ނާއިންސާފް 35
“ހިއަރ އިސް ޔުއަރ ނިއުސް!” ދެންވެސް އެރީ ކުޑަ ޖުމުލައެކެވެ. އަހަރެން ފަރުވާތެރިވެ ސްކްރީނަށް ބަލައިލީމެވެ. ވީއޯއެއް ޕްލޭވިއެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ދެ ގޮނޑި މަތީ ކޮށްޅަށް ހުރި ދެ އަންހެން ކުދިންނެވެ. ކަރުގައި މަޅިއެއް ޖަހާފައި އޮތް އިރު، ވާގަނޑަށް ވަނީ ވާން ވެފައެވެ. ކިރިޔަ ކިރިޔާ އެދެކުދިންނަށް ފައި ޖައްސާލައިގެން ތިބެވޭކަމެވެ.
އާދައިގެ ދެ އަންހެން ކުދިންނެއް ނޫނެވެ. އަހަރެންްނަށް އެންމެ މުހިންމު މީހުނެވެ. އެކަކަށް އަހަރެންގެ ލޯބިވާ ކޮއްކޮއެވެ. ދެން އަހަރެންގެ އެލީނާގެ ދައްތައެވެ. ލުވެއިޒްގެ ހާދިސާއަށް ފަހު މާ ގިނައިރެއް ނުވެ އަނެއްކާ އަނެއް ދެމީހުނެވެ.
“ހައިރާން ވެއްޖެދޯ!” ފޯނުން ވާހަކަ ދެއްކިމީހާ ބުނެލިއެވެ. މޮޑު މަލާމާތެކޭ ހީވާފަދައެވެ. ލިބުނި ސިހުމާއި އެކު އަހަރެންނަށް ހުއްޓި ހުރެވުނީއެވެ. ލޯ ކުރިމަތީ ސްކްރީން ނިވުނީވެސް އެހެންހުއްޓައެވެ.
“ބުނަން… ކައެއަށް ލިބޭނީ ފަސް މިނިޓު.. އެދެ މީހުން މަށާ ހަމައަށް ގެނޭ. ނޫނީ ކޮށާ ކުދި ކޮށްފަ ވަލުޖަނަވާރަށް ކާން ދޭން ޖެހިދާނެ..”
ކުރެވެމުން ދިޔަ އިހުސާސް ތަކުން ކިޔޭ ނުކިޔޭވެސް އަހަރެންނަކަށް ނޭންގެއެވެ.
“ހީވަނީ ކައެ ތީ މާ މޮޅު މީހެއް ކަމަށް ތަ؟” ނުބައި ހުނުމަކާއި އެކު އެމީހާ ވާހަކަ ކުރިއަށް ގެންދިޔައެވެ. ބަޔަކަށް ބޮޑު ދެރައެއް ދޭން ކުޑަކޮށްވެސް ފަސްނުޖެހޭ ކަމެވެ.
“އަހަރެމެން ގޭންގު ވަރަށް މުހިންމު މެންބަރެއް މިޔަދު އެ މަރުވީ. ކާކުގެ ސަބަބުން. އެއްކަލަ މާޒިން… ހިތަށް އެރިހާ ގޮތަކަށް ދުނިޔޭގަ އުޅުނަސް، އަހަރެމެން ކަންކަމާ ބެހުނީމަ އެ ނިމުނީ” އިންޒާރެވެ. ހުސްވެސް އިންޒާރެވެ.
“ކައެމެންވެސް މަގޭ ލުވެއިޒްއާ ބެހޭކަށް ނުޖެހޭ. އެހެން ނޫނަސް އަމިއްލަ މޮޔަ ކަމުން ދޯ މީހުން ސޫސައިޑް ކުރާނީ.. ތި ކަމުގަ މަގޭ އަތެއް ނޯންނާނެ.” އެނބުރި ހޮސްޕިޓަލަށްދާން ހިނގައި ގަންނަމުން އަހަރެންވެސް ރައްދު ދިނީމެވެ.
“ސުއިސައިޑް ކުރަނީ ކީއްޔޭ؟ ލޮލް. ނިކަން ތި ގެންގުޅޭ އެލީނާއެއް ކައިރިން، މީހުން ސުއިސައިޑް ކުރަނީ ކީއްވެތޯ ދަސްކުރަން ޓިއުޝަން ކްލާސް ނަގާބަލަ. އެވެސް ފިރިހެނުން މަރަން ހުރި އަންހެނެއްނު.” ދެންވެސް އިވުނީ މަލާމާތެއް ކަހަލަ ބަސްތަކެކެވެ. ދެރަކަމެކެވެ. މިހާރު އަހަރެންގެ އީންވެސް އެ ހެދީ ޤާތިލަކަށެވެ.
“އެއީ ދެން ކޮން ޒަމާނެއްގެ ކަމެއް؟ އެ ވާހަކަ ބާއްވާ. ކައެމެން ލުވެއިޒްއަށް އަނިޔާ ކުރީ. މަންޟަރު ވީޑިއޯ ކުރީތީ، އެއީ ކީއްވެތޯ ބަލަން، މަ އޭނަ ފަހާ ދުވީ. އޭނަ އަމިއްލައަށް ޓެރަސް އިން ފުންމާލީ.. އިންޑް އޮފް ދަ ސްޓޯރީ. ދެެން އިތުރު މީހުން މިތާތެރެއަށް ވައްދާކަށް ނުޖެހޭ.” ހޮސްޕިޓލް ކުރިމަތީ، އެތެރެއަށް ނުވަދެ މަޑު ކޮށްލައިގެން ހުރެ އަހަރެން ބުނެލީމެވެ.
“ދެން ލުވެއިޒް ތި ހެދީ މާ މައުސޫމް މީހަކަށް؟ ކައެއަށް ކޯޗެއް އިނގެނީ؟” ފޯނު ކޯލު ދިގުލަަަމުން ދިޔައެވެ. އަހަރެންގެ މިޝްމެން ވީ ޙާލެއްވެސް ނޭންގެއެވެ.
“ކޮންމެ އެއްޗެއް ނޭންގުނަސް މަށަށް މަގޭ ލުވެއިޒް އިނގޭ. އޭނަ ނޯންނާނެ މިކަހަލަ އަނިޔާއެއް ޙައްޤުވާވަރު ކަމެއް ކޮށްފައެއް.”
” ވަރަށް އެބަ އިނގެއެއްނު.. ލުވެއިޒް ޝާނާ މަރާލީ.. ޝާނާއަށް ކޮންމެ ގޮތެއް ވިޔަސް އަހަރެމެންނާ ބެހޭކަމެއް ނޫންކަން އިނގޭ. އެކަމު ބަނޑުގަ އޮތް ދަރިފުޅު.. އެއީ އިވާންގެވެސް ކުއްޖެއް. ލުވެއިޒް ނުޖެހޭ މީހުންގެ ދަރިން މަރާކަށް.!”
އަނެއްކާ އަނެއް ކަންތަކެވެ. ދެން އިވާންއަށް އެކުއްޖާ އެހާ މުހިންމު ވިއްޔާ އަމިއްލަ ބަނޑަށް ލައިގެން ގެންގުޅުނު ނަމަ ނޫންހެވެ. ލުވެއިޒްގެ ޝާނާއާއި އެއްކޮށް ބޭނުންހާ ގޮތަކަށް އުޅެލާފައި އަދި ނުވިތާކަށް މަރުވީމައިވެސް ދޫކުރާކަށް ނޫޅުނެވެ. އަހަރެނމްގެ ރުޅިވެރިކަން ދިޔައީ ސިކުންތެއް ސިކުންތަކަށް އިތުރުވަމުންނެވެ. ދެން މީހުން މަރުވީމާވެސް ކުޅިވަރު ކުޅޭހެއްޔެވެ. އަދި މި މީހުން ކުޅިވަރުގެ ފޯރި ގަދަކޮށްލަންވެސް ވަނީ މީހެއް ވަކިވެ ދިޔުމުންނެވެ.
“ކައެއަށް ލިބޭނީ ބަރާބަރު ގަޑިއިރެއް. މާޒިން އަމިއްލައަށް ބަލިއެނދުގަ އޮތް ލުވެއިޒް މަރާލާ… ނޫނީ އަހަރެމެން އަތްދަށުވި ދެކުދިން ސަލާމަތެއް ނުވާނެ. ފަހަރެއްގަ، ގޭގަ ފޮރުވާފަ ހުރި އަންހެން ކުއްޖާއާވެސް ކުޅެލަން ޖެހިދާނެ.!” ފަހުގެ އިންޒާރު ދެމުން، އެމީހާ ފޯނު ކަނޑާލިއެވެ. ޖަދަލު ކޮށްލާނެ ފުރުސަތެއްވެސް ނުދީއެވެ. އަހަރެންގެ ހިތުގައި އަނދަމުން ދިޔަ ރުޅިވެރިކަން ދެގުނައަށް އިތުރު ކުރުފުވާފައެވެ.
ގަޑި ބަލާލީމެވެ. ބަރާބަރު 7:35 އެވެ. އެ ދިން އިންޒާރު މުޅިން ޤަބޫލު ނުކުރެވުނަސް، މި ކުޅެވެނީ ވަގުތު ހަމަވެގެން މަރުވާ ކަހަލަ ކޮމްޕިޔުޓަރ ގޭމެއް ނޫނަސް، ދެއްކި ވާހަކައެއް ވާނީ ދެއްކި ވާހަކައަކަށްތާއެވެ. ފުން ނޭވައެއް ބޭރުކޮށްލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަންނަމުން، އަހަރެން އަޔާޒްގެ ނަންބަރަށް ޑައިލްކޮށްލީމެވެ. ރޭންޖު ދަށްކަމުން، އަޑު އަންނަމުން ދިޔައީ ކެނޑިކެނޑިގެންނެވެ. އަޔާޒް ހުރީ ކޮން ހިސާބަކު ބާއެވެ. ހަމަ ގައިމުވެސް، އެމްއެސްއޭ މައި ކްރޫސްއަށް ބަރާބަރަށް ރޭންޖު ލިބޭނެއެވެ. އަދިވެސް ނުދެވެނީހެއްޔެވެ.
“މާހިލް. ލުވެއިޒް ރަނގަޅަށް ބަލައްޗޭ. އެމީހުން މިޝްއާ އެލީޒާ ގެންގޮއްސި. އެދެމީހުން ފެނޭތޯ މަ މިދަނީ… ގޭންގު މީހުން އައިސްފާނެ ލުވެއިޒް ދިމާކުރަންވެސް. ބަލައިގެން އުޅޭތި. ކަންކަން މަށަށް އަންގާތި..” މާހިލްއާ އަރާ ހަމަވުމުން އަހަރެން ބޮޑު ނަސޭހަތް، އެއް ނޭވާއިން ކިޔާލީމެވެ. ހަނގުރާމަޔަށް ނިކުތުމުގެ ކުރިން، ވަޞިއްޔަތް ކިަޔއިދޭފަދައެވެ. ސުވާލު މާކެއްގައި ހުރެފައިވެސް، މާހިލް ސުވާލު ނުކޮށް، ބަސްއަހަައިގެން ބޯ ޖަހާލިއެވެ. އަހަރެން ހާސްވެފައި ހުރި ވަރު ފެނިގެން ކަންނޭންގެއެވެ. ތެދުތެދަށް ބުނާނަމަ، އަހަރެން، އެއްޗެއް އަހާލާނެ ފުރުސަތު ނުދީ ދިޔައީމައެވެ.
ދުވަހަކު މީހަކަށް ނުގުޅާ ވަރަށް ގުޅިއްޖެއެވެ. ނަމަވެސް ހަމަ ބަޚަބަރެވެ. ރިފާޝާވެސް ފޯނު ނަގާކަށް ނޫޅުނެވެ. އެމްއެސްއޭ، އްހަރެމެންގެ ކޮޓަރިގަނޑަށް ގުޅުމުންވެސް، ޖަވާބެއް ނުލިބުނެވެ. މުޅިން ބޯ ހާހެވެ. ފަހު ފަހަރު ކަމަށް އަޔާޒްގެ ފޯނަށް ގުޅީމެވެ. ތިން ހަތަރު ފަހަރު ރިންގުވުމަށް ފަހު، ނަސީބަކުން ފޯނު ނެގިއެވެ. އެއިރު އަހަރެންނަށް ހުރެވުނީ، އަހަރެންގެ ކޮޓަރިގަނޑާއި ދާދި ކައިރިއަށް އާދެވިފައެވެ. ގަޑިންވެސް ސާޅީސްފަހެއްވެ ބޮޑުވީއެވެ.
“އަޔާޒް!” އައި ރުޅީގައި އަހަރެން، ވަރަށް ބާރަށް ބުނެލީމެވެ. އެކޮޅުންވެސް، ފޯނު ނުނެގުން ކަމަށް، ސޮރީއެއް އަންނާނެ ކަމަށް ހީކޮށެވެ. ނަމަވެސް، އައީ އަންހެނެއްގެ އަޑެވެ. މިފަހަރުވެސް އާދައިގެ މީހެއް ނޫނެވެ. އެއްކަލަ ފޮނި ބޮޑު ރިފާޝާގަނޑެވެ.
“ކޮބާ އަޔާޒް. އޭނަގެ އެލީޒާ…….” އަހަރެންނަށް ބުނެވުނީ ވަކި ހިސާބަކަށެވެ. އެކޮޅުން ވާހަކަ ދައްކަން ފެށްޓެވެ.
“މާޒިން، އަޔާޒް.. ލޯންޗުގަ ގޮއްސަ..” ތަފްސީލުކޮށް ކިޔައިދޭން ރިފާޝާ އުޅުނެވެ. ނަމަވެސް އަހަރެންނަށް ޖެހުނީ އެކަން މަނާ ކުރާށެވެ. މިހެން ވާޙަކަ އަޑުއަހަން ވަގުތު ބޭކާރު ކުރެވޭނެހެއްޔެވެ.
“ކޭސް ސީރިޔަސްއިއްޔާ ސީރިއަސްކަން. ނޫނިއްޔާ ނޫންކަން… ވީ ކަމެއް ކުރުކޮށް ރީިތިކޮށް ކިޔައިދީ.. ނެތް ވަގުތެއް. މިކޮޅުގަ ކަންތައް ވަރަށް ގޯސް.” އަހަރެން، ދޫ ފަރިތަ ކަމާއި އެކު ބުނީމެވެ. ލަސް ކުރެވެން ނެތީމައެވެ. އަދި ހޮޓެލަށް ވަދެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހީމެވެ. ދެވުނު އެންމެ ބާރު މިނުގައެވެ.
” ސީރިޔަސް ނޫނަކަސް އަޔާޒް ހާލު ވަރަށް ދެެރަ.. މިހާރު ހުރިހާ ކަމެއް އަހަރެމެން އަތްދަށަށް ގެނެވިއްޖެ.. އެމްއެސްއޭ ބައިވަރު މީހުން އެބައުޅޭ. ތިތާ ކީތްވީ؟” ރިފާޝާވެސް އަހަރެން ބުނި ސްޕީޑުގައި ބުންޏެވެ. ބުއްދީގައި އަދި ނުގޮސް އެއްބައި ހުރީއެވެ.
“އެމީހުން މިޝްއާ އެލީޒާ ކިޑްނެޕް ކޮށްގެން ގެންގޮއްސި.. ދަންޖައްސަން ރެޑީ ކޮށްފަ ހުރީ.. ” ކޮޓޠަރިއަށް ވަދެ މަސައްކަތަށް ބޭނުންވާނެ އެއްޗެހި ނަގަމުން އަހަރެން ޖަވާބު ދިނީމެވެ.
“ކީކޭ!!؟.” ހައިރާންކަމެވެ. އެންމެނަށް ވެސް ލިބޭނެ ނޫންހެވެ. އެހެން އެކަކަށް ނުލިބޭނެވަރުގެ ފައްކާ ބޮޑީ ގާޑު ދޮންބެއަކާ ބޮޑީ ގާޑު ބޯއި ފްރެންޑެއް ހޯދައިފައި ތިބި ދެ ކުދިންނެވެ. ސެކިޔުރިޓީވެސް ދަށީއެވެ. ހުރިހާ ލަދެއް އަހަރެމެންގެ ބޮލަށެވެ.
“އައިސްދެވިދާނެތަ..” ލެޕްޓޮޕް ތެރެއަށް ބޯ ބާނަމުން އަހަރެން ބުނެލީމެވެ. އަހަރެންކަހަލަ ގަމާރ،ު ތަންދޮރު ނުދަންނަ، މޮޔައިން، އެކަނި މަސައްކަތް ކުރުމަށްވުރެ، ޒަމާންވީ ފަންނުވެރި، ތަޖުރިބާކާރު މީހެއް ގޮވައިގެން އުޅުނިއްޔާ ކާމިޔާބީގެ ފުރުސަތު ގާތްވާނެތާއެވެ. އެކަމަކު މިވަރަށް ތައުރީފު ކުރިޔަސް، ރިފާޝާއަކީވެސް، އަހަރެންނާއި ތަފާތެއްނެތް ބޮޑު މޮޔައެކެވެ. ނުވިސްނޭ މީހެކެވެ.
“ޔާހް.. މި ނައްޓާލީ.” އަވަސް ޚިދުމަތް ހާ ރިފާޝާގެ ކަންކަން ބަރާބަރުވާނެއެވެ. އަހަރެން އަވަހަށް އަހަރެންގެ މަސައްކަތް ފެށީމެވެ. އީމެއި ނަމްބަރު ޓްރެކް ކޮށްގެން އިންޒާފު ދޭން ގުޅި މީހާގެ ލޮކޭޝަން ހޯދާލީމެވެ. ދާންވީތަން ރިފާޝާ ކައިރީ ބުނަން މެސެޖުލިޔެލި ތަނާހެން ބޭރުން ކާރެއް މާ ވަރަކަށް ބަރުގޮނު އަޅަން ފެށިއެވެ. ބޮލަށް ތުރަލެވެ. އެކަމަކު ދިމާވި ކަންތައް ވަގުތާއިއެކު ރަނގަޅީއެވެ. އަހަރެންގެ އިންތިޒާރުުގައި ރިފާޝާއެވެ.
އަވަސް އަވަހަށް ދަބަސްގަނޑު ހިފައިގެން ދުއްވައިގަތީމެވެ. ފުރަތަމަ ފަހަރަށް ލިފްޓުގެ ތަތްކަން އިހުސާސްވިއެވެ. ނިކުމެވުމާއި އެކު ދުވެފައި ގޮސް، ކާރުތެރެއަށް ދެމިގަތީމެވެ. ލޮކޭޝަން ބުނިއިރު އަހަރެންނަށް ހަމަ ރަނގަޅަށްވެސް މާނޭވާ ލެވެއެވެ.
ބޮޑު ގެއެކެވެ. ހަތަރު ފްލޯރ ނަމަވެސް ގޭގެ ހައިބަތު ކުޑައެއް ނޫނެވެ. ކާރު ތަންކޮޅެއް ދުރުގައި، އަޅައި ނުގަންނަ ހިސާބުގައި ބާއްވާފައި އަހަރެމެން އެ ގެއާއި ދިމާއަށް ހިނގައިގަތީމެވެ.
ދޮރުގެ ސެކިޔުރިޓީ ނުހަނު ވަރުގަދައެވެ. ކާޑަކާއި ނުލައި ނުހުޅުވޭވަފު ކޮށްފައެވެ. އެ ހަލާކު ކޮށްލަން އުޅެގެން ވަގުތު ބޭކާރުވުން ނޫން ކަމެއް ނުވާނެއެވެ. އެއިރުވެސް 8 ޖަހާ ވަގުތުކޮޅެއް ހިނގައިފިއެވެ.
“ޒިން. އެގޭ ޓެރަސް އަށް އެރިއްޖިއްޔާ، އެތަނުގެ ބެލްކަނީއަށް ފުންމާލެވިދާނެ.” ރިފާޝާގެ ސިކުނޑި ހަމަ މޮޅީއެވެ. ޖެހިގެން ހުރި ގޭގެ ޓެރަސް، އަހަރެމެން ވަންނަން އައިސް ތިބި ގޭގެ މަތީ ފްލޯ ބެލްކަންޏާއި ދާދި ކައިރިއެވެ. ވެއްޓި އަތެއް ފައެއް ބިންދައިގެން ނުދާނެހާ އެދޭތެރޭގެ ޖާގަ ކުޑައެވެ. ވެއްޓުނަސް ވެއްޓޭނީ، ދެން އޮތް، ގޭގެ ދަބަރުޖެހި ފުރާޅަށެވެ. ގައިިމު ވެހިކަލެއް ދަށެއް ނުވާނެއެވެ.
“އާން… އެކަމަކު އެތަނަށް ވަންނަނިއްޔޯ؟”
މިގެޔަށް ނުވަދެވުނިއްޔާ އެތަނަށް ވަކި ވަދެވޭނެހެއްޔެވެ. އެއް ތަނެއްގައިވެސް ސެކިޔުރިީ ކުޑައެއް ނުވާނެއެވެ. ގޮތް ހުސްވެފައި ތިއްބާ އެގެއިން ދެބައި ޢުމުރުގެ އަންހެނެއް ނިކުތެވެ. ރިފާޝާ، ލޯ ހަނި ކޮށްލަމުން، އެމީހާގެ ހޭންޑްބޭގަށް ބަލައިލިއެވެ. މިނިކާ ޖަނަވާރެއް ކާއެއްޗަކަށް ބަލައިލާފަދަ ދަހިވެތި ގޮތަކަށެވެ. އެދިމާއަށް މިސްރާބު ޖެހީ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ނޭންގެއެވެ.
“އެކްސްކިއުސްމީ. ކޮން ދިމާލަކުތަ ހުޅުމާލެއަށް ދާ ބަސް ސްޓޮޕެއް ހުންނާނީ… އެމަޖެންސީ..” ވަރަށް ކަންކަން ނުދަންނަ މީހަކަށް ވެގެން ރިފާޝާ ވާހަކަ ދެއްކިއެވެ.
“މި ހިސާބާއި ވަރަށް ދުރު ވާނެ..” އެ އަންހެން މީހާ ޖަވާބު ދިނެވެ. ރިފާޝާގެ ނަޒަރު މުޅިން ހުރީ އަންހެން މީހާގެ އަތް ދަބަހަށެވެ.
“މި. މަގުން އެ ކޮޅަށް ފުރަތަމަ ދާން ޖެހޭނީ…” ރިފާޝާ ދާން ޚިޔާލު ނުކުރުމުން، އަންހެން މީހާ، މަގުގެ އަނެއް ކޮޅަށް އިޝާރަތް ކުރަމުން ބުނެލިއެވެ. އެ ވަގުތުކޮޅުވެސް ރިފާޝާ ބަލަމުން ދިޔައީ އަތް ދަބަހަށެވެ. ހީވަނީ ދެންމެ ދެންމެ، އެ ޖަހައިގަނެފާނެ ހެންނެވެ. ނަމަވެސް ހަމަ އެ ފުރުސަތު ނުލިބެނީއެވެ.
“ދެން.؟” އެމީހާ ދާން ހިނގައިގަތުމުން އަނެއްކާވެސް، ރިފާޝާ ހުއްޓުވިއެވެ.
“ދެން ވަކި ބުނާކަށްނޭންގެ..” ސަލާމަތެއް އޮތް ކަމެއް ނޫންކަން އެ އަންހެން މީހާއަށްވެސް ވިސްނުނީ ކަންނޭންގެއެވެ.
“އަޅޭ.. އޭނަ ވަރަށް ކުއްލި ގޮތްކަށް ފާޚާނާއަކަށް ދާން ޖެހިގެންނޭ.” ދެން ރިފާޝާ ބުނެލި އެއްޗަކުން އަހަރެންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ރިފާޝާ އަމިއްލައަށޭ ބުންޏަސް އަހަރެންނޭ ބުނަން ވެދާނެ ހެއްޔެވެ. ލަދުންވެސް ބޯހަލާކެވެ.
“އެކަމަކު މާޒިން ބައްޕަ ހޮޓެލްއެއް ހުރެއެއްނު ދެ ބްލޮކް ދޫކޮށްފަ.. ” އެމީހާ ފާޑަކަށް އަހަރެންނާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.ަ މި ހިސާބުގަނޑު މީހަކަށް އަހަރެން ނޭންގި ހުރެދާނެޔޭ ހިތަށްވެސް އެރިކަން އެެއީ ރިފާޝާގެ ހުރި ނުވިސްނޭ ގަމާރު ކަމެވެ.
“އެހިސާބަށްވެސް ދެވޭވަރު ނުވާނެޔޯ” ދެންވެސް ރިފާޝާ ހުރީ ހަމަ ހަތިޔާރު އަތަށް ހެޔޮވަރު ކޮށްގެނެވެ. ހުރިހާ ލަދެއް އަހަރެންގެ ބޮލަށެވެ.
“އެކަމަކު ދެންމެ ހުޅުމާލެއަށް ދާން ކީ” އެ އަންހެން މީހާވެސް ރިފާޝާ ހާ ގަމާރެއް ނޫނެވެ.
“އަޅާނުލާ… މާޒިން އެއުޅެނީ ކޮންމެސް ބޭނުމަކު މި ގެއަށް ވަންނަން ޖެހިގެން..”
އެތެރެއިން ނިކުތް މީހަކު ބުނެލި އެއްޗަކުން އަހަރެން ހައިރާން ވިއެވެ. އެ ހައިރާން ކަން ދެގުނައަށް ބޮޑުވީ ނިކުތް މީހާ ފެނިފައެވެ. ވަދެވެންވެސް މި އުޅުނީ ނުބައި ގެއަކަށްތާއެވެ.
“ސަރ؟!” ކިތަންމެ ކަޑަވި ނަމަވެސް ވި ހައިރާން ކަން މަތީ އަހަރެން ޒަރީރް ސަރ އަށް ގޮވާމެވެ. ހަޤީގަތަށް ބުނާނަމަ އިޚްތިޔާރަކާ ނުލައިވެސް ބަސް ނިކުތީއެވެ.
“ވަޑައިގެން… ކުރަން ބޭނުން ކަމެއް ރީއްޗަށް ބުނެފަ އަވަހަށް ކުރާކަމެއް ކޮށްގެން ނިކުމޭ” ޒަރީރްސަރ އެކަންވެސް ހަދާލީ ކުޑަ ވަރެއްގެ ޖޯކަކަށެވެ. ސަރ އަކީ މިހާ މަޖާ މިޒާޖެއްގެ މީހެއްކަމެއް ކުރިން އަހަރެން ނުދެނަހުރީމެވެ. އަނެއްކޮޅުން ނުލާހިކު ހަމަޖެހޭ މީހެކެވެ.
“އެއީ އަސްލު މިގޭ ޓެރަހަށް އަރާލަން ޖެހިގެން…” ސަކަ ހިނިތުންވުމެއް ދެމުން ރިފާޝާ ފުރުސަޔުގެ ބޭނުން އަވަސްވީގޮތުން ހިއްޕެވެ. އަހަރެންނަށް ހުއްޓިފައި ހުރެވުނީއެވެ. އަބަދުވެސް ގަމާރު މާޒިންގެ ޙާލެވެ. ރިފާޝާ އައިސް، އަތުގައި ހިފައިގެން ނުގެންދިޔަ ނަމަ، އުމުރުދުހުވެސް އެތާ ހުރެވުނީސް ކަންނޭންގެއެވެ.
ރިފާޝާ ވަރަށް ހަމަޖެހިލައިގެން މައްޗަށް އަރަން ދިޔައެވެ. ނަމަވެސް އަހަރެންގެ ބޮލުގައި ޚިޔަލުތައް ފުނި ޖެހިފައެވެ. ޒަރީރްސަރ ޕޮލިހަށް ރިޕޯރޓް ނުކުރާނެ ކަމެއްވެސް އިނގެނީ ކިހިނެއްހެއްޔެވެ.
ލިފްޓްނެތް އެގޭގެ ސިޑިން އަރަމުން ދިޔައިރު، ދެ ފަހަރަކު ފޯނު ވައިބްރޭޓުވެލިއެވެ. ނުނިއްވި އޮތް އެލާރމެއް ނޫނީ ކޮންމެސް އުނދަގޫ ބޮޑު ނޮޓިފިކޭޝަނެއްކަން ޔަޤީން ކޮށްފައި އަހަރެން، އަޅާ ނުލީ، ވަގުތުގެވެސް ގޮތުންނެވެ. ޓެރަހާއި ހަމައަށް ފޯރުމުން، ދެ ބިލްޑިން ކިތަންމެ ކައިރި ނަމަވެސް، ނުވެއްޓޭނެކަން ޔަޤީނަ ވާވަރަށް ތައްޔާރު ވެގެން، އަހަރެމެން، ބިލްޑިންގެ ބެލަކަންޏާއި ހަމައަށް ވާސިލްވީމެވެ.
ދެންވެސް ދިމާވީ އިތުރު ހުރަހަކާއިއެވެ. ހުރީ އެތެރެއިން ތަޅުލާފައެވެ. ވަގުތު ހިނގަމުން ދާވަރަކަށް އަހަރެންވެސް ހާސްވަނީއެވެ. ދެން ރަނގަޅު ވިސްނުމެއްވެސް އަންނާނީ ކިހިނަކުން ހެއްޔެވެ.
ތަޅު ހަލާކުކޮށްލައިގެން ކޮޓަރިތެރެއަށް ވަނީމެވެ. އަޑެއް ބަޑެއް ނީއްވާ އެހެނަސް ވީހާވެސް އަވަހަށް، ވަދެވުނު ކުޑަ ކޮޓަރިން ނުކުމެ، މިޝްމެން ނުވަތަ އެއްވެސް އިނސާނެއްގެ ހިލަމެއްވެސް ވޭތޯ ބެލީމެވެ.
އެހެން އުޅުމުގެ ތެރެއިން އަހަރެން ސިހުނީ ހިޔަންޏެއް ފެނުމުންނެވެ. ފިރިހެނެކެވެ. އަހަރެންނަށް ވުރެ ތިން ހަތަރު ފިޔަވަޅު ދުރުގައި ހުރި ރިފާޝާ އާއި މާ ދުރެއް ނޫނެވެ. އަނެއްކާ ހަންޑިއެއް ބާވައެވެ.
އިރުތަކެއް ނުވެ، ފިލައިގެން ހުރި މީހާ، ހަރަކާތް ކޮށްލިއެވެ. އެކަމަށް ހެކިވީ ފެންނަން ހުރި ހިޔަންޏެވެ. ހަވަނަ ހިއްސަށް މަސައްކަތް ކުރަންވެސް އެނގުނީ އެ ހިސާބުންނެވެ.
“ރިފާޝާ!!” ހުރި އެންމެ ބާރު އަޑުން އަހަރެން ހަޅޭއް ލަވައިގަތީމެވެ. ލިބުނު ސިހުމާއި އެކު ރިފާޝާ ބަލައިލީ އަހަރެންނާއި ދިމައެވެ. އެކަންވީ ހަމަލާ ދިން މީހާއަށް ލިބުނު އިތުރު ފުރުސަތަކަށެވެ. ރިފާޝާއަށް، ލިބިފައި ހުރި މޮޅު ހުނަރުތައް ދައްކާލާ އުކުޅުތައް ބޭނުން ކޮށްލާނެ ފުރުސަތު ގެއްލުނެވެ.
އަހަރެންނަށްވެސް ވީހަމަ އެވަރެވެ. އިސްކަން ދެވުނީ ރިފާޝާއަށެވެ. އަހަރެންނާއި ދިމާއަށް ބަލަމުން ރިފާޝާ، ދެލޯ ބޮޑުކޮށްގެން ދެއްކީ ފަހަތުގައި ހުރި މީހާކަން އަހަރެންނަށް ފަހުމް ނުވި ކަމެވެ.
ރިފާޝާގެ ހަރަކާތްތައް ބަލަން ހުއްޓާ ފަހަތުން އައި މީހެއް ކަރަށް ތޫނު އެއްޗެއް ހަރާލިއެވެ. ތަދަށް ވުރެ ބޮޑަށް ގަތީ ބިރެވެ. ކޯޗެއްކަން އެވަގުތުކޮޅު ޔަޤީން ނުވާތީއެވެ. ހެރީ ވަޅިއެއް ނޫންކަން އެއީ އަހަރެންގެ ނަސީބެވެ. ނަމަވެސް އެ އިންޖެކްޝަންގެ ބާރު ހުރިވަރު، ސިކުންތުކޮޅެއްގެ ތެރޭ ފެންނަން ފެށިއެވެ. ފަހު މަންޟަރަކަށް ފެނުނީ ފުސްކޮށް، ރިފާޝާ ބިމަށް ދެެމޭ މަންޟަރެވެ. ހަމަ އެ ޖެހެހި ކަށީގެ ބާރުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




Yey me first dhw..v v rythi mi bai vx..when next dear???
Thankss jiji… ???
Vaahaka V rythj
Thankuuu ?
This time i am third. Anyway story varah reethi. Avahah up kohdhechey…. Waiting
Thankss zee… Mihaaruves las vejje dhw aslu… Insha Allah, mirey up kohdheynan
Varah reethi ingyyy ????whn is next part???? Waiting ???❤️❤️❤️❤️❤️❤️ Luv it???lysm???❤️❤️
Thankuuu… ?? Insha Allah, mi weekend ga kiyaalan libeyne
was it only me who is facing the difficulties to read because of the fahipay advertisment?
Admin ekan rangalhu kohdheeba. liyun gandu thereyga fahipay ethi araafa inyma story nuves kiyey. not only this story. esfiyaige ehves story eh kiyey vareh noon. iyye in sure ehn innany. can you check and correct it as soon as possible. please
Varahhh salhi !! I WANNA SEE what happens next part ga !! curiously waiting 4 next part !! monsta ur the best
????????????????????????
Hehe. Thanks Tae.. ??? Lets see dhw… Sorry to keep you waiting, ?
I ge loabi loabi monsta dhuvahegge kolhakun ves i ah kameh koh dhenyaa 34 vana episode alun kiyan ingey gothah laidhybala…. Aadheys koffa bunan…. Monsta i akee haggeegathugaves monsta ge friend eh kamah monsta gaboolu kuranyaa
????
E episode monsta athugaves iny e gothashey.. Kurin word ga liyefa, mistakes correct kohafa site ahh lany… But mihaaru phone in liyan jeheythy evves copy ehh noannaane monsta athugaehhves.. Thihn nubuneyyy my frenduuu???
Woaah.. salhi ey mi part.. what gonna happen to Ifaasha and Zin.. plz e mihunnah gotheh nahadhaathi.. btw een ge habareh ves nuvey mi part ga.. maybe zin ge phone ah eiru gulhee een baa.. when is next part.. cant wait
Thankss… ? Lets see vaagothakaa, een vy thanakaa phn ahh aii notification ehh ves dhw… Insha Allah, varahh avahahh
Ohoahoaaa.. As always.. Monsta ur story is making me curious as hellllll
When is next partt.. Monsta.. I is curious hell
??? Thank you Luc!F3r… Aslu monsta ge lap halaakuvegn, nuliyevign mi ulheny.. But mihaaru almost hama ehkoh nimifa othy… Draft edit kohlaafa, Insha Allah mirey submit kuraanan…