ކޮނޑުގައި އޮތް ކަޅުކުލައިގެ ދަބަސް ޒައިން އީނާލް ކައިރީގައި ބައިންދަމުން މަގާ ދިމާލަށް ބޯ ދިއްކޮށްލިއެވެ. އޭރު މާސްކު އެޅި މީހަކު އީނާލް ހޯދަމުން ދިޔައެވެ. އީނާލްވެސް ޒައިންގެ ފުރަގަހުން ބޯ ދިއްކޮށްލިއެވެ. އެމީހާ ފެނި އޭނާގެ ހައިރާންކަން އިތުރު ކުރުވައިފިއެވެ. އެވަގުތު އީނާލްގެ ލޮލުގައި އަޅައިގަތީ އެމީހާ ކައިރީ ހުރި ގަހުގައި އިން ކުޅަނދުރު ހަތައެވެ. އޭނާގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައެވެ. އަރައިގެން ހުރި ފައިވާން ކިބަ އަތަށް ނަގަމުން އޭނާ ތެދުވިއެވެ. ޒައިން އީނާލް ތެދުވުމުން އޭނާގެ އަތުގައި ހިފެހެއްޓިއެވެ.” ކީއްކުރަން ތި އުޅެނީ؟؟؟؟” އީނާލްގެ އަތުގައި އޮތް ފައިވާން ކިބަ ފެނި ޒައިން ހީކުރީ އީނާލް މޮޔަ ކަމެއް ކުރަން އުޅެނީކަމަށެވެ.”ޓްރަސްޓް މީ….ޖަސްޓް ވެއިޓް އެންޑް ވޮޗް….” ޒައިން އަށް އެއްޗެކޭ ނުބުނެވެނީސް އީނާލް އަތުގައި ހުރި ބާރެއް ލާފައި ފައިވާން ކިބަ ހޫރާލިއެވެ.
ބުމަރެއް ހެން އެނބުރެމުން ގޮސް ފައިވާން ކިބަ ހަތާގައި ޖެހުނެވެ. އީނާލްގެ ތުންފަތްމަތީ ކުޅެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ރުޅިއައިސްފައިވާ ކުޅަނދުރުތައް ހަތާއިން ނިކުތުމާއެކު އެމީހާއާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭނާ ތެޅެމުން ފޮޅެމުން ދުއްވައިގަތެވެ. އީނާލް ހަށަމް ބަނދެލަމުން ޒައިން އާ ދިމާލަށް އެއް ބުމަ އަރުވާލިއެވެ. ” އިމްޕްރެސިވް….” ޒައިންގެ ދުލުން ތައުރީފުގެ ބަހެއް އިވުމުން އީނާލްގެ މޫނަށް ޖަންބު ކުލައެރިއެވެ. ބޭއިހްތިޔާރު ޒައިންއަށް ހިނިތުންވެވުނެވެ. ކަޅި ޖަހާނުލާ އީނާލްގެ މޫނަށް ބަލަން ހުރެވުނެވެ. އީނާލްގެ ދިގު އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލާފައި އޮތުމުން އުނަގަނޑާ ހަމައަށް އަރައެވެ.އެ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން ފޫދުުއްވާލީ ޒައިންގެ އަޑުންނެވެ. “ގެއަށް ދާކަށް ނުވޭތަ؟؟؟”
އީނާލް އިސް އުފުލާ ބަލާލިއެވެ. ޒައިން ޖިންސުގެ ދެޖީބަށް އަތް ޖަހާލަމުން އޭނާގެ ޖަވާބުގެ އިންތިޒާރުގައި ހުއްޓެވެ. “ގެއަށް ދާނަން…. ކުރާ ސުވާލަށް ޖަވާބު ދީފިއްޔާ….” އީނާލް އެހެން ބުމުން ޒައިން ފުންނޭވާއެއް ދޫކޮށްލިއެވެ. “އެނގޭ ވަރަށް ބައިވަރު ސުވާލު އުފެދޭނެކަން….. އެކަމަކު މިހާރަކު ޖަވާބެއް ނުދެވޭނެ…ވަގުތު ވީމަ ހުރިހާ ސުވާލަކަށް ޖަވާބުދޭނަން… ނައު އިޓްސް ޔުއާރ ޓާރން….ޓްރަސްޓް މީ އޯކޭ….” ޒައިން އައިސް އީނާލްގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އީނާލް ގޮތުގައި ހިފަހައްޓަން ބޭނުންވިއެވެ. ނަމަވެސް އޭނާގެ ހިތް ޒައިން އަށް އިތުބާރު ކުރަން އެދުނެވެ. ” އޯކޭ….އެއައީ ކާކުކަމެއް ކީއްކުރަންކަމެއް އަދި ކޮންބޭނުމަކު ކަމެއް ނާހާނަން…އެކަމަކު ޒައިން އާ ބެހޭ ގޮތުން ކުރާ ސުވާލަކަށް ޖަވާބު ދެވިދާނެނުން…” އީނާލް ފައި ވިއްދާލީ އޭނާގެ ބޮލުން ކުޑަވެސް ލުޔެއް ލިބޭ ވަރުގެ ޖަވާބެއް ހޯދުމަށެވެ. ޒައިން އީނާލްގެ ކޮނޑުން ދޫކޮށްލަމުން އަނެއްކާވެސް ދެޖީބަށް އަތްޖަހާލިއެވެ.
” ކޮން ސުވާލެއް ކުރަން ބޭނުންވަނީ…؟؟” ޒައިން އަހާލިއެވެ.” ރަށުތެރެއިން އެހާ ވަރަކަށް ނުފެނޭ…. މީހުން ތިބޭ ދިމާލުން އަދި އަމުދުން ނުފެނޭ….އަބަދުވެސް އަހަރެން އެކަނި ހުންނައިރު ޒައިން އަންނަނީ…. މިރަށުގަ އުޅޭ ހެނެއް ހިޔެއް ނުވޭ…އެންޑް މިއަދު ތިއައީ ރެސްކިއު ކުރަން….ހޫ އާރ ޔޫ؟؟؟؟” އީނާލްގެ ސުވާލުން ޒައިންގެ މޫނަށް ވެރިވީ ހިތާމައިގެ ކުލަވަރެކެވެ.” މިހާތަނަށް އައިއިރު އަހަރެން އީނާލްއަށް ދޮގެއް ހެދިކަމާށް ގަބޫލުކުރަންތަ؟”ޒައިންވެސް ކޮށްލީ ސުވާލެކެވެ. “ނޫން…” އީނާލް ވަގުތުން ޖަވާބުދިނެވެ.” އަހަރެން ނުބުނާ ވާހަކަތަކެއް ހުރެދާނެ އެކަމު އީނާލްއަކަށް ދޮގެއް ނުހަދަން… ޔޫ އާރ ރައިޓް…އަހަރެން އުޅެނީކީ މިރަށަކުއެއް ނޫން…..އަހަރެން މިރަށަށް އައީ އެހެން ބޭނުމަކު…އެކަމު އެކަމަށް އެއްކަންތައް އިތުރުވީ….އެއީ ދިގު ވާހަކައެއް…އީނާލް ޕްރޮޓެކްޓް ކުރަން ބޭނުން …. ޔޫ އެންޑް ޝާހީން އާރ އިން ޑޭންޖާ…މިފަހަރު އައި ސޭވްޑް ޔޫ….ބަޓް އެމީހުން އަދި އަންނާނެ… އީނާލް ތި އާދައިގެ އަންހެން ކުއްޖެއް ނޫން…ޔޫ އާރ ސްމާރޓް… އެންޑް ހުނަރުވެސް އެބަހުރި….ކޭން ޔޫ ހެލްޕް މީ؟؟؟؟ ޒައިން ކިޔާދިން ވާހަކަތަކުން އިނާލް ހިތުގައި ބިރުވެރި ކަމެއް ހިނގާލިއެވެ.
” އަނެއްކާ ތީ ގޭންގެއްގަ އުޅޭ މީހެއްތަ؟؟” އީނާލް އަހާލިއެވެ. ” ޑޫއައި ލުކް ލައިކް ދެޓް؟؟؟” ޒައިން ވެސް ސުވާލުކުރިއެވެ.” ކޮންފާރމް ކޮށްލީ… ޒައިން ނުޖަހާ ގޯސް މީހެއް ވައްތަރެއް…ސިފައިންގެ މީހެއް ވައްތަރު ޖަހަނީ…. ޔޫ ނޯ….ސީކްރެޓް ޓައިޕް..ހެހެހެ ” އީނާލް ހިތުގައި އޮތް ބިރުވެރިކަން ފިލުވާލުމަށްޓަކައި ބުނެލިއެވެ. ޒައިންގެ މޫނު އަލިވިއެވެ. ދެން ކިހިނެއް އަހަރެން ހެލްޕް ވާންވީ؟؟؟” އީނާލް އަހާލިއެވެ. ޒައިން ހަދަންވީ ގޮތް ކިޔާދިނެވެ. އީނާލް ގެއަށް ދާން ހިނގައިގަތެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް ހުއްޓުނީ ފަހަތުން ޒައިން ގޮވާލުމުންނެވެ. އީނާލް އެނބުރުމުން ޒައިން ފިރިހެންވަންތަ ހިނގުމެއްގައި ގޮސް އީނާލްގެ ކައިރީ މަޑު ކޮށްލިއެވެ.
ދަބަހުން އޭނާ ނެގީ ކަޅުކުލައިގެ ސްނީކާރސްއެކެވެ. އެއްކަކޫ މައްޗަށް ތިރިވެފައި އީނާލް ގެ ފައިވާން ކިބަ ބޭލުއްވިއެވެ. އީނާލް ސްނީކާރސް އަށް އަރުވާފައި ވާފަށް އައްސައިދިނެވެ. “ތެންކްސް…” ޒައިން ތެދުވުމުން އީނާލް ބުނެލިއެވެ.ރައްދުގައި ޒައިން ހީލިއެވެ.ކުއްލިއަކަށް އީނާލް އަށް ކަމެއް ހަނދާން ވިއެވެ.” ޝާހީން…..” އޭނާ ޒައިންއާ ދިމާލަށް ބަލާލި ކަންބޮޑުވެފައެވެ.” ޝީ އިޒަ އޯކޭ….ހިޝާމް އޭނަ ގެއަށް ލާފި…” ޒައިން ބުނެލިއެވެ.”ވަޓް؟؟؟ ހިޝާމް އެނގޭތަ؟؟؟” އީނާލް ދެލޯ ބޮޑު ކޮށްލިއެވެ. “އާނނ..ދެން މިވަރުން ފުއްދާލަ….ފަހުން ހުރިހާ އެއްޗެއްވެސް ކިޔާދޭނަން…” ބޮލުގައި އަތް ހިންގާލަމުން ޒައިން ބުނެލިއެވެ.
އީނާލް ދިޔުމުން ޒައިން ބަލާލީ ފަހަތަށެވެ. ހިރުނދު ގަހެއްގެ ފަލަ ގޮތްޕެއްގައި އައިޒަން އުޑުފައިން އިށީނދެ އިނދެފައި އަތުގެ އިޝާރާތެއް ކޮށްލިއެވެ. ޒައިން ފަރިތަކަމާއެކު އެގަހުގެ އެހެން ގޮތްޕެއް މައްޗަށް އެރިއެވެ.” އިޝްކުގަ ޖެހުނީދޯ؟؟؟” އައިޒަން އެހެން ބުނުމުން ޒައިން ދެލޯ ހަނިކޮށްލިއެވެ.” ބްރޯ ފޯކަސް….ތި ވާހަކަ ދެން ބާއްވާ…..” އައިޒަން ދިމާކުރާނެ ވަރު އެނގޭތީ ޒައިން ބެލީ ސަލާމަތްވެވޭތޯއެވެ.”ހޫނނ…އެންމެ ރަނގަޅު…..އަދި އޮންނާނެ ދިމާކުރުން…އެނީވޭސް ގުޅޭ ވަރަށް… މަ ހިތަށް އެރި އެއުޅުނީ އެމީހާގެ ބޮލުގަ ފައިވާން ކިބައިން ޖަހަންބާއޭ….ހާދަ ސީދާކޮށޭ ހޫރާލި..މަށަށް ޖެހުނީ މިގަހަށް އަރަން….ނަސީބެއް… އެހެންނޫންނަމަ މަގޭ ދުވަސް ދާނެ…..” އައިޒަން ބުނެލީ ހައިރާންވެފައި ހުރެއެވެ.ޒައިން ހީލިއެވެ. “އާނނ…ވަރަށް ނުރައްކާތެރި…އެހެން އަންހެން ކުދިންނަށްވުރެ އެތަށް ގުނައެއް ތަފާތު…” ޒައިން އަށް ބުނެވުނެވެ.
“މަދޯ މިހިރީ ހުވަފެނީ ދުނިޔޭގަ؟؟….ކޮބާ ފޯކަސް؟؟؟” އައިޒަން އެހެން ބުނެފައި ހޭންފެށިއެވެ. ޒައިން ހިނިއައިސްފައި ހުރެ ބޯ ހޫރުވާލިއެވެ. އައިޒަންގެ ކައިރިން ސަލާމަތެއް ނުވެވޭނެއެވެ.ސަމާސާ ހުއްޓާލަމުން ޒައިން އިއަރފޯނު ކަނެކްޓް ކޮށްލިއެވެ.” ޒައިޝް….ސްޓޭންޑް ބައިގަ ހުންނާތި….ވާ ގޮތް ރި-ޕޯރޓް ކުރައްޗޭ…”ޒައިން ވާހަކަ ދެއްކުމުން ހިޝާމް ޖަވާބުދިނެވެ. “ރަނާ….އެކްޓިވް ކުރީމަ ލޮކޭޝަން ޓްރޭސް ކުރާތި….ވީ ހެވް ޓު ކޮމްޕްލީޓް ދިސް” ޒައިން ރަނާއަށް ބުނެލިއެވެ. ރަނާ ޔެސްއޭ ބުނެލި އިރު އަފްލާހް ކައިރީގައި ހުއްޓެވެ. އޭނާ ހިތުން މިޝަން ކާމިޔާބު ވުމަށް އެދި ދުއާ ކުރިއެވެ.
އީނާލް ގެއަށް އައިއިރު ރިފްޤާ ގޭގަ ނެތުން ވީ އޭނާގެ ނަސީބަށެވެ. ޒައިން ދިން ބޫޓު އެނދު ދަށަށް ލަމުން އީނަާލް ވަނީ ފާހަނައަށެވެ.ފެންވަރާލައިގެން ނިކުތް އިރު ގަޑިން 11 ޖަހައިފިއެވެ. އީނާލް ފޯނު ނަގައި ޝާހީންގެ ނަމްބަރަށް ފިތާލިއެވެ. ފޯނު ރިންގުވާން ފެށުމުން އީނާލް ދެކޮޅަށް ހިނގަންފެށިއެވެ.”ހަލޯ..” ޝާހިން ފޯނު ނެގުމުން އީނާލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. “ހޭއި….ނިކުތް އިރު ފެންނަން ނެތީމަ އެހެންވެ އޯކޭތޯ ބަލާލީ… މަންމަ އަންނާނެ މިހާރު….ފަހުން ގުޅާލައްޗޭ…” އީނާލް އަވަސް އަވަހަށް ބުނެލިއެވެ. “އޯކޭ…” ޝާހިން އެހެން ބުނެފައި ފޯނު ބޭއްވިއެވެ.ޝާހިން ފޯނު ބޭއްވުމުން އީނާލް އަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ.
ޝާހިން ފޯނު ބާއްވަމުން ކުރިމަތީ ހުރި ހިޝާމަށް ބަލާލިއެވެ. ހިޝާމް އޭނާއަށް ގަޑިއެއް ދިއްކޮށްލިއެވެ.”ކީއްކުރާ ގަޑިއެއް؟؟؟” ޝާހިން އަހާލިއެވެ. “މީގަ އިންނާނެ ޓްރެކިންގް ޑިވައިސްއެއް…ނުބާލާތި އަތުން…” ޝާހިންގެ އަތުގައި ހިޝާމް ގަޑި އަޅުވާދިނެވެ. “އަހަރެމެން ސަލާމަތްވާނެތަ؟؟؟” ޝާހިން އަހާލިއެވެ. ހިޝާމް ޝާހިންގެ މޫނަށް ފުންކޮށް ބަލާލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައެވެ. ހިޝާމްގެ ހިތުގައި ރިއްސާލިއެވެ. ޝާހިން ދެރަވެފައި ހުންނަ ތަން ބަލަން އޭނާއަށް އުދަނގޫވިއެވެ.ހިޝާމް އެއްޗެކޭ ނުބުނުމުން ޝާހިން އިތުރަށްވީ މާޔޫސެވެ. އޭނާ ދެލޯ މަރާލުމާއެކު ބޯ އެސްފިޔަތައް ފޫ ދުއްވާލާފައި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތުގައި ބީހިލިއެވެ. ހިޝާމަށް ކެތްވީ އެހިސާބަށެވެ. ހިޝާމް ޝާހިންގެ ކުރިމަތީ ހުއްޓެމުން އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓަލިއެވެ. ހިޝާމްގެ މިއަމަލުން ޝާހިން ސިހިފައި ދެލޯ ހުޅުވާލިއެވެ.ޝާހިންްގެ ދެލޮލަށް ބަލާލަމުން ހިޝާމް މަޑުމަޑުން ބޯ ހޫރުވާލީ ނުރޯށޭ ބުނާ ކަހަލަ ގޮތަކަށެވެ.” އިންޝާﷲ…ސަލާމަތްވާނެ..ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..”
ހިޝާމް ޖަވާބު ދިނުމުން ޝާހިންއަށް އިތުރަށް ރޮވުނެވެ.ނަމަވެސް ހިޝާމް ދެން ކޮށްލި ކަމަކުން އޭނާގެ ދެލޯ ބޮޑުވިއެވެ. ޝާހިންގެ ކޯތާފަތަށް ރޮނގެއްހެން ފައިބައިފައި އިން ކަރުނަތިކީގައި ހިޝާމް ތުންފަތް ޖައްސާލިއެވެ. އެވަގުތުކޮޅުޝާހިންގެ ހިތް މޭގަނޑު ފަޅާލައިފައި ނިކުތް ކަހަލައެވެ. އިރުކޮޅަކަށްފަހު ހިޝާމް ދުރަށް ޖެހިލަމުން ޝާހިންއާ ދިމާލަށް ބަލާލިއެވެ. ޝާހިންގެ މޫނު ރަތްވެފައި ހުރިތަން ފެނުމުން ހިޝާމް އަށް ބަލަން ހުރެވުނެވެ.”އަމް…ޝާހިން…” ހިޝާމް އޭނާގެ ނަމުން ގޮވާލުމުން ޝާހިންއަށް ހަމަބިމަށް އާދެވުނެވެ.”މްމް..” ޝާހިންގެ އަނގައިން އަޑެއް ނުނިކުތެވެ. ހިޝާމް އަށް ކުރެވުން ކަންތައް ރެއަކާ ލެވުމުން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.”ދެންމެ…..އާރ….މިބުނަން މިއުޅެނީ….”ހިޝާމް ބުނަން އުޅެފައިވެސް ފުންނޭވާއެއް ދޫކޮށްލިއެވެ.” އައި ލައިކް ޔޫ….އިނގޭ ދެން ވަރަށް އަންއެކްސްޕެކްޓެޑް ގަޑިއެއްކަން އެކަމު އަހަންނަކަށް ކެތެއް ނުވި….ޝާހިން ނުރުހޭ ކަހަލަ ކަމެއް ކުރެވުނީތީ ސޮރީ..” އެންމެފަހުން އޭނާ ހުރިހާ އެއްޗެއް ބޭރު ކުރިއެވެ.ޝާހިން ހުރީ ކަންފަތަށް އިވުނު ވާހަކަ ޤަބޫލުނުކުރެވިފައެވެ.
“ހިހިޝްޝާމްމް…” ޝާހިން އަޅައަޅައިގަންނަމުން އެނަން ކިޔާލިއެވެ. “މީ ޓޫ….” ގަތް ލަދުން އޭނާ އަނެއް ފަރާތަށް އެނބުރުނެވެ.ހިޝާމް އިސްއުފުލާ ބަލާލިއެވެ. އަދިއެއްފަހަރު އެހެން ބުނާނެނަމައެވެ.ހިޝާމް ގޮސް ޝާހިންގެ ފަހަތުގައި މަޑު ކޮށްލިއެވެ. “ޑޫ ޔޫ ލައިކް މީ؟؟؟؟”ހިޝާމް ކެތްމަދުވެފައި އަހާލިއެވެ.މޫނުގައި އަތް އަޅަމުން ޝާހިން ބޯ ޖަހާލިއެވެ. ހިޝާމް ވީ އުފަލުން ޝާހިން އަތްދަނޑިމައްޗަށް އުފުއްލާލަަމުން އެނބުރުނެވެ. ޝާހިންގެ ލުއި ހުނުން ކޮޓަރީގައި ގުގުމާލިއެވެ. ޝާހިން ބަހައްޓަމުން ހިޝާމް ޝާހިންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.”އެހާ ވަރަށް ނުވިސްނާތި…އައި ވޮންޓް ލެޓް އެނީތިންގް ހެޕެން ޓު ޔޫ….މިގަޑީ ދަނީ…ނުދައްޗޭ ބޭރަށް…” ޝާހިންގެ ނިތުގައި ނިތް ޖައްސާލަމުން ހިޝާމް ބުނެލިއެވެ. ޝާހިން ބޯ ޖަހާލުމުން ވައި ސޫރިއެއް ހެން ހިޝާމް ގޮސް ކުޑަދޮރުންޝާހިންގެ މަންމަ ދޮރު ހުޅުވާލީ އެވަގުތުއެވެ.
ގަޑީގެ ކަށި އެނބުރެމުން ގޮސް 4 ގަޑި ބައި ވެއްޖެއެވެ.އީނާލް ގޭގެ ޖޯލިފަތީގައި އިނީ ރިފްޤާ ގެއަށް އާދޭތޯ ބަލާށެވެ. މާލަސްވުމުން އީނާލް ނިންމީ ރިފްޤާ އަށް ގުޅާށެވެ.ފޯނު ނަގަން ގޭތެރެއަށް ވަންތަނާ ބޮލަށް އެރީ ތޫނު ތަދެކެވެ.އީނާލް ހަބަރު ހުސްވެގެން ވެއްޓުމާއެކު މިޒްރާން ނުލަފާ ފާޑަކަށް ހީލިއެވެ
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



Me first thaa???… v v interesting..v rythi mi part vx…kithanme varakah kynama vx fuuhseh nuvey???..ehehe..waiting for the next ingey..plx ehaa gina dhuvas vandhen waiting ga nubaidhibbahchey????..Lysm hya???????
Thanks jiji…..Really sweet of u?????
Omg… up vee thr… hadha varkah wait kureemey… story hama habeys..l???????????ove it..and xain…purple u…????????????????????????
Omg… up vee thr… hadha varkah wait kureemey… story hama habeys..love it..and xain…purple u…???????????????????????? witing for next part
OMG…. up Veetha story…. v wait kurin mi story ah… story hama habeys… love it and love xain… pyrple u??????????????????
Xain said Thanks for the love tae tae ???????….purple u too darling
Wowwww??????…… haadha reehchey mi part❤️❤️❤️❤️………….. What’s going to happen?????………. Avahah next part up kohla dehchey??????………. Waiting for next part.????………..
Insha Allah…ill try igeyy…..Thanks shuha…..????????
Wowww….. Haadha reechey mi part vx… Varah kiyaa hithun kiyanikoh nimuny…… Waiting fr nxt…… Luv u Hya…
Luv u too kylie…..???
vaahaka Reethi
but maalahee up kuraaleh adhi mihaaginadhuvas fahun up kuri iruves kuru
next part thankolheh avahah miahvure dhigukoh up kollaanekamah ummeedh kuran
Wow ???? Masha Allah ????? Varah Varah Reethi ingyy ???? whn is next part ???? luv it ❤️ curiously waiting for it ???????? LYSM ❤️❤️❤️❤️????
Mi part varah varah reethi…Maa sha allah…waiting for the next part..I love Zain..?????
v ufaa vejje kamudhiyama…..sorry for short and late episode……GC veema busy
My loving fans…..I’m really sorry for not replying to all ur comments☹?…..libey kuda vaguthu kolhuga reply kuraathi emenah reply nukureveynee……Thank you all for your patience??…..12 Nov ah fahu episode genan ehaa laheh nuvaane….and maybe before 12 adhi eh episode up kohdhevidhaane……ill try ok guys…..love u all??…..?????????
Varah reethi ❤️❤️❤️❤️❤️??????????????????? when next part.
Coming soon???
Varah reethi mi part vx waiting for the next part?