއް ބިނާ ކޮއްގެން އުޅުނެއްކަމަކު އެމީހެއްގެ ފަސްޓް ލަވް އަބަދުމެ އަބަދަށް އެމީހާގެ ހިތުގެ އެންމެ އަޑީގައި ފޮރުވިފައިވާނެއެވެ.. އެ ލޯބި ފުހެލަން ކިތަންމެ ބޭނުން ވިއަސް… އެއްކޮށެއް ފުހެ އެއް ނުލެވޭނެއެވެ…

ރައިހާން އާއި މެދު ވިސްނާ ވިސްނާ އަހަރެން ގެ ބޯ ގޮވައިފިއެވެ.. އަހަރެންގެ ކުށަކީ ކޮބާތޯ ….އަހަރެންގެ އަމިއްލަ ނަފްސަށް ސުވާލު ކުރެވުނު އަދަދެއްވެސް އަހަރެންނަކަށް ނޭނގެއެވެ… އެކަމަކު އަދިވެސް އަހަރެން ކެއްކުރާނަމެވެ.. މި ހިތުގައި ވިންދު ޖަހާހާ ހިނދަކު އަހަރެން ރައިހާން އަށް އިންތިޒާރު ކުރާނަމެވެ..

ލަޔާ ގާތުގައި ރައިހާން ގެ ވާހަކަ ދައްކާ ކަށް އަހަރެން އެހާ ބޭނުމެއްނުވެއެވެ.. ރައިހާން އަކީ ލަޔާގެބޭބެ އެކެވެ.. އަހަރެންގެ ސަބަބުން ލަޔާ އަށް އެއްވެސް ކަހަލަ އުނދަގުލެއް ވާކަށް އަހަރެން ނޭދެމެވެ.. ލަޔާ އަހަރެން ގާތުގައި ރައިހާން މަތިން ހަނދާން ނައްތާލަން މަސަތްކަތްކުރާށޭ ބުނި ހިނދުން ފެށިގެން އަހަރެންގެ ހިތުގައި ލަޔާ އާ މެދު ވަނީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން އުފެދިފައެވެ… ލޯއްބަކީ މިހާ ވޭންދެނިވި އެއްޗެއް ކަން އަހަރެންނަކަށް ކުރިއަކުން އެނގިފައެއް ނުވެއެވެ… ހުސް ވުމެއްނެތް ޝަކުވާތަށް އަމިއްލަ ނަފްސާ ކުރަނިކޮއް އަހަރެންނަށް ނިދުނެވެ…

އަހަރެންގެ ވަށައި ވަނީ ފިނިފެން މަލުން ޖަރީ ކުރެވިފައެވެ… އުޑު މަތި ސާފެވެ.. ފިނިފެންމާތަކުން ދުވާ ތާޒާ ވަސް ވަނީ ފެތުރިފައެވެ.. ކޮކާތަށް އެކި ދިމަދިމާލުގައި އުދުހެއެވެ.. ވަރަށް ވެސް ފުރިހަމަ އެވެ.. މިނިވަންކަމާއެކު އެތާ ދުވެލައި.. ކޮކާތަކާ އެކީ ނަށާލަ ނަށާލާ އަހަރެން އުޅުނެވެ.. “މައިއްކޯ” އަހަރެން ފަހަތް ބަލާލީ އަހަރެންގެ ނަމުން މީހަކު ގޮވާލުމުންނެވެ. ފަހަތުގައި ހުރި ރައިހާން ފެނި އަހަރެންނަށް ހިނިތުން ވެވުނީ އިހުތިޔާރަކާ ނުލައެވެ.. އެ އަސަރުގަދަ މުށި ކުލައިގެ ލޮލުގެ ތެރެއަށް ގެނބިގެން ދިއުމަށް  އަހަރެންގެ ހިތް އެދި ރޮނީއެވެ.. އެ މަޑު މަޑު ތުންފަތުގައި ބީހިލުމަށް އިންތިހާއަށް ބޭނުން ވިއެވެ.. އެ ތަނަވަސް މޭގެ ހިޔަލަށް ވަދެ.. ހިމާޔަތް  ހޯދުމަށް ހިތް ބުނަމުން ދިޔައެވެ… ކުއްލިއަކަށް ރައިހާން ފަހަތަށް އެނބުރުމަށް ފަހު ސީދަލަށް އޮތް ދިގު ދިގު މަގުން ހިނގަން ފެށީ އަނގައިން ބަހެއް ބުނުމެއް ނެތިއެވެ.. އަހަރެން ވެސް ވިސްނުމެއްނެތި.. ހުރިހާ އެއްޗެއް ދޫކޮއްލުމަށް ފަހު ރައިހާންގެ ފަހަތުން ހިނގައިގަތީމެވެ.. ސިކުންތަކަށް ވުރެ ސިކުންތެއް ރައިހާން އާއި އަހަރެންނާއި ދެމެދު އޮތް ދުރުމިން ފުޅާވަމުން ދާހެން އަހަރެންނަށް ހީވުމުން ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ހިފައިފާ އަހަރެން ދުއްވާގައީ ރައިހާން އާއި ހަމަ ކުރެވޭތީއެވެ.. ނަމަވެސް އަހަރެން ކުރި ހިއްވަރު ވީ ބޭކާރެވެ.. އަހަރެން އަނެއްކާވެސް ދުވެވުނު އެންމެ ބާރަކަށް ކުރިއަށް ދުއްވައިގަތީމެވެ.. ނަމަވެސް ދެން ފެނުނު  މަންޒަރަކުން އަހަރެން ގެ ކޯތާފަތް މަތީގައި ދުވެލީ ކަރުނައިގެ ކޯރެކެވެ.. ކޮންމެސް  އަންހެން ކުއްޖެއް ރައިހާން އަތުގައި ހިފައިގެން އަހަންނާއި ދުރަށް ދުއްވައިގަތެވެ.. އަހަރެން އަނެއްކާވެސް ދުއަވައިގަތީމެވެ.. ނަމަވެސް އަހަރެންގެ ލޮލުކުރިމަތީގައި އެ އަންހެން ކުއްޖާ އާއެކު ރައިހާން ދުވަފައި ގޮސް އޮބާލިއެވެ.. ހުރި ތަނަށް އަހަރެންނަށް ތިރިވެވުނެވެ.. އަހަރެންގެ ކުރިމަތީގައި ރައިހާން އެހެން މީހެއްގެ ހައްގަކަށް ވެގެން ދިޔަ އިރު އަހަރެންނަކަށް ހަމަ އެއްކަމެއްވެސް ނުކުރެވުނެވެ.. ވަގުތުން މަގުގެ ދެފަރާތުގައި ތާޒާ ކަމާއެކު ބޮޑުވަމުންދާ ފިނިފެންމާތަށް ކަށި ތަކަކަށް ބަދަލުވިއެވެ.. މުޅި މާހައުލު ނާމާން ތަނަކަށް ވިއެވެ.. މާ ބަގީޗާ .. ކަށި ޖަންގައްޔަކަށް ބަދަލުވީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.. އައި ނައި ދިމާލެއްނޭނގި އަހަރެންގެ ގަޔަށް ކަށިތަށް ހެރެން ފެށިއެވެ..

“މަންމާ………………………..” އަހަރެންނަށް ހޭލެވުނު އިރު ހުރީ ދާހިއްލާ ފޯވެފައެވެ.. ދެންމެ އެ ފެނުނީ ހުވަފެނެއްކަން އެނގުމުންވެސް އަހަރެންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ… ހުވަފެނުން ސިފަ ވި ކޮންމެ މަންޒަރެއްވެސް .. ތާޒާ ކަމައެކު އަހަރެންގެ ހިތުތެރޭގައި ވަނީ ރައްކާވެފައެވެ.. “ކިހިނެއްވީ ދަރިފުޅާ…” ބާރަށް ދުވެފައި އަހަރެންގެ ކޮޓަރިއަށް ވަން މަންމަ ފެނިފައި އަހަރެން  ކުޑަކޮއް ސިހޭ ގޮތް ވިއެވެ… “ކަމެއް ނުވެޔޭ މަންމާ…. ނިދީތެރޭގައި މަންމަ އަށް ގޮވުނީ…..” އެހެންތަ… މަންމަ ހާސްވެގެނޭ މިއައީ..ދަރިފުޅު ހަޅޭލަވަން ފެށީމަ…. އޯށިޓް މަންމަ ފިހަން ލި ރޯށި މިހާރު އޮންނާނެ ކަންނޭނގެ އަނދާފަ…ޕިސް ޕިސް” ނިތުގައި އަތުން ތަޅަމުން މަންމަ އަވަސް އަވަހަށް ނިކުތެވެ… އަހަރެންނަށް ހެވޭ ގޮތް ވިއެވެ.. އަހަރެން އަވަސް އަވަހަށް ފާހަނަ އަށް ވަދެ..ފެންވަރައިގެން ނިކުތީ ސައިބޯން ދިއުމަށެވެ. އަހަރެން ސައިބޯން އިނދާ.. ޖެހިގެން ހުންނަ ގޭގައި އުޅޭ ފާތުމަ އައެވެ… އަހަރެން ކިހިނެއްވީތޯ އެހުމުން… ލަޔާ އައިސްބަލާށޭ… ބުނި ވާހަކަ ބުނިއެވެ..” އަހަރެން ތަންކޮޅެއް ބަލިވެ މިއުޅެނީ…ހުން ވައްތަރު ވެފަ.. ހީއެއް ނުވޭދެވޭނެ ހެނެއް…ފާތުމަ މިހެން ބުނެދީ ލަޔާ ގާތުގައި” ” އަޅޭ ގެޓްވެލް ސޫން ބަޑީ…” އަހަރެންގެ ބުރަކަށިމަތީގައި ހޫނު އެތިފަހަރެއް  އަރުވާލުމަށްފަހު ފާތުމަ ދިޔައެވެ… ފާތުމައަކީ އަނގައަށް ވުރެ ގިނައިން އަތް އިސް ކުރާމީހެކެވެ. ރުޅިއަރައިގެނެއް ނޫނެވެ.. ލޯބިންނެވެ…

އަހަރެން ސައިބޮއެ ނިމިގެން ތަށި ދޮންނަން ދަނިކޮށް ..ގޭގެ ބޮޑު ދޮރާށިން ވެންނި ލަޔާ އާއި ހާނިމް..އަހަރެނަނަށްފެނުނެވެ.. އިރުކޮޅެއް ފަހުން ވެންނި ރައިހާން ފެނި އަހަރެންގެ ދެލޯ ބޮޑިވިއެވެ.. އަވަސް އަވަހަށް ސިންކަށް ކޭ ތަށިތަށް އުކާލަމުން ގޮސް ކޮޓަރިއަށް ވެދެ.. ހެއާރ ޑްރައިއާއިން ނިތް ހޫނު ކޮއްލީމެވެ… ލަސް ކުރުމެއްނެތި އެނދަށް އަރާ ބެޑްޝީން އެޅީމެވެ.. އެ ވަގުތަކީ ލަޔާ އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވާލިވަގުތެވެ… އަހަރެންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ… ލަޔާ އައިސް އަހަރެންގެ ނިތުގައި އައްލިއެވެ.. “ސުއްބޫސް.. މައީ ތިއޮތް ފިހެނީއެއްނު ފިހުނު މަހެއްހެން ހާދަހާއޭ ހޫނީ…. ” ލަޔާ ހާސް ކަމާއެކު ބުނެލިއެވެ.. އަހަރެންނަށް ހިނި އަންނަ ގޮތް ވިއެވެ.. ނަމަވެސް އެތެރެއަށް ހިންދާލީމެވެ… އަހަރެން ބަލި ބަލި އަޑަކުން ލަޔާ އާ ވާހަކަ ދައްކަމުން ދިޔައެވެ… ހާނިމް ވެސް ދޭތެރެ ދޭތެރެއިން އަހަރެން ނާ ސުވާލު ކޮއްލައެވެ..” މައީ…ޑޮކް އަަށް ދައްކާފިންތަ؟” ނޫން…އުހޫ… އާން ބޭސް ކައިފީމޭ…” އަހަރެން ޖަވާބު ދިނީމެވެ.. ދޮރު މަތީގައި ފޯނަށް ގެއްލިފައި ހުރި ރައިހާން އަހަރެންނާ ދިމާލަށް ބަލާލި ވަގުތަކީ އަހަރެންނަށް ވެސް ރައިހާން އާއި ދިމާލަށް ބަލާލެވުނު ވަގުތެވެ… އަހަރެންނަށް އުނދަގޫވާގޮތް ވިއެވެ… ރޮވިދާނެތީ..ދުރަށް ބަލަން ފެށީމެވެ.. ރައިހާން އަހަރެންނާ ދިމާލަށަ އަންނަން ފެށުމުން … ހާނިމް އަހަރެންނާ ދިމާލަށް އެއްލޯ މަރާލަމުން.. ކޮންފެސް ޔުއާރް ލަވް…ޓު ހިމް ގުޑް ލަކް ޖާނޫ.. އޭބުނުމަށްފަހު ކޯލެއް އައި ކަމަށް ހަދާފައި ލަޔާ ގޮވައިގެން ކޮޓަރިން ނިކުމެ ދޮރު ލެއްޕިއެވެ…. އަހަރެންނަށް ރައިހާން އާއި އެކަހެރި ވެވޭނެ ފުރުސަތެއް ދިނީ ކަން އަހަރެންނަށް އެނގުނެވެ…. ރައިހާން އައިސް އަހަރެންގެ ނިތުގައި އަތް ބާއްވާ ލިއެވެ…އަހަރެންނަށް ލޯމަރާ ލެވުނީ ބޭއިހްތިޔާރުގައެވެ.. ރައިހާންގެ ބީހުމުން އަހަރެންނަށް ބުނެދޭން ނޭނގޭ.. އުފަލެއް ލިބުނެވެ…މުޅި ހަށިގަނޑު ކަރަންޓު ޖެހުނު ކަހަލައެވެ…………………………

*މައިޝާ… ރައިހާން ގެ ގާތުގައި ލޯބިވާ ވާހަކަ ބުނެވޭނެ ބާ….ބުނެފިއްޔާ.. ރައިހާން ކަންތަށް ކުރާނީ ކިހިނެއްބާ؟؟؟؟؟*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. Aisher❤️❤️❤️

    Me first dhw… Varah rythi mi prt vss.. Whn nxt ???

    1. gurlll
      Aisher❤️❤️❤️

      Thank u soooo much aisherrr…… tomorrow I will submit next part happy? ??❤️

  2. Kuthoo

    Varah reethi mi part ves. Waiting for the next episode. A avass kolaathi engy. ???????

    1. gurlll
      Kuthoo

      thank u soo much kairaa❤❤ maadhan submit kuraanan next part????

    2. gurlll
      Kuthoo

      thank u kuthuuu❤❤❤❤???

  3. Kairaa

    Wow..wow…woww…..vvv reethi mi part vx…whn nxt…waiting

    1. gurlll
      Kairaa

      thank u again.. ehehe kuthuu mi reply kurevuny kairaa ey kiyaafa?❤?

    2. Kairaa
      Kairaa

      Hehehe????ehn vx vaane baeh faharu….

  4. Maisha maii

    Wow?… Varah reethi mi part vx…mai ah heevanee raihaan kairy Maisha loabi vaa vaahaka bunefihyaa furathama ok nuve,fahun ok vaane hen?. Btw waiting for next part❤

  5. Meekkomee

    Wooww ? Varah reethi ingyy mi part ves ❤️❤️???? curiously waiting for next part ???? LYSM ???❤️❤️❤️❤️❤️

    1. gurlll
      Meekkomee

      thank u soo much ❤?

  6. Kylie

    Alhey v reethi mi part vx…?????…. Curiously waiting fr nxt part..???…… LYSM sis???

    1. gurlll
      Kylie

      thank u kyliee❤❤ lym

  7. Jasmine

    Wow this part is also amazing. And when is next part sis
    ??????

    1. gurlll
      Jasmine

      thank u soo much❤❤

  8. Yanaa

    Varah Varah reethi❤❤❤maa sha Allah???curiously waiting for the next part?????❤❤

    1. gurlll
      Yanaa

      thank u soo much yanaa❤❤?

  9. KPOP FANGIRL????

    Gurlll u are number one ey buneveyhey… sifakurunthah varah varah salhi…. And I got goosebumps while reading the last part…. Whn is next? LYSM ????❤

    1. gurlll
      KPOP FANGIRL????

      emme las vegn maadhan.. and thank u soooo much girl❤❤?.. lymm

  10. Ruya

    Varah reeeethi… ..

    1. gurlll
      Ruya

      Ehe thank u ruya❤️❤️

  11. Tom boy

    Varah reeethi.. alhe mai as raihaaanngulhuvaadheeeeba

    1. gurlll
      Tom boy

      Alhey.. ehaa avahah gulhuvaakah nuvaaane ey ❤️?❤️

  12. Lamko

    Gurlll Hama first inge….. Confess nukureveyha reethi….. Varah varah reethi…..next part avahah up kohllahchey…. Can’t wait for nxt part??

    1. gurlll
      Lamko

      thank u soo much❤❤ lamkooo..

Comments are closed.