އެލީޝާ (9ވަނަބައި)
އެލީޝާގެ ފަޔަށް އޮތީ އަކިރިގަނޑެއް ހެރިފައެވެ. ކަރަމް މަޑުމަޑުން އެއަކިރިގަނޑު ނައްޓާލިއެވެ. “އައްދޯއި….” އެލީޝާއަށް މަޑުމަޑުން ބުނެލެވުނެވެ. އެނައްޓާލުމުން އެތަނުން ލޭއަންނަންފެށިއެވެ. މިތަން ފެނުމުން އެލީޝާއަށް ލޯމަރާލެވުނެވެ. ކަރަމް ދެކޮޅުބަލާލީ ލޭ ބަންދުކުރަން އެތާގައި އަޅާނެ އެއްޗެއް ފެނޭތޯއެވެ. އެއްވެސް އެއްޗެއް ނުފެނުމުން އޭނާ ލައިގެން އިން ޓީޝާޓު ބޭލުމަށްފަހު އެތާއައްސާލިއެވެ. އަދި ލުއިފަތެއް ބިންމަތިން ނަގާހެން އެލީޝާ އޭނާގެ ބާރުގަދަ ދެއަތުން އުފުލާލިއެވެ. “އެލީ ދާންވީ މަގު ކިޔާދެއްޗޭ…” މިހެން ބުނެފާ ކަރަމް އެލީޝާ ބުނިގޮތަށް ހިނގާގަތެވެ. މަންމަމެން ތިބި ހިސާބަށް ދެވުމުން ކަރަމްމެން ފެނިގެން އެންމެން އެތަނަށް އެއްވިއެވެ. “އެލީއަށް ކިހިނެއްވީ….؟؟؟” އެންމެން ދުރުކޮށްލަމުން ކަރަމްގެ ގާތަށް ޖެހިލަމުން ހަފްސާ އަހާލިއެވެ. “ފަޔަށް އަކިރިގަނޑެއް ހެރުނީ….” ކަރަމް އެތާއޮތް އަށްޓެއްމަތީ އެލީޝާ ބާންދަމުން ބުނެލިއެވެ. “ދޮންބެދައްތާ އަހަރެން ބޭގްތެރޭ އޮންނާނެ ފަސްޓް އެއިޑް ބޮކްސްއެއް، އެ ގެނެސްދީބަލަ….” ކަރަމް މިހެން ބުނުމުން އަރޫނާ އަވަސް އަވަހަށް ފަސްޓްއެއިޑް ބޮކްސް ބަލާ ދިޔައެވެ. “އެންމެން ތިހެން ބޮނޑިވެގަނެގެން ތިބީމަ އެލީ ހާސްވާގޮތްވެދާނެ…. އެއީ މާ ބޮޑުކަމެއް ނޫން…. ބޭސް އަޅާލީމަ ރަނގަޅުވެދާނެ…” ކަރަމް މިހެން ބުނުމުން އެންމެން އެތަނުން ދުރަށް ދިޔައެވެ. ތަހާނީ، ތާރާ، އަލްޝާ އަދި އިނާޝް ފިޔަވައެވެ. “އަހަރެމެން ތިއްބަސް ދޮންތަ ހާހެއް ނުވާނެ….” އެލީޝާގެ އަތުގައި ހިފާލަމުން އަލްޝާ ބުނެލިއެވެ. ކަރަމް އަލްޝާގެ ބޮލުގައި ފިރުމާލިއެވެ. އަލްޝާއަށް ފުރަތަމަ ފަހަރަށް އަމިއްލަ ބޭބެއެއް ހުރިކަމުގެ އިހުސާސް ކުރެވުނެވެ. އެވަގުތު އަރޫނާ ފަސްޓްއެއިޑް ބޮކްސް ހިފައިގެން އައުމުން ކަރަމް އަވަސްވެގަތީ އެލީޝާގެ ފައިގާ ބޭސް އަޅާށެވެ. ކައުޝަލް ގޮވާލުމުން އަރޫނާ ދިޔައެވެ. “ޑޮކްޓަރ ކަރަމް ފަހުމީ…..” ތަހާނީއަށް އެވަގުތު ފަސްޓްއެއިޑް ބޮކްސްގެ މަތިގަނޑު ފެނުމުން އޭގައި ހިއްޕާފައިވާ ނަންކޮޅު ކިޔާލިއެވެ. “ކަރަމް ތީ ޑޮކްޓަރެއްތަ….؟؟؟” ތަހާނީ އަހާލިއެވެ. އެލީޝާގެ ފައިގާ ބެންޑޭޖްގަނޑު އޮޅާލަމުން އާނ އެކޭ ބުނުމުގެ ގޮތުން ކަރަމް ބޯޖަހާލިއެވެ. “އެހެން ވީއިރު އެލީ ދޮންތަ ބަލިވިޔަސް ކަރަމްބެ ހުރިއްޔާ ނުޖެހޭނެ ދޯ ހާސްވާކަށް…” ތާރާ މިހެން ބުނުމުން ކަރަމް ހީލިއެވެ. “އެމަގާމުގަ އޭނަ ނޫން އެހެން މީހަކު ހުރިނަމަވެސް އެގޮތަށް ކަންތައް ކުރާނެކަން އަހަންނަށް އެނގޭ… އެއީ ހަމަ ދެއްކުންތެރިކަން….” އެލީޝާ ދުރު ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. “އެލީ… މީ ދެއްކުންތެރި ކަމެއް ނޫން… އަހަރެން ހަމަ ހަގީގަތުގަވެސް އެލީދެކެ ވަރަށް ލޯބިވޭ… އަހަންނަށް އެނގޭ އެލީއަށް ގަބޫލު ކުރަން އުނދަގުވާނެކަން…. ކޮންމެވެސް ދުވަހަކުން އެލީއަށް އަދި ވިސްނޭނެކަންނޭނގެ އަހަރެން އެލީދެކެ ލޯބިވާވަރު… އަހަރެން އެދުވަހަކަށް އިންތިޒާރު ކުރާނަން… އަހަރެން އަންނާނަން އެލީއަށް ކާން އެއްޗެހި ހިފައިގެން…..” މިހެން ބުނެފައި ކަރަމް އެތަނުން ދިޔައެވެ. “އެލީ އޭނައާ ދިމާއަށް އެހެން ބުނާކަށް ނުވާނެއްނު….. ވަރަށް ދެރަވެގެން ކަންނޭނގެ އޭނަ އެދިޔައީ……” އިނާޝް ބުނެލިއެވެ. ” އޭނަޔަށް ހުރިހާ ހަގީގަތެއް އެނގިހުރެއެއްނު އަހަންނާ އިނީ…. އޭނަ އަހަރެން ދެކެ ލޯބިވާނަމަ އަހަރެންގެ އުފާތަކަށްވެސް ގަދަރުކުރީސް…. އޭނާ އެކަނިތަ ދެރަވާނީ…؟؟؟ އަހަރެން ވަކި ދެރައެއް ނުވާނެތަ….؟؟؟؟” އެލީޝާ ވާހަކަ ދެއްކީ އިނާޝްގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ. “އެލީ….. ވެދާނެއްނު އެލީހެން އޭނަވެސް ކައިވެންޏަށް އިންކާރު ކުރަން ނުކެރުނީ ކަމަށް…… އޭނަވެސް އޭނާގެ މައިންބަފައިންނަށް ގަދަރުކުރާނެއްނު……” ތަހާނީ ބުނެލިއެވެ. ” އެހެން ނޫނަސް އަހަންނަށް ހީވަނީ ކަރަމްބެ ހަމަ އަސްލުވެސް ދޮންތަދެކެ ވަރަށް ލޯބިވާހެން…. ދޮންތަ އެވަރަށް އެއްޗެހި ކިޔާއިރުވެސް ރުޅިވެސް ނާދެއެއްނު…..” އަލްކޮ ތި ބުނީ ހަމަ ރަނގަޅަށް އަހަންނަށްވެސް ހީވަނީ ކަރަމްބެ އެލީދޮންތަދެކެ ވަރަށް ލޯބިވާހެން…. އަނެއްކާ ކަރަމްބެ ކިހާސަޅި…..” ތާރާ މިހެން ބުނުމުން އެލީޝާ ނޫން އެހެންމީހުން ހޭން ފެށިއެވެ. އެލީޝާ އެންމެންގެ މޫނަށް ވަކިވަކިން ބަލާލީ ހިތްހަމަ ނުޖެހިފައި އިނދެއެވެ. އެހެންކަމުން އެންމެން ހުނުން ހުއްޓާލިއެވެ. “އެލީ…. ދެން މިއުވާނު މަތިން ހަނދާން ނައްތާލާފަ ކަރަމްއާއި އެކީ ރީތިކޮށް އުޅެންވީނު…..” އެލީޝާގެ އަތުގައި ހިފާލަމުން ތަހާނީ ބުނެލިއެވެ. “އެންމެން މޮޔަ ވީތަ؟؟؟ އިނގޭތަ ތި ކިޔޭ އެއްޗެއް…. އަހަރެން ކިހިނެއް މިއުވާނު މަތިން ހަނދާން ނައްތާލާނީ….. އެއީ ތި މީހުން ތި ހީކުރާހާ ފަސޭހަ ކަމެއް ނޫނޭ….. ތިމީހުނަށް އަދި މީހެއްދެކެ ލޯބި ނުވެވޭތީ ތިހެން ތިބުނަނީ…… ލޯބިރަނގަޅަށް އިނގޭނަމަ ތިހެނެއް ނުބުނާނެ…..” އެލީޝާ ވަރަށް އަސަރާއިއެކު ބުނެލިއެވެ. އެވަގުތު ދެތަށްޓަށް ނޫޑްލްސް އަޅައިގެން ކަރަމް އެތަނަށް އައެވެ. “އަލްކޮމެން ނުވެސް ކަނީތަ….؟؟؟ އެހެންނޫނީ މިގޮތަށް ތަށްޓަކަށް ނޫޑްލްސް އަޅައިގެން އެންމެނަށް ގެނެސްދެންވީތަ…..؟؟؟؟ މަޖާވެލާފައި ކަރަމް ބުނެލިއެވެ. ނޫނޭ ކަރަމްބެ ދޮންތަޔަށް ރަނގަޅަށް ކާންދީ…… އަހަރެމެންވެސް މިދަނީ ކާން…..” މިހެން ބުނެފައި އަލްޝާމެން އެތަނުން ދިޔައެވެ. އެމީހުން ދިޔުމުން ކަރަމް އެލީޝާގެ ގާތުގައި އިށީނދެ އޭނަޔަށް އެއްތަށި ދިއްކޮށްލިއެވެ. އެލީޝާ ތަށީގައި ހިފިއެވެ. “މިހާރުވެސް ވަރަށް ތަދުވޭތަ ފަޔަށް…؟؟” ކަރަމް އަހާލިއެވެ. “ކުޑަކޮށް….” އެލީޝާގެ ޖަވާބު ކުރެވެ. “ވަރަށް އަވަހަށް ރަނގަޅުވެދާނެ…. އެލީ….. ވަރަށް ބޮޑަށް ސޮރީ….. އަހަންނާ ހެދި އެލީއަށް ތިހެން ތިވީ…..” އެލީޝާގެ ދެލޮލަށް ބަލަން އިނދެ ކަރަމް ބުނެލިއެވެ. “އެއީ ކަރަމް ކުރި ކަމެއް ނޫނެއްނު…. ވާން ހުރިކަމެއް ވާނެ…. އަޅާނުލާ…..” މިހެން ބުނެފާ އެލީޝާ ކާން ފެށިއެވެ.
މެންދުރު ކައި ނިމިގެން އެންމެން ދިޔައީ މޫދަށްއެރޭށެވެ. އެންމެން މޫދަށް ދާންފެށުމުން އެލީޝާވެސް ބޭނުންވީ ގޮނޑުދޮށުގައި އިށީނުމަށް ދާށެވެ. އޭނަޔަށް މޫދަށް ނޭރެވުނަސް އެހެން މީހުން މޫދަށް އެރޭތަން ބެލުމަށެވެ. އެލީޝާ އުޅުނީ އެކަނި ފައިބާގެން ދާށެވެ. “އެލީ އަހަރެން ގެންގޮސްދެންތަ….؟؟؟؟” އެލީޝާގެ ގާތަށް ޖެހިލަމުން ކަރަމް ބުނެލިއެވެ. “ނޫނޭ…. އަހަރެން އެކަންޏަށް ދެވޭނެ….” އެލީޝާ އެހެން ބުނުމުންވެސް ކަރަމް އައިސް އެލީޝާގެ އަތް އޭނާގެ ކޮނޑުމައްޗަށްލަމުން އެލީޝާގެ އުނަގަނޑުގައި ހިފާ އޭނަޔަށް ގޮނދުދޮށަށް ދިޔުމަށް އެހީވިއެވެ. ފަހަތުން މަންމަމެން އަންނާތީ އެލީޝާއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ގޮނޑުދޮށަށް ގޮސް ގަހެއްގެ ހިޔަލުގައި އެލީޝާ ބޭންދުމަށްފަހު ކަރަމްވެސް އެލީޝާގެ ގާތުގައި އިށީނެވެ. “ކަރަމް ދޭ އމީހުންނާ އެކީ މޫދަށް އެރެން… އަހަރެން އިނދެފާނަން މިތާ…..” މޫދާ ދިމާއަށް ބަލަހައްޓައިގެން އިދެ އެލީޝާ ބުނެލިއެވެ. “ނޫން… އަހަރެން ނުދާނަން…. އަހަރެންގެ އަންހެނުން މިތާ ބައިންދާފަ އަހަރެން ކިހިނެއް މޫދަށް އެރޭނީ…” މަޖާވެލާފާ ކަރަމް ބުނެލިއެވެ. އެލީޝާ ކަރަމްއަށް ބަލާލުމަށްފަހު އަނގަޔަށް ގޮތެއް ހަދާލިއެވެ. “ކިހިނެއް ވެގެންތަ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ތިއިނީ…. މަގޭ މޫނުގައި އެއްޗެއް ހުރީތަ….؟؟؟” އިރުކޮޅަކު މޫދަށް ބަލަހައްޓައިގެން އިނދެފައި ކަރަމް ބަލާކަން އެނގުމުން އެލީޝާ އަހާލިއެވެ. “ހޫމް….” އެ އިންގޮތަށް އެލީޝާގެ މޫނަށް ބަލަހައްޓައިގެން އިނދެ ކަރަމް ބުނެލިއެވެ. “ކޯއްޗެއް ހުރީ….؟؟؟؟” މޫނުގައި އަތްކާއްތާލަމުން އެލީޝާ އަހާލިއެވެ. ކަރަމް އެލީޝާގެ އަތުގައި ހިފާ އޭނާގެ މޫނާ ދުރުކުރުވިއެވެ. އެލީޝާ ކަރަމް އަށް ބަލަލިއެވެ. ތި މޫނުގައި ރީތިރީތި ބްލޫ ދެލޮލާ، ކުޑަކުޑަ ނޭފަތަކާއި، ރަތް ލިޕްސްއެއް އެބަހުރި….” އެލީޝާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ކަރަމް ބުނެލިއެވެ. “ކަރަމް މޮޔަވީތަ…؟؟؟؟” އެލީޝާ މޫދާ ދިމާއަށް ބަލަހައްޓައިގެން އިނދެ ނުރުހުން ވެފައި ބުނެލިއެވެ. “ހޫމް އެލީގެ ލޯބި ނުލިބެއްޖާ މޮޔަވެސް ވެދާނެ….. އަހަރެން ހިތަށްއަރާ އަހަންނަށް އެލީގެ ލޯބި ލިބޭނީ ކޮންދުވަހަކުންބާއޭ…..” ފަސްގަނޑުގައި ދެއަތް ވިއްދާލަމުން މަތި ބަލަހައްޓާގެން އިނދެ ކަރަމް ބުނެލިއެވެ. “އަހަންނަކަށް ހިޔެއް ނުވެ ތިދުވަހެއް އަންނާނެހެނެއް… އަހަންނަކަށް ކަލޭދެކެ ލޯތްބެއް ނުވެވޭނެ….” “އެލީ ތިހެން ނުބުނޭ…. އަހަރެން މާތް ﷲ އިރާދަ ކުރެއްވިއްޔާ އެލީގެ ލޯބި ކާމިޔާބު ކުރާނަން…” އެލީޝާގެ ދެލޮލަށް ބަލަން އިނދެ ކަރަމް ބުނެލިއެވެ. އެލީޝާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ހަވީރުވާން ކައިރިވުމުން އެލީޝާމެން ރަށަށް ދާން ފުރިއެވެ.
ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތެވެ. ކަރަމްގެ އާއިލާއާއި އެލީޝާގެ އާއިލާ ތިބީ ރަށުގެ ބަނދަރުގައެވެ. ކަރަމްގެ އާއިލާއާއި އެލީޝާ މާލެދާތީ ފުރުވަން އައިހެވެ. “އެލީ ހިނގާ ދާން…. އެންމެން އެދަނީ ލޯންޗަށް އަރަން….” އެންމެން ހިނގައިގަތުމުން ކަރަމް އެލީޝާގެ ގާތުގައި ބުނެލިއެވެ. އެލީޝާ އޭނާގެ މަންމައާއި ބައްޕައާއި ބޮޑުދައިތައާއި ސަލާމް ކޮށްލިއެވެ. އެލީޝާހުރީ ފެންކަޅިވެފައެވެ. ދެން އޭނާ ދިޔައީ ލޯބިވާ ކޮއްކޮމެންނާ އެންމެގާތް އެކުވެރިޔާއާއި ސަލާމް ކުރާށެވެ. އެހިސާބުން އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބާގަތެވެ. އެލީޝާ އަލްޝާގެ ގައިގާ ބައްދާލައިގެން ހުރެ ރޯންފެށިއެވެ. އެލީޝާ ރޯން ފެށުމުން އެންމެންވެސް ތިބީ ވަރަށް ދެރަވެފައެވެ. “އެލީ ދެން ނުރޮއެ… ތި އުޅެނީ އުމުރަށް ކޮއްކޮމެންނާ ވަކިވާކަށް ނޫނެއްނު…. އެލީ ބޭނުން އިރަކުން ކޮއްކޮމެންނާ ގުޅޭނެ….” ލައިލާ އެލީޝާގެ ބޮލުގައި ފިރުމާލަމުން ވިސްނާދިނެވެ. “އެހެން ނޫނަސް އަހަރެން އަންނާނަން ދޭތެރެ ދޭތެރެއިން އެލީ ގޮވައިގެން މިރަށަށް….” އެލީޝާ ހިތްހަމަ ޖައްސާދިނުމުގެ ބޭނުމުގައި ކަރަމް ބުނެލިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ލޯންޗާ ދިމާއަށް ހިނގާގަތެވެ. އެލީޝާ ފަސް އެނބުރި ބަލާލިއެވެ. އޭރުވެސް އޭނާގެ ލޮލުގައި ތާޒާ ކަރުނަތައް ވިދަވިދާ ހުއްޓެވެ.
ކަރަމްމެން ލޯންޗަށް އެރުމާއިއެކު ލޯންޗް ނައްޓާލިއެވެ. ލޯންޗް ނައްޓާލުމުން އެލީޝާއަށް އަނެއްކާވެސް ރޮވެން ފެށިއެވެ. “އެލީ ދެން ހުއްޓާލާ ކަރަމް އެލީޝާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ އަދި އެލީޝާގެ ފުރަގަހުން އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ކަރަމްގެ ފަރާތުން މި ލިބުނު ގާތްކަމުން އެލީޝާ ކަރަމްގެ ކޮނޑުގައި ބޯ އަޅާލިއެވެ. މީހުން ބުނަނީ ތެދެކެވެ. ހިތަށް ތަދުވެފައިވާ ވަގުތެއްގައި ތިމާގެ ދުޝްމަނުން މަތިންވެސް ހަނދާން ނެތިދެއެވެ. އެމީހުންގެ ފަރާތުން ދިއްކޮށްލާ އެހީތެރިކަމުގެ އަތުގައި ހިފޭގޮތްވެސް ވެއެވެ. އެލީޝާއަށްވެސް ވީ އެހެންނެވެ. އެލީޝާގެ މިގާތްކަމުން ކަރަމްއަށް ކުރެވުނީ މުޅިން ތަފާތު އިހުސާސް ތަކެކެވެ. އެލީޝާގެ ބީހިލުމުން ގައިގާ ކަރަންޓުގެ ރާޅު ބާންޏެއް ދުވެލި ކަހަލައެވެ. ވަރަށް ތަފާތު އިހުސާސް އެކެވެ. އެލީޝާގެ މިގާތްކަމުން ކަރަމްއަށް މާނަ ނެގުނީ ތަފާތު ގޮތަކަށެވެ. ކަރަމް ދެކޭ ގޮތުގައި އެއީ އެލީޝާގެ ފަރާތުން އޭނާގެ ގާތްކަން ލިބޭނެކަމުގެ އަލާމާތެކެވެ.
މާލެދެވުމުން އެންމެން އެކީ ވޭނުގައި ގެޔަށް ދިޔައެވެ. ގޭގެ ދޮރުން އެތެރެއަށް ވަދެވުމާއި އެކު އެލީޝާ ގެޔަށް ނަޒަރު ހިނަގާލިއެވެ. ޓެރަހަކާއިއެކު ދެބުރިއަށް ނަގާފައި ހުރި ރީތިގެއެކެވެ. ގޭގެ ކުރިމަތީ ބޮޑު ބަގީޗާއެއް ހައްދާފައި ވެއެވެ. ހިތްގައިމު ރީތި ގެއެކެވެ. “ހިނގާ އެތެރެއަށް….” އެލީޝާގެ ކޮނޑުގައި އަތްބާއްވާލަމުން ކަރަމް މިހެން ބުނުމުން އެލީޝާ ކަރަމްއާއިއެކު ހިނގައިގަތެވެ. އެލީޝާ އެދުވަހު މާދެރަވެފާ ހުރުމުން ކަރަމްވެސް އެދުވަހު އެލީޝާއަށް އެއްވެސް އުނދަގުލެއް ނުކުރެއެވެ.
ޖެހިގެންއައި ދުވަހެވެ. ކަރަމް ކޮޓަރީގެ ދޮރު ހުޅުވާލިއިރު އެލީޝާހުރީ ލޯގަނޑުކުރިމަތީގައެވެ. “ކޮބާ ނިމުނީތަ….؟؟؟؟” ކަރަމް މިހެން އަހާލުމުން އެލީޝާ ބޯ ޖަހާލީ އާނ އެކޭ ބުނުމުގެ ގޮތުންނެވެ. “ހިނގާދާން….” ކަރަމް މިހެން ބުނުމުން އެލީޝާ ކަރަމްގެ ފަހަތުން ހިނގާގަތެވެ. “ކޮންތާކަށް ދާން މިއުޅެނީ….” ކަރަމް ދާން އުޅޭ ތަނެއް ނޭނގުމުން އެލީޝާ އަހާލިއެވެ. “ވަރަށް ޚާއްސަ މީހަކާ ބައްދަލުކޮށްދެން މި އުޅެނީ….” ހީލަމުން ކަރަމް ބުނެލިއެވެ. ކަރަމްމެން ގޯތިތެރޭން ނުކުތްތަނާ ގޭގެ ބޮޑުދޮރާށި ހުޅުވާލާފަ އެތެރެއަށް ވަދެގެން އައީ ރިޝާއެވެ. ރިޝާއަށް ކަރަމްއާއި އެލީޝާ ފެނުމުން މޮޅު ހިޔާލެއް އައެވެ. އެހެންކަމުން އައި ގޮތަށް އައިސް ކަރަމްގެ ގައިގާ ބައްދާގަތެވެ. ރިޝާ ބޭނުންވީ އެލީޝާގެ ހިތުގައި ޝައްކު އުފައްދާށެވެ. ނަމަވެސް ރިޝާއަށް ނޭނގޭ ކަމަކީ އެލީޝާގެ ހިތަށް ކުޑަގޮތެއްވެސް ނުވާކަމެވެ. “ރިޝާ ކިހިނެއް ތި އުޅެނީ…؟؟؟ ރިޝާ ދުރުކޮށްލަމުން ކަރަމް ބުނެލިއެވެ. “ކަރަމް… ވަރަށް ހަނދާންވި ކަރަމް މަތިން….” “އެހެންތަ…؟؟؟ އަހަރެން ހަނދާންވެސް ނެތް ރިޝާގެ މައްޗަކުން…. މީ އަހަރެންގެ އަންހެނުން އެލީޝާ….” ކަރަމް އެލީޝާގެ އުނަގަނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ރިޝާ ފާޑަކަށް ހުރެ އެލީޝާއާ ސަލާމްކޮށްލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ.
“އޭނަ ހުންނަނީ ފާޑަކަށް އަހަންނާ އަޅައިގެންފާ….” ބޭރަށް ނުކުމެފައި ކަރަމް ބުނެލިއެވެ. ” އަހަރެން ނާހަމެއްނު…” “އަހަރެން ހީކުރީ އެލީ ހުންނާނީ ޖޭ ވެފާ ކަމަށް…” “ޗީ…. އަހަރެން ކޮންކަމަކަ ޖޭ ވާންވީ…..” މިހެން ބުނެފާ އެލީޝާ ސައިކަލްގެ ފަހަތަށް އެރިއެވެ. އެލީޝާއެރުމުން ހީލަމުން ކަރަމް ސައިކަލް ދުއްވާލިއެވެ. ކަރަމް ސައިކަލް މަޑުކޮށްލީ އަށްބުރިއަށް ނަގާފައިވާ އިމާރާތެއްގެ ކުރިމަތީގައެވެ. ސައިކަލް ޕާކުކޮށްލުމަށްފަހު އެލީޝާގެ އަތުގައި ހިފައިގެން އެއިމާރާތުގެ ތެރެއަށްވަދެ ލިފްޓަށް އަރާ ފަސްވަނަ ފިތަށް އޮބާލިއެވެ. ފަސްވަނަ ބުރިއަށް ދެވުމުން ބެލްއަށް އޮބާލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭ ދޮރުހުޅުވީ އެލީޝާމެން ވަރުގެ އަންހެން ކުއްޖެކެވެ. “ކަރަމް…” އެކުއްޖާއަށް ކަރަމް ފެނުމުން ކަރަމްއަށް ގޮވާލުމަށްފަހު ކަރަމްގެ ގައިގާ ބައްދާގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.







sorry all… mi bai lahun up kurevuny lap halaaku vumuge sababun….
Mi part ves v reethi. Waiting for the next part. Avahah up kurahchey ingey.
E anekkaa miuvaan men ge tha?haadha heeve
EMMEN KEEVVE THA MAA VARAKAH KARAM GAIGA BAHDHANEE….MAVES BEYNUN VEJJE HUG KOLLAN …LOL
Thankolheh dhigu koh genesdhyba pls.. story is awesome.. 🙂
V reethi mi part ves waiting for next part avahah up kohdheythi.
wow… I love this story… waiting for the next part…………………..
wow…………..
whn is the next part?? pls make it fast ingey… v nice mi story…
wow!! so nice… waiting for next part….:)
elee ves beynun karam ai hug kollan!!! he is so handsome.. wow!!
Mivaru kameh neh eemiya ur are the best
thanks all… v avahah next part up kohdheynan…. in sha allah…
Hadhalahy vahaka gennalan , kureege nuni aoh vahaka part than keyvetha nigen nanee
n thi buni ehcheh understand eh nuvi
Next pt konirakun up kuranee so slow
Next part nikun nanee kon eirakun.