އެގޭ ދޮރު ހުޅުވިއެވެ. ވަގުތުން އަހަރެންގެ އަނގަ ބަންދުވިއެވެ. ކަރުތެރެއަށް ތޫނު އެއްޗެއް ހަރާލި ފަދައެވެ. “ރަ..ރައިހާން!!!” އަހަރެން ދިޔައީ ސިއްސައިގެނެވެ. ކުރިމަތީގައި ހުރީ ރައިހާން ނޫން ދެވަނަ މީހެއްނޫނެވެ. މީ ހަގީގަތެއް ކަމާމެދުވެސް އަހަރެންނަށް އަދިވެސް ޝައްކެވެ. އެހެންތާ ވާނީވެސް.. އަހަރެންނަށް އިތުރު ބަހެއް ނުބުނެވެނިކޮއް އަހަރެންނަގެ އަތުގައި އޮތް މަންމަގެ ފޯނަށް ލަޔާ ގުޅަން ފެށިއެވެ. “ބީބީ ފައިނަލީ އައިއޭމް ހިއަރ. ” އަހަރެންނަށް ދެވަނަ ސިހުމެއް ލިބުނީ ފޯނުން ވާހަކަ ދައްކަމުން އެގެއިން ނިކުތް ލަޔާ ފެނިފައެވެ. ލަޔާ އަށްވެސް އަހަރެން ފެނުމުން ވީ އެކަހަލަ ގޮތެކެވެ. “މައީ..ކިހިނެއް އަހަރެމެން އުޅޭ ގެ އިނގުނީ އަހަރެންނެއް ނުބުނަން…އަނެއްކާ ތިއްތި ތަ ބުނީ” ލަޔާ އޮޅުންއަރައިފައިވާ ފާޑަކަށް ބުނިއެވެ. “އަހަ އަހަ ނޫނޭ ބަލަ އެހެރީ އަހަރަމެން އުޅޭގެ” އަހަރެމެންގެ ގެއަށް އިށާރާތް ކޮއްލަމުން އަހަރެން ބުނެލީމެވެ. “އޯ މައި ގޯޑް…. މާލެ ހަމަ އެހާ ކުޑައީތަ…އައި ކާންޓް ބިލީވްއިޓް… ސޯ މައީ ވީވިލް ބީ ނެއިބާސްް……..” “ޔޭސް…………………” އަހަރެމެން ގެއާއި ލަޔާ އުޅޭގެ ޖެހިޖެހިގެން ހުރުމުން އަހަރެން ވަރަށް އުފާވިއެވެ.. އަހަރެންނަށްވުރެ މާބޮޑަށް ލަޔާ މިކަމާ އުފާވެފަ ހުރިކަން މާ ރީއްޗަށްވެސް އެނގެއެވެ… ރައިހާން އަހަރެންނަށް ދެން ނުފެނިގެން … ފޮޓޯ ތަކަށް ބަލާކަށް ނުޖެހޭނެއެވެ.. ކުރިމަތީގައި މިހިރީ އޮރިޖިނަލް މީހާއެވެ. އަހަރެންގެ މޫނު މަތިން އެކަން ނުދެއްކިއަސް އަހަރެންގެ ހިތް އުފަލުން ނަށަމުން ދިއައެވެ. އަހަރެމެން 3 މީހުން އެތާގައި ވާހަކަ ދައްކަން ތިބީމެވެ.. ލަޔާ ރައިހާން އާ ދިމާލަށް ތިއްތި އޭ އަބަދު ކިޔާތީ އަހަރެންނަށް ވެސް ވަނީ ފާޑާކަށް އެހެން ކިޔަން އާދަވެފައެވެ.. ދުވަސް ދިޔަ ގޮތެއް ވެސް ނޭނގެއެވެ.. އަހަރެންނާއި ރައިހާން އާއި ދެމެދު އޮތް ބީރައްޓެހިކަން ވަނީ އެކީ ގޮސްފައެވެ. އަހަރެން އެކަމާ ވަރަށް އުފާވިއެވެ. ހުރިހާ ޝުކުރެއްވެސް ރައްދުވަނީ ހަމަ ލަޔާއަށެވެ.. ގަޑިން 7 ޖެހީއެވެ. ލަޔާގެ ގޭގައި އަހަރެމެން ދެމީހުން ސަކަރާތް ޖެހެން ތިބެފައި އަހަރެން އަވަހަށް ގެއަށް ދިޔައީމެވެ. “މަންމާ………………… ” ގަސްތަަކަށް ފެންދޭން ހުރި މަންމަ އަށް .. ލަޔާ މެންއުޅެނީ އެހެރަ ގޭގަ ކަމަށް ބުނެ މިއަދު ވީ ކަންތަތައް ކިޔާދިނީމެވެ….އަހަރެންނަށް އެރޭ އުޅެވުނު ގޮތެއްވެސް ނޭނގެއެވެ. ފުންމަމުން ގޭތެރޭ ދުވަމުން އެހެންމިހެނެވެ. 8 ޖަހާލި ހާއިރު އަހަރެން ގައި ދޮވެލައިގެން ނިދަން އޮށޯތީމެވެ.. އަހަރެން ރައިހާން ދެކެ ލޯބިވާ ވާހަކަ އޭނަޔަށް އަނގަން ކިތަންމެ ހާވެސް ބޭނުން ވިއެވެ.. އެކަމަކު ކިހިނެއް ކަމެއް އަހަރެންގެ ޅަ ސިކުނޑި އަކަށް ނުވިސްނުނެވެ. އެތަށް އިރަކު ވިސްނުމައްފަހު ފުރަތަމަވެސް ހިޔާލަށް އައީ އިނޓަނެޓް ބޭނުން ކޮއްގެން ހޯދާށެވެ. އަހަރެން ލެޕްޓޮޕް ނަގާ ސާރޗް ކޮއްލީމެވެ. “ހައުޓު ލެޓް މައި ކްރަޝްް ނޯ ދެޓް އައި ލަވް ހިމް” ބައިވަރު ގޮތްތަށް އަހަރެންނަށް ފެނުނެވެ. އަހަރެން އަވަހަށް މޭޒުމަތީގައި އޮތް ނޯޓުފޮތަކު ނޯޓުކުރަން ފެށީމެވެ.. އެރޭ އަހަރެންނަށް ނިދުނީވެސް ވަރަށް ލަހުންނެވެ.
އަހަރެންނަށް ހޭލެވުނީ ކޮޓަރީ ދޮރުގައި މީހަކު ތަޅާ އަޑަށެވެ. އަހަރެން ގޮސް ދޮރުހުޅު ވި އިރު ހުރީ ލަޔާ އާއި ރައިހާނެއެވެ. ލަޔާ ކާރީގައި ހުރިއްޔާ އަހަރެންނަށް ހަމަ ޖެހިލައިގެން ނިދާވެސް ނުލެވޭނެ ކަން އަހަރެންނަށް އެނގެއެވެ. ” ގުޑް މޯނިންގް ” އޭ ބުނެފައި އަހަރެން ދޮރު ހުޅުވުމާއެކު ލަޔާ ކޮޓަރިއަށް ވަންނަން އުޅުނެވެ. އަހަރެން ހަލުވި ކަމާއެކު ދޮރު ލައްޕައިފައި ތަޅުލީމެވެ އަހަރެންގެ ކޮޓަރިއަށް ނަޒަރު ހިންގާލީމެވެ.ކަމަކު ދާކަށް ނެތެވެ. ކޮޓަރި އޮތީ އެފުށުން މިފުށަށް ޖެހިފައެވެ. ރައިހާން އަށް މި މަންޒަރު ފެނޭކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. އަހަރެން އިރުކޮޅަކުން ދޮރު ހުޅުވާނެ ކަމަށް ލަޔާކާރީބުނެފައި ކޮޓަރި ސާފުކުރަން ފެށީމެވެ. މުށިގަނޑުމަތީގައި އޮތް ނޯޓުފޮތް ނަގާ އަލަމާރި މައްޗައް ލައިފައި ތިރީ ހުރި އަހަރެންގެ އަންނައެނުތަށް އަލަމާރިއަށް ގަދަކަމުން އަޅާފައި ދޮރުލެއްޕީމެވެ. ތިރީގައި ހުރި ރީތިވާސާމާނު މަތީގައި އަހަރެންގެ ބްލޭންކެޓް އެޅީމެވެ. ފުންނޭވާއެއް ލުމައްފަހު ދޮރު ހުޅުވީމެވެ. އެވަގުތު އަހަރެންނަށް ފެނުނީ 2 ކަޕް ނޫޑްލިސް ތަށި ހިފައްޓައިގެން ހުރި ލަޔާ އެކަނިއެވެ. އަހަރެން ރައިހާން ކޮބާތޯ އެހުމުން ..އޭނާ ދިޔަތާ އިރުކޮޅެއް ވެއްޖެކަމަށް ބުނިއެވެ. އަހަރެންނަށް މި ކުރެވުނީ ބޭކާރު ކަމެއްކަން.. އެނގުނެވެ.. ލަޔާއެކަނި ހުރިކަން އެނގުނު ނަމަ އަހަރެން ކޮޓަރި ސާފު ނުކުރީހެވެ. ލަޔާ ގޮސް އަހަރެންކޮޓަރި ތެރޭގައި އެނބުރެން ފެށިއެވެ. ބުރަފައްޗަކަށްވުރެ ކަންތައްފަލެވެ. އަހަރެން ގޮސް އެނދުމަތީގައި އިށީންނީމެވެ. އެވަގުތަކީ ލަޔާ އަހަރެންގެ އަލަމާރި ހުޅުވާލި ވަގުތެވެ. ވަގުތުން އަލަމާރި ތެރެއަށް އަހަރެން ބޮޑި ކޮއްފައި އެޅިއެއްޗިސް ބާރު ސްޕީޑެއްގައި ފޭބިއެވެ.” މައީއަށް………….. ހަމަ ސާބަސް ..އަދިވެސް އެ ގޮތްގަނޑު ނުކެނޑެނީތަ؟ ތިހެން އުޅެންޏާ އިންނާނެ މީހަކުވެސް ނުލިބޭނެ” ލަޔާ ބޯހޫރާލަމުން ބުނެލިއެވެ. “ދެން ލަޔާ… އައި ވަރަށް ލޮޑު… ލަޔާ އަށް އެނގެއެންނު އަހަރެން ވަރަށް ލޯބިވާކަން ލަޔާދެކެ އެހެންވީމަ………ކޮޓަރި ސާފުކޮއްދީބަލަ އަހަރެން މިދަނީ ފެންވަރަން” އަހަރެން ލަޔާއާދިމާލަށް ދޫ ދިއްކޮއްލަމުން ތުވާލި ހިފައިގެން އަވަސް އަވަހަށް ފާހަނައަށް ވެންނީމެވެ. 10 ވަރަކަށް މިނެޓު ފަހުން އަހަރެން ފާހަނައިން ނުކުތީމެވެ. އަހަރެންގެ މޭގަނޑު އަތަށް ނައީ ހަމަ ކިރިޔާއެވެ. ދުވެފައި ގޮސް ލަޔާކިޔަން އިން ގަނޑުކޮޅު އަތުލީމެވެ. ލަޔާ އެނދުސާފުކުރަނިކޮށް އަހަރެން ކުރީ ދުވަހު ރައިހާންދެކެ ލޯބިވާވާހަކަ ލިޔެފަ އެނދު އަޑިއަށް ވައްޓާލި ގަނޑުކޮޅު ފެނުނީއެވެ. އަަހަރެން ހަދާނެ ގޮތް ހުސްވިއެވެ. މިކަހަލަ ކަމަކަށް އަހަރެން ހުރީކުޑަކޮއްވެސް ތައްޔާރުވެގެއްނޫނެވެ. މާލަސްވެއްޖެކަން އަަހަރެންނަށް އެނގުނެވެ. ލަޔާއަށް އެގަނޑު ގައި ލިޔެފައި ހުރި އެއްޗިސް މާ ރަނގަޅަށްވެސް އެނގޭކަން އޭނަގެ މޫނު މަތިންވެސް ހާމަވެއެވެ. އަހަރެން ހުރީއިސް ޖަހާލައިގެނެވެ. އިރުކޮޅެއްނުވެ އަަހަރެންނަށް ފެނުނީ ލަޔާ އަހަރެންގެ ގައިގައި އޮޅުލައިގަތް ތަނެވެ. “މައީ ކީއްވެ އަހަރެންނަށް މިކަން ސިއްރު ކުރީ، ހަމަ ޓްރަސްޓް ނުކުރަނީތަ އަހަރެންނަށް؟” ލަޔާ ދެރަވެލާފައި ބުނިއެވެ. އެވަގުތު އޭނަ ހިފަހައްޓައިގެން ހުރި ކަރުނަތަށްވެސް މިނިވަން ކަމާއެކު ފައިބަމުން ދިޔައެވެ. “އަޅެ ސޮރީ ލަޔާ… ޓްރަސްޓް ނުކުރާތީއެއް ނޫނޭ ނުބުނީ… އައި ތޯޓް ލަޔާ ގަބޫލު ނުވާނެ ކަމަށް..” “ޔޫ ބިގް ބިގް އިޑިއަޓް ބަލަ އަހަރެންގެ ބެސްޓްފްރެންޑް އަހަަރެންގެ ބޭބެ އާ ގުޅުމަކީ އަހަރެން ވަރަށް އުފާވާނެ ކަމެއް .. ތިނކް ޕޮސިޓިވްލި ގާލް” ލަޔާ ބުނެލިއެވެ… ޑޯންޓްވޮރީ އައި އަންޑަސްޓޭންޑް … އެކަމަކު ދެން މިކަހަލަ ކަމެއް ވިއަސް ބުނަންވާނެ…. އޭރުންތާ ހެލްޕެއްވެސް ވެވޭނީ ފަހަރިއަށް” ލަޔާ އަަހަރެންނާ ދިމާލަށް އެއްލޯ މަރާލަމުން ޖެއްސުން ކުރާ ރާގަކަށް ބުނެލިއެވެ. ދެން ކަންތަކާ މިޖެހުނީއެވެ….އަހަރެން ބޯހޫރާލީމެވެ. ލަޔާ އަހަރެންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.”މީ ކިހިނެއް ފެއްޓިކަމެއްތަ ….އައި ވޯންޓް އާލްދަ ޑީޓެއިލްސް…..” ލަޔާ އަހަރެންނާ ދިމާލަށް ބުނެލިއެވެ. “އޯކޭ…. އޯކޭ.. އެންމެ ފުރަތަމަ އެއްކަލަ ރޭގަ ލަޔާމެން ކޮޓަރީގަ ހުއްޓާ ރައިހާން ތިއްތި އަޔެއްނު ދޯ.. އޭނަ ފެނުނީމަ އަހަރެން ނަށް ކޮންމެސް ކަހަލަ ނޭނގޭ ގޮތެއް ދެން ނޭނގެ ކިޔާދޭކަށް ދެން ހަމަ ވިސްނެނީ ރައިހާން ތިއްތި މަތިން… ލަޔާ ހަނދާންވޭތަ އެއްކަލަ މަޖާހަދަން އަތިރިއަށް ދިޔަ ދުވަސް މަތިން؟” އާން މައީ ދެވައްތަރު ދެފައިވާން ކިބަ ލައިގެން އައިދުވަސްދޯ އަހަ އަހަ” ލަޔާ ހަނދާން ކޮއްލަމުން ބުނެލިއެވެ. “ޔޭސް … އެދުވަހު އަސްލު ގޮވަމުން ދުވެފަ ބާރަށް ގެއަށް ދިޔައީ ރައިހާން އަށް އެތަން ފެނުނީމަ …. އަސްލު ލަދުގަތީ….މަގޭ ސައިކޯ ކަމުން….” އަހަރެން ލަޔާއަށް އަލިފުން ޔާއަށް ހުރިހާއެއްޗެއް ކިޔާދިނީމެވެ. ލަޔާހުރީ ކޮސްވެފައެވެ.. “ޕިސް ޕިސް .. ތިހިރީ ހަމަ ސީދާ އިޝްކް ގަ ޖެހިފަ އަހަ އަހަ އަދި އަަހަރެންނާދިމާލަށް ކިޔޭ… މި މައީގަނޑު” ލަޔާ ހެމުން ހެމުން ބުނެލިއެވެ. “ހޯން ހޯން ދެން ތިހާވަރަށް މަލާމަތް ކުރާނެ ކަމެއް ނެތް” އަހަރެން ލަޔާގެ އަތުގައި ވިކާލަމުން ބުނެލީމެވެ. “އެކަމަކު މައީ …ރައިހާން ތިއްތި..” ވަގުތުން ލަޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ކޮންމެސް އެއްޗެއް ބުނަން އުޅޭހެން ހީވިއެވެ. ނަމަވެސް ދެން އަޅާނުލާށޭ.. ހަނދާން ނެތިއްޖެކަމަށް ބުނިއެވެ. “ސޯ ކޮބާ މިޝަން ފައްޓަން ވީނު ފިއުޗަރ ފަހަރި” ލަޔާ އަހަރެންނާ ދިމާލަށް ބުނެލިއެވެ. “އަހަ އަހަ ފަހަރި މައި ފޫޓް… މައީ ޑޫމީއަ ފޭވާރ.. ރައިހާން ތިއްތި ގެ ހުރިހާ ލައިކްސް ތަކާ ޑިސްލައިކް ތަށް ކިޔާދީބަ” އަހަރެން ލަޔާ އާދިމާލަށް ބަލަމުން ބުނެލީމެވެ. ލަޔާ ކިޔާދޭވަރަކަށް އަހަރެން އޭ4 ސައިޒް ގަނޑެއްގައި ފަރުވާތެރިކަމާއެކު ނޯޓުކުރަން ފެށީމެވެ. މެންދުރު ނަމާދަށް ބަންގި ގޮވުމުން ..ލަޔާ ގެއަށް ދިޔައީ އަހަރެން ގާތުގައި އެގެއަށް މެންދުރު ކާން ދިއުމަށް ބުނެފައެވެ. އަހަރެން ނަމާދު ކޮއްލައިގެން އަލަމާރި ކާރީގައި ހުއްޓުނީމެވެ. ރައިހާން މެން ގެއަށް ދާއިރު ލާނީ ކޯޗެއްތޯ ޑިސައިޑް ކުރާށެވެ. އަހަރެން ގެ އަތުގައި އޮތް އެންމެ ދިގު ހެދުން ނެގީމެވެ. އެއަރަނީ ކަކުލާ ހިސާބަށެވެ. އެއީ ލަޔާ ބުނާގޮތުގައި ރައިހާން ތިއްތި އަށް ރީއްޗީ އަންހެން ކުދިން ދިގު އެއްޗިސް ލީމައެވެ. އަހަރެން އަވަހަސް އަވަހަށް ރީތިވެލައިގެން ލަޔާމެން ގެއަށް ދިޔައީމެވެ. ދޮރު ހުރީ ތަޅުނުލާކަމުން އަހަރެން ގޮސް ވަނީމެވެ. ސިޓިން ރޫމްގައި އެއަކުވެސް ނެތުމުން އަހަރެންނާއި އެންމެ ކައިރީގައި ހުރި ކޮޓަރިއަށް ވެންނީމެވެ. އަހަރެން ގެ ކުރިމތީގައި ހުރީ އުނަގަނޑާހަމަޔަށް ހަމަ އެކަނި ތުވާލި ކޮޅެއް އަނދެގެން ހުރި ރައިހާން އެވެ. ރައިހާންގެ ތަނަވަސް މޭމަތީގައި ފެންތިކި ތަށް މިނިވަންކަމާއެކު ދައުރުވާއިރު ވަރަށްވެސް ހިއްގައިމެވެ. އަހަރެން އެ ފެންތިކި ތަކަށް ވާނަމަ ކިހާ ރަނގަޅުބާ….އަހަރެންގެ ހިތަށް އަރަން ފެށިއެވެ. “ޖެހިގެން އެހެރީ ލަޔާގެ ކޮޓަރި މައިއްކޯ” ރައިހާން އެހެން ބުނުމުން އަހަރެން އަވަހަށް ގޮސް ލަޔާގެ ކޮޓަރިއަށް ވަނީމެވެ. ލަޔާ ހުރީ ބުރުގަ އަޅާށެެވެ. ދެންމެގަ ވީ ކަންތައް ލަޔާއަސް ކިޔަދިނުމުން އޭނަ ފެށީ އަޑުން އަޑުނަގާ ހޭންށެެވެ. “ދެން ދެން ދެން ލަޔާ ވަރަށް ބަނޑުިހައި ވެއްޖެ ހިނގާކާން ދާން…….” އަހަރެން ލަޔާ ކޮއްޕަމުން ކޮއްޕަމުން ގޮސް ބަދިގެއަށް ވެއްދީމެވެ. އޭރު ރައިހާންގެ މަންމަ ( ޝާނިޔާ ) އާއި ރައިހާންގެ ގެ ފިރިހެން ކޮއްކޮ ( ނާދިން ) ބަދިގެ ތެރޭގައި އުޅެއެވެ .އަހަރެން ފެނުމުން ޝާނިޔާ ދައްތަ ކާން ހިނގާށޭ ބުނިއެވެ. އަހަރެން ބޯޖަހާލީމެވެ. އަވަސް އަވަހަށް ލަޔާއާއެކު ތައްޓަށް ނޫޑްލިސް އަޅައިގެން އެގޭގެ އަނެއްފަރާތުގައި ހުންނަ ޖޯލިފައްޗައް ދިޔައީމެވެ. އެއީ ވަރަށް ހިއްގައިމު ތަނެކެވެ. އަހަރެމެން ދެމީހުން ވާހަކަ ތަށް ޝެއާރ ކޮއް، ކަމަކާ ހިންހަމަ ނުޖެހުނަސް އެތަނަށް ގޮސް ވާހަކަ ދައްކާލީމާ ވަރަށް ހިންހަމަ ޖެހެއެވެ. އެއީ އަހަރެމެން ދެމީހުންގެ މެއިން ސްޕޮޓެވެ. އަހަރެމެން ދެމިހުން އެތާ ތިއްބާ ރައިހާން ތިއްތި އައެވެ. އަތްދިގު ކަޅުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި އޭނާ ހުންނަލެއް ވަރަށް ވެސް ރީއްޗެވެ. އަހަރެން މާވަރަކަށް ރައިހާން ތިއްތި ގަޔަށް ބަލަން ފެށުމުން ލަޔާ އަހަރެންގައިގައި ކޮއްޓާލިއެވެ. އަހަރެން ވަގުތުން އިސްޖެހީމެވެ. ” މައިއްކޯ.. ކިހިނެއްވީ މާވަރަކަށް ތި ބަލަނީ އަހަރެންގެ މޫނުގަ އެއްޗެއް އޮތީތަ؟ ” ވާނުވާ ނޭނގޭ ހިނދު ރައިހާން އަމިއްލަ މޫނު ފުހެލަމުން އަހަރެންނާ ސުވާލުކުރިއެވެ. “ނޫ… ނޫން .. އާން ތި ގަމީހަކާ ތި ޖިންސަކާ އެއްގޮތަކަށްވެސް ނުގުޅޭ.. އެހެންވެ އަސްލު” އަހަރެން އެންމެ އަވަހަށް ސިކުނޑިއަށް އައި އެއްޗެއް ބުނެލީމެވެ. “އަމައްޔާއި އުޅޭފާޑު… އަހަ އަހަ ” ރައިހާން ތިއްތި އެހެން ބުނިގޮތުން އަހަރެންނަސް ވެސް ހިނި އަންނަ ގޮތް ވިއެވެ.. އެގެއާ ތަންކޮޅެއް ދުރުގައި ހުރި ސައިކަލަށް އަރައިގެން ތިއްތި ދިއައެވެ. އަހަރެން ލޮލުގަ އަޅައިގަތީ ދޮރުކާރިއަށް ވެއްޓިގައި އޮތް ވޮލެޓެވެ. އޭގައި އޮތް އައިޑީ ކާޑުފެނުމުން އެއީ ރައިހާން ތިއްތިގެ ވޮލެޓް ކަން އެނގުނެވެ. އެ އައިޑީކާޑުގއިަ އިން ރައިހާންގެ ކުޑަ އިރުގެ ފޮޓޯބެލުމަށް އައިޑީ ކާޑް ވޮލެޓުން ނެގި ގަޑީގައި ފޮޓޯގަނޑެއް އަހަރެންގެ އުނގަށް ވެއްޓުނެވެ. ފަހަތުގައި “އައި ލަވް ޔޫ އެންޑް ވެއިޓް ފޯރމީ އައިވިލް ކަމްސޫން …މިސް ޔޫލަވް” ޖަހާފައިއިނެވެ. އެ ފޮޓޯ ގަނޑުގެ އަނެއް ފަރާތް އަހަރެން ބަލާލީމެވެ..އަހަރެނގެ ލޮލުން ކަރުނަ ތަށް ފައިބަގަތީ އިހުތިޔާރަކާ ނުލައެވެ.. ……………………………………..
*އެ ފޮޓޯ ގަނޑުގެ އަނެއް ފަރާތުގައި ވަނީ ކާކުބާ؟ ރައިހާން އެ ސިއްރު ކުރަނީ ކޮންކަމެއް ބާ؟*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.





Gurll darling as usual mi prt vx v perfect… Lyssssm.. Mai and raihaan ingey gulhuvaanee.. Raihaan ge bitu tha yooluv aee?? Or eyna ge dharitha???.. Vaahaka v reethi.. Good luck with this story… ????❤️????????❤️??????????????????????????????????????????????..
ur the first one…n thankss allot btw its miss you love ..not a name❤❤❤❤❤?..
Me second to comment ?????
yeah ..thankss shina❤❤?
Vrh furihama and I love this part also
Of course what else….. OK I could say that it is vvvvv vvvvv good ?????
thankuuu soo much !y@@d#❤❤?
Of course what else….. OK I could say that it is vvvvv vvvvv good ?????
You are my second favorite writer first is monsta but you are the second best to me….
thankuuuuu ily❤??
OMG… Kaakubaa e photo ga hunnaany…. I AM SOOOOO CURIOUS!!!…And varah salhi mi part vx…..whn nxt part?? LYSM??
And i’m a big big big fan of you and this story……you are the best????????
Thank u soooo much kimkimtaetae ….❤️… Lym btw ur fan of Kim taehyung????
Oh yeah…actually a KPOP fan…. And what about you gurlll?? Are you a fan too?? And lysm too????
Varah rythi mi part ves..Whn next part..
Thank u Soo much aisher?❤️
Vvv reethi mi part vx…..anehkaa e kaaku ge photo eh baa??????alhey nxt part thankolheh avahah up kohla dhehchey ingey…..
Kenmadhu nuvefa hunna kairaa dho miulheny…..
Yess …aslu test thah feshen… ulheythee bxy kamun.. than kolheh lahun upload kurevenyyy… I’m sorry ingey….I will try to upload the next part as soon as possible ?❤️
Yessss…thank u kaii?❤️
Its ok gurlll….
Kimkimtaetae eh noon…..ma kiyaanee shamshamjaleejalee???????????????????????????????
Maa majaleh nukuraanan ingey….ma kiyaanee dhen lahulahushimshim????????????????????????
Hahahahha…????????????
Masha Allah …….. Mi story varah Varah reethi ???? whn is next week ?? can’t wait for it?lysm?????❤️
Week eh nun part*
Thank u soooo much ❤️❤️
??????♥️♥️♥️♥️???♥️♥️♥️♥️?????????????
Thank u dhona❤️?
Maashaa Allah.. vrrr salhi mi part vess … i really enjoyed it.. cant wait to know who is in that pic… ??????
Thank u Soo much ❤️?
Wow.. varah reethi mi part vx… Kaakuge photo eh baa dhw eh fenunee… Waiting for next part
Thankuuu maii❤️?
V reethi mi part vx…..????.. Can’t wait for nxt…….. ❤️❤️❤️❤️
thank uu kylie❤❤
Gurll when is next part???……i am dying for it……plx avahah UP kohladheeba….and lysm????
yess …lym?
OMG OMG! This is lit gurlll! Next ep fast please. And btw, raihaan is Lee Jong suk? Ehnve dhw ehaa reethy. Waaaah. I started reading this because of the picture of Lee Jong-suk and now I’ve fallen for the story too! Taebak❤?
thank u sooo much ??❤
Ohh mi part vx varah reethi…hope other parts will be more interesting
thank u