Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ 2 އަށްވަނަބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
October 27, 2019 8 Mins Read
17 Comments

މާނީ އިނީ މިންހާއަށް ސައިދޭށެވެ. އާރާާޝް ސޯފާގައި ލެޕްޓޮޕުން ކޮންމެސް މަސައްކަތެއް ކުރަން ހުއްޓެވެ. ތިން މީހުންނަށްވެސް ސިހުން ލިބުނީ ބާރަކަށް ގޭ ދޮރުހުޅުވާފައި ވަން ޔޫސުފް ފެނުމުންނެވެ.

ޔޫސުފް ދުވަހަކުވެސް އޭހާ ރުޅިގަދަވެގެންނެއް ނޫޅެއެވެ. ރުޅިއައިސްގެން ގޮސް މުޅި މީހާ ރަތްވެފައި ހުރިއިރު އަތުގެ ނާރުތައް ފުއްޕާފައި ކަތުރު ކަށިގަނޑު ތެޅެމުން ދިޔައެވެ. “ދަރިފުޅާ ޔޫސުފް..” އާރާޝް އަނގައިގައި އެއްބައި އޮއްވައި ޔޫސޫފް ކޮޓަރިއަށް ވަދެފައި ވެސް ބަންކިޔާފައި ދޮރު ޖެހިއެވެ.
މިންހާ ކަންފަތް މަތީ އަތް އަޅައިގެން އިނެވެ. އޭނާގެ ދޮންބެ އުޅުނު ގޮތުން މިންހާ ބިރުގަތެވެ. އާންމުކޮަށް އެހެން ރުޅިގަދަވެގެން އުޅޭތަން ފެންނަނީ ޔާޒްއެވެ.

މާނީ ގޮސް ޔޫސުފް ކޮޓަރީތަޅުގައި ހިފިއިރު ހުރީ ތަޅުލާފައެވެ. މާނީ ދެފަހަރަކު ތަކި ޖެހުމުން ބާރުބާރަށް ފާޚާނާގައޭ ޔޫސުފް ބުންޏެވެ. މާނީ އެންމެ ރަނގަޅޭ ބުނެފައި އެނބުރި ބަދިގެއަށް ވަނެވެ.

ފަސްވަރަކަށް މިނެޓު ފަހުން ޔޫސުފް ކޮޓަރިން ނިކުންއިރު އިސްތަށިގަނޑުން ފެންތިކި ތަޅައެވެ. ޔޫސުފް ނިކުތުމާއެކު ޝޭމްޕޫގެ ވަސްގަނޑު މުޅި ގޭތެރޭގައި ހިފާލިއެވެ. ޕްރެކްޓިސްއަށް ދާން ގަޑިޖެހޭތީވެ އެކަކާވެސް އަނގައިން ނުބުނެ ޔޫސުފް ނިކުމެގެން ދިޔައެވެ. އޭނާ ހުރީ އިންތިހާއަށް އެ ނުދަންނަ އަންހެންކުއްޖާދެކެ ރުޅިއައިސްފައެވެ.

ނަވާރް ޖޯޑުދޮވެފައި އައިސް ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔައެވެ. އޭނާގެ ސަބަބުން އެޒުވާނާ ގަޔަށް ކޮފީ އެޅުމުން ނަވާރް ހުރީ އެކަމާ ނުލާހިކު ކަންބޮޑުވެއެވެ. އެޒުވާނާގެ ކިބައިން މާފަށް އެދެން ނަވާރް ބޭނުންވިއެވެ. އެޒުވާނާއަކީ އެއިމާރާތުގައި ދިރިއުޅޭ ޒުވާނެއްކަން ނަވާރްއަށް އެނގެއެވެ. “ނަވާ؟ އާ ޔޫ އޯކޭ؟” ނަވާރް އުޅެމުން ދިޔަ ގޮތް ފެނިގެން ދީނާ އެހިއެވެ. ކަންތައް ވީ ގޮތް ނަވާރް ދީނާއަށް ކިޔާދިނުމުން ދީނާ ފެށީ ހޭށެވެ. “ޕިސް. ކޮންކަމަކާ ތިހެނީ؟ އަހަރެން ހާދަ ބިރުގަނައޭ އެބަ. އެއޮށް މަތީން ބެލިއިރުވެސް މަށަށް އެނގުނު އޭނާގެ ރުޅި އައިސްފައި ހުރި ވަރު!” ނަވާރް އެނދުގައި އިށީންދެގެން އިނދެ ނިޔަފަތި ހަފަމުން ދިޔައެވެ.

ޕްރެކްޓިސް ނިންމާފައި ޔޫސުފް ގެއަށް އައި އިރު އޭނާ ހުރީ ކުޑަކޮށް ހަމަޖެހިފައެވެ. ފެންވަރައިގެން ސިޓިން ރޫމަށް ނުކުތްއިރު އާރާޝް އާއި މާނީ ތިއްބެވެ. ޔޫސުފް ނިކަން ހަމަޖެހިފައި ގޮސް އާރާޝް ގާތު ސޯފާގައި އިށީނެވެ. މާނީއާ އާރާޝް ބަލަހައްޓައިގެން ތިބެން ފެށުމުން ކުޑަކޮށް ހީލާފައި ނަވާރްގެ ވާހަކަ ކިޔައިދިނެވެ. “އެހެންވެތަ މުޅި ސަރަހައްދަށް ވަސްދުވާ ވަރަށް ޝޭމްޕޫ ލައިގެން ދިޔައީ؟” އާރާޝްއާ މާނީއަށް ހެވެމުން ދިޔައެވެ. ޔޫސުފް ލޮލަށް ގޮތެއް ހަދާފައި އޭނާވެސް ހޭން ފެށިއެވެ. މާނީ ހުނުން ހުއްޓާލުމަށްފަހު ރަނގަޅަށް ޔޫސުފްއަށް ބަލާލިއެވެ. އެއާއެކު އޭނާގެ ލޮލަށް އުފާވެރި ކަމުގެ ކަރުނަ ޖަމާވިއެވެ. “އޯ މައި ބިއުޓިފުލް ބޯއި. ނުވެސް އެނގި ހުއްޓާ ދަރިފުޅު ބޮޑުވެއްޖެ. މަންމަގެ ޔޫސުފް” މާނީ ޔޫސުފްގެ މޫނުގައި ލޯބިން ފިރުމާލުމަށްފަހު ނިއްކުރީގައި ބޮސްދިނެވެ. އޭނާއަށް ނުވެސް އެނގި ހުއްޓާ އެދަރިފުޅު އެހެރީ ބޮޑު މީހަކަށް ވެފައެވެ.
ދެމައިންނަށް ބަލަން ހުރި އާރާޝްވެސް އެއް މިޔައަކުން ހީލިއެވެ.

އަލްޔަސްއާ ތާނިޔާއާ ތިބީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ހުރި ކެފޭއެއް ގައެވެ. އާވި އަރައަރާ ހުރި ދެކޮފީތަށި މޭޒުމަތީގައި ހުރިއިރު މީރުވަސް ދުވަމުން ދިޔައެވެ. އެދެޒުވާނުން ތިބި ތަނަށް ރާޅުޖަހާ މަންޒަރާ އަޑު އިވޭތީ ނުހަނު ހިތްގައިމެވެ. އިންޓަވިއުއާ ބެހޭ ގޮތުން ތާނިޔާ އަލްޔަސްއާ ސުވާލު ކުރިއެވެ. އަދި އަލްޔަސްއަށް ވަގުތު ނުދެވުނީތީވެސް މާފަށް އެދުނެވެ. “އަލްޔަސް. އަހަރެން ބޭނުން އަހަރުމެން ދެމީހުންގެ ރިލޭޝަންޝިޕް ޕަބްލިކްއަށް އަންގަން. ނެކްސްޓްވީކްގަ އަހަރެންގެ އާ އަލްބަމް ނެރުން އޮންނާނެ. އެރޭގަ ބޭނުން އަލްޔަސްއަކީ އަހަރެން މިދުނިޔެއިން އެންމެ ލޯބިވާ މީހާކަން ދުނިޔެއަށް އަންގަން” އަސަރާއެކު ތާނިޔާ ބުނުމާއެކު އަލްޔަސްއަށް ހިނިތުންވެވުނެވެ. ތާނިޔާގެ އަތްތިލައިގައި އަލްޔަސް ބޮސްދިނުމަށް ފަހު ލޯބިވާ ވާހަކަ ބުންޏެވެ. ތާނިޔާ ނޫން ކުއްޖަކަށް އޭނާގެ ލޯބި ނުލިބޭނެކަމަށް އަލްޔަސް ވައުދުވިއެވެ.

ރޭގަނޑުގެ ވަގުތެވެ. ސިނަމާލެ ބްރިޖް މަތިން އެންމެ ފުލް ސްޕީޑްގައި ޔާޒް ކާރު ދުއްވަމުން ދިޔައެވެ. ކާރުގެ ފަހަތު ސީޓުގައި ތިބި އަލައިކާއާ އައިރާ އެހާ ބާރަށް ނުދުއްވާށޭ ކިޔާފައި ހަޅޭއްލަވަމުން ދިޔައެވެ. އެއަށް އަޅާލުމެއް ނެތި ޔާޒް ބާރަށް ދުއްވަމުން ދިޔައެވެ. ޔާޒް ގޮސް ކާރު މަޑުކޮށްލީ ހުޅުމާލޭ ބީޗް ސަރަހައްދުގައެވެ.

ދެއަންހެން ކުދިން ދުވެލާފައި ގޮސް ދޮންވެލިގަނޑު މަތީގައި އިށީނެވެ. ޔޫސުފްއާއި ޔާޒްވެސް އެކުދިން ފަހަތުން ގޮސް އިށީނެވެ. އަލައިކާއާއި އައިރާ ފޯނުން ސެލްފީއާ ފޮޓޯ ނަގަމުން ދިޔައެވެ. ޔޫސުފްވެސް ވައްތަރެއް ޖައްސަމުން އެދެކުދިން ނެގި ސެލްފީއަށް އެރިއެވެ. ޔާޒް ވެލިގަނޑު މަތީ އިށީންދެލައިގެން އެހެން ވިސްނުމަކަށް ގެއްލިފައި އިނެވެ. ޔާޒްގެ ޚިޔާލަށް ނަވާރްގެ ސޫރަ ކުރެހުމާއެކު އެއް މިޔައަކުން އޭނާއަށް ހިނިތުންވެލެވުނެވެ. “އޭއޭ! ކާކުގެ ހަނދާންތަކަށް ގެއްލިފަ ތިހިރީ؟” ޔާޒް ކޮނޑުގައި ހިފައި ޔޫސުފް ތަޅުވާލިއެވެ. ސިހިފައި ޔާޒްއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. “މަށަށް ހާދަ ހީވެއޭ ޔާޒްއަށް އަންހެން ކުއްޖެއް ކަމުގޮސްފިހެން!” އައިރާ އެހެން ބުނުމާއެކޫ ޔާޒް ފުންކޮށް ހިނިތުންވެލިއެވެ. އެންމެ ގާތް އެކުވެރިންނަށަ ދެން ސިއްރުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. “ހޫމް. ވަރަށް ލައިކްވާ ކުއްޖަކު ފެނިއްޖެ!” އަނެއް ތިން ކުދިން އެއްފަހަރާ ހޯ ލައްވަން ފެށިއެވެ. އެކުދިން ދިމާ ކުރަން ފެށުމުން ޔާޒް ރަކިވިއެވެ.

ދީނާގެ އާއިލާއާއެކު ނަވާރް ހުޅުމާލެއަށް ދިޔައީ ކައިވެނި ހަފްލާއަކަށެވެ. ދީނާ މަންމައަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ކައިވެންނަށް ވުމުން އެއާއިލާގެ ބައިވަރު ކުދިން އުޅުނެވެ. ދީނާވެސް ގިނައިން އެކުދިންނާއެކު އުޅޭތީ ނަވާރް އިނީ ފޫހިވެފައެވެ. ދީނާއަށް އެކަން ވިސްނިގެން މަންމަގާތުން ހުއްދަ ހޯދުމަށްފަހު ނަވާރް ގޮވައިގެން ބޭރަށް ނުކުތެވެ. ދީނާ ނަވާރް ގޮވައިގެން ހުޅުމާލެ ބީޗްއާ ދިމާއަށް ހިނގައިގަތެވެ.

އަލައިކާވެސް އޭނާއަށް ކުއްޖަކު ކަމުދާ ވާހަކަ ބުނުމުން ތިން މީހުން އެއްފަހަރާ އަލްޔަސް ހެއްޔޭއެހިއެވެ. އެއާއެކު އަލައިކާގެ މުޅި މޫނު އެކީ ރަތްވެގެން ދިޔައެވެ. “ކިހިނެއް އެނގުނީ؟” ލަދުން މޫނުގައި ދެއަތް އަޅައިގެން ހުރެ އަލައިކާ އެހުމާއެކު އަނެއް ތިން ކުދިން ހޭންފެށިއެވެ. “ނުލާހިކު އޮބްވިއަސް” ތިން މީހުން އެއް ފަހަރާ ބުނެފައި ހިނިގަނޑެއް ޖަހާލިއެވެ.

ޔޫސުފް ފޯނު ހިފައިގެން ވެލިގަނޑު މަތިން ތެދުވީ ރީތި ފޮޓޯ ގަނޑެއް ނަގާށެވެ. ފޯނުގެ ކެމެރާ އައިރާމެންނާ ދިމާކޮށްގެން ފަހަތް ނުބަލާ ޔޫސުފް ފަހަތަށް ޖެހެނު ތަނުން މީހެއް ގައިގައި ޖެހިފައި ފޯނު އަތުން ދޫވެގެން ވެއްޓުނެވެ.

އިސްޖަހައިގެން ހިނގަމުން ދިޔަ ނަވާރްއަށް އިސް އުފުލާލެވުނީ މީހެއް ގައިގައި ޖެހުމުންނެވެ. މާފަށް އެދެން ވެގެން އެމީހާގެ މޫނަށް ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އެއީ އޭނާ އަތުން ކޮފީ އެޅުނު ޒުވާނާއެވެ. ދެބުމަގޮށް ޖަހައިގެން ރުޅިވެރިކަމާއެކު އޭނާއަށް ބަލަން ހުރިއިރު އެނަޒަރުން އޭނާ އަނދާއަޅިއަށް ހަދާފާނެހެން ހީވިއެވެ.

ދުރުން ނަމަވެސް ނަވާރް ފެނުމުން ޔާޒްއަށް ތެދުވެވެނުވެ. އައިރާއާ އަލައިކާ ތިބިކަންވެސް ޔާޒް ހަނދާންނެތުނެވެ. ދަގައްފާނަށް ދަމާހެން ޔާޒްއަށް ނަވާރްއާ ދިމާއަށް ދެވުނެވެ. ޔާޒްގެ ހަރަކާތްތައް ބަލަން ތިބި އައިރާއާ އަލައިކާ ދެލޯ ބޮޑުކޮށްގެން ބަލަން ތިއްބެވެ.

ނަވާރް ފަހަތަށް ފިޔަވަޅެއް އެޅުމާއެކު ޔޫސުފް ނަވާރްއާ ދިމާއަށް އެއް ފިޔަވަޅު އެޅިއެވެ. އޭރުވެސް އެމޫނު މަތީގައި ވީ ރުޅިވެރިކަން ނުފިލައެވެ. ނަވާރް މާފަަށް އެދެން ބޭނުންވި ނަމަވެސް އޭނާގެ އަނގައިން އަޑެއް ނުނިކުތެވެ. ހަމްދާދެކެވެސް ނަވާރް މިހާ ބިރެއް ނުގަނެއެވެ.
“ކީކޭ ހިތަށް އަރައިގެން މަގޭ ފަހަތުން ނެއްޓެން ނޭންގިގެން ތިއުޅެނީ؟” ދުވަހަކުވެސް އަންހެން ކުއްޖަކާ ދިމާއަށް އެހާ ބާރަށް ޔޫސުފް ހަޅޭއް ނުލަވައެވެ. އަންހެން ކުދިން އޭނާ ފަހަތުން މޮޔަވެގެން އުޅޭތީ އޭނާ ހުންނަނީ ނިކަން ފޮނިވެފައެވެ. އެހެނަސް މި އަންހެން ކުއްޖާ ކޮންމެ ފަހަރަކުވެސް އޭނާއަކީ ނޭންގޭ މީހަކަށް ހަދައި އެހެން އަންހެން ކުދިންހެން އޭނާއަށް ސަމާލުކަމެއް ނުދެއެވެ. އެކުއްޖާ ހީކުރަނީ އެހެން ހެދުމުން އޭނާ އެކުއްޖާ ފަހަތުން ދާނެ ކަމަށް ހެއްޔެވެ. ޔޫސޫފް ގެ ރުޅިގަނޑު ގަދަވެފައި ހުރި ހަގީގީ ސަބަބަކީ ނަވާރްގެ ސަމާލުކަން އޭނާއަށް ނުލިބުމުންނެވެ.

ޔާޒް ކުރިއަށް އަޅަ އަޅާ ހުރި ފިޔަވަޅުތައް ހުއްޓުނީ ޔޫސުފް ހަޅޭއްލަވައިގަތް އަޑުއިވުމުންނެވެ. އަލައިކާ އާއި އައިރާއަށްވެސް އަޑު އިވުމުން ދެކުދިން ތެދުވެގެން ޔާޒް ހުރި ހިސާބަށް އައެވެ. ޔޫސުފްއަކީ އެގޮތަށް ރުޅި ގަދަ ވެގެން ދުވަހަކު އުޅުނު ކުއްޖެއް ނޫން ކަމުން ތިން ކުދިން ތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭންގިފައެވެ.

ނަވާރް ގާތު ހުއްޓިލައިގެން ހުރި ދީނާ ހުރީ އަނގަތައް މިނަށް ހުޅުވައިގެންނެވެ. ނަވާރް ކިޔައިދީފައި ހުރި ވާހަކަ ތަކުން ނަވާރްއާ އެކްސިޑެންޓްތައް ހިނގަމުން އައީ ޔޫސުފްއާކަން ދީނާއަށް ވިސްނުނެވެ. ދީނާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޔޫސުފްއާ އޭނާ ކުޑަކޮށް ރަހުމަތްތެރިއެވެ. އެއް ސްކޫލެއްގައި އުޅުމާއި ގެއިން ފެންނާތީއެވެ.

ހިތަށް އައިހައި އެއްޗެއް އެޒުވާނާ އޭނާއާ ދިމާއަށް ގޮވާލުމާއެކު ނަވާރްއަށްވެސް ރުޅި އާދެވުނެވެ. ނަވާރް އެއުޅެނީ އެޒުވާނާ ފަހަތުން ނެއްޓެން ނޭންގިގެންނޭ ބުނާއިރު އޭނާއަށް އެއީ ކާކުކަންވެސް ނޭންގެއެވެ. ނަވާރް ހިތުގައިވެސް އެޒުވާނާއާ މެދު ނަފްރަތުގެ ހުޅުގަނޑެއް ރޯވިއެވެ. ހިތަށް ލިބިފައިވި ބިރުވެރިކަމުގެ މައްޗަށް ރުޅުވެރިކަން އިސްވެގަތެވެ. “އެކްސްކިއުޒް މީ! މަށެއް ނޫޅެމޭ ތި މީހާ ފަހަތުން ނެއްޓެން ނޭންގިގެންނެއް. ތީނަ ކަންނޭންގެ މަގޭ ފަހަތުން ނެއްޓެން ނޭންގިގެން ތިއުޅެނީ!” އައިސްފައި ހުރި ރުޅިއެއްގެ ބޮޑު ކަމުން ދުވަހަކު މީހަކާ މުޚާތަބު ނުކުރާ ގޮތަށް އެޒުވާނާއާ ނަވާރް މުޚާތަބު ކުރިއެވެ. އޭނާގެ ވާހަކަ ނިންމާލިިއިރު އޭނާގެ ޝަހާދަތް އިނގިލި ހުރީ އެޒުވާނާއާ ދިމާއަށް ދިއްކުރެވިފައެވެ.
ދީނާއަށް އަނގަމަތީ އަތްއަޅާލެވުނީ ނުހަނު ކެރުންތެރިކަމާއެކު ޔޫސުފްއާ ދިމާއަށް ނަވާރްއަށް އެހެން ބުނަން ކެރުމުންނެވެ. އޭނާގެ އެކުވެރި ނަވާރްއަކީ އޮޅިގެން ނަމަވެސް މީހަކާ ދިމާއަށް ބާރަށް އެއްޗެއް ބުނާ ވަރަށްވުރެ ލަދުރަކި ކުއްޖެކެވެ. ނަވާރްއަށް ވެފައި ހުރީ ކިހިނެއްބާއޭ ދީނާ ހިތަށް އެރިއެވެ. ނަމަވެސް ހިތުގެ ކަނަކުން ނަވާރް އަމިއްލަ ނަފްސަށްޓަކައި ހަރުކަށިކަން އިސްކުރުމުން ނަވާރްއާ މެދު ދީނާ ފަޚުރުވެރިވިއެވެ.

“އޯހޮހޯ. ހާދަ ފޮނި ބޮޑު މީހެކޭ ދޯ! ތި ކުއްޖާ ހީކުރީތަ ތިކުއްޖާ އަޅާނުލީމަ މަގޭ ތިކުއްޖާ ފަހަތުން ދާނެއޭ؟ މަށާ ދިމާއަށް އިނގިލި ދިއްކުރާނެ ކަމެއް ނެތް. ހަނދާން ކުރައްޗޭ! ތިކަހަލަ އަންހެނެއް ފެނިގެން މޮޔަވާ ކަހަލަ މީހެއް ނޫން މަށަކީ! ތިއަށްވުރެ މާ ރީތި އަންހެން ކުދިން މަށަށް ވާނެ. ސޯ ސްޓޮޕް މެސިން ވިތް ދި ގްރޭޓް ޔޫސުފް ހަސަން އާރާޝް!” ނަވާރްގެ އިނގިލީގައި ހިފައި ތިރި ކުރަމުން ޔޫސުފް އިންޒާރެއް ދިނެވެ. އިސްތަށިގަނޑު ތެރެއަށް އަތް މަހާފައި ފޮނި ގޮތަކަށް އެއް ފަރާތްކޮށްލިއެވެ. “އޯ ޕްލީޒް. ތި މީހާ ހީކުރީތަ މަ އެބައުޅޭ ކަމަށް ތި މިހާއާ ހެދި މޮޔަވެގެން. މަށެއްވެސް ނޫޅެން ތިކަހަލަ ގޮތެއް ނެތް މީހަކާ ހެދިއެއް. ތިކަހަލަ މީހަކާ ހެދި މޮޔަވުމަށް ރާއްޖޭގަ މަސައްކަތް ކުރަން އުޅޭ މީހަކާ ހެދިއުޅުނަސް މާ ރަނގަޅުވާނެ. އަހަންނަށް ހެޔޮ ޔޫސުފަކަސް ހިރަފުހަކަސް. ތިމާއަށް ތިމާދެން ފެނިފަ ތިހުރީ!” ނަވާރްވެސް ހުރީ ޔޫސުފްއަށް ދޫ ދޭކަށެއް ނޫނެވެ. ޔޫސުފް ފޮނިވެފައި ބުނި ގޮތުން ނަވާރްގެ ލޭ އިތުރަށް ކެކިގަތެވެ. ނަވާރް ބޭނުންވީ އިތުރަށް ޔޫސުފް ރުޅިއަރުވާލާށެވެ.

ނަވާރް ބޭނުއްވި ފަދައިން ޔޫސުފްގެ ރުޅުގަނޑު ހައްތަހާ ގަދަވީއެވެ. ނަވާރްއާ ދިމާއަށް ލޯ އަޅާލަމުން ލުއި ފަތެއްހެން އޭނާގެ އަތް ދަނޑި މައްޗަށް ނަވާރް އުފުލާލިއެވެ. “ވަޓް ދަ ހެލް. ޔޫ ސައިކޯ. ހަމަ މިހާރު އަހަރެން ތިރީގަ ބަހައްޓާ!” ޔޫސުފް މޭމަތީގައި ދެއަތުން ތަޅައިގަންނަމުން ނަވާރް ހަޅޭއްލަވައިގަތެވެ. އެއް މިޔައަކުން ހީލަމުން އަޑުވެސް އިވޭކަމަށް ނުހަދާ ޔޫސުފް ގޮސް ނަވާރް މޫދަށް ވައްޓާލިއެވެ.

އަލައިކާ ޔާޒް އައިރާ އަދި ނަވާރްއަށް ބުނާނެ އެއްޗެއް ނޭންގި އަނގަ މަތީގައި އަތް އަޅައިގެން ތިބެވުނެވެ. ކޮންމެ ކުއްޖެއްގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ހައިރާންކަމެވެ. އަލައިކާއާ އައިރާ އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ.

ޔޫސުފް ނަވާރް ވައްޓާލީ ތިލަ ހިސާބަކަށް ވުމުން ވެއްޓިޖެހުނު ގޮތުން ނަވާރް ގަޔަށް ތަދެއް އެރިއެވެ. ނަވާރް ދަތްކުނޑި ވިކާލާފައި މޫދުތެރޭގައި އިށީންދެލިއެވެ. އޭރު ހެވި ދިލިފައި ހަށަންބަނދެލައިގެން ޔޫސުފް ހުއްޓެވެ. “އަހަރެން ބޮލަށް ކޮފީ އެޅީމަ އެކަމުގެ ބަދަލު” ކުރެވުނު ކަންތަކާ މެދު ފަޚުރުވެރިފައި އެއް ގަމާ ދިމާއަށް ދާން ޔޫސުފް ހިނގައިގަތެވެ. ނަމަވެސް އެކަން ކާމިޔާބުނުވީ އޭނާ ލައިގެން އިން ހޫޑީގެ ފަހަތުން ހިފައި ނަވާރް ދަމާގަތުމުންނެވެ. ނަވާރް ދަމާގަތްލެއް ބާރުކަމުން ޔޫސުފް މޫދުތެރެއަށް ވެއްޓުނެވެ.

ނުހޭން ހުއްޓެއް ކަމަކު އަލައިކާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޔޫސުފްއަށް ލަނޑެއް ލިބިއްޖެނަމަ އަބަދުވެސް އަލައިކާގެ ހާލަކީއެއީއެވެ. އައިރާ ކޮނޑުގައި އަތް އަޅައިގެން އޮވެ އަލައިކާ ހެމުން ދިޔައެވެ.
ޔާޒް ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. ލޯކުރިމަތީގައި ފެނުނު މަންޒަރުން އޭނާ ހުރީ ދޭހަ ކުރަންވީ ކޮންކަމެއްކަން ނޭންގިފައެވެ. ނަވާރްއަށް އެހެން ހެދުމުން ހިސާބަކަށް ޔޫސުފްދެކެ ރުޅިވެސް އާދެވުނެވެ.

ޔޫސުފް ހަމައަކަށް އެޅުމުގެ ކުރިން ނަވާރް ދުވެފައި ގޮސް އެއް ގަމަށް އެރިއެވެ. ނަވާރް ލައިގެން ހުރި ކަޅުހެދުން ގައިގައި ތަތްލާފައި ހުރުމުން ރީތިކޮށް ގައި އިނގެމުން ދިޔައެވެ. ފެނުން މައްޗަށް އެރުމާއެކު މުޅި ކުއްޖާ ހީކަރުވައި ގަނެގެން ރޫރޫ އަޅަން ފެށިއެވެ. ކަންފަތަށް ލޮނު އެޅިފައި ހުރުމުން ކަންފަތްވެސް ހުރީ ބެދިފައެވެ.

ޔޫސުފް އެއްގަމަށް އަރައިގެން އައިސް ރުޅިވެރިކަމާއެކު ނަވާރްއަށް ބަލާލިއެވެ. ނަވާރްގެ ދޮން މޫނަށް ހަނދުވަރުގެ އަލިއެޅިފައި ހުރުމުން އެމޫނު ފެންނަމުން ދިޔައީ ނުހަނު ސާދާކޮށެވެ. މޫނުގައި ޝަބްނަމްތިކި ތަކެއް ފަދައިން ފެންތިކި ވިދަމުން ދިޔައެވެ. ފިޔާތޮށު ކުލައިގެ ތުނި ތުންފަތް ހީކެރުވުމުގެ ސަބަބުން ތުރުތުރު އަޅަމުން ދިޔައެވެ. ހިނދުކޮޅަކަށް ނަމަވެސް ނަވާރްގެ ރީތިކަމަށް ޔޫސުފްއަށް ތައުރީފު ކުރެވުނެވެ. ނަވާރްގެ މޫނު މަތިން ފެންނަމުން ދިޔައީ މައުސޫމްކަމެވެ.
“ދީނާ؟” ދީނާ ފެނުމުން ޔޫސުފް ގޮވާލިއެވެ. ނަވާރްއަށް ބަލާލާފައި ދީނާ ހައިއޭ ބުންޏެވެ. “ޔޫ ނޯ ހިމް؟” ދީނާގެ ކަންފަތް ބުޑުގައި ވައި އަޑުން ނަވާރް އަހާލުމާއެކު ދީނާ މަޑު މަޑުން ބޯޖަހާލިއެވެ. ނަވާރް އަނގަޔަށް ގޮތެއް ހަދާލާފައި ދެއަތުން ހީފިލުވަން ފެށިއެވެ.

ކަޅިވެސް ޖަހަން ހަނދާންނެތިފައި ޔާޒްއަށް އިނދެވުނެވެ. ނަވާރްގެ ރީތިކަން ދެގުނަވެފައިވާހެން ހީވެއެވެ. “ޑޯންޓް ޓެލް މީ ޝީ އިޒް ދަ ގާލް” ޔާޒްއަށް ހަމަ ބިމަށް އާދެވުނީ ވައި އަޑުން އައިސް އައިރާ އެހެން އެހުމުންނެވެ. ޔާޒް އެއްޗެކޭ ނުބުނެ ހިނިތުންވެލި ގޮތުން އެ ސުވާލުގެ ޖަވާބު އައިރާއަށް ލިބުނެވެ.
އަލައިކާ އަތުގައި ހިފައިގެން އައިރާ ގޮސް ނަވާރް ގާތު ހުއްޓިލިއެވެ. ލޮލުން އަލައިކާއަށް އިޝާރަތް ކުރުމާއެކު އަލައިކާ ވާހަކަ ދައްކަން ފެށިއެވެ. “ހެއި. އައި އޭމް އަލައިކާ ދެން މީ އައިރާ. ޔޫސުފްގެ ފަރާތުން ވަރަށް ބޮޑަށް މާފަށް އެދެން.” ސަލާމަށް އަތް ދިއްކޮށްލަމުން އަލައިމާ ތައާރަފުވެލިއެވެ. ނަވާރް ކުޑަކޮށް ހިނިތުންވެލާފައި އަލައިކާއާ އައިރާއާ ސަލާން ކުރިއެވެ. “ނަވާާރް. އައި އޭމް ސޮރީ ޓޫ!” ރަކިވެފައި ހުރެ ނަވާރް މާފަށް އެދުނެވެ.
އަލައިކާއަށް ދީނާ ފެނުމުން ނަވާރް އެއީ ދީނާ ތިމާގެ ކުއްޖެއްތޯ އެހިއެވެ. ދީނާ ހިނިތުންވެލައިފައި އެއީ އޭނާގެ އެންމެ ގާތް އެކުވެެރިޔާކަމަށް ބުންޏެވެ. އަދި ނަވާރް މިހާރު ހުންނަނީ އެމީހުން ގޭގައި ކަމުގައިވެސް ބުންޏެވެ. “ސޯ ވީކޭން ބީ ފްރެންޑްސް ރައިޓް؟” އަލައިކާ އެހެން ބުނުމާއެކު ނަވާރް މަޑުމަޑުން ބޯޖަހާލިއެވެ.

އަލައިކާއާއި އައިރާ ހިނިތުންވެފައި ތިބެ ނަވާރްއާ ވާހަކަ ދައްކާތަން ފެނުނުން ޔޫސޫފްއަށް ޗޮކެއް ކަނޑާލެވުނެވެ. ހިތާހިތުން ނަވާރްއާ ދިމާއަށް ކުދި ކިޔާލިއެވެ. “މާ އިނަސެންޓް ކަމަށް ހެދިގެން އުޅޭ ކުޑަކުޑަ ވިޗްއެއް”

“އޫމް. ނަވާރް ބޭނުމިއްޔާ ކާރުގަ ޑްރޮޕްކޮށްދެވިދާނެ އޯކޭތަ؟” ނަވާރް ބަލާލީ ދީނާއާ ދިމާއަށެވެ. ދީނާ ބޯ ޖަހާލުމާއެކު ނަވާރް ޔާޒްއަށް ބަލާލާފައި ދާން އެއްބަސްވިއެވެ. ޔާޒްގެ ހިތަށް ލިބުނު އުފާވެރިކަމުން އޭނާއަށް ހިނިތުންވެވުނެވެ. “ލެޓްސް ގޯ!” ޔާޒް ފަހަތުން ޔޫސުފް ފިޔަވާ ދެންތިބި ކުދިން ހިނގައިގަތެވެ. ޔޫސުފް ނާންނަހެން ހީވުނާއެކު ޔާޒް ވަކި ހިސާބަކަށް ގޮއްސައި އެނބުރިފައި ޔޫސުފްއަށް ގޮވާލިއެވެ. “ޑޫޑް! ނުދާންތަ ތިހުންނަނީ؟” ޔާޒް ގޮވާލުމާއެކު ރުޅިގަދަވެފައި ވެސް ޔޫސުފް ހިނގައިގަތެވެ. ނަވާރްއާ އެކީ އެއް ކާރެއްގައި ދަތުރުކުރާކަށް ޔޫސުފް ބޭނުމެއް ނޫނެވެ.

ދީނާ މަންމަ ގާތަށް ގޮސް ނަވާރް ގޭ ތަޅުދަނޑި ހިފައިގެން އައިއިރު ކާރު ކައިރީގައި އެންމެން މަޑުކޮށްލައިގެން ތިއްބެވެ. ދީނާ ގެއަށް ނުގޮސް މަޑުކުރީ ނަވާރް އެދުމުގެ މަތިންނެވެ.
ނަވާރް އައުމާއެކު އެންމެން ކާރަށް އަރަން އަވަސްވެގަތެވެ. ޔޫސުފް ކުރީ ސީޓަށް އަރަން ދާން އުޅެނިކޮށް އޭނާ އަތުގައި ހިފައި އަލައިކާ ޔޫސުފް ފަހަތު ސީޓަށް އެރުވިއެވެ. “ވަޓް ދަ ހެލް އަލް؟” ޔޫސުފް މޫނަށް ގޮތެއް ހަދާލިއެވެ. އޭނާއަކީ އަބަދުވެސް ޔާޒްއާ އެކީ ކުރީ ސީޓުގަ ހުންނަ މީހާއެވެ. ކޮންމެ މީހަކާ އެކު ކާރަށް އެރިނަމަހީވެސްމެއެވެ. “ކޮން ހެލްއެއް ކިޔާކަށް. ޔާޒްގެ ކްރަޝްއަކީ ނަވާރްއޭ!” ޔޫސުފްއަށް ވަގުތުން އައްޗީޑިއޭ ބުނެވުނެވެ. އެއާއެކު އާތުގައި ހުރި ބާރެއް ލާފައި އަލައިކާ ޔޫސުފް އަތުގެ މުލަށްދަނޑީގައި ވިކައިގަތެވެ. “އައުޗް އަލް. ތަދުވެޔޭ. ސީރިއަސްލީ! ޔާޒްވެސް. މިރޭ ގެއަށް ގޮސް މަ ކައިނުލާފިއްޔާ ވާ ރަނގަޅު!” އަލައިކާ ވިކައިގަތް ތަނުގައި ފިރުމަމުން އަމިއްލަ ނަފްސަށް ޔޫސުފް ބުނެލިއެވެ. “ދެންވެސް ނަވާރް ފެނުނީމަ ރުޅިގަދަ ނުވެ މަޑުން ހުރޭ!” އައިރާއަށް ޔޫސުފް ކީ އެއްޗިހި އަޑު އިވުމާއެކު ބުންޏެވެ. ޔޫސުފް ކަޅި މައްޗަށް ހިންގާލާފައި ސީޓުގައި ބޯ ޖައްސާލުމަށްފަހު ދެލޯ މަރާލިއެވެ.

އަލައިކާ އައިރާ އަދި ޔޫސުފް ފަހަތު ސީޓަށް އެރުމުން ކުރިއަށް އަރަން ނުކެރިފައި ލަދުން ނަވާރް އިނެވެ. ޔާޒްއަށް ނަވާރް އިނީ ލަދުންކަން އެނގުމުން ކުރީ ސީޓުގެ ދޮރުހުޅުވާފައި ކާރަށް އެރުމަށް ބުންޏެވެ. އިސްޖަހައިގެން އިނދެ ނަވާރް ކާރަށް އެރުމާއެކު ޔާޒް ދޮރުލައްޕާފައި ގޮސް އަނެއް ފަޅިން ކާރަށް އެރިއެވެ.

ކާރުގެ ލޯގަނޑުން ޔޫސުފް ފެނުމާއެކު ނަވާރް އަނގަޔަށް ގޮތެއް ހަދާލާފައި ދެބުމަ ގޮށް ޖަހާލިއެވެ. ޔޫސުފްވެސް ކަޅި މައްޗަށް ހިންގާފައި ނަވާރްއާ ދިމާއަށް ވައްތަރެއް ޖެއްސިއެވެ. ޔާޒް ކާރަށް އެރުމާއެކު ނުވާކަމަކަށް ހެދިފައި ދެލޯ މަރައިގެން އިނެވެ.

ވަކި ހިސާބަކަށް ދެވުނު އިރު ކާރު ތެރޭގައި ފިނިވެގެން ނަވާރް ތުރުތުރު އަޅަން ފެށިއެވެ. ދެއަތް ދެއަތާ އެކު މޮޑެން ފެށުމުން ކާރު މަޑުކޮށްފައި ޔާޒް އޭނާ ލައިގެން އިން ކަޅުކުކައިގެ ލެދާރ ޖެކެޓް ބާލާފައި ނަވާރް ގައިގައި އަޅުވައިދިނެވެ. ޔާޒްގެ އެއަމަލުން ނަވާރް ވިރިގެން ފައިބައިގެން ނުދިޔައީ ކިރިޔާއެވެ. މުޅި ކޮލަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.
އައިރާއާ އަލައިކާ ފަހަތު ތިބެގެން ނަވާރްއާ ޔާޒްއަަށް ނޭންގޭނެހެން ހެމުން ދިޔައެވެ. އެކަކު އަނެކަކު ކަންފަތް ދޮށުގައި ސިއްރުން ކޮންމެސް އެއްޗެކޭ ބުނެލައެވެ.

ޔާޒް ގޮސް ގެކައިރިއަށް ކާރު ހުއްޓުމާއެކު އަލައިކާ އާއި ޔޫސުފް އަދި ނަވާރް ފޭބިއެވެ. ނަވާރް އަވަހަށް ދާން ހަނދައިގެން ޔާޒްގެ ޖެކެޓް އަނބުރާ ދޭން ހަނދާންނެތުނެވެ. ޔޫސުފް އައުމުގެ ކުރިން އަވަހަށް ވަންނަން ހަދައިގެން ފައި އޮޅިގެން ނަވާރް ވެއްޓެން ދިޔައެވެ.
ނަވާރް އަވަހަށް ދަން އުޅުނު ގޮތް ފެނި ޔޫސުފް ގާތަށް ހިނިއައެވެ. ނަވާރް ވެއްޓެެން ދާން އުޅެނިކޮށް ނަވާރްގެ ހިމަ އުނަގަނޑުގައި އަތް އަޅުވައި ހިފަހައްޓާލީ ނަވާރް ވެއްޓުނަ ނުދިނުމަށްވުރެ ބޮޑަށް ރުޅި އަރުވާލުމުގެ ބޭނުމުގައެވެ.
ޔޫސުފް އަތުތެރޭގައި އޮވެވުނުކަން އިނގުމާއެކު ނަވާރްއަށް ތެޅިގަނެވުނެވެ. “ހަމަ އަހަރެންގެ އަތުތެރެއަށް އަންނަ ހިތުން ގަސްތުގަ ވެއްޓިގަތީ ދޯ!” ނަވާރް ރީތިކޮށް ބިމުގައި ބަހައްޓަމުން ލާނެއް ގޮތަކަށް ޔޫސުފް ބުންޏެވެ. “އައްޗީޑި. މަށެއް ނޫޅެން ތިމީހާ އަތުތެރެއަށް ވަންނަ ހިތަކުންނެއް. ސައިކޯ!” ޔޫސުފްއާ ދިމާއަށް ކަޅި އަޅާލުމަށްފަހު ބާރުބާރަށް ހިނގައިފައި ނަވާރް ގޮސް ލިފްޓު ކައިރިއަަށް ހުއްޓުނެވެ.
“ސާބަސް. މިހާރު އެކުއްޖާއާ ފްލާރޓް ކުރަން ފެށީދޯ! ޑޫޑް ޝީ އިޒް ދަ ފަސްޓް ގާރލް ޔާޒް ހޭޒް އެވާރ ލައިކްޑް.” ޔޫސުފް އަތުގައި މިފަހަރުވެސް އަލައިކާ ވިކައި ގަތެވެ.

އައިރާ ކުރީ ސީޓަށް ބަދަލުވެފައި ޔާޒްއަށް ބަލާލިއެވެ. އެހެންނާ އެމޫނު މަތިން ނުފެންނަފަދަ އުޖާލާކަމެއް ޔާޒްގެ މޫނު މަތިން ފެންނަމުން ދިޔައެވެ. “ސޯ ނަވާރްދެކެ ވަރަށް ލައިކްވޭ ދޯ!” “ޔޭސް. ވަރަށް ވަރަށް ބޮޑަށް. އަންހެންކުއްޖަކު ފެނުމުން ދުވަހަކު ނުވާ ގޮތްތައް ނަވާރް ފެނުމުންވޭ. ހިތް އަބަދުއެދެނީ އެ ސޫރަ ދެކެން. އައި ތިންކް އައި އޭމް އިން ލަވް ވިތް ހާރ” ޔާޒް ޚިޔާލަކަށް ގެއްލިފައި އިނދެ ބުނެލިއެވެ. “އުއްމީދު ކުރަން އެކުއްޖާއަށް ޔާޒް ދެރަ ގޮތެއް ނަހަދާނެ ކަމަށް. ރަށްޓެހިވާ އެހެން ކުދިންހެން ދެދުވަސް ވީމަ ރުޅި ވާނީކީ ނޫން. ޑޯންޓް އެވާރ ބްރޭކް ހާރ ހާޓް!” އައިރާ ބުނި ކޮންމެ ވާހަކައަކަށް ޔާޒް ބޯ ޖަހާލިއެވެ. ނަވާރްއަށް ދެރައެއް ދޭ ވަރަށް ވުރެ ބޮޑަށް އެހިތުގައި ނަވާރްގެ ނަން ލިޔެވިއްޖެއެވެ. މުޅު އުމުރަށް އެކުއްޖާ ރައްކާތެރިކޮށް ހިމާޔަތް ކުރަން ޔާޒްގެ ހިތް ބޭގަރާރު ވަމުން ދިޔައެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބުނެދޭށޭ ރުހެމޭ 81

Next

ޒީރު 1

Next
October 27, 2019

ޒީރު 1

Previews
October 26, 2019

ބުނެދޭށޭ ރުހެމޭ 81

17 Comments!

  1. Meekkomee says:
    October 27, 2019 at 2:35 am

    First dhww ?????? Varah Varah reethi mi part ves ????? Masha Allah ?????? whn is next part ???? waiting for it ???? LYSM ❤️❤️❤️❤️❤️❤️???????

    1. Kiyara says:
      October 27, 2019 at 8:33 pm

      Thanksss meekkomee. Yes ure first. Liyevunuhaa avahakah up kohdheynan In Sha Allah. Ly2♥️

  2. Noor says:
    October 27, 2019 at 10:17 am

    Yaaz ah dhehchey navaar yoosuf ah dhee ehen kujjaku?

    1. Kiyara says:
      October 27, 2019 at 8:34 pm

      Hehe hingaa dho balamaa vaane gotheh. Yaaz ah nawaar libeytho balan

  3. Yanaa says:
    October 27, 2019 at 10:24 am

    Varah varah varah varah varah varah reethi…Maa sha Allah…Waiting for the next part….??????

    1. Kiyara says:
      October 27, 2019 at 8:35 pm

      Thank you yanaa♥️

  4. ~ISHAAN~ says:
    October 27, 2019 at 1:12 pm

    MaSha Allah..?❤️?

    1. Kiyara says:
      October 27, 2019 at 8:35 pm

      Thank you ishaan

  5. Nunnu says:
    October 27, 2019 at 5:16 pm

    Masha Allah varah furihama.. why do I have the feeling that yaaz and navaar are connected? Edhemyhn eiy twins tha? Ehnve tha yaaz eyna parents dheke rulhi annany? Thanks kiyaa exam dhuvas kolhu vx up kohdhey thee

    1. Kiyara says:
      October 27, 2019 at 8:37 pm

      Thankss nunnu. Let’s see dho if yaaz and navaar are connected! Even though are connected they are not twins. Vaahakaige fisrt episode ga ihnnane nawaar ge aslu parents aky kobai kan ?♥️?

  6. Kiyara says:
    October 27, 2019 at 8:39 pm

    Salam all. Hurihaa kudhinnah ves mi part kamudhiya kamah ummedhu kuran. In Sha Allah next part ves varah avahah genesdheveytho eba try kuran.

  7. Love says:
    October 27, 2019 at 9:49 pm

    Please yoosuf a dheche navaar .decause they look good and the story will be more interesting if they will get together.

    1. Kiyara says:
      October 28, 2019 at 2:30 pm

      Hihihi love hingaa dhw balamaa nawaar libeny kaakah tho

  8. Imkko says:
    October 27, 2019 at 10:19 pm

    V reethi mibaives maasha allah ….. keep it up ….. waiting for the next part curiously ….. love this story to the fullest dear ???

    1. Kiyara says:
      October 28, 2019 at 2:31 pm

      Thanksss imkko. ♥️

  9. shif says:
    October 28, 2019 at 12:08 pm

    alheyyy…. this part so cute… i love it…. waiting for next part..

  10. Kiyara says:
    October 28, 2019 at 2:32 pm

    Thanksss shiff♥️

Comments are closed.

Next Episodeރާސްތާ2 ނުވަވަނަބައި←


All Right Reserved!