އައިޝަމްގެ އަލިފާންކަނި ބުރަމުންދިޔަ ދެލޮލުން ހައިރާންކަން ފެނިލީ ކުއްލިއަކަށެވެ.
***************************
ކުރިމަތީ އެހުރީ ދެވަނަ މީހެއްނޫނެވެ. ރޭގައި އޭނާ ސަލާމަތްކުރި އަންހެން ކުއްޖާއެވެ.
“ޔޫ…” އައިޝަމްއަށް ބުނެވުނީ ހައިރާންކަން އެކުލެވިފައިވާ އަޑަކުންނެވެ.
“ކީކޭ….” އައިލީންއަށް އައިޝަމް ބުނިއެއްޗެއް ފަހުމެއްނުވިއެވެ.
“ތީ ރޭގަ އަހަރެން ސަލާމަތްކުރި ކުއްޖާއެއްނުން….ދެން މިތަނަށް ތިއައީ ކީކުރަން….ތެންކްސް އޭ ބުނަން..” ހަމަޖެހުލަމުން އައިޝަމްގޮސް އައިލީނައާ ފަސްވަރަކަށް ފޫޓު ދުރުގައި ހުއްޓިލަމުން އަހާލީ ލާނެތްފާޑަކަށް ހިނިތުންވެލަމުން އެއްބުމަ ހިއްލާލަމުންނެވެ.
“ކީކޭތަ ތިކިޔަނީ ސަރ….މީ އަޅުގަނޑޭ…ރޭގަ ސަރއެއްނުން އަޅުގަނޑު އޭނަ ކައިރިން ސަލަމަތްކިއްދިނީ….” ދެލޯބޮޑުކޮއްލަމުން ވާނުވާ ނޭނގޭފަދަ މީހެއްފަދައިން އައިލީން ބުނަމުންދިޔައެވެ. މިޔަދު އިއްބާން މިއުޅެނީ ކޮއްފާޑަކަށް ހެއްޔެވެ؟ އެއްމަސް ކޮއްފައި އޭނަ ފެނުމުން އޭނައަކީ ކާކުކަންވެސް ހަނދާންނެތުނީކަންނޭގެއެވެ.
“ޝޭން….” އިވުނު އަޑަކުން އައިޝަމްއާ އައިލީންއަށް އެއްފަހަރާހެން ކެބިންގެ ވަންނަ ދޮރާދިމާލަށް ބަލާލެވުނެވެ. އިވުނީ ނާއިލްގެ އަޑެވެ.
“ނާއިލް….މީނަ ކީއްކުރަން ތި ވެއްދީ މިތަނަށް…..” ނުރުންވެހުރެ އައިލީންއަށް ބަލާލަމުން އައިޝަމް ބުނެލިއެވެ.
“ޝޭން…އަހަރެން ކިޔާއެއްޗެއް އަޑުއަހާބަލަ…..މީ ޝޭންގެ ޕީ.އޭ……” އައިލީންއަށް އަވަސް ނަޒަރެއްދެމުން ނާއިލް ބުނެލިއެވެ. ނާއިލް އިއްބާންއާށް ޝޭންއޭ ބުނުމުން އައިލީންއަށް އައިޝަމްއާ ދިމާލަށް ބަލާލެވުނެވެ. ނާއިލް އެހެންބުނުމުން ޝޮކެއްޖެހިފައިވަ މީހެއްފަދައިން އައިޝަމްއަށް ހުރެވުނީ އައިލީންއާ ދިމާލަށް ބަލަހައްޓައިގެނެވެ.
“އައިލީން….މީ އިއްބާންގެ ކޮއްކޮ އައިޝަމް…ޓްވިންސް…..” ނާއިލް އެހެންބުނުމުން އައިލިން އައިޝަމްއާ ދިމާލަށް ބަލާލެބުނީ ދެލޯބޮޑުކޮއްލަމުންނެވެ. އައިލީންއަށް އެހެނެއްނުވާނޭ ބުނެލެވުނީ ހިތުތެރޭގައެވެ.
“ހަމަ އެހެންވާނީ…..އަހަރެންނަކީ އައިޝަމް…..އިއްބާންގެ ކޮއްކޮ…އެންޑް ޔޫއާރ މައި ޕާރސަނަލް އެސިސްޓެން…..” އައިލީންއަށް އައިޝަމްއާދިމާލަށް ބަލާލެވުނީ އޭނާ ހިތުންބުނިއެތި އައިޝަމްއަށް އަޑުއިވުނުކަމަށް އަމިއްލަ ނަފްސު އޭނާކައިރީ ބުނުމުންނެވެ. އައިޝަމްހުރީ އައިލީން ލަދުގަންނަވާލުމަަށްޓަކައި ދެލޯހަނިކޮއްލައިގެން އައިލީންއާ ދިމާލަށް ބަލަހައްޓައިގެނެ. ލަދުގަތްނަމަވެސް ނިކަންއަވަހަށް ހަމަޖެހިލަމުން އައިލީން އައިޝަމްއާ ދިމާލަށް ކަޅިއަޅައިގަތެވެ. އައިޝަމް ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. ހައިރާންވެސްވިއެވެ. ކޮންކަހަލަ ކުއްޖެއްބައޭ ހިތައްއެރިއެވެ. ލަދުގަނެފައި ހުރިއިރުވެސް ކަޅިއަލަލައިގެން ހުރުމުން އައިލީންގެ ރީތިކަން އިތިރުވެފައިވެއެވެ. އައިޝަމް އެންމެ ހައިރާންވީ އަންހެންކުއްޖަކު އަދިއަލަށް އޭނާ ފެނިފައި އެނަގެ ކުރިމަތީ ފަރިވަމުން އޭނަގެ ސަމަލުލަން ހޯދަން މަސައްކަތް ނުކުރުމުންނެވެ.
“ނާއިލް…..ދެން މައްސަލައެއްނެތް ދިޔަސް…” އެލާނެތް ހިނިތުންވުން ތުންފަތްމައްޗަށް ވެރިކުރުވައިގެންހުރެ ނާއިލްއަށް ބަލާލަމުން އައިޝަމް ބުނެލިއެވެ. ނާއިލް ދިއުމުން އައިޝަމް އައިލީންއާ ދިމާލަށް ބަލާލިއިރު އަދިވެސް އައިލީންހުރީ އައިޝަމް އާދިމާލަށް.ކަޅިއަޅާލައިގެނެވެ.
“ތިއޮށް ރަތްވަނީ……އަދިވެސް ތިބަލަނީ ކަޅިއެޅޭތޯ….” އައިޝްމް އެއްބުމަ އަރުވާލާފައި އެހެން ބުނެލުމުން އައިލީން ލަދުގަތްވަރުން މޭކަޕަކާނުލާވެސް އެކޯތާފަތަށް ރަތްކުލަވެރިވެގެން ދިޔައިރުވެސް އައިޝަމްއަށް ހުރެވުނީ ބަލަހައްޓައިގެނެވެ. އޭރު އައިލީން ހުރީ ލަދުގަނެފައިހުރުން އިސްޖަހާލައިގެނެވެ. ނަމަވެސް ދެވަނަ ސިކުންތުކޮޅުގައި ނިކަން ރުޅިވެރިނަޒަރަކުން އައިޝަމްއަށް އޭނަގެ ހިނިގަނޑު ކޮންޓްރޯލްކުރެވުނީ ކިރިޔައެވެ. ސީރިއަސްވެލަމުން ނއައިޝަމް ގޮސް ބޮޑު ލެދާރ ގޮނޑީގައި އިށީތީ ވަރަށް ހަމަޖެހިލަމުންނެވެ. އެދުވަހު އިރުއިރުކޮޅާހެން އައިލީންއަށް އައިޝަމްގެ ކެބިންއަށް ދާންޖެހުނެވެ.
**************************
އިރުގެ އަލިކަން ނެތިކޮއްލަމުން ދުނިއެއަށް އަތްގަދަކުރަމުންދިޔައީ އަނދިރިކަމެވެ. ފިނިވައިރޯޅި ތަކާއެކު މޫދާ ކުރިމަތިލައިގެން ހުރި އަންހެންކުއްޖާކެ ކަޅު ރޭގަނޑެއްފަދަ އިސްތަށިގަނޑު ވިހުރިލައިގެންދިޔައީ ހިތްގައިމުކަމާއެކުއެވެ. އިރުއިރުކޮޅާ ރާޅުތަށް އެއަންހެންކުއްޖާގެ ފައިގައި ބޮސްދީފައި ދެއެވެ. ފަޒާގައި މަޑު ރާގެއްއަޅުވަމުންދިޔައީ ގަސްތަށް ބޫންއަޅުވަމުންދިޔަ އަޑަށެވެ. އެއަންހެން ކުއްޖާގެ ހިތަށް މި ހިތްގައިމު މާހައުލުން ހަމަޖެހުމެއްނުލިބޭފަދައެވެ. އެއަންހެންކުއްޖާގެ ހިތްދިޔައީ ރޮމުންނެވެ. ކޮއްފައިވާ އަސަރުން މަޑުގިސްލުމެއްގެ އަޑު އިވެންފެށީ ހިތްތައްވެސް ރޮއްވާލާފަދަ ވޭނީ އެގިސްލުމުގެ އަޑުންނެވެ. ރާޅުތައްވެސް މަޑުޖެހިލީ އެއަޑުގައިވާ އަސަރަކުންހެންހީވިއެވެ. އެވަގުތު އެވޭނީ ގިސްލުމުގެ އަޑު މުޅިތަނުގައި ހިފާލީ އެހިތައް ކޮއްފައިވާ އަސަރު އަންގާދެމުންނެވެ.
އަތުގެ ނުފުށުން ކޯތާފަތްމަތީ ފިރުކެމުންދިޔަ ކަރުނަތަށް އެ އަންހެންކުއްޖާ ފޮހެލީ މީހަކު އޭނަގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ.
“ލޫން……”
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.








mal thankolheh dhigu kollan feney..varah reethi waahaka
thanks kala…yeah..ok…
next part dhigu koaladhynan inshaa allah…?
salaam readers….
Mi partves hurihaa kiunthetinnah kamudhaane kamah ummeedhukuran….
kiyaalaafa comment eh koalahcy…
lve ya all…?
Wow…mal its habeys..Ibaaraiy kohlaafa hurileh vx v fashuvi..sifakohfa hurileh adhi maa furihama Ma sha Allah..waiting fr the next nge..ly?❤
awwn…thnak u soo much jiji…?
Vv kuru ekm nice
Thanks..?
Vrh reethi mi part vx.. Ekam adhivx hama kuruhen heevany.. Dhn next part knirakun?
thanks Haamath..
ok…next partves miahthure dhigu koaladhevytoa masaikai kuraanan…
next part insha allah varah avahah…lve ya..?
12 years ge kuhjaku literally in vaahaka akaa alhaa balaairu ran’galhu
Thank u soo much…
Alhe mivarah kiyaa iruga mi stry dhigukoh part thah genes dheynvejje kanneynge dhw…any ways stry kuriyah django v salhi…ekm ibbaan aa Ailyn a maa loabi ulheygoi
thanks Rai…Mal eba try kuramy…ekm busy kamum nuvanee ….Ekm next part dhigukoaladhynan…
ok…Ehehe….dhn loabikoa ulheneethaa dhw?…balamaa vaagothehves..?
12 years ge kuhjaku literally in vaahaka akaa alhaa balaairu ran’galhu
Malkko b’day aky kobr.. i amalso 12 years
ehehe…sorry ingy kal….mi public veema nubunevyne…?..
Mal kon rashehtha?
Sorry Afee…public veema nubunevyne…?
Mivaahaka v reethi…
Ekam part thah maa kuru vefa upload kuraaleh vess maa lasvany…..upload kuraa iru kury part ga vy goii handhaan nethey varu vefa hunnany?
Plx mikamah halleh beynun
Vedhaane mal maa bixy veema vaagothah kamah ..
thanks Maii for understanding…lve ya..??
thanks Zyshan….
yeah will try avahah up koaladheefa part thahves dhikoala devytoa…ok..thanks..??
Mal??Thankolheh dhigu kohba??Ekm?Vvvvvvvvv
Salhi ??whn nxt ?
Pia pis…mi haadha kurey
Next part dhigu koaladhynan…?
awwn.thankss sammi..
yeah…try kuraanan dhigu koaladevytoa..
nex part insha allah varah avahah…?
maallllllllluuuu…..mi part aa dheytherey bunaane ehcheh nuvess ingeeyy….OMG….i have found out that ehen part thakaaa balaafa mi part dhigukn..dhen maybe ehen readers ah neynguny kn..but mi part hama incredible…ly dear
Oiii maanu….thanks ingy…Ehehe…dhn vedhaane dhw baeh meehunah kuruveekamahves….
dhn nyge…..btw thanks thihaa supportive veema…….lve u more maanu….❤♥♥
Wow I love it this is my favourite
Thanks
Thanks Reesha…❤❤
varah riithi when next
Thanks Unknown….
Submit koalaafin..?
v reethi ekam adhives hyvany kuruhen i’m 13 year i love read story special real love storys ❤❤
Thanks shyher…
Yeah……dhigu koaladhynan..??
Goddamnnnn… Mal.. Nice.. Alun kiyaalaafa private koh mistakes faahaga kolladheynan ingey.. migady nidhan midhany.. see u
Thanks luci….ok…?…Rangalahah nidhaathi.?…see u
Vara reethi❤️❤️❤️ Koba 24? Waiting waiting
Thanks Sha…submit koalaafin…❤
Nufenney why? I can’t see 24??
Sisoo….Mal submit koalaafin reyga….Adhi up eh nukury