ނާއިންސާފް 33
“ކޮބާ ލުވެއިޒް…” އަހަރެން އަހާލީމެވެ. އާންމުކޮށް މިދެމީހުން އެއްތަނަކު ތިބެންޏާ ބޮޑީ ގަރޑަކަށް ލުވެއިޒް ނުހުރެ ނުދާނެއެވެ.
“ކޮންފެރެންސަކަށް ދިޔަގޮތަށް އަދި ނާދެ..” އެލީނާ ޖަވާބު ދީ ނިމުންތަނާހެން ޓީވީއިން ކުއްލި ޚަބަރެއް ދައްކަން ފެށިއެވެ.
“ޖަލުން ބައިވަރު ޤައިދީންތަކެއް ފިލައިފި.. މިކަން ހިނގިތާ މާ ގިނައިރެއް ނުވެ، ގޭންގުތައް ދެމެދު ބާރު ބޮޑުވެ، ދެމީހަކު ގަޔަށް ވަޅި ހަރާ ޒަޚަމްވެސް ކޮށްލައިފި… ފުލުހުން އިލްތިމާޒް ކުރައްވަނީ، މި މައްސަލަ ފުލުހުންގެ އަތް ދަށަށް ގެނެވެންދެން، ބޭރުތެރޭގައި އުޅުން މަދު ކުރުމަށް..” އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ސާލެއް ދައުރުކޮށްލިއެވެ.
ލުވެއިޒް މިހާ ލަސްމިވަނީ ކީތްވެހެއްޔެވެ؟
“ޔަޒް.” އަޔާޒް މަތިން ހަނދާން ވީވެސް، އެލީޒާ ބުނުމުންނެވެ. ލަސްކުރުމެއްނެތި އަޔާޒަށް ގުޅީމެވެ. ހަމަ ބޮޑެތި ބިސްނަސްތަކެކޭ އެއްވަރަށް އަޔާޒް އެކަމަކަށް ބަރާބަރުވާނެ ކަމެކެވެ. މަރުބަލީގަވެސް، އަޔާޒް ތިންވަން ރިންގުގެ ކުރިން ފޯނު ނަގާނެއެވެ.
“ލުވެއިޒް ވީތަނެއް އިނގޭނެތަ؟ ކޮންފަރެންސަކަށް ދިޔަ ގޮތަށް ބަޚަބަރު..”
“އާދޭ ސަފާރީއަށް.. ހަމި ވަގުތު ދުއްވާނެ މީހަކު ހޯދަން ފަސޭހައެއް ނުވާނެ.. އެބަ ފޮނުވާލަން، ލޯންޗު އޮންނާނެ ތަނާ ލޯންޗު ނަން.” އަހަރެން އިތުރު ސުވާލެއް ކުރުމުގެ ކުރިން އަޔާޒް ފޯނު ކަނޑާލިއެވެ. ހީވާ ގޮތުން، އަަބަދުވެސް ބިޒީ މީހާ މިވަގުތުވެސް ބިޒީއީއެވެ.
“ޓޭކް ކެއަރ.. ރަނގަޅަށް ހުރިހާ ތަނެއް ތަޅުލައިގެން ތިބޭތި. ކަމެއް ވެއްޖިއްޔާ ގުޅާތި” ދެ އަންހެން ކުދިން އެކަނި، ގެއެއްގައި ބައިތިއްބާފައި ދާން ޖެހުމުން، އަހަރެން ކުޑަކުދިންނަށް ލައިދޭހެން ނަސޭހަތް ލައިދިނީމެވެ.
ކޮޓަރިއަށް ދެވުމާއި އެކު، އަތުޖެހުނު، ބޭނުންވާނެހެން ހީވާ ހުރިހާ އެއްޗެއް، ތަރުތީބެއް ނެތި ދަބަސްގަނޑަށް ފެއްތުމަށްފަހު، ހުޑީއެއް ލައިގެން ނުކުތީމެވެ. މަގުމަތީގައި، ބައިވަރު ފުލުހުން، ހަރަކާތްތެރި ވާނެކަން އިނގޭތީ، އަހަރެން، ބަނދަރަށް ދިޔައީ ހިގާފައެވެ.
އަނދިރި ގޯޅިގަނޑަކުން ދިޔަ ވަގުތެކެވެ. އަހަރެން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގޮވާލި އަޑަށެވެ.
“ހުއްޓޭ… މި ފަރާތަށް އެބުރޭ..” އެމީހަކު އަމުރު ކޮށްލިއެވެ. މަޑުކޮށްލާފައި، ނިތްއަރުވާލަމުން، އަހަރެން އެނބުރިލީމެވެ. ފުލް ބެގީގައި ހުރި ފުލުސް މީހެކެވެ. އެމީހަކަށް އަހަރެންގެ މޫނު އެއްކޮށެއް ނުފެންނާނެއެވެ. ހުޑީ ލެވުންކަން ހަމަ ނަސީބެވެ. ދެން މީނަޔާ އަހަރެންނަކާ ކޮން ކަމެއްހެއްޔެވެ؟ ކުޑަކޮށް ދަންނަ މީހަކާ ވެސް އެބަ ވައްތަރުވެއެވެ. ކޮންމެ މީހަކަސް އަހަރެންނާއި ބެހޭ މީހެއް ނޫނެވެ. ބޭކާރު ކަންކަމުގައި އަހަރެންގެ ސިކުނޑި ވަރުބަލި ކުރުވާކަށް ނެތީމެވެ.
“ހޭންޑްސް އަޕް!!!” ވަރަށް ވެލާފައި އެމީހަކު ބުނެލިއެވެ. ހާދަ ދަންނަ އަޑެކެވެ. ކާކުކަން އެނގުނު ހިނދު، އަހަރެންގެ ގާތަށް ނުލަފާ ހިންޏެއް އައެވެ. މީނަވެސް އެންމެފަހުން ވަނީ މިތަނަށްތާއެވެ.
“ހެލޯ… ރުކާން!” އަތް މައްޗަށް ނެގުމުގެ ބަދަލގައި، މޫނު ދައްކާލަމުން އަހަރެން ވިހަ ހިނިތުންވުމެއް ދިނީމެވެ. ޖިހާންމެން އަހަރެން ބާކީ ކޮށްލި ގޮތް ފެނިފައި، އެ އެންމެންނާ މެދުވެސް ހިތް ނުރުހެނީއެވެ.
“އޮހް މާޒިންތަ؟ ނޭންގޭނެއްނު ސޮރީ އިނގޭ..” ބޯކަހަމުން، ރުކާން ބުނެލިއެވެ. އަދި ހިނިތުންވެލަމުން، ދާން އެބުރިލިއެވެ. އަހަރެންވެސް، އެނބުރި ހިނގައިގަތީމެވެ.
އަރަން ޖެހޭ ލޯންޗަށް އަރާ ހަމަ ޖެހިލީމެވެ. ދުއްވަން ޖެހޭނީ ކާކުކަން ހަދާންވުމުން ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. ބައްޕަ އަހަރެންނަށް ދަސްކޮށްދިނީ ހެލިކޮޕްޓަރު ދުއްވާށެވެ. ލޯންޗު ކަންކަމާ ބެހެން ދަހެއް ނުކޮށްދެއެވެ. މީތި ދުއްވަން އަހަރެންނަށް އިނގޭނެބާއެވެ. އެއްގޮތަކުން ދެން ރަގަޅެވެ. ސައިކަލު ހެން އެކްސިޑެންޓެއް ނުވާނެއެވެ. ހެލިކޮޕްޓަރހެން ނުވެސް ވެއްޓޭނެއެވެ. އެކަމަކު ތޮއްޖެހިފައ އޮތް މާލޭގެ ބަނދަރުން އެ ނެރެންވެސް ޖެހޭނީ އަހަރެންނަށެވެ.
ހިންދިރުވާލާފައި ސްޓާރޓު ކޮށްލީމެވެ. ވާނެގޮތެއް ވެދާނެ ނޫންހެވެ. ނަސީބަކުން، ކުޑަ އިރު، ފަތަން ދަސްކުރެވުނެވެ. ލޯންޗު އަޑިޔަށް ދިޔަޔަސް ކޮންމެވެސް ގޮތަކުން ސަލާމަތް ވެވިދާނެ ނޫންހެވެ.
މަޑުމަޑުން، ތާކު ނުޖެހޭތޯ ދުޢާ ކުރަމުން، ގޮސް، އެންމެ ފަހުން، ނެރުން ނުކުމެވުނެވެ. މީހާ ވަރަށް މޮޅު ކަމަށް ހީކޮށް، ފޮނިވެލާފައި އިންޖީނު މެކުހަށް ޖެހީމެވެ. އަހަރެން ދިޔައީ އެއްލިގެންނެވެ. ކާރު ދުއްވިއެއް ކަަމަކު މާ ރަނގަޅަށް ކޮންޓްރޯލް ކުރާކަށްވެސް ނޭންގުނެވެ. އެގޮތް މިގޮތަށް ދަމުންގޮސް، ލޯންޗު ކޮންޓްރޯލު ކުރެވުނު އިރު ހުރެވުނީ މާ ދުރަށް ދެވިފައެވެ. އެވެސް ދާން ޖެހޭ މިސްރާބާއި ދިމާ އިދިކޮޅަށެވެ.
އެކި ގޮތަށް ދުއްވުނު ހާލެއްގައި ދުއްވުމަށް ފަހު، ސަފާރީއާއި ހަމައަށް ފޯރިއިރު، އަޔާޒްމެން މަސައްކަތް ފަށައިފިއެވެ.
“އެއީ ކާކު. ކޮޓަރީގެ ސޯފާގައި ބާއްވާފައި އޮތް، ކުޑަ ފިރިހެން ކުއްޖާ ފެނި، އަަހަރެން އެހީމެވެ. ނިދިފައި އޮތް އެ ކުއްޖާ، 14 އަހަރަށްވުރެ ބޮޑެއް ނުވާނެއެވެ.
“ތީ، ކަނދުފައްޗެއްގަ ނިދާފަ އޮތް ކުއްޖެއް. ކިރިޔާ ތިއޮތީ ސަލާމަތް ވެފަ” އަޔާޒް، މަސައްކަތުގައި އުޅެމުންވެސް އަޔާޒް ޖަވާބުދިނެވެ.
“ދެން؟ ކޮންތާކަށް މީނަ މި ގެންދަނީ؟ ޕޮލިހަށް ގުޅީތަ؟” އަނެއްކާވެސް އަހަރެން ސުވާލު ކުރީމެވެ.
“ދެން އަހަރެމެން ޕޮލިހަކަށް ނުގުޅާނެ ދޯ. މީނާ ވާހަކައެއްވެސް ނުދެއްކ. އެެެހެންމަ އެމައެސްއޭއަށް ގެންދާނީ..” ފަސޭހަ ޖަވާބެއް ދީފައި، އަޔާޒް މަސައްކަތަށް ސަމާލުކަން ދިނެވެ. އަހަރެންވެސް މާމޮޅު މީހަކަށް ވެގެން، ގޮސް ފެށީމެވެ. ކުރަން ދަންނަ މަސައްކަތެއް ކަންވެސް ނަސީބެވެ.
ކަމުގަ ހުރި ނުރައްކާތެރިކަން އެނގުމާއި އެކުވެސް، ޖަލު ގޮޅިތަކުގެ ސެކިޔުރިޓީ ސިސްޓަމް ހެކް ކުރުން، އަހަރެމެންނަށް ވީ ބޮޑު މަޖާގަނޑަކަށެވެ. ފަހަރަކު ގޮޅިއެއް ބަލަމުން އަހަރެމެންގެ ސްކްރީނުގައި އަޅުވާފައި ހުރި ޖަލުގެ މެޕުގައި، ހުސް ގޮޅިތައް މާކު ކުރަމުން ދިޔައިރު، ވަގުތު ދިޔަގޮތެއްވެސް ނޭންގުނެވެ. މަސައްކަތް ނިންމާލެވުނު އިރު ކުރެވުނު ކަމުގެ ނަތީޖާ، ނަސީބަކުން ބޭކާރު ކަމަކަށް ނުވިއެވެ. ޖަލުތަކުން ފިލި ތިރީހެއްހާ މީހުންގެ ތެރޭގައި މުޅިންހެން ހިމެނިފައި ވީ، ކުރިންވެސް ކޯޓުގައި މައްސަލަ ބެލި، ހުކުމް ނުކުރާ މީހުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، ނުފޫޒު ގަދަ މީހުންނެވެ. ކަން އޮތީ ކޮންމެ ގޮތަކަށް ކަމަށް ވިޔަސް، އަހަރެން ޤަބޫލުކުރާނީ މިއީ ކޮރަޕްޝަންގެ ޢަމަލެއްކަމަށެވެ. އެމީހަކު ޤަބޫލުކުރާނީ އެމީހަކު ޤަބޫލުކުރާނެ ގޮތަކަށް ނޫންހެވެ.
ދެވަނަ ފަހަރަށް އެ ލޯންޗުގަނޑު ދުއްވަން ނުޖެހުމުން، އަހަރެންނަށް ހަމަޖެހިލެވުނެވެ. ދިވެހި ރާއްޭގައި، ިނިވަންކޮށް ހެލިކޮޕްތަރު ނުގެންގުޅެވެނީ ކީއްވެހެއްޔެވެ؟
“އަދިވެސް ލުވެއިޒްގެ ޚަބަރެއް ނުވޭ.. ކޮންފެރެންސަށް ދިޔަ އެހެން އެންމެން ގެއަށް ގޮއްސި. އެމީހުންނަކަށްވެސް ލުވެއިޒް ވީ ތަނެއް ނޭންގެ” އެލީނާއަށް މެސެޖުުރުމަށް ފަހު، އަހަރެން، އަޔާޒްއަށްބުނެލީމެވެ.
“މާހިލްއަށް ގުޅާފަ ބުުނޭ އަންނާށޭ.. ދެމީހުން މާލެތެރެއިން އޭނަ ފެނޭތޯ ބަލާބަ… ފިލި މީހުން، ހޯދަން، އެންމެނަށް ޖެހޭނީ ބަހަން.. އެކަމާ އަހރުމެން އުޅޭނަން.. ޕްލަސް، މީނަަށްވެސް ގޮތެއް ހަދަން ޖެހޭނެދޯ” ކުޑަ ފިރިހެން ކުއްޖާއަށް އިޝާރާތް ކުރަމުން، ރިފާޝާ ބުންޏެވެ. ހަމަ އަހަރެން ބާކީ ކޮށްލީއެވެ. ނަމަވެސް، ޙާލަތަށް ވިސްނާފައި އަހަރެން ވަގުތުން އެއްބަސްވީމެވެ.
ފާލަމާއި ކައިރި ކޮށްލާފައި، އަހަރެން އެއްލައިލުމަށްފަހު ރިފާޝާމެން، އަނެއްކާވެސް ދުއްވާލިއެވެ. ލަސްނުކޮށް، މާހިލް ހޯދައިގެން، އަހަރެން ހިނގައިގަތީމެވެ. މިސްރާބަކީ، ލުވެއިޒް އެ ދިޔަ ކޮންފެރެންސްއެއް ކުރި ތަނެވެ. މާ ދުރަށް ނުދެވެނީސް އެލީޒާގެ ފޯނު ކޯލެއް އައެވެ. އެ ކޯލް ނެގީ، ރަނގަޅު ޚަބަރެއް ލިބޭނެ ކަަށެވެ. ފަހަރުގައި ލުވެއިޒް ގެއަށް ދިޔައީ ކަމަށްވެސް ވެދާނެ ނޫންހެވެ.
“ޒިން…” ތުރު ތުރު އަޅާ އަޑަކުން ވާހަކަ ދެއްކީ އެލީނާއެވެ. އަހަރެންނަށް ހައިރާންކަން ލިބނެވެ. ހަަމަ އެއާއިއެކު ބިރުވެރިކަންވެސް ހިތަށް ފެތުރިގަތެވެ.
“އީން؟ ކިހިނެތްވީ؟” މާހިލްއަށް މަޑުކުރަން އިޝާރާތް ކޮށްފައި އަހަރެން، ފޯނަށް ސަމާލުކަން ދިނީމެވެ.
“ދޮންބެ ކޮބާހޭ ކިޔާފަ މިޝް އައީ.. ހުރީ ވަރަށް ދެރަވެފަ… ވަރަށް ގިނައިރު ރޮވެފަ..” ފުން ނޭވާ ތަކެއް ލަމުން އެލީނާ ވާހަކަ ދެއްކިއެވެ.
“އޯހް… ދެން ބަހައްޓާ ތި ގޭގަ..” މިޝް ކަހަލަ ޅަ ސިކނޑީގެ ވެރިއަކަށް ރޮވިދާނެ ނޫންހެވެ. މިވަގުތު މިޝް މަސްލަސް ުކރަން އުޅެވޭހެއްޔެވެ.
“ޒިން…” ފޯނު ކަނޑާލަން އުޅެނިކޮށް އަނެއްކާވެސް ގޮވާލިއެވެ.
“މިޝް ބުނީ ފިލާށޭ. މަ ހޯދާނަމޭ..” އެލީނާ ޚުލާސާކޮށް އެމީހުން ކުޅުނު ހައިޑެންސީކް ކިޔައިދެން ދިޔައެވެ. މިއޮތްފަދަ ވަގުތުއެވެ.
“ދެން ކަރަންޓ ދިޔައީ.” އަންހެން ކުދިންނަށް ހާސަރު ދިގުނުކޮށް އެކައްޗެކޭވެސް ނކިެނީ ހެއްޔެވެ.
“އާހްހް.” ބަނދަރުގެ ތަންކޮޅެއް ދުރުން މީހަކު ހަޅޭއްލަވައި ގަތް އަޑު އިވުނެވެ. އަހަރެންގެ ހުރިހާ ސަމާލުކަމެއް އެދިމާއަށް ދެވުނެވެ.
“އާން އޯކޭ.. ދެން ބޭއްވީ” އެދިމާއަށް ދަމުން އަހަރެން ބުނެލީމެވެ.
”ޒިން!” އެލީނާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެހެންކަމުން ފޯނު ބާއްވަން އަހަރެންގެ ހިތެއް ނޭދނެވެ.
“އެ ދެީހުނެއް ނުފެނުނޭ..” އެލީނާ ޖުުލަ ބުނެ ނިމުނު އިރު، ހަޅޭއްލެވި އަޑު އިވުނު ހިސާާބާއި ވަރަށް ކައިރިއަށް ދެވިއްޖެއެވެ.
“ހުރިހާ ތަނެއް ތަޅުލައިގެނެއްނު ތި ތިބީ… މީހަކަށް ނުވަދެވޭނެއްނު… އީން އެމީހުން ހޯދާލާ…” ސާދާ ކޮށް ބުނެލާފައި އަހަރެން ފޯނު ކަނޑާލީމެވެ. އަދި މާހިލްއާއެކު ކުރިއަށް ހިނގައިގަތީމެވެ. އެއިރުވެސް އެ ހަޅޭއްލީ މީހަކު ކުކުރަމުން ދިޔައެވެ.
އަނދިރި ކަމުން ކޮން ބައެއް ކަން ސާފެއް ނޫނެވެ. މަޖާކޮށްލަން އުޅޭ ޅަފުރައގެ ޒުވާނުންކޮޅެއް ނޫންކަމެއްވެސް ނޭންގެއެވެ. ހާސްވާންޖެހުނީ ކޮށްޅަށް ތިބި ދެމީހުން ކުރެ، އެކަކު އަތުގައި އަތަށް ހެޔޮވަރު ޕޮކެޓް ވަޅިއެއް އޮތެވެ. ކޮނޑު ހުޅާއި ހަމައަށް މައްޗައް ނަގާފައި، އެމީހަކު، ބިންމައްޗަށް ދެމިފައި އޮތް މީހާގެ ގަޔަށް ހަރާލިއެވެ. ރަހުމެއް ކުލުނެއްނެތެވެ. އަހަރެމެން ދެމީހުންނަށް ދުއްވައިގަނެވުނީ އެއްފަހަރާއެވެ. ކޮންމެ މީހަކު ނަމަވެސް، އިތުރު އިންސާނެއްގެ ފުރާނަ، ރަހުް ކުޑަގޮތަކަށް ދާތަން ބަލަން ކެތް ނުވާނެތީއެވެ.
އަހަރެމެން ދުވެފައި އަންނަތަން ފެނުމާއި އެކު، އެދެމީހުން، ނަގޫ ޖެހިތާ ބޯޖަހާފައި، ދުއްވައިގަތެވެ. އެމީހުންގެ ފަހަތުން ދާކަށް އަހަރެމެން ނުހަދަމެވެ. ބިންމަތީ އޮތް މީހާ ކައިރީ އިށީންދެ ލޭ މަނާ ކުރެވޭތޯ އުޅެގަތީމެވެ. މުލައްދަނޑީގެ އިތުރުން، މެޔާ ދިމާ ތަންކޮޅުން ތިރިން، ވަރަށްބޮޑަށް ޒަޚަމްވެފައި އޮތެވެ. ހޯސް ލާފައި ލޭތައް ފައިބަމުންދިޔައިރު، އެ ސަރަހައްދުވެސް ދިޔައީ ލެއިން ކަޅިވަމުންނެވެ.
“އޭތް…. މީހެކޭ….” ތަންކޮޅެއް ދުރުން މީހަކު ހަޅޭއްލަވައިގަތް އަޑަށް އަހަރެން އަޑުއައި ދިމާއަށް ބަލައިލީމވެ. ބޮޑު ފަލަ ފުރޭތައެއްހެން، ދޮށްޓާ ނަނާ އެންއެއްޗާ، ހޫރާލަމުން، އެމީހަކު ތޮށި މަތީ ދުވާތަން ފެނުނެވެ. އިތުރު މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އެމްބިއުލަންސް ސައިރަން އަޅާ އަޑު އިވޭތީ، އެއަންނަނީ ކަމަށް ބަލާ، މާހިލް އެތާ ބަހައްޓަފައި، އަހަރެންވެސް ތޮށިގަނޑާއި ދިމާއަށް ދުއްވައިގަތީމެވެ. މީހަކު ފެހުރިއްސެއް ފެނިގެންވެސް އެޒާތަށް ހަޅޭކެއް ނުލަވާނެއެވެ. އިންސާނަކު އެތަނަށް ލެއްގީ ނޫންކަމެއްވެސް ނޭންގެއެވެ.
ދެވުނު އެންމެ ބާރަކަށް ގޮސް އަހަރެން ތޮށި މައްޗަށް އެރީމެވެ. އެއިރު، މީހަކު އެންމެ ތިރީ ގާތަކުން ގަލެއްގައި އުޑަފައިން އިށީންދެގެން އިނެވެ. އަނދިރި ކަމުން، އެމީހެއްގެ މޫނު ސާފެއް ނޫނެވެ. އަދި އެ ކުރަނީ ކީތްކަމެއްވެސް ޔަގީނެއް ނޫނެވެ.
“ލުވެއިޒް!” ލިުނު ސިހުމާއި އެކު ސިކުނޑި ހުއްޓުނު ކަހަލައެވެ. ފެނުނު މަންޟަރު ޤަބޫލުކުރަން ހިތް ނޭދޭތީއެވެ. ވެދާނެ ކަމެއްކަމަށް ޚިޔާލަށް ދުވަހަކު އައި ކަމަަކަށް ނުވާތީއެވެ.
މީހެއް ލައްގާފައި އޮތީއެއް ނޫނެވެ. ލައްގުވާފައި އޮތް ފިރިހެނެއްގެ ހަށިގަނޑެވެ. އެއްބަނޑު އެއްބަފާ ބޭބެއަަށް ވުރެ ގާތް އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާއެވެ. ދެއަތް މައްޗަށް އައްސާފައި، ތޮށިގަނޑުން ހިލައެއްގައި އައްސާލާފައެވެ. ހަށިގަނޑު އެ ގަދަފަދަ ރާޅު ތަކާއި ތެޅޭނެ ގޮތަކަށް ތެޅެން ދޫކޮށްލާފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.




First dhww….. kiyaalaafa comment kohlaanu ingyyy ???❤️
Woww…..varah varah reethi ingyyy???????whn is next part dear .. waiting.?????Ly❤️❤️❤️
Thankssss ???
Yey me second dhw..alheyy mi bai vx v v rythi..monsta plx luveiz ah dhera gotheh nahadhaathi ingey..Anyways waiting for da next..ly❤❤❤?????????
Hehe… Thankss jiji…
Yey me third dhw.. Vrh reethi… Curious 2 knw luweiz ah v gotheh ??
Thank you ??
Story Habeys ????
Thanksssss… ??
Hey u
That is this
What are you going to do to my luvaiz
Why??????
Save him please
Hunh… Ehkala draxlur aa draxlurge luveizaa.. Luveiz aa mi tholheny, cuz you love him too much drax bro…. ???
Omg Luvaiz ah alhe kaakutha ehen hedhee ??? love this part. Mihaaru wait koh koh hehe. Keep it up ?
Hehe… Thankss kud@@… Maa las vejje dhw… Lap halaakuveema… Abadhu windows gengulhe gengulhefa mac ehhga aii leema vaa nuvaa ehh ves neynge… ?????
I think everyone is worried about only luvaiz ?but I would say that you should be worried about aleeza and Mish too ???love this part ?love you ?and I am waiting for next part……..
Dhen eyoh fadha gadyves filaa kulhen viyya ulheny?♂️?♂️
Hehe… Insha Allah… Edhekudhin kanthahh 35th episode ga… Luc!F3r ves thi buny thedhehh.. Moya kamun hide n seak kulhen vaguthehh vaguthehh noannnangnaa dhn dhera kan kan viyas okayy ehhnu ????
Dear monsta,
Sorry for passing so many days without a comment from me! Mi part ves varah reethi as usual…. And varah curious
Owh i ge congratsss… You are back dhwww. Thanksss buddy… Ekam adhives aslu thiy kaaku kamehh neynge ingey.. Varahh guess kurevijje
I am back…. Sorry
Monsta alhe keetha thikury i ge loabi loabi Mish ah…. Hiyy nuhuttuny hama kiriyaa…. Anyway story Is truly awsome…. Waiting for next part to know the secret of the hide & seek
Hehe… Mish dhww.. Wait for 35th episode… Mish ahh vaa gothehhves engidhaane… Insha Allah varah avahah libeyne
.. Thanks againnn ??
Monstiii.. kihineh thi nimmaalee.. luveiz ethaa ga… Eleeza and mishy gellunee.. alhe.. monsta.. next part avahah up kohdhehcheyy
Hehe… Thankss danger… Lets see dhw vaa gothehh… ?
monstaaa.. keeh ve hurihaa emmen thi marani? shaan vx rauha vx shana vx maraifi. dhn mihaaru luveiz? pls dont kill him..
pls pls eyrun story varah hadi vaane..