Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 74-1

Saraa Level 910 Stories100 Comments100 Login500 Comments500 Login
September 7, 2019 8 Mins Read
63 Comments

މެޝިންތަކުގެ އެލާރޓާއިއެކު އެނދުމަތީގައި އޮތް ކުއްޖާގެ ގަޔަށް ބާރުގަނޑެއް އަރާ ކަރަންޓް ޝޮކެއްގައިވާ މީހެއްފަދައިން ތެޅެންފެށިއެވެ. މެޝިންތަކަށް އައި ގުޑުންތަކާއިއެކު ހަމައެއްލަމައެއް ނެތި ތެޅިފޮޅެމުންދިޔަ އަންހެންކުއްޖާގެ ހަށިގަނޑުގައި ހިފަހައްޓަން އެ ޒުވާނާ މަސައްކަތްކުރިއެވެ. ނަމަވެސް އެ ބާރުގަނޑުގައި ޖާނުން ވަރުގަދަ ޒުވާނާވެސް ފަހަތަށް ދިޔައީ ކުނިކޮޅެއް ފޮޅާލާ އުސޫލުންނެވެ. އެވަގުތު މުޅި ރޫމްގެ ތެރޭ ގުގުމާލި އެލާރމްގެ އަޑާއިއެކު ފާރުގައި ހަރުކޮށްފައިވާ ސްވިޗާއި ދިމާލަށް އެމީހާ ބަލާލީ ބިރަކާއިދިމާލަށް ބަލާލައި ފަދައިންނެވެ. ބާރު ފިޔަވަޅުތަކެއްގެ އަޑާއިއެކު އެ ޒުވާނާގެ މޫނުން ފާޅުވި ޖެހިލުންވި ކުލައާއިއެކު އެންމެ ކައިރިއަށް ހުރި ކުޑަދޮރުން ޖެހިގެން އިން ބެލްކަންޏަށް ފުންމާލިއެވެ.

ދުވެފައި ކަހަަލަގޮތަކަށް ރޫމްތެރެއަށް ވަދެގެން އައި ނަރުހުންތައް އެ އަންހެންކުއްޖާ ބާއްވާލެވިފައިވާ އެނދު ވަށާލިއެވެ. އިރުކޮޅެއްފަހުން ވަދެގެން އައި ޑޮކްޓަރު ފެނުމާއިއެކު އެއްފަރާތްވެލަމުން ތަންދެއްކިއެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު މެޑިކަލް ޓީމް ދުރަށް ޖެހިލިއިރު އީސީޖީ މެޝިންގެ ތޫނު އަޑުން ތަނުގެ ހިމޭންކަން މުގުރާލިއެވެ. އެވަގުތު އެއަންހެންކުއްޖާ ވައަތުގެ ޝަހާދަތް އިނގިލި ހަރަކާތްކޮށްލިއެވެ. ބަރު އެސްފިޔަތައް ތަޅުވާލިއެވެ.

*** *** *** *** ***

އުދަރެސް ފަވަމުންދާ ކުލަތަކަށް ބަލަހައްޓައިގެން ހުރިއިރު ނައިނާގެ ދެލޯ ވިދަމުންދިޔައީ ޖަވާހިރުގެ މިސާލުގައެވެ. އެދޮންހަމުގައި ހުރަހަކާއިނުލާ ދޯދިތައް ބޮސްދެމުންދިޔައިރު މޫނަށް ވެރިކުރުވާފައިވަނީ ރަންކުލައެވެ. އިސްތަށިގަނޑުވެސް ރަންކުލައިން ހައިލައިޓްކޮށްލައިފައިވާފަދައެވެ. އޮއްސެމުންދިޔަ އިރާއިއެކު ރަނިކަންކުރަމުންދިޔަ ޕަރީއެއްފަދަ ކުއްޖާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ހައިޒަލް ބިއްލޫރިގަނޑަށް ލެގިލަމުން ހަށަން ބަދެލިއެވެ.

“ހައި… އަދިވެސް ދޮންތަ ހައިއާއި ވާހަކައެއް ނުދައްކާތަ؟” ބިއްލޫރިގަނޑަށް އެޅިފައިވާ ހައިޒަލްގެ ހިޔަންޏަށް ބަލަހައްޓައިގެން ހުރެ ނައިނާ ވާހަކަދެއްކިއެވެ.

“ހޫމް… ދޮންތަ ހީވަނީ ފޭސްކުރަން އުނދަގުވެގެން އުޅެނީހެން… ހަމަ ގައިމުވެސް ވެދިޔަ އެއްވެސް ކަމެއްގައި އަހަރެން ދޮންތަ ކުށްވެެެރިއެއްނުކުރާނަން… ދޮންތައަށް ޓައިމްދޭން މިހުރީ… އެކަމަކު ވަކި ހިސާބަކުން މަށަށް މަޖުބޫރުވާނެ ކޮންމެވެސް ގޮތެއް ހަދަން…” ހައިޒަލް ހަށަން މޮހާލަމުން ހަށިގަނޑު ސީދާކޮށްލިއިރު އެ މޫނުމަތިން ސީރިޔަސްކަން ފެނިލިއެވެ. ހިނދުކޮޅަކަށް މޫނުގައިވީ ހިނިތުންވުން ފޭދުނެވެ. ޝާދީންއާއި އޭނައާއި ދެމެދަށް ވެރިވެފައިވާ ދުރުކަމަކީ ހައިޒަލްއަށް އެންމެ ހިތާމަކުރާ ކަންތަކެވެ. އެދެމެދުގައިވާ ހުރިހާ ނުތަނަވަސްކަމެއް ނިމުމަކަށް ގެންނަސް ބޭނުންވިޔަސް އޭނަ އަދި އެހުރީ ކެތްތެރިވެލައިގެންނެވެ. ޝާދީންއަށް ވަގުތުދީގެންނެވެ.

“ދޮންތަގެ ސިޗުއޭޝަން ވިސްނޭ… ކުއްލިއަކަށް ހުރިހާކަމެއްވެގެންދިޔައިމަ ޝޮކް ލިބޭނެ…” ނައިނާ ހައިޒަލްއާއި ގާތަށް ފިޔަވަޅެއް އަޅާލަމުން އެދިގު އިނގިލިތަކުގެ ތެރެއަށް އިނގިލިތައް ވައްދާލިއެވެ. އެވަގުތު ކެބިންގެ ދޮރުހުޅުވުނު އަޑާއިއެކު ދެޒުވާނުން ނުހަނު އަވަހަށް ދުރުވެލައިފިއެވެ.

ހައިޒަލްގެ ހަރަކާތްތަކަށް ސަމާލުކަމެއްދިނުމެއްނެތި މިކްޔާލް ކެބިންގެ ތެރެއަށް ވަދެގަތްއިރު އެ މޫނުން ފެނުނީ ކަމަކާއި ހާސްވެ ކަންބޮޑުވެފައިހުރިކަމުގެ ކުލަވަރެވެ. ނައިނާއަށް އަވަސް ނަޒަރެއް ދެމުން ހައިޒަލްގެ ކަންފަތްދޮށުގައި މިކްޔާލް ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އެއާއިއެކު ހައިޒަލްގެ މޫނުމަތީވި ކުލަތައް ފޭދިގެންދިޔައިރު ނުތަނަވަސްކަން ކަޅުކަޅީގެ ތެރެއިން ފެނިލިއެވެ. ތުނިކޮށް ފަޅަންފަށައިފައިވާ ތުނބުޅީގައި އަތް ހިންގާލަމުން އޭނަ ނައިނާއާއި ދިމާލަށް ބަލާލިއެވެ. އެދެމެދުގައި ބަދަލުކުރެވުނު އަވަސް ނަޒަރަށްފަހު ހައިޒަލް އައިސް ނައިނާގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ. އެދެލޮލަށް ނަޒަރު އެކީހެން ހުސްކޮށްލި ވަގުތުކޮޅަކަށްފަހު ނައިނާއާއި ބަހެއް ބުނުމެއްނެތި ގޮނޑީގައި އަޅުވާލެވިފައިވާ ކޯޓް ނެގިގޮތަށް ކެބިންއިން ނިކުތެވެ. ފަހަތުން މިކްޔާލްވެސް ހިނގައިގަތްފިއެވެ.

ތިރީސްވަރަަކަށް މިނެޓްފަހުން ހައިޒަލް ކެބިންއަށް ވަދެގެން އައިރު އޭރުވެސް ނައިނާ ހުއްޓިގެން ހުރި ހިސާބުގައި މަޑުކޮށްލައިގެން ހުއްޓެވެ. ކެބިންގެ ދޮރުހުޅުވާލުމާއިއެކު ނައިނާ ދުވެފައި އައިސް ހުރީ ހައިޒަލްގެ އަތުގެތެރޭގައެވެ. ހައިޒަލްއާއި ނައިނާގެ ހަތަރުކަޅި ބައްދަލުވި ވަގުތުކޮޅަށްފަހު ހައިޒަލް އެދެލޮލުގައިވި ހުރިހާ ވާހަކަތަކެއް ނަގައިގަތެވެ. އެެދެލޮލުން ފެނުނީ ކަންތައްތައް އިނގެން ބޭނުންވެފައި ހުރިކަމުގެ ކުލަވަރެވެ.

“ހޮޓެލްސްތަކުގެ ބުކިންތައް ކެންސަލްވީ… މިހާރު އެކޮމަޑޭޓްވެފައި ހުރި ރޫމްތައްވެސް ދޫކޮށް ގެސްޓުން ދާންފަށައިފި… ހުރިހާކަމެއް އެއްފަަހަރާ… ނުވިތާކަށް ބޯޑް މެންބަރުންގެ ޕްރެޝަރ އެހާ ބޮޑު…” ހައިޒަލް ވާހަކަދައްކަމުން އިނގިލި ކުރިން ނިއްކުރީގައި އަތްއަޅާ އޮބާލިއެވެ. ކުންފުންޏަށް އަޑިގަނޑެއް ނައިސް އެކަން ނިމިގެންނުދާނެކަން އޭރުވެސް ހައިޒަލްއަށް އިނގެއެވެ. އޭނަ ހާސްވަނީ އެހާ އަވަހަށް އޭގެ އަސަަރުތައް ފެންނަންފެށީމައެވެ. އަދި އަލްހާންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ބްލޫސްއަށް ވެދާނެގޮތެއް އަންދާޒާކޮށްލަންވެސް ދައްޗެވެ.

“ދެންވާނީ ކިހިނެތް… ކޮމްޕެނީ ބަންދުކުރަންޖެހޭނީތަ؟” ހައިޒަލް ނައިނާގެ މޫނަށް ނަޒަރު ހުއްޓާލިއިރު ނައިނާ ހައިޒަލް އަތުގައި ހިފަހައްޓާލިއެވެ.

“ހުރިހާކަމެއް އަލުން ފަށަންވެސް ޖެހިދާނެ… ކޮންމެގޮތެއް ހަދާފައިވެސް އަހަރެން އޭ.އެޗް.ފިނޭންޝިއަލް އަލުން ވުޖޫދަށް ގެންނާނަން… ބައްޕައާއިނުލާ މިތަން ކުރިއަށްދިޔައިރު މިހާރު ކުރިއަށްނުދާންވީ ސަބަބެއްނެތް…. ބައްޕަ ނެތަސް ބައްޕަގެ ދަރިފުޅު އެބަހުރިން…” ހައިޒަލްގެ ޖުމްލަތަކުން ނައިނާއަށް ހިތްހަމަޖެހުމެއްލިބުނެވެ. އޭނަ ހީކުރިވަރަށްވުރެ ހައިޒަލް ހިތްވަރުގަދައެވެ. ދިރިއުޅުމުގައި ދިމާވި ހުރިހާ ގޮންޖެހުންތަކަކަށްފަހު މިހިސާބުގައި ފައިތިލަ ހަަމަކުރުމަކީ އޭގެ ހެއްކެކެވެ.

އަށެއްޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ބޯޑް މީޓިންގެ ވަގުތު ގާތްވަމުންދިޔަވަރަކަށް ނޭނގޭފަދަ ހާސްކަމެއް ހައިޒަލްގެ ނަފްސު ހިސޯރުކުރިއެވެ. އަތްފައި ފިނިވެ ދާހިއްލީ އެންމެފުރަތަަމަކަމަކާއި ކުރިމަތިލާން އުޅޭ ފަދައަކުންނެވެ. ބޯޑް މީޓިންތަކަށް އޭނަ ފަރިތަނަމަވެސް މިއަދު އޭނަ އެމީހުންގެ ކުރިމައްޗަށް ދާންއުޅޭ ހައިސިއްޔަތު ތަފާތެވެ. އެންމެންގެ އިއްތިފާގުން މިރޭ ނިންމޭ ނިންމުން ބިނާވެގެންދާނީ ބްލޫސްގެ ކުރިމަގަށެވެ.

އަށެއްޖަހަން ވަގުތުކޮޅެއް އޮއްވާ ހައިޒަލް މިކްޔާލްއަށް ގުޅަމުން ކެބިންއިން ނިކުތެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރެ ޕްރައިވެޓް އެލެވޭޓަރ ކުރިމައްޗަށް ހުއްޓެމުން ޖީބުން ނެގި ކާރޑު އެއްފަރާތުގައި އިން ސްކްރީންގައި ޖައްސާލިއެވެ. ޖީބަށް ފޯނާއި ކާރޑްލަމުން ހައިޒަލް އޭނަ ލައިގެން ހުރި އަޅިކުލައިގެ ޕެޓާރން އެޅި ކޯޓް ރީތިކޮށްލިއެވެ. ކަރުގައި ބައްދާލެވިފައި ޓައީއަށް ދަމާލެވުނީ ޓައީވެސް ވާންވަމުންދާހެން ހީވުމުންނެވެ. ކެތްތެރިކަން ކުޑަވެފައިހުރެ ގަނޑިއަށް ނަޒަރެއްދެމުން އިސްއުފުލާ ބަލާލިއިރު ލިފްޓްގެ ދޮރު ދެފަރާތަށް ކެހިގެންދިޔައީއެވެ. އެއާއިއެކު ފެނުނު މަންޒަރުން ހައިޒަލްގެ މޫނުމައްޗަށް ހައިރާންކަމުގެ ކުލަތައް ވެރިވެގަތެވެ.

“ހޭއި ބޭބީ… ޕްރައިވެޓް އެލެވޭޓަރއަށް އަރައިގެން ކީއްކޮށްލަނީ… މުޅިން މަނާކަމެއްނު…” ހައިޒަލް ވާހަކަދެއްކިއިރު އެތުންފަތްމަތީ ހިނިތުންވުމެއްވިއެވެ. ލިފްޓްގެ ފިއްތަކާއި ދިމާ ބިތަށް ލެގިލައިގެން ހުރި ނައިނާ ކުރިއަށް ފިޔަވަޅެއްއަޅާލަމުން ދެއަތްފުޅާކޮށްލިއެވެ. އެ ހަރަކާތުން ދޭހަވާ މާނަ ނަގައިގަނެވުމާއިއެކު ހައިޒަލްއަށް ލުއި ލުއިގޮތަކަށް ހީލެވުނެވެ. ދުވެލައިފައި ގޮސް ކުޑަކުއްޖެއްފަދައިން އެއަތުގެ ތެރެއަށް ވަދެގަތްއިރު ނައިނާ ހައިޒަލް ބުރަކަށީގައި އެއްއަތުން ޖަހާލިއެވެ.

“ޑޫ ވެލް މައި ސީއީއޯ…” ނައިނާގެ އިނގިލިތައް ހައިޒަލްގެ ބުރަކަށި މަތީން ހިންގަމުން އައިސްފައި އިއްވާލިއެވެ.

“އަބަދު އަބަދު މައި ސީއީއޯއޭ ކިޔާތީ އެއްޗެކޭ ހީވާން ފަށައިފި އިނގޭ… އަހަރެން ފަޤީރުވިނަމަ ނައިނާ ބަލައެއްނުލާނަންދޯ… ދެޓް ހާރޓްސް…” އިރުކޮޅެއްވާންދެން ހައިޒަލް އެގޮތުގައި ހުރެފައި ދުރުވެލަމުން ބުނެލުމާއިއެކު ނައިނާ ވަގުތުން މޫނު ކުނިކޮށްލިއެވެ.

“ހުއް… މަށަށް ހައިޒަލް އަޒްހާންދެކެ ލޯބިވެވުނީ ފޮތެއްހެން ދަސްވިފަހުންތަ؟ ފެނުނުދުވަހު އާގަމަވެފައެއްނޫންދޯ އަހަރެން ހުރީކީ…” ނައިނާ ވަގުތުން ހަށަން ބަދެލަމުން ފަހަތަށް ޖެހިލައިފިއެވެ. އޭރު އެ ބޮޑު ދެލޯ ހަނިކޮށްލައިގެން ހުރި ގޮތުންނާއި މޫނަށް ޖައްސަމުންދިޔަ ވައްތަރުތަކުން ހައިޒަލްއަށް ހުނުން ހިފަހައްޓާލަން ޖެހުނެވެ.

“ބޭބީ ރުޅިއައީތަ… ތިހެން ރުޅިން ހުރިޔަކަ ނުދޭނެކަން ނެއިންއަށް އިނގެންވާނެ…” ހައިޒަލް ނައިނާގެ އަތުގައި ހިފައި ގާތަށް ދަމާލިގޮތަށް އެ ފިނި ނިތުގައި ތުންފަތް ޖައްސާލިއެވެ. ނައިނާގެ މޫނަށް ވެރިވި ޖަންބުކުލައާއިއެކު އެ އަދާއަށް މުޅީންގޮސް ހުސްވެފައިހުރެވެސް ދުރަށްދާންވެގެން ތެޅިގަތެވެ.

“ހައިގަނޑާ… ނޫނެކޭ… މިއީ އެލެވޭޓަރ ތެރެއޭ…” ހައިޒަލްގެ ފިޔަވަޅުތައް ގާތްވަމުންދިޔައިރު ހައިޒަލްގެ މަޤްސަދު ވިސްނިގެން ނައިނާ މަޑުމަޑުން ފަހަތަށް ޖެހެންފެށިއެވެ.

“އެހެންތަ… ދެންމެ ކުއްޖަކު އުޅުނު ގޮތުން އަހަރެން ހީކުރީ މިއީ އަހަރެމެންގެ ރޫމްކަމަށޭ…” ހައިޒަލްގެ ދެއަތް ނައިނާގެ ދެފަރާތުން ވިއްދާލަމުން ނައިނާގެ ނޭވާ އިހުސާސްވާހާ މޫނު ގާތްކޮށްލިއެވެ. އެ ޖުމްލަތަކުން ނައިނާގެ މޫނަށް ވެރިވި ރަތުގެ އެތައް ކުލައަކާއިއެކު ހިތްވެސް ތެޅިގަތީ ހަމައެެއްނެތިއެވެ. އޭނަ އަސަރެއްދައްކާނުލާ ހުއްޓަސް އަތާއި ފައި ފިނިވެ ޖެލީކޮޅަކަށްވަމުންދިޔައެވެ. ހައިޒަލްގެ ކޮންމެ ހޫނު ނޭވާއަކާއިއެކު ގަނޑުފެންކޮޅެއް ފަދައިން އޭނަ ވިރިގެން ހިނގައިދާނެހެން ހީވިއެވެ.

އެވަގުތު ބެލްގެ އަޑާއިއެކު ލިފްޓްގެ ދޮރުފަތް ދެފަރާތަށް ކެހިގެންދިޔުމާއިއެކު ނައިނާގެ ހިތުގެ ވިންދުތައްވެސް އަލުން ހިނގަންފެށިފަދައެވެ. ހައިޒަލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިގޮތަށް ދުވެފައި ލިފްޓްއިން ނިކުތެވެ. ހައިޒަލްގެ އަތު ނުޖެހެންވެގެން ވައިރޯޅިއެއްހާ ބާރުމިނުގައި ދުވެފައި ދަމުންވެސް ނައިނާ ފަސްއެނބުރި ބަލާލިއެވެ. އޭރު ހައިޒަލް ހުރީ ލިފްޓްގެ ބިތަކަށް ލެގިލިގޮތަށް ލާނެތް ހިންޏެއް އައިސްފައެވެ. ނައިނާ އެނބުރި ބަލާލުމާއިއެކު ފްލައިން ކިސްއެއް ފޮނުވާލަމުން ދެކޮލަށް އަޑިކޮޅު އަޅުވާލަމުން ހިނިތުންވެލުމާއިއެކު ނައިނާއަށް ބަލަހައްޓައިގެންހުރެވުނެވެ. ނަމަވެސް ހައިޒަލްގެ ހިތްދަމައިގަންނަ ސިފަތަށް އޭނަގެ ނަފްސު ނުކިޔަމަންތެރިކޮށްފާނޭކަމުގެ ބިރަށް އަނގައިން ވައްތަރެއް ޖައްސާލަމުން އެންމެ ކައިރިއަށް ހުރި ރޫމްގެ ތެރެއަށް ދެމިގަތެވެ.

ބްލޫސްގެ ކޮންޕެރެންސް ހޯލްގެ މެދުގައި ބަހައްޓާލެވިފައިވާ ބިސް ބުރު ބައްޓަމުގެ މޭޒާއި ކުރިމަތިލައިގެން ބޯޑް މެންބަރުން ތިއްބެވެ. ކޯޓް ފަޓްލޫންގައި ކުލަކުލައިގެ ޓައިތަކުން ކަރު ފަޅުފިލުވައިގެން ތިބިިއިރު ހައިބަތު ވަރުގަަދަކަން ކިތަންމެ ރަނގަޅަކަށްވެސް ފާޅުވެއެވެ. މޭޒާއި ދިމާލަށް ލެނބިލައިގެން ސައްލާއެއްގައި ތިބިިއިރު ރޫމްގެ ތެރޭ އަޑު ނުސާފުވެފައިވަނީ އެތައް ބަޔަކު ވާހަކަދައްކަމުން ދާތީއެވެ. ކޮންފެރެންސް ހޯލްއަށް ވަދެވެން އިންނަ ބޮޑު ދޮރުހުޅުވިގެންދިޔުމާއިއެކު ދެމީހުންގެ ދޭތެރޭގައި ދެކެވެމުންދިޔަ ވާހަކަތައް ހުއްޓުނެވެ. އެންމެންގެ ނަޒަރުތައް ދޮރާއި ދިމާލަށް ދަތުރުކުރިއެވެ. މިކްޔާލް ފަހަތުގައި ބަހައްޓައިގެން ހޯލްތެރެއަށް ވަދެގެން އައި ހައިޒަލް އޭނަގެ ޖާގައިގައި މަޑުކޮށްލިއެވެ. ބްލޫސްގެ ލޯގޯ ޖަހާފައިވާ ޕޯޑިއަމާއި ކައިރިވެ ޕޯޑިއަމްގެ ދެފަރާތުގައި އަތުން ހިފާލިއެވެ. އަދި އިސްއުފުލާ މެންބަރުންނާއި ކުރިމަތިވިއެވެ. އޭރު އެމޫނުމަތީގައިވީ ކެރުންތެރިކަމެވެ. ކޮންމެކަމެއްވެސް ހާސިލްކުރާނޭފަދަ އަޒުމްވަރުގަދަކަމެވެ.

*** *** *** *** *** ***

ހެނދުނުގެ ތާޒާކަމުގެ މައްޗަށް މެންދުރުގެ ދިލަ ހޫނުކަން ވެރިވަމުން އައި ވަގުތެވެ. އިރު މެދުއުޑުގައި މަޤާމު ޔަގީންކޮށް ހުރަހަކާއިނުލާ އޭގެ ހޫނުން ދުނިޔެ ފިއްސަން ތައްޔާރުވަމުންދިޔައެވެ. ކަފަވިލާކޮޅެއްގެ އަސަރެއްނެތި އުޑުމަތި އޮތްއިރު ވައިރޯޅިތައްވަނީ ހިނދިފައެވެ.

މެންދުރު ނަމާދު ވަގުތު ގާތްވަމުންދިޔައިރު ހައިރާ ގޭކައިރި ފިހާރައިން ނިކުމެގެން އައީ މެންދުރަށް ކައްކަން ބޭނުންވާ ބައެއް ސާމާނު ގަނެގެންނެވެ. ދެއަތުން ދެކޮތަޅު ހިފައިލައިގެން އަންނަމުން އެއްއަތަށް ކޮތަޅުތައް ބަދަލުކޮށްލަމުން އޭނަ ކޮތަޅުތެރެ ހާވާލިއެވެ. އެއާއިއެކު ޗުސް ތަޅާލެވުނީ އެންމެ ބޭނުންވާ އެކަތި ކޮތަޅު ތެރޭ ނެތްކަން ފާހަގަކުރެވިގެންނެވެ. ގެއާއި ހަމަޔަށް އައިސްފައިވެސް ހައިރާ އައިކޮޅަށް އަނބުރާލިއެވެ. އެވަގުތު ފޯނު ރިންގްވާންފެށުމުން ފޯނު ކަންފަތުގައި ޖައްސާލިގޮތަށް އަނެއް އަތުން ކޮތަޅުތައް ރީތިކުރަމުން ހައިރާ ހިނގައިގަތީ ކުރިމައްޗަށް ބެލުމެއްނެތިއެވެ. އޭނަ ހުރި ގޯޅިން އެހެން ގޯޅިއަކަށް އެޅި ވަގުތު ހަލުވި ހިނގުމެއްގައި އައި މީހެއްގެ ގައިގައި ހައިރާ ލައިގަތެވެ.

“މައާފުކުރޭ…” ތަނަކަށްދާން ލަސްވެފައިހުރިކަހަލަގޮތަކަށް މާބޮޑު އަޅާލުމެއްނެތި އެމީހާ ދުރަށް ހިނގައިގަތެވެ. ވަކިހިސާބަކަށް ގޮސްފައި ހުއްޓި އޭނަ މައާފަށް އެދުނެވެ. އޭރު ހައިރާ އިނީ ތިދެކަކޫމައްޗަށް ތިރިވެ ބިންމައްޗަށް ފައިބައިގަނެފައިވާ ދަޅުތައް ހޮވާށެވެ. އޭނަ ފަސްދީ ދިޔަމީހާއަށް ސަމާލުކަމެއް ދިނުމެއްނެތި އިންދާ ކަންފަތުގައި ޖެހުނު އަޑަކުން ހައިރާއަށް ހީވީ އޭނަގެ ހަށިގަނޑު އަލިފާނަށްލާ ރޯފިލުވާލެވުނުހެންނެވެ. ދެލޯ ތަންމިނަށް ބޮޑުވެގެންދިޔައިރު މަގުމައްޗަށް ދަޅުތައް ދޫކޮށްލިގޮތަށް ކޮއްޅަށް ތެދުވެވުނެވެ.

“އައްމާރު އަހަންނަށްވެސް އިނގޭ ރައިހާންގެ ކަންތަކުގައި ހާސްވެފައިކަން ތިހުންނަނީ… އެކަމަކު ހަމައެކަނި ރާސިލް ބޭނުންކޮށްގެން އަލްހާން ސަލަމާތްކުރެވޭނެހެނެއް އަހަންނަކަށް ހިޔެއްނުވޭ… ކުރީ ފަހަރުގޮތަށް ކޮންމެވެސް ކަމެއްކޮށްބަލަ… ދެން ހާސްނުވޭ… ހެކިބަސް ދެވޭފަދަ ހާލެއްގައެއްނޫނެއްނު އެ އަންހެންކުއްޖާ އޮތީކީ… ވިދްހާންއަށް އިތުބާރުކުރޭ… އޭނަ މިވީހާތަނަށްވެސް ކަމަކުން ބަލިވެފައެއް ނުވޭ…” އެ ފިރިހެންމީހާ ފޯނުން ވާހަކަދައްކަމުން ގޮސް ތަންކޮޅެއް ދުރުގައި ޕާރކްކޮށްފައި އޮތް ކަނޑުނޫކުލައިގެ ޕްރައިވެޓް ކާރަށް އެރިއެވެ.

ހައިރާއަށް ފާރުގައި އަތްވިއްދާލެވުނެވެ. އޭރު އޭނަގެ މުޅި ހަށިގަނޑު ތުރުތުރުއަޅަމުންދިޔައީ ލޯމައްޗަށް ބިރެއް ފެނިގެން ސިހިފައި ހުރިކަހަލަގޮތަކަށެވެ. ބަސްބުނުމަށް ނުކުޅެދޭ ހާލު ތުންފަތް ތުރުތުރުލަމުން ދިޔައިރު އެލޮލުގެ ތެރެއަށް ކަރުނަތައް ބޮޑިވަމުންދިޔައެވެ. ނޭވާ ހާސްވެ ކަޅި ބޮޑުވަމުން ދިޔައިރު އޭނަގެ ހަމަހޭވެރިކަން ނެތިދާނެހެން ހައިރާއަށް ހީވިއެވެ. ފާރުގައި ޖައްސާލެވިފައިވާ އަތަށް ބާރުކޮށްލަމުން އަނެއްއަތުން ހައިރާ މޭމަތީގައި އަތްއަޅާބާރުކޮށްލިއެވެ. ކަރުނުން ފުރިބާރުވަމުންދިޔަ ދެލޯ މަރާލެވުނުއިރު އޭނަގެ ލޯމައްޗަށް ސިފަވެލީ އެ ބިރުވެރި ދުވަހުގެ ހަނދާންތަކެވެ. ކަންފަތުގެ ހިނދުރީގައި ގުގުމާލީ އެއަޑުން އިވުނު ރަހުމެއް ޖުމްލަތަކެވެ. ގަރުނެއްފަހުން އޭނަގެ ކަންފަތުގައި އެއަޑު ޖެހުނަސް އޭނައަކަށް ނޯޅޭނެއެވެ. ނޭވާހޮޅިއަށް އެޅިފައި އޮންނަ ހާލުވެސް އޭނަ އެ އަޑު ފާހަގަކުރާނެއެވެ.

“އަހަރެން އިޝާރާތެއްދެންދެން މިތާ ފާރައަށް ހުރޭ… ހަނދާންކުރާތި… އެމީހުން މިތަނުން ފިލާނެ ފުރުސަތެއްނުދޭތި… އެ އަޒްހާންއާއިއެކު އެ އަންހެނާގެ ދުވަސްވެސް ދާންޖެހޭނެ….” ދުރުވަމުންދިޔަ ފިޔަވަޅުތަކާއިއެކު އަޑުއިވުނު އެބަސްތައް އޭނައަށް ނުހަނު ސާފުކޮށް އިވުނެވެ. އެއަޑު ނުހަނު ރީތިކޮށް ފާހަގަކުރެވުނެވެ. ކުރިންވެސް އިވިފައިވާ އަޑެއްކަމަށް ހިތް ބުނެލިޔަސް ނޭނގުނީ އެއަޑުގެ ވެރިފަރާތަކީ ކޮބައިކަމެވެ. އޭނައާއި އަޒްހާންގެ ފުރާނައަށް ފެންބޮވައިގަނެފައިވާ ނުބައި އިންސާނާއަކީ ކާކުކަމެވެ.

ނުބައި ވަސްވާސްތަކުން ހައިރާގެ މުޅި ނަފްސު ބަލިކަށިކޮށްލިއިރު އޭނަގެ ނަފުސުގެ މައްޗަށް ސިހުމާއި ބިރުވެރިކަން އަތްގަދަކޮށްލީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އޭނައަށް ވަގުތެއްނެތްކަމަށް އަމިއްލަ ނަފްސުވެސް ބުނެދިންފަދައެވެ. އޭނަގެ ލެއަށް ދަހިވެތިވެފައިވާ އިންސާނާ އެ ފެނުނީ އޭނަގެ ކުރިމަތީންނެވެ. އޭނަ ފާހަގަކުރާން ނޭނގުނީ ކާކުގެ ނަސީބަކުންކަމެއްނޭނގެެއެވެ. ދެވަނަ ފަހަރަށް އޭނަ ނައްތާލުމުގެ ބޭނުމުގައި އެ ނުބައި މީހުން މާޒީ ތަކުރާރުނުކުރާނެކަމުގެ އޭނާއަށް އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ އޭނަ އެންމެ އިތުބާރުކުރި މީހާވީ ފިިރިމީހާގެ ޤާތިލަށެވެ. އަޒްހާން ފަދައިން އޭނަ މަރަން އަލްހާން މަސައްކަތްނުކުރާނެކަމުގެ ޔަގީންކަމެއްނެތެވެ. އޭނާއަށް ޔަގީންވީ އަލްހާންގެ އަމުރުގެ ދަށުން އޭނަގެ ފުރާނަ ނަގާލަން މަސައްކަތްކުރި އެތައްބަޔަކު ތިބިކަމެވެ. އެދުވަހު އޭނައަށް ހީކުރެވުނުގޮތާއި ހިލާފަށް އެކަމުގެ މުގުލުގައި ހުރީ އަލްހާނެވެ. އޭނަ ބޭބެއެއް ފަދައިން ދެކުނު މާތް އިންސާނާއެވެ.

*** *** *** *** *** ***

ދައުވާގައި ހިމެނޭ ދެފަރާތަށްވެސް ހެއްކާއި ޤަރީނާ ހޯދުމަށް ދިން ކުޑަ މުއްދަތައްފަހު ކޯޓްގެ ދެވަނަ އަޑުއެހުން ބޭއްވޭ ދުވަހެވެ. ޝަރީއަތް ފެށިގެންދިޔުމާއިއެކު މަޔާން އޭނާގެ ހެކިތައް ތަފްސީލާއިއެކު ރިޔާސަތުގައި ތިއްބެވި ފަޑިޔާރުންނަށް ހުށަހެޅިއެވެ. ރާސިލްވެސް އެގޮތަށް ކަންތައްކުރިއެވެ. ދެން ކުރިއަށްދިޔައީ ހެކިތައް އޮޅުންފިލުވައިދޭން ލިބުނު ވަގުތުކޮޅެވެ. މަޔާންގެ ފުރަތަމަ ހެއްކެތްގެ ގޮތުގައި ފުރަތަމަ ހުށަހެޅީ ސިލްކް ކޮމްޕެނީގައި މަސައްކަތްކުރި މިހާދުގެ ހެކިބަހެވެ. ހެކިބަސްކޮޅު އިއްވާލުމަށްފަހު އޭގެ ސައްހަކަމާއި ބެހޭގޮތުން މަޔާން ވާހަކަދެއްކިއެވެ. އެވަގުުތު ރާސިލް އެ ހެކީގެ ތެދުކަމާއިއެކު ބެހޭގޮތުން ސުވާލުުއުފެއްދިއެވެ. އެކަން ސާބިތުކުރެވޭނޭގޮތެއްނެތްކަމަށްބުނެ ހެކި ޤަބޫލުކުރަން ދެކޮޅު ހެދިއެވެ. އެ ސުވާލުތަކަށް ޖަވާބުދިނީ މިހާދުގެ ދަރިފުޅު ރުހާމްއެވެ. އޭނަ ތަފްސީލާއިއެކު ބައްޕަގެ ފަހުވަގުތުކޮޅުގެ ވާހަކަތައް ކިޔައިދިނެވެ. އަދި ހެކިހޯދުމުގައި އެއްވެސް ފަރާތެއް ނުފޫޒެއްނެތްކަން ޔަގީންކޮށްދިނެވެ. އިތުރު ހެތްކެއްގެ ގޮތުގައި އަލްހާންގެ ބޭންކް ޓްރާސެކްޝަންތައް ހުށަހެޅުނެވެ. ކޯލް ރިކޯޑްތައް އަޑުއިއްވުނެވެ.

އެންމެ ފަހު ހެކީގެ ގޮތުގައި އޮތް އަޒްހާންގެ މަރުގެ ހަތިޔާރު ނެގިއިރު މަޔާންގެ އަތާއި ފައި ފިނިވެފައިވެއެވެ. ހާޒިރުވެ ތިބި މީހުންނާއި ކުރިމަތިލަމުން އޮޅާލައިފައި އޮތް ރަބަރު ކޮތަޅު މަޔާން ނިއުޅުވާލިއެވެ. އެއާއިއެކު އެންމެންގެ މޫނަށް އަރާފޭބި ކުލަވަރާއިއެކު ސިމިސިމިލެއްވުންތަކުގެ އަޑު އިވެންފެށުނެވެ.

“މީގެ 21 އަހަރުކުރީން މިހާދިސާގައި ނިޔާވިފަރާތް އަވަހާރަކޮށްލާފައިވަނީ ވަޅިއަކުން ހަމަލާދިނުމަށްފަހު ހަށިގަނޑު އޮތް އިމާރާތުގައި އަލިފާނު ރޯކޮށްލައިގެން… މިއީ އަޒްހާން އަވަހާރަކޮށްލަން ބޭނުންކުރި ހަތިޔާރު….” މަޔާން ރަބަރު ކޮތަޅަކަށްލާފައި އޮތް ވަޅި ރިޔާސަތާއި ހަވާލުކުރިއެވެ.

“ވަކީލް މިވަގުތު ހުށައަޅާ ހެއްކަކީ އަމިއްލައަށް ހަދާފައިވާ ހެއްކެއްނޫންކަން ސާބިތުކޮށްދެވޭނޭ ކޮން ހެއްކެއްތޯ އޮތީ… ކުރީގެ ޝަރީއަތުގައި ހަތިޔާރުގެ ވާހަކަ އައިސްފައި ނެތީ ކީއްވެތޯ…” ރާސިލް ގޮނޑިން ތެދުވިގޮތަށް ސުވާލު އުފެއްދިއެވެ.

“މިވަޅިން އަޒްހާންގެ ލޭ ފެނިފައިވޭ… މި ހަތިޔާރުން ފެންނަމުންދާ އިނގިލީގެ ނިޝާން… ގުޅެނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ އަލްހާންގެ އިނގިލީގެ ނިޝާނާއި…” މަޔާން ވާހަކަދައްކަމުން ފޮރިންސިކް ރިޕޯޓް ހުށަހެޅިއެވެ. ގަނޑުގެ ދެފަރާތުން ފެންނަމުންދިޔަ އިނގިލީގެ ނިޝާނާއި ދިމާލަށް ބަލަހައްޓައިގެން އިނދެފައި ޝާދީންއަށް އަނގަމަތީ އަތްއެޅުނެވެ. ރާސިލްއަށް އިނގިލި ކުރިތަކުން ނިތުގައި ހިފާލެވުނީ ދެން އޭނައަށް ކާމިޔާބުނުވާނޭކަމަށް ހިތްވެސް ބުނެލުމުންނެވެ.

“އިއްޒަތްތެރި ޣާޒީ… ހަތިޔާރު ހޯދިގޮތުގެ މައުލޫމާތު ވަކީލް ހުށަހަޅާފައެއްނުވޭ… އަދި ވަކީލްގެ ވާހަކަތަކަށް ބާރުދޭނެ ފަރާތެއް ނުވޭ… މިސަބަބުތަކަށްޓަކައި ވަކީލްގެ ހެކި ޤަބޫލުނުކުރެއްވުމަށް އަޅުގަނޑު އެދެން…” ރާސިލް ތަންވަޅުގެ ބޭނުން ހިފައިގެން މަޔާންގެ ހެކީގެ ބާރުދަށްކޮއްލާ ނުކުތާގައި ހިފިއެވެ. އެ ވަގުތު ޢާޒީ މަޔާންއާއި ދިމާލަށް ބަލާލެއްވީ ޖަވާބެެެއްދޭށޭ ބުނާފަދަ ނަަޒަރަކުންނެވެ. މަޔާން ބަހެއް ބުނާނެހެން ހީވި ވަގުތުކޮޅަކަށްފަހު ދެމިގެންދިޔަ ހިމޭންކަމުން އެންމެންނަށް ނޭވާ ހިފަހައްޓާލެވުނެވެ. އެންމެންނަށްވެސް އިންތިޒާރުކުރެވުނީ މަޔާންގެ ޖަވާބަކަށެވެ.

“ވަކީލްއާއި ހަމަޔަށް ހަތިޔާރު ފޯރުކޮށްދިން ފަރާތުން ހެކިބަސްދީފިނަމަ ހަތިޔާރު ހެއްކެތްގޮތުގައި ޤަބޫލުކުރެވޭނެތަ…” ތަނަށްވެެެރިވެގެންދިޔަ ހިމޭންކަމުގެ ތެރެއިން ފަހަތު ސަފުން އިވުނު އަޑާއިއެކު އެންމެންނަށްވެސް ފަސްއެނބުރިބަލާލެވުނެވެ. އޭރު ކަޅު ހެދުމުގައި ހުރި ފިރިހެންމީހާ ގޮނޑިން ތެދުވެގެން ކުރިއަށް ފިޔަވަޅުތައް ނަގަމުން އައެވެ.

“އަޅުގަނޑަކީ އަޙްމަދު އަކްމަލް… ބްލޫސް ކުންފުނީގެ ޗެއަރމަން އަލްހާންއާއި އެންމެ އަރިހުގައި މަސައްކަތްކުރި އެކަކު… އެ ހަތިޔާރު ވަކީލް މަޔާންގެ އަތަށް ފޯރުކޮށްދިން މީހަކީ އަޅުގަނޑު…” އަކްމަލް ވާހަކަދައްކަމުންގޮސް މޭގައި އަތްޖައްސާލަމުން މަޔާންްއާއިދިމާލަށް ބަލާލިއެވެ.

މަޔާންގެ އެދުމުގެ މަތީން ޣާޒީގެ ހުއްދައާއިއެކު އަކްމަލްގެ ހެކިބަސްދެމުންދިޔައިރު އެދުލުން ބޭރުވަމުން ދިޔަ ކޮންމެ ބަހަކުން ތަނަށް ޒަލްޒަލާއެއް އައެވެ. އޭނައަކީ އަލްހާންގެ ދަށުން މަސައްކަތްކުރަމުންދިޔަ މުވައްޒަފެކެވެ. އެދުވަހު އޭނަގެ ވެރިމީހާ އެ ނުބައި ޖަރީމާ ހިންގީ އޭނަގެ ލޯކުރިމަތީގައެވެ. މުވައްޒަފުންގެ ސަލާމަތާއިމެދު ކަންބޮޑުވެފައިހުރެ އޭނަ އެތަނަށް ދިޔައީ އެފަދަ ބޮޑުކަމެއް ލޯމައްޗަށް ކަޝްފުވެގެންދާނޭކަމަކަށްނޫނެވެ. އިމާރާތުގެ ގޯތިތެރެ ހުސްކުރަންއުޅެފައި އޭނައަށް އެދިމާލަށް ދެވުނީ ތަނެއްގައި ތަޅަމުންދާ ފަދަ އަޑެއް އިވުމުންނެވެ. އަޑުއަންނަ ދިމާ އަންދާޒާ ކުރަމުން އޭނައަށް ގުދަނާއި އަރާހަމަވި ވަގުތަކީ ދޮރުގެ ދޭތެރެއިން އަލްހާން އަޒްހާންގެ ބަނޑަށް ވަޅި ހަރާލި ވަގުތެވެ. ލިބުނު ސިހުމާއިއެކު އޭނަައަށް ހިނދުކޮޅަކަށް ގުޑިލަންވެސް ނޭނގިފައިހުރެ ދުރަށް ދުއްވައިގަތްގޮތަށް ފީފާތަކެއްގެ ބިއްދޮށަށްވަދެ ސަލާމަތް ހޯދުނީ ކިރިޔާއެވެ. ކުޑަތަންކޮޅެއް ލަސްވިނަމަވެސް އަލްހާންގެ ތޫނު ލޮލުގެ ރާޑަރަށް އޭނަ އެރީހެވެ. އަލިފާންގަނޑު ފެތުރެންދެން ސަލާމަތްނުވެވިފައި އޭނައަށް އިންނަން ޖެހުނީ އެތަނުގެ ތެރޭ ބަންދުވެގެންނެވެ. އަލްހާންގެ ފިޔަވަޅު އޮބިގެންދިޔުމާއިއެކު އަޒްހާންގެ ސަލާމަތަށް އޭނަ ގުދަން ކައިރިއަށްދިޔައެވެ. ނަމަވެސް އޭރު އެތަނުގައި ހުޅު ހިފާފައިވީ މީހަކަށް ނުވަދެވޭނޭ ފަަދައަކުންނެވެ. އަޒްހާންގެ ސަލާމަތަށް ކަމެއްކޮށްނުދެވުނަސް އޭނައަށް އެތަނުން ނުހަނު މުހިންމު އެއްޗެއް ފެނުނެވެ. އަލިފާނުގަނޑުގެ އަޅިތަކާއި އެކުވެގެންދާން އަލްހާން ދޫކޮށްލައިފައި ދިޔަ އަޒްހާންގެ ލެއިން ކަޅިވެފައިވީ ވަޅިއެވެ.

އަޒްހާންއަށް އިންސާފުހޯދައިދިނުމުގެ ބޭނުމުގައި އޭނަ ހެކި ރައްކާކުރިނަމަވެސް އެ ހެއްކަކާއިއެކު އިންސާފުގެ ކުރިމައްޗަށް އަންނަން ނުކެރުނީ އެންމެ ގާތް އެކުވެރިޔާ މިހާދަށްވީގޮތުންނެވެ. އެފަދަ މަޖުބޫރީއަކަށްދާން ބޭނުންނުވާތީ އޭނަ ހަނުހުރީއެވެ. ނަމަވެސް 21 އަހަރުވާންދެންވެސް ރަނގަޅު ދަނޑިވަޅަކަށް މަޑުކުރިއެވެ. މިއަދު ވަގުތާއި ހާލަތު އޭނައާއި އެއްބައިވެއްޖެއެވެ.

އަކްމަލް އެންމެ އަކުރެއްގެ މިންވަރުވެސް ވައްޓާނުލާ އޭނަގެ ލޯމައްޗަށް ފެނުނު މަންޒަރު ކިޔައިދެމުންދިޔައިރު މުޅި މާލަންތެރޭވީ މަރުފަދަ ހިމޭންކަމެވެ. އަޑުއަހަންތިބި މީހުން ދޭތެރެއަކުން ލޯކައިރީ އިނގިލި ހިންގާލަންޖެހެނީ ކަރުނަތައް ހިފަހައްޓާނުލެވިގެންނެވެ.

ހައިޒަލް އަތްމުށްކަވައިލައިގެން އަނގަމަތީ އަތްޖައްސާލައިގެން އިންއިރުވެސް ގިސްލުމުގެ އަޑު އިވެމުންދިޔައެވެ. ކިތަންމެ ކެތްތެރިވެލައިގެން އިންނަމަވެސް އޭނަގެ ލޮލަށް ކަރުނަތައް ޖަމާވަމުންދިޔައީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. އަކްމަލްގެ ކޮންމެ ބަހަކާއިއެކު މަންޒަރު ލޯމައްޗަށް ސިފަވަމުން ދިޔައެވެ. އެއީ އޭނަގެ އުފާވެރި ދުވަސްތައް ހިމޭންކުރުވާ ހަނދާންތަކާއި ވަކިކުރުވި ހާދިސާއެވެ. އަމިއްލަ ނަފްސުވެސް ވަކިނުކުރެވޭ ހާލަތަކަށް އޭނަ ވެއްޓެންޖެހުނީ އެ ހިތްދަތިކަން ބަރުދާސްތުކުރާހާ ހިތްވަރުނެތުމުންނެވެ.

ޝާދީން ލޯމަރާތަގުޅިކޮށްލައިގެންއިރު ލޮލުގައި ސަފަކަށް ކަރުނަތައް ދެމެމުންދިޔައެވެ. ރުއިމުގެ ސަބަބުން އެދޮންމޫނު ރަތްވަމުންގޮސް ލޭކުލަައަރާފައިވެއެވެ. ދެތުންފަތުން ބޭރުވަމުންދިޔަ އާޙްތަކާއިއެކު ޝާދީން ދެތުންފަތުގައި ދަތްއަޅާބާރުކޮށްލެވުނަސް ގިސްލުމެއްނުހުއްޓުނެވެ. އޭނަގެ ފުރާނަވެސް ހަށިގަނޑާއި ވަކިކޮށްލިފަދަ ވޭނީ ރިހުމާއިއެކު ޝާދީން ރޮއެގަންނަމުން އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. އަކްމަލްގެ ކޮންމެ ބަހަކުން އޭނަގެ ނަފްސު ގަތުލްވަމުންދިޔައެވެ. އެއިން ކޮންމެ ބަހެއް ވިހަލާފައި ހަންޖަރެއްފަދައެވެ. އޭނަގެ ހަށިގަނޑާއި ފުރާނަ ވަކިވެގެންދަނީއެވެ. ހުރިހާކަމެއް ހާމަވެގެން ބަދުނާމްވެގެންދާއިރުވެސް ކުށަށް އިއުތިރާފުވުމުގެ ހިޔާލެއް ބައްޕަގެ ނެތީހެއްޔެވެ؟ ކުރެވުނު ކުށާއިމެދު ހިތާމަވެސް ނުކުރަނީހެއްޔެވެ؟

“އިއްޒަތްތެރި ޣާޒީ… އަޅުގަނޑު މިތަނުގައި ވަކާލާތު ކުރަމުންމިދަނީ އެންމެ ފަރާތަކަށްނަމަވެސް އަޅުގަނޑު މިއުފަލަނީ ހާދިސާގައި އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ 15 ފަރާތުގެ އަޑު… ޒުވާންކަމާއި ލޯތްބާއި އާއިލާއެއްގެ ބިނާކުރުމުގެ އުފާ ލިބިގަންނަންވީ އުމުރުގައި ދުނިޔެެއާއި ވަކިވެގެންދިޔައީ މީހެއްގެ ރަހުމްކުޑަކަމުގެ ސަބަބުން… އެއްވެސް ކުށަކާއިނުލާ… އެފަރާތްތަކުގެ އާއިލާތައް މިއަދު އަޅުގަނޑުމެންނާއިއެކު މިތާގައި އެބަތިއްބެވި… 21 އަހަރުވެގެންދިޔަޔަސް އެފަރާތްތަކުގެ ހިތުގައި ވަކިވެދިޔަ ލޯބިވާ ފަރާތްތަކުގެ ހަނދާން ދެމިހުންނާނޭ ކަމީ ޔަގީންކަމެއް… އެ ހިތްތަށްވަނީ ޒަހަމްވެފައި…. އެފަރާތްތަކުގެ ޒަހަމްތަކަށް ލުޔެެއް ހޯދައިދެއްވާ… ދުނިޔެ ދޫކޮށްދިޔަ ފުރާނަތަކަށް އިންސާފު ހޯދައިދެއްވާ… ކުށްވެރިންނަށް ހައްޤު އަދަބުދެއްވާ…” އަކްމަލްއަށްފަހު މަޔާންދެއްކި ވާހަކައިން އެންމެންގެ ލޮލުން ކަރުނައޮހޮރުވާލިއެވެ. އެއިންކޮންމެ ޖުމްލައެެއް ހިތާއި ހަމަޔަށް ފޯރިއެވެ.

މުޅި މާލަން ކަރުނައިގެ ކޯރަކަށް ގެނބެމުންދިޔައިރު ކުށްވެރިންގެ ޖާގައިގައި އިން އަލްހާންގެ ނަޒަރު ސީދާވެފައިވީ ރޮއެ ރޮއެއިން ޝާދީންއަށެވެ. އެލޮލުން މިއަދު އޮހެމުންދިޔަ ކޮންމެ ކަރުނައަކުން އަލްހާންގެ ހިތްފަޅައިގެންދާހާ ހިތްދަތިކުރުވިއެވެ. އެލޮލުން ވެއްޓުނު ކޮންމެ ކަރުނަތިއްކަކުން ހަނދާންކޮށްދިނީ މާޒީގައި އޭނައަށް ކުރެވިފައިވާ ފާފަތަކެވެ. އަމިއްލަ އެދުމުގެ ބޭނުމުގައި އަރައިގަނެވުނު ކުށްތަކެވެ. ޝާދީންގެ ކަރުނަތައް އޭނަައަށް ކުރެވުނު ކުށުގެ ބޮޑުކަން އިހުސާސްކުރެވުނެވެ.

މަޔާންގެ ކޮޅަށް ކުޅިފަސް ލިބެމުންދިޔަނަމަވެސް ނާކާމިޔާބު ޤަބޫލުކޮށް ކުޅިބައި ދޫކޮށްލުމުގެ ވިސްނުމެއް ރާސިލްނުގެންގުޅުނެވެ. އޭނައަށް ވާހަކަދައްކަން ލިބުނު ފުރުސަތުގައި ގޮނޑިން ތެދުވީ މަޔާންއާއި ދެކޮޅަށް ބިންދާލާނޭ ވާހަކަތަކެއް ސިކުނޑިއަށް އެއްކޮށްލައިގެން ހުރެއެވެ. ގޮނޑިން ތެދުވެ މޭޒުމަތީ އިން މައިކާއި ގާތަށް ލެފިލިވަގުތު އަލްހާން ރާސިލްގެ އަތުގައި ހިފެހެއްޓިއެވެ. ރާސިލް ވަގުތުން މޫނު އަނބުރާބަލާލިއިރު އަލްހާން ކޮށްލި އިޝާރާތާއިއެކު އެމޫނުގެ ކުލަ ވަގުތުން ބަދަލުވެގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ހުވަފެނީ ދުނިޔެ

Next

ވާނަން އުމުރަށް – 23 –

Next
September 7, 2019

ވާނަން އުމުރަށް – 23 –

Previews
September 6, 2019

ހުވަފެނީ ދުނިޔެ

63 Comments!

  1. dhiraa wish says:
    September 7, 2019 at 1:06 am

    my dear readers thanks for waiting patiently for this part… mi baige nimun ahna gothun dhira mi inee mi bai dhebai kohlaafa.. aneh bai up vaanee 74-2 ge gothuga… ummeedhu kuran mi baives kamudhaane kamah.. baahjaveri reakah edhen

  2. Shaako❤️ says:
    September 7, 2019 at 1:32 am

    Mee first dhw Varah reethi mi bai when the next part

    1. dhiraa wish says:
      September 7, 2019 at 7:51 pm

      yes dear first.. thank you so much dear.. insha allah enme lasvegen monday night ga up kohlaanan

  3. Sidu says:
    September 7, 2019 at 2:18 am

    Varah kamudhee varah furihama vaahaye

    1. dhiraa wish says:
      September 7, 2019 at 7:54 pm

      thanks dear

  4. Hai says:
    September 7, 2019 at 2:51 am

    That lift seen!!!omg!haadha loabiyey ethankolhu????court room varah loabikoh sifa kohdheefa eh inee heevanee hama ethaa thereyga innahen….nimendho dhen miulheny..saabahey dhiraa ma sha allah hihvaraa ekyga kuriah dhey dhira ah vaane…u go girl??????

    1. dhiraa wish says:
      September 7, 2019 at 7:56 pm

      owwn… dear.. thank you so much.. court scene ehaa bodah dear ah sifaveema varah ufaavehjje..dhira ge beynun hama gaimuves haasil vehjje… hai and nai ge loabi than thankolhu adhi othy ingey… yes dear mihaaru vaahaka nimen miulheny.. thankss for the support dear

  5. Nax says:
    September 7, 2019 at 4:17 am

    V v reethi. Speechless ? when is part 2 ??? Serious haaluga e othy kon kujjeh baa ?

    1. dhiraa wish says:
      September 7, 2019 at 7:58 pm

      owwn.. thank you so much dear… insha allah monday night ga… e kuhjja dhw.. shes the girl who was raped by raihaan

  6. ?⚘Unknown⚘? says:
    September 7, 2019 at 5:55 am

    Whn is the nxt prt???

    1. dhiraa wish says:
      September 7, 2019 at 7:59 pm

      insha allah monday night ga

  7. jiji says:
    September 7, 2019 at 8:28 am

    V v v rythi mi bai vx..V emotional vx me..I m so curious to read 74_2….Ly dhiraa??????

    1. dhiraa wish says:
      September 7, 2019 at 8:00 pm

      thank you so much dear.. keep waiting.. luv y too darla

  8. Zeek's says:
    September 7, 2019 at 9:03 am

    Woahhhh vvv rythi mi part ves…. hama speachless??bt sad thankolhakyy mi vaahaka now nimen ulheythyy ??… will get bored & sad????… ekam dhiraa thikuraa hihvarah hama saabas??????thikahala rangalhu writers vrh madhuvaane…. ??? & just want say that ur story is fascinating???❤curiously waiting for nxt part …. love u & ur story ????

    1. dhiraa wish says:
      September 7, 2019 at 8:02 pm

      owwn dear.. thank you so much dear… you made my day wonderful… dhiraves varah dheraveyy vaahaka nimeythee.. but what to do… konme kamakahves nimumeh ahnaane dhw… varah ufaa vey Zeek’s kahala loabi writer akaa dhimaaveema… luv you too dear

  9. Zeek's says:
    September 7, 2019 at 9:11 am

    Woaaahhhhh…?? v v v ryythi mi part ves ??… just speachless????… bt sad thankolhakyy mi stry now nimen ulheythyy ????… will get boredddd & sadd????… ekam ves dhiraa thikuraa hihvarah hama saabas??❤❤❤.. ur the best writer ingey asluves????❤❤…& stry is fascinating??… keep it up dhiraa??❤❤❤❤…. & curiously waiting for next part ????

    1. dhiraa wish says:
      September 7, 2019 at 8:03 pm

      miothy repeat vefa dhw.. once again.. thank you dear…

  10. Nush says:
    September 7, 2019 at 9:52 am

    Woww.. amazing.. just imagining how it will look superb as a movie.. and I hope to see a new story again after this story finish.. its outstanding.. really impressive.. keep up the good work.. anyways.. where is laisha now in the story.. I really wish to see that part.. and thank you.. this story really brings me pleasure.. love and peace from me to u ?♥️♥️♥️

    1. dhiraa wish says:
      September 7, 2019 at 8:06 pm

      thank you so much dear… it means a lot me… with your support insha allah dhira migothuga kuriah dhaanan ingey… laisha ge scene thah mivaguthah medhukadaalaafa e inee… dhen in part in feshigen e bai thah dhiraa himanamun dhaanan… all thanks goes to you… my deat reader

  11. Sifam says:
    September 7, 2019 at 10:07 am

    Masha Allah varah furihama mibaives. Waiting for the next part ???

    1. dhiraa wish says:
      September 7, 2019 at 8:08 pm

      thank you so much dear

  12. Nayaa says:
    September 7, 2019 at 10:22 am

    Dhiraa next part kn iraku tha up vaanee? ? Super duper curious to knw… you are the best writer… mi story nimen adhi kitheh part ebain? ? Lysssssm ??????????????

    1. dhiraa wish says:
      September 7, 2019 at 8:09 pm

      insha allah monday night ga… thank you so much dear.. it means a lot.. dear ge best witer ah vevuneema varah ufaa vehjje… dhen baakee ihnaanee 5 to 6 parts.. ly too dear

  13. Hawwu? says:
    September 7, 2019 at 10:29 am

    Raihaan rapkohlli kujja

    1. dhiraa wish says:
      September 7, 2019 at 8:10 pm

      dear haadha molhey.. kuree comment ah javaabu dheefa dhw miothy

  14. Dream says:
    September 7, 2019 at 11:33 am

    Dhiraa hama rovijje mi part kiyaafa??????????? then hurihaa kameh vex rangulhu vaane dho? Keep it up best of luck??????????love u and ur story..????????????????????????????????????????????????

    1. Anonymous says:
      September 7, 2019 at 7:02 pm

      Miee orudhoo behun liyafaoy vaahaegge tharujamaa. Thineyfulhun kharaannuvey.Dhiraa tarujamaakuranee.

    2. Dhimna says:
      September 7, 2019 at 7:19 pm

      Who ever who is saying that.. just bring a evidence that shes translating.. tell us the name of the thing she is translating… plx stop aacusing people when you cant even prove it.. heege mahchah vaahaka dhehkumakee kiyaa bodu faafa ehkan neyngenee baavaeyy hithah araa.. hasadha veri ve jahsaaliyas bodu varu

    3. dhiraa wish says:
      September 7, 2019 at 8:12 pm

      oww.. dear.. your making me speechless each and every time… shaadheen ah vee gothun dheravee dhw.. i feel bad for her too… ekm nurohjjey ingey… dhen hurihaa kameh ragalhu vamun dhaanee… adigadakah fahu usgadeh aadhe ehnu.. ly too dear

    4. dhiraa wish says:
      September 7, 2019 at 8:20 pm

      Dear Anonymous
      dhiraa akee ehves varakah orudhoo vaahaka kiyaa ulhey kuhjeh noon… adhi e ee dhira dhahna bahehves noon.. adhu ivey ekm beerahtehi bahekey mi bunee… dhira akah ehves varakah nuvisney ehjeh nukiyaa tharujamaa kuraane gotheh.. anonymous dhiraa ah bunnedheynveenu… then thihen bunaa kudhin gaathu dhira bunelaafa ohnaanee hehkeh dhira ah dhahkaashey… dhira tharujamaa kuraa kamah bunaa liyumeh dhira ah dhahkaashey.. mail kuriyas noone comment section ah link fonuviyas dhira hama enme ragalhu.. eyrun dhira vaguthun mi vaahaka huhdaalaanamey.. mihen bunaa konme faharaku ehen bunaa kiyuntheriyaa gehlen jehey sababeh dhira akah nuvisney… mee enmen ves varah heylun theri zamaaneh.. ehjeh tharujamaa kuriyas ingeyne baivaru meehun thibeyne.. ekahla kameh hingaifi nama eyge aslu namaa liyuntherieh ge namaa eku kiyuntherin bunaane… ehen veema anonymous bunela bala dhira gaathu… i will be waiting to see that orudhoo story

    5. dhiraa wish says:
      September 7, 2019 at 8:21 pm

      Dhimna… dont mind giving reply to those comments.. i believe in readers who trust me

    6. Hiraa says:
      September 9, 2019 at 8:32 am

      Myhun kiyaaa mikala kada bas thakah javaabu nudhyba dhiraaa
      Miiiii hama bovvvan kiyaa ecchehi
      Ehenya Dhen ma haadha rulhi eh aaadhe yey
      Mi mysmyhunnah feel vaan eccheh feel vegen mivaahaka nukiyaa thiben vejje ennu
      Gaimu mi vaahaka kiyaaane myhun madheh nuvaane

    7. dhiraa wish says:
      September 9, 2019 at 7:21 pm

      thankss dear… as you said silence is the best answer for them.. here after i wont be responding to those comments.. thankss for the support

  15. Hassaan says:
    September 7, 2019 at 12:10 pm

    Dhn vaane gothaakaa they tery mivinaneee… Varah reethi mibai vs….

    1. dhiraa wish says:
      September 7, 2019 at 8:22 pm

      thankss dear.. dhen vaane gotheh balaanan next part ah inthizaareh kohlaa

  16. Ayaan says:
    September 7, 2019 at 12:27 pm

    Vaahaka Vvvv reethi kn irakun aneh part?????

    1. dhiraa wish says:
      September 7, 2019 at 8:23 pm

      thankss dear.. insha allah monday night ga

  17. azker says:
    September 7, 2019 at 1:41 pm

    ???????love it dhiraa

    1. dhiraa wish says:
      September 7, 2019 at 8:24 pm

      owwn.. thankss loads dear

  18. Someone says:
    September 7, 2019 at 3:04 pm

    Next part kn irakun up vaaany

    1. dhiraa wish says:
      September 7, 2019 at 8:25 pm

      insha allah monday night ga

  19. aixee says:
    September 7, 2019 at 3:04 pm

    Kon irakun tha dhen in part up vaanyy dhiraa …. ? Mi part ves hama v habeys

    1. dhiraa wish says:
      September 7, 2019 at 8:25 pm

      thankss dear.. insha allah monday night ga

  20. ??Anonymous?? says:
    September 7, 2019 at 7:33 pm

    Dhiraaa upload kuraa dhuveh nubuneveynetha???

    1. dhiraa wish says:
      September 7, 2019 at 8:26 pm

      dear.. monday night ga dhen upvaanee

  21. Saani says:
    September 7, 2019 at 8:46 pm

    Mi vaahaka up vaa duvas takakeekobaa.? Mi vaahaka Varah reethi…….. This is one of my favourite story……………….

    1. dhiraa wish says:
      September 9, 2019 at 7:17 pm

      thankss dear.. im so happy to hear that.. dhedhuvahun eh dhuvahu mivaahaka up vaanee.. ekm dheythereakun delays eba aadhey.. dhira ekan ragalhu kohlaanan ingey

  22. Anonymous says:
    September 8, 2019 at 8:56 am

    Adhi baaky kithah oarts hury nimen?

    1. dhiraa wish says:
      September 9, 2019 at 7:18 pm

      5 to 6 episodes

  23. Someone says:
    September 8, 2019 at 2:15 pm

    This story is amazing. Ehaa furihama ah vaahaka Genes dheythy writer ah Hama saabas ey buneveyny thikuraa hiyvarah. Waiting for the next part ?

    1. dhiraa wish says:
      September 9, 2019 at 7:19 pm

      thank you so much dear.. all thanks goes to my support readers.. thanks for motivating me.. you can read the next part now

  24. Imkko says:
    September 8, 2019 at 9:39 pm

    Wow maasha Allah… Mi part ves v furihama???? … Mi part kiyaafa hama rovijje?? … N I could feel tht I’m inside the story at each moment .. Sifakurun hama ehaa ves furihama ?… N v ufaavi shaadheen ge bae mi part ga otheema … Dhn mihaaru next part a wait kurevenee …. Good luck … Hama migothah story ekoh nimeyne kamah ummeedh kuran …Love u dhiraa ???

    1. dhiraa wish says:
      September 9, 2019 at 7:24 pm

      thank you so much dear.. Imkko ge comment kiyaafa varah hiyy hama jehije.. dhira ge best mi ep ah dhevunukan yageen vefa.. aslu beynunvee ves readers ah bodah feel vaa gothah mi baithah genesdheyn.. im really happy to know that my readers felt the feelings in the same way.. shaadheen dhw.. she will be meeting you more frequently from now on.. read the next part if you wanna read more of her.. yes dear.. i will try my best

  25. Lutts says:
    September 9, 2019 at 10:51 am

    Mirey avahah up kolladhehchey dhiraaaaa.. ?

    1. dhiraa wish says:
      September 9, 2019 at 7:25 pm

      dear mihaaru story upvefa inee

  26. Zenyxu says:
    September 9, 2019 at 12:42 pm

    Hei….i always read this story…even if i dont comment…but i would like to say that ur an amazing writer…and varah rythi vaahaka….one of my favorite…??? Comment kohlan beynun vy…daily koh hama kiyan story… welldone…best wishes darla

    1. dhiraa wish says:
      September 9, 2019 at 7:27 pm

      hii dear… im so happy to see a comment of you.. and to meet a regular reader of mine.. thanks you so much dear.. being on your favourite list means a lot to me.. thankss dear.. and lots of love from me

  27. Mãee says:
    September 9, 2019 at 1:41 pm

    Dhiraa kihaa iraku tha mireyy up vaanee..kiyaahithunn hureveneekeevss noon..dhiraa u r a great writer..❤❤

    1. dhiraa wish says:
      September 9, 2019 at 7:28 pm

      thank so you much dear.. im so happy to hear that.. mihaaru upvefa inee next part.. avahah kiyaalaa

  28. Mãee says:
    September 9, 2019 at 1:44 pm

    Mi vaahaka nimmaafa dhiraa vaahakaehh nuliyaananthrr??I’ll will u ❤❤ dhiraa plss vaahakaliyun huttainulaathi..??

    1. dhiraa wish says:
      September 9, 2019 at 7:31 pm

      nooney dear insha allah dhira mi rogun abadhuves fehnaane… thi kudhin ge support thigothah libenya dhiraa fehnaane.. dont be sad my dear.. lots of love from me

  29. Naira says:
    September 9, 2019 at 3:43 pm

    Dhiraa…..kyyveh thr mihaar maa lahun up kuranyy….aslu vx mihaar maa bodah las kuraahn hyyvany???

    1. dhiraa wish says:
      September 9, 2019 at 7:32 pm

      sorry dear.. kureebaiga part thah liyefa nubehehteythee ehenvanee.. im trying my best to bring it to my readers as soon as possible

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 74-2←


All Right Reserved!