Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިގެން ތި ލޯތްބަށް 10

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
November 5, 2019 9 Mins Read
26 Comments

އެ ވަގުތު އެތަނަށް ނާއިލްއާ އިޝާމް އައިސް ވަނެވެ. ޔަޒާންއާ ނައިހާއާ ނޫރާ އެ ތަނުން ފެނުމުން ދެ މީހުންވެސް ހުއްޓިފައި ބަލަން ތިބީއެވެ.

“އަހަރެން ބެހެން ނުޖެހެންޏާ ދެން ކާކު ބެހެން ޖެހެނީ؟ ޔަޒާން ކުރާ ކަންތަކާ އަހަރެން ބެހެން ބޭނުން ނޫނިއްޔާ އަހަރެން ވަރިކޮށްފަ ގެޔަށް ފޮނުވާ. އޭރަކުން ނުބެހޭނަން. އޭރުން ދެން ޔަޒާން އެއް ފަހަރާ ހަތަރު އަންހެނުން ގޮވައިގެން އުޅުނަސް އަހަރެން ނުބެހޭނަން” ނައިހާ ބުނެލިއެވެ.

ނައިހާ އެހެން ބުނުމާއެކު ޔަޒާން ދެވަނަ ފަހަރަށް ނައިހާގެ މޫނުމަތީ ޖެހިއެވެ.

އެ މަންޒަރު ފެނުމުން އިޝާމްގެ ލޭ ކެކިގެން ދިޔަ ކަހަލައެވެ. ދެއަތްތިލަ މުށްކަވާ ބާރު ކޮށްލަމުން އިޝާމްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަމަވެސް އިޝާމްއަށް ވުރެ ކުރިން ނާއިލް ގޮސް ޔަޒާންގެ މޭގައި ޖަހާ ދުރަށް ކޮއްޕާލިއެވެ.

“އަނގައިން އެއްޗެއް ބުނާ އިރަށް ގަޔަށް ބޮލަށް އަރާ އަނިޔާ ކުރާކަށް ނުޖެހޭ. ދެވަނަ ފަހަރަށް ނައިހާ ގައިގަ ނުޖަހައްޗޭ!” ރުޅި އައިސް ރަތް ވެފައި ހުރި ނާއިލް ބުންޏެވެ.

ނައިހާއަށް ނާއިލްއާ އިޝާމް ފެނުމުން ލަދުން އިސް ޖަހާލެވުނީ އެ ތަނުގައި ދެކެވުނު ވާހަކަ އެ ދެމީހުންނަށް އަޑު އިވުނު ކަމަށް ހީކޮށެވެ.

“މީ އަހަންނާ ނައިހާގެ މެދުގަ އޮތް ކަމެއް، އިތުރު މީހަކު މިތަނަށް ވަންނާކަށް ނުޖެހޭ” ޔަޒާންވެސް ރުޅި އައިސްފައި ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

“ދެ މީހުންގެ މެދުގަ ތި ކަންތައް ބާއްވަން ބޭނުމިއްޔާ ނައިހާއަށް އަނިޔާ ނުކޮށް ހުރޭ. އޭނައަށް އަނިޔާ ކުރާ ތަން ބަލާކަށް މަޑުންނެއް ނުހުންނާނަން. ގެޔަށް ގޮސް ވާހަކަ ދައްކައިގެން ޖެހިގެން ތި އުޅޭ މައްސަލައެއް ހައްލު ކުރޭ” ނާއިލް ކުޑަކޮށްވެސް ފަހަތަކަށް ނުޖެހެއެވެ.

“އަހަންނެއް ދެން ނުދާނަން ޔަޒާންއާ އެކީއެއް، ބޭނުމެއް ނޫން ވާހަކަ ދައްކައިގެން ހައްލު ކުރާކަށް. އަހަރެން ބޭނުމެއް ނޫން ދެން ޔަޒާންއާ އެކީ އުޅޭކަށް. ވަރި ވާން ބޭނުމީ” ކުރިއަށް ޖެހިލަމުން ނައިހާ ބުންޏެވެ.

“ވަރި ވާން ބޭނުމޭ ބުނާ އިރު ނައިހާ ތީނީ އަހަރެންގެ ދަރިއަކަށް ބަލިވެއޭ” ނައިހާއާ ދިމާއަށް ދަމުން ޔަޒާން ބުނެލިއެވެ.

“މި ހުރިހާ ދުވަހު ޔަޒާން ވިސްނިންތަ އެކަމާ؟ މިއަދު އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމަކާ ވިސްނާކަށް. ޔަޒާން އަހަރެން ވަރި ކުރޭ!” ނައިހާ ބަނޑުގައި އަތް ޖައްސާލަމުން ބުންޏެވެ.

ރުޅި އައިސްގެން ތުރުތުރު އަޅައަޅާ ހުރި ޔަޒާން އެއްޗެއް ނުބުނެ ހުއްޓެވެ.

“މި ބުނީނު ވަރި ކުރާށޭ!” ނައިހާ ހަޅޭ ލަވައިގަތެވެ.

ކުރިން ދުވަހަކުވެސް ނައިހާގެ ފަރާތުން ފެނިފައި ނުވާ ސިފައެއް އެރޭ ފެނުމުން ޔަޒާން ހުރީ ހައިރާން ވެފައެވެ. ކިތަންމެ ރުޅި އައި ނަމަވެސް ކުރިން ނައިހާ ޔަޒާންއާ ދިމާއަށް ބާރަށް އެއްޗެއް ނުބުނެއެވެ. ޔަޒާން ރުޅި އައިސްގެން އެއްޗެހި ކިޔާ، ޒުވާބު ކުރަން އުޅުނު ނަމަވެސް ނައިހާ ވަހަކަ ދައްކާނީ މަޑު މައިތިރި ކަމާ އެކީއެވެ. އެރޭ، އެހެން ބައެއްގެ ކުރިމަތީ ނައިހާ އެ ގޮތަށް ވާހަކަ ދެއްކުމުން ޔަޒާންއަށް މަޑުންނެއް ނުހުރެވުނެވެ.

ކުރިއަށް ފިޔަވަޅެއް އަޅާލަމުން ޔަޒާން ތިންވަނަ ފަހަރަށް ނައިހާގެ ކޯ މަތީ ޖެހުމާ އެކު ނައިހާ ވެއްޓެން ދިޔައެވެ. ނާއިލް އައިސް ނުހިފެހެއްޓި ނަމަ ނައިހާ ވެއްޓުނީހެވެ. ކުރިން ތުންފަތް ފަޅައިގެން ދިޔަ ތަނުން އަނެއްކާވެސް ލޭ އަންނަން ފެށިއެވެ. ޔަޒާން ޖެހިލެއް ބާރު ކަމުން ނައިހާގެ މޫނު މައްޗަށް އަނދިރި ވެގެން ދިޔައެވެ. ނާއިލްގެ އަތުތެރޭ ހުރެ ނައިހާގެ ލޯ މެރެން އުޅުނެވެ.

ރުޅި އައިސްގެން އިޝާމް ޔަޒާންއާ ދިމާއަށް ދާން ފެށިއެވެ. ނަމަވެސް ނޫރާ އިޝާމްގެ އަތުގައި ހިފަހައްޓާފައި އަވަސް އަވަހަށް ދެ ފަރާތަށް ބޯ ހަލުވާލާފައި ނައިހާ ކައިރިއަށް ދިޔައީވެސް އިޝާމްގެ އަތުގައި ހިފައިގެންނެވެ.

ނޫރާއާ އިޝާމް ކައިރި ވުމުން އެ ދެ މީހުންނާ ނައިހާ ހަވާލު ކޮށްފައި ދިޔަ ގޮތަށް ނާއިލް ޔަޒާންގެ ކުރިމަތީ ހުއްޓުނެވެ.

“އިޝާމް…” ނައިހާ އެ ދިމާއަށް ބަލަން ހުރެ އިޝާމްގެ ނަމުން ގޮވާލީ ނާއިލްއާ ޔަޒާން ތަޅައިގަނެފާނެ ހެން ހީވެގެންނެވެ.

ނައިހާ ބުނަން ބޭނުންވީ ކީކޭ ކަން އިޝާމްއަށް ވިސްނުނެވެ. ބޯ ޖަހާލާފައި އިޝާމް ބާރަށް ގޮސް ނާއިލްގެ އަތުގައި ހިފާ ދުރަށް ގެންދަން އުޅުނެވެ.

“ނާއިލް!” އިޝާމް ބާރަށް ނާއިލްގެ ނަމުން ގޮވާލުމުން އިޝާމް ދެ ފިޔަވަޅެއް ވަރު ފަހަތަށް ޖެހިލިއެވެ.

“ނައިހާ އެ ބުނީ ވަރި ކުރާށޭ!” ޔަޒާންގެ މޫނަށް ބަލަން ހުރެ ނާއިލް ބުނެލިއެވެ.

“ވަރި ކޮށްފަ ތިހިރީ!” ނައިހާއާ ދިމާއަށް އެނބުރިފައި އެހެން ބުނި ގޮތަށް ޔަޒާން އެ ތަނުން ނިކުމެގެން ދިޔައެވެ.

ބަނޑުގައި އަތް ޖައްސާލަމުން ނައިހާއަށް މުށިތައް މަތީ އިށީނދެވުނެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް އެ ކަން ކާމިޔާބު ނުވުމުން މޫނުގައި ދެ އަތް އަޅާލިއެވެ. ނައިހާ ގައިގައި ބައްދާލައިގެން އިން އިރު ނޫރާގެ ލޮލުންވެސް ކަރުނަ އާދެއެވެ. ދުރުގައި ބަލަން ހުރެފައި ނައިހާ ރޯން ފެށުމުން ނާއިލްވެސް އައިސް ކޮއްކޮގެ ގައިގައި ބައްދާލިއެވެ.

އިޝާމްއަށް ނައިހާ ރޯ ތަން ބަލަން ހުންނާކަށް ކެތެއް ނުވިއެވެ. އައިސްފައި ހުރި ރުޅި އަދިވެސް ނުފިލާތީ އެނބުރިފައި ޓެރެސް ވަށައިގެން ޖަހާފައިވާ ދަގަނޑުގައި ހަތަރު ފަސް ފަހަރަށް ޖަހާލިއެވެ.

ނާއިލް ޖީބުން ފޯން ނަގާ އާދިލްއަށް ގުޅާލިއެވެ.

“ބައްޕާ، މަންމަ ގޮވައިގެން ޓެރެސްއަށް އައިސްދެވިދާނެތަ؟” އާދިލް ފޯން ނެގުމުން ނާއިލް އެދުނެވެ.

“ކިހިނެއް ވީ؟” އާދިލް އެހިއެވެ.

“ބައްޕަމެން އައިމަ އެނގޭނެ، އަވަސް ކޮށްލައްޗޭ” ނާއިލް އިތުރު އެއްޗެއް ނުބުނެ ފޯން ކަނޑާލިއެވެ.

ދެ ތިން މިނަޓް ފަހުން އާދިލްއާ ނަރީމާ އައި އިރުވެސް ނައިހާ ރޮނީއެވެ.

“ދަރިފުޅާ…” ނައިހާ ކައިރީ އިށީންނަމުން ނަރީމާ ގޮވާލިއެވެ.

ނަރީމާގެ އަޑު އިވުމާއެކު ނައިހާއަށް ހައްތަހާ ބޮޑަށް ރޮވުނެވެ. ނޫރާގެ މޭގައި ބޯ ޖައްސާލައިގެން އިން ނައިހާ އެނބުރިފައި ނަރީމާ ގައިގައި ބައްދާލިއެވެ.

“ކިހިނެއް ވެފަ މިހިރީ؟” ނައިހާގެ މޫނު ފެނުމުން ނަރިމާއަށް ކަން ބޮޑު ވެގެން އަހާލެވުނެވެ.

“ނާއިލް…؟” ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދުމަށް އާދިލް ގޮވާލީ ނާއިލްއަށެވެ.

ވީ ގޮތް ނާއިލް ކިޔާދިނެވެ. އެ ތަނުގައި ދެކެވުނު ހުރިހާ ވާހަކައެއް ނާއިލްއަށާ އިޝާމްއަށް އަޑު ނީވޭ ކަން ނައިހާއަށާ ނޫރާއަށް އެނގުނީ ނާއިލް ކިޔައިދިނުމުންނެވެ. ހިތާ ހިތުން އެކަމާ ނައިހާ ހެއްދެވި ފަރާތަށް ހަމްދު ކުރީ އެ ފަދަ ވާހަކައެއް އާއިލާގެ އެހެން މީހަކަށް ނޭނގުނީތީއެވެ.

“ރަނގަޅަށް ކަންނޭނގެ ތި ވީ” އާދިލް ބުންނެވެ.

“ނޫރާ، ދަރިފުޅު ދޭބަލަ ޓިޝޫކޮޅެއް ގެނެސްދޭން” ނަރީމާ ނޫރާއަށް ގޮވާލާފައި އެދުނީ ނައިހާގެ ތުންފަތުން އައިސްފައި ހުރި ލޭ ފިލުވާށެވެ.

އެ ވަގުތު އިޝާމް އައިސް ޓިޝޫތަކެއް ގެނެސް ނަރީމާއަށް ދިއްކޮށްލިއެވެ.

ނަރީމާ އިޝާމްއަށް ބަލާލާފައި ހިނިތުންވެލަމުން އޭގައި ހިފިއެވެ.

“ދަރިފުޅާ، ކުރިންވެސް ޔަޒާން އަނިޔާ ކުރޭތަ؟” ނައިހާގެ މޫނުގައި ހުރި ލޭ ސާފު ކުރަމުން ނަރީމާ އަހާލީ، ނައިހާ އެ ފަދަ ކަމެއް ސިއްރުކޮށްގެން އެ ހުރިހާ ދުވަހު ހުރެދާނެ ކަން ހިތަށް އަރާފައެވެ.

ޖަވާބުގައި ނައިހާ ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

“ކޮން އިރަކު މައްސަލަ ޖެހެން ފެށީ؟” ނަރީމާ އެހިއެވެ.

ނޫރާއާ މެދު ޔަޒާން ދެކެމުން އައި ގޮތުގެ ވާހަކަ ނޫން އެހެން ހުރިހާ ވާހަކައެއް ނައިހާ ކިޔާދިނެވެ.

“ނައިހާ ކީއްވެ މަންމަ ކައިރީ ނުބުނީ؟ އޭރު ގެޔަށް އައިސް ހުރި އިރުވެސް މަންމަ އެހީމަވެސް ނައިހާ ނުބުނި” ނައިހާގެ ބޮލުގައި ފިރުމާލާފައި ނަރީމާ ލޮލުން އައި ކަރުނަ ފޮހެލިއެވެ.

“ދެން އަޅާނުލާ. އެ ކަންތައް ދެން އެ ނިމުނީ. ދެން ނައިހާ ހުންނާނީ އަހަރުމެން ކައރީގައެއްނު؟ ދަރިފުޅު ދެރަ ނުވާތި އިނގޭ. މަންމައާ ބައްޕަ ތިބިއްޔާ އިރާދަ ކުރެއްވިއްޔާ ދަރިފުޅަށް ދެރަ ގޮތެއް ނުވާނެ” އާދިލްވެސް ތިރި ވެފައި ނައިހާގެ ބޮލުގައި ފިރުމާލިއެވެ.

“ދަރިފުޅު ބޭނުމީ ދެން ގެޔަށް ދާންތަ؟” ނަރީމާ އަހާލީ އެ ކަންތަކަށް ފަހު ނައިހާ ޕާޓީއަށް އަލުން ދާން ބޭނުން ނުވެދާނެތީއެވެ.

“ނޫން، އޭރުން ނަޒް ދެރަވާނެ. ފަހުން ދާނީ” ނައިހާ ބުންޏެވެ.

ނައިހާގެ މޫނު ސާފު ކުރެވުނު ނަމަވެސް ތުންފަތާ ކޯމަތި ހުރީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. ރޮއެފައި ހުރުމުން ލޯވެސް ހުރީ ރަތްވެ ދުޅަވެފައެވެ. ނޫރާގެ ދަބަހުގައި އޮތް ފުށްދަޅުން މޫނު ރީތި ކޮށްލި ނަމަވެސް ނައިހާގެ މޫނުން ޔަޒާން ދިން އަނިޔާގެ އަސަރު ފެންނަން ހުއްޓެވެ.

ނަރީމާއާ އާދިލްއާ އެކު ނައިހާއާ ނޫރާ ނިކުތުމުން، ދަގަނޑުގައި އަތް ހިފަހައްޓާލައިގެން ހުރި އިޝާމްއަށް ނާއިލް ބަލާލިއެވެ.

“އިޝާމް، ހިނގާ” އިޝާމްގެ ކޮނޑުގައި އަތް ޖައްސާލަމުން ނާއިލް ގޮވާލިއެވެ.

“ނާއިލް އިހަށް ދޭ. އިރުކޮޅަކުން އަހަރެން ދާނަން” އިޝާމް ބުންޏެވެ.

ބޯ ޖަހާލާފައި ނާއިލް ދިޔައީ، އެރޭ ފެނުނު ކަންތަކަށް ފަހު އިޝާމްއަށް އެކަނި ވަގުތުކޮޅެއް ބޭނުން ވާނެކަން ވިސްނިގެންނެވެ.

އާދިލްއާ ނަރީމާ ކުއްލިއަކަށް ހޯލުން ނިކުމެގެން ދިޔަތާ ބައި ގަޑިއެއް ހާ އިރު ފަހުން އަނެއްކާވެސް އައިސް ވަން ތަން ފެނުމުން ނަޒްހާއަށް ހިނިތުންވެލެވުނެވެ. ނަމަވެސް ނަރީމާގެ ފަހަތުން، ނަރީމާއާ އާދިލްގެ މެދުގައި އިސް ޖަހައިގެން ހުރެ ވަން ނައިހާ ފެނުމުން ނަޒްހާ ކަންބޮޑު ވިއެވެ. ނައިހާމެންގެގެ ފަހަތުން ނޫރާއާ ނާއިލްވެސް ވަނެވެ.

ކޮންމެވެސް ކަމެއް ވެއްޖެ ކަމުގައި ނަޒްހާގެ ހިތް ބުނަމުން ދިޔައީ ނައިހާ ހުރި ގޮތް ފެނުމުންނެވެ. ނަޒްހާ ޝާދުއާ ދިމާއަށް ބަލާލި އިރު ޝާދުގެ މޫނުމަތިންވެސް ކަންބޮޑުވުން ފާޅުވާން ހުއްޓެވެ.

އޭރު މީހުން އައުންވެސް ހުއްޓިފައި ވާތީ ނަޒްހާއާ ޝާދު އެކީގައި ގޮސް ނައިހާމެން ތިބި މޭޒު ކައިރިއަށް ދިޔައެވެ.

“މަންމާ، ކިހިނެއް ވީ؟” ނަޒްހާ އަހާލިއެވެ.

އިސް ޖަހައިގެން އިން ނައިހާ އިސް އުފުލާ ބަލާލީ ނަޒްހާގެ އަޑު އިވުމުންނެވެ.

“ނައި…!” ނައިހާގެ މޫނު ފެނުމާއެކު ނަޒްހާއަށް އަނގަމަތީ އަތް އަޅާލެވުނެވެ.

“އިހަށް ސުވާލު ނުކޮށް އެ ކޮޅަށް ދަރިފުޅުމެން ދޭ. ފަހުން ހުރިހާ އެއްޗެއްވެސް ކިޔާދޭނަން. ކަންބޮޑު ވާންވީ އެއްވެސް ކަމެއް މިހާރު ނެތް” ޝާދުގެ ކޮނޑުގައި އަތް ޖައްސާލަމުން އާދިލް ބުންޏެވެ.

“އެކަމަކު…” ނަޒްހާއަށް އެ ގޮތެއް ކަމަކު ނުދިޔައެވެ.

“ބައްޕަ އެ ބުނީނު ކަންބޮޑު ވާންވީ އެއްވެސް ކަމެއް ނެތޭ؟ ދެން ހިތް ހަމަ ޖައްސާލާ އިހަށް. މާދަމާ ދެން އެ ވާހަކަ ދައްކާނީ” ނަޒްހާގެ އަތުގައި ފިރުމާލަމުން ނަރީމާ ބުންޏެވެ.

ކުރިމަތިން ފެންނަން ހުރި އިމާރާތްތަކަށް ބަލަން ހުރި ނަމަވެސް އިޝާމްގެ ހިތަށް ސިފަ ވަމުން ދިޔައީ ނައިހާ ގައިގައި ޔަޒާން ޖެހުމުން ނައިހާ ވެއްޓުނު ތަނެވެ. އެ ވަގުތު އިޝާމް ކައިރިއަށް ރުޅި އައީ ދުވަހަކުވެސް ނާންނަ ވަރަށެވެ. ނޫރާ އިޝާމްގެ އަތުގައި ނުހިފެހެއްޓި ނަމަ އެރޭ ޔަޒާންއާ އިޝާމް ތަޅައިގަތީހެވެ. ނައިހާގެ އެދުމަށް ނާއިލް ހުއްޓުވި ނަމަވެސް އެ ވަގުތުވެސް އިޝާމް ބޭނުން ވީ، ނައިހާގެ ގައިގައި ޖެހީތީ ޔަޒާންއަށް އަނިޔާ ކުރާށެވެ.

 

ނައިހާއާ ޔަޒާންގެ މެދުގައި ހިނގި ކަންތައް ގޭ އެހެން މީހުންނަށް އެނގުނީ އަނެއް ދުވަހުއެވެ. އެންމެންވެސް ނައިހާއަށް ހިތްވަރު ދިނެވެ. ހުރިހާ ކަމެއްގައިވެސް ނައިހާއަށް އެހީ ވެދޭނެ ކަމަށް ބުންޏެވެ. ހުރިހާ ގޮތަކުން އެ މީހުން ނައިހާއާ އެކުގައި ވާ ކަން ދައްކަމުން ދިޔައެވެ. ނައިހާ އެކަނި ވެލަން ބޭނުން ވެއްޖެ ނަމަ ނައިހާއަށް ވަގުތު ދެއެވެ. އެކަނި އޮވެ ފޫހި ވުމުން ކޮންމެވެސް އެއް ކުއްޖަކު ނައިހާ ކައިރީ އިނދެއެވެ.

އަބަދުވެސް އެހެން މީހުންނާ ވަކިން އުޅޭ ޝާލިޔާ، އޮފީހުން ތިން ދުވަހުގެ ޗުއްޓީއެއް ނަގައިގެން ގިނަ ވަގުތު ހޭދަ ކުރީ ނައިހާއާ އެކީއެވެ. ނަވާފް އޮފީހުގައި ހުރެފައި އިރުއިރުކޮޅާ ނައިހާއަށް ގުޅާލައެވެ. ގެޔަށް އައިސްވެސް ގިނަ ވަގުތު ހޭދަ ކުރީ ނައިހާއާ އެކީއެވެ. ނައިހާ އެއްޗެއް ބޭނުން ވޭތޯ ލައިލާ އިރުއިރުކޮޅާ އަހާލައެވެ. ނޫރާއާ ނާޔާވެސް ތިބެނީ ނައިހާ ކަމަކު ބުނޭތޯ ބަލަބަލައެވެ.

ހަފްތާއެއްގެ ހަނީމޫން ދަތުރެއް ރޭވި ނަމަވެސް، ހަތަރު ދުވަހަށް ދަތުރު ކުރުކޮށްލާފައި ނަޒްހާއާ ޝާދު އައެވެ. ހެނދުނު އަށެއް ޖެހި އިރު މާލެއަށް އައި ނަޒްހާއާ ޝާދު، އަށްގަޑި ބައި ވީ އިރު ތިބީ ނައިހާ ކައިރީގައެވެ.

އެ ކަންތައް ހިނގި ކަން ނުސްރާއަށާ ސުޖާއުއަށް އެނގުނީ އަނެއް ދުވަހުއެވެ. ނައިހާމެން ގޭގައި ޕާޓީއެއް ފަދަ ކަމެއް އޮންނަ ރެއެއް ނަމަ ގިނަ ފަހަރު އެރެއާ، ޖެހިގެން އަންނަ ދުވަހު ނައިހާ ހުންނަނީ މަންމަމެން ކައިރީގައެވެ. ދެ ދުވަސް ވީ އިރުވެސް ނައިހާ ނާންނާތީ ނުސްރާ ގުޅުމުން ވީ ގޮތް ނައިހާ ކިޔާދިނެވެ. ޔަޒާން ކަންތައް ކުރި ގޮތާ މެދު ދެރަވެ ލަދުގަންފައި ނުސްރާ، ނައިހާގެ ކިބައިން މާފަށް އެދުނެވެ. ހަމަ އެރޭ، ނައިހާގެ އެއްޗެހި ހިފައިގެން ނުސްރާއާ ޔުސްރާ ނައިހާމެން ގެޔަށް ދިޔައެވެ.

ނަރީމާ ކައިރީ އިނދެފައި ނުސްރާ ނަރީމާގެ ކައިރިންވެސް މާފަށް އެދުނެވެ.

“ނުސްރާ ދެރަ ނުވޭ އެކަމާ، އެއީ ނުސްރާގެ ކުށެއް ނޫނެއްނު؟ އެ ދެކުދިންނަށް އެކީގަ އުޅެވެން ނެތީމަ ދެން އެންމެ ރަނގަޅު ގޮތަށް އެ ވީ. އަބަދު ދެބަސްވެ، ޒުވާބުކޮށް، އެންމެ ފަހުން ތަޅާފޮޅާ ހިސާބަށް ދިޔައީމަ ދެން އެންމެ ރަނގަޅު ވާނީ ވަކި ވުން. ތި ގޭގަ ނައިހާ ހުރި އިރު އަމިއްލަ ދަރިއެއް ހެން ނުސްރާ ނައިހާ ދެކެ ލޯބި ވީ ކަން އަހަންނަށް އެނގޭ. އެކަމާ އަހަރެން ވަރަށް އުފާވި، ޝުކުރުކުރަން މަންމައެއް ފަދަ މައިދައިތައެއް އަހަރެންގެ ދަރިފުޅަށް ލިބުނީތީ. މި ގޭގަ ނައިހާ ހުއްޓަސް ނައިހާ ވިހާނީ ނުސްރާގެ މާމަ ދަރިފުޅު، ނުސްރާމެން ބޭނުން އިރަކު މި ގެޔަށް، ނައިހާ ކައިރިއަށް އާދެވޭނެ، އަހަރުމެންނަށް ބޭނުން އިރަކު ތި ގެޔަށް ދެވުނު ހެން” ނުސްރާގެ އަތުގައި ހިފާލައިގެން އިނދެ ނަރީމާ ބުންޏެވެ.

“ނައިހާ ކަހަލަ ކުއްޖަކު ދެން ޔަޒާންއަކަށް ނުލިބޭނެ، އެ ކަން އޭނައަށް ނުވިސްނެނީ. އެކަމަކު ދެން އެކަމަކާ އެއްޗެއް ކިޔާނެ ކަމެއް ނެތް” ނުސްރާ ބުންޏެވެ.

ނުސްރާމެން އެ ގެޔަށް ގޮސްފައި ދިޔަތާ ގިނަ އިރެއް ނުވެ ޔާނިއު ނާޔާއަށް ގުޅިއެވެ.

“ނާޔާ، ދޮންބެ ކަންތައް ކުރި ގޮތުން ވަރަށް ދެރަ ވެއްޖެ އަހަރެން. ފަހަރެއްގަ އެ ކަމާ ނާޔާ އަހަރެންނާ މެދުވެސް ހިތްހަމަ ނުޖެހިދާނެ. އެހން ނަމަ މާފަށް އެދެން ބޭނުން” ޔާނިއު ބުންޏެވެ.

“ނޫން، އެކަމާ ޔާނިއު މާފަށް އެދޭކަށް ނުޖެހޭނެ” ނާޔާ ބުންޏެވެ.

“ދޮންބެދައްތަ އަކީ ވަރަށް ރަނގަޅު ކުއްޖެއް. ދޮންބެއަށް އެ ކަން ނުވިސްނުނީތީ ހައިރާން ވޭ. އެކަމަކު ހިތަށް އަރާ މިހާރު އެންމެ ރަނގަޅަށޭ އެ ވީ” ޔާނިއު ބުންޏެވެ.

“އާނ، އަހަރެންވެސް ހިތަށް އަރާ ތިހެން” ނާޔާ އެއްބަސް ވިއެވެ.

“ނާޔާ… އެ ދެ މީހުންގެ މެދުގަ ކަންތައް ވީ ގޮތުން އަހަންނާ ނަޔާގެ ގުޅުމަށް އިފެކްޓް ކުރާނެތަ؟” ޔާނިއު އަހާލިއެވެ.

“އެހެން ވާންވީ ސަބަބެއް ނެތް ދޯ؟” ނާޔާ ބުންޏެވެ.

“ނާޔާގެ ފެމިލީ އިން އެއްވެސް މައްސަލައެއް ނުޖައްސާނެތަ؟” ޔާނިއު އަހާލީ އެކަމާ ޔާނިއުގެ ހިތުގައި ކަންބޮޑުވުމެއް ވާތީއެވެ.

“ޔަގީންކޮށް ބުނާކަށް ނޭނގޭ، އެކަމަކު ހިއެއް ނުވޭ އެހެން މީހަކު ކުރި ކަމަކާ ހެދި ޔާނިއު ދެކެ މަންމަމެން ހިތްހަމަ ނުޖެހިދާނެ ހެންނެއް. ދޮންތަގެ ލައިފް ކުޑަކޮށް ސެޓްލް ވެލީމަ އަހަރެން މަންމައާ ވާހަކަ ދައްކާނަން. އޭރުން އެ މީހުން ދެކޭ ގޮތެއްވެސް އެނގިދާނެއެއްނު؟” ނާޔާވެސް ބޭނުން ވަނީ ޔާނިއުއާ ނާޔާގެ ގުޅުމުގެ ވާހަކަ މަންމަމެންނާ ހިއްސާ ކުރާށެވެ.

“އޯކޭ… ވަރަށް އުފާ ވެއްޖެ ނާޔާގެ ހިތް އަހަންނާ މެދު ބަދަލު ނުވީތީ… އަހަންނަކީ ދޮންބެ ކަހަލަ މީހެއް ނޫން، ނާޔާ އެކަން ގަބޫލު ކުރައްޗޭ” ޔާނިއު އެދުނެވެ.

“ގަބޫލު ކުރަމޭ” ނާޔާ ޔަގީން ކަން ދިނެވެ.

“ދެން ބާއްވަނީ، ފަހުން ގުޅާނަން…” ޔާނިއު ބުންޏެވެ. އާނއެކޭ ބުނެފައު ޔާނާ ފޯން ކަނޑާލިއެވެ.

 

ހަފްތާއެއްގެ ތެރޭ ވަރީގެ ހުރިހާ ކަމެއް ނިމުނެވެ. އެ ހަފްތާ ތެރޭ އޮފީހަށް ނުގޮސް ހުރެފައި ޖެހިގެން އައި އާދީއްތަ ދުވަހު ނައިހާ އޮފީހަށް ނިކުތެވެ. ދެން އޮފީހަށް ނުގޮސް ހުރުމަށް ނަރީމާ އެދުނު ނަމަވެސް، ވިހެއުމާ މެދު އަދި މަހެއްހާ ދުވަސް އޮތުމުން ނައިހާ ބޭނުން ވީ އެ ދުވަސް ޖެހެން ދެން އޮފީހަށް ދާށެވެ. ނައިހާގެ އެދުމާ ދެކޮޅަށް ނަރީމާ އެއްޗެއް ނުބުނެއެވެ.

އެ ހަފްތާ ތެރޭގައި ނޫރާ އުޅުނީ ނައިހާއާ ވަރަށް ދުރުންނެވެ. އެކަން ނައިހާއަށް ފާހަގަ ކުރެވުނު ނަމަވެސް ނޫރާއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބޭތީ ހުރީއެވެ.

ވަރުބަލި ވާތީ، ބުރާސްފަތި ދުވަހު ބްރޭކްއަށް ގެޔަށް އައި ގޮތަށް ނައިހާ ދެން އޮފީހަކަށް ނުދެއެވެ. އެ ދުވަހު ނޫރާ އައި އިރު ނައިހާ ކޮޓަރީގައި އޮތުމުން އަވަސް އަވަހަށް ނޫރާ ނިކުންނަން އުޅުނެވެ.

“ނޫ…” ނައިހާ ގޮވާލިއެވެ.

“ވަރަށް ބަނޑުހައި ވެފަ މިހިރީ ދޮންތާ، މި ދަނީ ކާން” އެހެން ފަހަރުފަހަރުވެސް ހަދާ ހެން ކޮންމެވެސް ބަހަނާއެއް ދައްކާފައި ނޫރާ ދާން އުޅުނެވެ.

“އަހަރެންނާ ވާހަކަ ދައްކަން ނޫރާ ތިހާ ބޭނުން ނުވަންޏާ އަހަރެން އެހެން ތަނަކަށް ހިނގައިދާނަން. އޭރުން ނޫރާ ނުޖެހޭނެ ތިހެން ފިލައިގެން އުޅޭކަށް” ނައިހާ ބުންޏެވެ.

ނޫރާ ދާން ނުކެރިފައި ދޮރުމަތީ މަޑުކޮށްލިއެވެ.

“އާދެބަލަ” ތެދުވެ އިށީނދެފައި ނައިހާ ބުންޏެވެ.

ނޫރާ އައިސް ނައިހާ ކައިރީ އިށީނެވެ.

“ދޮންތަ ދެކެ ހިތް ހަމަ ނުޖެހިފަތަ؟” ނައިހާ އަހާލިއެވެ.

ޏުރާ ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ދެން…؟” ނައިހާއަށް އަހާލެވުނީ ނޫރާއަށް ވެގެން އުޅޭ ގޮތެއް ނުވިސްނިގެންނެވެ.

“އަހަންނާ ހެދި ދޮންތައާ ޔަޒާން ވަރި ވާން ޖެހުނީ…” ނޫރާ އިސްޖަހައިގެން އިނދެ ބުނެލިއެވެ.

“ނޫރާއާ ހެދިއޭ؟” ނައިހާއަށް އަހާލެވުނެވެ.

ނޫރާ ބޯ ޖަހާލިއެވެ.

“ނޫރާ ކީއް ކުރީ؟ ނޫރާ އުޅުނިންތަ ޔަޒާންގެ ފަހަތުން؟ ނޫރާ ބުނިންތަ ޔަޒާން ކައިރީ ދޮންތަ ވަރި ކުރާށޭ؟ ނޫރާ އެއްވެސް ގޮތަކުން ޔަޒާންއަށް ނޫރާގެ ފަހަތުން ދުވަން ހިތްވަރު ދިނިންތަ؟ ނޫނީ އޭނަ ކައިރީ ބުނިންތަ އެހެން އަންހެން ކުދިން ގޮވައިގެން އުޅޭށޭ؟” ނައިހާ އެހިއެވެ.

ދެންވެސް ނޫރާ ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

“ދެން ކީއްވެ ނޫރާގެ ސަބަބުން އަހަރުމެން ވަރިވާން ޖެހުނީއޭ ތި ބުނީ؟ ދޮންތައަށް އެނގޭ ނޫރާ ދުވަހަކުވެސް ޔަޒާން އެހެން ނޫރާގެ ފަހަތުން އުޅެން ބޭނުން ނުވާނެ ކަން، އެއަށް ވުރެ މާ ބޮޑަށް ނޫރާ އަދީމް ދެކެ ލޯބިވޭ. ޔަޒާން ކުރިންވެސް އުޅުނީ އެހެން. އަބަދުވެސް އޭނަ އުޅެނީ އެހެން. ނޫރާގެ ފަހަތުން އުޅުން އެއީ އޭނަގެ އެ ގޮތް ބަދަލު ނުވާނެ ކަމުގެ ހެއްކެއް. ދެން އެ ކަހަލަ މީހަކާ އެކީ އުޅުމަށް ވުރެ ވަރިވުން މާ ރަނގަޅެއް ނޫންތަ؟ އެ ހުރިހާ ދުވަހުވެސް ދޮންތަ ހުރީ ދަރިއަކު ލިބެން އުޅޭތީ، އެހެން ނޫން ނަމަ ޔަޒާން އެހެން މީހަކާ އެކީ ފެނުނު ދުވަހުން ފެށިގެން ދޮންތަ އޭނައާ އެކީއެއް ނޫޅޭނެ. މި ދަރިފުޅާ މެދު ޔަޒާން ނުވިސްނި އިރު ދެން އެހެން ކަމަކާ އޭނަ ވިސްނާނެތަ؟” ނައިހާ ނޫރާގެ އަތުގައި ހިފާލިއެވެ.

ނޫރާ އެއްޗެއް ނުބުނެ އިނެވެ.

“ނޫރާ ކީއްވެ ކުރިން ދޮންތަ ކައިރީ ނުބުނީ؟” ނައިހާ އަހާލިއެވެ.

“ދޮންތަ ފެންނަ ކޮންމެ ފަހަރަކު ބުނަން ހިތަށް އަރާ، އެކަމަކު ދޮންތަ ދެރަ ވާނެ ވަރު ހިތަށް އަރާފަ ނުކެރުނީ…” ނޫރާ ބުންޏެވެ.

“ދެން ތިހާ ދެރަ ވެފަ ނީނދެބަލަ. އެންމެން އަބަދު ދޮންތަ ވަށައިގެން އުޅޭ އިރު ނޫރާ އުޅެނީ ފިލައިގެން. ދެން އެހެން ހަދައިގެން ނުވާނެ، ނޫރާ ތިހެން އުޅުނީމަ ދޮންތަ ވަރަށް ދެރަވޭ. އެ ކަންތައް އެ ނިމުނީ” ނޫރާގެ ބޮލުގައި ފިރުމާލަމުން ނައިހާ ބުންޏެވެ.

“ގޭ މީހުން ކައިރީ…” ނޫރާ ބުނަން އުޅެފައި ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

“އެއްވެސް މީހެއް ކައިރީ ބުނާނެ ކަމެއް ނެތް. އެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތް” ނައިހާ ބުންޏެވެ.

ނޫރާ ބޯ ޖަހާލާފައި ނައިހާއަށް ބަލާލަމުން ހިނިތުން ވެލިއެވެ.

“އަދި ކިރިޔާއެއްނު އަހަރެންގެ ލޯބި ލޯބި ކޮއްކޮ މި ފެނުނީ” ނޫރާގެ ކޮލުގައި ހިފާލަމުން ނައިހާވެސް ހީލިއެވެ.

ގޭ ދޮރުމަތީގައި އިޝާމް މަޑުކޮށްލައިގެން ހުއްޓެވެ. ނައިހާ ގެޔަށް އައި ފަހުން ދެ ހަފްތާ ވެގެން ދިޔަ އިރު އިޝާމް އެ ގެޔަށް ނައިސް ހުރެފައި އެންމެ ފަހުން އެ އައީ ނާއިލް ކިޔާ ވަރުންނެވެ. ބެލް ޖަހާލަން އުޅެފައިވެސް އިޝާމްއަށް މަޑުކޮށްލެވުނެވެ. އެހެން ހުއްޓާ އިޝާމް ސިހުނީ ދޮޜު ހުޅުވާލި އަޑަށެވެ.

“އިޝާމް!” ޝާލިޔާ ދޮރުމަތީ ހުރެފައި ގޮވާލިއެވެ.

“ނާއިލް ކޮބާ؟” އިޝާމް އަހާލިއެވެ.

“އެބަ އުޅޭ، ވަދެބަލަ” އިޝާމް ވަންނަން ތަން ދައްކަމުން ޝާލިޔާ ހިނި އައިސްފައި ފަހަތަށް ޖެހިލިއެވެ.

“އިޝާމް! ހާދަ ފިލައިގެންނޭ ތި އުޅެނީ މިހާރު” ޝާލިޔާގެ ފަހަތުން އައި ނަވާފް ބުންޏެވެ.

ޖަވާބެއް ނުދީ ހީލާފައި އިޝާމް ވަނެވެ. އެކަކު އަނެކަކަށް ބަލާލާފައި ހީލަމުން ނަވާފްއާ ޝާލިޔާ ބިކުތެވެ.

“އިޝާމް، ތީ އަށެއް ޖެހި އިރު އަންނަން ބުނި މީހާ؟ މިހާރު ނުވައެއް ޖަހަނީ” ކާ މޭޒުދޮށުގައި އިން ނާއިލް ބުންޏެވެ.

“އާނ، ކުޑަ ކަމެއް ޖެހުނީ” އިޝާމް ގޭތެރޭގެ އެކި ދިމާއަށް ބަލާލިއެވެ. ހީވީ އެއްޗެއް ހޯދަން އުޅުނު ހެންނެވެ.

“އިޝާމް، އާދޭ ކާން، އަހަރެންވެސް ހަމަ މި އިށީނީ، ނުފަށާ މީނީ ބައްޕަ އަންނަން ދެން” އިޝާމްއާ ދިމާއަށް ބަލާލަމުން ނާއިލް ދައުވަތު ދިނެވެ.

“އާނ، އާދޭ އިޝާމް، މިރޭ މިހިރީ އިޝާމްގެ ފޭވަރިޓް، ކެއްކި އިރުވެސް މަންމަ ކިޔޭ ބަނބުކެޔޮ ބަތާ ރިހާކުރު ދިޔަޔާ އެއީ އިޝާމްއަށް ވަރަށް މީރު ކެއުމެކޭ” ލައިލާ އިތުރު ތައްޓެއް ނަގާ މޭޒުމަތީ ބެހެއްޓިއެވެ.

ދެކޮޅު ހަދަން އުޅެފައިވެސް އިޝާމް އިށީނީ ކާން ހުރި އެއްޗެހީގެ ވާހަކަ ބުނުމުންނެވެ.

“މިރޭ ނާއިލް މާ ލަހުން ކާން ތި އުޅެނީ ކީއްވެ؟” އިޝާމް އެހިއެވެ.

“މަތީގަ ބައްޕައާ އަހަންނާ ދޮންބެއާ މަސައްކަތުގަ އުޅެފަ ދެންމެ ފެން ވަރައިގެން މި އައީ. ބައްޕަވެސް މިހާރު ނިކުންނާނެ ކަންނޭނގެ” ނާއިލް ކިޔާދިނެވެ.

“މަތީގަ ކޮން މަސައްކަތެއް؟” އިޝާމް އެހިއެވެ.

“އެތާ އޮތް ހުސްތަންކޮޅުގަ ކޮޓަރިއަކާ ފާހާނާއެއް ހަދާ ނިންމާލެވޭތޯ މި އުޅެނީ ނައި ވިހަން ވާ އިރަށް. މިހާރު ދެން ކުލަ ލާން ވެފަ އެހެރީ. ގާތްގަނޑަކަށް ނިމުނީ ދެން” ނާއިލް ބުންޏެވެ.

“އެހެންތަ؟” އިޝާމްއަށް ސިޑިއާ ދިމާއަށް ބަލާލެވުނެވެ.

“އެހެން މީހުން ކެއީތަ؟” އިޝާމް އަހާލީ އެއްވެސް އަންހެން ކުއްޖަކު ފެންނަން ނެތުމުންނެވެ.

“ނޫރާއާ ނާޔާ ވީ ނައިއާ އެކީ ޑޮކްޓަރަށް ދައްކަން ގޮސް” އެ ފަހަރު ޖަވާބު ދިނީ ލައިލާއެވެ.

“އިޝާމް އައީ ދޯ؟ ނަސީބެއްނު މިރޭ ބަނބުކެޔޮ ބަތް ކެއްކުނު ކަން” އާދިލްއާ އެކީ ކޮޓަރިން ނިކުތް ނަރީމާ ހެވިފައި ހުރެ ބުނެލީ އިޝާމް ފެނުމުންނެވެ.

“ހިނގާ ފަށަމާ. ކޮބާ ނަވާފް؟” އާދިލް އިށީނދެފައި ތަށި ކައިރިކޮށްލަމުން އެހިއެވެ.

“ޝާލިޔާއާ ދެ މީހުން ބޭރަށް އެ ދިޔައީ” ނަރީމާ ޖަވާބު ދިނެވެ.

ނައިހާމެން ގެޔަށް އައީ އާދިލްމެން ކައި ނިމިގެން ދުފަން ތިއްބައެވެ.

“ތި އައީ ދޯ؟ އަވަހަށް ކާން ހިނގާ. ނާޔާ، ތުއްތުބޭދައްތައަށް ކާން ގޮވާލައްޗޭ” އާދިލް ކައިރީ އިން ނަރީމާ ތެދުވަމުން މައްޗަށް ދިޔަ ނާޔާއަށް ބުންޏެވެ.

އިޝާމް ފެނުމުން ނައިހާގެ ފިޔަވަޅުތައް މަޑު ޖެހިލި ނަމަވެސް، ނޫރާ ނައިހާގެ އަތުގައި ހިފާލުމުން ނައިހާ ގޮސް ގޮނޑިއެއްގައި އިށީނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހިތް ރުހުނަސް – 04

Next

ލޯބިވަން ޔާރާއޭ 09

Next
November 6, 2019

ލޯބިވަން ޔާރާއޭ 09

Previews
November 5, 2019

ހިތް ރުހުނަސް – 04

26 Comments!

  1. Mar Sha Marsha says:
    November 5, 2019 at 10:38 pm

    Hi hurihaa kudhin, mirey maa lahun upload kurevuny net nulibigen, sorry. Mi bai ves kamudhaane kamah hykuran. Kiyaalaafa comment kollahchey. Part 11 InshaAllah Saturday ga genesdheynan. ❤️❤️❤️❤️❤️

  2. jiji says:
    November 5, 2019 at 10:42 pm

    me first Dhw❤?? ?..kiyaafa comment eh kohlaanan

    1. emm says:
      November 7, 2019 at 11:28 am

      hey jiji its me emm ingey… i missed u a lot darlxxx… ??? lap halaaku vegen on nuvevenii… vrh vrh miss… ? emmen mathin vx… give my regards to all plxx…. specially mal n thoo sis ah… hope u all r doing great… n how was the exams dear… lots of love ????

    2. jiji says:
      November 7, 2019 at 2:27 pm

      awwn alhey missed u xo much dhooni kolhu???…alhey dhen talk eh nukureveyne tha???..adhi exam ge result eh nulibey..anehhen v faseyha exam…wbt u emm???..much more loves from me dear??????

    3. emm says:
      November 7, 2019 at 5:21 pm

      neynge…. lets hope for the best dhw… exams vrh faseyha… alhamdulillah… i ge vx results nulibey adhi….

  3. No one says:
    November 6, 2019 at 12:11 am

    Maashaa ge stories v salhi…. Ma sha allah… ? Mi part vx v salhi…. Waiting 4 nxt part…

  4. Meekkomee says:
    November 6, 2019 at 12:15 am

    Varah Reethi ingyy ?? Masha Allah ????? curiously waiting for the next part ??? LYSM ❤️❤️❤️????

  5. Himm says:
    November 6, 2019 at 12:22 am

    Yaaayyy!! Finally, Isham and Naihaa get back vaany dhn ?
    Waiting for the next part ?

  6. Maisha maii says:
    November 6, 2019 at 1:24 am

    Varah reethi mi bai ves??????❤❤??. Waiting for next part??❤❤??????

  7. Kylie says:
    November 6, 2019 at 9:39 am

    Maasha Allah v reethi mi part vx…….. Waiting fr nxt…. LYSM marsha sis….. ❤️

  8. Yanaa says:
    November 6, 2019 at 9:39 am

    Varah varah reethi..?????maa sha allah…curiously waiting for the next part…??LYSM????❤❤❤

  9. Kairaa says:
    November 6, 2019 at 10:58 am

    Wowwwwwww……vvvvvvvvvv reethi mi part vx…..bunedhen neygeyhaa varah furihama…..hama habbu….and nxt part vx hama migothah vvvvv reethi vaane kamah heekuran….and whn nxt…waiting

  10. Dheenu? says:
    November 6, 2019 at 3:23 pm

    Waiting for next part vrh quality avahah gennahchey kiyaa hithun kehmadhu vefa

  11. Mar Sha Marsha says:
    November 6, 2019 at 7:30 pm

    Thank u hurihaa kudhin, hurihaa comment akah vaki vakin reply nukurevuny v ufaa vey kiyaalaafa comment kollan vaguthu kolheh hus kollaathi. 11 on Saturday dearie ❤️??

  12. SEVENTEEN says:
    November 6, 2019 at 8:20 pm

    WOW NICE STORY

  13. jiji says:
    November 7, 2019 at 6:08 pm

    aaawwwwwnnnnn??????..super story..i really love it….ly marsha

  14. Naafy says:
    November 8, 2019 at 9:19 am

    Heyyy jiji NYC to meet yuh sis vrh Ginain feney storyyy thakuge comments thakunn … hehe btw mi story vrh rythi ❤️?❣️

    1. jiji says:
      November 8, 2019 at 10:36 am

      oh yh…hehe?nice to meet yuh too

  15. Aisher❤️❤️❤️ says:
    November 8, 2019 at 9:45 am

    V rythi mi part ves…

  16. Naafy says:
    November 8, 2019 at 3:22 pm

    Jiji we r same old?

    1. jiji says:
      November 8, 2019 at 4:03 pm

      ??So u r 13 right

  17. jiji says:
    November 8, 2019 at 4:02 pm

    ??So u r 13 right

    1. Naafy says:
      November 9, 2019 at 10:13 am

      Yhhh

  18. Dheenu? says:
    November 9, 2019 at 8:53 am

    Marsha miadh me Saturday when next part kiyaa hithun nuvx nidhey

  19. ???? says:
    November 10, 2019 at 10:42 am

    Bunaa duvahah vaahaka up nukureveny keehve thr…………….

  20. Shuha says:
    November 10, 2019 at 6:50 pm

    Marsha Kon irakun next part up kohla deveyneee………….. Kiyaa hitun hureveny ky noon……….. What’s going to happen………….. ????????????????????????????????????????

Comments are closed.

Next Episodeއެދިގެން ތި ލޯތްބަށް 11←


All Right Reserved!