ލޯތްބެއްގެ ފެށުން 38
އެރީތި ސޫރަ ބަލާލުމުގެ ފުރުސަތު ލިވީއަށް އެ ލިބެނީ ހާދަ ދުވަހަކަށް ފަހުއެވެ. އުފަލުން ހިތް ނުހުއްޓުނިއްޔާ ހެވެވެ. އޭނާއަށް ދުވަހަކުވެސް ޒައިކު މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެއަށްވުރެ ޒައިކު ދެކެ ލޯބިވެވިފައި ވާތީއެވެ. ޝިފާ އަށް ޓަކައި އޭނާ އުފާކުރިއެވެ. އޭނާއަށް ޒައިކު ދޫކޮށްލަން ޝިފާ ދެބަހެއް ނުވާނެކަން ގައިމެވެ. އެހެން މީހުންގެ އުފާތަކަށްވުރެ މިހާރު މުހިންމީ އޭނާގެ އަމިއްލަ އުފާތަކެވެ. ހަމަ ގައިމުވެސް ޒައިކު އަށްވުރެ މުހިންމު މީހަކު މިދުނިޔެއަކު ނެތެވެ. އެހުރިހާ ދުވަހަކު ޒައިކު ދޫކޮށްލުމަށްފަހު ފިލައިގެން އުޅެވުމުން ޝަކުވާ ކުރެވުނެވެ. އޭނަ އެދުވަހު އައިނަމަވެސް ޒައިކު އޭނާއަށް މާފުކޮށް އަލުން ގުޅުނީސްކަން ޔަގީނެވެ. މިއަދުވެސް ޒައިކު އޭނާ އުފަލުން ބަލައިގެންފިއެވެ. އެހެން ނޫންނަމަ އޭނާގެ ކައިރިއަށް އަނބިމީހާ ދޫކޮށްލާފައި ނައީހެވެ.
ސިހިފައި ލޯ ބޮޑު ކޮށްލެވުނީ ޒައިކު އޭނާ ދުރުކޮށްލުމަށްފަހު ކޮޅަށް ތެދުވުމުންނެވެ. ހައިރާންކަމާއިއެކު ވާނުވާގައި ލިވީ ހުއްޓެވެ.
” ވަޓް ދަ ……..ޝިޓް …ޝިޓް….އައި ކާންޓް ޑޫ ދިސް ލިވް….ޖަސްޓް އައި ކާންޓް….ސޮރީ ވަރަށް ބޮޑަށް ސޮރީ….އައެމް މެރިޑް މެން…..” ޒައިކު އަށް އޭނާ ކުރަން އުޅުނު ކަންތަކާއިމެދު ހައިރާންވިއެވެ. އޭނައަކީ ޝިފާގެ ފިރިމީހާއެވެ. އެހިސާބަށް ނުދެވެނީސް އޭނާގެ ސިކުނޑިއަށް ޝިފާ ވެރިވެ ގަން ގޮތްވެސް ނޭނގެއެވެ. ޝިފާއަށް ނޭނގި ބޮޑުވައްކަމެއް ކުރަން އުޅެވުނު ކަހަލައެވެ. ބޮލުގައި އަތް އަޅައިގެން ހުރެ ލިވީއަށް ބަލާލިއެވެ. ކިތަންމެ ނިވާކަން ކުޑަހެދުމެއް ލިވީ ލައިގެން ހުއްޓަސް އެއަށްވުރެ އިތުރަށް ލިވީގެ ހަށިގަނޑު ނުފެނުނުކަން ނަސީބެކޭ ޒައިކު ހިތައްއެރިއެވެ. އޭނާވެސް ލައިގެން ހުރި ޓީޝާޓު ބޮލުން މަހާލަމުން އެނދުގައި އިށިންނިއެވެ.
” ސޮރީ އިނގޭ ބޭބްސް…..އަހަރެން ބޭނުން މެރީ ކުރަން ލިވީ އާ. މެރީ ކުރުމަށްފަހު ނޫނީ މިކަހަލަ ގުޅުމެއް ބާއްވާކައް ބޭނުމެއް ނޫން. ޕްލީޒް ޑޯންޓް ސޭ “ނޯ” އައި ރިއަލީ ވޯންޓް ޔޫ އިން މައި ލައިފް. ކިހާދުވަހަކު ހިތާމައިގަ އެކަނި އުޅެފިން. ޝިފާ ނުޖައްސާނެ މައްސަލައެއް. އޭނަ އަންޑަސްޓޭންޑް ވާނެ ” ލިވީގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ޒައިކު ވާހަކަ ދެއްކިއެވެ.
” އިޓްސް އޯކޭ……އޭނާ އޯކޭތަ ؟ އޭނާ ކިހާ ލޯބިވޭ ޒެކް ބޭބީ ދެކެ. އަނެއްކާ ޒެކް ފެމިލީ މީހުން ކިހާ ރުޅިއަންނާނެ އަހަރެން ޒެކް އެކީ ދިޔައީމަ ” ލިވީވެސް ޒައިކު އާ ކުރިމަތި ލަމުން ހަމަޖެހިލިއެވެ.
” ކީއްވެ ބޭބީ އެއް ނުހޯދާ ތި ހުންނަނީ ” ލިވީގެ ސުވާލާއިއެކު ޒައިކު ބަލާލިއެވެ. ފުން ބަލާލުމެކެވެ.
” އަސްލު މެރީ ކުރީ ޑޭޑް މަޖުބޫރުކޮށްގެން. ދެން އަސްލު ލިވީ ދިޔައީއްސުރެ ލައިފް ހަމަ ސޭޑް. ދިރި ހުއްޓަސް ފުރާނަ ނެއްފަދަ. ހާދަ އުނދަގޫވިއޭ އަމިއްލަ ނަފްސައް އިތުބާރުކުރަންވެސް. ލައިފްއަށް އަންހެން ކުދިން އައި އަދަދެއްވެސް ނޭނގެ، އެކަމް އެއްވެސް ކުއްޖަކާ ސީރިއަސް އެއް ނުވެވުނު، އައި ރިއަލީ ލަވް ޔޫ . ދެން ޑޭޑް ވަރަށް ރުޅިއަންނާނެ އަންހެން ކުދިންގެ މައްސަލައިގަ. އެހެން އުޅެނިކޮށް ޝިފާ އާ މެރީ ކުރަން ޖެހުނީ. ވަރަށް ރުޅި އާދޭ ޝިފާ ދެކެ އެންމެ ފުރަތަމަ. އޭނަ އެހާ މަޑުމައިތިރިވެފަ ވާހަކަ ނުދައްކާ ނެ. ހަމަ ލިވީއެކޭ ތަފާތެއް ނެތް. އޭނާ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލަން. އެކަމް ފަހުން ހުރިހާކަމެއްގަ އޭނަ އެހީވި. ކެއާރ ކުރާނެ. ދީނީ ކަންތައްތައްވެސް ވަރަށް ރަނގަޅަށް ކިޔައިދޭނެ. އެހެން އުޅެމުން ދެމީހުން ފްރެންޑްސް ވީ. އެކަމް ޝިފާއަށްވެސް އެނގޭނެ އަހަރެން ލޯބިވަނީ ލިވީ ދެކެކަން. އެހެންވީމަ ބޭބީ އެއް ހޯދުމުގެ ފުރުސަތެއް ނެތެއްނު އަދި ” ހުރިހާ ވާހަކައެއް ކިޔައިދޭކަށް ޒައިކުއަކަށް ފަސޭހައެއް ނުވިއެވެ. ކިތަންމެ ނޫން ކަމަށް ހެދުނަސް ޝިފާ ފަރާތުން އެލިބުނު އުފަލާ ހިތްހަމަ ޖެހުން އެހެން ފަރާތަކުން އޭނައަކަށް ނުލިބޭނެއެވެ.
ކިތަންމެ ބޯ ހާސްވެ ކަންބޮޑުވެފައި ވީނަމަވެސް ޝިފާ ކައިރިވެލުމުން އެހުރިހާ ކަމަކުން ސަލާމަތް ވެވޭނެއެވެ. ރޭގެ ހަނދާންވެ ޒައިކުގެ ތުންފަތުން ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ. ޝިފާ އޭނައާއި ވަކިވެގެން ގޮއްސިނަމަ ހަމަ ނިދިވެސް ނުލިބޭނެއެވެ. އެކަމަކު ލިވީ އަށް އެހެން ދިމާވީ އޭނާގެ ސަބަބުންނެވެ. ކޮންމެ ގޮތަކަށް ކަންތައްވިއަސް ލިވީ އަށް އެހީވުމަކީ އޭނާއަށް ކޮންމެ ގޮތަކުންވެސް ކުރަން ޖެހޭނެ ކަމެކެވެ. އެކަމަކު އޭނާގެ ހިތުގައި ޝިފާއާއިމެދު އުފެދިފައިވަނީ ކަނޑުވާލަން އުނދަގޫ ގުޅުމެކެވެ. އެ ރީތިކަން ހިތައް އެރިއަސް އުފާވެރިކަން ލިބެއެވެ. ރޭ އޭނަ ވަނީ ޝިފާ ކައިރީ ލޯބިވާ ވާހަކަ ބުނެ އެއުފާވެރިކަން ދެކިފައެވެ. އެ މޫނުމަތިން ފެނުނީ ދުވަހަކު ހިތުން ، ހަނދާނުން ފިލުވާލަން އުނދަގޫ އަސަރުތަކެކެވެ.
އޭނާގެ ހިތުގައި ޝިފާއަށް ދެވިފައިވާ މަގާމު ، އަދި އެދެމެދުގައި ހިނގާފައިވާ ގުޅުންތަކަކީ ހަމަ ގައިމުވެސް ލިވީއަށް ހާމަކޮށްދޭން އުނދަގޫ ކަންތައްތަކެކެވެ. ދެ އަންހެނުންގެ މެދުގައި ބަނދެވިފައިވާ މީހެކޭ އޭނާއެކޭ ތަފާތެއް ނެތެވެ. މަސްހުނިވެފައިވާ އިހުސާސްތަކަކުން އޭނާގެ މުޅި ނަފްސު އެވަނީ ބަނދެވިފައެވެ.
” ތިބުނީ ބޭބީ އެއް ހޯދާ ވަރުގެ ގާތް ގުޅުމެއްވެސް ނެތޭތަ ތި ދެމެދަކު ؟ ”
” ލިވީވީ…….ތިކަހަލަ ބޭކާރު ވާހަކަ ނުދައްކަ ފާނަންތަ! ” ޝިފާ އާ ބެހޭގޮތުން އެކަހަލަ ވާހަކަ ތައް އެހެން ފަރާތަކަށް ކިޔައި ދިނުމަކީ ޒައިކު އަށް ވާނެކަމެއް ނޫނެވެ. އެއަށްވުރެ ޝިފާއަށް ކުރާ ގަދަރު އިތުރެވެ. އެހެން ނޫނަސް ލިވީ ކައިރީ އެކަހަލަ ވާހަކަ ދެއްކުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ.
” އައެމް ސޯ ޖެލަސް! ވަރަށް ކިއުރިއަސް ވޭ …….އަހަރެން ބޭނުމީ ޒައިކު ތީ ހަމައެކަނި އަހަރެންގެ މީހެއްގެ ގޮތުގަ ހުންނަން…ތި ދެއަތުން އެހެން އަންހެނެއް ގައިގަ ބީހުމަކަށް ހިތެއް ނޭދޭ…އިނގޭތަ މި ނިމުނު އަހަރުތަކަކީ ހާދަ ހިތާމައެއް ކުރި ދުވަސްތަކެކޭ…. ދަރިފުޅު ހަމަ ވައްތަރީ ޒައިކު އާ…ތަފާތެއްވެސްނެތް. ހިތައްއެރި ހަމަ ޒައިކު ކައިރީ ހުރިނަމައޭ. އޭރުން ހަމަ ބޭބީ ސަލާމަތް ކުރެވުނީހޭ ދެމީހުން އެކުގައި ހުރިނަމަ. ކީއްވެތަ އަހަރެންގެ ލައިފްއަށް އެހެން ދިމާވީ. ޒައިކު އާންޓްވެސް އަހަރެން މައިންބަފައިން ނެތްކަން އެނގުނު ދުވަކު ނާޖާއިޒް ފައިދާއެއް ނެގީ. އެހެން ނުވިނަމަ ޒައިކު އާއެކު މުޅި ދިރިއުޅުން އެކުގައި އުޅެވުނީހެއްނު. އިނގޭތަ ފުރަތަމަ ޝިފާ އެއީ ޒައިކު ވައިފް އޭ ބުނި ވަގުތު ހިތައް ކުރި އަސަރު. ހީވީ ކުރިމަތިން ބިޔަ ފަރުބަދައެއް ކުނޑިކުނޑި ވެގެން ބޮލަށް ފައިބައިގަންހެން. ހިތައް ކުރި އަސަރު ބުނެދޭންވެސް ނޭނގެ. އައި ރިއަލީ ލަވް ޔޫ. އެކަމް އަހަރެންގެ ކުށް އެއީ ޒައިކު އާ އެއްވެސް ވާހަކައެއް ޝެއާ ނުކޮށް ދެވުނުކަން. ހީކުރީ އެކަހަލަ ޗީޓް އެއް ކުރުމުން ދުވަހަކުވެސް މާފުނުކުރާނެކަމަށް. އާންޓް ރުފިޔާ ގަނޑެއް ދިނުމުން ބެޓް ކުރީ. ޒައިކު ގެ ދިރިއުޅުމާ ކުޅެލާފަ ދިއުމަށް. އެކަމަކު ހަމަ ހަގީގަތުގައިވެސް ލޯބިވެވުނީ. ދެން އައި ދުވަސްތަކުގައި އުޅެން ޖެހުނީ ޒައިކު އަށް ހަގީގަތް އެނގިދާނެތީ ބިރުން އުޅުނު ދުވަސްތައް. ކިތަންމެ ފަހަރަކު ހިތައްއެރި ޒައިކުއަށް ހުރިހާ ވާހަކައެއް ތެދަށް ކިޔައިދޭން. އެކަމަކު ޒައިކު އަހަރެން ދެކެ ކުޑަކޮށްވެސް ރުޅި އަންނަން ބޭނުން ނުވީ. ” ލިވީ އަށް ރޮވިގެން ވާހަކަ ދައްކަން އުނދަގޫ ވިއެވެ. އެމަންޒަރު ދެކެން ޒައިކުއަށް ކުޅަދާނައެއް ނޫނެވެ. ލިވީ ގަޔާ ކައިރި ކޮށްލަމުން ބައްދާލިއެވެ. މިއީ އޭނާ ގެ ހިމާޔަށް ދޭން މަޖުބޫރު އަންހެން ކުއްޖެއްކަން ޔަގީނެވެ. އޭނަ ޝިފާއަށް ބުނެދޭނެއެވެ. ތިންމީހުން އެކުގައި ނޫޅެވެންވީ ސަބަބެއް ނެތެވެ. އޭނާއަކަށް ލިވީ ދޫކޮށްލާފައި ޝިފާ ހިޔާރު ކުރަން ބޭނުން ވިއަސް އެކަން ކުރެވޭކަށް ނެތެވެ. ލިވީގެ ދިރިއުޅުމުގައި ދިމާވި ހުރިހާ ކަމެއްގެ ޒިންމާ އެންމެ ބޮޑުކޮށް އޭނާ ނަގަން ޖެހެއެވެ. އޭނާގެ ދަރިފުޅުގެ ހައްގުގައެވެ. އެދަރިފުޅު ދުނިޔޭގައި ހުރިނަމައެވެ.
އޭނާ ވެސް ދަރިއަކަށް އެދެއެވެ. ލޯބިލޯބި ހީލުންތަކުން ހިތް އުފާ ކުރަން ބޭނުންވެއެވެ. ދެއަތުގެ ހިމާޔަށް ދަރިއަކަށް ދޭންބޭނުން ވެއެވެ. ޝިފާ އެވަރަކުން ބޭބީ އެއް ބޭނުންވާކަން އޭނާއަށް އެނގުނު ނަމަވެސް އޭރު އޭނާ ގެ ހިތުގައި ޝިފާއަށް ދެވިފައިވާ މަގާމެއް ހިތަށް އެނގިފައެއް ނުވެއެވެ. އެކަމަކު ޝިފާއަށް އޭނާގެ ހިތުން ، ދިރިއުޅުމުން ދެވިފައިވީ މަގާމު އެނގު ފަހުން ، އޭނާގެ ދަރިއަކު ދުނިޔޭގައި ހުރެމެ، އެދަރިފުޅު ނުފެނި ދުނިޔޭގެ ކެހިވެރިކަމުން ސަލާމަތްވީއެވެ. އެވާހަކަތައް އަޑު އިވުމަށްފަހު ދަރިއަކު ހޯދަން ޖެހިލުންވީއެވެ. ބިރުގަތީއެވެ. ޝިފާ ކައިރީ ބޭސް ކެއުމަށްވެސް އެދެވުނީ އެހެން ވެއެވެ.
” ހިނގާ އަހަރެންނާއެކީ އެމެރިކާއަށް ދާން. އެހެން ތަނަކަށް ދިއުމަކަށް ދުލެއް ނުކުރެވޭނެ. އިޒަބެލް އައީމަ ބުނޭ މިއަދު ހަވީރު ފުރާށޭ މިއުޅެނީ. އަހަރެން މިދަނީ ޓިކެޓްގެ ކަންތަކާ އުޅެން. ދެރަ ނުވައްޗޭ އަހަރެން މަންމަ މެނާ ވާހަކަ ދައްކާނަން ” ތެދުވަމުން ޒައިކު ހީލިއެވެ. ފުރިހަމަ އުފާވެރިކަމެއް ނުލިބުނަސް ލިވީ އަށް އުފާވެރިކަން ހޯދަދޭން އޭނަ އެބަ ޖެހެއެވެ.
ބޭރަށް ނުކުމެލީއިރު ހިތަށް ކުޑަ ނުތަނަވަސްކަމެއް ވެރިވެލިއެވެ. ޝިފާ މިކަމުގައި ބުނާނެ އެއްޗެއް ނޭނގޭތީއެވެ. އިރުގެ އަލިން ޒައިކުގެ ރީތިކަން އިތުރުވީކަހަލައެވެ. މިހާރު ޝިފާ ރޫމްއަށް ގޮސްދާނޭ ކަމަށް ޒައިކު ހީކުރިއެވެ. އޭނާ ނުތެދުވަނީސް ޝިފާ ދިޔަތަނާކާއިމެދު ސުވާލު އުފެދުނަސް އެވާހަކަ ފަހުން ދެއްކުމަށް ހިތުލައި، ޔަމާން އުޅޭ ރޫމާ ދިމާއަށް ކުޑަކޮށް ދުވެލީ ބާރަށް ދިއުމަށްޓަކައެވެ. މިކަމުގައި ޔަމާންގެ ޙިޔާލު ބޭނުންވީ ކީއްވެގެންތޯ ސުވާލު އުފެދުނަސް ދެފަރާތައް ބޯ ހޫރާލަމުން ދުވުން ބާރުކޮށްލިއެވެ.
ބެލް އަށް ފިތާލުމަށްފަހު މަޑުކޮށްލިއިރުވެސް އެތެރެއިން އަޑެއް ބަޑެއް ނީވުނެވެ. ދެން ހިތައް އެރީ ޝިފާ ވީ ޔަމާންއާއިއެކު ކަމުގައެވެ. ހުއްޓުމެއްނެތި ބެލް އަޅަން ފެށުމާއިއެކު ނިކަން އަވަހަށް ދޮރު ހުޅުވާލިއެވެ. ހަމަ އެކަނި ތުވާލިކޮޅު އޮޅާލައިގެން ހުރި ޔަމާން ފެނުމުން ޒައިކުއަށް ދަތް ކުނޑި ވިކައިގަނެވުނެވެ.
” ޝިފާ އުޅޭތަ؟ ހޭލި އިރަކު ނެތް! ” ޔަމާންއާއި މެދު އޭނާއަށް ކަންތައް ކުރެވުނު ގޮތުން ސީދާ މައުލޫއަށް ދިއުމަށް އުނދަގޫ ވިއެވެ.
” އައްދެ … އަންހެނުން ދޫކޮށްލާފަ ދާވަރުގެ މީހެކޭތީ..މިހާރު އޭނާ ރުޅިއަރުވާލީ ދޯ؟ ” ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ.
” ވެއާރ..ސަމް ޕޭންޓްސް އިޑިއަޓް ” އެތެރެއަށް ވަންނަމުން ޒައިކު ހަޅެއްލަވައިގަތެވެ.
” ވައި؟ އާރ ޔޫ ގެޓިން ނާރވާސް…އާރ ޔޫ އަ ގެއި؟ ހިނިއަންނަމުން ޔަމާން ވެސް ދޫނުކޮށް ވާހަކަ ދެއްކިއެވެ. ޔަމާން ދެއްކި ވާހަކައިން ހިނިއައި ނަމަވެސް އެކަން ނުދައްކާ ރުޅިއައި ކަމަށް ޒައިކު ހެދިއެވެ. ސޯފާގައި މަޑުކޮށްލީ ޔަމާން އެއްޗެހި ލައިގެން އަންނަން ދެނެވެ.
” ސޯ ، އައި ގެސް، ތިއައީ މަގޭ ހެލްޕެއް ބޭނުން ވެގެންތަ؟ ފުރަތަމަ ލޯބިވެރިޔާ ތޯ ނޫނީ މިހާރުގެ ލޯބިވާ އަނބިމީހާތޯ ؟ ” ކޮފީ އެއް ދިއްކޮށްލަމުން ޔަމާން ބުމަ ހިއްލާލިއެވެ.
” ވެލް……” ޒައިކު ބުނަން ބޭނުންވާ އެއްޗެއް ދުލަކަށް ނައެވެ.
” އައި ވުޑް ބީ ސެލްފިޝް އިފް އައި އާސްކް ޔޫ ޓު ޗޫޒް ލިވީ؟؟؟ އިޓްސް ޔުއާރ ޑިސިޝަން ޒައިކު . އައި ކާންޓް ހެލްޕް ޔޫ. އެކަމު ބުނަން މިހާ ހިސާބައް ދެވަނަ ފަހަރަށް ޒައިކު އަށް އާދެވިފައި ތިވަނީ ޝިފާގެ ލޯބީގެ ބާރުގައި. ޒައިކު މީގެ އެއް އަހަރު ކުރިން އުޅެވުނު ގޮތް ހަނދާން ކޮށްލަބަލަ. އާވާރާއެއްހެން އެއްވެސް ޒިންމާއެއް ނެގުމެއް ނެތި އެނބުރުނީ. އެކަމް ޒައިކުގެ ދިރިއުޅުމަށް ޝިފާއައިސް މުޅި ދިރިއުޅުން އާރޯ ވެއްޖެ. ލިވީ އަކީ މާޒީ ” ކޮފީ ރަހަ ބަލާލުމަށްފަހު ތަށި މޭޒުމަތީ ބަހައްޓާލިއެވެ.
” އެކަމަކު ލިވީ އަނެއްކާ އެކަނިވާން ދޫކޮށްލަން ވީތަ؟ ކިހާ ދުވަހަކު އޭނަވެސް އެކަނިމާއެކަނި ދިރިއުޅުމުގައި ކުރިއަށް ނުދެވިފައި ހުރީ؟ ” ޒައިކު ޔަމާން އަށް ބަލާލިއެވެ.
” ތިއޭ މައްސަލައަކީ ބްރޯ. ލިވީ އެކަނިވެދާނެތީ. އޭނަ އެހުރިހާ ދުވަހަކު ހިތާމައިގަ އުޅުނީމަ އަލުން ފުރުސަތެއް ދިނުމުގެ ނަމުގަ. ޒައިކު އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލަ. ޝިފާ އާއި ނުލާ ޒައިކުއަށް ދިރިއުޅުން ފުރިހަމަ ވާނެތަ. ހަމަ ނޭވާއެއް ލެވޭނެތަ. ލިވީ ދެކެ ވީ ލޯބި މިހާރުވެސް އެގޮތުގައި ވޭތޯ؟ މަށައް ހީވަނީ ޒައިކު ތި އުޅެނީ ލިވީ އާއި ދޭތެރޭ ހަމްދަރުދީވެގެން ހެން. އެހެން ނޫން ނޫނިއްޔާ ޝިފާ ދޫކޮށްލަން ވީނު ދެން؟ ” ޒައިކު ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ޔަމާން ހަށިގަނޑު ތެދު ކޮށްލިއެވެ.
” ނޯ، އައި ކާންޓް ލިވް ވިތް އައުޓް ޝިފާ. އައި ރިއަލީ ލަވް ޝިފާ، އެކަމަކު ލިވީ އެހާލަތައް ދޫކޮށްލާފަ ދެވޭން؟؟ ” ޒައިކު ހިތް ބޭނުންވާ ގޮތައްވުރެ ޔަމާންގެ ހިޔާލު ހޯދުމަށް ބޭނުން ވާހެން ހީވެއެވެ.
” އެހެން ވިއްޔާ ބުނަން. ލިވީ ޗޫޒް ކުރޭ. އާ އެހެންޏަ. ހަމަ ޝިފާ ދޫކޮށްލާއިރަށް އަހަރެން ޝިފާ އަމިއްލަ ކޮށްލާނަން ” ޔަމާންގެ ވާހަކަ ނުނިމެނީސް ޒައިކު އަތް މަޅައިގެންފަ ހުއްޓުވިއެވެ. އަދި ޔަމާން އާ ދިމާއަށް ލޯއަޅާލިއެވެ. އެ ބެލުމުގައި ރުޅިވެރިކަން ވީހެން ހީވެއެވެ.
” ޑޯންޓް އީވެން ޓްރައި. އައި ވިލް ނެވާރ ގިވް ޔޫ ”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.





Varah reethi ingey mi part vx.. ❤Konirakun next part???.
Me first dhw?
yaaha
sunday ga up koh nulevunyma mondayga up kohlaifin
Komme dhuvahaku emme 2 scene
thanks
Mi part ves varah reethi ingyy ????? whn is next part ????? luv it ??? waiting for next part ??? LYSM ❤️❤️❤️❤️❤️❤️❤️❤️????????
Thanks Meekkomee, next up kohlaifin
Wow
Thanks,livy are zaik are Kada kamei kurumuge kurin zaik shifa mathin hadhaan vegen dhuru kuruveethee…Zaik livy are merry nukuruvaathi…..Zaik ah Adhi vx neyngey dhw shifa dhiya kamei…Zaik are shifa dhuru nukuruvaathi ingey please please….Alhe saif ehureenu Livy are eyna varah loabi vey livy dheki.Dhen baakee eh nuvaane dhw..Zaik nd shifa dhuru nukuruvaathi please please…Shifa dhiya thaakun hoadhan Zaik ulheyne dhw…Dhen salhi vaane zaik shifa hoadhan dhaairu shifa preg vaanama.
Mi part varah reethi..
Maa sha Allah
Thanks
When next
next up kohlaifin
V salhi
Dhen thi Livy gandu thithanun fonuvaala bala livy ah mihaaru ebahuri ehen kujjaku zaik ves meehakaa indhegen ulheyiru noolheyne thivahtharakah. now you’re life is very happy without Livy so leave her & be with shif then your life will be perfect n happy forever???
Thanks Noor, Let’s C
Cute baby???
thanks
Where is next part
I really want to read it
by the way vaahaka vv furihama
keep up your great work
vaahaka nimendhen up kuranvaane
thanks sama
Koba the Belle.konirakun the nxt prt
Dhen vaahaka maa dhigu nukoh shifa aa zaik gulhuvaafa nihmaalaba, anyway nice story ingeyy?
Adhi vs Nufeney
Adhives nufeney 39th part