Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިގެން ތި ލޯތްބަށް 2

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 10, 2019 6 Mins Read
29 Comments

“އިޝާމް މިހާރު ހާދަ ފިލައިގެންނޭ ދޯ ތި އުޅެނީ” ނައިހާގެ އަތުގައި ހިފާ ހުއްޓުވާފައި މަޒްހާ އިޝާމްއަށް ބުންޏެވެ.

“ތަންކޮޅެއް ބިޒީ ދުވަސްކޮޅެއް ވީމަ ނާދެވެނީ. ނަޒް ކިހިނެއް؟ ނައި ކިހިނެއް؟” އިޝާމް އަހާލިއެވެ.

“އަހަރެން ރަނގަޅު. އެހެން މީހުންގެ ގޮތެއް ނޭނގެ” އެހެން ބުނެފައި ނައިހާ އެކަނި ދޫކޮށްލާފައި ނަޒްހާ އެތެރެއަށް ވަނެވެ.

“ހިނގާ ދޯ ވަންނަމާ” އިރުކޮޅަކު ދައްކާނެ ވާހަކައެއް ނޭނގި ތިބެފައި އިޝާމް ސައިކަލުން ފައިބާފައި ބުންޏެވެ.

“މިއޮއް އައީނު؟” ދެ މީހުން ގެޔަށް ވަނުމާ އެކު މޭޒުމަތީ ތަށިތައް އަތުރަން ހުރި ނަޒްހާ ބުނެލިއެވެ.

އިޝާމް ގޮސް އިށީނީ ނާއިލް ކައިރީގައެވެ. ދެ މީހުން އެކިއެކި ވަހަކައިގައި ތިބެފައި ނަޒްހާ ގޮވުމުން ކާން ދިޔައެވެ. އެމީހުންނާ އެކު ނޫރާއާ ނާޔާގެ އިތުރުން ނަވާފްއާ ޝާލިޔާވެސް ބައިވެރިވިއެވެ. ނަރީމާއާ އާދިލް އެ މީހުންނަށް ވުރެ ކުރިން ކައިގެން ކޮޓަރިއަށް ވަނީ ކުދިން މަޖާ ކޮށްލާށޭ ކިޔާފައެވެ. ނަވާފްއާ ޝާލިޔާވެސް ކައިގެން ވަނީ ކޮޓަރިއަށެވެ.

ނައިހާމެން ކައި ނިންމާފައި ތަށިތައް ނަގަން ފެށުމުން ނާއިލްއާ އެކު އިޝާމް މައްޗަށް ދިޔައެވެ. ނައިހާމެން ނިމިގެން މައްޗަށް އަރާ، އެ ތަނުގައި އިށީނދެލަން ހަދާފައިވާ ތަންކޮޅުގައި އެންމެން މަޑުކޮށްލީ އިޝާމްއާ ނާއިލްވެސް އެތާ ތިބުމުންނެވެ.

ދިހައެއް ޖެހުމުން ނާއިލް ކޮޓަރިއަށް ވަނީ އޮފީހުން ގެޔަށް ގެނައި މަސައްކަތެއް ނިންމަން ވެފައި އެބަ އޮތޭ ބުނެފައެވެ. ނާޔާއާ ނޫރާ ކޮޓަރިއަށް ވަނީ އެގާރަ ޖެހުމުން ނަޒްހާ ނިދަން ދާށޭ ބުނުމުންނެވެ. އިރުކޮޅަކު ނައިހާއާ އިޝާމްއާ ވާހަކަ ދައްކަން އިނދެފައި ނަޒްހާވެސް ނިދި އަންނަނީ ކަމުގައި ބުނެ ބަހަނާ ދައްކާފައި ކޮޓަރިއަށް ވަނެވެ.

“ނައި ނިންޖެއް ނާދޭތަ؟” ދެ މީހުން އެކަނި ވުމުން އިޝާމް އަހާލިއެވެ.

“އަދި ނާދޭ. އިޝާމް ދާން ވެއްޖެއްޔާ ދިޔަސް އޯކޭ” ނައިހާ ބުންޏެވެ.

“ނޫން، އަދި ނުވޭ” އިޝާމް ބުންޏެވެ.

“ކީއްވެ މިހާރު އިޝާމް ނާންނަނީ؟” އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު ނައިހާ އަހާލިއެވެ.

“ތަންކޮޅެއް ބިޒީ ދުވަސްކޮޅެއް ވީމަ ނާދެވެނީ” އިޝާމް ޖަވާބު ދިނެވެ.

“އަސްލުވެސް ބިޒީ ވެގެންތަ؟ ނޫނީ މިހާރު މި ގެޔަށް އަންނަ ހިތް ނުވަނީތަ؟” ނައިހާ އިޝާމްގެ މޫނަށް ބަލާލިއެވެ.

އިޝާމް ވިސްނާލިއެވެ. ކޮންމެވެސް ގޮތަކުން ހިތުގައި އޮތް އެއްޗެއް ނައިހާއާ ހިއްސާ ކުރަން އިޝާމް ބޭނުން ވިއެވެ.

“އަސްލު ވީ ގޮތް ބުނާނީ ނައި އަހަންނަށް ހެލްޕް ވެދެންޏާ” އިޝާމް ބުންޏެވެ.

“ކޮން ކަހަލަ ހެލްޕެއް؟” ނައިހާ އަހާލިއެވެ.

“މި އުޅެނީ ވަރަށް ލައިކް ވާ އަންހެން ކުއްޖަކާ ދިމާ ވެގެން. އޭނަގެ ހިތުގަ އޮތް އެއްޗެއް ހޯދަން އަހަރެން ކުރަން ވީ ކަމެއް ނައި ބުނެދީބަލަ” އިޝާމް ފެށިއެވެ.

“ރީއްޗަށް ސީދަލަށް ބުނުން ކިހިނެއް ވާނެ؟” ނައިހާ އޭނައަށް ފެންނަ ގޮތް ބުންޏެވެ.

“އެކަމަކު… އޭރުން އޭނަ ނޫނެކޭ ބުނެފިއްޔާ؟” އިޝާމް އެހިއެވެ.

“އޭނަ ނޫނެކޭ ބުންޏަސް އިޝާމްއަށް ޖަވާބު ލިބުނީނު؟” އެ ވާހަކަ ކުރިއަށް ދާ ގޮތް ނައިހާއަށް ވަރަށް ކަމުދިޔައެވެ.

“އެހެން ކޮމްޕްލިކޭޝަންއެއްވެސް އެބަ އޮތޭ” އިޝާމް ބުންޏެވެ.

“ކޮން ކަމެއް؟” އިޝާމްއާ ދިމާއަށް އެނބުރިލަމުން ނައިހާ ސޯފާގައި ހަމަ ޖެހިލިއެވެ.

“އެއީ އަހަރެންގެ ވަރަށް ކްލޯޒް ފްރެންޑެއްގެ ކޮއްކޮ. މި ބުނާ ފްރެންޑް ދެކޭނެ ގޮތަކާ މެދުވެސް އަހަރެން ވަރަށް ކަންބޮޑުވޭ” އިޝާމްވެސް ނައިހާއާ ކުރިމަތި ވާހެން އެނބުރުނެވެ.

“ތީ ރަނގަޅު ފްރެންޑެއް ވިއްޔާ އޭނަގެ ކޮއްކޮއާ އިޝާމް ގުޅޭކަށް އޭނަ ދެކޮޅެއް ނަހަދާނެ” ޖަވާބު ދިން އިރު ނައިހާގެ ހިތުގެ ތެޅުން ބާރު ވަމުން ދިޔައެވެ.

“އެކަމަކު އެ އަންހެން ކުއްޖާ ނޫނެކޭ ބުނާކަށް އަހަރެން ބޭނުމެއް ނޫން” އިޝާމް ބުންޏެވެ.

“އަހާބަލަ، އެހީމައެއްނު އެނގޭނީ” ނައިހާ އިސް ޖަހާލަމުން ބުނެލިއެވެ.

“ކިހިނެއް އަހާނީ؟ ކީކޭ ބުނަންވީ؟” އިޝާމް އެހިއެވެ.

“ބުނާކަށް ކޮންމެހެން ލަފްޒުތަކެއް ބޭނުމެއް ނުވާނެ. ލައިކް ވާކަން އެހެން ގޮތްގޮތުންވެސް ބުނެދެވޭނެ” ނައިހާ ބުންޏެވެ.

“ޔަގީންތަ؟” އިޝާމް އަހާލިއެވެ.

ނައިހާ ބޯ ޖަހާލިއެވެ.

އިޝާމް އިރުކޮޅަކު ނައިހާއާ ދިމާއަށް ބަލަން އިނެވެ. ނާއިލްގެ ކޮޓަރިއާ ދިމާއަށް އެއް ފަހަރު ބަލާލާފައި އިޝާމް ނައިހާގެ އަތުގައި ހިފާލިއެވެ.

“ޔޫ ނޯ ދޯ؟” އިޝާމް އަހާލިއެވެ.

މި ފަހަރުވެސް ނައިހާ ބޯ ޖަހާލިއެވެ.

ނައިހާގެ އަތުގައި ހިފާ ދަމާލަމުން އިޝާމް ކައިރިއަށް ނައިހާ ގެނެސް، ދެ އަތުން އެ މޫނުގައި ހިފާލަމުން އިޝާމް ނައިހާގެ ތުންފަތުގައި ބޮސްދިނެވެ. ގިނަ އިރެއް ނުވެ ދުރުވެލާފައި ނައިހާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ.

“ނާ ވިލް ކިލް މީ ފޮރ ދިސް…” އެހެން ބުނެފައި ދެވަނަ ފަހަރަށްވެސް އިޝާމް ނައިހާގެ ތުންފަތުގައި ބޮސްދިނެވެ.

“ވަޓް…!”

އެ އަޑަށް ސިހިފައި ދެ މީހުން ދުރަށް ޖެހިލުމާ އެކު އިޝާމް ފުންމައިގެން ތެދުވިއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ހުރި މީހަކު ފަދައިން ނާއިލް އެއްފަހަރު ނައިހާއަށް، އަނެއް ފަހަރު އިޝާމްއަށް ބަލަން ހުއްޓެވެ.

“ޔޫ…!” ނާއިލް އިޝާމްއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.

“ތުއްތުބޭ…” އިޝާމްއާ ނާއިލްގެ މެދަށް ވަންނަމުން ނައިހާ ގޮވާލިއެވެ.

“ނައި…” ނައިހާގެ އަތުގައި ހިފާ ދުރު ކޮށްލަމުން އިޝާމް ކުރިއަށް ޖެހުނެވެ.

“އަހަރެންގެ ކޮއްކޮ—” ނާއިލް ރުޅި އައިސްފައި ހުރެ ބުނަން ފެށިއެވެ.

“އެނގޭ ނާއިލްގެ ކޮއްކޮ ކަން، އަހަރެން ނައިއަށް ދެރައެއް ދޭކަށް ނޫން މި އުޅެނީކީ. ނާއިލްގެ ކޮއްކޮ ދެކެ އަހަރެން ލޯބި ވާތީ، ކައިވެނި ކުރަން ބޭނުން ވާތީ…” އިޝާމް ބުންޏެވެ.

ނާއިލް ހުއްޓިފައި ނައިހާގެ މޫނަށް ބަލާލިއެވެ. ނައިހާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

އިސްޖަހާލަމުން ނާއިލް އިސްތަށިގަނޑުގައި އަތުގެ އިނގިލިތައް ހިންގާލިއެވެ.

“ސޯ… މަގޭ ބްރަދަރ އިން ލޯ އަކަށް ވާންތަ ތި އުޅެނީ؟” ނާއިލް އަހާލިއެވެ.

އިޝާމް ޖަވާބެއް ނުދީ ނައިހާއަށް ބަލާލިއެވެ.

ނާއިލް ހީގެންފައި ގޮސް އިޝާމް ގައިގައި ބައްދާލިއެވެ.

“ވެލްކަމް ޓު ދަ ފެމިލީ” ނާއިލް ދުރަށް ޖެހިލަމުން ބުންޏެވެ.

އިޝާމް ހިނި އައިސްފައި ނައިހާއަށް ބަލާލިއެވެ.

“އެކަމަކު ދެންމެ ފެނުނު ކަހަލަ މަންޒަރުތައް ބަލާކަށް ނުހުރެވޭނެ އިނގޭ!” އިޝާމްގެ މޭގައި ޖަހާލަމުން ނާއިލް ބުނެލިއެވެ.

ނައިހާއަށް ލަދުން އިސް ޖަހާލެވުނެވެ. ހިނި އައިސްފައި ހުރި ނަމަވެސް އިޝާމް މާފަށް އެދުނެވެ.

“ވާއު، މަގޭ ބެސްޓް ފްރެންޑްއާ މަގޭ ކޮއްކޮ…” ބޮލުގައި އަތް ހާކާލަމުން އެހެން ބުނެފައި ނާއިލް އަނެއްކާވެސް ކޮޓަރިއަށް ވަނެވެ.

“ފުރަތަމަ ފަހަރުންވެސް ބަސްޓެޑް!” އިޝާމް ބުނެލިއެވެ.

ދިހަ ވަރަކަށް މިނަޓް ފަހުން ނައިހާ ކޮޓަރިއަށް ވަން އިރު ތިން އަންހެން ކުދިންވެސް ތިބީ ނައިހާގެ އިންތިޒާރުގައެވެ.

“ކިހިނެއް ވީ؟” ނަޒްހާ އަހާލިއެވެ.

“ފުރަތަމަ ފަހަރުވެސް ތުއްތުބޭއަށް ބަސްޓް ވީ” ނައިހާ ވީ ގޮތް ކިޔާދިނުމުން އެ ކުދިން ނައިހާއާ ދިމާ ކުރަން ފެށިއެވެ.

އިޝާމްއާ ނައިހާގެ ގުޅުމަށް އެއް އަހަރު ވުމުން ކައިވެނީގެ ވާހަކަ ދައްކަން ފެށިއެވެ. އޭރު އިޝާމްގެ އާއިލާއާ ނައިހާ ވަނީ ބައްދަލު ވެފައެވެ. ދެ އާއިލާގެ މެދުގައި ކައިވެނީގެ ވާހަކަ ދެކެވި ހުރިހާ ކަމެއް ހަމަ ޖެހި، ދިހަ ދުވަސް ފަހުން ކައިވެނި ކުރާ ގޮތަށް ހަމަ ޖެހުނެވެ. ދެ އާއިލާގެވެސް ފުރަތަމަ ކައިވެންޏަށް ވުމުން އާދިލްމެންވެސް އަދި އާސިމާއާ ޝަމީމްވެސް ބޭނުންވީ ކުލަ ގަދަ ޕާޓީއެއް ބާއްވާށެވެ.

ކައިވެނި ކުރަން ފަސް ދުވަހަށް ވެފައި އޮއްވާ، އެ ދުވަސްކޮޅު އެޅުވި ދިވެހި ފިލްމެއް ބަލަން ދެ އާއިލާގެ ހުރިހާ އަންހެނުން އެކީގައި ދިޔައީ، ދެ އާއިލާގެ މެދުގައޮ އޮތް ގުޅުން އިތުރަށް ފުރިހަމަ ކޮށްލުމަށެވެ. ނަރީމާއާ، އާސިމާއާ، ނައިހާ، ނަޒްހާ، ނޫރާ އަދި ނާޔާގެ އިތުރުން އިޝާމްގެ އަންހެން ކޮއްކޮ އިސްރާ އެ ފިލްމަށް ދިޔައިރު، އެ ކަމުގައި ބައިވެރި ނުވީ ނައިހާ ވީ ގޮތް ކިޔާދިނެވެ.  ވަނެވެ. ރު އިޝާމްއަށް ބަލަން ހުއްޓެވެ. ިތުގެ ތެޅުން ބާރޝާލިޔާ އެކަންޏެވެ.

ވަކި ހިސާބަކަށް ފިލްމް ބަލާފައި ނަޒްހާ ފޫހި ވާން ފެށީ، ދިވެހި ފިލްމަކީ ނަޒްހާ ބަލާ ހިތްވާ އެއްޗަކަށް ނުވާތީއެވެ. މެދަކާ ހަމައަށް ދިޔުމުން ނައިހާ ކައިރީ އާދޭސް ކޮށްގެން ނަޒްހާ އެ ތަނުން ނިކުތީ ނަރީމާ ކައިރިން ހުއްދަ ހޯދައިގެންނެވެ.

“ހިނގާ އިޝާމް މެން ގެޔަށް ގޮސްލަން” ނިކުމެފައި ނައިހާ ބުންޏެވެ. އޭގެ ކުރީ ރެޔާ، އެ ދުވަހުވެސް އިޝާމްއާ ބައްދަލު ވެފައި ނުވާތީ، ނައިހާ ބޭނުން ވީ އިޝާމްއާ ބައްދަލު ކޮށްލާށެވެ.

ނަޒްހާވެސް ވަގުތުން އެއްބަސް ވިއެވެ.

ކޮޓަރީގައި ފިލްމެއް ބަލަން އޮވެފައި އިޝާމް ނިކުތީ ބެލް ޖަހާ އަޑު އިވިގެންނެވެ. ސިޓިންގރޫމްގައި އެކަކުވެސް ނެތުމުން އިޝާމް ބާރަށް ގޮސް ދޮރު ހުޅުވާލީ އަނެއްކާވެސް ބެލް ޖަހާލުމުންނެވެ.

“އިސްރާ އުޅޭތަ؟” ދޮރުމަތީ ހުރި އިސްރާގެ އެންމެ ގާތް ދެ އެކުވެރިން ތެރެއިން ރައުނާ އެހިއެވެ.

“ނޫޅޭ ގެއަކު. މަންމައާ އެކީ ބޭރަށް ދިޔައީ” އިޝާމް ޖަވާބު ދިނެވެ.

“އެހެންތަ؟ އަންނާށޭ ކިޔާފަ ނުވެސް ބުނެ ބޭރަށް ދިޔައީ؟” ރައުނާއަށް ބުނެވުނެވެ.

“ކަމަކުތަ؟” އިޝާމް އަހާލިއެވެ.

“މިއަދު ކޮޕީ ނަގަން ގެންދިޔަ ޕޭޕަރުތައް ބަލާ މިއައީ. އިސްރާ ބުނި މިރޭ އަންނާށޭ” ހަމްދާ ބުންޏެވެ.

“އެހެން ވިއްޔާ އިސްރާގެ ކޮޓަރި ބަލާލަން ވީނު؟ ފެންނަ ހިސާބެއްގަ ހުރިއްޔާ ގެންދޭ، އިސްރާ އައިމަ ބުނާނަން ރައުނާމެން ގެންދިޔަ ވާހަކަ” ދޮރު ހުޅުވާލާ އެކުދިން ވަންނަން ތަން ދައްކަމުން އިޝާމް ބުންޏެވެ.

ރައުނާ އާ ހަމްދާ، އިސްރާގެ ކޮޓަރިއަށް ވަނުމުން އިޝާމް ކޮޓަރިއަށް ވަދެ ލެޕްޓޮޕް ހިފައިގެން އައިސް ސޯފާގައި އިށީނެވެ.

“ހަމްދާއަށް މިރެއަށް ވުރެ ރަނގަޅު ޗާންސެއް ދެން ނުލިބޭނެ. ދޭބަލަ ކުޑަކޮށް ޓްރައި ކޮށްލަން” ކޮޓަރިއަށް ވަދެ އިސްރާގެ މޭޒުމަތީ ހުރި ކަރުދާސްތައް ހާވަމުން ރައުނާ ސިއްރުސިއްރުން ހަމްދާއަށް ބުނެލިއެވެ.

“ނުކެރޭނެ… އޭނަ މި ވީކްގަ މެރީ ކުރަން އެ އުޅެނީ. ދެން ކީކޭ ކިޔާފަ އަހަރެން އެއްޗެއް ބުނާނީވެސް؟” ހަމްދާ ފަސް ޖެހުނެވެ.

“ސާބަސް! ފިރިހެނުންގެ ވިސްނުން ބަދަލު ކޮށްލާކަށް ގިނަ އިރެއް ބޭނުމެއް ނުވާނެ. އެޓް ލީސްޓް ޓްރައި ކުރެވިދާނެއެއްނު؟ ބުނެވިދާނެއެއްނު؟ ނުވިއްޔާ ދެން ނުވީ” ރައުނާ ބުންޏެވެ.

ދެންވެސް ހަމްދާ ފަސް ޖެހުނެވެ. ނަމަވެސް ރައުނާ ހިތްވަރު ދެން ފެށުމުން ބޯ ޖަހާލާފައި ކޮޓަރިން ނިކުތެވެ.

“ފެނިއްޖެތަ؟” ހަމްދާ ފެނުމުން ފިލްމް ޕޯސް ކޮށްލާފައި އިޝާމް އެހިއެވެ.

“ރައު އެބަ އުޅޭ ހޯދަން” ހަމްދާ އައިސް އިޝާމް ކައިރީގައި އިށީނެވެ.

“އިސްރާ ގެންގުޅޭ އެއްޗެއް ހޯދޭނީ ހަމަ އޭނައަށް، އެހެން މީހަކަށް އެކަން ވާނީ މުޅި ކޮޓަރި ހާވައިގެން” އިޝާމް ހިނި އައިސްފައި ފިލްމް ޕްލޭ ކޮށްލަމުން  ބުންޏެވެ.

“ކޮން ފިލްމެއް ތި ބަލަނީ؟” އިޝާމްއާ ކައިރިއަށް ޖެހިލަމުން ހަމްދާ ލެޕްޓޮޕަށް ބަލާލިއެވެ.

ކުއްލިއަކަށް އިޝާމްއަށް ލެޕްޓޮޕް ލައްޕާލެވުނީ ފިލްމްގައި އެ ވަގުތު ދެއްކި މަންޒަރުންނެވެ.

“އޯހ…” ހަމްދާއަށް ބުނެވުނެވެ. އިޝާމް އެއްޗެއް ނުބުނެ ލެޕްޓޮޕް ދުރުގައި ބޭއްވިއެވެ.

“އެކަކުވެސް ނެތީތަ؟” ވަށައިގެން ބަލާލަމުން ހަމްދާ އަހާލިއެވެ.

“އާނ، ތި އާދެވުނީ އެއްވެސް މީހަކު ނެތް ރެއެއްގަ” އިޝާމް ސޯފާގައި ލެނގިލިއެވެ.

“އަހަރެން ވަރަށް ދުވަސް ވެއްޖެ އިޝާމް ކައިރީ ވާހަކައެއް ބުނަން އުޅޭތާ. އެކަމަކު ޗާންސެއް ނުލިބިފަ ހުރީ” ހަމްދާ އިޝާމްގެ މޫނަށް ބަލާލަމުން ފެށިއެވެ.

“ކޮން ވާހަކައެއް؟” އިޝާމް އަހާލިއެވެ.

“އެނގޭ އިޝާމް ތި އުޅެނީ މެރީ ކުރަން ކަން… އެކަމަކުވެސް ހަމަ ބުނެލަން ބޭނުން ވަނީ… އަހަރެން ވަރަށް ލައިކް ވޭ އިޝާމް ދެކެ. ވަރަށް ދުވަސް ވެއްޖެ. ހިތަށް އަރާ ކުރިން ބުނެވުނު ނަމައޭ، އެހެން ނަމަ ފަހަރެއްގަ އިޝާމްގެ ލައިފްގަ ނައިހާއަށް ލިބެން އެ އުޅޭ ޕްލޭސް އަހަންނަށް ލިބުނީސް ކަންނޭނގެ. އެކަމަކު މިހާރު މާ ލަސް ވެއްޖެ…” ހަމްދާ އިސް ޖަހާލައިގެން އިނދެ ބުންޏެވެ.

ހައިރާން ވެގެން ހަމްދާގެ މޫނަށް ބަލަހައްޓައިގެން އިން އިޝާމްއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

“އެއްޗެއް ބުނެބަލަ އިޝާމް” ހަމްދާ އިޝާމްއާ ދިމާއަށް ބަލާލިއެވެ.

“ކީކޭ ބުނާނީ؟ މިހާރު ނައި ނޫން ކުއްޖަކާ މެދު ވިސްނާކަށްވެސް ބޭނުމެއް ނޫން… ސޮރީއޭ ބުނެވޭނީ” އިޝާމް ބުންޏެވެ.

“އިޝާމް، ޖަސްޓް ވަންސް… އަހަންނާ ދިމާއަށް ބަލާލަބަލަ… އެންމެ ފަހަރަކު، އެންމެ ޗާންސެއް އަހަރެން ބޭނުމީ، އޭރުން ދެން އިޝާމްއަކަށް އުނދަގުލެއް ނުކުރާނަން، އެއްވެސް މީހެއް ކައިރިއަކު ނުބުނާނަން… ޕްލީޒް…” ރޮވިފައި އިން ހަމްދާ އިޝާމްގެ އަތުގައި ހިފާލިއެވެ.

ހަމްދާ އެ ބުނި އެއްޗެއް އިޝާމްއަކަށް ނުވިސްނުނެވެ. ހާސްވެފައި ހުރި އިޝާމް އެ ވަގުތު ބޭނުން ވީ ހަމްދާއާ ވީހާވެސް ދުރަށް ދާށެވެ. ހަމްދާގެ އަތް ފޮޅުވާލާފައި އިޝާމް ކޮޓަރިއަށް ވަނެވެ.

“އިޝާމް…” ހަމްދާ ގޮވާލިއެވެ. އަދި ފަހަތުން ގޮސް އިޝާމް ގައިގައި ބައްދާލިއެވެ.

“ހަމްދާ!” ހިތް ހަމަ ނުޖެހިފައި ހުރި އިޝާމް ހަމްދާ ގަޔާ ދުރު ކޮށްލިއެވެ.

“މި ބުނީނު ދެން އުނދަގުލެއް ނުކުރާނަމޭ؟ އެންމެ ފަހަރަކު…” ލޮލުން އަންނަމުން ދިޔަ ކަރުނަ ފޮހެލަމުން ހަމްދާ ދެ އަތުން އިޝާމްގެ މޫނުގައި ދެ ފަރާތުން ހިފަހައްޓާލިއެވެ.

“ނޯ، އަހަންނަށް އެއްވެސް ކަމެއް ކޮށެއް ނުދެވޭނެ، ސޮރީ… ހަމްދާ އަހަންނާ ދޭތެރޭ ތިހެން ފީލް ވިޔަސް އަހަރެން ލޯބި ވަނީ ނައި ދެކެ…” އިޝާމްއަށް ލަސް ލަހުން ބުނެވުނީ ހަމްދާ ދެރަ ވާނެ ކަން އެނގޭތީއެވެ. ބާރަށް ބުނަން ބޭނުން ވި ނަމަވެސް އެ އަންހެން ކުއްޖާ އިތުރަށް ދެރަކޮށްލަން ނުކެރިގެންނެވެ.

“އެނގެޔޭ ތި ކަން…” ހަމްދާ އެހެން ބުނެފައި އިޝާމްގެ މޭގައި ބޯ ޖައްސާލިއެވެ.

“ހަމްދާ ޕްލީޒް… މީ ރަނގަޅު ގޮތެއް ނޫން…. ދޫ ކޮށްލާ” ހަމްދާގެ ދެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން އިޝާމް ބުންޏެވެ.

އިސް އުފުލާ އިޝާމްގެ މޫނަށް ބަލާލި ހަމްދާ އެ ވަގުތު ކޮރާލަމުން އިޝާމްގެ ތުންފަތުގައި ބޮސްދިނެވެ. ސިހިގެން ދިޔަ އިޝާމްއަށް ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އިރުކޮޅަކު ހުރެފައި ހަމްދާގެ ދެ އަތުގައި ހިފާ ދުރުކޮށްލަމުން އިޝާމް ފަހަތަށް ޖެހުނެވެ. އެއް އަތުން ތުންފަތް ފޮހެލާފައި އެނބުރިލުމާއެކު އިޝާމްގެ ފިޔަވަޅު ގަނޑުވި ކަހަލައެވެ.

ސިޓިންގރޫމްގައި، އިޝާމްގެ ކޮޓަރި ދޮރާ ކުރިމަތި ވާ ގޮތަށް ނަޒްހާ ހުރީ ހައިރާން ވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަޒްހާއަށް ވުރެ ފިޔަވަޅެއްހާ ކުރީގައި ހުރި ނައިހާ އަނގަމަތީ އަތް އަޅައިގެން ހުރި އިރު އެ ލޮލުން ކަރުނަ ފައިބަން ހުރީ ތައްޔާރަށެވެ.

އިޝާމް ހުރި ގޮތުން އެނބުރިފައި ހަމްދާވެސް އެ ދިމާއަށް ބަލާލިއެވެ. އެއާއެކު ހަމްދާއަށްވެސް ވީ އިޝާމްއަށް ވީ ފަދަ ގޮތެކެވެ.

“ނައި… އައި ކެން އެކްސްޕްލެއިން…” އިޝާމް އައިސް ނައިހާގެ އަތުގައި ހިފާލަމުން ބުންޏެވެ.

“އަތް ނުލާތި!” އިޝާމްގެ އަތް ފޮޅުވާލަމުން ނައިހާ ބުންޏެވެ.

“ނައި ޕްލީޒް… އަހަރެން ކިޔާ ދޭނަމޭ… އަޑު އަހާބަލަ… އެއީ އަހަރެންގެ ފޯލްޓެއް ނޫނޭ، އެހެރީ ހަމްދާ، އޭނަ ކައިރީ އަހާބަލަ…” އަދިވެސް ކޮޓަރި ތެރޭ ހުރި ހަމްދާއަށް އިޝާރާތް ކޮށްލަމުން އިޝާމް ބުންޏެވެ.

“އިތުރު އެކްސްޕްލެނޭޝަންއެއް ބޭނުން ނުވާ ވަރަށް ފެނިއްޖެ، އިޝާމް ދެން އިތުރަށް ކިޔާނެ އެއްޗެއް އޮތް ހެނެއް ހިއެއް ނުވޭ” ނަޒްހާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

“ނަޒް، އެއީ އަހަރެން ކުރި ކަމެއް ނޫނޭ… އަހަރެން ކިޔާދޭނަމޭ ވީ ގޮތް… ނައި، އަޑު އަހާބަލަ” އަނެއްކާވެސް ނައިހާގެ އަތުގައި އިޝާމް ހިފިއެވެ.

އަނެއްކާވެސް އިޝާމްގެ އަތު ތެރޭން އަތްތިލަ ދަމައިގަތް ނައިހާ ބަލާކަށް ނުހުރެ ވައަތުގައި އޮތް ކެވެލިކޮޅު ދަމައިގަނެފައި، ކަށި އިނގިލީގައި އިން އަނގޮޓިއާ އެކީ އިޝާމްއާ ދިމާއަށް އެއްލާފައި ބާރަށް ދުއްވައިގަތެވެ.

“ނައި…” އިޝާމްއަށް ނައިހާގެ ނަމުން ގޮވާލެވުނެވެ.

“ޖަވާބު ލިބިއްޖެ ހެން ހީވަނީ” ނަޒްހާ ބުނެލިއެވެ. އަދި ނައިހާގެ ފަހަތުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވީމޭ ތިޔަ އިންތިޒާރުގައި..2

Next

ވަޢުދު (ދިހަވަނަ ބައި)

Next
September 11, 2019

ވަޢުދު (ދިހަވަނަ ބައި)

Previews
September 9, 2019

ވީމޭ ތިޔަ އިންތިޒާރުގައި..2

29 Comments!

  1. Mar Sha Marsha says:
    September 10, 2019 at 11:10 am

    Hi, here’s part 2, kiyaalaafa comment kollahchey kudhin.
    Next part on Saturday

  2. jiji says:
    September 10, 2019 at 1:02 pm

    First dhw..v rythi mi bai vx???

    1. Mar Sha Marsha says:
      September 11, 2019 at 12:55 pm

      Yes jiji 1st. ? Thank u

  3. Xxx says:
    September 10, 2019 at 1:11 pm

    Yay me first dhw. Varah reethi ingey. Luv you Marsha. And also luv this story to the MAX????. Your one of my most favourite writer❤❤❤❤❤Alhey poor Inshan. Hope they get together soon????❤??❤??❤?

    1. Mar Sha Marsha says:
      September 11, 2019 at 12:56 pm

      2nd ves OK dho, thank u Xxx ?

  4. Xxx says:
    September 10, 2019 at 1:12 pm

    Correction:- I’m second.

  5. I.S.H.A.A says:
    September 10, 2019 at 2:01 pm

    Salhi

    1. Mar Sha Marsha says:
      September 11, 2019 at 12:57 pm

      Thank u Ishaa ?

  6. !y@@d# says:
    September 10, 2019 at 3:06 pm

    Vrh sales Ma Shaa Allah

    1. Anonymous says:
      September 10, 2019 at 9:11 pm

      ?Vrh sales dhw

    2. Mar Sha Marsha says:
      September 11, 2019 at 12:58 pm

      Thank u. !y@@d#

  7. Sleepy puffin says:
    September 10, 2019 at 5:22 pm

    Sorry exam feshi fai vaathee story nukiyunee… story hama habeys…. i miss u a lot… welcome back…. next part ah inthizaaru kohlaanan…love u and ur story….?????????????????????????????????????????????????????????????????????????????????????????????????

    1. Mar Sha Marsha says:
      September 11, 2019 at 12:59 pm

      Thank u sleepy, its OK, exams should come first, n gud luck ingey?? ?

  8. Anonymous says:
    September 10, 2019 at 6:47 pm

    Naiha aai aisham ????

    1. Mar Sha Marsha says:
      September 11, 2019 at 1:00 pm

      Thank u ?

  9. Sham says:
    September 10, 2019 at 8:44 pm

    Story Varah salhi….curiously waiting for the next part….

    1. Mar Sha Marsha says:
      September 11, 2019 at 1:00 pm

      Thank u Sham?

  10. Meekkomee says:
    September 10, 2019 at 9:09 pm

    Wowwww…….mi part ves varah varah reethi:) waithing for the next part siss…..luv this storyyy soo much….luv yeahhh 🙂

    1. Mar Sha Marsha says:
      September 11, 2019 at 1:01 pm

      Thank u meekko ?❤️

  11. ®¥N says:
    September 11, 2019 at 6:43 am

    V. Furihama.. ???

    1. Mar Sha Marsha says:
      September 11, 2019 at 1:01 pm

      Thank u ryn ?

  12. !y@@d# says:
    September 11, 2019 at 9:17 am

    Waiting for Saturday

    1. Mar Sha Marsha says:
      September 11, 2019 at 1:02 pm

      Thank u ?

  13. Umny ??? says:
    September 11, 2019 at 10:54 am

    Waiting for Saturday. Mi part ves varah Reethi Ingey marsha keep it up.

    1. Mar Sha Marsha says:
      September 11, 2019 at 1:02 pm

      Thank u Umny ?

  14. Zan says:
    September 11, 2019 at 1:43 pm

    this story is interesting. when will the next part be uploaded?

    1. Mar Sha Marsha says:
      September 11, 2019 at 3:35 pm

      Saturday. Thank u

  15. YoonnaL says:
    September 13, 2019 at 3:17 pm

    this is amazing. when next part?

  16. nash says:
    September 14, 2019 at 11:14 am

    koba next part

Comments are closed.

Next Episodeއެދިގެން ތި ލޯތްބަށް 3←


All Right Reserved!