Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެވުނީ 3

Ishh Level 210 Stories100 Login
October 29, 2019 2 Mins Read
5 Comments

ފިހާރައަކުން އަތް ގުޅުވައިގެން ނިކުތް ޖޯޑަކަށް ނަޒަރު ހުއްޓައިގެން މައިހާއިނެވެ.އެމީހުން ގޮސް ޕާކްކޮއްފައި އޮތް ކާރަކަށް އެރިއެވެ.
“ޔާން ފޮލޯ ދެޓް ކާރ”މައިހާ އެހެން ބުނުމުން ލިޔާން މައިހާއަށް ބަލާލީ ކިހިނެއްވީހޭ އަހާގޮތަކަށެވެ.”އަވަސް”މައިހާ އެހެން ބުނުމުން ލިޔާން އެކާރުގެ ފަހަތުން ދިޔައެވެ.
އެކާރު މަޑުކުރީ ރީތިކޮށް ހިދާފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ.ލިޔާން ކާރު މަޑުކުރުމާއެކު މައިހާ ކާރުން ފޭބިއެވެ.އަދި އަނެތް ކާރުން ފޭބި މީހުންނާ ދިމާއަށް މިސްރާބުޖެހިއެވެ.
“ޝާން”ގެއައް ވަންނަށް ހިނގައިގަތް އިޝާންގެ ފިޔަވަޅުތަށް ގަނޑުވީއިވުނު އަޑަކުންނެވެ.އޭނައަށް އިވުނީ ރަގަޅު އަޑެއްތޯ ޔަގީން ކުރުމުގެ ނިޔަތުގައި އިޝާން ފަހަތް ބަލާލިއެވެ.
އޭނައަށް އަޑުއިވިނީ ހަމަ ރަގަޅަށެވެ.ފަހަތުގައި އޭނައަށް ބަލަހައްޓައިގެން ހުރީ އެހެން މީހެއް ނޫނެވެ.މައިހާއެވެ.
“ޝާން އެއީ ކާކު”އިޝާން ކައިރީ ހުރި އަންހެން ކުއްޖާ ބުނެލި އަޑައް އިޝާންއަށް އެކުއްޖާއަށް ބަލާލެވުނެވެ.
“އަހަރެން ނޫންތަ ތި ސުވާލު ކުރަން ޖެހޭނީ ތީ ކާކު”އިޝާންއަށް އެއްޗެއް ނުބުނެވެނީސް މައިހާ ބުނެލިއެވެ.”ހައް އަހަރެން މީ އިޝާންގެ އަންްހެނުން ސުވާލު ކުރަން ޖެލޭނީ އަހަރެންއެއް ނޫންތަ ބުނޭ ތީ ކާކު”އެއަންހެން ކުއްޖާ އެހެން ބުނުމުން މައިހާއަށް އިޝާންއަށް ބަލާލެވުނީ ގަބޫލުނުކުރެވިފައެވެ.
“މަލަކާ ދޭ އެތެރެއަށް ޝާން އަންނާނަން”އިޝާން އެހެން ބުނުމުން ނުދާން އުޅެފައި ވެސް އެކުއްޖާ ގޮސް އެތެރެއަށް ވަނެވެ.
“މައި ޝާން އެކްސްޕް…””އެއްވެސް އެއްޗެއް ކުރާނެކަމެއް ނެތް ޝާން މައިއަށް އޮޅުވާލީ…ހުރިހާ ކަމަކުން…ޝާން ހީކުރީ ހުރިހާ ދުވަހު ސިއްރުކޮއްގެން ހުރެވޭނެ ކަމައްދޯ ނޫން ނުހުރެވޭނެ…އަހަރެން އިޝާންއާ ދައްކާނެ ވާހަކައެއް އިތުރަކަށް ނެތް…އިޝާން އިޝާންގެ ވައިފްއާއި އެކު އުފަލުގައުޅޭ…”މައިހާ އެހެން ބުނެ ލިޔާން ހުރިދިމާއަށް ދުއްވައިގަތީ އިޝާން ގޮވާ ގޮވުމަކަށް ނުބަލައެވެ.
“ހިނގާ ދާން”މައިހާ ކާރަށް އަރާ އެހެން ބުނުމުން ލިޔާން މައިހާގެ ގެއަށް ދާން ކާރު ދުއްވާލިއެވެ.
ލިޔާންއަށް ދޭތެރެ ދޭތެރެއިން މައިހާއަށް ބަލާލެވެއެވެ.އަޑުނަގާ ނުރޮއި ނަމަވެސް މައިހާގެ ލޮލުން ފައިބާ ކަރުނައަކަށް ބަދަލެއް ނާދެއެވެ.މައިހާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުން ތިއްކަކުން ތަދުވަނީ ލިޔާންގެ ހިތަށެވެ.އެކަކު ވެސް މައިހާގެ ލޮލުން ވެއްޓޭ ކަރުނަ ތިކި އަގުނުކުރި ނަމަވެސް ލިޔާންއަށް މައިހާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކެއް ވެސް ރަނާ ޖަވާހިރަށް ވުރެ އަގުބޮޑެވެ.
“އާދެވިއްޖެ”ކާރު މަޑުކުރިތާ ފަސް މިނެޓް ވި އިރުވެސް މައިހާ ނުފޭބުމުން ލިޔާންބުނެލިއެވެ.ލިޔާން އެހެން ބުނުމުން މައިހާ ނިކުންނަށް އުޅެފައި ވެސް ލިޔާން އާއި ދިމާއަށް ބަލާލިއެވެ.
މައިހާ ބަލާލުމުން ލިޔާން މައިހާއަށް ބަލާލީ ކިހިނެތްވީހޭ އަހާގޮތަކަށެވެ.”ޔާން އިރުކޮޅަކަށް މަޑުކޮށްފާނަންތަ”މައިހާ ލިޔާން އާއި ހަތަރު ކަޅި ހަމަކުރަމުން އަހާލިއެވެ.
ލިޔާން ބޯ ޖަހާލީ އެއްބަސް ވުނުގެ ގޮތުންނެވެ.އޭނައަށް މައިހާގެ ލޮލުގައި ވި އާދޭސް ފެނުނެވެ.އަޑުގައި ވި އާދޭސް އިވުނެވެ.ެއެހެން ނޫނަސް ލިޔާން މައިހާ މިގޮތަށް އެކަނި ދޫކުރާކަށް ބޭނުމެއް ނޫނެވެ.
މައިހާ އެތެރެއަށް ވަދެ ބޮޑަށް ދޮރު ހުޅުވާލީ ލިޔާން ވަނުމުގެ ގޮތުންނެވެ.”އިށީދޭ”ލިޔާން ވަނުމުން މައިހާ ބުނެލިއެވެ.
“ނާހާނަންތަ ކިހިނެތްހޭވީ”ފަނަރަ މިނެޓްގެ ހިމޭން ކަމަށް ފަހު މައިހާ އަހާލިއެވެ.”ކިހިނެތްވީ”ލިޔާން އަހާލިއެވެ.އޭނައަށް ހުރިހާ ކަމެއް އަޑުއިވުނެވެ.
މައިހާ ހުރިހާ ކަމެއް ލިޔާންއަށް ކިޔައިދިނެވެ.ލިޔާން އަށް ހުރިހާ ކަމެއް ކިޔައި ދިނުމުން މައިހާގެ ހިތަށް ލުޔެއް ލިބުނެވެ.
މައިހާއަށް ލިޔާންއަށް ބަލާލެވުނެވެ.މައިހާގެ ނަޒަރު ލިޔާންގެ ތުންފަތަށް ހުއްޓުނު ވަގުތު މައިހާއަށް އެހެން ކަހަލަ އިހްސާސެއް ކުރެވުނެވެ.
އިހްތިޔާރަކާ ނުލާ މައިހާއަށް ލިޔާންގެ މޫނާގާތް ވެވުނެވެ.މައިހާ ކުއްލިއަކަށް ގާތް ވުމުން ލިޔާންއަށް އޭނަގެ މޫނު ފަހަތަށް ގެންދެވުނެވެ.ނަމަވެސް މައިހާ ދެން ކުރި ކަމަކުން ލިޔާންގެ ދެލޯ ބޮޑުވިއެވެ.
ލިޔާން އަވަސް އަވަހަށް ދުރަށް ޖެހިލަމުން ކޮޅަށް ތެދުވިއެވެ.”ސޮ..ސޮރީ އިނާ ރުޅިއަންނާނެ ދޯ”ލިޔާން ކޮޅަށް ތެދުވުމުން މައިހާ ބުނެލިއެވެ.
“ސޮރީ އަކަމް ދާން ޖެހިއްޖެ”ލިޔާން އެހެން ބުނެ ދިޔައެވެ.މައިހާއަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ.އޭނައަށް މި ކުރެވުނީ ކީއްހެއްޔެވެ.ލިޔާންގެ ހިތަށް އަރާނީ ކީކޭ ބާއެވެ.ލިޔާން ދެން އޭނައާއި ވާހަކަ ދައްކާނެ ބާއެވެ.”އާ”މައިހާއަށް ބާރަކަށް ގޮވައިލެވުނެވެ.
ކާރަށް ގޮސް އެރި ލިޔާންއަށް ދެންމެ ވެދިޔަކަމާމެދު ވިސްނާލެވުނެވެ.މައިހާ އެހެން ކަންތައް ކުރީ ކީއްވެ ބާއެވެ.ލިޔާން ދެން ހަނދާންވީ މައިހާ ބުނި ޖުމްލައެވެ.’ސޮ..ސޮރީ އިނާ ރުޅިއަންނާނެ ދޯ’މައިހާގެ އެ ޖުމްލަ ލިޔާންގެ ބޮލުތެރޭ އެބުރެން ފެށިއެވެ.އެއްވެސް ކަމަކަށް ޖަވާބެއް ނުލިބޭނެކަން ޔަގީން ވާތީ ލިޔާން ފުން ނޭވާއެއް ދޫކޮއްލިއެވެ.
އޭގެ އަނެއް ދުވަހެވެ.ޝަހީދާ ހެނދުނު އެގެއަށް އަންނައް މައިހާގާތު ބުނި ނަމަވެސް މައިހާ ގައިގައި އެގެއަށް ދާނެ ހިއްވަރެއްނެތެވެ.ރޭގެ ހާދިސާ ހަނދާންވާ ކޮންމެ ފަހަރަކު މައިހާގެ ދޮން މޫނު ރަތްވާއިރު އޭނަ ލިޔާން އާއި ކުރިމަތި ލާނީ ކިހިނަކިން ހެއްޔެވެ.
ދުވަހަކީ ހުކުރު ދުވަސް ކަމުން ލިޔާން އޮފީހަށް ވެސް ދާން ނުޖެހޭނުކަން މައިހާއަށް އެނގެއެވެ.އެކަމަކު ވެސް މައިހާ ދާން ނިއްމީ ޝަހީދާ ގާތު އަންނަށް ބުނެފައި އޮތުމުންނެވެ.
“ލިވީ ކޮބާ ދައްތަ”މައިހާ އިށިންނަމުން އަހާލިއެވެ.”މަންމަ އައީ ބައްޕަ ކޮންމެވެސް ތަނަކަށް ގޮސްފި ނޭނގެ ދިޔަތަނެއް”ލިވްޔާ ޓީވިއަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ.
އެވަގުތު މައިހާއަށް ދޮރާދިމާއަށް ބަލާލެވުނީ އަންހެން ކުއްޖެއްގެ ހުނުމުގެ އަޑަށެވެ.ލިޔާން އާއި އިނާ ހިނިތުންވެ ކޮންމެވެސް ވާހަކައެއް ދައްކަމުން އެތެރެއަށް ވަންތަން ފެނި މައިހާއަށް ކޮޅަށް ތެދުވެވުނެވެ.އެވަގުތު މައިހާއަށް އޭނައަށް ކުރެވުނު ހީ ޔަގީން ވިއެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ishh

Level 210 Stories100 Login

I am a girl who loves to write story's. Writing story is my hobby. Feel free to comment to my stories and negative comments are also accepted.

Other Articles

Previous

އަހަރެން (2 ) ދެވަނަބައި

Next

އެދިގެން ތި ލޯތްބަށް 8

Next
October 29, 2019

އެދިގެން ތި ލޯތްބަށް 8

Previews
October 28, 2019

އަހަރެން (2 ) ދެވަނަބައި

5 Comments!

  1. §HåĂĶĶÓ says:
    November 1, 2019 at 4:49 pm

    Me first Kiyaalaafa commenteh kollaanan

  2. Lamko says:
    November 1, 2019 at 4:49 pm

    Me first dhw….im speechless….mi part varah salhi…whn part waiting for nxt pat…cant wait for nxt part

  3. SARAH says:
    November 1, 2019 at 5:51 pm

    V nice……. Kn irakun next part kiyaalan libeyneeee

  4. Maisha maii says:
    November 1, 2019 at 10:23 pm

    Wow?❤?… V reethi mi part vx. Konirakun aneh bai up kohla dheynii? Waiting for next part???

  5. ?EVIL? says:
    May 6, 2020 at 2:02 am

    Mi part vx v reethi. Part 4 reethi vaane kmh unmeedhu kuran ?

Comments are closed.

Next Episodeލޯބިވެވުނީ 4←


All Right Reserved!